“ހަހަ. ކަލެއަށް ފެނުނީކީ ހުވަފެނެއް ނޫން. އެއީ ހަމަ ހަގީގަތް. ކަލޭ ގުޅުން ހިނގީ މަށާއި އެކު” އަޑަށް ބާރު ލަމުން މިލީން ބުންޏެވެ. މިޒިޔަލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދެން ވާނީ ކިހިނެތް ހެއްޔެވެ؟ މިކަމުގެ ސަބަބުން އިވްޔާއަށް ގެއްލުމެއް ވެދާނެ ބާއެވެ؟ ނުވަތަ އީވާއަށް ގެއްލުމެއް ވެދާނެބާއެވެ؟ ނުވަތަ އޭނާއަށް ގެއްލުމެއް ވެދާނެ ބާއެވެ؟ ހުސް ޖަވާބެއް ނެތް ސުވާލުތަކެކެވެ. (17 ވަނަ ބައި) ޖެހިގެން އައި ދުވަހު ހެނދުނު މިޒިޔަލްގެ އޮފީސް އެންމެން […]
“ދެން އެހެންވެ ނަން ބުނެލަންވީނުން؟” މިޒިޔަލް ހިނިތުންވެލާފައި އެކުއްޖާ ގާތަށް ޖެހިލިއެވެ. “ހީވޭތަ ހަމަ އެކަނި ބޮހަކުން ޗަލާނެހެން؟” ބަދަލުގައި އެކުއްޖާވެސް ކޮއްލީ ސުވާލެކެވެ. އެކުއްޖާ އެބުނީ ކީކޭކަން މިޒިޔަލްއަށް ނަގައިގަނެވުނެވެ. އެކަން އެކުއްޖާއަށްވެސް އެނގުނެވެ. އެހެނަސް މިޒިޔަލްގެ މޫނު މަތިން ފެނުނީ އެކުއްޖާ ފެންނާނޭ ކަމަށް އުންމީދު ކުރި އިހުސާސްތަކެއް ނޫނެވެ. (16 ވަނަ ބައި) މިޒިޔަލްގެ މޫނުމަތިން ފެނިގެން ދިޔައީ ހިތްހަމަ ޖެހުމެވެ. އެކަމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމެވެ. އެކަމަށް އޭނާވެސް […]
ފަތިހުގެ ހިތްގައިމު ވަގުތެވެ. މަގު ތަކުން އެއްވެސް މީހަކު ފެންނަން ނެތް އިރު އިރުގެ އަލިކަމުގެ އެއްވެސް ނިޝާނެއްވެސް ނެތެވެ. ހާލާއި ކޮވެލި ގޮވާ އަޑު ނޫން އެހެން އެއްވެސް އަޑެއް ނީވެއެވެ. ޖައްވުގައި އޮތް ހަމަ ހިމޭންކަން ގެއްލިގެން ދިޔައީ ފަތިސް ނަމާދުގެ މޫރިތި ކަލިމައިގެ އަޑުންނެވެ. އޭރު އަހަރެން ހުރީ ފާހަނައިގައެވެ. އަތުގައި ޓެސްޓު ކިޓެއް އޮތެވެ. ނޫނެކެވެ. އެއީ ފޭކު ޓެސްޓު ކިޓެކެވެ. ބަނޑުބޮޑު ކަމަށް އިނަސް އެއީ އަސްލެއް ނޫނެވެ. އަހަރެން […]
“ނޫ މިތަނަށް މިގެނައީ އަސްލު ވާހަކައެއް ބުނަން ވެގެން..” ކައި ނިމުމުން ހިޔާން ފުން ނޭވާއެއް ދޫކޮށްލާފައި ބުންޏެވެ. “ޔެސް…؟” ނުހާ ނިތް ހިއްލާލަމުން އެއްސެވެ. ހިޔާން ފުން ނޭވާއެއް ދޫކޮށްލާފައި ގޮނޑިން ތެދުވިއެވެ. އަދި ނުހާ ގާތުގައި އެއްފައި މައްޗަށް ތިރިވަމުން ޖީބުގައި އޮތް އަނގޮއްޓި ނެގިއެވެ. “ނޫ.. އަހަރެމެން ދެމީހުން ދިމާވެ، އަދި ނުވޭ މާ ގިނަ ދުވަހެއްވެސް.. އެކަމަކު.. ނުވެސް އެނގޭ ކިހިނެތް ކަމެއްވެސް.. އެކަމަކު.. ޔާންއަށް ނޫދެކެ ލޯބި ވެވިއްޖެ.. ވަރަށް […]
30 ވަރަކަށް މިނިޓް ފަހުން އިވްޔާ އުނދުން ނިއްވާލިއެވެ. އަލުވި ބަތް ކޮޅެއް ކައްކާފައި އިވްޔާ ދިޔައީ ކޮޓަރިއާއި ދިމާލަށެވެ. މިޒްނާއާއި މިލީންއަށް ގޮވާލަންށެވެ. ލަސް ހިނގުމުގައި ގޮސް އިވްޔާ މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލިއެވެ. އެއާއި އެކު ފެނުނު މަންޒަރުން އިވްޔާއަށް ދެލޯ ބޮޑު ކޮއްލެވުނެވެ. އޭގެ ކުރިން އޭނާ ކަނުވީ ނަމައޭ ހިތަށް އެރިއެވެ. (15 ވަނަ ބައި) “މިލީން!!” އިވްޔާއަށް ހަޅޭ ލަވައިގަނެވުނެވެ. އަދި މިލީންގެ އުނގުގައި އޮތް އީވާ އުރާލިއެވެ. “ކީއްތަ […]
މަސް ބާނަން ގެންގުޅޭ ސާމާނު ހިފައިގެން ނިކުން އިރު ޖޯލިފަތީގައި އައިޝާ އޮތެވެ. “މަސް ބާނަން މިދަނީ..” އަތުގައި ހުރި އެއްޗެހިތައް ދައްކާލަމުން އަހުމަދު ބުންޏެވެ. އައިޝާ ބޯޖަހާލިއެވެ. ގެއިން ނިކުމެ ތަންކޮޅަކަށް ދެވުންތަނާ އަނެއްކާވެސް އަހުމަދުގެ ހިތުގައި ބިރުވެރިކަން ވަށާލިއެވެ. އަހުމަދު މަސް ބާނަން ގޮސް އުޅެނިކޮށް މިންހާ އަހިސް އައިޝާއާއި އެވާހަކަ ދައްކައިފި ނަމަ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އަރައިގެން ރުޅީގައި އަހުމަދު އެނބުރި ގެއަށް ވަނެވެ. އަހުމަދު ގެންދިޔަ ދަބަހުގައި އޮތް […]
“އަހަރެންގެ ދަރިފުޅަށް ވެސް ބައްޕައެއް ބޭނުންވާނެ. އިވްޔާ.. އެދުވަހަށް އިންތިޒާރު ކުރޭ! އިވްޔާގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ލިބިފައި އަހަރެންގެ ދަރިފުޅު ވަކި ނިކަމެއްޗެއް ނުވާނެ! އަހަރެންގެ މީހަކަށް މިޒިޔަލް ހަދާނަން!” މިލީން އަމިއްލަ ނަފްސަށް އިވޭ ވަރަށް ވާހަކަ ދެއްކިއެވެ. އޭރު މިލީންގެ ދެލޯ ވަނީ ރަތް ކުލައިން ދިއްލިފައެވެ. (14 ވަނަ ބައި) 7 ދުވަސް ފަހުން އީވާއަށް ނަން ކިޔުނެވެ. މިޒިޔަލް، އިވްޔާ، އިނާ، އަދި ޔަޝްފާ ވެގެން ކުޑަ ޕާޓީއެއް ބާއްވާލާފައި […]
“ކީއްތަ ތިކުރީ؟ ރަނގަޅަށް ހަފައިގެން ކާނީ އިނގޭ…؟” ޔަލާން ވަރަށް ލޯބިން ބުންޏެވެ. ނިލީޝާއަށް ހުރެވުނީ ދެލޯ ބޮޑު ކޮއްގެން ޔަލާންގެ މޫނަށް ބަލަންށެވެ. ޔަލާން ހީލާފައި ނިލީޝާގެ މޫނުގައި ފިރުމާލިއެވެ. “ހެހެ އެއްޗެއް އިނީތަ އަނެއްކާ މޫނުގަ؟” ޔަލާން މޫނުގައި އަތް ޖައްސާލިއެވެ. “އޭން..؟ ނޯ.. ނޫން..” އަޅަ އަޅައި ގަންނަމުން ނިލީޝާ ބުންޏެވެ. ޔަލާންއަށް ހެވުނެވެ. “ކާނަންތަ؟” ނިލީޝާ އެއްސެވެ. “ނޫން. ފަހުން ކާނީ. މެންދުރު އަހިސް ކާލި ކާލީނުން އަދިވެސް ހަމަ ފުރިފަ” […]
“ކޮބާ ހުރިހާ އެއްޗެއް ތައްޔާރުކޮށް ނިމުނީތަ؟” މިޒިޔަލް އެއްސެވެ. އިވްޔާ ބޯޖަހާލިއެވެ. “އާހް.. ވަރަށް ތަފާތު އިހުސާސެއް މިހާރު ކުރެވެނީ. އެއް އަހަރާއި ހަތް މަހުގެ ދިގު އިންތިޒާރަކަށް ފަހު އަހަރެމެންގެ އުންމީދުގައި ކުލަ ޖެހި، މިއަދު އެކަން މި ފުރިހަމަ ވަނީ.. އަލްހަމްދުލިއްލާހި” އިވްޔާގެ ދެލޮލުގައި ކަރުނަ ފާއްދާލިއެވެ. މިޒިޔަލް ހީލާފައި އިވްޔާގެ ހަށިގަނޑުގައި ބައްދާލިއެވެ. (13 ވަނަ ބައި) މިލީކް އޭނާގެ ފިޔަގަނޑުގެ އެހީގައި އެނބުރި “މިސްޓްރީ” ގެއަށް ވަނެވެ. ގޭތެރޭގައި ހުރި ގަސްބޯ […]