Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ 1

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 7, 2025 3 Mins Read
8 Comments

ލާންޗު އޭގެ އެންމެ ބާރުމިނުގައި ދުއްވަމުން އަހިސް މަޑުކޮއްލީ ކ.ހުރާއަށެވެ. ގާތުގައި އިން މިޒިޔަލްގެ އަތުގައި ހިފަމުން އިވްޔާ ތެދުވިއެވެ. ހިނިތުން ވެލާފައި ކުރިއަށް ހިނގައިގަތީ އައު ދިރިއުޅުމަށް ތައްޔާރު ވެލަމުންނެވެ. ރަށަށް އެޅުނު ފުރަތަމަ ފިޔަވަޅާއި އެކު އިވްޔާގެ ދެލޯ އެކި ދިމަދިމާލަށް ދައުރުވާން ފެށިއެވެ. ރަށުގެ ރީތިކަމަށް އޭނާއަށް ހިތާހިތުން ތަޢުރީފް ކުރެވެމުން ދިޔައެވެ.

“ރީތިތަ މިރަށް؟” މިޒިޔަލް އެއްސެވެ. “ޔެސް. ވަރަށް ލޯބި.” އިވްޔާ ހިނިތުން ވެލާފައި ބުންޏެވެ.

ކާރަކަށް އަރައިގެން ދެމަފިރިން ނައްޓާލީ މިޒިޔަލްގެ ގެކަމަށްވާ “ކަޅު ފިނިފެންމާ” ގެޔަށެވެ. ގެއަކީ މީހުން ނޫޅޭ ހިސާބަކަށް ވެފައި ގޭކުރިމަތީގައި އޮތް ޖަންގަލި ފެނި ފާޑަކަށް އިވްޔާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ނަމަވެސް އެގެއާއި ޖެހިގެން އިން ގެ ފެނި ކޮންމެވެސް ކަހަލަ ހިތް ހަމަ ޖެހުމެއް ލިބުނެވެ.

“އެއީ މީހުން އުޅޭ ގެޔެއްތަ؟” އިވްޔާ އެއްސެވެ. މިޒިޔަލް ބޯޖަހާލިއެވެ. އެހެންކަމުން އިވްޔާއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ގެއަށް ވަދެ ހަމަ ޖެހިލެވުމުން އިވްޔާ ވަނީ ފެންވަރާލާށެވެ. އުމުރުން 18 އަހަރުގެ އިވްޔާއަކީ ހދ މަކުނުދޫއަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ އެރަށަށް ބަދަލުވީ މިޒިއަލްއާއި ކައިވެނި ކޮއްގެންނެވެ.

“މިއާއު” ކުއްލިއަކަށް އިވްޔާގެ ކަންފަތުގައި އިވުނީ ބުޅަލެއްގެ އަޑެވެ.

ހީވިލެއްތޯ ޔަގީން ކުރުމަށް މާގަނޑު ބަންދު ކޮއްފައި އޭނާ ހިނދުކޮޅަކު ހުއްޓެވެ. ނަމަވެސް ދެވަނަ ފަހަރަކަށް އެއަޑެއް ނީވުނެވެ. އެހެންކަމުން އަޅާނުލާ ފެންވެރުމައިގެން އަވަސްވެގަތެވެ.

ފެންވަރައިގެން ނިކުން އިރު ނިދިފައި އޮތް މިޒިޔަލް ފެނި އިވްޔާގެ ތުންކޮޅު އޫވިއެވެ. “ޔަލް ނިދަނީތަ؟ ދެން ނޫން އަޅެ ހޭލަބަ. އިވް ބޭނުން ދުއްވާލަންދާން ރަށު ތެރެ ބަލާލަން ޕްލީޒް ހޭލަބަ” އިވްޔާ ގޮވާލިއެވެ. ނަމަވެސް މިޒިޔަލްއަށް މީހަކު ގޮވާހެންވެސް ހީނުވިއެވެ.

އިރުކޮޅަކު ގޮވާފައި މިޒިޔަލް ނުތެދުވުމުން އިވްޔާ ނުކުތީ އިލޮށިފަތި ހިފައިގެން ބޭރަށެވެ. ފަތްތަށް ގިނަވެފައި އޮތުމުން ކުނި ކަހާލާށެވެ.

“މިއާއު” އަނެއްކާވެސް ބުޅާ ގޮވާލިއަޑުއިވުނެވެ. ހަށިގަނޑު ސީދާކޮށްލަމުން އިވްޔާ ފަހަތަށް އެނބުރުނެވެ. އޭރު އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ކަޅު ބުޅަލެއް އޮތެވެ.

ކަޅު ކުލައިގެ ކެހެރިތަށްބޯ އެބުޅާ ފެނި އިވްޔާއަށް ހިނިތުން ވެވުނެވެ. އިލޮށިފަތި ބިންމަތީގައި ބާއްވާފައި އޭނާ އެބުޅާ އުރާލިއެވެ. އިވްޔާއަކީ ކުޑައިރުން ސުރެ ބުޅާ ދެކެ މާލޯބިވާ ކުއްޖެކެވެ. އެހެންކަމުން ބުޅަލެއް އެހާ އޮޅު ވުމުން އޭނާއަށް އެބުޅާ އުރާ ނުލާ ނުހުރެވުނެވެ.

“ތިއީ ކާކު؟” ފަހަތުން އިވުނީ ޒުވާން އަންހެން ކުއްޖެއްގެ އަޑެވެ. ސިހިފައި އިވްޔާ ފަހަތް ބަލައިލިއެވެ. ފަހަތުގައި ހުރީ އިވްޔާއާއި އެއް އުމުރުގެ އަންހެން ކުއްޖެކެވެ. ކަޅުކުލައިގެ ހޫޑީއަކާއި ޖިންސްއެއް ލާފައިވީ އިރު އެކުއްޖާގެ ފަން ދިގު އިސްތަށިގަނޑުވަނީ ވާޔާއި އެކު ނަށަން ދޫކޮއްލެވިފައެވެ.

ބަލާލަން ރީތި ކުއްޖެއް ނަމަވެސް ހިކި އަނަރޫފަ ވެފައިވީ އެކުއްޖާގެ ތުންފަތާއި ވަޅުވަދެފައިވީ ދެލޯ އޮއްސެމުން ދިޔަ އިރުގެ ދަޅަޔާއި އެކު ފެންނަމުން ދިޔައީ ވަރަށް ބިރުވެރިކޮށެވެ. އެކުއްޖާގެ އަތުގައި ފިޔާ ކޮތަޅެއް އޮތުމުން އެކުއްޖާ އެއައީ ފިހާރައަކުން ކަން އިވްޔާއަށް ދެނެގަނެވުނެވެ.

“މީ އިވްޔާ. މިގޭގަ އުޅެއެއްނުން މިޒިޔަލް؟ އޭނަގެ އަންހެނުން” ހިނިތުންވުމެއް ދެމުން އިވްޔާ ބުންޏެވެ. “މަ ނާހަންދޯ ތަޢާރަފް ވާކަށެއް؟ މަނުދަންނަން މިޒިޔަލް އެއްވެސް. ސުވާލަކީ ކީއްވެހޭ ކަލޭ މަގޭ ބުޅާ އުރައިގެން ތިހުރީ؟” އެކުއްޖާ ރުޅި އަހިސްފައި އެއްސެވެ. “ސޮރީ.. މިބުޅާ ކައިރިއަށް އައީމަ.. ނޭނގެ މިއީ ތިކުއްޖާގެ ކަމެއް-” އެހިސާބަށް ބުނެވުނު ތަނާ އެކުއްޖާ އެބުޅާ ޖަހައިގަންފައި ވަނީ ގެއަށެވެ.

“އެކޮންކަހަލަ ކުއްޖެއްތަ؟” އިވްޔާއަށް އަމިއްލަ ހިތާއި ސުވާލު ކޮއްލެވުނެވެ. ބިންމަތީގައި އޮތް އޮލޮށިފަތި ނަގަމުން އިވްޔާ އެގެޔާއި ކައިރިވެލިއެވެ. “މިސްޓްރީ” އިވްޔާ ލަސްލަހުން އެގެއަށް ކިޔާ ނަން ކިޔާލިއެވެ.

ނިދިފައި އޮތް މިޒިޔަލްއަށް ހޭލެވުނު އިރު 8 ޖަހަން އުޅެއެވެ. ދެލޯ ކަހާލާފައި އޭނާ ނުކުތީ ބޭރަށެވެ. އޭރު އިވްޔާ ބަދިގޭގައި އުޅޭއަޑުއިވެއެވެ. “ކީއްތިކުރަނީ؟” މިޒިޔަލް އެއްސެވެ. “ހަނޑޫ ދޮންނަނީނުން؟ ކައްކަން މިއުޅެނީ” އިވްޔާ ބުންޏެވެ.

“ކައްކަން އުޅޭނެ ކަމެއްނެތް. މަންމަ ބުނީ މިއަދު އިވް ގޮވައިގެން އެގެއަށޯ ކާން އަންނަންވާނީ” މިޒިޔަލް ބުންޏެވެ. ވަގުތުން އިވްޔާގެ ހަރަކާތްތައް ހުއްޓުނެވެ. “މަންމައޭ؟ މަންމަ އޯކޭވާނެތަ؟” އިވްޔާ ބިރުގަތެވެ.

އިވްޔާއާއި މިޒިޔަލްގެ ކައިވެންޏަކީ މިޒިޔަލްގެ މަންމަ މިޒްނާގެ ނުގަބޫލުގައި ކުރެވުނު ކައިވެންޏެކެވެ. މިޒްނާދެކޭ ގޮތުގައި ރަށުން ބޭރުމީހުންނާއި ކައިވެނި ކުރުމަކީ އާއިލާތެރޭގައި ހަސަދަވެރިކަން އުފެދޭކަމެކެވެ.

“ނުކެރޭނެ…” އިވްޔާއަށް ބުނެވުނެވެ. މިޒިޔަލް ހީލާފައި ގޮސް އިވްޔާގެ ހަށިގަނޑުގައި ބައްދާލިއެވެ. “އިވް. ހާސްނުވޭ. އިންޝާ ﷲ ދެން މަންމަވެސް އޯކޭވާނެ. މިހާރު މިއޮތީ ކައިވެނިވެސް ކުރެވިފަ. މިހާރު ތިއީ ޔަލްގެ އަންހެނުން ނެއްނުން؟ ކާންދާން ދައުވަތު ދިނުންވެސް ހަމަ އެއީ މަންމަ ގަބޫލު ވާން ފެށުމުގެ އަލާމާތަކަށް ވެސް ވެދާނެއްނުން؟” މިޒިޔަލް ވަރަށް ލޯބިން ކިޔަދިނެވެ. އެންމެ ފަހުން އިވްޔާ އެއްބަސް ވިއެވެ.

ފެންވަރާލައިގެން ދެމަފިރިން އެކުގައި އިޝާ ނަމާދު ކޮއްލިއެވެ. ދެމަފިރިން ތައްޔާރު ވެލައިގެން ގެއިން ނިކުމެ ނައްޓާލި އިރު 9 ޖަހަން އުޅެއެވެ.

“އައްސަލާމު އަލައިކުމް” މަންމަގެ ގެ ނަމަވެސް މިޒިޔަލް ސަލާމް ގޮވާލިއެވެ. ސިޓިންގް ރޫމްގައި އިން މިޒްނާއަށް ދެމަފިރިން ފެނި ތެދުވިއެވެ. “އަނހާ. ދެކުދިންއައީދޯ؟ އަވަހަށް އާދޭ. މިއީދޯ އިވްޔާއަކީ؟ މާޝާ ﷲ ދަރިފުޅު ހާދަރީއްޗޭ” މިޒްނާގޮސް އިވްޔާގެ އަތުގައި ފިރުމާލިއެވެ. އިވްޔާ ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. “ހިނގާ އަވަހަށް ކާން” މިޒްނާ ކާގެއާއި ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ލޯބި-5

Next

ހިތް ހިނގުން އަވަސްވޭ-4

Next
July 7, 2025

ހިތް ހިނގުން އަވަސްވޭ-4

Previews
July 7, 2025

ލޯބި-5

8 Comments!

  1. aanaa says:
    July 7, 2025 at 2:26 pm

    Masha allah mi part vs vrh reethi
    Mihaar vs biru gannan fashaifi
    Curiously waiting
    Lyy❤️

    1. shihaamaa ali shihaamaa ali says:
      July 7, 2025 at 8:51 pm

      Heheh jazaakallah khairan
      Lytt

  2. Shaf_maan says:
    July 7, 2025 at 5:24 pm

    Maasha Allah mi prt vx vrh reethi
    Vaahakage nxt prt vx vrh reethi vaane hn heevany
    Vrh curious
    Can’t wait
    Whn nxt??
    Tc.. Lysm Shiher 💜💜💜

    1. shihaamaa ali shihaamaa ali says:
      July 7, 2025 at 8:52 pm

      Jazaakallah khairan
      Ummeedhu kuran kamudhaane kamah🥰
      In sha allah on wednesday
      Lyt

  3. darkqueen38 darkqueen38 says:
    July 7, 2025 at 6:34 pm

    Finally, shihaage new story series eh.
    Please keep on writing as an author your stories are truly an inspiration.
    Mi part ves reethi.
    When next?

    1. shihaamaa ali shihaamaa ali says:
      July 7, 2025 at 8:52 pm

      Big big jazaakallah khairan🥹🥹🫶🏻🫶🏻🫶🏻
      In sha allah on wednesday

  4. Your fav bab Your fav bab says:
    July 8, 2025 at 2:19 pm

    Love the first part!!
    Eii milyn ah dhw vaanee… Hmm.. an interesting gurl!!
    Ivya and miziyal r so cute💗💗💗
    Soryy for the late comment. I men ge term test tmrw feshey thee study study😭😭😭 oh God!
    When next?
    Lysm

    1. shihaamaa ali shihaamaa ali says:
      July 8, 2025 at 8:33 pm

      jazaakallah khairan dearrr
      hehe balamaa dhww
      hehe aslu ves there so cuteee
      its okay in sha allah you will do well on exams
      in sha allah tmrw
      ilytt

Comments are closed.

Next Episodeކަޅު ބުޅާ 2←


All Right Reserved!