“ހަހަ ގެރެއެއްނުން؟ އެކަމަކު އަސްލު ލީންއަށް ވުރެ ކުރިން ނިލީ ދޯހޯދަން ޖެހޭނީ” ނިލީޝާއަށް ދޯދެމުން އަވްލީން ބުންޏެވެ. ނިލީޝާ ހީލިއެވެ. “ހޫމް ދެން ތިކުދިން މާފޮޅުވާލާ އެހެންވެ. ނޫދަނީ މި. ޒިވީ ޓިއުޝަން ގަޑި ނިމޭނެ މިހާރު” އަތުގައި އޮތް ގަޑިއަށް ބަލައިލަމުން ނުހާ ބުންޏެވެ.
(3 ވަނަ ބައި)
ޒިވިއާއަށް ޓިއުޝަން ނަގައިދޭ ސެންޓަރް ކުރިމަތީގައި ސައިކަލުގައި އަހިސް ނުހާ މަޑުކޮއްލި ތަނާހެން ކުދިންތައް ފޮނުވާލިއެވެ. ހުރިހާ ކުދިންތައް ހިނިތުން ވުމަކާއި އެކު ނިކުން އިރު އެކުދިންގެ ތެރޭގައި ޒިވިއާވެސް ހިމެނުނެވެ. “އަސްތާ މަންމި ލޯބި ހާދަ އުފާ ވެފަ؟” އަންނާރު އޮށް ތަކެއް ފަދަ ދަތްކޮޅު އިސްތިހާރު ކޮއްގެން ހުރި ޒިވިއާ ކޮލުގައި ފިރުމާލަމުން ނުހާ އެއްސެވެ.
“މިއަދު އާންޓީ ދިން ހުރިހަ ސުވާލެއް ކޮއްކި ހެދީމޯ. އެންމެ ފުރަތަމަވެސް ކޮއްކި ނިންމާލީ” ހިނިތުން ވުމަކާއި އެކު ޒިވިއާ ބުންޏެވެ. “އެހެންތަ؟ މާޝާ ﷲ ދަރިފުޅު ހާދަ މޮޅޭދޯ؟ މާދަމަ ހުކުރު ދުވަހެއްނުން؟ މަންމި އައިސް ކްރީމް ގަނެދޭނަން” ހިނިތުން ވެލާފައި ނުހާ ބުންޏެވެ. ޒިވިއާ ހީލާފައި އަތް ޖަހާލިއެވެ.
ޒިވިއާ ގޮވައިގެން ގެއަށް ވަދެ ނުހާ މޫނު ފޮތިކޮޅު ބޭލިއެވެ. އަތުގައި އޮތް އަންގިއާއި އިސްޓާކީނު ބާލާފައި ޒިވިއާ ފެންވަރުވާލިއެވެ. ފެންވަރުވާ ރީތިކޮއް ނިމުން ތަނާހެން މަގްރިބް ނަމާދުގެ މޫރިތި ކަލިމަތަކުގެ އަޑު އިވުނެވެ. އެއާއި އެކު ދެމައިންވެސް ތައްޔާރުވެލީ މަގްރިބް ނަމާދު ކުރުމަށެވެ.
އެންމެން އެކުގައި ސަކަރާތް ޖަހާލުމަށް ފަހު ނިލީޝާ ގެއަށް ވަނެވެ. ނިލީޝާ ގެއަށް ވައިންތަން ފެނުމާއި އެކު 1 އަހަރުގެ ކުޑަ ކުޑަ އަކްޔުން ދުވެފައި އަހިސް ނިލީޝާ ފައިގައި އެލިގަތެވެ. “ހޫމް ކުޑަބެދައްތަ ގައިގަ ބަކުން ހާކަނީދޯ؟” އަކްޔުން އުރާލަމުން ނިލީޝާ އެއްސެވެ. އަކްޔުން ފޮނި ވެލާފައި ހީލިއެވެ.
“ހަހަ ވެދާނެދޯ؟ ވަރަށް ބޮޑާ ހާކާފައޭ ކާން ފެށީވެސްއެ. ކުޑަބެދައްތައާއި އެއްކޮންނޯ ކާނީ ކިޔާފަ” ހީލާފައި އަލާޔާ ބުންޏެވެ. “މަންމި އަށްވުރެ މާލޯބިވޭދޯ ކުޑަބެދައްތަ ދެކެ” ދެރަވާކަމަށް ހެދެމުން އަލާޔާ އެއްސެވެ. އަކްޔުން މޫނުގައި އަތްއެޅިއެވެ.
“ހެހެ ގެންނަގަ ބަކުންތަށި. ލާޔާދޭ ނަމާދުކޮއްލަން. ނިލީ ބްރޭކްގަ” ނިލީޝާ ބުންޏެވެ. އަލާޔާ ހީލާފައި ބަކުންތަށި ދީފައި ދިޔައެވެ. އެކި ސަކަރާތުގައި ނިލީޝާ އަކްޔުންއަށް ކާންދީ ނިންމާލިއެވެ. ހަމައެވަގުތު އަލާޔާވެސް ރީތިވެގެން ނުކުތެވެ. އަލާޔާ އަކްޔުން ގޮވައިގެން ނުކުތުމުން ނިލީޝާ ސޯފާގައި އިށީނެވެ.
އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެން އިން އިރު ނިލީޝާ ދިޔައީ ވިސްނަމުންނެވެ. ފޯނުގައި އިން ޔަލާންގެ ނަންބަރަށް ނިލީޝާ ޑައިލް ކޮއްލީ ދެޙިޔާލެއްގައި އިނދެއެވެ. ފޯނު ނަގާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތި މަޑުމަޑުން އިން ނިލީޝާ ސިހުނީ ޔަލާން ފޯނު ނެގުމުންނެވެ.
“ކަލޭ ކައިރީ މަށަކަށް ނުބުނެވޭތަ މަށަށް ގުޅައިގެން ނުވާނެޔޭ؟” ޔަލާން ހަޅޭލަވައިގަތެވެ. އަދި ނިލީޝާއަށް އެއްޗެއް ބުނެވުމުގެ ފުރުސަތެއް ނުލިބެނީސް ޔަލާން ފޯނު ބޭއްވިއެވެ.
ނިލީޝާގެ ލޮލުގައި ކަރުނަ ފާއްދާލިއެވެ. އެމަންޒަރު މީހަކަށް ފެނިދާނެތީވެ ދުވެފައިގޮސް ކޮޓަރިއަށް ވަނެވެ. އެއާއި އެކު ނިލީޝާގެ އިހުސާސްތައް ބޭރުވެ، އަޑުން އަޑު ނަގާ ރޯންފެށުނެވެ.
ޔަލާންއަށް އިއްވުނު ހުކުމުގެ ދުވަސް ހަމަވެ ޔަލާން އެނބުރި އައުމުން ލުބާންއާއި އަލަކާގެ އެންމެ ބޮޑު ސަމާލު ކަމަކަށްވީ ޔަލާން އަވަހަށް މީހަކާ ދެވުމެވެ. ނިލީޝާގެ އެދުމަށް ނިލީޝާއަށް އެކައިވެނި ކުރުވުމަށް ކަޔާން އެދުނެވެ. ޔަލާންއާއި ނިލީޝާގެ ކައިވެނި ކުރެވި 3 މަސްވީއިރު، ނިލީޝާގެ ހަށިގަނޑުގައި ޔަލާން ބީހިނުލާތާނގައި ރުހުމުގެ ލޮލަކުން ބަލައިވެސް ނުލައެވެ.
ޔަލާން އަބަދުވެސް ވާޙަކަ ދައްކަނީ ރުޅި އަހިސްފައިވާ ހެންނެވެ. އެހެންވިޔަސް ނިލީޝާ ދިޔައީ ކެތްކުރަމުންނެވެ. ޔަލާންގެ “ބޯޑަރލައިން ޕާސަނަލިޓީ ޑިސްއޯޑަރ” އަށްވެސް ދިޔައީ ފަރުވާ ދެވެމުންނެވެ. އެހެންކަމުން ކޮންމެވެސް ދުވަހަކުން ޔަލާންގެ އެއުޅުން ބަދަލުވެގެންދާނެ ކަމުގެ އުންމީދުގައި ނިލީޝާ ކެތްކުރަމުން ދިޔައެވެ.
ދަންވަރުގެ ވަގުތެވެ. ޒިވިއާ ނިދިފައި އޮތް އިރު ނުހާ އިނީ އެނދު ކައިރީ ބިންމަތީގައެވެ. އަތުގައި ޕްރިންޓް ކޮއްފައިވީ ޒެވިއަންގެ ފޮޓޯއަކާއި ނޯޓު ކޮޅެއް އޮތެވެ. އެނޯޓު ކޮޅު މިހާރު ނުހާއަށް ކިޔުނީ ކިތަށް ފަހަރު ކަމެއްވެސް ނޭނގެއެވެ. އެހެންނަމަވެސް އެނޯޓުކޮޅު ކިޔާ ކޮންމެފަހަރަކު ނުހާގެ ހިތް ފިސްފިސް ވާކަހަލަ އިހުސާސެއް ކުރެވިގެން ދެޔެވެ.
ހެނދުނުގެ ހިތްގައިމު ވަގުތެވެ. އާދައިގެ މަތިން މިއަދުވެސް ފަތިސް ނަމާދު ކޮއްލައިގެން ނުހާ ޒިވިއާ ގޮވައިގެން އަތިރިއަށް ދިޔައެވެ. ކޮންމެ ހަފްތާއަކުވެސް ހުކުރު ހޮނިހިރުގައި ނުހާ ޒިވިއާ ގޮވައިގެން އިރު އަރާ މަންޒަރު ބަލަން ދެޔެވެ. އެއީ ދެމައިންގެ “މަމީ ޑޯޓާރް ޓައިމް” އެވެ. ދެން އިރުއަރާ ރަށުތެރެ އަލިވުމުން ނުހާ ދަނީ ޒިވިއާ ގޮވައިގެން ދުއްވާލަންށެވެ.
“މަންމި ބުނީމެއްނުން އައިސްކްރީމް ގަނެދޭނަމޭ؟” ރަށުތެރޭގައި ދުއްވާލަން ދިޔަވަގުތުގައި ޒިވިއާ ތުންކޮޅު އޫކޮށްލާފައި ބުންޏެވެ. “މިއަދު މެންދުރުން ދާން ކަމަށް މިހުރީ. ދަރިފުޅު މިގަޑީގަތަ އައިސް ކްރީމް ބޭނުމީ؟” ނުހާ އެއްސެވެ. ޒިވިޔާ ތުންފިއްތާލާފައި ބޯޖަހާލިއެވެ. “އެހެންތަ؟ އަވަހަށް ހިނގާ އެހެންވިއްޔާ” ނުހާ ހީލާފައި ބުންޏެވެ. އެއާއި އެކު ޒިވިއާ ހީލާފައި އަތް ޖަހާލިއެވެ.
ނުހާ އައިސް ކްރީމް ގަންނަ ތަނުގައި ހުއްޓި އައިސް ކްރީމްއަށް އޯޑަރު ޖެހިއެވެ. ސައިކަލު ކައިރީ އިން ކުޑަ ކުޑަ ޒިވިއާގެ ދެލޮލުގައި މަގުމަތިން ފެނުނު ކުޑަ ބުޅާ އަޅައިގަތެވެ. އެއާއި އެކު ޒިވިއާއަށް އެރީ ވަރުގަދަ ފޯރިއެކެވެ. ސައިކަލުން ފައިބާ ޒިވިއާ ދުއްވައިގަތީ އެބުޅަލާއި ދިމާލަށެވެ.
ހުރިހާ ސަމާލުކަމެއް އެބުޅަލަށް ހުއްޓާލައިގެން ހުރި ޒިވިއާއަށް ބާރު ސްޕީޑްގައި އަންނަމުން ދިޔަ ސައިކަލުގެ ހިލަމެއް ނުވިއެވެ. އެކަން އިހްސާސްވެ ފަހަތަށް އެނބުރެވުނު އިރު ވަގުތުވީ ފާއިތުވެފައެވެ. “މަންމީ…”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Masha allah mi part vs vrh reethi
Ohh niliisha r yalaan marry vs kuryy
IA niliisha ah yalaan ge loabi libeyne
Xivia soo cuutee.plzz dhera gth nahadhahcheyy
When next??lyy❤️
jazaakallah khairan dear
hehe yes there now married
hehe ikr balamaa dhw what happens stay tuned for next ep
lyt
Heyyy shiherrr mi part vx vrh reethi maasha Allah.. nuhaa is such a good mom.. but anehka xivy accident vaan ulheneytha? Alhey save xivy I love herr.. neleesha and yalaan dhw.. I hope yalaan gets better.. waiting curiously for next part.. lyssm💜🦋
heyyyyy maasshh
jazaakallah khairan dear..
hehe yess ikr.. xivy ah v kyh kan engeyne next episode ga hehe stay tuned for it.. stay tuned for it ilyyytttt❤️
Nu moonuburugaa elhee dhw??
Why yalaan?? If he doesn’t wanna marry why?? But hope everything will be fine!!
Xivi is so cuteee💗💗💗
Dhera gotheh nahadhacheyy xiv ah
When next??
Loved this part
Lysm
Jazaakallah khairan
Yes she is a niqabi now
Since kaileen and shanum got married alaka and lubaan wanted yalaan to get married as well.. yalaan okay vey thw dhw aslu..
Hehe ikrrr..
Balamaa dhw dhn vaa goiy stay tuned for next episode..
Ilyt
Maasha Allah mi prt vx vrh reethi
Omg. Xivy accident eh v thr😭
Nooooooooooooo 😭😭
Vrh bodah hiy thelhey eba.
Can’t wait for the next prt
Curiously waiting
Whn nxt???
Tc.. Lysm Shiher 💜💜
jazaakallah khairan dear
hehe balamaa dhwww xivy ah vy kyh thw hehe
stay tuned for next lyt