އެވަގުތު އިވްޔާގެ ފޯނު ރިންގުވާން ފެށިއެވެ. އިވްޔާ ދުވެފައި ގޮސް ފޯނު ނެގިއެވެ. ގުޅަމުން ދިޔައީ މިޒިޔަލް ކަމަށް ހީކޮށެވެ. ނަމަވެސް ގުޅަމުން ދިޔައީ ނުދަންނަ ނަންބަރަކުން ކަމުން، އިވްޔާގެ މޫނު އޮއްސުނެވެ. އަޅާނުލާ އިވްޔާ ފޯނު ބޭއްވިއެވެ. އެމީހަކު ކެނޑޭ އިރަށް ހަމަ ގުޅައެވެ. 10 ވަނަ ފަހަރަށް ގުޅުމުން އިވްޔާ ނިންމީ ފޯނު ނަގާށެވެ. “ދަރިފުޅާ…” (22 ވަނަ ބައި) އިވްޔާގެ ކަންފަތުގައި ޖެހުނު މިޒްނާގެ އަޑުން އިވްޔާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. […]
ލޯގަނޑު ކުރި މަތީ ހުއްޓި އޭނާ މޫނު މަތީގައި އިން މޫނު ފޮތި ކޮޅު ނެގިއެވެ. މޫނު މަތީގައި ބޮޑެތި ރަތް ބިހި ތަކެއް ނަގާފައި ވީ އިރު، ނޭފަތުންނާއި އެއްމިޔަކަނުން ލޭ އޮހޮރެމުން ދިޔައެވެ. ބަލާލަން ބިރުގަންނަހާ އޭނާގެ ސޫރަ ބިރުވެރިއެވެ. އެވަގުތު ހުރިހާ އަލިކަމެއް ނިވުނެވެ. ދެން އިވުނީ އޭނާގެ ވޭނީ ހަޅޭކުގެ އަޑެވެ. އެއަޑުގައި ވޭނާއި ބިރުވެރިކަން އެކުލެވިފައި ވިއެވެ. (21 ވަނަ ބައި) “ކަ.. ކާކު ސިހުރު ހެދީ…؟” މިޒިޔަލްއަށް އަހާލެވުނެވެ. […]
“އިބްރާހިމްބެ ތިބުނަނީ މިޒްނާގެ ދަރިފުޅޭތަ މިޒްނާއަށް ސިހުރު ހެދީ؟” ޝިފާޒާ ވެސް ހުރީ އެހާ ހައިރާންވެފައެވެ. އިބްރާހިމްގެ ޖަވާބާއި އެކު އެކޮޓަރިއަށް ހީވީ ކުޑަވަރެއްގެ ބޮމެއް ގޮވި ހެންނެވެ. ގަބޫލު ކުރަން ދަތިވިއެވެ. “ޔަގީންތަ؟” މިޒްނާއަށް އަނގަ މަތީ އަތް އަޅައިގެން އިނދެ މިޒްނާއަށް ސުވާލު ކޮއްލެވުނެވެ. “މުޖައްރިބު” އިބްރާހިމްބެ ޔަގީންކަން ދިނެވެ. (20 ވަނަ ބައި) “ކިހިނެތްވެފަ ބަލީތަ؟” މިޒްނާގެ ވަރުބަލިވެފައިވީ މޫނަށް ބަލައިލަމުން މިޒްނާގެ ދޮންތަ އިޒްނާ އެއްސެވެ. “ހެހެ ނޫނޭ. މިއަދު ތަންކޮޅެއް […]
“ނޫ ހީ ފިލުވަދީބާ…” ޒެވިއަންގެ ކަންފަތް ބުޑުގައި ވައިއަޑުން ނުހާ ބުންޏެވެ. ޒެވިއަން ހީލިޔެވެ. “މައި ޕްލެޝާރް” ޒެވިއަންވެސް ބުނެލީ ވައި އަޑުނެނެވެ. ނުހާގެ އުނަގަނޑުގައި ހިފާ ޒެވިއަން ނުހާ އުފުލާލިޔެވެ. އަދި ކައިރީ ހުރި އަށީގައި ނުހާ ބާއްވާލަމުން ނުހާ ގައި މައްޗަށް އެރިޔެވެ. “އާހް.. ޒެވް މިވަގުތަށް ވަރަށް އިންތިޒާރު ކުރިން.. ބަސް އަހައިގެން އޮންނައްޗޭ އިނގޭ” ނުހާގެ ދެއަތުގައި ހިފާ މައްޗަށް ހިތްލައިލަމުން ޒެވިއަން ބުންޏެވެ. ނުހާ ލަދުން އޮވެ ބޯޖަހާލިއެވެ. “މްމްމް […]
މިޒްނާ އެނބުރި ގެއަށް އައި އިރު އިރު އޮއްސިއްޖެ. އިވިގެން ދިޔަ ހަގީގަތުގެ ސަބަބުން މިޒްނާގެ މޫނު މަތީގައި އަދިވެސްވީ ހައިރާން ކަމެވެ. އޭނާގެ ދިރިއުޅުމަށް މިވީ ކިހިނެތް ހެއްޔެވެ؟ އަދިވެސް އޭނާއަށް އެކަން ގަބޫލު ކުރަން އުނދަގުލެވެ. އެވަގުތު ގޭދޮރު ހުޅުވާލާފައި މޫނު ބުރުގާ އަޅައިގެން ހުރި މެދު އުމުރުގެ އަންހެނަކު ގެއަށް ވަނެވެ. “ދޮންތާ” (19 ވަނަ ބައި) ލާންޗު އޭގެ އެންމެ ބާރު ދުވެލީގައި ދުއްވަމުން އަހިސް މަޑުކޮއްލީ ކ.ހިންމަފުށި ބަނދަރު މައްޗަށެވެ. […]
~މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ޙިޔާލީ ވާޙަކައެކެވެ. ވާހަކައިގައި ބޭނުންކޮއްފައި ވަނީ އަސްލު ނަންތަކެއް ނޫނެވެ~ މެންދުރުގެ ހޫނުގަދަ ވަގުތެވެ. އެހެނަސް މާލޭގެ ކާރޫބާރޫ މަގުތަކުގައި މީހުން ހޭލަމޭލަ ވަމުން ދިޔައެވެ. ޑީއުޓީ ނިންމާފައި ގެއަށް ދާ މީހުނާއި، އިސްކޯލު ނިންމާފައި ގެއަށް ދިޔުމައް ދިޔަ ކުދިންނެވެ. ވަމުން ދިޔަ ހޫނުން އެންމެންގެ މޫނު މަތީގައިވެސް އޮށްދާ ހިތްލަމުން ދިޔައެވެ. އެހެނަސް މާލޭގެ މަގުތައްމަތިން މީހުން މަދުވީ ހެންނެއް ހިޔެއް ނުވެއެވެ. ކުލުނު މެޑިކަލް ކްލިނިކްގައި […]
“މަންމި އެހެންވެ ކޮއްކި ދެކެ ލޯބި ނުވަނީ. މާވީ ދައްތި ޔަޝޫ ދެކެ ލޯބިވާތީވެ ޔަޝޫއަށް ބައްޕިއެއް ހޯދައިދިނީ. މަންމި ކޮއްކީ ދެކެ ލޯބި ނުވާތީވެ މަންމި ކޮއްކިއަށް ބައްޕިއެއް ހޯދައި ނުދެނީ” ޒިވިއާ ނުހާއާއި ދުރަށް ޖެހިލާފައި މޫނުގައި ބާލިސް އެޅިއެވެ. “ދަރިފުޅޫ… ޕްލީޒް ތިހެން ނުބުނޭ. ދަރިފުޅު ތިއީ މަންމި ފުރާނަ. މަންމި ވަރަށް ލޯބިވޭ…” ޒިވިއާ ކައިރި ކޮއްލާފައި ނުހާ ދެއްކި ވާހަކަ ހުއްޓުވީ ޒިވިއާއެވެ. “މަންމި ނުވޭ ކޮއްކި ދެކެ ލޯއިތްބެއް. […]
ބަރާބަރު 12 ޖެހި އިރު އިވްޔާ ހުރީ ބަނދަރުގައެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި ހިންމަފުއްޓައް ދިޔުމައް ދަތުރު ފެށުނެވެ. ލޮލުގެ ހިމަކޮޅުން ހުރާ ގެއްލެންދެން އިވްޔާ ބަލަން އިނެވެ. އިވްޔާ އެދިޔައީ މިޒިޔަލްއާއި އެކު ހޭދަކުރެވުނު އުފާވެރި ވަގުތުތައް ހުރާގެ ފަސްގަނޑުގައި ވަޅުލާފައެވެ. ކުޑަކުޑަ އީވާއަށް ޓަކައި ކެތް ކުރަން އަޒުމް ކަނޑައަޅައިގެންނެވެ. (18 ވަނަ ބައި) އިވްޔާއަށް ނޭނގުނު ނަމަވެސް އިވްޔާ ފުރި މަންޒަރު ބަލަން ފިލާ މިޒިޔަލް ހުއްޓެވެ. އެދެލޯ ކަރުނައިން ފުރިފައިވީ އިރު، […]
“އާރް.އޯ.އެސް.ސީ. ޝީޒް ބެކް” ފުންނޭވާތަކެއް ލަމުން ހިޔާން ބުންޏެވެ. އޭރު ހިޔާން ދިޔައީ އޮށް ދާ ހިތްލަމުންނެވެ. “ޔާން… މަގޭ ޒިވީ…” ހިޔާން އަވަސް ފަރުވާ ދޭ ކޮޓަރިން ނުކުތުމުން ނުހާ ގޮސް ހިޔާން ހަށިގަނޑުގައި ބައްދާލާފައި ރޯން ފެށިއެވެ. “ހުއްޓާލާ. ޒިވީ މިހާރު ރަނގަޅު. ބޯފެޅިފަ އިންތަން ފަހާލަނީ މިހާރު.. އެކަމަކު ނަފްސާނީ ގޮތުން އަސަރު ކޮއްފަ ހުރުމުގެ ފުރުސަތު ވަރަށް ބޮޑު” ހިޔާން އިސްޖަހާލާފައި ބުންޏެވެ. އަދި ހިޔާނަށް ފެނުނު މަންޒަރު ކިޔައިދިނެވެ. (20 […]