Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ 15

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
August 1, 2025 4 Mins Read
8 Comments

30 ވަރަކަށް މިނިޓް ފަހުން އިވްޔާ އުނދުން ނިއްވާލިއެވެ. އަލުވި ބަތް ކޮޅެއް ކައްކާފައި އިވްޔާ ދިޔައީ ކޮޓަރިއާއި ދިމާލަށެވެ. މިޒްނާއާއި މިލީންއަށް ގޮވާލަންށެވެ. ލަސް ހިނގުމުގައި ގޮސް އިވްޔާ މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލިއެވެ. އެއާއި އެކު ފެނުނު މަންޒަރުން އިވްޔާއަށް ދެލޯ ބޮޑު ކޮއްލެވުނެވެ. އޭގެ ކުރިން އޭނާ ކަނުވީ ނަމައޭ ހިތަށް އެރިއެވެ.

(15 ވަނަ ބައި)

“މިލީން!!” އިވްޔާއަށް ހަޅޭ ލަވައިގަނެވުނެވެ. އަދި މިލީންގެ އުނގުގައި އޮތް އީވާ އުރާލިއެވެ. “ކީއްތަ ތިކުރަނީ؟” އިވްޔާގެ ހަށިގަނޑު އަރައިގަންފައިވީ ރުޅިން ރޫރޫ އަޅަމުން ދިޔައެވެ. “އިވްޔާ! ކޮބާތަ މައްސަލަ އަކީ؟ އިވްޔާ ބިޒީކޮށް އުޅޭތީވެއޭ މިލީން އެހެން އެހެދީ. ޝުކުރު ކޮއްބަލަ” މިޒްނާ ތެދުވީ މިލީންގެ ކޮޅަށެވެ.

“މަންމާ. މިއީ އިވްގެ ދަރިފުޅޭ. މިލީންގެ ދަރިފުޅެއް ނޫން. ނުވަމަހާއި ނުވަދުވަސް ވަންދެން މިދަރިފުޅު ބަނޑުގައި ބޭއްވީ އިވްއޭ. ވިހެއުމުގެ ވޭން ތަހައްމަލް ކުރީވެސް އިވްއޭ. އެހެންވެ މިދަރިފުޅަށް ގާތުން ދޭން ޖެހޭނީވެސް އިވް. މިލީނެއް ނޫނޭ! މިލީން ނޫނަސް އެހެން އެއްވެސް މީހަކު ވެސް ދޭކަށް ނުޖެހޭނެ!” އިވްޔާ މިޒްނާއާއި ދިމާލަށް ބުންޏެވެ. އަދި ކޮޓަރިން ނިކުމެ ދެން އިން ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަކީ އީވާއަށް ހަދަމުން އަންނަ ކޮޓަރިއެކެވެ. ރާނަން ފަށާފައިވީ އެކޮޓަރިތެރޭގައި ވަނީ ހިރަފުސް ކަމެވެ. އެހެނަސް މިޒްނާއާއި ކުރިމަތި ލާން ނުކުރުމުން އިވްޔާ ގޮސްވަނީ އެތަނަށެވެ. ހަގީގަތުގައި މިޒްނާއާއި ދިމާލަށް އެއްޗެހި ކިޔުމުން އޭނާވެސް ދެރަވިޔެވެ. ނަމަވެސް އެކަހަލަ މަންޒަރެއް ފެނުމުން ރުޅި ނާންނާނޭ މަޔަކު ހުންނާނެ ހެއްޔެވެ؟ ލަދުން ފިލަން ބޭނުންވިޔަސް އިވްޔާ ދާނީ އެހެން ކޮންތާކަށް ހެއްޔެވެ؟ އެއީ އިވްޔާއަށް މުޅިން އައު ރަށެކެވެ. ރައްޓެއްސެއް، އާއިލާއެއް، އާރެއް ޔާރެއް ނެތެވެ. އިވްޔާއަކީ އެރަށުގައި އެކަނިވެރިއެކެވެ.

ކޮޓަރި ތެރޭގައި އިނދެ އިވްޔާ ދިޔައީ ހުއްޓި ނުހުރެ ރޮމުންނެވެ. ކުރެވުނު ކައިވެންޏާއި މެދު އޭނާ ކިހާ ފޮނި އުންމީދު ތަކެއް ކުރިހެއްޔެވެ؟ ނަމަވެސް އެހުރިހާ އުންމީދެއް ވިއްސި ވިހާލި ވެގެން އެދިޔައީ ބަސް ބުނާހާ އަވަހަށެވެ. މިޒިޔަލްގެ ފަރާތުން ލޯބި ލިބުނަސްވެސް އެކައިވެނީގައި ހަގީގަތުގައިވީ ކޮން އުފަލެއް ހެއްޔެވެ؟

އޭރު އިވްޔާއަށް ނޭނގުނު ނަމަވެސް އެވޭނީ ރުއިމުގެ އަޑު އަހަން މިލީން އެތަނުގައި ހުއްޓެވެ. ބަނޑުގައި އަތް ޖައްސާލީ އިރު މިލީންގެ މޫނު މަތީގައިވީ ފުރިހަމަ ހިނިތުންވުމެކެވެ.

“އީވާއަށް ބައްޕައެއްގެ ލޯބި ލިބެންޏާމުން މިދަރިފުޅަށްވެސް ލޯބި ލިބެން ޖެހޭނެ! ހެހެ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ކޮޅު ބާރު ގަދަ ވާނެ” ބިރުވެރި އަޑަކުން މިލީން ބުނެލިއިރު އަޑު އިވޭ މީހަކު ބިރުން ރޫރޫ އަޅާހާ ވެޔެވެ.

އެކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނާއި އެކު މަޖާ ވަގުތު ކޮޅެއް ހޭދަކޮއްލާފައި މިޒިޔަލް އެކަހެރި ވެލިއެވެ. އެންމެނާއި ދުރަށް ޖެހިލާފައި ފޯނު ނެގީ އިވްޔާއަށް ގުޅާލުމަށެވެ.

“ތިއީ ކޮން ކުއްޖެއް؟” ފަހަތުން އިވުނީ ނިޔަނެތި އަޑެކެވެ. ފޯނު ނިއްވާލާފައި މިޒިޔަލް ފަހަތަށް އެނބުރުނެވެ. ފެނިގެން ދިޔަ މަންޒަރުން މިޒިޔަލްގެ ދެލޯ ބޮޑު ވިއެވެ. ފޯނު ޖީބައް ލެވުނެވެ. ހުދު ކުލައިގެ ކަކުލާއި ހަމައަށް އަރާ ވަރުގެ ހެދުމެއް ލައިގެން ހުރި އެކުއްޖާ ވަރަށް ވެސް ރީއްޗެވެ. އުނަގަނޑަށް އަރާ ފަން ދިގު އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔަ އިރު ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. އެކުއްޖާގެ މޫނު ފެނި ސާދަ ފަނަރަ ވިލޭރޭގެ ހަނދުވެސް ލަދުން ފިލާނޭކަން ކަށަވަރެވެ.

“ތިއީ ކޮން ކުއްޖެއް؟” އެޒުވާން ކުއްޖާގެ ބޮލުގެ އިސްތަށިގަނޑުން ފެށިގެން ފައިގެ ބޮޑުވައިން އިނގިއްޔާ ހަމަޔަށް މިޒިޔަލް ބަލައިލިއެވެ. ހީވީ ސްކޭނެއް ކޮއްލި ހެންނެވެ. އެކުއްޖާ ހީލިއެވެ. އެއަޑު މިޒިޔަލްގެ ހިތުގެ އެންމެ ހިމަ ނާރާވެސް ކުޅެލިއެވެ. މުޅި ހަށިގަނޑުން އައްސި އަރައި ގަތެވެ.

“ހާދަ އަވަހަކަށް ވަނަވަރު ހޯދަނީތި؟ އަދި އަހަރެމެން ދިމާވިތާ ދެމިނިޓް ނުވޭ” މިޒިޔަލްގެ މޫނަށް ބަލަން އިރުކޮޅަކު ހުރެފައި އެކުއްޖާ ހިނގައިގަތެވެ. “މަޑުކޮއްބަލަ” މިޒިޔަލް ގޮވާލި އަޑު އިވުނެވެ. “ވާހަކަ ދައްކާލެވިދާނެތަ؟”

އިރު އޮއްސިގެން ހިނގެއްޖެއެވެ. މިނިޓްތައް ގަޑި އިރަށް ވަމުން ގޮސް ރޭގަނޑު 8 ޖަހައިފިއެވެ. އިވްޔާއަށް ނަމާދު ކުރެވެން ނެތުމާއި އެކު އެތަނުން ނިކުންނަ ޙިޔާލެއް އިވްޔާގެ ނެތެވެ. އަދިވެސް މިޒްނާއާއި މިލީން ގެއިން ނިކުމެގެން ދިޔަ ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް އިވްޔާ އިނީ ހައިވެގެން ހާންތި ވާވަރުވެފައެވެ. ފުންނޭވާއެއް ދޫކޮށްލާފައި އިވްޔާ ބަލައިލީ އޭނާގެ އުނގުގައި ގާތުން ބޯން އޮތް އީވާއަށެވެ. އިވްޔާއަށް ހިނިތުންވެވުނެވެ. އޭނާ ހައިބަނޑާ އިނަސް އީވާ ބަނޑުފުރޭނެ ކަންގައިމެވެ.

އިރުކޮޅަކު ވިސްނަން އިނދެފައި އިވްޔާ ޖީބުގައި އަތް ޖައްސާލިއެވެ. ނަސީބުވެސް ރަނގަޅީއެވެ. ޖީބުގައި ފޯނު އޮތެވެ. ނިދިނިދި އޮތް އީވާއަށް އުނދަގޫ ނުވާނޭ ގޮތް ބަލާފައި އިވްޔާ މިޒިޔަލްއަށް ގުޅާލިއެވެ.

މިޒިޔަލްގެ ފޯނު ރިންގުވަމުން ދިޔައެވެ. ނަމަވެސް މިޒިޔަލްއަށް އެކަން އެނގުނު ހެނެއް ހިޔެއް ނުވެއެވެ. ނުވަތަ އެނގުނީ ކަމަށް ނެހެދީއެވެ. މިޒިޔަލްގެ އުނގުގައި އޮތް އެއަންހެން ކުއްޖާގެ އިސްތަށިކޮޅުގައި އިނގިލިތައް ދައުރު ކުރަމުން ދިޔައިރު މިޒިޔަލްގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. އާއެކެވެ. މެންދުރުގެ އެވަގުތުން ފެށިގެން މިޒިޔަލް އެއުޅެނީ އެކުއްޖާއާއި އެކުއެވެ.

“އަދިވެސް ނަމެއް ނުބުނަމެއްނުން؟” މިޒިޔަލް އެކުއްޖާގެ އަތުގައި ހިފާ ތުންފަތުގައި ޖައްސާލިއެވެ. “ކުއްޖާއާއި އެއްވަރަށް ނަންވެސް ރީތި ވާނެ ކަން ޔަގީން”

“ދުނިޔޭގައި އެއްވެސް އެއްޗެއް ހިލޭ ލިބޭތަ؟” އެކުއްޖާ ވާހަކަ ދެއްކީ މިޒިޔަލް ވާހަކަ ދެއްކި މައުލޫ އަކަށް ނޫނެވެ. “ކިހިނެތް ވަނީ ނަން ބުނުމުގެ ކުރިން މިޒިޔަލް އަހަރެންނަށް ހަދިޔާއެއް ދިނުން؟”

“އަވަހަށް ބުނެބަލަ” މިޒިޔަލް ވަގުތުން އެއްބަސް ވިޔެވެ. “ކޮންމެ ކަމެއްވެސް ކޮއްދީފާނަން” މިޒިޔަލްގެ ޖަވާބާއި އެކު އެކުއްޖާ ހީލިއެވެ. އަދި މިޒިޔަލްގެ އިޒުނައާއި ނުލާ މިޒިޔަލްއަށް ބޮސްދިނެވެ. ކުޑަ ހިނދުކޮޅެއް ފަހުން އެކުއްޖާ ދުރުވެލިއެވެ. އަދި ހީލިއެވެ. އޭރުވެސް މިޒިޔަލް އިނީ ދެލޯ ބޮޑު ކޮއްގެންނެވެ.

“ހެހެ. ކިހިނެތްވީ؟ އަނެއްކާ އަންބަކު ހުންނަނީތަ؟” އެކުއްޖާ އަތުގައި ހުރި ވެލިތައް ފޮޅާލަމުން ތެދުވިއެވެ. މިޒިޔަލް ތެދުވިއެވެ. “ނޫނޭ. ނުހުރޭ” މިޒިޔަލް ދޮގު ހެދިއެވެ.

މިޒިޔަލް އިވްޔާއާއި ދިމާވީ އިރު މިޒިޔަލްގެ އުމުރުން 15 އަހަރެވެ. ކ.ހިންމަފުއްޓައް މިޒިޔަލް ކުރި ދަތުރަކީ މިޒިޔަލްގެ އެކުވެރިންނާއި އެކު ކުރެވުނު ދަތުރެވެ. މިޒިޔަލްއަށް އިވްޔާ ފުރަތަމަ ފެނުނީ ފިހާރަ އަކުންނެވެ. ހަމަ އެވަގުތު މިޒިޔަލްގެ ހިތް އިވްޔާއަށް ލެނބުނެވެ. އެއީ މިޒިޔަލްގެ ހިތުގައި ލޯބީގެ ހުޅުކޮޅު ރޯވި ފުރަތަމަ ފަހަރުވެސް މެއެވެ. އެދުވަހަށް ފަހު މިޒިޔަލް ދިޔައީ އިވްޔާގެ ވަނަވަރު ހޯދަމުންނެވެ. މިޒިޔަލް ހިންމަފުއްޓަށް ދިޔަ ދަތުރަކީ 5 ދުވަހުގެ ދަތުރެއް ކަމުން މިޒިޔަލް ހުރީ ހިތް އަވަސް ވެފައެވެ. އެހެނަސް ނަސީބު ހިފީ މިޒިޔަލްގެ އަތުގައެވެ. މިޒިޔަލް ފުރަން އޮތް ދުވަހު ފަތިހު އިވްޔާގެ ފޯނު ނަންބަރު ލިބުނެވެ. އެދުވަހަށް ފަހު މިޒިޔަލް އިވްޔާއަށް ކޮންމެ ދުވަހަކު މެސެޖް ކޮއްހަދައެވެ. މިޒިޔަލް އެނބުރި ހިންމަފުއްޓައް ދިޔައީ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހު މިޒިޔަލް ދިޔައީ އިވްޔާ ގާތުގައި ރައްޓެހި ވުމަށް އެދި ތައްޔާރު ވެގެންނެވެ. އިވްޔާ މިޒިޔަލްގެ ލޯބި ލޮލުން ބޮލުން ގަބޫލު ކުރިއެވެ.

އިވްޔާއާއި މިޒިޔަލްގެ ގުޅުމައް އިނާ އަދި ހަސަންގެ ރުހުން ލިބުނެވެ. ރުހުން ނުލިބުނީ މިޒްނާގެއެވެ. އެހެންވިޔަސް މިޒިޔަލް އިވްޔާއާއި އެކު އުޅެމުން ދިޔައީ ލޯތްބާއި އުފަލުގައެވެ. ހިތާމަތަކުގައިވެސް މެއެވެ. އިވްޔާއާއި މިޒިޔަލްގެ ގުޅުމައް އަހަރުވީތަނާހެން ހަސަން ނިޔާވިޔެވެ. އެދުވަހު ވެސް މިޒިޔަލް އިވްޔާ ގާތަށް އައެވެ. މިޒްނާގެ ނުރުހުމުގައެވެ. ކިޔަވާ ދުވަސްކޮޅަށް ވެސް ވުމާއި އެކުއެވެ. އެހެނަސް މިއަދު އިވްޔާއަށް މިޒިޔަލްގެ ލޯތްބާއި އަޅާލުން ބޭނުންވާނެ ކަމަށާއި، އިވްޔާ އެކަނިކޮއްލަން ބޭނުން ނޫން ކަމަށް ބުނެ މިޒިޔަލް ހިންމަފުއްޓައް ދިޔައެވެ. މިޒިޔަލް އެނބުރިއައީ 2 ހަފްތާ ފަހުންނެވެ.

ކޮންމެއަކަސް މިޒިޔަލްއާއި އިވްޔާގެ ގުޅުން ވަރުގަދަ ވަމުން ދިޔައެވެ. އިއްޔެއަށް ވުރެ މިއަދު ބޮޑަށެވެ. އިވްޔާއަށް 18 އަހަރުވާން ހަމަހަށް ވެފައި އޮއްވާ މިޒިޔަލް އިވްޔާ ގާތުގައި އިންނަން އެހިއެވެ. އަދި އިވްޔާއަށް 18 އަހަރު ވުމުން ލަސްތަކެއް ނުކޮށް އިވްޔާއަށް ކައިވެނި ކުރިއެވެ. މިޒިޔަލް އަބަދުވެސް އިވްޔާދެކެ ފުރިހަމައަށް ލޯބިވިއެވެ. އެކުގައި ހޭދަ ކުރެވުނު 4 އަހަރުގައި އެނޫނީ އިވްޔާ އެއީ މިޒިޔަލްގެ ހަޔާތުގައި “ނެތް” މީހެއް ކަމުގައި މިޒިޔަލް ދޮގު ހަދާފައެއް ނުވެއެވެ. އަބަދުވެސް އިވްޔާއަކީ އޭނާގެ ބައިވެރިޔާއޭ ބުނަމުން ދިޔައީ ފަޙުރުވެރި ކަމާއި އެކުއެވެ. ދެން މިރޭ މިޒިޔަލްއަށް މިވީ ކިހިނެތް ބާއެވެ؟ އިވްޔާއާއި އީވާ މަތިން މިޒިޔަލް ހަގީގަތުގައިވެސް ހަނދާން ނެތުނީ ހެއްޔެވެ؟

“ދެން އެހެންވެ ނަން ބުނެލަންވީނުން؟” މިޒިޔަލް ހިނިތުންވެލާފައި އެކުއްޖާ ގާތަށް ޖެހިލިއެވެ. “ހީވޭތަ ހަމަ އެކަނި ބޮހަކުން ޗަލާނެހެން؟” ބަދަލުގައި އެކުއްޖާވެސް ކޮއްލީ ސުވާލެކެވެ. އެކުއްޖާ އެބުނީ ކީކޭކަން މިޒިޔަލްއަށް ނަގައިގަނެވުނެވެ. އެކަން އެކުއްޖާއަށްވެސް އެނގުނެވެ. އެހެނަސް މިޒިޔަލްގެ މޫނު މަތިން ފެނުނީ އެކުއްޖާ ފެންނާނޭ ކަމަށް އުންމީދު ކުރި އިހުސާސްތަކެއް ނޫނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މަޢާފް އެދެމުން 40

Next

ފިނޮޅު ދަތުރު

Next
August 1, 2025

ފިނޮޅު ދަތުރު

Previews
July 31, 2025

މަޢާފް އެދެމުން 40

8 Comments!

  1. gurrrl_8 gurrrl_8 says:
    August 1, 2025 at 1:30 am

    btw he is cheating on herrr im going to tell ivvv miziyal is cheating eyy
    i hate himm vrhh dhera vehje alheyyy
    ekm mi part ves vrh nice ingeyyy when is next?/

    curriously waiting

    1. shihaamaa ali shihaamaa ali says:
      August 1, 2025 at 6:24 pm

      Hehe yea dhww
      Aslu ves how could heee
      Jazaakallah khairan dear
      Next in sha allah sunday ga
      Stay tuned

  2. girllyy_ says:
    August 1, 2025 at 6:38 am

    Mi part vx v reethi mashallah
    Mileen haadha goahey dhw aslu
    I think mileen hn ‘ekujja’ aky
    Soo curious omg
    When next?

    1. shihaamaa ali shihaamaa ali says:
      August 1, 2025 at 6:25 pm

      Ooo reallyy👀
      Balamaa dhw ahah
      Stay tuned for next episode ebaiga ingeyne “ekujja” aky kaaku kan
      In sha allah next on sunday

  3. aanaa says:
    August 1, 2025 at 11:25 am

    Masha allah mi part vs vrh reethi
    Alheyyy miliin n mizna kn faadakah tha e ulheny
    Mizyal kaeriah thi dhiyaii miliin tha?ehn jinn eh tha
    Mizyal plz ekahala kmh nukuraathii
    Soooo curious
    Hih dandanlaaeba
    When next?
    Lyy🫶

    1. shihaamaa ali shihaamaa ali says:
      August 1, 2025 at 6:26 pm

      Jazaakallah khairan dearr
      Dhw asluga vess
      Hehe stay tuned for next episode to find out
      Next on sunday
      Lytt

  4. darkqueen38 darkqueen38 says:
    August 2, 2025 at 9:55 am

    Mi part ves varah reethi.
    Mizyal jinni avaleetha?
    Storys getting more and more interesting.

    1. shihaamaa ali shihaamaa ali says:
      August 2, 2025 at 2:59 pm

      hehe jazaakallah khairan dear
      stay tuned for next to find outt what happens next

Comments are closed.

Next Episodeކަޅު ބުޅާ 16←


All Right Reserved!