Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި 10 ވަނަ ބައި

shiff Level 110 Stories
December 11, 2018 5 Mins Read
11 Comments

“ވަރަށް ދެރަ ޒިޔާނަށް ނުދެވޭތީ” ލޯގަނޑު ކުރިމަތީގައި ހުރެގެން ދެ ތުންފަތުގައި ލިޕްސްޓިކް ޖައްސަމުން ނިހާ ބުންޏެވެ.

“ބޮލުގަ ރިހުމަކަށް ލުޔެއް ނުލިބޭ. ކިރިޔާވެސް ކެރޭނަމަ ދާނަން. ވަރަށް ދާން ބޭނުން” ކަމެއް ދިމާވެގެން އުޅޭކަން ނިހާ އަށް އަންގަން ބޭނުން ނުވާތީ ޒިޔާން މަސައްކަތް ކުރީ އާދައިގެ ގޮތަކަށް ވާހަކަ ދެއްކޭތޯއެވެ. އެކަމަކު ކިތަންމެ ހިފަހައްޓަން އުޅުނަސް ދޭތެރެއަކުން އޭނާ އަށް ގިސް ލެވެއެވެ. ލޮލުން ކަރުނަ އާދެއެވެ. އެކަމަކު އެކަން ނިހާ އަކަށް ފާހަގައެއް ނުކުރެވެއެވެ. އޭނާގެ ސަމާލުކަން ހުރީ މުޅިން އެހެން ކަމަކަށެވެ. ހިތްހަމަޖެހޭ ވަރަށް ފަރި ވުމަށްފަހު ކުޑަކުޑަ ޒައިނީ ރީތިކުރަން ފެށިއެވެ.

“ހީވަނީ ކުޑަކުޑަ ފެއަރީ އެއް ހެން” މަޑު ނޫކުލައިގެ ޕާޓީ ހެދުން ލެއްވުމަށްފަހު ނިހާ ބުންލިއެވެ.

އެއަޑަށް ޒިޔާން ޒައިނީއާ ދިމާ އަށް ބަލައިލިއެވެ. އެއީ އޭނާގެ މޭގެ އެތިކޮޅެވެ. ހިތުގެ ފިނިކަމެވެ. ހުރި ހަމައެކަނި ދަރިފުޅު ކަމަށް މި ހުރިހާ ދުވަހު ހީކުރެވުނު ދަރިފުޅެވެ. ލޮލަށް ނުފެނުނަސް، ބައްދަލު ނުވިޔަސް ޒައިނީ އަށްޓަކައި ހިތުގައި އުފެދިފައިވާ ލޯބި މާޔާ އަށްޓަކައި ވެސް އުފެދިއްޖެއެވެ. މިހާރު އެ ދަރިފުޅު ހާދަ ބޮޑު ވެދާނެއެވެ. އުމުރުން ފަސް އަހަރު ވެދާނެއެވެ. ރީތިކޮށް ވާހަކަދައްކާ، އެހެން މީހުންނާއެކު މަޖާކޮށް، ކުޅެލާ ދުވެލާ އުޅޭނެއެވެ.

“އަހަރެމެން ދަނީ” ޒައިނީ އުރާލަމުން ނިހާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

“ބައްޕިގެ ދޫނި ހާދާ ރީއްޗޭ!” ޒައިނީ އަށް އަތުން ހަނާއަޅާލަމުން ޒިޔާން ބުނެލިއެވެ.

އެ ދެމައިން ނުކުމެގެން ދިޔުމުން ޒިޔާން ގޮސް ދޮރު ތަޅުލުމަށްފަހު ބޮކިތައް ނިއްވާލިއެވެ. ކަނުއަނދިރިކަމާއި ހިތާމަތައް ހަފަރާތުން އައިސް އޭނާ ފިއްތާލި ކަމުގެ އިހުސާސް ކުރެވިގެން ދިޔައެވެ. އޭނާ އަށް ވުރެ ބޮޑު ކުށްވެރިއަކު، އަނިޔާވެރިޔަކު މި ދުނިޔޭގައި އުޅޭނެ ހެއްޔެވެ؟ ރިޔާޝާ އަކީ މައުސޫމް ކުއްޖެކެވެ. ސަބަބެއް ނެތި އޭނާ ދެކެ އިންތިހާ އަށް ލޯބި ވިއެވެ. އެ ލޯބި ދެމިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ބަޔާންނުކުރެވޭ ވަރަށް އުފާ ދިނެވެ. އެކަމަކު ބަދަލުގައި އޭނާ އަށް ދެވުނީ ކޮން އެއްޗެއް ހެއްޔެވެ؟ އޭނާ ވެސް ރިޔާޝާ ދެކެވީ ތެދުވެރި، ސާފު ޠާހިރު ލޯތްބެކެވެ. ހިތުގެ އެންމެ ފުންމިނުންނެވެ. އެކަމަކު އެންމެ ފަހުވަގުތު އެ ގޯސް ހެދުނީ އެވެ. ފަހުން ރިޔާޝާގެ ހާލު ވެސް ބަލައިނުލެވުނީ އެވެ. އޭނާގެ ދަރިއަކަށް ބަލިވެ އިނދެ، ވިހޭއިރު ވެސް ނޭނގުނީ އެވެ.

ނިހާ ދިޔައީ ޒިޔާން ބަލިވެ އޮތް ވާހަކަ މަންމަ ކައިރީގައި ބުނެފައެވެ. އެހެންކަމުން މަންމަ ގޮސް ދޮރުގައި ޓަކިޖެހިއެވެ. ޚަބަރެއް ނުވުމުން ތަޅުގައި ހިފި އިރު ހުރީ އެތެރޭން ތަޅުލާފައެވެ. ފެންލައިޓުން ވެސް އަލިކަމެއް ފެންނާކަށް ނެތެވެ.

“ދަރިފުޅާ! އެބައުޅެންތަ؟ ދޮރު ހުޅުވާލަބަލަ!”

މަންމަ ގޮވަންފެށުމުން ޖަވާބެއް ނުދީ އޮންނާކަށް ޒިޔާނަކަށް ނުކެރުނެވެ. އޭނާ އެނދުން ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ.

“ކީއްވެ އަނދިރީ ކޮށްގެން ތިއުޅެނީ؟” މަންމަ ކޮޓަރިއަށް ވަނުމަށްފަހު ބޮކި ދިއްލާލިއެވެ. “ނިހާ ބުނި ދަރިފުޅު ހުން އައިސްގެންނޭ!”

“މިހާރު ހުން ރަނގަޅު. ބޮލުގަ ރިހެނީ” ޒިޔާން އެނދުގެ މަގަތުގައި އިށީނެވެ. މަންމައާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.

މަންމަ އައިސް ޒިޔާން ގާތުގައި އިށީނެވެ. އަދި އޭނާގެ ކަނދުރާގައި އަތްތިލަ ޖައްސާލިއެވެ. ތެދެކެވެ. ހުމެއް ނެތެވެ. އެކަމަކު ޒިޔާން ފެންނަނީ ވަރަށް ބަލި ގޮތަކަށެވެ. ހީވަނީ ޒަމާންތަކެއް ވަންދެން ބަލިވެ އުޅެފައިވާ މީހެއް ހެންނެވެ.

“ކީއްވެ ބޮލުގަ ރިހެނީ؟” ޒިޔާނަކީ އެއްވެސް އިރެއްގައި ކަމަކާނުލާ ބޮލުގަ ރިހޭތީ އުޅުނު މީހެއް ނޫނެވެ.

ދޭނެ ޖަވާބެއް ޒިޔާނަކަށް ނޭނގުނެވެ. ޖަވާބު ދޭނެހާ ހިތްވަރެއް ވެސް ނެތެވެ. ޒިޔާން ދެ ކަކޫ މަތީގައި ދެ އުޅަނބޮށި ޖައްސާލަމުން ދެ އަތުން ބޮލުގައި ހިފަހައްޓާލިއެވެ. އެވަގުތު އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ދެ ލޮލުން ކަރުނަ އައެވެ. ގިސްލެވެން ފެށިއެވެ.

“ކިހިނެއްވީ ދަރިފުޅާ؟ ކޮންމެ ވެސް ބޮޑު ކަމެއް ވެއްޖެ! މަންމަ ކައިރީގައި ބުނެބަލަ!” ޒިޔާންގެ އަމަލުތައް ހުރިގޮތުން މަންމަ ހާސްވިއެވެ. ޒިޔާން އެވަރަށް ހިތުގައި ޖެހިފައި ވަނިކޮށް މީގެކުރިން ދުވަހަކު ވެސް ނުފެނެއެވެ. “ނިހާއާ މައްސަލައެއް ޖެހުނީތަ؟” މަންމަ އަށް ހީވާ އެއްޗެއް ބުނެލިއެވެ.

ނޫނެކޭ ބުނުމުގެ ގޮތުން ޒިޔާން ދެފަރާތަށް ބޯ ހޫރާލިއެވެ.

“މަންމާ! މިއީ އަހަންނަށް ކުރެވިފައިވާ ވަރަށް ބޮޑު ކުށެއް” ހިތްވަރުކޮށްފައި ވާހަކަ ދެއްކޭތޯ ޒިޔާން މަސައްކަތް ކުރިއެވެ. މަންމަ އަކީ އޭނާ އެންމެ އިތުބާރު ކުރާ، ދިރިއުޅުމުގެ ކޮންމެ އިމްތިހާނެއްގައި ވެސް އޭނާއާ އެންމެ ގާތުގައިވާ ފަރާތެވެ. ދުވަހަކު ވެސް ދެގޮތެއް ނުވާ، އޭނާ އަށް އެންމެ ހެޔޮއެދޭނެ ފަރާތް ވެސް މެއެވެ.

“ކުށެކޭ؟” ހައިރާންކަމާއެކު މަންމަ އެހިއެވެ. “ކީކޭތަ ތި ކިޔަނީ؟ ދަރިފުޅަކީ ފިނޑިއެއް ނޫން. ކޮންމެ ކަމަކާވެސް ހިތްވަރާ އެކު ކުރިމަތިލާން ކެރޭ ހިތްވަރު ގަދަ ކުއްޖެއް! އެކަމަކު މިއަދު ދަރިފުޅު ތި އުޅޭ ގޮތް ފެނިފަ މަންމަ މި އިނީ ބުނާނެ އެއްޗެއް ނޭނގިފައި”

“މަންމަ އަހަންނަށް މަޢާފު ކޮށްދީ!” މަންމަގެ އަތްތިލައިގައި ހިފައި ބާރުކޮށްލަމުން ވަރަށް އާދޭހާއެކު ޒިޔާން އެދުނެވެ.

“މަންމަ މަޢާފު ނުކުރާނެ ވަރުގެ ކުށެއް ދަރިފުޅަކަށް ނުކުރެވޭނެ” ޒިޔާނަށް ހިތްވަރުދިނުމުގެ ގޮތުން މަންމަ ބުންޏެވެ. “ތީ މަންމަގެ ދަރިއެއް! ދަރިފުޅު ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ މަންމަ އަށް”

“މިއީ މި ހުރިހާ ދުވަހު އަހަންނަށް ނޭނގި އޮތް ކަމެއް! ސިއްރުވެފައިވާ ހަޤީޤަތެއް! އަހަރެންގެ މުޅި ދިރިއުޅުމަށް އަސަރުކުރާނެ ކަމެއް! މިއަދު އަހަންނަށް ވެސް މި އެނގުނީ” މަންމަގެ އަތުން ދޫކޮށްލުމަށްފަހު ޒިޔާން ކޮޅަށް ތެދުވިއެވެ. މަންމައާ ހަތަރުކަޅި ހަމަކޮށްގެން އިންނާނެހާ ހިތްވަރެއް އެނާގެ ނެތެވެ.

“މަންމާ. . . އަހަރެންގެ އެހެން ދަރިއަކު އެބަހުރި” ދެ ލޯ މަރާލަމުން ތުރުތުރުއަޅާ އަޑަކުން ޒިޔާން ބުންޏެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވެފައި ވަނީ ޚުދު އޭނާ އަށް ވެސް އެ ވިންދުގެ އަޑު އިވޭހާ ބާރަށެވެ. މަންމަ އަށް ވާނެ ގޮތެއް ހިތަށްއަރުވާލުމުން ބިރުން ފިތްކަނޑައިގެންދާވަރު ވެއެވެ. މަންމަ އެއްޗެކޭ ބުނާ އަޑު އިވޭނެ ވަގުތެއްގެ އިންތިޒާރުގައި އޭނާ ނޭވާ ހިފަހައްޓާލައިގެން، ދެ ލޯ މަރައިގެން ހުރީއެވެ.

“އާދޭ އިށީންނަން!” ހަމަހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު މަންމަ ޒިޔާންގެ އަތުގައި ހިފާލިއެވެ. ޒިޔާން ހީކުރިގޮތާއި ހިލާފަށް މަންމަގެ ފަރާތުން ފެނުނީ މަޑުމައިތިރިކަމާއި، އޯގާވެރިކަމެވެ. ވަރަށް ފުން ނޭވާއެއް ލުމަށްފަހު އޭނާ މަންމަ ގާތުގައި އެނދުގައި އިށީނެވެ. އެއްވެސް ކަމެއް ސިއްރު ކުރުމެއްނެތި ހުރިހާ ވާހަކައެއް ފެށިގެން ނިމެންދެން ކިޔާދިނެވެ.

“ވަރަށް ކުރިން އެއްދުވަހަކު އަހަރެން ހޯދަން އައެއްނު އަންހެން ކުއްޖެއް. ފުރަން އުޅޭތީ އަހަންނާ ބައްދަލުކޮށްލަން ވެގެން!” މަންމަ އަށް ޒިޔާން ހަނދާންކޮށްދިނެވެ.

“އެ ދުވަހު އޭނާގެ ދެ ލޮލުން މަންމައަށް ފެނުނީ ނުތަނަވަސްކަން. ކޮންމެ ވެސް ކަމެއް ފޮރުވަން އުޅޭހެން ހީވި” އިރުކޮޅަކު ވިސްނަން އިނުމަށްފަހު މަންމަ ބުންޏެވެ. “އެ ދުވަހު އޭނާ އައީ ދަރިފުޅު ކައިރީގަ އެވާހަކަ ބުނަންވެގެންތަ؟”

“ނޫން. އަހަރެން ހޯދުމުގެ ބަހަނާގަ އޭނާ އައީ މަންމަ ދޭކޭހިތުން” ޒިޔާން މަޑުމަޑުން ބުނެލިއެވެ.

“އެހެން މީހުންނަށް ނޭނގޭ ގޮތަށް ސިއްރުން ކުރެވިފައި ހުންނަ ފާފައިގެ ވާހަކަ މީހުން ކައިރީގައި ދެއްކުމުގެ މާނައެއް ނެތް. އެއީ ރަނގަޅު ގޮތެއް ވެސް ނޫން. މި ކުރެވުނީ ފާފައެއް ކަން ގަބޫލުކުރެވުމުން ވީ އެންމެ އަވަހަކަށް ތަޢުބާ ވާންވީ. ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރުމަށް އަޒުމު ކަނޑައަޅަންވީ. ﷲ އެއީ ގިނަގިނައިން ޢަފޫކުރައްވާ އެންމެ ދީލަތިވަންތަ ރަސްކަލާންގެ” ޒިޔާންގެ ބޮލުގައި ފިރުމަމުން ލޯތްބާއެކު މަންމަ ވާހަކަދެއްކިއެވެ.

“އެކަމަކު މަންމާ. . . މި ކަމުގަ އަހަރެން މަޢާފަށް އެދެން ޖެހޭ ކިތައް މީހުން އެބަތިބި؟ އަހަންނަށް މި ކުރެވުނު ކުށުގެ ނޭދެވޭ އަސަރު ކުރަން ތިބި މީހުން ގިނައެއް ނޫންތަ؟” ޒިޔާނަށް ޝަކުވާ ކުރެވުނެވެ.

“މަންމަ އަށް އެނގޭތަ؟ އަހަރެންގެ ދަރިފުޅު އުޅެނީ މި ރަށު ސްކޫލް ގައި. އެކަމަކު އަހަންނަށް އަދި ނުވެސް ފެނޭ” ޒިޔާންގެ އަޑު ބެދުނެވެ. ނަތާގެ ބެލެނިވެރިކަމުގެ ދަށުގައި މާޔާ ސްކޫލަށް ވެއްދިކަން އޭނާ އަށް އެނގެއެވެ. އެކަމަކު އެއީ އޭނާގެ ދަރިއެއް ކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟

“މި ހުރިހާ ދުވަހު ސިއްރު ކޮށްފައި އޮތް ކަމެއް ހަމަ ކުއްލިއަކަށް މިއަދު ދަރިފުޅަށް އަންގަން ޖެހުނީ ކީއްވެބާ؟” ފުން ވިސްނުމެއް ގައި އިނދެފައި މަންމަ އެހިއެވެ. އެއީ ޒިޔާންގެ ހިތުގައި ވެސް އުފެދުނު ސުވާލެކެވެ. އެކަމުގެ ސަބަބެއް އޮންނާނެ އެވެ.

“އަހަންނަށް ހީވަނީ ރިޔާޝާ މިކަންތައް ސިއްރުކޮށްގެން އުޅެނިކޮށް ކޮންމެ ވެސް ގޮތަކުން މީޝާއިލްއަށް އެނގުނީހެން. އޭނާ މިރަށަށް ވަޒީފާ ބަދަލުކުރީ ވެސް އަހަންނަށް މިކަން އަންގަންހެން. މިހާރު ނޭނގެ އޭނާ ރިޔާޝާ ދޫކޮށްނުލާކަމެއް ވެސް. އަހަންނަށް އެނގޭކަމަކީ ނިހާ އަށް އެނގިއްޖެނަމަ އަހަރެންގެ ދިރިއުޅުން ރޫޅޭނެކަން” ހިތަށް އަރާފައިބަމުން ދިޔަ އެއްޗެހިން ޒިޔާންގެ ހިތާމަތައް ދެ ގުނައަށް އިތުރުވެގެން ދިޔައެވެ. ހިތްވަރު އެލި، މީހާ ބަލިކަށިވާން ފެށިއެވެ. ކުރިއަށް ވުރެ ބޮޑަށް ގިސްލެވެން ފެށިއެވެ.

“ނިހާ މަޢާފުކުރާނެ. އެއީ ނިހާއާ އިނުމުގެ ކުރީގެ ކަމެއް! ދަރިފުޅު ހިތްވަރު ކޮށްފަ މީޝާއިލްއާ ބައްދަލު ކޮށްފަ މަޢާފަށް އެދޭ! ރިޔާޝާާގެ ކިބައިން ވެސް މަޢާފަށް އެދޭ!” މަންމަ ދިން ނަސޭހަތާއި، ހިތްވަރުން ކޮންމެ ވެސް ވަރަކަށް ޒިޔާން ހަމައަކަށް އެޅުނެވެ. އަމިއްލަ ހިތުގެ ސިއްރެއްގެ ގޮތުގައި އެކަން ނުބާއްވާ މަންމަގެ ކުރިމަތީގައި ހާމަ ކުރެވުނީތީ ވެސް ހިތަށް ލުއިކަމެއް ލިބުނެވެ.

އާ ދުވަހަކަށް ދުނިޔެ މަރުހަބާ ކީ މުޅިން އާ ކަންތައްތަކަކާއި އެކުގައެވެ. އާ ކުލަތަކަކާއި އެކުގައެވެ. ޒިޔާން ވެސް ހިތުގައި އަޒުމެއް ކަނޑައެޅި އެވެ. އަމިއްލަ ނަފުސަށް ވަޢުދެއް ވިއެވެ. އޭނާ ފިނޑިއަކަށް ނުވާނެ އެވެ. ނުކެރިފައި، ގޭގައި ރޯކަށް ނޯންނާނެ އެވެ. ވީކަމެއް ވެ ނިމުނީ އެވެ. އެކަން ބަދަލެއް ނުކުރެވޭނެ އެވެ. ދެން އޮތީ ހިތްވަރު ކޮށްފައި ކެރިގެން ކުރިމަތިލުމެވެ. ކުރެވިފައިވާ ކުށަށް ތަޢުބާވެ، ހެދިފައިވާ ގޯސްތައް އިސްލާހުކުރަން މަސައްކަތް ކުރުމެވެ.

ސްކޫލަށް ދިޔަގޮތަށް ފުރަތަމަ ވެސް ޒިޔާން ދިޔައީ މާޔާ ދެކޭ ހިތުންނެވެ. ޕްރީސްކޫލް ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަކުރެވިފައިވާ ކްލާސްތައް ކައިރިއަށް ގޮސް އޭނާ މާޔާގެ ކްލާސް ހޯދިއެވެ. އެއްވެސް މީހަކު ކައިރީގައި ސުވާލު ނުކުރިޔަސް އޭނާ އަށް މާޔާ ފެނުމުން އެނގުނެވެ. އެކަން އިހުސާސް ކުރެވުނެވެ. އެއީ އޭނާގެ ލޭ ކަން ހިއްސުތައް ދެނެގަތެވެ. ފެންކަޅިވެފައިވާ ދެލޮލުން މާޔާ ކުޅެން އުޅޭތަން ދެކެން ކުޑަދޮރު ކައިރީގައި މަޑުކޮށްލައިގެން ހުރި އިރު އޭނާ އަށް މާޔާގެ މޫނު ފެނުނީ ރިޔާޝާގެ ސިފައިގައެވެ.

“ކުޑަކުޑަ ރިޔާ” ޒިޔާނަށް ހިތާހިތުން ބުނެވުނެވެ. ހަޤީޤަތުގައި މާޔާއަށް އެ ދެމީހުންގެ ސިފަތަށް އެއްވަރަކަށް ލިބިފައި ވެއެވެ.

ޒިޔާން މަޑުމަޑުން ހިނގައިގަތެވެ. ކިތަންމެ ގިނައިރަކު ބަލަން ހުއްޓަސް ހިތެއް ނުފުރޭނެއެވެ. އޭނާ ހިތް އެދެމުން ދަނީ މާޔާ އުރާލާ، ލޯބި ކޮށްލުމަށެވެ. “ދަރިފުޅާ”އޭ ކިޔާ ގޮވާލުމަށެވެ.

ހިތްވަރުކުރަމުން ޒިޔާން މީޝާއިލްއާ ބައްދަލުކުރި އެވެ. އިރުއޮއްސުނު ވަގުތު އަތިރިމަތިން މީހުން މަދުވެ މުޅިން އަމާން ވެއްޖެއެވެ. މުޅި މާހައުލުގައި ވަނީ ހިމޭންކަމެވެ. އިސްވެ ވާހަކަދައްކަންވީ ކާކުކަން ނޭނގިފައި ދެ މީހުންނަށް ވެސް ތިބެވުނީ އެވެ.

“ޒިޔާން. . . ކޮންމެ ވެސް އެއްޗެކޭ ބުނެބަލަ!” އެންމެ ފަހުން ފުރަތަމަ ވާހަކަ ދެއްކީ މޯޝާއިލްއެވެ. މި ކަމާމެދު ޒިޔާން ދެކޭ ގޮތަކާއި، ނިންމާ ގޮތެއް އެނގުމަށް މީޝާއިލް ހުރީ ކެތްމަދުވެފައެވެ.

“ކީކޭ ބުނާނީ؟ ކީކޭ ކިޔާފަ ފަށާނީ ވެސް؟ އަހަރެން މިހުންނަނީ މީޝާއިލްއާ ކުރިމަތިލާން ވެސް ނުކެރިފަ” އުދަރެހަށް ބަލަން ހުރެ، މާޔޫސްކަމާއެކު ޒިޔާން ބުންޏެވެ. ދައްކަން ހުރި ވާހަކަ ގިނަ ކަމުން އޭނާ ހުރީ ފުރަތަމަ ދައްކަންވީ ކޮން ވާހަކައެއްކަން ނޭނގިފައެވެ.

“ޒިޔާން ރިޔާ ދެކެ އެހާ ލޯބިވާ އިރު ކީއްވެ ފަހުން ރިޔާގެ ޚަބަރެއް ވެސް ބަލާ ނުލީ؟” ފުންނޭވާއެއް ދޫކޮށްލަމުން މީޝާއިލް އެހިއެވެ

ނުނިމޭ

Share Article

Follow Me Written By

shiff

Level 110 Stories

Other Articles

Previous

އެކުވެރިޔާ

Next

ޑިސެންބަރު ތިރީސް އެކެއް 4 – ފަހުބައި

Next
December 11, 2018

ޑިސެންބަރު ތިރީސް އެކެއް 4 – ފަހުބައި

Previews
December 11, 2018

އެކުވެރިޔާ

11 Comments!

  1. lai says:
    December 11, 2018 at 10:05 am

    haadha kurey mi part

  2. Hajja says:
    December 11, 2018 at 11:18 am

    Mihaa dhuvaskohffa haadha kurukoh thi up kohdhinee.. mivaahaka reethikamun inthizaaru koh koh foohi vejje mihaaru..

  3. partey says:
    December 11, 2018 at 4:21 pm

    dhen Anna mahu dhw aneh part

  4. Reader says:
    December 12, 2018 at 7:34 pm

    Vrh kuru mi part.. And very slow up kuraaleh vxx…maa las kh up kuryma kuryma part hadhaan vx nethifa huhnany

  5. shhhhh says:
    December 13, 2018 at 2:43 pm

    thy varah bodu thedheh hama

  6. Anonymous says:
    December 13, 2018 at 2:44 pm

    thy varah bodu thedheh hama

  7. Naash says:
    December 13, 2018 at 3:13 pm

    God damn….kiihve tha ehaa lahn up kurany??? Adhi up kuraa iruvx ehaa kurukoh kuranyy….ehnve varah foohi kiyan…

  8. Reader says:
    December 13, 2018 at 9:52 pm

    And why we didnt get response from writer?

  9. Anonymous says:
    July 25, 2019 at 4:58 am

    Please next part

  10. huhhhhhhhhhhhhhhhhhhhhhhhhhhh says:
    May 13, 2020 at 1:20 am

    pisss thikahala meehun nuliyebala vaahaka dhe vaahaka liyan fashaa gothah vaahaka ninman vx ingen jeheyne dhw vrh foohi vey mi kahala writers dheke huhhh dhn kykey dhw bunanee vx enme kiyaa hihvaa thankolhun ninmaalaafa adi ehaa kuru vaahaka genas dheylen vxx.

  11. Anonymous says:
    July 2, 2020 at 9:34 am

    Please vaahaka upp kohdheeeeeeeee

Comments are closed.


All Right Reserved!