Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ ޓްރެއިލާރް

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 6, 2025 2 Mins Read
6 Comments

ދެނަމާދު ދޭތެރޭގެ ވަގުތެވެ. ކަޅު ކުލައިގެ ބޮޑު ހެދުމަކާއި އެކު މޫނުއަޅައިގެން ހުރި މެދުއުމުރުގެ އަންހެންމީހާ ގޮސް ވަނީ “މިސްޓްރީ” ގެއަށެވެ. ގޭގެ ދޮރާށި ހުޅުވާލުމާއި އެކު ގޭތެރޭގައި ހުރި ބުޅާ ތަކުގެ ނަޒަރު އެއަންހެން މީހާއަށް ހުއްޓުނެވެ. ޖޯލިފަތީގައި އެގޭ އެންމެ ދޮށީ ކުއްޖާކަމަށްވާ މީލިއާ އޮތެވެ.

“ކޮބާ ބައްޕަ؟” އެ އަންހެން މީހާ އެއްސެވެ. “އެބައިން ކޮޓަރި ކޮޅުގައި” މީލިއާ އޭނާގެ އުނގުގައި އޮތް ބުޅަލުގައި ފިރުމަމުން ބުންޏެވެ. އެއަންހެން މީހާ އެތެރެއަށް ވަނެވެ.

ގޭތެރޭގައިވެސްވީ ހުސް ކިލަލެވެ. ފައިހީލި ކަރުވާވަރަށް ބިންމަތީގައި ހިރަފުސް ހުރި އިރު، ގޭގެ އެކި ދިމާލުގައި މަކުނުވާވެސް ހުއްޓެވެ. ގޭތެރެ ހުރިލެއް މުޑުދާރު ކަމުން އެއީ މީހުން އުޅޭ ގެޔެއްހެންވެސް ހިޔެއް ނުވެޔެވެ.

ހުރިހާ ކޮޓަރިތަކާއި ތަންކޮޅެއް ދުރުގައި ރަތްކުލައިގެ ދޮރުފަތެއް އިން ކޮޓަރިއެއް އިނެވެ. އެއަންހެންމީހާ ގޮސްވަނީ އެކޮޓަރިއަށެވެ.

ކޮޓަރި ތެރޭގައި މެދު އުމުރުގެ ފިރިހެނަކު އިނެވެ. ކޮޓަރިއަށް ވައިން ގޮތައް ވަދެ އެއްވެސް އެއްޗެއް ނުބުނެ އެއަންހެންމީހާ ގޮސް ޖެހީ އޭނާގެ ކަންކަށިމަތީގައެވެ.

“މަކަލެއަށް ކިތައް ހާސް ރުފިޔާ ދިނިންތަ އެއިން؟ ކީއްވެ މިއަދު އިވްޔާ ބަލިވެއިންނަންވީ؟ މަކަލެއަށް ދިން ހުރިހާ ރުފިޔާއެއް ގެނޭ. މަ ހިނގައިދާނަން އެހެން މީހެއްގާތަށް” އެއަންހެން މީހަ ބުންޏެވެ.

އާދަނު ޖަހާލީ ހިނިގަނޑެކެވެ. “ހަމަ ޖެހޭ. ކަލޭ ފުރަތަމަ މަގާތު ބުނީ ކީކޭ؟ ބޭނުމީ އެދެމީހުނަށް އުފަލެއް ނުލިބުމަށޭ. މައެކަންކުރަން މިއުޅެނީ. އެމީހުނަކަށް އުފަލެއް، އަދި ދަރިއެއްވެސް ނުލިބޭނެ. ހަހަ” އާދަނު ހިނިގަނޑެއް ޖަހާލިއެވެ.

***

ގޭތެރޭގައި އިން އަންހެން ކުއްޖާ ދިޔައީ ހުއްޓި ނުހުރެ ރޮމުންނެވެ. ކުރެވުނު ކައިވެންޏާއި މެދު އޭނާ ކިހާ ފޮނި އުންމީދު ތަކެއް ކުރިހެއްޔެވެ؟ ނަމަވެސް އެހުރިހާ އުންމީދެއް ވިއްސި ވިހާލި ވެގެން އެދިޔައީ ބަސް ބުނާހާ އަވަހަށެވެ.

އޭރު އެކުއްޖާއަށް ނޭނގުނު ނަމަވެސް އެވޭނީ ރުއިމުގެ އަޑު އަހަން އެހެން މަޙްލޫޤެއް އެތަނުގައި ހުއްޓެވެ. ބަނޑުގައި އަތް ޖައްސާލީ އިރު އޭތީގެ މޫނު މަތީގައިވީ ފުރިހަމަ ހިނިތުން ވުމެކެވެ.

އެއަންހެން މީހާ އަކީ ކާކު ބާއެވެ؟

އެކަނި އިނދެ ރޮމުން އެދިޔައީ ކާކު ބާއެވެ؟

އެއީ ކޮން މަޙްލޫޤެއް ބާއެވެ؟

ކިޔުންތެރިންގެ ސަމާލު ކަމަށް…

މިއީ އަޅުގަނޑުގެ ފުރަތަމަ ބިރުވެރި ވާހަކައެވެ. އެހެން ކަމުން ކިޔުންތެރިން އުންމީދު ކުރާހާ ފުރިހަމަކޮށް ވާހަކަ ނުގެނެވިދާނެއެވެ. ނަަމަވެސް މިވާހަކަވެސް ހުރިހާ ކިޔުންތެރިންނަށް ކަމުދާނޭ ކަމަށް އުންމީދު ކުރަމެވެ. މިވާހަކަ ކިޔުންތެރިންނަށް ހިލޭ ކިޔާލަން ލިބޭނެ ވާހަކަވެސް ފާހަގަ ކޮއްލަމެވެ. މިވާހަކަ ގެނެސްދޭނީ ކޮންމެ އާދިއްތަ، ހޯމަ، ބުދަ އަދި ހުކުރު ދުވަހެވެ. އިންތިޒާރު ކޮއްލައްވާ…

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މަޢާފް އެދެމުން 28

Next

ލޯބީގެ ކުރި ދަތުރު 13

Next
July 6, 2025

ލޯބީގެ ކުރި ދަތުރު 13

Previews
July 6, 2025

މަޢާފް އެދެމުން 28

6 Comments!

  1. Shaf_maan says:
    July 6, 2025 at 2:27 pm

    Thankiu shiherr💜
    New story eh anehkaa vxx💜
    Long story eh dhww💜
    Mi story vx vrh reethi vaane kamah unmeedhu kuran💜
    Tc.. Lysm Shiher 💜

    1. shihaamaa ali shihaamaa ali says:
      July 6, 2025 at 9:38 pm

      Jazaakallah khairan dearr🤍
      Labba miee vess hama dhigu vaahaka eh..
      Ummeedhu kuran kamudhaane kamah🤍
      Tc, lytt

  2. aanaa says:
    July 6, 2025 at 2:45 pm

    Masha allah mi vhk ge trailer vrhhh reethii
    I’m sure shihaa ge first horror stry viyas vrh reethi vaanekan
    Thankuuuuu.free koh kiyaalan libeythy
    Shihaa ge vhk eh kiyaalan nulibifa huhnan vyma mulhin nafsaanee vs vehje😢
    Curiously waiting
    Lyy❤️

    1. shihaamaa ali shihaamaa ali says:
      July 6, 2025 at 9:39 pm

      Jazaakallah khairan dearr🤍
      Hehe labba.. school nunimeytheeve shihaa ge pro story nukiyifa thibi kudhinnah up kolladhey vhk ei miee.. ummeedhu kuran kamudhaane kamah🥰
      Stay tuned for first episode, tmrw
      Lyttt

  3. Your fav bab Your fav bab says:
    July 6, 2025 at 8:15 pm

    Shierr.. I give you 100 percent, your this horror story is gonna top my favourites. It seems like a huge mystery thriller
    Tyssssssssm for even thinking of uploading these kinda fascinating stories!!!
    Lysssm💗💗💗
    Stay safe darls

    1. shihaamaa ali shihaamaa ali says:
      July 6, 2025 at 9:40 pm

      Jazaakallah khairan dearr🤍
      Hehe yess this is a horror mystery thriller eh hehe…
      Jazaakallah khairan dear ur comments never fails to make my day🥰🥰🥰
      Lyttt
      You too

Comments are closed.



All Right Reserved!