މޯޅި އަކަށް ދެމިލާފައި ތެދުވި މިޒިޔަލް ސިހުނީ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތުމުންނެވެ. އެނދުމަތިވެސް ހީވަނީ ބޮޑު ތޫފާނެއް އަހިސްފައި އޮތް ހެންނެވެ. ހަމަ އެވަގުތު ފާހާނާ ތަޅު ހުޅުވި އަޑު އިވުނެވެ. ދޮރު ހުޅުވި މަންޒަރު ފެނުމާއި އެކު މިޒިޔަލްއަށް ފޮތިގަނޑުން ހަށިގަނޑު ނިވާ ކޮއްލެވުނެވެ. އެވަގުތު ފެނުނު މަންޒަރު މިޒިޔަލްގެ ދެލޯ ބޮޑުވިޔެވެ. (12 ވަނަ ބައި) “މިލީން!!!!” މިޒިޔަލްއަށް އަޑަށް ލެވުނުހާ ބާރެއް ލާފައި ހަޅޭ ލަވައިގަނެވުނެވެ. އަދި އިސްޖަހާލިއެވެ. ހަމަ އެކަނި […]
“ދެން މީގަ މިހުރީ ބައިވަރު އާފަލާ، އޮރެންޖާ، މޭބިސްކަދުރާ، ދޮންކޭލާ އެއްޗެހި. ޒިވީ ކައްޗޭ އިނގޭ؟ އޭރުން އަވަހަށް ރަނގަޅުވާނީ. މިހާރުވެސް މަންމި އޭނީ ދެރަވެފަ ޒިވީ ބަލިވީމަ” ހިޔާން ވަރަށް ލޯބިން ބުންޏެވެ. ޒިވިއާ ބޯޖަހާލިއެވެ. ކަމަކު ބޭނުން ވެއްޖެ ނަމަ ގޮވާލުމަށް ބުނެފައި ހިޔާން ނިކުމެގެން ދިޔައީ ޑިއުޓީ އިތުރު ޕޭޝަންޓްއެއް އަހިސް ގެންނެވެ. ހިޔާން ނިކުމެގެން ދިޔަތަނާހެން ނިމްރާ، ކަޔާން، އާކިން އަދި މާޝާ އައެވެ. އައިލީންވެސް މެއެވެ. “ބަލަ ޒިވީ ބަލިވީމަ […]
“ދަރިފުޅާ. މިއީ މީލިއާ. މީލިއާ މަންމަމެން އިންޑިއާ އަށް ދިޔައީމަ މަންމަ މީލިއާ މިގެއަށް ގެނައީ. ސޮރީ އިނގޭ ކުރިން ނުބުނެވުނީމަ. މީލިއާ އިހަކަށް މިގޭގައި ބަހައްޓާލަން މަންމަ މިއެދެނީ އިނގޭ” މިޒްނާ ބުންޏެވެ. އެއާއި އެކު މިޒިޔަލްގެ ދެބުމަ ގޮށް ޖެހުނެވެ. “މަންމަ މޮޔަވީތަ؟ އަޅުގަނޑު މިއީ މީހެއްގެ ފިރިޔެކޭ. އިވްއެއް ނުވެސް އާދޭ މިފަހަރަކުއެއް. މިގޭގަ އިނީވެސް އެންމެ ކޮޓަރިއެއް. ދެން މަންމަ ކީކޭތަ ތިބުނަނީ؟ މަށާ އިވްގެ ދާނުގައި މަށާއި އެކު، އެހެން […]
ހެނދުނުގެ ވަގުތެވެ. އަލަކާއާއި އެކު އަލާޔާ އުޅުނީ ބަދިގެ ތެރޭގައެވެ. ވަގުތުގެ ބޭނުން ހިފާފައި އަލޫކްގެ އަތުގައި ހިފައިގެން ލިލިއާ ބަދިގެއަށް ވަނެވެ. “ދޮންތާ..” ލިލިއާ ގޮވާލިއެވެ. ރޮށި ދަމަން ހުރި އަލާޔާ ފަހަތައް އެނބުރުނެވެ. ލިލިއާ ފުރަގަތުގައި ހުރި އަލޫކް ފެނިފައި އަލަކާގެ ހަށިގަނޑުގައި ހީބިހި ނަގައިގަތެވެ. “ކޮއްކޯ…” އަލޫކް ހިނިތުންވެލާފައި ގޮވާލިއެވެ. އަލަކާގެ މެއަށް ފިނިވިއެވެ. އޭނާއަށް މިފެންނަނީ ހުވަފެނެއް ބާއެވެ؟ “ދޮންތާ… އެއީ ބައްޕައޭ.. ބައްޕަ މަރެއް ނުވޭ” ގަބުވެފައި ހުރި އަލަކާގެ […]
“މާރިދަކަސް، އިބިލީހަކަސް، އިފުރީތަކަސް، މާބަނޑުވެފައި ހުރި އަންހެނަކު އަލުން އަހަރެންގެ ދަރިއަކަށް ބަލިވެ އިންނާނެ ގޮތެއް ހެދޭނެތަ؟ ނުވާނެއްނުން؟” ހަމަ ޖެހިލަމުން މިލީކް ބުންޏެވެ. މިލީކް އެވަގުތު ހުރީ އަސްލު ސިފައިގައެވެ. ކަޅު އެނދި ގަނޑެއްހެން މުޅި ހަށިގަނޑު ހުރި އިރު އުނަގަނޑާއި ދިމާލުގައި ބޮޑު ދެފިޔަ އިނެވެ. ކުޑަ ކުޑަ ދެލޯ ވަޅު ފެހި ކުލައިގައި އިން އިރު އަނގަ ތެރޭގައިވެސް ހީވަނީ ލޭހުރި ހެންނެވެ. ކަންފަތެއް ނެތް އިރު ނިތާއި ދިމާލުގައި ދިގު ދަޅެއް […]
“ލިއާ.. ހުއްޓާލަބަ. ބޭނުންތަ މަންމަ ދެކިލަން؟ ހިނގާދޯ މަންމަ ބަލާލަން ދާން؟” މާއިޝް ލިލިއާ އާއި ވާޙަކަ ދެއްކީ ކުޑަކުއްޖަކާ ވާހަކަ ދައްކާހެންނެވެ. “މާއީ.. ލިއާ މަންމަ އޯކޭ ވާނެދޯ؟” ލިލިއާ ތުންފިއްތާލާފައި އެއްސެވެ. މާއިޝް ހީލިއެވެ. “ހިނގާ ދަމާދޯ؟” މާއިޝް ލިލިއާ ތެދުވަން އެހީވަމުން ބުންޏެވެ. ދުވަހުގެ ފަތިސް ނަމާދަށް ފަހު ލިލިއަން ވަޅުލެވުނެވެ. އޭރު ލިލިއާ ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ނަމަވެސް ލިލިއާގެ މޫނު މަތި ވަނީ މިލާ މޯޅިވެފައެވެ. ދުވަހެއްގެ […]
މިޒިޔަލް އިނީ ހަގީގަތުގައިވެސް ބުނާނޭ އެއްޗެއް ނޭނގިފައެވެ. އެހެން އެކަން ވާންވީ ސަބަބެއް ނޭނގިފައެވެ. ހަމަ ގައިމުވެސް ރޭގައި އޭނާ ގާތުގައި އިވްޔާ އިނެވެ. ދެން އިވްޔާ ގާތަށް މިޒިޔަލް ދާންވީ ކީއްވެގެން ހެއްޔެވެ؟ އިޝާ ނަމާދުން އައިފަހުން މިޒިޔަލް ކޮޓަރިން ނުނިކުންނަކަން އޭނާއަށް ޔަގީނެވެ. (8 ވަނަ ބައި) “ހަހަހަހަ އިވް ބިރުގަތީތަ؟ ހެހެ ސޮރީ ލޯބީ. ހަމަ މަޖާ ކޮއްލާ ހިތްވީ. ޔެސް، ރޭގަ ޔަލް ދިޔައިން ތިގެއަށް” މިޒިޔަލް ދޮގު ހެދިއެވެ. “ޔަލް […]
ޙިޔާލު ތަކުން އިވްޔާއަށް ބޭރު ވެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ މިޒިޔަލްއެވެ. “ޔަލް…؟ ހޭލެވުނީބާ؟” ހިތާ ހިތުން އިވްޔާއަށް އަހާލެވުނެވެ. އިޝާ ނަމާދުން އަހިސް ނިދަނީކަމަށް މިޒިޔަލް މެސެޖު ކޮއްފައި އިނުމުންނެވެ. (8 ވަނަ ބައި) “ހެލޯ؟” އިވްޔާ ފޯނު ނެގިއެވެ. “ޔަޝްފާ ނިދީތަ؟” މިޒިޔަލް ކޮއްލީ ސުވާލެކެވެ. “ކިހިނެތްވީ؟ ޔަލްއަށް ހޭލެވުނީތަ؟” ބަދަލުގައި އިވްޔާ ވެސް ކޮއްލީ ސުވާލެކެވެ. “އާދެބަލަ ސިޓިންގް ރޫމްއަށް” މިޒިޔަލް ބުންޏެވެ. އަދި ހަމަ އެސިކުންތުގައި ފޯނު ބޭއްވިއެވެ. […]
“މުޑުދާރު! ކަލޭ ތިއަޅެ އަންހެނެއްތަ؟ ކަލެއަށް ކަލޭ ބަނޑުގައި ދަރިއެއްވެސް ނުބޭއްވުނު. ކަލޭތިއީކީ އަންހެނެއްނޫން. މަ ނާހަން ދުވަހަކުވެސް އެއްމާބަނޑު ދެކުދިން ލިބެން އުޅޭމީހަކު އެއްދަރި މަރުވި ވާހަކައެއް. ހަމަ ކަލޭގެ ފަރުވާ ކުޑަކަމުން މިހުރިހާ ކަމެއްވެސް މިވީ” ޔަލާން ހަޅޭ ލަވައިގަތެވެ. ޔަލާންގެ ދުލުން ބުނަމުން ދިޔަ ކޮންމެ ބަހެއްވެސް ދިޔައީ ނިލީޝާގެ ހިތް ތޮރުފަމުންނެވެ. ނިލީޝާއެއީ ގެއްލުނު ދަރިފުޅުގެ މަންމައެވެ. މައިމީހާގެ ހިތުގައި އަޅާ ވޭނަކީ ބަފައެއްގެ ހިތުގައި އަޅާނެ ވޭނެއް ހެއްޔެވެ؟ އެ […]