Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ 19

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
August 8, 2025 3 Mins Read
22 Comments

މިޒްނާ އެނބުރި ގެއަށް އައި އިރު އިރު އޮއްސިއްޖެ. އިވިގެން ދިޔަ ހަގީގަތުގެ ސަބަބުން މިޒްނާގެ މޫނު މަތީގައި އަދިވެސްވީ ހައިރާން ކަމެވެ. އޭނާގެ ދިރިއުޅުމަށް މިވީ ކިހިނެތް ހެއްޔެވެ؟ އަދިވެސް އޭނާއަށް އެކަން ގަބޫލު ކުރަން އުނދަގުލެވެ. އެވަގުތު ގޭދޮރު ހުޅުވާލާފައި މޫނު ބުރުގާ އަޅައިގެން ހުރި މެދު އުމުރުގެ އަންހެނަކު ގެއަށް ވަނެވެ. “ދޮންތާ”

(19 ވަނަ ބައި)

ލާންޗު އޭގެ އެންމެ ބާރު ދުވެލީގައި ދުއްވަމުން އަހިސް މަޑުކޮއްލީ ކ.ހިންމަފުށި ބަނދަރު މައްޗަށެވެ. ލާންޗުން ފޭބި އިވްޔާގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ދުވަހަކު އުފަލެއް ލިބުނު މީހެއްހެންވެސް ހީނުވެޔެވެ. އިވްޔާ އަތުގައި އޮތް ކުޑަ ކުޑަ އީވާއަށް ބަލާލުމާއި އެކު އަނެއްކާވެސް އިވްޔާއަށް ރޮވޭ ގޮތް ވިއެވެ. ނަމަވެސް އެންމެން ކުރިމަތީ ހުރެ ނުރޯން ވެގެން އިވްޔާ ހިނގައިގަތީ އޭނާގެ ގެއާއި ދިމާލަށެވެ.

ސޯފާގައި ޓީވީ ބަލަން އިން އިނާގެ ނަޒަރު ދޮރާއި ދިމާލަށް ހުއްޓުނީ ދޮރު ހުޅުވުނު އަޑަށެވެ. ދޮރު ކުރިމަތީ ކަރުނައިން ފޯވެފައި ހުރި އިވްޔާ ފެނި އިނާގެ ހިތް ހުއްޓުނު ފަދައެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އިވްޔާ ކުރިމަތީގައި ހުއްޓުނެވެ.

“ދަރިފުޅާ؟ ކިހިނެތް ވީ؟” ކުޑަ ކުޑަ އީވާ އުރާލަމުން އިނާ އަހާލިއެވެ. “މަންމާ… މަންމާ… ޔަލް… ޔަލް އަޅުގަނޑު ވަރި ކޮއްފި” ކުޑަ ކަކޫ މައްޗަށް ތިރިވެ ރޮއެގަންނަމުން އިވްޔާ ބުނެލިއެވެ.

އީވާ ގެންގޮސް ކޮޓަރިއަށް ލާފައި އިނާ އެނބުރިއައެވެ. އިވްޔާ އަތުގައި ހިފައިގެން ގޮސް އިނާ ސޯފާގައި އިށީނެވެ.

“ކިހިނެތްތަ ވީ ދަރިފުޅާ؟ ހުއްޓާލާފަ ވާހަކަ ދައްކަބަލަ” އިނާގެ ދެލޮލުގައިވެސް ކަރުނަ ވިދާލިއެވެ.

“ނޭނގެ… ހީ… ހީވަނީ ޔަލް ބޭވަފާތެރިވީހެން. އިއްޔެ ޔަލް މަންމަ ގެއަށް ގެނައި ފާޑެއްގެ އަންހެން ކުއްޖެއް. ބުނީ ޔަލްގެ ވަރަށް ގާތް ރަހުމަތްތެރިޔެކޭ. އެކަމަކު ހިޔެއް ނުވޭ އެހެނެއް. އަޅުގަނޑު ގާތު ކައްކާށޭ ކިޔާފަ އީވީ ގޮވައިގެން އެދެމީހުން ވަނީ ކޮޓަރިއަށް. ދެން ކައްކައިގެން ގޮސް ވައިން އިރު އެއަންހެން ކުއްޖާ އިނީ އީވީއަށް ގާތުން ދޭން. އެވާޙަކަ ބުނަން ގުޅީމަ ފޯން ވެސް ނުނަގާ. ދެން ބުނީމެއްނުން ޔަލް ދަތުރު ދިޔައޭ. އެދަތުރުން އައި ގޮތަށް އަހިސް ދިނީ ވަރީގެ ފޯމް. 12 ޖަހަން ވާއިރަށް ނިކުންނާށޭ ކިޔާފަ. އެހާ ޅައުމުރަކު ބައްޕައަކަށް ނުވެވޭނޭ ކިޔާފަ…”

އިވްޔާ ވާހަކަ ދައްކަމުން ގޮސް ދެން ކުރިއަށް ނުދެވިގެން ސޯފާއަށް ދެމުނެވެ. އޭރު އިވްޔާއަށް ނޭވާ ނުލެވިގެން ރޮއެ ހޭރެނީއެވެ. ހަސަން ނިޔާވި ފަހުން މާބޮޑަށް ރޮއެ، ވިސްނާ ހަދަންޏާމުން އިވްޔާއަށް އަބަދުވެސް “ޕެނިކް އެޓޭކްސް” ޖެހެޔެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން އިން އިނާ ގުޅީ ޔަޝްފާއަށެވެ. ޔަޝްފާގެ އެހީގައި އިވްޔާ އަވަސް ގޮތުގައި ހޮސްޕިޓަލަށް ގެންދެވުނެވެ.

“މިއީ… މިއީ އިންސާނެއްތަ؟ ކަލޭ ބުނީ ކަލޭ ބަނޑުގައި އޮތީ އިންސި ކުއްޖެއް ނޫނޭ. އެކަމަކު މިއީ އިންސާނެއްނުން؟” އެކުއްޖާގެ މޫނަށް ބަލަން އިރުކޮޅަކު ހުރެފައި މިޒިޔަލް ސުވާލު ކޮއްލިއެވެ. މިލީން ހީލިއެވެ. “ކަލޭ ހާދަ ގަމާރޭދޯ؟ ތިއީ ކަލޭގެ ލެޔެއްނުން؟ ކަލޭ ތިއީ އިންސާނެއްނުން؟ އެހެންވެ ތިކުއްޖާގެ ހަށިގަނޑުގައި ކަލޭގެ ނަސްލުވެސް ހުންނާނުން؟ ކީކޭތަ ކަލޭމެން ކިޔަނީ؟ އާންނނ. ޑީ.އެން.އޭ. ހަހަ”

މިލީން ދެއްކި ވާހަކަ އަހަން ހުރެފައި މިޒިޔަލް އެކުއްޖާގެ މޫނަށް ބަލައިލިއެވެ. ބަލާލާފައި އެއްވެސް މީހަކު އެއީ ޖިންނި ކުއްޖެކޭ ނުބުނާނެއެވެ. ދޮން ދޮން އެކުއްޖާގެ މޫނަށް ބަލަން ހުރެފައި މިޒިޔަލް އެކުއްޖާގެ މަޑު ކަފަކޮޅެއް ފަދަ އަތުގައި ހިފާލިއެވެ. އެއާއި އެކު ބޭއިޙްތިޔާރުގައި މިޒިޔަލަށް ހިނިތުންވެވުނެވެ.

“އަދި އެއްވާހަކަ. މިއަދުން ފެށިގެން ކަލޭގެ އީވާ ކިޔާ ދަރިއަކު ނުހުންނާނެ. މިއަދުން ފެށިގެން ކަލޭގެ ހުންނާނީ އެންމެ ކުއްޖެއް! އެއީ މިދަރިފުޅު. އަހަރެމެންގެ މައްވިޝް” މިލީން އިތުރު ކޮއްލިއެވެ. މިޒިޔަލް އިސްޖަހާލިއެވެ.

“ކިހިނެތްވެފަ ބަލީތަ؟” މިޒްނާގެ ވަރުބަލިވެފައިވީ މޫނަށް ބަލައިލަމުން މިޒްނާގެ ދޮންތަ އިޒްނާ އެއްސެވެ. “ހެހެ ނޫނޭ. މިއަދު ތަންކޮޅެއް ބިޒީކޮށް އުޅުނީމަ. ކޮބާތަ އިޒާކް؟” އިޒާކްއަކީ އިޒްނާގެ ހުރި ހަމަ އެކަނި ދަރިފުޅެވެ.

“އެބައުޅޭ ގޭގައި. އެޒާ ހަމަ ރަނގަޅު އަލްހަމްދުލިއްލާހި” އިޒްނާ ވާހަކަ ދެއްކިއެވެ. “ކޮބާ ކޮން ކަމަކުތަ ތިއައީ؟” މިޒްނާ އަހާލިއެވެ. އިޒްނާއަކީ ގިނަ ފަހަރު ކަމަކު ނޫނީ ނާންނަ މީހަކަށް ވުމުންނެވެ. “އަނޭ.. މަބުނީ.. އެބަހުރިތަ ތަދުކަނޑުވާ ބޭސް؟” އިޒްނާ އިނގިލި ތަކާއި ކުޅެމުން އަހާލިއެވެ. އެއަޑުގައިވީ ނުތަނަވަސްކަން މިޒްނާއަކަށް ވަންހަނާއެއް ނުވިއެވެ.

އިޒްނާގެ މޫނުން ފެންނަން އިން ދެލޮލަށް މިޒްނާ ބަލައިލިއެވެ. އެދެލޮލުން ވޭން ފެންނަމުން ދިޔައެވެ. ނަމަވެސް މިޒްނާ އެކަން ނޭނގޭ ކަމަށް ހެދުނެވެ. އަދި މިޒްނާ އަތުގައި އޮތް ތަދު ކަނޑުވާ ބޭސް އިޒްނާ އަތަށް ދިނެވެ. “އަވަސް ޝިފާއަކަށް އެދެން” މިޒްނާ ބުނެލިއެވެ.

އިޒްނާ ނިކުމެގެން ދިޔުމުން މިޒްނާއަށް ސޯފާއަށް ޖެހިގަނެވުނެވެ. މޭގައި އަތް އަޅައިގެން އިނދެ ފުންކޮށް ނޭވާތަކެއް ލަމުން ދިޔައެވެ. ނަމަވެސް މިޒްނާގެ ނޭވާ ހީވަނީ އުފުރިގެން ހިނގައިދާނެ ހެންނެވެ. އަދިވެސް އޭނާއަށް ގަބޫލު ކުރަން އުނދަގުލެވެ.

***

“މިޒްނާގެ ކިތަށް ދަރިން ތިބޭ؟” އިރުކޮޅަކު ކިޔަވާފައި އިބްރާހިމްބެ ސުވާލު ކޮއްލިއެވެ. “އެންމެ ކުއްޖެއް”

“ފިރިހެން ކުއްޖެއްދޯ؟” އިބްރާހިމްބެއަށް އެކަން އެނގުމުން ކޮންމެވެސް ވަރަކަށް މިޒްނާ ހައިރާން ވިއެވެ. ތެދުވެ އިށީންދެވުނެވެ. “ލައްބަ. ކިހިނެތް… އިބްރާހިމްބެއަށް…؟” މިޒްނާ ހައިރާން ކަމާއި އެކު ސުވާލު ކޮއްލިއެވެ.

“އިބްރާހިމްބެ ތިބުނަނީ މިޒްނާގެ ދަރިފުޅޭތަ މިޒްނާއަށް ސިހުރު ހެދީ؟” ޝިފާޒާ ވެސް ހުރީ އެހާ ހައިރާންވެފައެވެ. އިބްރާހިމްގެ ޖަވާބާއި އެކު އެކޮޓަރިއަށް ހީވީ ކުޑަވަރެއްގެ ބޮމެއް ގޮވި ހެންނެވެ. ގަބޫލު ކުރަން ދަތިވިއެވެ.

“ޔަގީންތަ؟” މިޒްނާއަށް އަނގަ މަތީ އަތް އަޅައިގެން އިނދެ މިޒްނާއަށް ސުވާލު ކޮއްލެވުނެވެ. “މުޖައްރިބު” އިބްރާހިމްބެ ޔަގީންކަން ދިނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..13

Next

ހިތުގެ ރިހުން (16)

Next
August 8, 2025

ހިތުގެ ރިހުން (16)

Previews
August 7, 2025

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..13

22 Comments!

  1. Unnie says:
    August 8, 2025 at 12:22 am

    Alheyyyy poor ivya😭😭
    Urgh..this milyn haadha nulafaey😭
    Omg kihineh tha mi vany ..so curious!!
    ..btw mi part vx vrh salhi..keep it up shiherr lysm!!❤️💐

    1. shihaamaa ali shihaamaa ali says:
      August 8, 2025 at 1:07 pm

      Ofcxxx she is bad she is a jinn😭😭 insaanun ge dhiriulhun halaaku kurumah athu kuri olhaalaigen thibey baehnun eii
      Jazaakallah khairan dearr
      Lytt

  2. Ghost girl 👻 says:
    August 8, 2025 at 12:48 am

    Masha Allah 😍 sooo much more and more good when next lysm sissy take care 😘

    1. shihaamaa ali shihaamaa ali says:
      August 8, 2025 at 1:07 pm

      Jazaakallah khairan, tc lyt

  3. No one16 says:
    August 8, 2025 at 2:44 am

    Masha allah mi part ves vrh reethi 😍
    Hama rovijje😢
    When next?
    Lysmm shiherrr ❤️

    1. shihaamaa ali shihaamaa ali says:
      August 8, 2025 at 1:07 pm

      Jazaakallah khairan dearrr
      Awlheyyy sorrrryyy rovvaalevunyma😔😔😔😔😔
      In sha allah on sunday
      Lytt

  4. Aanaa says:
    August 8, 2025 at 5:43 am

    Masha allah mi part vs vrh reethi
    Alhey nooo
    Miliin heyonuvaane thihaa goas nuvebala…mizyal ge boa kaalaane kanne rangalhah vs..
    Izna tha mizna r yal ah sihuru hedhii? Hama gaimuvs yal nahadhaane mizna akh…ekm kiihve tha emiihaku sihuru e hedhy?
    Sooo curious…mihaar oi gothun neynge kihineh kmh vaanii.
    When next?
    Lyyyy🫶🫶🫶

    1. shihaamaa ali shihaamaa ali says:
      August 8, 2025 at 1:08 pm

      Jazaakallah khairan dearrr
      Sihuru hedhy kaaku kan engeyne dhn vrhhh avahah.. keke
      Stay tuned for sunday ge episode to find out moreee
      Lytt

  5. Sh🤍 says:
    August 8, 2025 at 8:07 am

    Mi part vx varah Reethi Masha Allah <33
    Milyn is sooo nulafaa…
    Mizna eynage dhariyah sihuru hedhy… 😯
    Curiously waiting for the next part..
    Lysm Shiher 🤍

    1. shihaamaa ali shihaamaa ali says:
      August 8, 2025 at 1:09 pm

      Jazaakallah khairan dearr
      Ofxxx she is she a jinn😭😭
      Heheh stay tuned for next episode to find out
      Lyttt

  6. Nayerr says:
    August 8, 2025 at 10:37 am

    Masha Allah Mi part ves vrh reethi millin haadha haa vaa gohey dhw I hate millin 😡 curiously waiting for the next part ☺️ when’s next you are one of my fav author🤍 Keep it up the good work gurll you can do it keep shining my dear 🌟✨ ALHAMDULILLAH HOPE YOU CAN GO VERY HIGH IN WRITING STORY’S abadhuves Shiherr ah kaameyaabeeah edhen shiherr ge masaiy kathuga barakaaiy lahvaashi AAMEEN!❤️🤍
    TC, LYSM ❤️😘

    1. shihaamaa ali shihaamaa ali says:
      August 8, 2025 at 1:11 pm

      Jazaakallah khairan dearr
      Stau tuned for sunday
      Awhhhhh this comment made me sooo happyyyy 😭🥺🥹
      In sha allah ta’ala aameen ya rabbul aa’lameen🤲🏻
      Naya ge hayaath ga vess barakah lavvaandhey aameen🤲🏻
      Tc lyttt

  7. Kudu says:
    August 8, 2025 at 1:22 pm

    Maashaa Allah mi part ves v Reethi 💗
    Wait what…… did miziyal do sihuru on mizna or mizna did it on miziyal 😱😱😤
    I am super confused 🤔
    Alhe dhw I want to kill milyn so badly
    Tc

    1. shihaamaa ali shihaamaa ali says:
      August 8, 2025 at 9:29 pm

      Jazaakallah khairan dearr
      Hehe very sooon ingeyne heeeeheeee
      Tc

  8. Your fav bab Your fav bab says:
    August 8, 2025 at 1:43 pm

    Mi part varah ves furihama Maasha Allah
    Heevanee kiyaa iru hama lolah fennahen💗💗💗
    Alhey ivyaa😭😭😭
    And ivee bappa eh ga loabin mahuroom nukurachey😭😭😭
    Miliyn I hate you So baddddd.. Miziyal dhaanveenu rugyaa kuraa meeheh kairiah milyn andhaalan!?!!
    The waah..??….. Mizna ah sihuru hedhee kaaku oa??
    mujahribu whoo??
    So curious
    When next?
    Lyssssssm💗💗💗

    1. shihaamaa ali shihaamaa ali says:
      August 8, 2025 at 9:30 pm

      Jazaakallah khairan dearr
      Ehn nuwaaneynun it won’t be easy.. e everything ingeyne adhi heehee
      Mujaribb it means 100% yageeney
      In sha allah sunday ga
      Lyt

  9. @mr_no_one says:
    August 8, 2025 at 10:15 pm

    FU mylin🤬🤬🤬🤬
    Thi bunanee Miziyal ey Miznaa ah sihuru hedhy????
    His own mom!!!!
    Poor Ivya and eva😢😢😢
    *😰😰😰anyways 😰😰😰*
    Mi part varah vx reethi
    When next?

    1. shihaamaa ali shihaamaa ali says:
      August 9, 2025 at 1:58 pm

      21st vana epiosde ga ingeyne kaakukan sihuru hedhy🙊
      Stay tuned to know who did hehehe
      Yea dhw feel so bad for them ☹️
      Next episode tmrw in sha allah

  10. Aisha2025 says:
    August 9, 2025 at 3:42 am

    Maasha Allah ❤️ Mi vhk kiyaafa rovihjje Iv ah dhera gotheh nahadhajey Anyways , Mi vhk ge huriha part ah kiyaafin vrh Reethi Lysssmm❤️

    1. shihaamaa ali shihaamaa ali says:
      August 9, 2025 at 2:00 pm

      Hi Aisha,
      Sorryyyyy rovvaalevunyma ☹️☹️☹️☹️☹️
      Balamaa dhww dhn vaa gotheh hehee
      Jazaakallah khairan Aisha, hope to see more of your comments here ❤️❤️❤️❤️❤️❤️❤️
      Lytt

  11. darkqueen38 darkqueen38 says:
    August 10, 2025 at 10:31 am

    Mizyal miznaa ah sihuru hedhi?
    I thaught miznaa dhatha kamah.
    Anyways mi part ves varah reethi.

    1. shihaamaa ali shihaamaa ali says:
      August 10, 2025 at 12:03 pm

      jazaakallah khairan dear

Comments are closed.

Next Episodeކަޅު ބުޅާ 20←


All Right Reserved!