Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ 16

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
August 3, 2025 3 Mins Read
4 Comments

“ދެން އެހެންވެ ނަން ބުނެލަންވީނުން؟” މިޒިޔަލް ހިނިތުންވެލާފައި އެކުއްޖާ ގާތަށް ޖެހިލިއެވެ. “ހީވޭތަ ހަމަ އެކަނި ބޮހަކުން ޗަލާނެހެން؟” ބަދަލުގައި އެކުއްޖާވެސް ކޮއްލީ ސުވާލެކެވެ. އެކުއްޖާ އެބުނީ ކީކޭކަން މިޒިޔަލްއަށް ނަގައިގަނެވުނެވެ. އެކަން އެކުއްޖާއަށްވެސް އެނގުނެވެ. އެހެނަސް މިޒިޔަލްގެ މޫނު މަތިން ފެނުނީ އެކުއްޖާ ފެންނާނޭ ކަމަށް އުންމީދު ކުރި އިހުސާސްތަކެއް ނޫނެވެ.

(16 ވަނަ ބައި)

މިޒިޔަލްގެ މޫނުމަތިން ފެނިގެން ދިޔައީ ހިތްހަމަ ޖެހުމެވެ. އެކަމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމެވެ. އެކަމަށް އޭނާވެސް ބޭނުންވެފައިވާ ކަމެވެ. މިޒިޔަލް އެއްފިޔަވަޅު ކުރިޔަށް ޖެހިލިއެވެ. ލައިގެން ހުރި ޓީޝާޓު ބާލަން ހިފާލިއެވެ. ނަމަވެސް އެކުއްޖާ މިޒިޔަލް ހުއްޓުވިއެވެ. “މިތާގަތަ ހުންނަނީ؟ ވަރަށް ފަސޭހައިން މީހުނަށް ފެންނާނެ؟” އެކުއްޖާ ދެފަރާތް ބަލައިލަމުން ބުންޏެވެ. މިޒިޔަލް އެކުއްޖާގެ އަތުގައި ހިފައިގެން ޖަންގަލި ތެރެއަށް ވަނެވެ.

އެކުއްޖާގެ އަތުގައި ހިފައިގެން ހިނގައިގަން މިޒިޔަލްގެ މޫނު މަތީގައި ހިނިތުންވުމެއް ވިޔެވެ. އެކުއްޖާގެ މޫނުމަތީގައިވެސް މެއެވެ. ނަމަވެސް އެހިނިތުންވުން ތަފާތެވެ. ކުޑަހިނދުކޮޅެއް ތެރޭގައި އެކުއްޖާގެ ލޮލުގައި އިން ކަޅި ގެއްލި ދެލޯ ހުދު ކުލައިން ދިއްލުނެވެ. ނަމަވެސް އެތަނެއް މިޒިޔަލްއަކަށް ނުފެނުނެވެ.

މިޒިޔަލް ފޯނު ނުނެގުމުން އިވްޔާ ވަރަށް މާޔޫސް ވިއެވެ. މިޒިޔަލްއަކީ އޮފީހުގައި އުޅުނަސް އަބަދުވެސް އިވްޔާ ގުޅައިފި ނަމަ ޖަވާބު ދާރީ ވާމީހެކެވެ. ފޯނު ނުނެގޭނެ ނަމަ މެސެޖަކުންވެސް މެއެވެ. އިވްޔާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. ނިދިފައިވެސް އޮވެދާނޭކަމަށް ވިސްނާ ހަމަޖެހިލިއެވެ.

އޭރު ގަޑިން 1 ޖެހީއެވެ. އެހެން ކަމުން އިވްޔާ ނިންމީ އެތަނުން ނިކުންނާށެވެ. ހައިބޮޑުވެގެން އީވާ އޭނާ އަތުން ވެއްޓިދާނެ ކަމުގެ ބިރުހީވުމުންނެވެ. ނަސީބަކުން މިލީންއަދި މިޒްނާގެވެސް އެއްވެސް ހިލަމެއް ނެތެވެ. އިވްޔާ ދޮރު ތަޅުލިޔެވެ. ކުޑަކުޑަ އީވާ އެނދުމަތީގައި ބާއްވާލާފައި އިވްޔާ ބަތްކޮޅެއް ބަލާ ދިޔައެވެ. ކެއީވެސް ކޮޓަރީގައި އިނދެގެންނެވެ. އީވާ ހިނދުކޮޅަކަށްވެސް އެކަނި ދޫކޮށްލަން ބޭނުން ނުވާފަދައެވެ.

ދެލޯ މެރިފައި އޮތް މިޒިޔަލްއަށް ލޯހުޅުވާލެވުނެވެ. އޭނާ އޮތީ ގަސްބޯ ޖަންގަލި ތެރޭގައެވެ. ނަމަވެސް އޭނާއަށް އޮވެވުނު ދިމާ މަތިން ހަނދު ފެންނަމުން ދިޔައެވެ. ރެއަކީ 15 ވިލޭރޭކަމުން އެހާ އަނދިރި ކަމަކަށް ނުދައްކައެވެ. މާއަލި ގަދަ ނޫނަސްވެސް ތަންދޮރު އިނގޭ ވަރުވެޔެވެ. މިޒިޔަލް ތެދުވެ އިށީނެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް ނިވާ ކަމެއް ނެތުމުން މުޅި ހަށިގަނޑުގައިވީ ލަކުނުތައް މިޒިޔަލްގެ ލޮލުގައި އަޅައިގަތެވެ. ދެން މިޒިޔަލްގެ ދެލޯ ހޯދާލީ އެކުއްޖާއެވެ. ނަމަވެސް އެކުއްޖާގެ އެއްވެސް ހިލަމެއް އެތަނުގައި ނެތެވެ. އެކުއްޖާ ކޮބައިބާއެވެ؟

ބިންމަތީ އެތަން މިތަނަށް އުކާލެވިފައިވީ މިޒިޔަލްގެ ސޯޓާއި ޓީޝާޓު ލުމަށް މިޒިޔަލް އަވަސް ވެލިއެވެ. ސޯޓު ލައިފައި އިރުކޮޅަކު ޓީޝާޓު ހޯދަން ޖެހުނެވެ. ކަޅު ކުލައިގެ ޓީޝާޓަކަށް ވުމުންނެވެ. ހިނދުކޮޅެއް ފަހުން މިޒިޔަލްއަށް އޭނާގެ ޓީޝާޓުވެސް ފެނުނެވެ. ލަސް ހިނގުމުގައި ޓީޝާޓު ނެގުމަށް ދިޔައެވެ. ނަމަވެސް އެވަގުތު ކަޅު ބުޅަލެއް ގޮސް އޭގެ މަތީގައި އޮށޯވެ ހަމަ ޖެހިލިއެވެ. ކެހެރިތައް ބޯ އެކަޅު ބުޅާ އޮތީ އޭތީގެ ރަތް ދެލޮލުން މިޒިޔަލްގެ މޫނަށް ބަލަންށެވެ.

“ޝޫ. ޝޫ. ދާން އުޅޭ” ބިންމަތިން ނެގި ގޮފިކޮޅަކުން މިޒިޔަލް އެބުޅަލުގައި ކޮއްޓާލިއެވެ. ކުއްލި އަކަށް އެބުޅާ ހޭރިގަތެވެ. މަޑުމަޑުން ކަޅު ދުންގަނޑަކަށް ބަދަލުވިއެވެ. ހިނދުކޮޅަކު މިޒިޔަލްއަށް ތަނެއް ދޮރެއް ނޭނގޭ ވަރުވިޔެވެ. ކަޅު ބޯ ވިލާތަކުން ފުރިހަމަ ހަނދު ގެއްލުނެވެ. މުޅި ތަނަށް އަނދިރިކަން ވެރިވިޔެވެ.

އެއަނދިރި ކަމަށް ދެލޯ ހޭނުމަށް އިރުކޮޅެއް ހޭދަވިޔެވެ. ފުންނޭވާތަކެއް ލަމުން މިޒިޔަލް ކުރި ބަލާލިއެވެ. ފެނިގެން ދިޔަ މަންޒަރުން މިޒިޔަލްއަށް ކަރުބުޑުން ހަޅޭ ލަވައިގަނެވުނެވެ. ބިންމައްޗައް ގުޅައަކަށް ޖެހިގަނެވުނެވެ. ހަޔާތުގައިވެސް އެހާ ބިރުގަންދުވަހެއް އައިހެނެއް ހިޔެއް ނުވިއެވެ.

މިޒިޔަލްގެ ކުރިމަތީގައި ހުރީ ބިރުވެރި ފުރޭތައެކެވެ. ކަޅު ކުލައިގެ ކެހެރިތައް މުޅި ހަށިގަނޑުގައިވީ އިރު ކޮނޑުގައި ދިގު ފިޔަގަނޑުތައް އިނެވެ. ހަށިގަނޑުގައި އިން ދިގު ނިގޫ ތަޅުވަމުން ދިޔަ އިރު ލޭގަނޑެއްފަދަ ދޫނެރެލަ ނެރެލަ ހުއްޓެވެ. ތޫނު ދިގު ދަތްތައް އަނގައިން ބޭރުގައި ހުރި އިރު ބޮލުމެދުގައި ދަޅެއް އިނެވެ. ދެލޮލުގައި ކަޅިއެއް ނެތް އިރު ހުދު ކުލައިން ވަނީ ދިއްލިފައެވެ. އިސްކޮޅުން ދިގު ކަމުން ތަނުގައި ހުރި ބޮޑެތި ނިކަ ގަސްތައްވެސް އޭތީގެ ކުރިމަތީގައިވަނީ ކުދި ވެފައެވެ. އެހެނަސް އޭތީގެ ފައެއް ބިމަކު ނުޖެހެއެވެ.

މިޒިޔަލްގެ ހަރަކާތް ތަކުން އޭނާ ހުރީ ބިރުގަންފައިކަން އެއެއްޗައް ދެނެގަނެވުނެވެ. އޭތި ޖަހާލީ ހިނިގަނޑެކެވެ. އެއަޑު ބާރުކަމުން މިޒިޔަލްއަށް ކަންފަތުގައި އަތް އަޅާލެވުނެވެ.

“މިހާރު ކޮން ބިރެއް ތިގަންނަނީ؟ މިއަދު ހަތަރު ދަމު މަށާއި އެކީ އުޅުނު އިރު ނުގައިން ބިރެއް މިހާރު ކީއްވެތިގަންނަނީ؟ ކަލޭމެން އިންސާނުންނަކީ ހާދަ ހެއްވާ ބައެކޭ. ފުރަތަމަ އަހަރެން ފެނުނީމަ އައީ ރުޅި. ދެން ހުރީ އަހަރެންނާއި ހެދި މޮޔަވެފައި. ލޯބިވާ އަނބިމީހާ ގުޅީމައިވެސް އަޅާނުލީ. އެންމެ ފަހުން އަންބެއް ނެތޭވެސް ބުނީ. މިހާރު ތީނީ ބިރުން ކުޑަކަމު ދެވޭ ވަރުވެފައި. ހަހަ” “އޭތި” ވާހަކަ ދެއްކީ މަލާމާތުގެ ރާގަކަށެވެ. މިޒިޔަލް އޭރު ހުރީ ބިރުން ރޮވޭ ވަރު ވެފައެވެ. ނަމަވެސް އޭތީގެ ވާހަކައާއި މެދު ވިސްނާލެވުނެވެ.

ފުރަތަމަ ފެނުމުން ރުޅި އައި ވާހަކަވެސް ބުނެފިއެވެ. ކުރިން މިޒިޔަލްއާއި “އޭތި” އާއި ދިމާވީ ހެއްޔެވެ؟ ނޫނެކެވެ. މިއަދު އެފެނުނީ ދުވަހަކުވެސް އޭނާ ދުންމީހެއް ނޫނެވެ. “ތީ… ތިއީ ކާކު؟” އެންމެ ފަހުން ހިތްވަރު ކޮއްލާފައި މިޒިޔަލް ސުވާލު ކުރިޔެވެ.

“ހަހަހަ މިއީ މިލީން! ކަލޭ މަންމަ ކަލޭ ދެވަން އުޅުނީވެސް މަށަށް. ކަލޭ މިއަދު ހުރިހާ ވަގުތެއް ތިހޭދަ ކުރީވެސް މަށާއި އެކު. ހަހަހަ” މިލީން ހެމުން ހެމުން ވާޙަކަ ދެއްކިއެވެ. “ކީއްވެ… ކީއްވެ މަގޭ ފަހަތުން އަޅައިގަނެގެން ތިއުޅެނީ؟” ބިރުން ހުރި ނަމަވެސް މިޒިޔަލް އެކަމާއި ކުރިމަތި ލިޔެވެ.

މިޒިޔަލްގެ ސުވާލާއި އެކު މިލީން މަޑުވިއެވެ. މަޑުމަޑުން ކުޑަވަމުން އިންސާނެއްގެ ސިފަ ޖެހުނެވެ. އެއީ މިޒިޔަލްއަށް ފެނުނު މިލީންއެވެ. މިލީން މިޒިޔަލްއާއި ކުރިއަށް ޖެހިލިއެވެ. މަޑުމަޑުން މިޒިޔަލްގެ އަތުގައި ހިފާ މިލީންގެ ބަނޑުގައި އެއަތް ޖައްސާލިއެވެ.

“މިއީ ކަލޭގެ ލޭހިނގާ ދަރިއަކަށް ވީމަ. އާނ. އަހަރެން މީނީ ކަލޭގެ ދަރިއަކަށް ބަލިވެ”

“ނުވާނެ ތިހެނެއް!” މިލީންގެ ޖަވާބާއި އެކު މިޒިޔަލްއަށް އޭނާގެ އަތް ދަމައިގަނެވުނެވެ. “އެންމެ ރެއަކު އެއްދާން ކޮއްގެން ހަމަ އެރެއިން އެރެއަށް ބަނޑުބޮޑުވޭތަ؟” މިޒިޔަލްއަކަށް އެވާހަކަ ގަބޫލެއް ނުކުރެވުނެވެ.

މިލީން އެއްމިޔަކުން ހީލިއެވެ. “ތިހެންޏާމުން އަހަރެންގެ ސުވާލައް ޖަވާބުދީ” މިލީން ދެއަތް އުރާލިއެވެ. “ކަލޭ އިވްޔާ ހިންމަފުށީގައި ބަހައްޓާފައި ރަށަށް އައިފަހުން ކޮންމެ ރެޔަކު ހުވަފެނެއް ފެންނަ ހަނދާނެއް ވޭތަ؟” މިލީންގެ ސުވާލާއި އެކު މިޒިޔަލްގެ ނޭވާ ހުއްޓޭ ގޮތް ވިއެވެ. ބިރުގަނެ ހަށިގަނޑު ރޫރޫ އަޅާލިއެވެ.

“ހަހަ. ކަލެއަށް ފެނުނީކީ ހުވަފެނެއް ނޫން. އެއީ ހަމަ ހަގީގަތް. ހުވަފެނެއްގެ ސިފައިގަ އަދި ކަލެއަށް ފެނުނީ އިވްޔާ ނަމަވެސް ކަލޭ ގުޅުން ހިނގީ މަށާއި އެކު” އަޑަށް ބާރު ލަމުން މިލީން ބުންޏެވެ.

މިޒިޔަލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދެން ވާނީ ކިހިނެތް ހެއްޔެވެ؟ މިކަމުގެ ސަބަބުން އިވްޔާއަށް ގެއްލުމެއް ވެދާނެ ބާއެވެ؟ ނުވަތަ އީވާއަށް ގެއްލުމެއް ވެދާނެބާއެވެ؟ ނުވަތަ އޭނާއަށް ގެއްލުމެއް ވެދާނެ ބާއެވެ؟ ހުސް ޖަވާބެއް ނެތް ސުވާލުތަކެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ރަށުގެ ދުލުން

Next

ޝަކުވާ ( ޓްރެއިލަރ )

Next
August 3, 2025

ޝަކުވާ ( ޓްރެއިލަރ )

Previews
August 2, 2025

ރަށުގެ ދުލުން

4 Comments!

  1. darkqueen38 darkqueen38 says:
    August 3, 2025 at 10:56 am

    Mihaaru biru ganejje.
    Mileen akee jinni eh.
    Mizyal ah jinni kujjeh ves libeneetha?
    Mi part ves varah reethi.

    1. shihaamaa ali shihaamaa ali says:
      August 3, 2025 at 1:12 pm

      Hehe
      Yepp😭
      Jazaakallah khairan

  2. aanaa says:
    August 3, 2025 at 12:26 pm

    Masha allah mi part vs vrh reethi
    Alheyyyyy… Nooo mizyal kiih thi kuryy
    Miliin inehnu rashuga mizna kaery vs…mihaaru mizyal kaery
    Bolun dhun eba araa rulhiaisgen gos
    Ekm haadha biruveri ey eythi sifa kohdhinleh
    Vrhhh curious
    When next?
    Lyyy🫶

    1. shihaamaa ali shihaamaa ali says:
      August 3, 2025 at 1:13 pm

      Jazaakallah khairan dearr
      Hehe jinni akh dheveynehnun😭
      Hehe stay tuned for next to find out
      Next tmrw
      Lytt

Comments are closed.

Next Episodeކަޅު ބުޅާ 17←


All Right Reserved!