“ކޮބާ ކޮބާ އެންމެ ފަހުން އެންމެ މަޑުން އިންގޮލާއަށް ހުރިހާ ބޮނޑިއެއް ހަހަ” ޒެވިއަން ދަށް ވުމުން އަލާޔާ ބުނެލިއެވެ. ޒެވިއަން ހަމަ އެކަނި ހިނިތުންވެލީއެވެ. “ޑްރިންކްއެއް އެއްޗެއް ގަނެލަންވީނުން؟ އައިސްކްރީމް ވިޔަސް؟ މިހެން ކުޅުނަކަސް ނުވާނެދޯ؟” ނުހާ އެއްސެވެ. “އޭ އައިސް ކްރީމް މާ ސަޅި ވާނެ މިއޮއް ހޫނު އިރު” އަލާޔާ ބުންޏެވެ. އެންމެންވެސް އަލާޔާއާއި އެއްބަސްވިއެވެ. “ސަޅި ހިޔާލެއް. ހިނގާ ނުހާ މަށާއި އެކު” ވަގުތުގެ ބޭނުން ހިފާ ޒެވިއަން ބުންޏެވެ. ނުހާ […]
އެނދުމަތީގައި އޮތް ޒެވިއަންގެ ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ނިރާލިއެވެ. އަތުގައި އޮތް ޒެވިއާރްގެ ފޮޓޯގަނޑުގައި ޒެވިއަން ފިރުމާލިއެވެ. “ބައްޕާ…” ޒެވިއަންގެ އަޑު ނިކުތީ ކެނޑިކެނޑިގެންނެވެ. ޖެހިގެން އައި ދުވަހެވެ. ލުބައިނާއާއި ޒެވިއަން ތިބީ ބަނދަރުގައެވެ. ނިމްރާއާއި ކަޔާންގެ އިންތިޒާރުގައެވެ. ދެމައިންގެ އިތުރުން މާޝާއަދި އާކިންގެ އިތުރުން މިކިޔަލްއަދި އަވްލީންވެސް ހުއްޓެވެ. ބަނދަރުމަތީގައި އެންމެން ތިބިތާ 10 ވަރަކަށް މިނިޓް ފަހުން ލާންޗު އަހިސް މަޑުކޮއްލިއެވެ. އެންމެ ފުރަތަމަވެސް ލާންޗުން ފޭބީ ކައިލްއެވެ. ކަޅު ކުލައިގެ ގަމީހަކާއި އެކު […]
ސިޓިންގ ރޫމްއަށް ނިކުން އިރަށް ބަދިގެ ތެރެއިން ދުވި ކަޓްލަސް ވަހުން ދަގޭފާނު ދަގަނޑަށް ދަމާހެން ޒެވިއަންއަށް ބަދިގެއަށް ދެވުނެވެ. “މްމްމް ހާދަ ވަސްގަނޑު ރަނގަޅޭ” އުނދުން ގާތުގައި ކަޓްލަސް ތެލުލަން ހުރި ލުބައިނާގެ ހަށިގަނޑުގައި ފަހަތުން ބައްދާލަމުން ޒެވިއަން ބުންޏެވެ. “ހެހެ އާދޭ މިހާރު އެއްބައި ހެދިފައި މިހުރީ. އުޅޭ އަވަހަށް ކާން” ލުބައިނާ ބުންޏެވެ. ކަޓްލަސް އަކީ ޒެވިއަން ކުޑައިރުން ސުރެ މާފޯރީގައި ކާހެދިކާއެވެ. އެހެންކަމުން ޒެވިއަން އެކާން ބޭނުންވެގެން ބުނެފިނަމަ ލުބައިނާ ހަވީރަސް […]
ހަވީރުގެ ހިތްގައިމު ވަގުތެވެ. “ހައިބިސްކަސް” ގޭއަށް ވަނީ ވޭތުވެ ދިޔަ 17 އަހަރުތެރޭގައި ތަފާތު ބަދަލު ތަކެއް އަހިސްފައެވެ. ގޭކައިރީގައިވީ ހުސް ޖާގައި ތަފާތު ވައްތަރުގެ މާމެލިތައް ހައްދާފައިވިއެވެ. އެކި ކުލައިގެ ކޮކާތަކާއި ކުޅަނދުރުތައް ވަދެ އެމާތަކުން ފޮނި ބޮއެ ހަދާއިރު މަންޒަރު ވަރަށްވެސް ހިތްގައިމެވެ. އެފެހި، މާތައް ގިނަ ހިސާބުގައި ބެންޗް އެއްވެސް ބައިންދާލާފައި ވިއެވެ. ގާތުގައި ފޮތްތައް ބަހައްޓާފައިވީ އިރު، ކުރިމަތީގައި އިން ލެޕްޓޮޕުގެ ފިތްތަކަށް ފިތަމުން ދިޔަ އަލާޔާގެ ދެލޯ ވަނީ ލެޕްޓޮޕުގައި […]
“ޒި…ޒިދާން..؟” މަލިކާ ގޮވާލީ ތެޅިތެޅި އޮތް ހިތަކާއި އެކުއެވެ. “އެއީ.. ކާކުގެ؟” ޒިދާން ލަސްލަހުން އެއްސެވެ. މަލިކާ ޖަވާބެއް ނުދީ އިސްޖަހާލިއެވެ. ވީދެރައިންނާއި އައި ރުޅިން ޒިދާންއަށް އަތް ހިތްލައިލެވުނީ މަލިކާ މޫނުމަތީގައި ޖަހަންށެވެ. “ޒިދާން” ޒިދާންގެ ހަރަކާތްތައް ހުއްޓުނީ މަލައިކާގެ އަޑަށެވެ. މަލައިކާ ފޯނު ޒިދާންއަށް ދިނެވެ. “މީ…؟ މީހަގީގަތެއްތަ؟” ފޯނު ބަލާލާފައި ޒިދާން ރޮވޭހާލުގައި ނަރުސް ކުއްޖާ ގާތުގައި އެއްސެވެ. ތާރީޙްއަށް އެއްމަސް ކުރިން އިނދެފައި ހޮސްޕިޓަލަށް އެހޮސްޕިޓަލުގެ ނަން އިނުމުންނެވެ. ***2 އަހަރު […]
މަލައިކާއާއި މަލިކާ އުޅުނީ ބަދިގެ ތެރޭގައެވެ. މަލައިކާމެން ނޫޑްލްސް ކައްކައިގެން އުޅޭތީވެ އެފޯރީގައި ނާއިޝާވެސް އުޅުނެވެ. ކާން އިން ދެބެންގެ ހަރަކާތްތައް ހުއްޓުނީ ކޮޓަރިތެރެއިން އިވުނު ޒިދާންގެ ހަޅޭކުގެ އަޑުންނެވެ. އެއަޑަށް މަލައިކާ، މަލިކާ، ނާއިޝާގެ އިތުރުން މީރާވެސް އެކޮޓަރިއަށް ވަނެވެ. ފެނުނު މަންޒަރު މަލައިކާއަށް ނާއިޝާގެ ދެލޮލުގައި އަތް އެޅުނެވެ. އެނދުމަތީގައި އޮތް ޒުކާންގެ ދެލޯ ވަނީ މެރިފައެވެ. ޒުކާން އޮތް ތަންކޮޅު ލެއިން ކަޅިވެފައިވީ އިރު ބަނޑުގައި ވަޅިއެއް އިނެވެ. “ތީ..؟ ތީކާކު…؟” މީރާއަށް […]
މަލައިކާ ހުރީ ހޮސްޕިޓަލުގައެވެ. މަލައިކާއަކީ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ހީވާގީ ނަރުހެކެވެ. “އަތަށް އެއްވެސް ކަހަލަ އުނދަގުލެއްވާނަމަ އަޅުގަނޑަށް ގޮވާލާ އިނގޭތޯ؟” މަލައިކާ އައިވީ ގުޅުވައިދިން ކުއްޖާގެ މައިންބަފައިންނަށް ހިނިތުންވުމެއް ދެމުން މަލައިކާ ބުންޏެވެ. އެވަގުތު އިތުރުކަމެއް ނެތުމުން މަލައިކާ ބޭނުންވީ މީރާއަށް ގުޅާ ކުޑަކުޑަ ނާއިޝާއާއި އެކު މަޖާ ކޮއްލަންށެވެ. ފޯނު ނެގިއިރު މަލައިކާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ނުދަންނަ ނަންބަރަކުން ކޮއްފައިވީ އެސް.އެމް.އެސް އެކެވެ. “މަލައިކާގެ ދެވަނަ ދަރިފުޅު މަރެއް ނުވޭ. އެކުއްޖާ […]
ޒިދާން ކިޔައިދިން މަދަހައިގެ އަޑު އަހަން ޒުކާން ވަރަށް ބަސް އަހައިގެން އޮތެވެ. ފުރަތަމަ ފަހަރަށް އެދެލޮލުގައި ވިދުން އެކުލެވުނެވެ. ފުރަތަމަ ފަހަރަށް އެކުޑަތުންފަތައް ހިނިތުންވުމެއްވެރިވިއެވެ. ޒިދާންއަށް ހިނިތުންވެވުނު އިރު އެދެލޮލުގައި ފާއްދާލީ އުފާވެރި ކަމުގެ ކަރުނައެވެ. ދަންވަރުގެ ވަގުތެވެ. ނިދިފައި އޮތް މަލައިކާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އޮތް ނާއިކް އޮތީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ކަންތައް މިދަނީ އޭނާ އެއްގޮތަކަށްވެސް ހީކުރި ގޮތަކަށް ނޫނެެވެ. މިހާރު ކޮންމެ ގޮތެއްވިޔަސް ދޮންމަންމަގެ ލަގަބުގެ އިތުރުން، ކިރުގެ […]
2 މަސް ފާއިތުވެގެން ދިޔަ އިރު މަލިކާ އަދި މަލިކާގެ ދަރިފުޅު ޒުކާން، އަދި މަލައިކާ އާއި މަލައިކާގެ ދަރިފުޅު ނާއިޝާގެ ހާލަތު ވަނީ އެކީގައި ހެން ރަނގަޅުވެފައެވެ. އެހެން ނަމަވެސް އޭރުވެސް އެ އެކްސިޑެން އާއި މެދު އިހުމާލުވާންވީ ފަރާތެއް ވަނީ ނޭނގިފައެވެ. މެންދުރުގެ ވަގުތެވެ. ޒިދާންގެ އުނގުގައި އޮތް ޒުކާން ދިޔައީ ހުއްޓުމެއްނެތި ރޮމުންނެވެ. ޒުކާންގެ ރުއިން ހުއްޓުވާނެ ގޮތެއް ނޭނގިގެން ޒިދާން ހުރީ ހާސްވެ ކަންބޮޑުވެފައެވެ. ހުއްޓި ނުހުރެ ރޮމުން ދިޔަ ޒުކާންގެ […]