
ހިތުގެ ނާރުތަކުގާވެސް ތިބާ… 4

ނުހާ އައިސް ކްރީމް ގަންނަ ތަނުގައި ހުއްޓި އައިސް ކްރީމްއަށް އޯޑަރު ޖެހިއެވެ. ސައިކަލު ކައިރީ އިން ކުޑަކުޑަ ޒިވިއާގެ ދެލޮލުގައި މަގުމަތިން ފެނުނު ކުޑަބުޅާ އަޅައިގަތެވެ. އެއާއި އެކު ޒިވިއާއަށް އެރީ ވަރުގަދަ ފޯރިއެކެވެ. ސައިކަލުން ފައިބާ ޒިވިއާ ދުއްވައިގަތީ އެބުޅަލާއި ދިމާލަށެވެ. ހުރިހާ ސަމާލުކަމެއް އެބުޅަލަށް ހުއްޓާލައިގެން ހުރި ޒިވިއާއަށް ބާރު ސްޕީޑްގައި އަންނަމުން ދިޔަ ސައިކަލުގެ ހިލަމެއް ނުވިއެވެ. އެކަން އިހްސާސްވެ ފަހަތަށް އެނބުރެވުނު އިރު ވަގުތުވީ ފާއިތުވެފައެވެ. “މަންމީ…”
(4 ވަނަ ބައި)
ޒިވިއާގެ ހަޅޭކުގެ އަޑަށް ނުހާއަށް ފަހަތަށް ބަލައިލެވުނެވެ. ބާރު ސްޕީޑްގައި ސައިކަލު ދިޔައިރު ޒުވާން ފިރިހެން ކުއްޖަކު ޒިވިއާ ދުރުކޮއްގެން ހުއްޓެވެ. “ކޮއްކޮ އޯކޭތަ؟” އެޒުވާނާ އެއްސެވެ.
“މަގޭ ދަރި.. ދަރިފުޅާ.. ތަނަކަށް ތަދުވިތަ” ދުވެފައި އައި ނުހާ ޒިވިއާ އުރާލަމުން އެއްސެވެ. ހިނިތުން ވެލާފައި ޒިވިއާ ދެފަރާތަށް ބޯހޫރުވާލިއެވެ. ދެން އިނގިލި ދިއްކޮއްލީ ބިންމަތީގައި އޮތް ކުޑަ ބުޅަލަށެވެ.
“ވަރަށް ބޮޑަށް ސޮރީ. އަޅުގަނޑުގެ ބުޅާ ފަހަތުން އަންނަނިކޮއްދޯ އެކުއްޖާއަށް އެހެން އެވީ..” ދެރަވެފައި އެޒުވާނާ ބުންޏެވެ.…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (4)
Comments are closed.
Masha allah mi part vs vrh reethi
Naseebeh xiviya ah kmh nuviakn
yalaan n nilysha gulhuvahcheyy
Curiously waiting for the next
lyy❤️
jazaakallah khairan dearr
lyytt
Maasha Allah mi prt vx vrh reethi
Neseebeh Xivy ah kameh nuvikan
Hiyaan🤔 maybe he n nu will end up.
Yalaan nuvaane dhww nily ah ehn hadhaakah😭
Cant wait to see what happens next
Curiously waiting
Tc.. Lysm Shiher 💜💜💜💜
jazaakallah khairan dearr
dont jump into conclusions just yet dhw ehhee
lyttt