Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ ނާރުތަކުގާވެސް ތިބާ… 5

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 2, 2025 3 Mins Read
2 Comments

“ކައިލީ ޕްލީޒް..” ޔަލާން ނިދިއަޑުގައި ބުންޏެވެ. އެއާއި އެކު ނިލީޝާއަށް އެލިބުނު ކުޑަކުޑަ އުފާވެރިކަންވެސް ފިލާދިޔައެވެ. އެދެބަހުގެ ޖުމްލައިން އެކަންޏެވެ. ޔަލާން ނިލީޝާ އެހާ ގާތް އެކޮއްލީ ކައިލީންއޭ ހިތާކަން އެނގުމުން ނިލީޝާގެ ހިތް ފިސްފިސް ވިއެވެ. ބަދަލެއް ނެތި ނިލީޝާ ޔަލާންދެކެ ލޯބިވާތާ މިހާރު 8 އަހަރު ވެއްޖެއެވެ. ނަމަވެސް ޔަލާންގެ ލޮލުގައި ނިލީޝާ އަދިވެސް އެއްވެސް އެއްޗަކަށް ނުވެއެވެ. ޔަލާންގެ އަތް ދުރުކޮއްލާފައި ނިލީޝާ އަނެއްކާވެސް ގޮވާލިއެވެ. ޔަލާން ދެލޯ ހުޅުވާލާފައި ނިލީޝާއާއި ދިމާލަށް ކަޅި އަޅާލިއެވެ. އަދި ހަމަ އެސިކުންތުގައި އަނެއް ފަރާތަށް އެނބުރުނެވެ.

(5 ވަނަ ބައި)

“ލާން… ހުކުރު ވަގުތު ޖެހެނީ..” ނިލީޝާ ބުންޏެވެ. “ދެރަކަމެއްނުން؟ މަގޭ ބޮލުގަ ތިވަރަށް ނުކޮށިޔަސް އަޑު އިވިއްޖޭ” ޔަލާން ކަޅި އަޅާލާފައި ބުންޏެވެ. “ކޮންމެ ދުވަހެއް މިއެއްޗާ ހުރެ ހަރާބު ވެޔޭއެބަ” އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެފައި ޔަލާން ތެދުވެ ފާހާނާއަށް ވަނެވެ.

އެހެންވިޔަސް ނިލީޝާއަށް ޔަލާންގެ އެޖުމްލަ ސާފުކޮއް އިވުނެވެ. އެހެން އެބުނާނީ ޔަލާންގެ ކުރިމަތީގައި ހަމަ އެއްވެސް އެއްޗަކަށް ނުވާތީތާއެވެ. މޭގައި ހިފާ ބާރު ކޮއްލެވުނު އިރު ނިލީޝާގެ ދެލޯ ފޫދުއްވާލާފައި ކަރުނަ ފައިބައިގަތީ ބަސް ބުނާހާ އަވަހަށެވެ.

ފެންވަރާލައިގެން ނިކުން ޔަލާންއަށް ނިލީޝާ އިންކަން ނޭނގި ހަމަ ޖެހިލައިގެން ނިކުތެވެ. ދޮރު ހުޅުވާލީ އަޑަށް ދެލޮލުން ކަރުނަ ފުހެލާފައި ޔަލާންއާއި ދިމާލަށް ބަލައިލި ނިލީޝާގެ ނޭވާ ހިފެހެއްޓުނީ ފެނުން މަންޒަރުންނެވެ.

ހަމައެކަނި ތުވާލި އަނދެގެން ހުރި އިރު، ބޮލުގެ އިސްތަށިކޮޅުން ފައިބަމުން ދިޔަ ފެންތިކި ތަކުގެ އިތުރުން ޔަލާންގެ ހަށިގަނޑުގައި ވެސް ހުރީ ފެން ނުހިއްކައެވެ. ޔަލާންގެ ކަސްރަތީ ހަށިގަނޑުގައި ބާރު ހުރި އިރު، ބަނޑުގައި ހުރި ގޮޅިތައް ފެނި ނިލީޝާގެ ހަށިގަނޑުގައި ހީބިހި ނަގައިގަތެވެ.

ނިލީޝާގެ މޫނަށް ޖަންބު ކުލަ އެރިތަން ފެނި ޔަލާން ކަޑަވީ ނަމަވެސް ޔަލާން ހުރީ ރުޅި އަހިސްފައެވެ. “ކީއްކުރަން މިތާ ތީނީ؟ ހަމަ މިހާރު ނިކުމޭ” އަޑަށް ރުޅިވެރިކަން ލަމުން ޔަލާން ބުންޏެވެ. ނިލީޝާ ދެން އެއްވެސް އެއްޗެއް ނުބުނެ ނިކުމެގެން ދިޔައެވެ.

ހުކުރުން އަހިސް ގެއަށް ވަނުމާއި އެކު ދޮވި ކުކުޅު ވަހުންވެސް ހިޔާން ބަނޑު ފުރުން ފަދައެވެ. ބަނޑުގައި އަތް ހާކާލަމުން ބަދިގެއަށް ހިޔާން ވަނީ ދުވެފައި ކަހަލަ ގޮތަކަށެވެ. “އަސްތާ. މިއޮށް ކެއުމެއްދޯ؟ މާއި ދައްތަ ހަމަ މޮޅީއޭ ދޯ ހެހެ” ބަދިގެއަށް ވަދެ މާއިޝްގެ މަންމަ މާއިޝާ ގާތުގައި ހިޔާން ބުންޏެވެ.

“އެހެންޔާ. ކާކު މަންމައެއް ވާޙަކަތަ ތިދައްކަނީ؟” ފޮނިވެލާފައި މާއިޝް ބުންޏެވެ. “ހޫމް ހެވޭ. އުޅޭ އަވަހަށް ކާން ދެކުދިން. ދައްތަ މިދަނީ ނަމާދު ކޮއްލަން އިނގޭ؟” މާއިޝާ ބުންޏެވެ. ބޯޖަހާލާފައި ހިޔާންއާއި މާއިޝް ކާން އިށީނެވެ.

“އޭ މައަދި އެބަ އޮތޭ ވާހަކައެއް ކިޔަންވެފަ” ތައްޓަށް ބަތް އަޅަމުން ހިޔާން ބުންޏެވެ. “ހޫމް ކިޔާބަލަ” ފެންތަށީގައި ތުން ޖައްސަމުން މާއިޝް ބުންޏެވެ. “އަނެއް.. ނުހާ އިނގޭތަ؟” ބޯކަހާލާފައި ހިޔާން އެއްސެވެ. “ނުހާ؟ ހޫމް. މަށާ އެއްކުލާހުގަ އޭނަ ކިޔެވީ. ކިހިނެތްވީ؟” މާއިޝް އެއްސެވެ.

“މިއަދު ދިމާވި އެކޮއެއާ. މަގޭ ބުޅާ ފަހަތުން ދުވަނިކޮއް ކިރިޔާ އެމަންޖެ ދަރި އެކްސިޑެންޓް ނުވީ. ދެން އޭނަ ބުނި އެހެން. އެހެންވެ ހެހެ” ހިޔާން ބުންޏެވެ. “ހޫމް ކަލޭ އަނެއްކާ ހިތް ކީތަ އޭނައަށް؟” މާއިޝް ދިމާކުރާ ރާގެއްގައި އެއްސެވެ. “އޭނަ ސިންގަލްދޮ؟” ހިޔާން އެއްސެވެ. “އެހެންވެ ތިހުރީ ހަމަ ރަނގަޅަށްވެސް ހިތް ކިޔާފަ ހަހަ” މާއިޝް ހެމުން ބުންޏެވެ.

“ނޫން ސީރިޔަސްކޮށޭ. ނުހާ ބުނީ އޭނަ ހަޒްބަންޑް މަރުވެފަޔޭ. އެކަމަކު އޭނަ ހުރެޔެއްނުން 5 އަހަރުގެ ކުއްޖެއް؟ އޭނަ އެހެން ބުނީމަ މަ އަދި ހީކުރީވެސް ކައިވެނިން ބޭރު ކުއްޖެއް ކަމަށް ހެޔޮނުވާނެ. އާން 18 އަހަރުގައޭދޯ އޭގެ މާނައަކީ ނުހާއަށް އެކުއްޖާ އެލިބުނީ؟” ހިޔާން ބުންޏެވެ.

“ނުހާގެ ޕާސްޓްއެއީ ވަރަށް އެހެން ކަހަލަ ވާހަކައެއް. އަހަރެން ކަލެއަށް ކިޔައިދީދާނަން އެކަމަކު ކަލެއަށް މިކަން އެނގޭ ކަމަށް ނަހަދާތި” މާއިޝް ބުންޏެވެ. ހިޔާން ބޯޖަހާލިއެވެ.

“އެއާން.. ނުހާދޯ.. ނުހާ 10 ނިންމާފަ ރައްޓެހިވީ އަހަރުން ކްލާސް ޒެވިއަން ކިޔާ ސޮރަކާ. ދޭވާރް ދި ހޮޓެސްޓް ކަޕްލްދޯ އޭރު. އެމީހުން އެންގޭޖްވެސްވީ. އެކަމަކު ނުހާ ކައިވެނި ކުރީ އަހަރުން ގްރޭޑް ޔަޝްއަލް ކިޔާ ސޮރަކާ. މެރީކޮއްފަ އެކަމަކު މަހެއް ކިރިޔާވީ ޔަޝްއަލް ނިޔާވީ. މާތްކަލާކޯ އެވާޙަކަ ނުވާނެ ދައްކަންވެސް. މުޅި މީހާ އޮތީ އަނދާ ހުލިވެފަ. ހަމަ ހުވާ. އެޔަޝްއަލް ގާތުގަ އިން ނިކަގަހެއްގަ ހުރި ނިކަ ގަހުގެ އަޅޯއެއްގަ ދަންޖެހިފަ ޒެވިއަން އިނީ. އެހިސާބުން ނުހާ ސިންގަލްކޮއް އެހުންނަނީ. ދެން އޭގެ ފަހުން މީނަ ދިޔައީ އެކީހެން ޑިޕްރެޝަނަށް. ދެން 9 މަސް ފަހުން މީނަވިހެއީދޯ. މީނަ ވިހެއީވެސް ޖަންގައްޔެއްގެ ތެރޭގަ. އެދުވަހު މީނަ މައިންބަފައިންނަށްވެސް މީނަ ބަނޑުބޮޑުކަން އެނގުނީ. ދެން ޒިވިއާ ވިހާފަ ނުހާ ކިޔެވީ.. 2 އަހަރު ވަންދެން ކައުންސެލިންގް ނެގި ވާހަކަވެސް މީހުން ކިޔާ..” މާއިޝް ކިޔައިދިނެވެ.

ރޭގަނޑުގެ ވަގުތެވެ. 6 އަހަރުގެ ޔަޝާ ނިންދަވާލާފައި މާވީ ނިކުތީ އެއްޗެހި ހޫނު ކުރުމަށެވެ. އުނދުން ރޯކޮއްލި ތަނާހެން އިވުނީ ދޮރުގައި ޓަކި ޖެހިއަޑެވެ. އުނދުނުގެ ގިނި މަޑުކޮއްލާފައި މާވީ ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ދަތްޕިލަ ސޭލު އަޅުވައިގެން ހުރި ޒުވާނާފެނި މާވީއަށްވެސް ހިނިތުން ވެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 41

Next

ލޯބި-4

Next
July 3, 2025

ލޯބި-4

Previews
July 2, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 41

2 Comments!

  1. aanaa says:
    July 2, 2025 at 10:33 pm

    Masha allah mi part vs vrh reethi
    Hiyaan ehury hama rangalhah vs hihkiyaafa
    Eii kaaku?? Kail tha??
    Curiously waiting
    When next??
    Lyy❤️

    1. shihaamaa ali shihaamaa ali says:
      July 2, 2025 at 10:37 pm

      jazaakallah khairan dear
      haha 🤣
      eii kaaku kan engeyne next episode ga hehe
      in sha allah tmrw
      lyttt

Comments are closed.

Next Episodeހިތުގެ ނާރުތަކުގާވެސް ތިބާ… 6←


All Right Reserved!