
ހިތުގެ ނާރުތަކުގާވެސް ތިބާ… 17

“ކީއްތަ ތިކުރީ؟ ރަނގަޅަށް ހަފައިގެން ކާނީ އިނގޭ…؟” ޔަލާން ވަރަށް ލޯބިން ބުންޏެވެ. ނިލީޝާއަށް ހުރެވުނީ ދެލޯ ބޮޑު ކޮއްގެން ޔަލާންގެ މޫނަށް ބަލަންށެވެ. ޔަލާން ހީލާފައި ނިލީޝާގެ މޫނުގައި ފިރުމާލިއެވެ. “ހެހެ އެއްޗެއް އިނީތަ އަނެއްކާ މޫނުގަ؟” ޔަލާން މޫނުގައި އަތް ޖައްސާލިއެވެ.
“އޭން..؟ ނޯ.. ނޫން..” އަޅަ އަޅައި ގަންނަމުން ނިލީޝާ ބުންޏެވެ. ޔަލާންއަށް ހެވުނެވެ. “ކާނަންތަ؟” ނިލީޝާ އެއްސެވެ. “ނޫން. ފަހުން ކާނީ. މެންދުރު އަހިސް ކާލި ކާލީނުން އަދިވެސް ހަމަ ފުރިފަ” ޔަލާން ބުންޏެވެ. ނިލީޝާ ހީލާފައި ތަށި ހިފައިގެން ބަދިގެއާއި ދިމާލަށް ދިޔައެވެ.
(17 ވަނަ ބައި)
“އޭ؟ ކޮންތާކަށް؟” ޔަލާން ނިލީޝާ އަތުގައި ހިފާ ހުއްޓުވިއެވެ. “މިތަށި ދޮންނާށޭނުން…؟” ނިލީޝާ ނިތް ހިއްލާލަމުން ބުންޏެވެ. “ގެނޭ ލާން އަތަށް. ނިލީ ދޭ އޮށޯވެލަން..” ނިލީޝާ އަތުން ތަށި އަތުލަމުން ޔަލާން ބުންޏެވެ. ނިލީޝާ ޔަލާންއަށް ބަލައިލަމުން އަނގަ މަތީގައި އަތް ޖައްސާލިއެވެ.
އެވަގުތު ނިލީޝާގެ ތުންފަތް ކަނުގައި ހޭކިފައި ހުރި ކްރަމްޕީ ކޮޅު ޔަލާންގެ ލޮލުގައި އަޅައިގަތެވެ. ދެފަރާތް ބަލާލާފައި ހިނިތުންވުމަކާއި ނިލީޝާގެ ތުންފަތް ކަނުގައި ލޯޅާލިއެވެ. ޔަލާން…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.