އެވަގުތު އިވްޔާގެ ފޯނު ރިންގުވާން ފެށިއެވެ. އިވްޔާ ދުވެފައި ގޮސް ފޯނު ނެގިއެވެ. ގުޅަމުން ދިޔައީ މިޒިޔަލް ކަމަށް ހީކޮށެވެ. ނަމަވެސް ގުޅަމުން ދިޔައީ ނުދަންނަ ނަންބަރަކުން ކަމުން، އިވްޔާގެ މޫނު އޮއްސުނެވެ. އަޅާނުލާ އިވްޔާ ފޯނު ބޭއްވިއެވެ. އެމީހަކު ކެނޑޭ އިރަށް ހަމަ ގުޅައެވެ. 10 ވަނަ ފަހަރަށް ގުޅުމުން އިވްޔާ ނިންމީ ފޯނު ނަގާށެވެ.
“ދަރިފުޅާ…”
(22 ވަނަ ބައި)
އިވްޔާގެ ކަންފަތުގައި ޖެހުނު މިޒްނާގެ އަޑުން އިވްޔާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އިސްވެ މިޒްނާ އިވްޔާއަށް ގުޅި ފުރަތަމަ ފަހަރަށް ވެފައި ލޯބިން “ދަރިފުޅާ” ވޭ ކިޔާ ގޮވާލުމުންނެވެ.
“މަންމައާއި މިޒިޔަލް ތި ރަށަށް ދާން މިއުޅެނީ” ފަސް ވަރަކަށް މިނިޓްވީ އިރުވެސް އިވްޔާ އަނގައިން ނުބުނުމުން މިޒްނާ ވާހަކަ ދެއްކިއެވެ. “ދަރިފުޅާ. މަންމަ، އަދި މިޒިޔަލްއަށް މަޢާފް ކުރޭ…” މިޒްނާ ބުނެލިއެވެ. އަދި ހުރިހާ ވާހަކައެއް އަލިފުން ޔާއަށް ކިޔައިދިނެވެ. އޭރު މިޒްނާގެ އިތުރުން އިވްޔާވެސް ދިޔައީ ރޮމުންނެވެ.
“ދަރިފުޅާ. އީވީ އެކަނި ނުކުރާތި. އީވީއާއި އެކު ވާތި. އަބަދުހެން ޤުރްޢާންގެ އަޑު އިވޭ ހިސާބެއްގައި އީވާ ބަހައްޓާތި. އިންޝާ ﷲ މާދަމާ 10 ޖަހާ އިރު ހުންނާނީ ތިކޮޅުގަ” މިޒްނާ ފޯނު ބާއްވަމުން ބުނެލިއެވެ. އިވްޔާ އަވަސް އަވަހަށް ނިކުތީ އީވާ ބަލައެވެ.
ކުރުގޮތަކަށް އިނާއަށް ހުރިހާ ވާހަކައެއް ކިޔާދީފައި އިވްޔާ އީވާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. “ޔާ ﷲ މިއަޅާގެ ޢާއިލާ މިކަމުން ސަލާމަތް ކޮއްދެއްވާފާންދޭ…”
ދަންވަރުގެ ވަގުތެވެ. ގޭގައި އިން މިލީން އިނީ މިޒިޔަލްގެ އިންތިޒާރުގައެވެ. މައްވިޝްވެސް މިލީން ގާތުގައި އިނެވެ. މައްވިޝްވެސް މިހާރު ފުދޭވަރަކަށް ބޮޑު ވެއްޖެއެވެ.
ޖެހިލި ފިނި ވައިރޯޅިއާއި އެކު އެދިމާލަށް މިލީކް ތިރިވެލިއެވެ. “މިލީން. ކަލޭ ހަމަ އެހާ ގަމާރުތަ؟ މިހާރު މިޒިޔަލްއަށާއި މިޒިޔަލް މަންމައަށް ހުރިހާ ހަގީގަތެއް އެނގިއްޖެ. ރުގްޔާ ކުރުމައްޓަކައި މާދަމާ އެމީހުން ހިންމަފުއްޓަށް ފުރާނެ” މިލީކް ބުނެލީ ހާސްވެފައެވެ. މިލީން ސިއްސައިގެން ދިޔަ އިރު މައްވިޝް ބިރުން ރޯން ފެށިއެވެ.
“މިލީކް ހަމަ ޖެހޭ. މަށާއި މައްވިޝް ދާނަން ހިންމަފުއްޓަށް. މިލީކް މަޑު ކުރޭ” މިލީން ބުނެލިއެވެ. “މިލީން ހަމަ އަސްލުވެސް މޮޔަވެފައި ތިހުރީ. މިލީންއަށް ހީވޭތަ މައްވިޝް ގޮވައިގެން މިލީންއަށް އެކަނި އުޅެވޭނޭ؟”
“އާނ. ކީއްވެ ނުވާވީ؟ އަހަރެންގެ ވެސް ބާރު އެބަ ހުރި. ދެން މިހުރީ މައްވިޝް. މިއީ ދެ ނަސްލުގެ ކުއްޖެއް. ބާރު މިއޮތީ ގަދަވެފައި. އެމީހުނަކަށް އަހަރެމެން ބައްޔެއް ނުކުރެވޭނެ” މިލީން ނުލަފާ ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
ނަމަވެސް މިލީންއަށް ނޭނގުނު ކަމަކީ މިލީންގެ ބާރު މިހާރު މަޑުމަޑު ދަށް ވާ ކަމެވެ. މިޒިޔަލް ރުގްޔާ ކުރުމުގެ މަސައްކަތް ފެށިކަން މިލީންއަށް ނޭނގުނީވެސް އެހެންވެއެވެ. ކުއްލިއަކަށް މިލީންގެ ބާރު ދަށްވީ ކީއްވެބާއެވެ؟
ފަތިހު 30 5 ވީ އިރު މިޒިޔަލްއަދި މިޒްނާއާއި އެކު އިބްރާހިމްބެ ހުރީ ބަނދަރު މަތީގައެވެ. ތިން މީހުން ގެންދަން އައި ލާންޗުގެ ކައްޕި އައުމުން އިބްރާހިމްބެ މިޒްނާ އަދި މިޒިޔަލް ކުރިމަތީގައި ހުއްޓުނެވެ. “ހެނދުނުގެ ޒިކުރު ކީންތަ؟” އިބްރާހިމްބެ އަހާލިއެވެ. ދެމައިންވެސް ބޯޖަހާލިއެވެ.
“އެ ލާންޗު ދުއްވާ ކުއްޖާ އަކީ އަހަރެންގެ ކޮއްކޮއެއް. އޭނަ ބަހައްޓާނީ ލާންޗުގައި ބަޤަރާ ސޫރަތް ޖަހާފަ. އެހެން ކަމުން މި ދަތުރު އަމާންވެދާނެ. އިންޝާ ﷲ ދެން ދެމީހުންވެސް އިނދޭ ކުރުސި ކިޔާލަ ކިޔާލަ. ނަމަ ނަމަ ހުއްޓާ ނުލާތި” އިބްރާހިމްބެ ކިޔައިދިނެވެ.
ލާންޗު ފުރުމާއި އެކު އެލާންޗަށް ގޯނާ ކުރަން އެތައް ގޮތެއް ހެދޭތޯ މިލީކް އުޅުނެވެ. ނަމަވެސް ލާންޗުގައި ޖަހާފައި ހުރި ޤުރްޢާންގެ އިތުރުން ލާންޗުގައި ތިބި އެންމެން ކުރުސި ކިޔަމުން ދާތީވެ، އެކަން ކުރުމަށް މިލީކްއަށް ނުކުޅެދުނެވެ.
އަމާން އޮމާން ދަތުރަކަށް ފަހު ތިން މީހުނަށް ހިންމަފުއްޓަށް ވާސިލް ވެވުނެވެ. ލާންޗުން އެންމެ ފުރަތަމަވެސް ފޭބީ މިޒިޔަލްއެވެ. ތަންކޮޅެއް ދުރުގައި މިޒިޔަލްއާއި ދިމާލަށް ބަލަން ހުރި އިވްޔާ ފެނި މިޒިޔަލްއަށް އެދިމާލަށް ދުއްވައިގަނެވުނެވެ.
“އައި މިސްޑް ޔޫ ސޯ މަޗް” އިވްޔާގެ ހަށިގަނޑުގައި ބާރަށް ބައްދާލަމުން މިޒިޔަލް ބުނެލިއެވެ. “އައި މިސްޑް ޔޫ މޯރް” އިވްޔާގެ ޖަވާބު ލިބުމުން މިޒިޔަލްގެ ހިތަށް ތަދުވިއެވެ. އިވްޔާ އެކަނި ކޮއްލެވުނީތީ ހިތުގައި ރިއްސާލިއެވެ. މިޒިޔަލް އިވްޔާއާއި ދުރުވެލާފައި އިވްޔާގެ ރީތި ދެލޮލަށް ބަލައިލިއެވެ. މީހަކަށް ފެނުނަސް ހެޔޮ ކަމަށް ބަލާފައި މިޒިޔަލް އިވްޔާގެ ތުންފަތަށް ބޮސްދިނެވެ.
“އައި މިސްޑް ޔޫ ސޯ މަޗް” އިވްޔާ މަޑުމަޑުން ބުނެލިއެވެ. އެއަޑުގައިވީ ވޭން އިވި މިޒިޔަލްގެ ހިތް ރޯލިއެވެ. “އައި މިސްޑް ޔޫ މޯރ” މިޒިޔަލް މަޑުމަޑުން އިވްޔާގެ ބޮލުގައި ތުންފަތް ޖައްސާލިއެވެ.
“ދެން ނުދާތި އެހެން އިވް ދޫކޮށްލާފަ. އިވް އަކަށް ޔަލްއާއި ނުލާ ނޫޅެވޭނެ” އިވްޔާ ބަލައިލީ ސީދާ މިޒިޔަލްގެ ދެލޮލަށެވެ. ކަރުނައިގެ ތެރެއިން ހިނިތުންވެލާފައި މިޒިޔަލް ބޯޖަހާލިއެވެ.
“ޕްރޮމިސް؟” އިވްޔާ ކުޑަވައިން އިނގިލި ދައްކާލަމުން ބުނެލިއެވެ. “ޕްރޮމިސް”
އިވްޔާ އަންނަންދެން ނިދިފައި އޮތް އީވާ ގާތުގައި އިން އިނާ ތެދުވީ ފާހާނާއަށް ދާން ޖެހިގެންނެވެ. އީވާ ގައިމަތީގައި އޮތް ފޮތިގަނޑު ރީތި ކޮއްލާފައި އިނާ ފާހާނާއަށް ވަނެވެ.
އެނދު ކައިރީ އިން ރޭޑިއޯގެ ކަރަންޓު ވާގަނޑު ކެނޑުނެވެ. ވާގަނޑު ހަލާކު ވުމާއި އެކު ބަޤަރާ ސޫރަތްގެ މޫރިތި އާޔަތް ތަކުގެ އަޑު ކެނޑުނެވެ. އެވަގުތު ކަޅު ކުލައިގެ ކުޑަ ދުންގަނޑެއް ކޮޓަރި ތެރެއަށް ފައުޅުވިއެވެ. އީވާ އޮތް އެނދު ކައިރިއާއި ދިމާލަށް ތިރިވެ، އެ ދުންކޮޅު އިންސާނެއްގެ ސޫރަ ޖެހުނެވެ. މައްވިޝް ގޮސް އީވާ ގާތުގައި އިށީނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.







Masha allah mi part vs vrh reethi
Finally iv ah mizna ge loabi libihje.alhamdulillah
Awwww yal n iv soo cuteee
Alhey ivii ah gth nahadhahchey
Soo curious
When next?
Lyyy🫶🫶
Jazaakallah khairan Aanaa
Hehe yess finallyyyyy
Stay tuned for next epiosde to see what happenes to her
Next episode in sha allah sunday ga
Lyt
Mashallah Mi part vx vrh salhi
Ivaa ah dhera gotheh nuhadhahchey 😭
When is next?
Jazaakallah khairan aishayar
Stay tuned for next epiosde to see what happenes to her
Next episode in sha allah sunday ga
Mi part vx varah Reethi Masha Allah…
Ivya ah Mizna ge loabi libejje dhw finally..
Ivya and Miziyal is sooo cutee..🥰
What’s gonna happen to Eeva???
Keep Eeva safe pls🥺🙏
Curiously waiting for the next part..
Lysm Shiher <33
Jazaakallah khairan Shiu
Yeshhhh finallyyyyyy
Ya dhw🙈
Stay tuned for next epiosde to see what happenes to her
Next episode in sha allah sunday ga
Lyt
Masha Allah Mi part ves vrh reethi finally iv ah miza ge loabi libihje adhi karantu ves kendhen jeheythr hehe eevee ah dheragotheh nuhadhahchey plss mahvish ah kithah aharu or months and ivee Anyways mi part ves vrh reethi curiously waiting for the next part ☺️ when’s next
LYSM ❤️😘
Jazaakallah khairan Nayerr
Yeshhhh finallyyyyyy
Stay tuned for next epiosde to see what happenes to her
Eevaa is like 3 months and mavvish is like 2 months but jinni kudhin vrh avahah bodu vaane dhw.. their pregnancy will be shorter as well
Next episode in sha allah sunday ga
Lyt
Thank God they’ve arrived safely!!
Yay finally yal and iv reunited! so happy for them🥹🥹
And finally mizna ge loabi libenee❤️❤️❤️
Alhe eevaa ah dhera gotheh nahadhacheyy!!
Mahvish kuran e ulheny kon kameh baa??
So curious
When next?
Lysssm
Jazaakallah khairan Your fav bab
Yeshhhh finallyyyyyy
Stay tuned for next epiosde to see what happenes to her
Next episode in sha allah sunday ga
Lyt
Maasha Allah mi prt vx vrh reethi
Alhamdulillah… Yal n iv gulhihje..
They are always so cute n romantic 💜
Plzz… Eavy ah gothey nuhadhacheyyyyy
So curious about what will happen nxt
Impatiently waiting
Whn nxt???????
Tc.. Lysm Shiher 💜💜💜
Jazaakallah khairan Shaf_maan
Yeshhhh finallyyyyyy
Stay tuned for next epiosde to see what happenes to her
Next episode in sha allah sunday ga
Lyt
Maashaa Allah mi part ves v Reethi 💗💗
OMG what the fudge is mavish going to do to eeva 🤔😡😤
I mi inany mishary dua kohla kohla Ethana mavish kameh kurumuge Kurin meehaku aadhey tho 🙏🙏🙊🙊🙊
I think milyn is dying cuz milyn ge baaru dhera vaathy 😅
When next?
TC
LYSM ❤️
very good story
jazaakallah khairan
Hi Shiher!
Honestly this is one of the best horror series I’ve read😍
I love how you always keep us in suspense at the end of every episode!
Can’t wait to read the next part!
Lysmmm!🤍
Suspence alwayssss🫶🏻🫶🏻🫶🏻
Hi Shiher!
I have to say this is one of the best horror series I have ever read!😍
I honestly love the suspense you create😭
Can’t wait to read the next part!
Lysm!🤍
Hi Mariyam Imna
Awwwwnnnn jazaakallah khairan dearr this means so much.. haahssakoh miee shiher ge furathama horror story v ma
Kekeke thats my favv dhw mysterious and suspense.. ekahala ideas annany abadhuvess hama hehe
Stay tuned for next episode in sha allah coming soon on sundayy
Lyttt
Alhey ivee ah dheragotheh nuhadhahchey😔 can’t wait! Nice story
Hehe stay tuned for next episode yo find out what happens next
Stay tuned for sunday
Jazaakallah khairan aiminath murushidha
Masha Allah mi part ves vrhhh reethiii💕
Alheyyyy evie ah dhera gotheh nuhadhacheyyy😢
I have to say your stories are just wowwwww 😮😮😮
Your stories are the ones I always look up to on esfiya.
Veryyyy curiousss
Lysmmm shiherrr❤️
Jazaakallah khairan dearr
Hehe balamaa dhw dhn vany kihineh thw
Awwwhhh i am so happy to hear that🥺❤️
Ilytttt
Ayyy mi part vx vrh reethiii💗💐..!! Love your stories shiherr
Oh no ivyy ah dhera gotheh nuhadhahcheyy 😭🙏
Can’t wait for the next part😭💗
You are so talented shiherr ..Masha Allah
TC lysm shiherr💗💐
jazaakallah khairan dearr
Mi part ves varah reethi, Finally miznaa ge hih ivya ah ruhijje dho. Is the family getting back together again. Curious to see what happens next
jazaakallah khairan dearr