Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ފުރާނައިގެ ދިރުމޭތިއީ (ބޯނަސް އެޕިސޯޑް)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 21, 2025 7 Mins Read
10 Comments

ސަލާމް، މިއީ “ފުރާނައިގެ ދިރުމޭތިއީ” ގެ ބޯނަސް އެޕިސޯޑްއެވެ. މިއެޕިސޯޑްގައި ހުންނާނީ ފަހުބައިގައި ނުގެނެސް ދޫކޮށްލިބައިތަކެވެ… މިބައިގައި ގިނައިން ހުންނާނީ، އަލަކާ އަދި ލުބާން، މާޝާ އަދި އާކިން، އަދި ކަޔާންއާއި ނިމްރާގެ ބައެވެ…

***

“ކަލޭ…. ކަލޭ ތިއީ އަޅެ އިންސާނެއްތަ؟ ކީއްވެ އެހެންހެދީ؟ ކީއްވެ؟ ކީއްވެ؟ ކީއްވެ؟ ދޮންބެ ޖަނަވާރަކަށް ހެދިމީހަކީވެސް ތިއީ. މަންމަގެ ގާތިލަކީވެސް ތިއީ” އަލަކާއަށް ދިޔައީ ރޮވެމުންނެވެ. މާޝާއާއި ލުބާންވެގެން އޭނާ މައިތިރި ކުރެވުނެވެ. ނަމަވެސް އަހުމަދު އެއްޗެއް ނުބިތާ ބަލައިވެސް ނުލިއެވެ

ހަފްތާއެއް ފަހުން އަހުމަދު ކޯޓަށް ގެންދެވުނެވެ. އަދި އަހުމަދުއަށާއި ހުސެންއަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވުނެވެ. ކޯޓު ތެރެއިން އެންމެވެސް ނިކުތީ ހިތް ހަމަ ޖެހިގެން ހުރެގެންނެވެ. އަލްހަމްދުލިއްލާހިއެވެ. މިއަދު އައިޝާގެ އިތުރުން، އަލަކާ އަދި ލުބައިނާ އަދި ޒެވިއާރްގެ މަރަށްވެސް އިންސާފު ލިބިއްޖެއެވެ.

އެންމެން ގެއަށް އައި އިރު ސޯފާގައި ގަބުވެފައި ލުބައިނާ އިނެވެ. އޭރު ލުބައިނާގެ އުނގުގައި ލޯބިކޮށް ނިދިފައި ޒެވިއަން އޮތެވެ. “ދަރިފުޅާ. ދޭބަ ޒެވިއަން ގޮވައިގެން ކޮޓަރިއަށް. މަންމަމެން ލުބާއަށް ވާހަކަ ދައްކާނަން” އަލަކާ ގާތުގައި ސިއްރު ސިއްރުން ލައިނާ ބުނެލިއެވެ. އަލަކާ ބޯޖަހާލާފައި ގޮސް ޒެވިއަން އުރާލިއެވެ. ޒެވިއަން ގޮވައިގެން ދިޔައިރުވެސް ލުބައިނާއަށް ތަނެއް ދޮރެއް ނޭނގެއެވެ. “ދަރިފުޅާ؟” ކަރުނަވީ ލޮލަކާއި އެކު ލައިނާ ގޮވާލިއެވެ. އެއާއި އެކު ލުބައިނާ ސިހުނެވެ.

“ދަރިފުޅާ. ދެރަނުވޭ. އަލްހަމްދުލިއްލާހި. މިއަދު ދަރިފުޅަށްވެސް އަދި ޒެވިއާރްގެ މަރަށްވެސް އިންސާފު ލިބިއްޖެ. ދެން ހުއްޓާލާ. ދެން ހުރިހާކަމެއްވެސް ރަނގަޅުވާނެ” ލުބައިނާގެ ކޮނޑުގައި ފިރުމަމުން ލައިނާ ބުނެލިއެވެ. މަޑުން އިނދެފައި ލުބައިނާ ކުއްލިއަކަށް ތެދުވިއެވެ. “އިންސާފޭ؟ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ؟ އެހެންވިއްޔާ ޒެވް ކޮބާ؟ ހުރިހާކަމެއް ރަނގަޅުވާނެ ނަމަ ލުބާ ގާތުގައި ޒެވް ހުންނާނެދޯ؟ ތިހޯދި އިންސާފަކުން ލުބާގެ ހަޔާތަށް ޒެވް އެނބުރި އަންނާނެތަ؟ ނޫން. މިއީކީ ލުބާގެ ހަޔާތަަށް އިންސާފެއް ނޫން. ކީއްވެ؟ ކީއްވެ؟ ކީއްވެ؟ އަހަރެމެން ދެމީހުން ހިތުގައި ލޯބި އުފެދި އެކުގައި މިއުޅެވުނީ އެންމެ ހަފްތާއެކޭ. އެންމެ ހަފްތާއެއް މަންމާ” ލުބައިނާ ރޮމުން ބުންޏެވެ. “ކީއްކުރާނީ ދަރިފުޅާ. މަންމައަކަށް ނޭނގެ ދަރިފުޅަށް ހިތްވަރު ލައިދޭން ބުނާނެ އެއްޗެއްވެސް..” ލައިނާ ތެދުވެ ލުބައިނާގެ އަތުގައި ހިފާލިއެވެ. ރޮމުން ލުބައިނާ ބިންމައްޗަށް ޖެހިތަވެެ.

“ޒެވް މަގޭ ޒެވް… ޒެވް ކީއްވެ ލުބާ ދޫކޮށްލާފަ ތިދިޔައީ؟ ލުބާއަށް ޒެވް ޕްރޮމިސް ކުރި ގައިމު ދުވަހަކުވެސް ލުބާ ދޫކޮށްފައި ނުދާނަން ކަމަށް. ނޫން އެހެން ނުވާނެ. ކޮބާތަ ކުޑަކުޑަ ޒެވިއަންގެ ކުށަކީ؟ އެކުއްޖާ ފަކީރު އެޔަތީމުވީ… އެއީ އަޅެ އެންމެ ފަސް މަހުގެ ކުއްޖެކޭ. ބައްޕަގެ ކޮން ހަނދާނެއް އެކުއްޖާފުޅު ހުންނާނީ؟ މިއީތަ ތިބުނާ އިންސާފަކީ؟” ލުބައިނާ ރޮމުން ދިޔަ މަންޒަރު ބަލަން ހުރި އާދިލް، އަދި ލުބާންގެ ދެލޮލުގައިވެސް ކަރުނައިގެ އަސަރު ހުއްޓެވެ. “މަންމައަށް އެނގޭ ދަރިފުޅާ.. އެކަމަކު ދަރިފުޅު ޖެހޭނެ ކެއް ކުރަން. އެއީ ޒެވިއަންއަކީ ޒެވް ދަރިފުޅަށް ހަވާލު ކުރި އަމާނާތެއް. އެތުއްތު ފުރާނައަށްޓަކައި ދަރިފުޅު ވާނެ ކެއްގަދަވާން” ލައިނާ ބުންޏެވެ.

ރޭގަނޑުގެ ވަގުތެވެ. އާކިން އިނީ ސްޓޭޝަނުގައެވެ. މުޅި ސްޓޭޝަން ތެރެވެސް ވަނީ ހަމަހިމޭންވެފައެވެ. ޒެވިއާރްއަކީ ހުރިހާ މުވައްޒަފުންގެވެސް އިހްތިރާމު ހޯދާފައިވީ ފަރާތެއް ކަމުން އެންމެވެސް އެކަނިވެރިވެފައެވެ. ހާއްސަކޮށް އާކިންއެވެ. ޒެވިއާރް ނެތުމުން މިއަދު އާކިން އެއިންނަނީ މުޅިން އެކަންޏެވެ. އެހެން އިންނަ އިރުވެސް ޒެވިއާރްއާއި އެކު ޖެހި ސަކަރާތްތަކުގެ އަޑުއިވޭހެން އާކިންއަށް ހީވަމުން ދިޔައެވެ. އެއީ މާތް އިންސާނެކެވެ. ސުވަރުގެއިން އެކުވެރިން ގޮތުގައި ޒެވިއާރްއާއި ދިމާވޭތޯ އާކިންއަށް ހިތާހިތުން ދުޢާ ކޮއްލެވުނެވެ.

“ޓޮއް ޓޮއް” އާކިންގެ ކެބިންގައި ޓަކި ޖަހާލިއަޑަށް ކޯތާފަތުގައިވީ ކަރުނަތައް އާކިން ފުހެލިއެވެ. “ވަދޭ” އާކިން ބުންޏެވެ. ދޮރު ހުޅުވާލާފައި ވަނީ މާޝާ އެވެ. ދަނބުކުލައިގެ އަބާޔާއާއި އެކު، ވައިލެޓް ކުލައިގެ ޝޯލްއެއް ރީތި ގޮތުގައި އަޅާލެވިފައިވީ އިރު މާޝާ ކިތަންމެ ހާވެސް ރީއްޗެވެ. މޫނުމަތީގައި އެއްވެސް މޭކަޕެއްނެތް އިރުވެސް ހީވަނީ އުޑުމަތީގައި ރަނިކަން ކުރާ ހަނދުހެންނެވެ. އާކިންއަށް ހިތާހިތުން މާޝާއަށް ތައުރީފް ކޮއްލެވުނެވެ.

“ވަރަށް އެކަނި ވެފަދޯ؟” މާޝާ އަހާލިއެވެ. “އާން ދެން އެކަނިވާނެއްނުންދޯ؟ އަންބެއް ނެތް. ބިޓެއް ނެތް. ޒެވްއެއް ނެތް” އާކިންދޫކޮށްލީ ފިނިނޭވާއެކެވެ. “އަމް.. އަހަރެން އާކިން ގާތުގައި ވާހަކައެއް ބުނަން ބޭނުން..” މާޝާ އިނގިލިތަކާއި ކުޅެމުން ބުނެލިއެވެ. އާކިން ހަމަ ޖެހިލީ މާޝާ ދައްކާ ވާހަކައެއް އަޑުއެހުމަށެވެ.

“އާކިން.. ނޭނގެ ކީއްވެގެން ކަމެއް. އެންމެ ފުރަތަމަ ދުވަހުން ސުރެ މާޝްގެ ހިތުގައި އާކިންއަށް ޓަކައި ހާއްސަ މަގާމެއް އުފެދުނު. ނޭނގި ލޯބިވެވުނީ. ޒެވް ފަރާތުން ތިއީ އޭރު މީހެއްގެ ފިރިއެއްކަން އެނގުމުން މާޝްގެ ހިތް ފިސްފިސްވި ފަދަ. ވަރަށް ދެރަވި. ވަރަށް ރުއިން.. ދެން އެނގުނީ މިވެވުނީ ލޯބިކަން. އާކިން. މާޝް ނުބުނާނަން ކޮންމެހެން މާޝްދެކެ ލޯބިވާކަށް. އެކަމަކު.. މާޝް ވަރަށް ލޯބިވޭ. އާކިން އާއި އެކު ދިރިއުޅުމެއް ފަށަން ބޭނުން.. އާކިންގެ ހަޔާތުން މާޝްއަސް ޖާގައެއް ލިބިދާނެތަ؟” މާޝާ ލަދުން ހުރެ އޭނާ ބުނަން ބޭނުންވި ހުރިހާވާހަކައެއް ބުނެލިއެވެ.

“އަހަރެން މިއީ މީހެއްގެ ކުރީގެ ފިރިއެއް. އައިމް ނޮޓް ނިއު.. ދެން އެނގެއެއްނުން. ކޮންމެ ކުއްޖަކުވެސް ބޭނުންވާނީ ވީ-ކާޑެއް ގެންގުޅޭ ބޯއިއެއްނުން؟” އާކިން އެއްސެވެ. “ތިއީ މާޝްއަށް މައްސަލައެއްނޫން. ތިކަން އެނގިހުރެ މާޝް އާކިން ދެކެ ލޯބިވީވެސް..” މާޝާ ބުންޏެވެ. މާޝާ އަދިވެސް އިނީ އިސްޖަހައިގެން ކަމުން އާކިންގެ މޫނުމަތީގައިވީ ލާނެތް ހިނިތުންވުމެއް މާޝާއަކަށް ނުފެނެއެވެ. “6 މަސް ފަހުން އަހަރެން ބައްޕައަކަށް ވާނެ” އަނެއްކާވެސް އާކިން އިތުރު ކޮއްލިއެވެ. “ތިއީވެސް މާޝްއަށް މައްސަލައެއްނޫން. ތިކަން އެނގިހުރެވެސް މާޝް އާކިން ދެކެ ލޯބިވޭ” މާޝާ ބުނެލިއެވެ. “އަހަރެންނަކީ އޭލިއަންއެއް” އާކިން ހިނިގަނޑު ހިފަހައްޓާލަމުން ބުންޏެވެ. “ތިއީވެސް މާޝްއަށް މައްސަލައެއްނޫން. ތިކަން…” އެހިސާބަށް ބުނެވުމާއި އެކު އާކިން ބުނީ ކީކޭކަން މާޝާއަށް ދެނެގަނެވުނެވެ.  އާކިންގެ މޫނަށް ބަލައިލި އިރު އޭރު އާކިން އިނީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. “ދޭން ވައި ޔޫ! އަޅެ މާޝްއަށް މަލާމަތް ކުރީދޯތި؟ އަޅެ އެހާ ލޯބިން ބުނީމަވެސް..” އެހިސާބަށް ބުނެވުނު އިރު މާޝާގެ ދެލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. އެމަންޒަރު އާކިންއަށް ނުދެއްކުމަށް މާޝާ ތެެދުވީ އެތަނުން ދާންށެވެ.

ނަމަވެސް މާޝާއަށް ހުއްޓެން މަޖުބޫރުވީ އާކިން އޭނާ އަތުގައި ހިފާ ދަމާގެނެސް އާކިންގެ އުނގުގައި ބޭންދުމުންނެވެ. ވަގުތުން މާޝާގެ ދޮންކޯތާފަތަށް ޖަންބު ކުލަވެރިވިއެވެ. “ޑޯންޓް ގޯ ޖަސްޓް ޔެޓް ޔޫ ލިޓްލް ގާލް. ހެހެ އަދި އެއްފަހަރު ބުނެބަލަ” އާކިން މާޝާގެ ބަނޑުގައި އަތް ވަށާލަމުން ބުންޏެވެ. “ކޯއްޗެއްތަ؟” ލަދުގައިންކަން ފޮރުވަން މަސައްކަތް ކުރަމުން މާޝާ އެއްސެވެ. “އައި ލަވް ޔޫ އޭ” އާކިން ހީލިއެވެ. “ނޫޅެން ބުނާކަށް. އާކިން މާޝްްއަށް ޖޯކް ޖެހީނުން” މާޝާ ތުންކޮޅު އޫކޮއްލިއެވެ. އާކިން ހީލިއެވެ. އަދި ކައިރީ އިން މޭޒު ވަތްގަނޑުގައި އިން ކުޑަ ފޮށި ނެގިއެވެ. އޭގައި އިނީ ރިހި ކުލައިގެ ރީތި އަނގޮއްޓިއެކެވެ. ވަގުތުން މާޝާގެ ދެލޯބޮޑުވިއެވެ. “ތީ؟” މާޝާއަށް އެހުނެވެ.

“އަހަރެން މާޝްއަށް ޕްރޮޕޯޒް ކުރަން ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ. ޒެވް ބުނި އަހަރެން ގާތުގަ މާޝް އަހަރެންދެކެ ލޯބިވާ ވާހަކަ. ދެން އަހަރެން ބޭނުމެއް ނުވޭ ރައްޓެހިވެގެން އުޅޭކަށް އެއްއިރަކުވެސް. ސޯ އަހަރެން މިހުރީ ޕްރޮޕޯޒް ކުރަން.. ޒެވް މަރުވުމުގެ 2 ދުވަސް ކުރިން އަހަރެންނާއި އެކު ޒެވް ދިޔައީ މި އަނގޮއްޓި ގަންނަން. ވަރަށް ބޮޑަށް މިކަލް ޕްލޭން ކުރިން. އެކަމަކު ޒެވްއަށް ކަންވީގޮތުން ޒެވްގެ މަރަށް 40 ނުވަނީސް މިކަހަލަ ބޮޑުކަމެއް ނުކުރަން މިހުރީ. އެކަމަކު މިކުއްޖާ އަހިސް ޕްލޭން ފްލޮޕް ކޮއްފިއޭ. އެހެންވެ ދެން މިހާރު އެހީމި. ވިލް ޔޫ މެރީ މީ؟” އާކިން އަހާލިއެވެ. “ޔެސް..” ލަދު ރަކި ކަމާއި އެކު މާޝާ ބުނެލިއެވެ. އާކިން ހީލާފައި މާޝާގެ އަތުގައި އެއަނގޮއްޓި އަޅުވާލިއެވެ. “އެކަމަކު މެރީ ކުރާނީ ޒެވްއަށް 40 ވީމައިނގޭ. އެއީ ޖަވާހިރެއް ކަހަލަ އެކުވެރިއެއް. އެހެންވެ އަހަރެން ބޭނުމެއްނޫން އެހާ އަވަހަށް ބޮޑު ކަންތައް ގަނޑެއް ބާއްވާކަށް” އާކިން ބުންޏެވެ. އާކިންގެ ޙިޔާލަށް މާޝާވެސް އެއްބަސް ވިއެވެ.

***1 އަހަރު ފަސް***

ހަވީރުގެ ވަގުތެވެ. ނިމްރާމެން ގޭކަމަށްވާ “ހެޕީ ހޯމް” ވަނީ މުޅިން ހަލަބޮލި ވެފައެވެ. ވަނީވެސް އެހެން ނޫން ހެއްޔެވެ؟ ދުވަހަކީ ކަޔާންއާއި ނިމްރާގެ ކައިވެނި ކުރެވޭ ދުވަހެވެ. ފެހި ކުލައިގެ ފުއްޕާހަމާއި، ފެއާރީ ލައިޓްސް ތަކުން މުޅި ގޭތެރެވަނީ ޒީނަތްތެރި ކޮއްލާފައެވެ. “ނިޔޯން ސައިން ލައިޓްސް” އިން “ކަޔާން ވެޑްސް ނިމްރާ” ޖަހާލެވިފައިވިއެވެ. ޕާޓީގެ ތީމްއަކީ “އެޕަލް ގްރީން” އެވެ. މާބޮޑު ޕާޓީއެއް ނުބޭއްވިނަމަވެސް ދެފަރާތުގެ އާއިލާއާއި އެކުވެރިން ތިއްބެވެ. 6 މަހުގެ ކުޑަކުޑަ ނުހާގެ އިތުރު، އަލާޔާ އަދި ޒެވިއަންވެސް ހުރީ ވަރަށް ރީތިވެލައިގެންނެވެ. ނުހާއާއި އަލާޔާ ފެހި ކުލައިން “ކޭ އަދި އެން” ޖަހާފައިވީ ހުދު ޓީޝާޓް އެއްލާފައިވީ އިރު ފެހި ކުލައިގެ ލޭސް ސްކާޓް ކޮޅެއް ލައްވާފައިވިއެވެ. ފެހި ކުލައިގެ ކޮކާލެއްހެން އިން ދައްޗެއް ޖަހާލާފައިވީ އިރު ވަރަށްވެސް ލޯއިތްބެވެ. ޒެވިއަންވެސް އޭގެ ޓީޝާޓެއް ލައިގެން ހުރި އިރު ވަނީ އެކުލައިގެ ޖިންސްކޮޅެއް ލައްވާފައެވެ.

އޭރު މާޝާއާއި އާކިންގެ ކައިވެނިވަނީ ކުރެވިފައެވެ. ނުހާއާއި މާޝާވެސް އޮންނަނީ ވަރުގަދަ ގުޅުމެކެވެ. 4 މަހުގެ ކުޑަ ބަނޑުކޮޅާއި އެކު މާޝާ ވަރަށްވެސް ލޯއިތްބެވެ. 1500 ރުފިޔާގެ ރަނަަށް ނިމްރާއާއި ކަޔާންގެ ކައިވެނި ކުރެވުނެވެ. ކުޑަ ސަޔަކަށް ފަހު އެންމެން އެމީހެއްގެ ގެއަށް ދިޔައިރު 30 8 ވާން އުޅެއެވެ. ނިމްރާ ހެދުން ބަދަލު ކޮއްލާފައި ކުޑަކުޑަ ނުހާއަށް ކާންދީ ނިންދަވާލިއެވެ. އެރޭ ނުހާ ބޭއްވީ ނިމްރާ މަންމަ ކޮޓަރީގައެވެ.

ނުހާ ނިދުމުން ނިމްރާ ދިޔައީ ކަޔާންއާއި އެކު ސައިކަލު ދުއްވާލަންށެވެ. ތަފާތު އެކި ވާހަކަ ތަކުގައި ދުއްވަން އުޅުމަށް ފަހު ދެމަފިރިން ގެއަށް އައީ 11 ޖަހަން އުޅެނިކޮށެވެ. ކޮޓަރިއަށް ވަދެ ނިމްރާ ވަނީ ހޫނުވެފައި ހުރުމުން ފެންވަރާލަންށެވެ. ނިމްރާގެ ކޮންމެ ހަރަކާތެއް ބަލަން ދުރުގައި ކަޔާން ހުއްޓެވެ. ފެންވަރާލައިގެން ނިކުމެ ނިމްރާ ފެން ހިތްކާލަމުން ނިދާހެދުން ބަލައި އަލަމާރި ގާތުގައި ހުއްޓުނެވެ. ނިމްރާގެ ހަރަކާތްތަށް ބަލަން އިން ކަޔާން ގޮސް ނިމްރާ ކުރިމަތީގައި ހުއްޓުނެވެ. “ތިއޯ؟” ނިމްރާ އެއްސެވެ.

“ކޮން ތިއޯއެއް ކިޔާކަށްތަ އެއިން؟ ކީކުރަން ތިއުޅެނި؟” ނިމްރާގެ އިސްތަށިކޮޅުގައި ފިރުމާލަމުން ކަޔާން އެއްސެވެ. “މިއުޅެނީ ނިދާހެދުން ނަގާކަށްނުން؟” ނިމްރާ ބުނެލިއެވެ. ކަޔާން ހީލިއެވެ. “ހެހެ ނޫނޭ ބޭބީ ގާލް. މިރޭ ކޮންމެހެން ނިދާހެދުން ހޯދަން އުޅޭނެކަމެއް ނެތް އިނގޭ؟ މިރޭ ދެން އޮތް ބައި އޮތީ ހެދުން ނުލާ ކުރިއަށް ދިޔުމެއްނުން ހެހެ” ނިމްރާ އުނަގަނޑުގައި އަޅުވާލާފައިވީ ތުވާލި އެއްލާލަމުން ކަޔާން ބުންޏެވެ. އެއާއި އެކު ހީވީ ނިމްރާގެ ހަށިގަނޑުގައި ހުރި ހުރިހާ ލޭތަށް މޫނު މައްޗަށް ޖަމާވި ހެންނެވެ.

ނިމްރާގެ ހަށިގަނޑަށް ބަލާލުމައްފަހު ނިތް މަތީ އަތް އަޅާފައި ކަޔާން އެނދުމައްޗަށް ޖެހިގަތެވެ. “މިރޭ ޔަގީން މަގޭ ޒަމާން ދިޔައީކަންމި. އައިމް އިން ލާވް” މޭގައި އަތް އަޅާ މަސްތުވެފައި އޮތް މީހެއްފަދައިން ކަޔާން ބުނެލިއެވެ. “ދެން ކަޔާން ގަނޑާ” ތުންކޮޅު އޫކޮށްލަމުން ނިމްރާ ކަޔާންގެ ފަލަމަސްގަނޑުގައި ޖެހިއެވެ. “އޭ، ނޯ ނޯ މިރޭ ދެން މިވަގުތަށް މިއީ ކަޔާންއެއް ނޫން އިނގޭ؟” ކަޔާން ބުނެލިއެވެ. “ދެން ކޯއްޗެއްތަ؟ އޯއެމްޖީ ކަޔާންތީ ހަނޑިއެއްތަ؟” ނިމްރާ އެއްސެވެ. “އަޅެ އަނެއްކާވެސް ކަޔާން. ކަޔާންއެއް ނޫނޭ ބޭބީ. ކޯލްމީ ޑޭޑީ” އެއްލޯމަރާލަމުން ކަޔާން ބުންޏެވެ. އެއާއި އެކު ނިމްރާ ހީވީ ލަދުން ވިރިގެން ފޭބި ހެންނެވެ. “ޗީޑީ ނޫޅެން” ނިމްރާ ތުންކޮޅު އޫކޮށްލަމުން ރުޅިއަންނަ ކަމަށް ހެދިފައި ބުންޏެވެ.

އެއާއި އެކު ނިމްރާގެ އަތުގައި ހިފާގެނެސް އެނދުމަތީގައި ބާއްވާލަމުން ކަޔާން ނިމްރާގެ ގައިމައްޗަށް އެރިއެވެ. ރޭގެ ބާކީ އޮތްބައި ދެމަފިރިންވެސް ހޭދަ ކުރީ ދުލާ ހަމައަށް ނުގެނެވުނު ކިތަންމެ ބަހެއް ލޯބިން ބީހެމުން ބުނެދެމުންނެވެ. ޅައުމުރުގައިވީލޯބި ކާމިޔާބު ވުމުން އެކަމުގެ އުފަލުގައި ދެމަފިރިންވެސް ﷲ އަށް ހަމްދު ކުރިއެވެ.

***2 އަހަރު ފަސް***

ޒެވިއަން ނިދިފައި އޮތުމުން ލުބައިނާ ނުކުމެލީ ބޭރަށެވެ. އެކަނި ވެލުމަށެވެ. އޭނާ ދިޔައީ ހަމަ އެއަތިރިއަށެވެ. ފައިވާން ބާލާފައި ލުބައިނާ ގޮސް ހުއްޓުނީ ރާޅު ޖަހާހިސާބުގައެވެ. ގޮނޑުސޮށަށް ބީއްސާލާ ފިނި ރާޅުތަށް ލުބައިނާގެ ދޮންފަޔަށް ފިނިކޮއްދީފައި، އެނބުރި ދިޔައީ ވެލިތަކެއްވެސް ހިފައިގެންނެވެ. ލުބައިނާގެ ހަޔާތަށް ޒެވިއާރް އައި ފަދައިންނެވެ. ލުބައިނާގެ ހަޔާތަށް ޒެވިއާރް އައީ ޖަހާލި ރާޅެއް ފަދައިންނެވެ. ލުބައިނާގެ ހަޔާތުގައި ނިވިފައިވީ ހުޅުކޮޅު ދިއްލަދީފައެވެ. ދުލުން ބޭރުނުކުރެވުނު ހުރިހާ އިހްސާސްއެއް ބޭރުކުރުމުގެ ލަގަބު ހޯދައިދީފައެވެ. ނަމަވެސް ހިނދުކޮޅެއްގައި ލުބައިނާގެ ހަޔާތުން ޒެވިއާރް އެދިޔައީ އޭނާގެ ހަޔާތުންވެސް އެއްބައި ހިފައިގެންނެވެ.

“ޒެވް…. ކީއްވެ ލުބާ ދޫކޮށްލާފައި ދިޔައީ؟ ކިހިނެތް ލުބާ ޒެވްއާއި ނުލާ އުޅޭނީ؟ ތިއީ ލުބާގެ ހިތުގެ ވިންދަކީ. ލޮލުގެ ނޫރަކީ. ލުބާގެ ފުރާނައިގެ ދިރުމަކީ ތިއީ. ކިހިނެތް ލުބާ ޒެވްއާއި ނުލާ އުޅޭނީ؟ ޒެވިއަން އަބަދު އަހާ ބައްޕި ކޮބާތޯ…” ރޮމުން ރޮމުން ލުބައިނާ ވާހަކަ ދެއްކިއެވެ. “ލުބާ ދެން ދުވަހަކުވެސް އެހެން މީހަކުދެކެ ލޯއިތްބެއް ނުވާނަން. ލުބާ އުނގުގައި އޮވެ ޒެވްގެ އެންމެ ފަހު ނޭވާ ދޫކޮށްލިހެން، ލުބާގެ ވެސް އެންމެ ފަހު ނޭވާ ދޫކޮށްލާނީ ޒެވްގެ އަންބެއްގެ ގޮތުގައި ހުރެ..” ލުބައިނާ ހީލަމުން ފުން ކަނޑާއި ދިމާލަށް ބަލައިލިއެވެ. “ފޯރްއެވާރ ޔުއާރްސް…” ކަރުނަ ފުހެލަމުން ލުބައިނާ ބުންޏެވެ. ފުންނޭވާއެއް ދޫކޮށްލާ އައު ހިތްވަރާއި އެކު ހިނގައިގަތީ ކުޑަކުޑަ ޒެވިއަންއަށް ޓަކައެވެ.

ލުބައިނާ ގެއަށް އައި އިރު ގޭތެރެ ހީވަނީ ބަކަރި ކޮއްޓެއް ހެންނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ދުވަހަކީ ގޭއެންމެން ޕިކްނިކެއް ދާން ރާވާފައިވީދުވަހެކެވެ. “ކޮބާ އަދިވެސް ރެޑީނުވޭ؟” ގެއަށް ވަދެގެން އައި ކަޔާން ބުނެލިއެވެ. ކަޔާންއާއި އެކު ނިމްރާ، ނުހާ އަދި ކަޔާންއާއި ނިމްރާގެ ދެކުދިން ނިލީޝާއަދި ކައިލްވެސް ހުއްޓެވެ. ކައިލްއާއި ނިލީޝާއަކީ އެއްމާބަނޑު ދެކުދިންނެވެ. ނުހާއާއި އެދެކުދިންގެ ހުރީ އެންމެ އަހަރެއްގެ ތަފާތު ކަމުން ތިން ކުދިންވެސް ވަރަށް ގުޅެއެވެ. ގާތުގައި މާޝާއާއި އާކިންގެ ދެމަފިރިންވެސް ހުއްޓެވެ. އަދި އެދެމަފިރިންގެ ދަރިފުޅު މިކިޔަލްވެސް ހުއްޓެވެ. ގެއަށް ވަދެވުމާއި އެކު ނުހާ، ނިލީޝާ، ކައިލް އަދި މިކިޔަލް ދުއްވައިގަތީ ޒެވިއަންއަދި އަލާޔާ ގާތަށެވެ.

“ހޫމް މިމީހުން ތަތްކަމުންދޯ ހަހަ” 6 މަހުގެ ބޮޑު ބަނޑާއި އެކު ހަމަ ޖެހިލައިގެން އިން އަލަކާ ބުނެލިއެވެ. “އާން ކަލޭ ތީނީ ފްރީ ޓިކެޓް ނަގައިގެންނުން؟ އޭދެން އަސްލުވެސް އަވަސްކުރޭ ޕިކަޕްވެސް އަހިއްސިޔޭ” ނިމްރާ ބުނެލިއެވެ.

އެންމެން އަވަސް ކޮއްލައިގެން ރަށު އަތިރިއަށް ދިޔައެވެ. ސައިބޮއެގެން ތަފާތު އެކި ކުޅިވަރުތައް ކުޅި ހެދިއެވެ. އަލަކާއަށް ގިނަ ހަރަކާތް ތަކުގައި ބައިވެރި ނުވެވުނުނަމަވެސް އޭނާވެސް ދިޔައީ ސަކަރާތުގައި ފުރިހަމައަށް ބައިވެރި ވަމުންނެވެ. މިއަދު އެންމެނަށްވެސް އުފާވެރި ދިރިއުޅުމެއް ލިބިއްޖެއެވެ. ލޯބިވާ ފިރިމީހާ ގެއްލުނު ކަމުގެ ހިތާމަ އަދިވެސް ލުބައިނާ ދިޔައީ ސިއްރު ސިއްރުން ކުރަމުންނެވެ. ނަމަވެސް އޭނާ ކެއްކުރާނެއެވެ. ކުޑަކުޑަ ޒެވިއަންއަށް ޓަކައެވެ. އަލަކާވެސް ގެއްލުނު މަންމައާއި ދޮންބެ މަތިން ހިތާމަކޮށް ރޮއެއެވެ. ކިތަންމެ ގޯސްވިޔަސް ދޮންބެ ވާނީ ދޮންބެއަށްތާއެވެ؟ ދޮންބެ ހަލާކުވެގެން ދިޔައީވެސް ދޮންބެއަށް އަހުމަދުވީ އިހުމާލުން ކަމަށް އަލަކާ ގަބޫލު ކުރެއެވެ. ލޯބިވާ މަންމައާއި ދޮންބެއަށް ދިމާވާނެ ދުވަހެއް އަދި އަންނާނޭކަމަށް ގަބޫލުކޮށް އަލަކާ އޭނާގެ ދިރިއުޅުމައިގެން ކުރިއަށް ދިޔައެވެ.

“ކޮން ފިކުރެއްގަ؟” ކިރުފޮދެއްފަދަ ދޮންވެލިން ކޮންމެވެސް އެއްޗެއް ހަދަން އިން އަލަކާ ގާތުގައި ލުބާން އިށީނެވެ. “ވިސްނަނީއެއްނޫން. ފޫހިވެފަ. އާނ ދެން އަލޫ ޕްރެގްވީމަ ކަމެއް ނުކުރެވިފަ ވިއްޔަ” ދެރަވާކަމަށް ހެދިގެން އިނދެ އަލަކާ ބުނެލިއެވެ. ލުބާން ހީލިއެވެ. “އޭ ލުބާން އަތްލަބަ މިތާ. ބޭބީ ތޮޅިލައިފި” އަލަކާ ކުއްލިއަކަށް ބުންޏެވެ. ވަގުތުން ލުބާން އަލަކާގެ ބޮޑު ބަނޑުގައި ކަންފަތް ޖައްސާލިއެވެ. “ދަރިފުޅޫ. މަންމި ކުޅެން ބޭނުންވަނީއޯ ދަރިފުޅުވެސް އަވަހަށް ނިކުމޭދެން މިއޮތީނުން ގައިމު ބޮޑު ސްކުއާޑްއެއްވެސް ކުޅި ނަގަން” ލުބާން ބުންޏެވެ. “އޭ އަލޫއަށް ބުނެވުނުތަ ބޭބީ ކައިރީ ނިކުންނަން؟ ބޭބީ ނިކުންނާނީ ރެޑީވީމައޭ ދޯދޫނީ؟” ލުބާން ކަންފަތުގައި ހިފާލަމުން އަލަކާ ބުންޏެވެ. “އާން ހޫމް ސޮރީ. ހެހެ ބައްޕި ލަވްސް ޔޫ” އަލަކާ ބަނޑުގައި ބޮސްދީފައި ލުބާން ބުންޏެވެ. އެއްވެސް މީހަކު ބަލަން ހުރިތޯ ބަލާލާފައި ލުބާން ވަރަށް ސިއްރުން އަލަކާގެ ތުންފަށްވެސް ބޮސްދިނެވެ. “ބައްޕި ލަވްސް ޔޫ ޓޫ ހެހެ” ލުބާން ބުންޏެވެ. “ހޫމް. ހެހެ އައި ލަވް ޔޫ މޯރް” އަލަކާ ހީލާފައި ބުނެލިއެވެ.

(ނިމުނީ)

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 6)

Next

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 33

Next
April 22, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 33

Previews
April 21, 2025

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 6)

10 Comments!

  1. Your fav bab Your fav bab says:
    April 21, 2025 at 9:58 pm

    Alhey thanx a lot shierr for this part!
    Varah furihama MA!!
    eyy insaafu libeyne baa ge mi ulheny Shierr n furaanaige dhirumey thiee ge mi ulheny Maashaa dhw?!!😂😂😂
    Mihaaru enmen ge mini version story concur e kurany kk😂
    Charge ah jahan gosfa I kairee ghost eh bunelee site ah vadhelaashey!! Then I site ah vaih iru ebain shier loabs ge bonus episode eh! Then vaane nun kiyaalan😄
    Yageeney e ghost funuvee shierr kan🤔😂
    Lyssssm💗💗💗
    T the C✌

    1. shihaamaa ali shihaamaa ali says:
      April 22, 2025 at 2:55 pm

      Hehe jazaakallah khairan🫶🏻
      Haha labba me and maash plan kolli kameh miee😂😂
      Haha nooney honey bun eii shiher fonuvi alien eh🙈🤣
      Lyttt

  2. Maash Maash says:
    April 21, 2025 at 10:32 pm

    WHAT A SURPRISE SHIHERR.. NUVXX BUNEY😭😭😭..
    I was blushing so hard mi part kii iruuuu… It’s sooo cuteeee maasha Allah..
    Bro Aakin real life ah genes give me😭😭😭
    Kayaan and nim vx🙈😭😭
    Loved this part so much.. Emmen story nimmaali iru rovvaalaafa now hevvaalaafa eyy miothey dhww..
    Heevy story thereyga ulhevunuhen.. Aslu vx vrh vrh vrh reethi maasha allah..
    Waiting impatiently for the next season 😭
    Lysssssssm💜💜💜💜

    1. shihaamaa ali shihaamaa ali says:
      April 22, 2025 at 2:57 pm

      Hahaaa SURPRISEEEEE🥳🥳🥳❤️❤️❤️
      hehe aakin is one romantic man dhw haha in sha allah maash ah hama libeyne aakin eh🫶🏻😘
      Haha ya e bai kiyaafa hurihaa kudhin ruiima hevvaalan vess vaane thaa dhww hehe
      Bigggg jazaakallah khairannn illyyyyysssmmmm❤️❤️❤️

  3. kitty cat says:
    April 21, 2025 at 10:40 pm

    Epic bro!!
    Ey kalo lubainaa ekanitha lonely vee😭😭😭
    Mi part hama Habeyys!!
    Story is just obiness to the max bro!
    💋ly
    Shierr ah engeytha I’m you fav bab ge sis eh kan!
    She gave me this inspiration to read your stories 💗💗💗

    1. shihaamaa ali shihaamaa ali says:
      April 22, 2025 at 2:58 pm

      Heyyy kitty cat
      Haha ya lubaa bunyyehnun dhn ehn rel akh nudhaanamey hehe
      Jazaakallah khairan kitty cat❤️❤️
      Whaaatttt rllyyyy?? Thats amazingg❤️
      Biggg jazaakallah khairan for this @your fav bab🙈❤️

  4. Your fav bab Your fav bab says:
    April 22, 2025 at 4:24 pm

    Awwn… My pleasure💗💗💗

    1. shihaamaa ali shihaamaa ali says:
      April 22, 2025 at 7:05 pm

      ❤️❤️

  5. gurrrl_8 gurrrl_8 says:
    April 22, 2025 at 11:10 pm

    mashallah shiherrr vrh reethi ingeyyy
    kon irakuntha kuda kuda dharifulhu evhk up kohlaani
    vrh curious ehnve hama

    1. shihaamaa ali shihaamaa ali says:
      April 23, 2025 at 7:25 pm

      Jazaakallah khairan, its already out 🫶🏻🫶🏻

Comments are closed.



All Right Reserved!