Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ 21

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
August 14, 2025 3 Mins Read
20 Comments

ލޯގަނޑު ކުރި މަތީ ހުއްޓި އޭނާ މޫނު މަތީގައި އިން މޫނު ފޮތި ކޮޅު ނެގިއެވެ. މޫނު މަތީގައި ބޮޑެތި ރަތް ބިހި ތަކެއް ނަގާފައި ވީ އިރު، ނޭފަތުންނާއި އެއްމިޔަކަނުން ލޭ އޮހޮރެމުން ދިޔައެވެ. ބަލާލަން ބިރުގަންނަހާ އޭނާގެ ސޫރަ ބިރުވެރިއެވެ. އެވަގުތު ހުރިހާ އަލިކަމެއް ނިވުނެވެ. ދެން އިވުނީ އޭނާގެ ވޭނީ ހަޅޭކުގެ އަޑެވެ. އެއަޑުގައި ވޭނާއި ބިރުވެރިކަން އެކުލެވިފައި ވިއެވެ.

(21 ވަނަ ބައި)

“ކަ.. ކާކު ސިހުރު ހެދީ…؟” މިޒިޔަލްއަށް އަހާލެވުނެވެ. އޭރު މިޒްނާގެ ހިތްވެސް ދިޔައީ ފެނުންނެގި ރޯމަހެއްހެން ތެޅެމުންނެވެ. އިބްރާހިމްބެގެ ޖަވާބަށް ދެމައިންވެސް އިންތިޒާރު ކުރަމުން ދިޔައެވެ.

“ސިހުރު ހަދާފައި ވަނީ މިސްޓްރީ ގޯތި އާދަނު. ސިހުރު ހަދަން އެދިގެން އައީ މިޒްނާގެ ދޮންތަ އިޒްނާ”

“މަންމާ؟ މަންމާ؟” ހަމަ ހިއްސު ކެނޑިފައި އޮތް އިޒްނާއަށް ހޭލެވުނީ އިޒާކް ދޮރުގައި ޖަހާ އަޑަށެވެ. ހަށިގަނޑުގައި އެއްވެސް ވަރެއް ނެތުމުން އިޒްނާ ދޮރު ހުޅުވާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އިޒާކް ދޮރުގައި ޓަކި ޖަހާ ވަރުން އެއައީ ކޮންމެވެސް ވާހަކައެއް ބުނަންކަން އިޒްނާއަށް ދެނެގަނެވުނެވެ.

“ކީކޭ ދަރިފުޅޫ؟” އިޒްނާ ނިކުތީ މޫނުވެސް އަޅައިގެންނެވެ. އިޒްނާ މިހާރު އެހުރި ސިފަ އިޒާކްއަށް ފެންނާކަށް އެއްގޮތަކަށްވެސް އިޒްނާ ބޭނުމެއް ނޫނެވެ.

“މަންމާ. އެ އިވްޔާއާއި މިޒިޔަލް ވަރި ވެއްޖޯ ދޯ؟ މަންމާ. އެޒާއަށް ޔަލްއާއި ކައިވެނި ކުރެވޭނެ ދޯ އެހެންވެ؟” އިޒާކް އުފާވެލާފައި ވާހަކަ ދެއްކިއެވެ.

“ހެހެ. ލައްބަ ދަރިފުޅާ. މިޒިޔަލްއެއީ ކުޑައިރުން ސުރެވެސް ދަރިފުޅުގެ ހައްގެކޭނުން؟” އިޒްނާ އިޒާކްގެ ބޮލުގައި ފިރުމާލިއެވެ.

އިޒާކްއަކީ އިޒްނާގެ ދަރިފުޅެވެ. އިޒާކްގެ ބައްޕަ ވިޝާން ވަނީ އިޒްނާ ބަނޑުބޮޑު އިރު މަތިންދާބޯޓު ހާދިސާއެއްގައި ނިޔާ ވެފައެވެ. އެދުވަހުން ފެށިގެން އިޒްނާ އަޒުމް ކަނޑައެޅިއެވެ. އޭނާގެ ދަރިފުޅަށް ދުނިޔެވެސް ހޯދައިދޭނެއެވެ.

އިޒާކްއާއި މިޒިޔަލް ބޮޑުވީ އެކު އެކީގައި ހެންނެވެ. އިޒާކް މިޒިޔަލްއަށް ވުރެ ހަގީ އެންމެ 10 މަހެވެ. ކުޑަ އިރުން ސުރެ ދެމީހުންގެ މެދުގައިވީ ވަރުގަދަ ގުޅުމެކެވެ. ނަމަވެސް އިޒާކް މިޒިޔަލް އެއް އިރެއްގައިވެސް ބޭބެއެއްގެ ގޮތުގައި ނުދެކެއެވެ. ސަބަބަކީ އިޒާކް މިޒިޔަލް ދެކެ ލޯބި ވުމެވެ. މިޒިޔަލްއަށް ލޯބި ހުށައަޅަން ނުކެރިފައި ހުއްޓާ ދެން އިވުނީ މިޒިޔަލްއާއި އިވްޔާގެ ވާހަކައެވެ.

މިޒިޔަލްއާއި އިޒާކްގެ މެދުގައިވީ ވަރުގަދަ ގުޅުމުގެ ސަބަބުން މިޒިޔަލްއަށް އިވްޔާދެކެ ލޯބި ވެވިއްޖެކަންވެސް އެންމެ ފުރަތަމަ އެނގުނީ އިޒާކްއަށެވެ. އިވްޔާގެ ވާހަކަ އަބަދު މިޒިޔަލް ދައްކައެވެ. އިވްޔާ ހާސިލް ކުރުމަށް މިޒިޔަލް އެނބުރި ހިންމަފުއްޓަށް ދާން އުޅުނު ދުވަހަކީ އިޒާކް އަމިއްލައަށް މަރުވާން އުޅުނު ދުވަހެވެ.

އެދުވަހު އިޒްނާ ނިންމިއެވެ. އޭނާ ފިޔަވަޅެއް އަޅަން އެބަ ޖެހެއެވެ. އިޒްނާއަށް ފެނުނީ އެންމެ ދޮރެކެވެ. އެއީ ސިހުރުގެ ދޮރެވެ. ނުރައްކާތެރި މަގެއް ނަމަވެސް އިޒާކްގެ ހައްގުގައި އެފާފައަށް އަރައިގަތުމަށް އިޒްނާ ނިންމިއެވެ. ނަމަވެސް އިޒްނާ ސިހުރު ހެދިކަން އެއީ އިޒާކްއަށްވެސް ވަންހަނާ ކުރެވިފައިވީ ކަމެކެވެ.

ސިހުރު ހަދާ މީހަކަށް އިތުބާރު ކުރެވޭނެ ހެއްޔެވެ؟ އިޒްނާއަކީ އާދަނަށް ލިބުނު “ކްލައިންޓްސް” ތެރެއިން އެންމެ މުއްސަނދި މީހާއެވެ. އާދަނު ބޭނުންވީ ދެކޮޅުން ކާށެވެ. އިޒްނާ އަތުން ގިނަ ގުނަ ރުފިޔާ ތަކެއް ނެގި ނަމަވެސް އާދަނު ސިހުރު ހަދަމުން ދިޔައީ ގަސްތުގައި ނުބައި ކޮށެވެ. އިޒާކްގެ ބަދަލުގައި މިލީންއަށް މިޒިޔަލްގެ ކައިވެނި ކުރުވުމަށް މިޒްނާ މަޖުބޫރު ކުރަންވީ ސަބަބަކީވެސް އެއީއެވެ.

“މިޒްނާއަށް ސިހުރު ހަދާފައިވީ ކާއެއްޗަކަށް އަޅައިގެން. މިޒިޔަލްއަށް ސިހުރު ހަދާފައި ވަނީ ގޭ ދޮރާށި ކައިރީ ވަޅުލާފައިވީ އެއްޗަކުން” އިބްރާހިމްބެ ކިޔައިދިނެވެ.

މިޒިޔަލްއަދި މިޒްނާވެސް އިނީ ހައިރާން އަންތަރީސް ވެފައެވެ. އެފަދަ ކަމެއް އެއްބަނޑު އެއްބަފާ މީހަކު ކޮއްފާނޭ ހީކުރާނީ ކާކު ހެއްޔެވެ؟

“އިބްރާހިމްބޭ. އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ ސަލާމަތް ކޮއްދީ. މިހާރު އެޖިންނި އަޅުގަނޑުގެ ދަރި އެއްވެސް ހުރޭ. ހެޔޮނުވާނެ އަޅިގަނޑު ސަލާމަތް ކޮއްދީ” ކުއްލިއަކަށް މިޒިޔަލް އިބްރާހިމްބެ ފައި ދަށަށް ތިރި ވިއެވެ. މިޒިޔަލްގެ ވާހަކައިން މިޒްނާ އަދި އިބްރާހިމްބެއަށްވެސް ހައިރާން ކަން ގެނުވިއެވެ. އެޖިންނި މިޒިޔަލް ފަހަތުން އުޅޭކަން އެނގުނު ނަމަވެސް ކުއްޖަކު ހުންނަކަން އިބްރާހިމްބެއަށް މި އެނގުނީ އަދި އަލަށެވެ.

“އެކޮއެ، ލަސް ކުރާނެ ކަމެއް ނެތް. އަވަހަށް އަންހެނުންގެ ރަށަށް ހިނގާ. ތިކުއްޖާ މާ ބޮޑު ވެއްޖެ ނަމަ މާ އުނދަގޫވާނެ. އެ ޖިންނި އަކީ ޖިންނީންގެ ތެރެއިން އެންމެ ބާރު ގަދަ ޖިންނި. ދެން އެ ދަރިފުޅަކީ ޖިންނި އަކާއި އިންސިއެއްގެ ނަސްލު ހުރި ކުއްޖެއް. އެކުއްޖާ މާ ބާރު ގަދަ ވާނެ. ބޮޑުވެގެން މިޒިޔަލްގެ އަންހެނުން އަދި ދަރިފުޅަށް ވެސް ދުއްތުރާ ކުރާނެ” އިބްރާހިމްބެ ބުނެލިއެވެ.

އެރޭ މިޒިޔަލް ނިދީ މިޒްނާ ގޮވައިގެން ގެސްޓް ހައުސް އެއްގައެވެ. ޖެހިގެން އައި ދުވަހު ހެނދުނު ހިންމަފުއްޓަށް ފުރަން ހަމަ ޖެހިފައިވީ އިރު ދެހިތުގައިވެސް ނުތަނަވަސްކަން ވިއެވެ. އެދަތުރަކީ އަމާން ދަތުރަކަށް ނުވެދާނެކަމަށް އިބްރާހިމްބެ ބުނެފައިވީތީއެވެ.

ކޮޓަރީގެ ކަނެއްގައި ރޯލަ ރޯލަ އިވްޔާ އިންނަތާ މިހާރު 4 ވަރަކަށް ގަޑި އިރު ވެދާނެއެވެ. މިހާރު އިވްޔާގެ ހާލަކީ މިއީއެވެ. ރުއިމާއި ނިދުމެވެ. ހަގީގަތުގައި މިހާރު އީވާ ބަލަނީވެސް އިނާއެވެ. ކުޑަ ކުއްޖަކު ގޮވައިގެން އުޅޭނެހާ ހިތްވަރު އިވްޔާގެ ހަށިގަނޑުގައި ނުހުންނާތީވެއެވެ.

އަނެއް ސަބަބަކަށްވީ އީވާ މިޒިޔަލްއާއި ވައްތަރުކަމެވެ. ބޮޑުވި ބޮޑުވިހެން މިޒިޔަލްގެ ސިފައާއި އީވާ އެއްގޮތް ވަމުން ދިޔައެވެ. އީވާދެކެ ލޯބިވީ ނަމަވެސް އީވާ ފެނުމުން ހަގީގަތުގައި މިހާރު އީވާއަށް އުނދަގޫ ވެޔެވެ. އީވާ ކުރި މައްޗަށް އަރަން މިހާރު ނުކެރޭތީވެ އީވާއަށް ގާތުން ދެނީވެސް ޕަމްޕް ކޮއްގެންނެވެ.

އެވަގުތު އިވްޔާގެ ފޯނު ރިންގުވާން ފެށިއެވެ. އިވްޔާ ދުވެފައި ގޮސް ފޯނު ނެގިއެވެ. ގުޅަމުން ދިޔައީ މިޒިޔަލް ކަމަށް ހީކޮށެވެ. ނަމަވެސް ގުޅަމުން ދިޔައީ ނުދަންނަ ނަންބަރަކުން ކަމުން، އިވްޔާގެ މޫނު އޮއްސުނެވެ.

އަޅާނުލާ އިވްޔާ ފޯނު ބޭއްވިއެވެ. އެމީހަކު ކެނޑޭ އިރަށް ހަމަ ގުޅައެވެ. 10 ވަނަ ފަހަރަށް ގުޅުމުން އިވްޔާ ނިންމީ ފޯނު ނަގާށެވެ.

“ދަރިފުޅާ…”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިޔަނިތައް ރާޅުގެ ތިރީގައި …7

Next

މަޢާފް އެދެމުން 46

Next
August 14, 2025

މަޢާފް އެދެމުން 46

Previews
August 13, 2025

ހިޔަނިތައް ރާޅުގެ ތިރީގައި …7

20 Comments!

  1. aishayar aishayar says:
    August 14, 2025 at 6:38 am

    Mashallah mi part vx vrh reethi
    When is next?
    Kaaku e gulhee ivyaa ah

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 7:01 am

      Jazaakallah khairan dearr
      In sha allah soon next episode ga ingeyne

  2. Anonymous says:
    August 14, 2025 at 7:48 am

    Masha ala mi part ves vrhh salhi
    When is next?…

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 8:11 am

      Jazaakallah khairan
      In sha allah soon

  3. Aanaa says:
    August 14, 2025 at 10:06 am

    Heyy shihaa
    I missss uuu sooo muchhhh
    Shihaa ge vhk thakunney aana ah dhirumeh libeny
    Hope u r doin well
    Masha allah mi part vs vrh reethi
    Hama bunaane ehche vs nei… Vrh reethi
    Heyonuvaane dhw izna vs ekahala kmh kuran
    Rangalhu vis izaak ah naseyhaiy lai dhinnama
    Aadhan vs goas kn dhww
    E gulhyy mizna hn vrh hiivey
    Ekm hih dandan laaeba
    When next?
    Lyyy tccc🫶

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 5:35 pm

      Heyyy Aanaa
      Hehe i am slowly getting okay now
      Jazaakallah khairan dearr
      Aslu eii dhw innaane gothaky.. ekm dhw kekee
      Next in sha allah soon
      Lytt tc

  4. Its just me says:
    August 14, 2025 at 10:07 am

    Alheyh mizna dhw e gulhee 😳 mi part vx v reethi Ma Sha Allah 😍 curiously waiting for the next part… When next 🤭

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 5:36 pm

      Hehe stay tuned for next episode to find outs
      Jazaakallah khairan dearr
      Stay tuned for next in sha allah soonnn

  5. girllyy_ says:
    August 14, 2025 at 10:08 am

    hey shihaaa … hope ur doing well
    mi part vx v reethi mashallah
    mihaaa avahah mi part genesdhineethiii v happy vejje 🙂
    again unexpected twist eh dhw e aiii
    heevx nukuran izaak miziyal dheke loabi vaane kamakah.. hehe
    ekm iznaa vx nuvaane dhw sihr hadhan pispis
    btw iv n miziyal gulhuvahcheeeyyy
    hopefully ibraahimbe hurihaa kameh rangalhu kohdheyne IA
    soo curious about what will happen to mileen n her child
    when next?!

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 5:41 pm

      Slowly getting betterrr
      Jazaakallah khairan dearrr
      Stay tuned for next

  6. Shaf_maan says:
    August 14, 2025 at 10:39 am

    Maasha Allah mi prt vx vrh reethi
    Kiykeyy????
    Izna sihuru hedhy mixyal n ixaak gulhuvaasheyy…
    Alheyyy ivvv… Thihn ulheykah nuvaane ehnu…
    Mixna dhww iv ah gulhyy
    So so so curious..
    Whn nxt???
    Tc.. Lysm Shiher 💜💜💜

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 5:41 pm

      Jazaakallah khairan dearr
      Hehe stay tuned for next to find outt
      Coming soon in sha allah

  7. No one16 says:
    August 14, 2025 at 12:23 pm

    Masha allah mj part ves vrh reethi.
    Realllyyyyy love your stories shiherrrr❤️
    You are my favourite author
    Sooo curious 🤔
    When next?
    Lysmmm shiherr❤️

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 5:42 pm

      Jazaakallah khairan dearr
      Happy to hear that🥹🫶🏻🫶🏻
      Hehe stay tuned for next to find outt
      Coming soon in sha allah

  8. Kudu says:
    August 14, 2025 at 12:40 pm

    Mi part ves v Reethi Maashaa Allah 💗💗
    Hope you are well ☺️
    OMG so izna really did sihuru on mizna and miziyal 😱😱😱😱
    Did mizna call ivya 🤔
    Alhey this is so sad 😭😭😭
    I hope milyn dies😡😡
    I am wondering what is gonna happen to izaak if Ivya and miziyal get together again 🤔
    When next
    TC
    Lysm❤️

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 5:43 pm

      Jazaakallah khairan dearr
      Balamaa dhww dhn vaa goi hehe
      Stay tuned for next

  9. Shiu🤍 says:
    August 14, 2025 at 1:08 pm

    Mi Part vx varah Reethi Masha Allah..
    I knew It.. Izna, Miziyal and Mizna ah sihuru hedhy..
    OMG🤯 Izaak and Miziyal gulhuvan vegen Izna Sihuru hedhy… Rangalhah Izaak ah visnaidhin nama ennun… Amilla dhattha ah ve hure..🙄
    Mizna dhw Ivya ah E gulhy???
    Miziyal and Ivya gulhuvahchey…
    Story nimen dhw eulheni??☹️
    Curiously waiting for the next part..
    Lysm Shiher <33

    1. shihaamaa ali shihaamaa ali says:
      August 14, 2025 at 5:46 pm

      Jazaakallah khairan dearr
      Balamaa dhw dhn vany kihineh thw hehe
      Hehe yeaa 😭
      Stay tuned for nextt

  10. darkqueen38 darkqueen38 says:
    August 14, 2025 at 10:34 pm

    Mi part ves varah reethi,
    Vegendhiya hunrihaa kamaki aailee ebbandu ebbafaa dhathage kanthathah.
    Aailaa therey ves mi fadha kanthankatha mihaaru aamu vamundhaa fenna manzaraki dhera hageegatheh.
    Shiharge konme vaahaka aki ves varah ibraitheri filaa valhu libigendha vaahakathakeh.
    Mi part ves varah reethi Waiting for next

    1. shihaamaa ali shihaamaa ali says:
      August 15, 2025 at 7:37 am

      jazaakallah khairan dearrr
      this made me so happy🥹

Comments are closed.

Next Episodeކަޅު ބުޅާ 22←


All Right Reserved!