“ހަހަ. ކަލެއަށް ފެނުނީކީ ހުވަފެނެއް ނޫން. އެއީ ހަމަ ހަގީގަތް. ކަލޭ ގުޅުން ހިނގީ މަށާއި އެކު” އަޑަށް ބާރު ލަމުން މިލީން ބުންޏެވެ. މިޒިޔަލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދެން ވާނީ ކިހިނެތް ހެއްޔެވެ؟ މިކަމުގެ ސަބަބުން އިވްޔާއަށް ގެއްލުމެއް ވެދާނެ ބާއެވެ؟ ނުވަތަ އީވާއަށް ގެއްލުމެއް ވެދާނެބާއެވެ؟ ނުވަތަ އޭނާއަށް ގެއްލުމެއް ވެދާނެ ބާއެވެ؟ ހުސް ޖަވާބެއް ނެތް ސުވާލުތަކެކެވެ.
(17 ވަނަ ބައި)
ޖެހިގެން އައި ދުވަހު ހެނދުނު މިޒިޔަލްގެ އޮފީސް އެންމެން ރަށަށް ފުރުމައް މަންޒިލް ފެށިއެވެ. އެންމެން ލަވަ ޖަހާ ހަދަމުން ދިޔަ އިރުވެސް މިޒިޔަލް އިނީ ނެގިމަޑުވެފައެވެ. އޭނާގެ ހަޔާތައް މިޖެހުނީ ކާކުގެ އެސްފީނާއެއް ބާއެވެ؟ ނޭނގި ހުއްޓާ މިދިމާވީ ކޮންކަހަލަ ކޮޅިގަނޑެއް ހެއްޔެވެ؟ ދެން އޭނާ ދިރިއުޅުމާއި ކުރިމަތި ލާނީ ކިހިނެތް ހެއްޔެވެ؟ އިވްޔާއަށް ކުރިމަތި ލާނީ ކިހިނެތް ހެއްޔެވެ؟ އީވާއަށް ކުރިމަތި ލާނީ ކިހިނެތް ހެއްޔެވެ؟ ހަސަންގެ ދުނިޔޭގައި އިވްޔާއަށް ދުވަހަކު ހިތާމައެއް ނުދިނުމައް މިޒިޔަލްވީ ވަޢުދާއި އަހުދު އުވާލެވިއްޖެ ކަމުގެ އިހުސާސް ކުރެވުމުން މިޒިޔަލް ހަގީގަތުގައިވެސް ދެރަވިއެވެ.
ހެނދުނު ސައިތައްޔާރު ކުރަމުން ދިޔަ އިވްޔާ ހުރީ އެކަން ކުރާހިތުން ނޫންކަން ބަލައިލީ ކޮންމެ މީހަކަށް އެނގޭނެއެވެ. ނަމަވެސް މިޒިޔަލް އެނބުރި އަންނަން ވާއިރަށް ލައިންކާނެ އެއްޗެއް ތައްޔާރު ކޮއްލަން އޭނާ ބޭނުމެވެ.
ގެއަށް ވަދެގެން އައި މިޒިޔަލްއަށް އިވްޔާ ބަދިގޭގައި އުޅޭ އަޑު އިވުނެވެ. އަތުގައި އޮތް ގަނޑަށް ބަލާލާފައި މިޒިޔަލް ފުރަތަމަ ވަނީ ކޮޓަރިއަށެވެ. އަދި ނިދިފައި އޮތް ކުޑަކުޑަ އީވާ އުރާލިއެވެ.
“ދަރިފުޅޫ.. ބައްޕިއަށް މަޢާފް ކުރޭ. ނޫން.. މަޢާފް ނުކުރާތި. ބައްޕި މިއީ މަޢާފެއް ލޯއިތްބެއް ހައްގު މީހެއްނޫން. މިއަދު ބައްޕި އެނބުރި މިއައީ މަންމިއަށް ބޭވަފާތެރިވެފައި. ދަރިފުޅަށް ބައްޕި ކަހަލަ ބައްޕިއެއް ހައްގެއްނޫން. މިއީ ބައްޕިގެ އަލްވަދާއު. ދަރިފުޅު ބޮޑުވެގެން ބަސްއަހާ ކުއްޖަކަށް ވައްޗޭ އިނގޭ. މަންމިއަށް ރަނގަޅަށް ހިތައްޗޭ. ބައްޕިގެ ފުރާނަކޮޅު. ވަރަށް ލޯބިވޭ”
އީވާގެ ހަށިގަނޑުގައި ބައްދައިގަނެގެން އިނދެ މިޒިޔަލް ކިތަންމެ އިރަކު ރުޔެވެ. ކަރުނަތައް ފުހެލާފައި މިޒިޔަލް އީވާ އެނދުގައި ބާއްވާލިއެވެ. ފުންނޭވާއެއް ދޫކޮށްލާފައި ކޮޓަރިން ނިކުމެގެން ދިޔައެވެ.
“ޔަލް…؟ އައީތަ؟ ނުވެސް އެނގޭ އައިކަމެއް؟” ބަދިގެއަށް ވައިން މިޒިޔަލް ފެނި އިވްޔާ ހިނިތުންވެލިއެވެ. އިވްޔާގެ ތުންފަތުގައިވީ ހިނިތުންވުން ފެނި މިޒިޔަލްގެ ހިތް މަރުވި ފަދައެވެ. މިވާހަކަ އިވްޔާ ގާތުގައި ބުނާނީ އޭނާ ކޮން ދުލަކުން ހެއްޔެވެ؟
“އަން. މީތި ފުރާލާ. މެންދުރު 12 ޖަހާއިރަށް އިންނާނެ އިވްޔާއަށާއި އީވާއަށް ދަތުރު ހަމަ ޖައްސާފަ” އަތުގައި އޮތް ގަނޑު އިވްޔާ އަތަށް މިޒިޔަލް ލައިދިނެވެ.
އިވްޔާގެ ދެލޯ ބޮޑުވިއެވެ. ދުވަހަކުވެސް މިޒިޔަލް އޭނާއަށް “އިވްޔާ” ގެ ނަމުން މުޙާތަބު ކޮއްފައެއް ނުވެއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އިވްޔާއަށް މުޙާތަބު ކުރީ “އިވް” ގެ ނަމުންނެވެ. އީވާއަށް “އީވީ” ކުރުކޮށް ކިޔަން ފެށީވެސް މިޒިޔަލްއެވެ. ކުއްލިއަކަށް އެހެން ބުނުމުން އިވްޔާ ހަމަ ރަނގަޅަށްވެސް ސިހިއްޖެއެވެ. ބިރުން ހުރެ އަތުގައި އޮތް ގަނޑަށް ބަލައިލިއެވެ. ފިރިމީހާގެ ބައި ފުރާފައި އޮތް ވަރީގެ ފޯމް ފެނި އިވްޔާއަށް އަނގަމަތީގައި އަތް އެޅުނެވެ. ހިތުގައި ތޫނު ތަދެއް އެރިއެވެ.
“ޔަލް… ކީ… ކީއްވެ…؟ ކޮބާ އިވްގެ ކުށަކީ؟” ނުރޯން މަސައްކަތް ކުރިނަމަވެސް އިވްޔާއަށް ރޮވުނެވެ. ހިތަށް އަސަރު ކުރިޔެވެ. ކެއް ނުވާ ވަރަށެވެ. ދުވަހަކުވެސް ނުވާ ވަރަށެވެ.
“އަހަރެން މިހާރު އިވްޔާދެކެ ލޯއިތްބެއް ނުވޭ! އެއް އިރެއްގައިވެސް ނުވޭ! ޒުވާން ކަމުގެ ޖޯށުގައި އުޅުނީމަ އޮޅުނީ! ދަތުރުގޮސް އުޅުނު އިރު ރައްޓެހިން އުޅުނުހެން މަވެސް އުޅެން ބޭނުންވަނީ! މަށަށް އަދި އެންމެ 20 އަހަރު! އަހަރެން ފިރިޔަކަށް، އަދި ބަފަޔަކަށްވެސް ވާން ތައްޔާރެއް ނޫން!”
މިޒިޔަލް ވާޙަކަ ދެއްކި އިރު އިވްޔާއާއި ދިމާލަށް ބަލައިވެސް ނުލައެވެ. އިވްޔާއަށް ކުރެވުނީ ދުރުހިލޭ މީހެއްގެ އިހުސާސެކެވެ.
ނަމަވެސް އިވްޔާ ޝަކުވާއެއް ނުކުރެޔެވެ. ފޯމު ފުރާލިއެވެ. އަދި މިޒިޔަލް އަތަށް ގަނޑު ދިނެވެ. “ޔަލް.. އިވް ވަރަށް ވަރަށް ލޯބިވޭ ޔަލްދެކެ. ދުވަހަކުވެސް އެހެންމީހަކު ދެކެ ލޯއިތްބެއް ދެން ނުވެވޭނެ. އެހާ ބޮޑަށް ޔަލްދެކެ އިވް ލޯބިވޭ. ޔަލް. އިވް އުންމީދު ކުރަން ޔަލްއަށް ލޯބިވާނެ ބައިވެރިއަކު ލިބޭނެ ކަމަށް. ޔަލް. އީވީއެއީ އިވްގެ ހަޔާތުގައި ލިބުނު އެންމެ މާތް، އެންމެ އަގު ހުރި ހަދިޔާ. އެކަމަށް ޔަލްއަށް ފަށްފަށުން ޝުކުރު އަދާ ކުރަން. އިވްގެ އޮތީ އެންމެ އެދުމެއް. އިވްދެކެ ޔަލް ލޯބި ނުވިޔަސް ވެސް، އީވީ އެކަނިކޮށް ނުލައްޗޭ. އީވީއަށް ބައްޕައެއްގެ ލޯބި ދެއްޗޭ. ހެޔޮނުވާނެ…”
އިވްޔާ ބިމަށް ތިރިވެ މިޒިޔަލްގެ ފައިގައި ހިފާ، ރޮމުން ވާހަކަ ދެއްކިއެވެ. ނަމަވެސް އިވްޔާގެ ވާހަކަތަކުން މިޒިޔަލްއަށް އެއްވެސް އަސަރެއް ކުރިހެނެއް ހިޔެއް ނުވެއެވެ.
“ކަލޭ ބީރީތަ؟ މަމިބުނީނުން މަ ބައްޕައަކަށް ވާކަށް ބޭނުމެއް ނޫނޭ؟ ކަލޭގެ ތި އަގު ހުރި ހަދިޔާ ހިފައިގެން ރައްކާ ވީމަ އެވީނުން؟ ދާން އުޅޭ މަގޭ ލޯކުރިމަތިން” އިވްޔާގެ ބަނޑުގައި ކޮޅުފައިން ޖަހައިގަންފައި މިޒިޔަލް ގެއިން ނިކުމެގެން ދިޔައެވެ.
އެވަގުތު ކުޑަކުޑަ އީވާ ރޯއަޑު އިވެން ފެށިއެވެ. ބަނޑުގައި އަތް އަޅައިގެން ކުރުގެޅިފައި އޮތް އިވްޔާ ތެދުވީ ކުއްލިއަކަށެވެ. ކޮޓަރިއަށް ވަދެ ކުޑަކުޑަ އީވާ އުރާލިއެވެ. “އަވަހައް ހުއްޓާލާ މަންމި ދޫނީ” އަމިއްލަ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އިވްޔާ ވާހަކަ ދެއްކިއެވެ.
އީވާއަށް ގާތުން ދީފައި އިވްޔާ މަސައްކަތް ފެށީ ފުރަން ދިޔުމަށް އެއްޗެހިތައް ތައްޔާރު ކުރުމަށެވެ. ހުއްޓި ނުހުރެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔަ އިރު އިވްޔާގެ ހިތަށް ކުޅަދާނަ ވާވަރެއް ނޫނެވެ. އޭނާ އެހާ އިންތިޒާރު ކުރި ދިރިއުޅުމަކީ މިއީ ހެއްޔެވެ؟
ފޮށި ތަންމަތި ތައްޔާރު ކުރެވުމުން އިވްޔާ ރީތިވެލިއެވެ. އަދި އީވާ ރީތިކޮއްލާފައި ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ. ދޮރާ އަރާ ހަމަވެފައި އިވްޔާގެ ފިޔަވަޅުތައް ހުއްޓުނެވެ. ފަސް އެނބުރި ބަލާލިއެވެ.
އެކޮޓަރި ތެރޭގައި އިވްޔާ މިޒިޔަލްއާއި އެކު ހޭދަ ކުރީ ކިހާ އުފާވެރި ވަގުތު ތަކެއް ހެއްޔެވެ؟ ދުވަހަކު ވަކި ނުވުމައް އެތަކެއް ވަޢުދާއި އަހުދުވިއެވެ. ނަމަވެސް އެހުރިހާ ކަމެއް ވިއްސިވިހާލި ވެގެން އެދިޔައީ ބަސް ބުނާހާ އަވަހަށެވެ. ބޮޑަށް ރޮވެން އުޅޭހެން ހީވުމުން އިވްޔާ ނިކުތެވެ. ގެއިން ނިކުމެ ފަހު ފަހަރަށް ގެއާއި ދިމާލަށް ބަލައިލީ ކަރުނަވީ ލޮލުންނެވެ.
ބަރާބަރު 12 ޖެހި އިރު އިވްޔާ ހުރީ ބަނދަރުގައެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި ހިންމަފުއްޓައް ދިޔުމައް ދަތުރު ފެށުނެވެ. ލޮލުގެ ހިމަކޮޅުން ހުރާ ގެއްލެންދެން އިވްޔާ ބަލަން އިނެވެ. އިވްޔާ އެދިޔައީ މިޒިޔަލްއާއި އެކު ހޭދަކުރެވުނު އުފާވެރި ވަގުތުތައް ހުރާގެ ފަސްގަނޑުގައި ވަޅުލާފައެވެ. ކުޑަކުޑަ އީވާއަށް ޓަކައި ކެތް ކުރަން އަޒުމް ކަނޑައަޅައިގެންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Masha allah mi part vs vrh reethi
Alhe nooo
Kiihve tha divorce form furanyy😭😭😭😭😭
Iv ah vi goi kiyai dhinnama
Plz e dhemiihun gulhuvahcheyyy
E kudakuda evy r dheytherey vs nuvisnaey 😭😭😭😭
Ekahala mistake eh hedhunas I’m sure iv yal ah ma’af kuraane
Part 16 n 17 kiyaafa mizyal dheke rulhi eba aadhey😡
Rulhigan mihaar mihury enme mathyyy
Thi mixna,adhan mnge kanthakeyyy
Curiously waiting
When next? Lyy🫶
jazaakallah khairan dearrr
😭😭😭😭
haha balamaa dhw dhn what happens
stay tuned for next
next episode on wednesday in sha allah
lyt
Alhey hama aslah vx rovijje mi part kiyaafa
Mizyal ehen hadhaakah nuvaane ennu
Poor ivya n eyva
Btw mi part vx v reethi mashallah
awww sooo sorry rovvaalevunyma 😭
balamaa dhw dhen vaagoi
jazaakallah khairan dearr
mashallah mi part ves hama vrh furihama
alhe shiherrr I was cringg miziyal hama ivv aa divorce v tha so sad 😔
I hope one day adhi miziyal ah visnigen alun iv gaathah ahnaane
kithenme goas koh kanthah kuraameehakuves fahun rangalhu vedhaane ehnu
I ah heevani yal ves rangalhu vaane hen btw when is next
im curiouslyy waiting for the next ep
keep it up
lyyy tcc
jazaakallah khairan dearr
yeaa they divorced now :(((
hehe balamaa dhww dhn vany kyh thww
stay tuned for next in sha allah tmrw
lyt tc2
Mi part kiyaafa rovvaifi,
Mizyal and ivya divorce?
Then kuda kuda eevaa yoa?
E loabi aailaa roolhuni sihuru ge sababun.
Next part ga miznaa aaa aadhanu ah rangalhu aniyaa eh dheebala.
awlheyyy sorrryyyy rovvaalevunyma :((((((((((
dhn balamaa dhw vany kihineh thw
stay tuned for next episode
Heyyyyy shihaaaa dhoonyaa kihineh tha thi hedhyyyyy I cried Soo much 😭😭 when’s next??????? If u dont mind me asking are yu a doc??Next kiyaa hithun mioh avadhi vanyyy eyh 😫
Heyyy ghost girll
Alheyyy sorryyy rovvalevunymaa🥺🥺
Next epiosde already outt
Hehe yea but i am currently studying not official yet🥰