Skip to content
އެސްފިޔަ

ޔަތީމު ކުއްޖަކަށް ވުމުން (ޒެވިއަންގެ ދުލުން)

އަހަރެންގެ އުމުރުން އޭރު އެންމެ 5 މަހެވެ. އަހަރެންނަށް އެނގޭނީ ކޯއްޗެއް ހެއްޔެވެ؟ ލޯބިވާ މަންމައާއި ބައްޕަގެ ފުރަގަހުގައި އަހަރެން އުފަލާއި އެކު ބޮޑުވަމުން އައީމެވެ. ނަމަވެސް ކަންތައް ބަދަލުވެގެން އައީ ހީވެސް ނުކުރާހާ ގޮތަކަށެވެ.

ހުރިހާ އެންމެންވެސް މައިންގެ ލޯބީގެ ވާހަކަ ދައްކައެއްނުން ހެއްޔެވެ؟ ނަމަވެސް ބަފައެއްގެ ގުރުބާނީގެ ވާހަކަ ދައްކަނީ ކިތަށް ކުދިން ހެއްޔެވެ؟ ލޯބިވާ ބައްޕަގެ ދެއަތްތިލައެއީ އަހަރެންގެ އަދި އަހަރެންގެ ލޯބިވާ މަންމަގެ ހިމާޔަތުގެ ގޮވެއްޗެވެ. އަހަރެންގެ މަންމައަށް ދިމާވި ލާއިންސާނީ އަމަލުގެ އިންސާފު ހޯދައިދިނީ އެބައްޕައެވެ. މަންމަ ކޯމާގައި އޮތް ދުވަހު އަހަރެންގެ މަންމައަދި ބައްޕައަކީވެސް އެއީއެވެ. ބައްޕަގެ އެންމެ ފަހު ނޭވާ ދޫކޮށްލީވެސް މަންމައާއި އަހަރެންގެ ފުރާނަ ސަލާމަތް ކުރުމުގެ ތެރެއިންނެވެ. އެއީ ކޮންފަދަ ބަފައެއް ހެއްޔެވެ؟

މަންމަގެ އެއްބަނޑުއެއްބަފާ މީހުންގެ ދަރިން “ބައްޕާ” ވޭކިޔާފަ ގޮވާލާނެ މީހަކު ހުރެފައި އަހަރެންގެ ނެތުމުން އަހަރެން އެކަމާ ހިތާމަ ކުރަމެވެ. 17 އަހަރު ފާއިތުވެ ދިޔަ އިރުވެސް އަހަރެންގެ ހިތުގައި އެލަކުނު ހުރީ ތާޒާ ކަމާއި އެކުއެވެ. އެއީ ފިލައިގެންދާނެ ލަކުނެއް ހެއްޔެވެ؟

ލޯބިވާ ބައްޕާ. މިހާރު އަޅުގަަނޑަކީ ބޮޑު ކުއްޖެއް. އަޅުގަނޑުވެސް ﷲ ގެ އިރާދަފުޅާއި އެކު ވާނީ ބައްޕަފަދަ އިންސާފު ހޯދުމަށް މަސައްކަތް ކުރާ ހީވާގީ ފުލުހަކަށް. ތިކަހަލަ ބަފަޔަކަށް، އަދި ފިރިޔަކަށް. ﷲ ގެ އިރާދަފުޅާއި އެކު ސުވަރުގޭގައި މިކެހިވެރި ދުނިޔެއިން ބައްޕައާއި އެކު ނުލިބުނު ދުވަސްތަށް ހޭދަ ކުރާނަމެވެ.

އަބަދުވެސް ލޯބިވާ، ޒެވިއަން

Comments (6)

  1. naura

    awwwwn rovihjje hama rangalhah vx
    vrh vrh reethi Masha Allah ❤️

    1. shihaamaa ali
      naura

      hehe sorry rovvaalevunyma :(((((
      jazaakallah khairan 🫶🏻

  2. Your fav bab

    Varah touching😭😭😭
    When I even think about a little kid without a father, makes me cry!
    Aslu varah veyn huri kameh bappa eh nethumakee!!
    Hama ekani e veyn thahammal kuraa kudhinnah engeynee..😪
    May Zevian’s dream come true
    Ly shier💗

    1. shihaamaa ali
      Your fav bab

      jazaakallah khairan 🫶🏻
      yess aslu vejje kuda iru bappa gellunu kudhinnah ekani e feeling understand vaany i understand very well… 🥲💔
      in sha allah hehe 🫶🏻
      lyttt bbxxx

  3. gurrrl_8

    mashallah shiherr vrh reethi ingeyy
    you are the best author hama
    gurrrl ge support abadhuves libeyne
    ly

    1. shihaamaa ali
      gurrrl_8

      Awwww happy to hear so, lytttt❤️❤️

Comments are closed.