މިއީ އަތޮޅުތެރޭގެ ރަށަކަށް އަހަރެން ކުރި ފުރަތަމަ ދަތުރެވެ. މީގެކުރިން “ރާއްޖެތެރެއޭ” ބުނުމުން އަހަންނަށް ސިފަކުރެވުނީ ބާވެ ހަސްނެތިފައިވާ ޖިފުޓިތަކާއި، ނާތަހުޒީބު އަވަށްގަނޑެކެވެ. އެކަމަކު އެއީ މުޅިން ކުށްހީއެކެވެ. އަހަރެންގެ މަންމަގެ އުފަން ރަށަކީ މާބޮޑު ތަކުލީފަކާނުލައި، ހިތްހަމަޖެހިގެން ދިރިއުޅެވިދާނެ ރަށެކެވެ. އަތޮޅު ހޮސްޕިޓަލް ހުންނަނީ މި ރަށުގައެވެ. ފެންވަރު ރަނގަޅު ޑޮކުޓަރުން ތިބެއެވެ. އެންމެ ފަހުގެ ވަސީލަތްތަކުގެ އެހީގައި ކިޔަވައިދޭ، ޖާގަ ތަނަވަސް ސްކޫލެއް ހުރެއެވެ. ރަށުގެ ގެތަކާއި މަގުތަކަށް ބެލިޔަސް ތަރައްޤީގެ ކުލަވަރު ވަރަށް […]
އެންމެ ފުރަތަމަ ސުވާލެއް އަހާލާާނަމެވެ.؟ ލޯތްބަކީ ކޮބާހެއްޔެވެ؟ އިޝްގީ ލޯބި އަހަރެންގެ ހިތުގައި އުތުރިއަރައިގެންއިރު އަހަރެންގެ އުމުރުން އެންމެ 12 އަހަރެވެ. އެއީ ފުރަތަމަ ނަޒަރުން ލޯބި ވުމެއް ނޫނެވެ. އަހަރެންގެ ހިތް ހަދިޔާ ކުރެވުނީ ފެނި ފެނި ބާވެފައިވާ ކުއްޖަކަށެވެ. އެއީ އައްޒާާާމު ައެވެ. އެންމެ ފުރަތަމަ އެއްވެސް ޝައުގުވެރި ކަމެއް ނެތެވެ. ލޯބި ވެވުނީ ހަމަ ކުއްލިއަކަށެވެ. ވީ ގޮތެއް އަހަންނަކަށްވެސް ނޭނގުނެވެ. އޭނާގެ އަޑު ރީތި ވީއެވެ. އެ ބަލާލުން ފުރިހަމަ އީއެވެ. […]