Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ 20

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
August 10, 2025 3 Mins Read
35 Comments

“އިބްރާހިމްބެ ތިބުނަނީ މިޒްނާގެ ދަރިފުޅޭތަ މިޒްނާއަށް ސިހުރު ހެދީ؟” ޝިފާޒާ ވެސް ހުރީ އެހާ ހައިރާންވެފައެވެ. އިބްރާހިމްގެ ޖަވާބާއި އެކު އެކޮޓަރިއަށް ހީވީ ކުޑަވަރެއްގެ ބޮމެއް ގޮވި ހެންނެވެ. ގަބޫލު ކުރަން ދަތިވިއެވެ. “ޔަގީންތަ؟” މިޒްނާއަށް އަނގަ މަތީ އަތް އަޅައިގެން އިނދެ މިޒްނާއަށް ސުވާލު ކޮއްލެވުނެވެ. “މުޖައްރިބު” އިބްރާހިމްބެ ޔަގީންކަން ދިނެވެ.

(20 ވަނަ ބައި)

“ކިހިނެތްވެފަ ބަލީތަ؟” މިޒްނާގެ ވަރުބަލިވެފައިވީ މޫނަށް ބަލައިލަމުން މިޒްނާގެ ދޮންތަ އިޒްނާ އެއްސެވެ. “ހެހެ ނޫނޭ. މިއަދު ތަންކޮޅެއް ބިޒީކޮށް އުޅުނީމަ. ކޮބާތަ އިޒާކް؟” އިޒާކްއަކީ އިޒްނާގެ ހުރި ހަމަ އެކަނި ދަރިފުޅެވެ.

“އެބައުޅޭ ގޭގައި. އެޒާ ހަމަ ރަނގަޅު އަލްހަމްދުލިއްލާހި” އިޒްނާ ވާހަކަ ދެއްކިއެވެ. “ކޮބާ ކޮން ކަމަކުތަ ތިއައީ؟” މިޒްނާ އަހާލިއެވެ. “އަނޭ.. މަބުނީ.. އެބަހުރިތަ ތަދުކަނޑުވާ ބޭސް؟” އިޒްނާ އިނގިލި ތަކާއި ކުޅެމުން އެއްސެވެ.

އިޒްނާގެ މޫނުން ފެންނަން އިން ދެލޮލަށް މިޒްނާ ބަލައިލިއެވެ. އެދެލޮލުން ހާސް ކަމާއި ބިރުވެރިކަން ފެންނަމުން ދިޔައެވެ. ނަމަވެސް މިޒްނާ އެކަން ނޭނގޭ ކަމަށް ހެދުނެވެ. އަދި މިޒްނާ އަތުގައި އޮތް ތަދު ކަނޑުވާ ބޭސް އިޒްނާ އަތަށް ދިނެވެ.

އިޒްނާ ނިކުމެގެން ދިޔުމުން މިޒްނާއަށް ސޯފާއަށް ޖެހިގަނެވުނެވެ. މޭގައި އަތް އަޅައިގެން އިނދެ ފުންކޮށް ނޭވާތަކެއް ލަމުން ދިޔައެވެ. ނަމަވެސް މިޒްނާގެ ނޭވާ ހީވަނީ އުފުރިގެން ހިނގައިދާނެ ހެންނެވެ. އަދިވެސް އޭނާއަށް ގަބޫލު ކުރަން އުނދަގުލެވެ.

***

މިޒްނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ފޯނު ނަގާ މިޒިޔަލްއަށް ގުޅާލިއެވެ.

އިވްޔާއާއި އީވާގެ ޙިޔާލުގައި ދެރަވެފައި އިން މިޒިޔަލް ސިހުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ މަންމަ ކަމުން މިޒިޔަލް ކޮންމެވެސް ވަރަކަށް ފޫހި ވިޔެވެ. ޝައިތާނަކާއި ދަރިފުޅު ދެވަން އުޅޭނީ ކޮންކަހަލަ މަޔެއް ހެއްޔެވެ؟ ނަމަވެސް މިޒިޔަލް ފޯނު ނެގިއެވެ.

“ދަރިފުޅާ. މާދަމާ ހަވީރު 4 ޖަހާއިރު މިގެއަށް އަހިސް ދެވިދާނެތަ؟ އެކަނި އަންނައްޗޭ. ޕްލީޒް. ވަރަށް މުހިންމު ކަމަކު” މިޒްނާ ބުނެލިއެވެ.

“ކޮން ކަމަކު؟ މަށާއި އިވް ވަރިވި ކަމުގެ އުފަލުގަ ޕާޓީ ބާއްވަންތަ؟” މިޒިޔަލް ހުރީ ހިތް ހަމަ ނުޖެހިފައި ނަމަވެސް މަންމަ ކަމުން ވާހަކަ ދެއްކީ މަޑުމައިތިރި ބަހުންނެވެ.

“އިނގޭ ދަރިފުޅު މަންމަދެކެ ވަރަށް ރުޅި އަރާނެކަން. އެކަމަކު.. މިފަހަރު އަހިސް ދެއްޗޭ. އާދޭސް ކޮއްފަ މިބުނީ” މިޒްނާ ބުނެލިއެވެ. މަޑު “ހޫމް” އެއްލައްވާލާފައި މިޒިޔަލް ފޯނު ބޭއްވިއެވެ.

ހަވީރު ހަތަރެއް ޖެހި އިރު މިޒިޔަލް ހުރީ މިޒްނާ ގޭދޮރު މަތީގައެވެ. މިޒްނާއަކީ ދުވަހަކުވެސް މިޒިޔަލްގެ އިންތިޒާރުގައި ބޭރު ޖޯލިފަތީ އިން މީހަކަށް ނުވުމުގެ އިތުރުން މިޒްނާގެ މޫނު މަތީގައިވީ ނުތަނަވަސް ކަމުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން މިޒިޔަލްގެ ހަވަނަ ހިއްސު ގޮވާލިއެވެ.

މިޒިޔަލް ސައިކަލު ޕާކް ކޮއްލުމުން މިޒްނާ ދެފަރާތް ބަލަމުން އަހިސް މިޒިޔަލްގެ އަތުގައި ހިފާލިއެވެ. އަދި ގޮސް ގޭދޮރާށި ކައިރީ ހުއްޓުނެވެ.

“ދުޢާ ކިޔައްޗޭ” މިޒްނާ ބުނެލިއެވެ. މިޒްނާއާއި ދިމާލަށް މިޒިޔަލް ބަލައިލީ ހައިރާން ވެފައެވެ. އަނެއްކާ މަންމަ މޮޔަވީބާއެވެ؟ މިޒްނާ މިއީން ދުވަހަކުވެސް އެހެން ބުނެފައި ނުވާތީއެވެ.

މިޒިޔަލް ގެއަށް ވަނުމާއި އެކު އިބްރާހިމްބެ ފެނުނެވެ. މިޒިޔަލްގެ ނިތަށް ރޫތަށް ގިނަވީ އެއީ ކާކުކަން ނޭނގުމުންނެވެ.

“މިއީ އަޅުގަނޑުގެ ދަރިފުޅު. މިޒިޔަލް” މިޒްނާ ތަޢާރަފް ކޮއްލަ ދިނެވެ. “ހިނގާ ދޯ؟”

މިޒިޔަލް ގެންގޮސް އެނދުގައި ބާއްވާފައި މިއަދުވެސް އިބްރާހިމްބެ ކިޔެވިއެވެ. އިބްރާހިމްބެ ކިޔަވަމުން ދިޔަ ގޮތުން އެއީ ރުޤްޔާގެ ޢަމަލެއްކަން މިޒިޔަލްއަށް އެނގުނެވެ. އަނެއްކާ މަންމައަށް މިލީންގެ ވާހަކަ އެނގުނީ ބާއެވެ؟

“ތިކޮއެއަށްވެސް، މި ސޮރަށްވެސް މިހުރީ ސިހުރު ޖެހިފައި” އިބްރާހިމްބެ ޔަގީންކަން ދިނެވެ. މިޒިޔަލް ކޮޅަށް ޖެހުނެވެ. މިޒިޔަލްއަށް ހުރީ ސިހުރު ޖެހިފައި ކަން މިޒިޔަލްއަށް އެނގެއެވެ. ނަމަވެސް މަންމައަށް ސިހުރު ހެދީ ކާކު ހެއްޔެވެ؟

“އަހަރެން މިއައީ ވަރަށް ގިނަ ކަންކަން ބަލާ ކަށަވަރު ކޮއްގެން. މިޒިޔަލް ގެންނަން ބޭނުންވީ ހަމަ އެކަނި ޔަގީން ކޮއްލަން. މިޒިޔަލްއަދި މިޒްނާއަށްވެސް ތިހުރީ ސިހުރު ޖެހިފައި. މިޒްނާއަށް ހެދި ސިހުރަކީ މިޒިޔަލް ކައިވެނި ކުރާ އަންހެން ކުއްޖަކާއި މެދު މިޒްނާގެ ހިތުގައި ނުރުހުން އުފެއްދުން. މިޒިޔަލްއަށް ސިހުރު ހަދާފައި ވަނީ އިހަކަށް ދުވަހަކު. އެއީ ވަރިތޮޅިއެއް. ނަމަވެސް އެވަރިތޮޅި ހަދާފައިވަނީ ރަނގަޅަކަށް ނޫން. އެހެންވެ މިޒިޔަލްއާއި މިޒިޔަލްގެ އަންހެނުން އިވްޔާ ވަރިވުމުންވެސް ދެމީހުންގެ ހިތުގައިވެސް ލޯބިވީ” އިބްރާހިމްބެ ކިޔައިދިނެވެ.

“ތިބުނީ…؟” މިޒިޔަލްއަށް އަހާލެވުނެވެ. އޭރު ބިރުންގޮސް މިޒިޔަލްގެ ހަށިގަނޑު ރޫރޫ އަޅައެވެ. އިބްރާހިމްބެއަށް ކޮންމެވެސް އެއްޗެއް އެނގެނީތާއެވެ. މިހާރު މިޒިޔަލް ޝައުގު ވެރި ވެއްޖެއެވެ.

“މިޒިޔަލްއަށް ހެދި ވަރިތޮޅީގައި މައިތިރި ހަދާފައެއް ނުވޭ” އިބްރާހިމްބެ ބުނެލިއެވެ. “މައިތިރިއޭ؟ އެއީ ކޯއްޗެއް؟” މިޒިޔަލް އަށް އަހާލެވުނެވެ.

“ސިހުރަކީ ނުރައްކާތެރި ކަމެއް. ބޮޑު ވެގެންވާ ފާފައެއް. އެއީ މާތް ﷲ އަށް އުރެދިފައި ތިބޭ މީހުން. އެހެނަސް އެމީހުންވެސް ރައްކާތެރިކަން ހޯދާނެ. އެކަމަކު އެމީހުން ރައްކާތެރިކަން ހޯދާނީ ޝައިތާނުންގެ ކިބައިން. މައިތިރިއަކީ ޝައިތާނާގެ ކިބައިން ސިހުރު ހަދާ މީހާ ރައްކާތެރި ކުރުމައް ހަދާ އެއްޗެއް. މައިތިރި ނަހަދައިފި ނަމަ ސިހުރު ހެދުވި މީހާއަށް އޭގެ ދުއްތުރާ ޖެހުން އެކަށީގެންވޭ. އޭގެ ދުއްތުރާ ޖެހުނީ ސިހުރު ހެދި ފަރާތަށް. މިޒިޔަލްއަދި މިޒްނާއަށްވެސް ސިހުރު ހަދަން އެދިގެން އައީ އެކަކު. އެނާ މިހާރު އެވޭން އެބަ ތަހައްމަލް ކުރޭ”

ކޮޓަރި ތެރޭގައި އޮތް އަންހެން މީހާ ބަނޑުގައި އަތް އަޅައިގެން ކުރުގެޅިގެން އޮތެވެ. މުޅި ކޮޓަރި ތެރެއަށް ހީވަނީ ތޫފާނެއް އަހިސްފައި ވާހެންނެވެ. ޖެހިލާ ބާރު ވައިރޯޅިން މީހަކު ބިރުން ފިތްކަނޑައިގެން ދާވަރުވެޔެވެ. އެވަގުތު ލޯގަނޑު ކުރިމަތިން އޭނާއަށް އެކަޅު ހިޔަނި ފެނުނެވެ. ވަގުތުން އޭނާއަށް ހަޅޭ ލަވައިގަނެވުނެވެ. ދުވެފައި ގޮސް ވަނީ ފާހާނާއަށެވެ.

ލޯގަނޑު ކުރި މަތީ ހުއްޓި އޭނާ މޫނު މަތީގައި އިން މޫނު ފޮތި ކޮޅު ނެގިއެވެ. މޫނު މަތީގައި ބޮޑެތި ރަތް ބިހި ތަކެއް ނަގާފައި ވީ އިރު، ނޭފަތުންނާއި އެއްމިޔަކަނުން ލޭ އޮހޮރެމުން ދިޔައެވެ. ބަލާލަން ބިރުގަންނަހާ އޭނާގެ ސޫރަ ބިރުވެރިއެވެ. އެވަގުތު ހުރިހާ އަލިކަމެއް ނިވުނެވެ. ދެން އިވުނީ އޭނާގެ ވޭނީ ހަޅޭކުގެ އަޑެވެ. އެއަޑުގައި ވޭނާއި ބިރުވެރިކަން އެކުލެވިފައި ވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އަންޖަލް (23)

Next

އެދިގެން ކަލާ ލިބޭތޯ 5

Next
August 10, 2025

އެދިގެން ކަލާ ލިބޭތޯ 5

Previews
August 9, 2025

އަންޖަލް (23)

35 Comments!

  1. Kudu says:
    August 10, 2025 at 9:17 am

    Maashaa Allah mi part ves v Reethi 💗☺️
    OMG so mizna dhontha is the one who did it😱🤔😳
    So will miziyal go back to ivya 😢
    I am crying while reading this 😭😭
    Really curious
    When next
    Tc ❤️

    1. shihaamaa ali shihaamaa ali says:
      August 10, 2025 at 9:55 am

      jazaakallah khairan dearr
      👀👀👀
      next episode ga yageen vaane hehe
      awwhhh sorry rovvaalevunyma😭😭
      next episode in sha allah maadhamaa
      tc

  2. Unnie says:
    August 10, 2025 at 10:01 am

    Masha Allah mi part ves vrh reethiii!¡❤️❤️ can’t wait for the next part!!❤️💐
    Kaaku baa eii😭😭 so curious!!!
    Lysm shiherr!!💐❤️

    1. shihaamaa ali shihaamaa ali says:
      August 10, 2025 at 12:03 pm

      jazaakallah khairan dearr
      stay tuned in sha allah next ep
      hihih next episode ga ingeyne
      lyt Unnie

  3. Aaanaa says:
    August 10, 2025 at 10:27 am

    Rangalhah nuvs kiyaa mi jehunii scl ah dhaan
    IA scl in aissa kiyaafa cmnt eh kohlaanan…nukiyas engey mi part vs vrhhh reethi vaanekan
    🫶🫶🫶

    1. shihaamaa ali shihaamaa ali says:
      August 10, 2025 at 12:04 pm

      hehe sureeee🫶🏻

  4. darkqueen38 darkqueen38 says:
    August 10, 2025 at 10:38 am

    Mi part ves varah reethi.
    I hope next part ga ivya and mizyal dhimaa vaane kamah.
    Pls get them back together.
    Anyways mi part ves varah kiyaahithun mi kiyaali.
    Waiting for nextt

    1. shihaamaa ali shihaamaa ali says:
      August 10, 2025 at 12:05 pm

      jazaakallah khairan dearrr
      hehe balamaa dhw dhn vaa gotheh stay tuned for next episode

  5. @mr_no_one says:
    August 10, 2025 at 12:10 pm

    Masha Allah mi part ves varah reethi ❤️❤️❤️
    Haadha foohi eba veyey izna dheke 😡😡😡
    Miziyal fakeeru 😢😢😢
    Heyonuvaane Aadheyskohfa mi bunanee Miziyal n ivya gulhuvahchey
    For little Eva’s sake
    LY shiherrr❤️❤️❤️❤️❤️

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 6:53 am

      Jazaakallah khairan mr_no_ons
      Next episode is out now

  6. Shiu🤍 says:
    August 10, 2025 at 12:58 pm

    Mi part vx varah Reethi Masha Allah <3
    Izna dhw Mizna and Miziyal ah sihuru hedhy… Omg 🤯.. furathama I heekury Mizna kamah Miziyal ah sihuru hedhy.
    Miziyal and Ivya gulhuvahchey… Pls 🥺🙏
    Curiously waiting for the next part.. <33
    Lysm Shiher <33

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 6:54 am

      Jazaakallah khairan Shiu
      Next episode is out now

  7. Your fav bab Your fav bab says:
    August 10, 2025 at 1:01 pm

    Mi part ves hama varah salhi!!
    So mizna ge kusheh neth dhw after all!!
    Nassebeh miziyal ah hedhi sihuru furihama nuvaakan!!
    Now the only thing I wanna know if it’s izna or not!!! gaimu mizna kairi ah thadhu kanduvaa beys hoadhan ves aii izna👀
    When next??
    Lysssm💗💗💗

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 6:54 am

      Jazaakallah khairan Your fav bab
      Hehe yesss
      Next episode is out now
      Lyttt

  8. no one16 says:
    August 10, 2025 at 1:04 pm

    Masha allah MI part ves vrh reethi
    Reallyyyy love your stories😁
    Omggg what is gonna happen to izna?
    Curiously waiting for the next part
    When next?
    Lysmm shiherrr 💖💖

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 6:55 am

      Jazaakallah khairan no one16
      Next episode is outt
      Lytt

  9. Anonymous says:
    August 10, 2025 at 1:51 pm

    Masha Allah Mi part ves vrh reethi izna dhw yal and Mizna ah sihuruhedhee alheyy😭😔🥺yal and ivya gulhuvahchey ivee ahtakaa ves gulhuvaathi aadheeys kohfa mibunee 😭😭 ivee yatheem juhjakah viya nudheythi plss
    Curiously waiting for the next part when’s next
    LYSM❤️😘

    1. Nayerr says:
      August 10, 2025 at 1:53 pm

      Mee nayerr ingey shiherr automatically ehen liyevifa eynee shiherr ah neyngeyne thee mi bunelee 🥺❤️😘

    2. shihaamaa ali shihaamaa ali says:
      August 14, 2025 at 6:56 am

      Jazaakallah khairan Anonymous
      Next episode is outt
      Lytt

  10. Aanaa says:
    August 10, 2025 at 2:30 pm

    Masha allah mi part vs vrh reethi
    Yageen adhan kaeriah moonuburugaa alhaigen edhiyai izna kan.. Alhe fahe heyovaanetha…enme fahu scene describe kohdhii fa inleh hama vrhh reethi..hiivii horror film eh ge scene eh belunu hn..
    Ikk yal ehaa hih haru vgn iv r talk koh vari kuriyas loabi vaakan…
    Ekm dhww hama hih dandan laaeba hurihaa kmh mizyal mnh engi dhn vaane gth neyngey thy…yal hn aanavs vrh shaug veri vehje..
    When next?
    Lyyyyy🫶🫶🫶

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 6:56 am

      Jazaakallah khairan Aanaa
      Next episode is outt
      Lytt

  11. girllyy_ says:
    August 10, 2025 at 3:02 pm

    Masha Allah mi part vx v reethi
    ibaaraaiy kurun vx hama vv salhi…heevee hama scene ga hurevunu hn hehe
    soo mizna ge sis dhw hurihaa vx goahakyy
    alhe dhn vaanee kihinehthaa
    soo curious
    v avahah next part kiyaalan libeyne kamah ummeedhu kuran:)

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 6:56 am

      Jazaakallah khairan girllyy_
      Next episode is outt
      Lytt

  12. Aishath says:
    August 10, 2025 at 3:46 pm

    Maasha Allah ❤️ Mi part ves vrh reethi Iv and Eevy ah dhera gotheh nahadhahcheyy story kiyaafi vrh rovihjje Anyways,Mi part ves vrh vrh furihama
    Lyyssmm
    When’s next?

  13. shihaamaa ali shihaamaa ali says:
    August 10, 2025 at 5:31 pm

    Salaam,
    Due to the death of my grandmother, I am going to take a little break from writing stories. I will continue to write soon in sha allah. Hope you all understands.

    1. Nayerr says:
      August 10, 2025 at 7:50 pm

      Inna lillahi va Inna ilayhi raajiun shiherr maama ge faafa fuhsavaa shiherr maama ah jannathul firdaus ge mathiveri niumaiy minvaru kurahvaa aaila ah kehtherikan minvaru kurahvashi AMEEN!🥺🤲
      LYSM SHIHERR 😘❤️

  14. Shaf_maan says:
    August 10, 2025 at 6:43 pm

    Maasha Allah mi prt vx vrh reethi
    Zamaan gandakah fahu comment rh kohlevey varu mi v.. hehe
    Varah curious vefa mihuryyy
    Vrh bodu olhunbolhun gadeh thereyga… Mioy oy haa dhuvahu hykury mizna kamah e niqabi akyy… Ekan aslu nun dhwww… Hyvxx nuveyy
    Alheyyy ekam kyvve tha iv n yal dhurukuruvvvv… Vrh dhera vejjee😭😭
    I want to write a long comment, but i need to go.. Soryy😭
    Inna lillahi va inna ilayhi raajiuun.. shihaa ge granma ah jannathul firdhaus ge mathi veri niumay minvaru kurahvaashi! Adhi aailaa ah keytherikan minvarr kuravvaashi!!
    Tc.. Lysm Shiher 💜💜💜

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 6:58 am

      Jazaakallah khairan for the dua’s Shaf_maan🫶🏻
      Hehe its okay hama

  15. Aanaa says:
    August 10, 2025 at 10:41 pm

    INNA LILLAHI WAINNA ILAIHI RAAJIUN
    IA she’s in a better place now…gina ginain dua kurey…
    Shihaa ge maama ah suvarugeyge mathiveri niumaiy minvaru kurahvaan dheyve..adhi aailaa ah keiytherikan minvaru kurahvandheyv..ameen🤲
    Tcccc lyyy🥺🫶🫶

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 6:58 am

      Jazaakallah khairan for the dua’s Aanaa🫶🏻

  16. darkqueen38 darkqueen38 says:
    August 11, 2025 at 10:37 am

    Mi part ves varah reethi.
    So mizna dhontha ivaya kamunudhiyaeema miznaa and mizyal ah sihuru hedhi dho
    This story just keeps on getting better and better.

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 6:59 am

      Jazaakallah khairan darkqueen38

  17. Kudu says:
    August 11, 2025 at 12:24 pm

    INNA LILLAHI WAINNA LILLAHI RAAJIUN
    Stay strong ❤️
    Mai Allah shiherr ge maama ah suvaru geyge mathiveri niumath dhehvaashi
    Ameen 🕊️❤️

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 7:00 am

      Jazaakallah khairan for your dua’s Kudu🫶🏻

  18. shihaamaa ali shihaamaa ali says:
    August 14, 2025 at 6:57 am

    Jazaakallah khairan for the dua’s Naya🫶🏻

Comments are closed.

Next Episodeކަޅު ބުޅާ 21←


All Right Reserved!