“ކޮބާ ހުރިހާ އެއްޗެއް ތައްޔާރުކޮށް ނިމުނީތަ؟” މިޒިޔަލް އެއްސެވެ. އިވްޔާ ބޯޖަހާލިއެވެ. “އާހް.. ވަރަށް ތަފާތު އިހުސާސެއް މިހާރު ކުރެވެނީ. އެއް އަހަރާއި ހަތް މަހުގެ ދިގު އިންތިޒާރަކަށް ފަހު އަހަރެމެންގެ އުންމީދުގައި ކުލަ ޖެހި، މިއަދު އެކަން މި ފުރިހަމަ ވަނީ.. އަލްހަމްދުލިއްލާހި” އިވްޔާގެ ދެލޮލުގައި ކަރުނަ ފާއްދާލިއެވެ. މިޒިޔަލް ހީލާފައި އިވްޔާގެ ހަށިގަނޑުގައި ބައްދާލިއެވެ.
(13 ވަނަ ބައި)
މިލީކް އޭނާގެ ފިޔަގަނޑުގެ އެހީގައި އެނބުރި “މިސްޓްރީ” ގެއަށް ވަނެވެ. ގޭތެރޭގައި ހުރި ގަސްބޯ ދިމާލަށް މިލީކް ދިޔައެވެ. އޭރު ބިންމަތީގައި އިށީންދެލައިގެން މިލީން އިނެވެ. ދަށް ބަނޑުގައި އަތް އަޅާލައިގެން އިން އިރު މިލީންގެ ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ.
“އަހަރެން މިހުރީ މިލީންދެކެ ވަރަށް ހިތް ހަމަ ނުޖެހިފައި” މިލީކް ދުރުބަލާލަމުން ވާހަކަ ދެއްކިއެވެ. މިލީން އިސް އުފުލާ މިލީކްއާއި ދިމާލަށް ބަލައިލިއެވެ. އެދެލޮލުގައި ކަރުނައިގެ ކޯރެއް ހެދިފައި ވިޔެވެ. އެދެލޮލުން ހިތުގައި ނަގަމުންދިޔަ ވޭނީ ކޮޅިގަނޑުގެ މަންޒަރު ފެންނަމުން ދިޔައެވެ.
“އަދިވެސް އަހަރެން ދެކެތަ ރުޅި އަންނަންވީ؟” މިލީން ސުވާލު ކޮއްލިއެވެ. އެއަޑުގައި ވޭނާ އުދާސް ވިއެވެ. “އާން! ކީއްވެ މިއަދު މިޒިޔަލް ގާތުގައި މިލީން ބަނޑުބޮޑު ވާހަކަ ނުބުނީ؟” މިލީކްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. މިލީން ހިތްވަރު ކޮއްލާފައި ތެދުވިޔެވެ.
“ކީއްކުރަން؟ މިއީ އަހަރެންގެ ދަރިފުޅު. މިއީ މިޒިޔަލްގެ ލޭ ވިޔަސް މިދަރިފުޅުގެ އެއްވެސް ހިއްސާއެއް މިޒިޔަލްއަކަށް ނޯންނާނެ. މިކަން މިއީކީ އަހަރެން ބޭނުން ވެގެންވެސް ފެށި ކަމެއް ނޫނެއްނުން؟ މިލީކް ވެސް ހިކާއާއި ކީޝްގެ ސަލާމަތަކަށް ނޫންތަ ތިއުޅެނީ؟ މިލީކްއަށްވެސް އެނގޭނެ. މިއީ މިޒިޔަލްގެ ކުއްޖަކަށް ވިޔަސް މިއީ އިންސާނެއްނޫން ކަން. މިދަރިފުޅު އޭނާއަކަށް ނުބެލޭނެ. އަހަރެން ބޭނުމެއް ނޫން ރުގްޔާގެ ތެރެއިން މިދަރިފުޅު ނެތިގެން ދާކަށް” މިލީން ވާހަކަ ދެއްކިއެވެ. ކީޝްއަކީ މިލީކްގެ އަންހެނުންނެވެ. ޝީންއަކީ މިލީކްގެ ދަރިފުޅެވެ.
މިލީކް އިސްޖަހާލިއެވެ. ހަގީގަތުގައި ދެން ބުނާނޭ އެއްޗެއް ނޭނގުނީއެވެ. މިލީކްއާއި މިލީންއަކީ އެއްބަނޑު އެއްބަފާ ދެޖިންނިއެވެ. އާދަނުގެ ސިހުރުގެ ބައިވެރިންގެ ގޮތުގައި މިލީކްއާއި މިލީން ގެނެވުނީ ބިރުދައްކައިގެންނެވެ. މިލީކްއަށް ބިރު ދެއްކީ ކީޝްއާއި ހިކާ މަރާލާނެ ކަމުގެ ބިރެވެ. ކީޝްއާއި ހިކާ މިހާރު ވަނީ އާދަނު ހިލިހިލާ ޖަހާފައެވެ. މިލީންއަށްވެސް ވީއެހެންނެވެ. މިލީކް މަރާލާނެ ކަމުގެ ބިރެވެ.
“ދެން؟ މިލީން ކީއްކުރަން ތި ވިސްނަނީ؟ މިރޭ އިވްޔާ ބަނޑުގައި ރިއްސަން ފަށާނެ. މާދަމާ އިރު އަރާ އިރު އިވްޔާ ހުންނާނީ ވިހާފައި. މިލީން އަޅާނުލަން ހުއްޓަސްވެސް މިލީންގެ ބަނޑުގައި ތިއޮތް ދަރިފުޅުގެ ގޯނާ އެކުއްޖާއަށް ކޮންމެވެސް ދުވަހަކުން ޖެހޭނެ!” މިލީކް ހަނދާން ކޮއްދިނެވެ.
ދަންވަރުގެ ވަގުތެވެ. ނިދިފައި އޮތް އިވްޔާއަށް ހޭލެވުނީ ބަނޑުގައި ރިއްސަން ފެށުމުންނެވެ. ދަށް ބަނޑުގައި އަތް ޖައްސާލަމުން އިވްޔާ ތެދުވެ އިށީނެވެ. ދެފައި ދޭތެރެ ތެމިފައި ހުރުމުން ވަގުތު ޖެހިއްޖެކަން އިވްޔާއަށް ދެނެގަނެވުނެވެ.
“ޔަލް… އިވް… އިވް ގޮވައިގެން ހޮސްޕިޓަލަށް ހިނގާބަ. އިވްގެ ވޯޓާރް ބްރޭކް ވެއްޖެ” އިވްޔާ މިޒިޔަލްއަށް ގޮވާލާފައި ބުންޏެވެ. މިޒިޔަލް ކޮޅަށް ޖެހުނީ ކުއްލިއަކަށެވެ. އަވަސް ގޮތުގައި އިވްޔާ ހޮސްޕިޓަލަށް ގެންދެވުނެވެ.
ވިއްސާ ކޮޓަރި ތެރޭގައި އޮތް އިވްޔާ ދިޔައީ ކެތް ކުރަމުންނެވެ. ފުންނޭވާ ތަކެއް ދޫކުރަމުން ދިޔަ އިރު އިވްޔާއަށް ދިޔައީ ރޮވެމުންނެވެ. ނަމަވެސް އިވްޔާ ވިހޭ ތުއްތު ފުރާނައިގެ ރުއިމުގެ އަޑާއި އެކު އިވްޔާގެ ހަށިގަނޑުން ހުރިހާ ވޭނެއް ފިލާ ދިޔަ ފަދައެވެ.
އިވްޔާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް އެކު އެކީގައިހެން ލުއި ލިބުނު ފަދައެވެ. ވޭނާއި އުދާހުގައި އިވްޔާގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަ ތިކިތަށް އުފާވެރި ކަމުގެ ކަރުނައަށް ބަދަލުވީ ބަސް ބުނާހާ އަވަހަށެވެ.
“މަރްހަބާ، އަންހެން ކުއްޖެއް” ނަރުސް ކުއްޖާ ބުނެލިއެވެ. އަދި އިވްޔާގެ މޭމަތީގައި އެކުއްޖާ ބާއްވާލިއެވެ. އެއާއި އެކު އެތުއްތު ކުއްޖާ ދެލޯ ހުޅުވާލާފައި އިވްޔާގެ މޫނަށް ބަލައިލިއެވެ. އިވްޔާ ހިނިތުންވެލާފައި އެފުރާނައިގެ ކުޑަ ކުޑަ އަތުގައި ހިފާލިއެވެ.
“މަންމި ލޯބި. މަންމިގެ އީވާ. ދަރިފުޅޫ.. ތިއީ މަންމި ވަރަށް ބޭނުން ވެގެން ހޯދި ކުއްޖެއް. ދަރިފުޅު ވާނެ ވަރަށް ބަސް އަހާ ކުއްޖަކަށް ވާން އިނގޭ؟” އީވާގެ ނިތުގައި ބޮސް ދެމުން އިވްޔާ ވަރަށް ލޯބިން ބުންޏެވެ.
އިރުކޮޅެއް ފަހުން އިނާ އަދި މިޒިޔަލްއަށް އީވާ އުރާލަން ލިބުނެވެ. އީވާގެ ދޮން ދޮން މޫނު ފެނި މިޒިޔަލްގެ ލޮލުގައި ކަރުނަ ފާއްދާލިއެވެ. މިދުވަހަށް އޭނާ ހާދަ އިންތިޒާރެއް ކޮއްފިއެވެ.
އީވާ ގޮވައިގެން މިޒިޔަލް ހުރިތަން ބަލަން ދުރުގައި މިލީން ހުއްޓެވެ. ބަނޑުގައި އަތް ޖައްސާލައިގެން ހުރި އިރު މިލީންއަށް ވެސް އެދުވަހަށް އުންމީދު ކުރެވެން ފެށިއެވެ.
އެވަގުތު ކަޅު ދުންގަނޑެއް ޖާލި ދޮރު ތެރެއިން ފޭދިގެން ވަނެވެ. މަޑު މަޑުން އިންސާނެއްގެ ސިފަ އޭނާ ޖެހުނެވެ. “މިލީންއަށް އެގޮތް ހަމަ ކަމުދޭތަ؟” މިލީންއާއި ދިމާލަށް ބަލައިލަމުން މިލީކް އެއްސެވެ. “ތިބުނީ؟” މިލީކް ބުނި އެއްޗެއް ފަހުމް ނުވި ކަމަށް މިލީން ހެދުނެވެ.
“އީވާ. އީވާއަށް މިޒިޔަލްގެ ފަރާތުން ބައްޕައެއްގެ ލޯބި ލިބިފައި މިލީން ބަނޑުގައި ތި އޮތް ކުއްޖާއަށް އެލޯބި ނުލިބުނީމަ ހަމަ ކަމުދޭހޭ؟ ތިއީ ދެނަސްލެއްގެ ބަޔަކަސް ތި ދަރިފުޅުގެ ހަށިގަނޑުގައި ދައުރުވާނީ މިޒިޔަލްގެ ލޭ” މިލީކް މިޒިޔަލްއަށް ބަލަން ހުރެ ބުންޏެވެ.
“އަހަރެންގެ ދަރިފުޅަށް ވެސް ބައްޕައެއް ބޭނުންވާނެ. އިވްޔާ.. އެދުވަހަށް ކަލޭ އިންތިޒާރު ކުރޭ! އިވްޔާގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ލިބިފައި އަހަރެންގެ ދަރިފުޅު ވަކި ނިކަމެއްޗެއް ނުވާނެ! އަހަރެންގެ މީހަކަށް މިޒިޔަލް ހަދާނަން!” މިލީން އަމިއްލަ ނަފްސަށް އިވޭ ވަރަށް ވާހަކަ ދެއްކިއެވެ. އޭރު މިލީންގެ ދެލޯ ވަނީ ރަތް ކުލައިން ދިއްލިފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Ongg mileen ge banduga miziyal ge baby eh
Alheyy aadhanu haadha goahey dhw
Btw emme fahun ivya ah baby eh libuny dhw alhamdhulillah
Shihaa ivya ge baby ah dhera gotheh nuhadhahche plss
Mi part vx v reethi mashallah
When next?
hehe yapppp
yes, alhamdhulihllah
balamaa dhw dhn vaa gotheh hehe
stay tuned for next
in sha alah next on wednesday
Masha allah mi part vs vrh reethi
This aadhanu aana athu jehyirh hurebala heyaruvaa laanan..
Eva uraalaahih vrh vey.shiha athuga eva ge pic eh iniyya fonuvahcheyy
Ehnvr miziyal ah bappa kiyaane jinni kuhjeh ebh
Alhe haadha biruveri ey
Hiikury ehaa healthy koh birth dhiniima huriha kmh nimuniiey
Ekm I’m sure miliin iv mnnh undhagoo kuraane.revenge nagaane
Soo curious..when next?
Lyy
Jazaakallah khairan dearrr
Hehe
Yeaa miziyal ah jinni kujjeh ves libenytha😩
Lets see dhww dhn vaa goi hehe
Stay tuned for next coming tmrw
Lytt
Mi part ves varah reethi.
Alhamdhullilah finally ivya baby vihee.
I hoped it would be a girl.
The name eevaa suites just perfect.
Curious to see what happens next
Jazaakallah khairan dearrr
Hehe ikrrr loabi dhw
Stay tuned for nextttt
varah reethi vaahaka eh
Jazaakallah khairan dearr