(ފުރަތަމަބައި) އިރު އޮއްސޭމަންޒަރު ބެލުމަކީ އަހަރެންގެ އާދައެކެވެ. އިރުއަރާ މަންޒަރުވެސް ބަލަން ދާހިތް ނުވަނީއެއްނޫނެވެ. ހިސާބަށްވުރެ ހަމަ ކަންނެތީއެވެ. ދުރުދުރަށްފެތުރިފައިވާ މާ ކަނޑުގެ މައްޗައް އޮއްސޭ އިރުގެދޯދި ތައް އެޅިފައި ހުންނައިރު ހާދަ ރީއްޗެވެ. “ބައްލު އިންނަންޏާ އިންދޭ އަހަރެން މިދަނީ” އެއީ އުލްވާންގެ އާދައެވެ. ބެސްޓްފުރެންޑަކަސް މަށަށް ޖެއްސުން ކުރުމެވެ. އުނދަގޫ ކުރުމެވެ. އަހަރެން އެކަނި އިންނަން ނުކެރޭނެކަން އުލްވާންއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ. ” ދޭ. މަށަށް ހެޔޮ. އެކަމް ޝައްފަ ބޮލަށް ޗިޕު […]
އިރުކޮޅަކު ވާހަކަ ދައްކަން އިދެފައި އަހަރެން އޮށޯތީ ނިދާލެވޭތޯއެވެ. މާގިނަ އިރުތަކެއްނުވެ އަހަންނަށް ނިދިއްޖެއެވެ. ހަމަ ނިދި ޖެހިލުމާ އެކު އީޝާ އަހަރެންގެ ކަންފަތް ބުޑުގައި ރޮވެލިހެން އަހަންނަށް ހީވިއެވެ. އެއާއެކު އަހަރެންނަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އަހަރެން ހައިރާންވީ ޒިޔާދާ އާއި ރިޝްފާ ފެންނަ ހިސާބުގަ ނެތީމައެވެ. އެކަމަކާ އަހަރެން އަޅައެއްވެސް ނުލަމެވެ. އޮށޯންނަން އުޅެނިކޮށް ރިޝްފާ ކުކުރާލި އަޑުއިވުނެވެ. ގޮޅީގެ ފާހަނާއާވީ ދިމާލުންނެވެ. އަހަރެން ތެދުވެގެން ގޮސް ބަލާލީ ރިޝްފާ ތަނަކަށް ތަދުވާތީ އުޅޭހެން ހީވީމައެވެ. […]
އާނއެކެވެ. ކޮޓަރި ފަންކާގައި ދަންޖެހިފައި އެހުރީ އިމްޝާއެވެ. އިމްޝާ ހުރީ މަރުވެފައެވެ. “ޝާއިން” އަހަންނަށް ބުނެވުނެވެ. “އިމްޝާ ތިރިކުރޭ..” އަހަންނަށް ރޮވުނެވެ. ޝާއިން ގޮސް އިމްޝާގެ ކަރުގައި އައްސައިފައި ހުރި ބެޑްޝީޓް މޮހަންފެށިއެވެ. “މަގޭ ދަރިފުޅު..” އައިނައި ދިމާލެއް ނޭނގި އިމްޝާގެ މަންމަވެސް ރޮވެ ގަތްއަޑު އިވުނެވެ. “ގޮތްކުޑަ ޖާހިލު..”އިމްޝާގެ މަންމަ ގޮސް ޝާއިން ކޮއްޕާލިއެވެ. “މިހިރަ ސުންޕާ އާއި އިނދެގެން މަގޭ ދަރިފުޅު ހިތްދަތި ކުރެވުނު ވަރު ކުޑައީތަ.. އެންމެ ފަހުން އެދަރިފުޅު މަރާތިލީ..” އިމްޝާގެ […]
“ނަޝާ ދެން ނުރޮއޭ… އަހަރެން މިއައީ ނަޝާ ބަލާ..” އީތަން އަހަރެންގެ މޫނަށް ބޮސްދެމުން ބުންޏެވެ. ސިއްސައިގެން ގޮސް އަހަންނަށް ހޭލެވުނެވެ. ފެނުނީ ހުވަފެނެއްކަން އެގުމުން އަނެއްކާވެސް އަހަންނަށް ރޮވުނެވެ. “އީތަން ކީއްވެތަ.. ކީއްވެތަ.. އީތަން އަހަރެން ގެންދިޔަ ނަމަ…. އެންމެ ފަހަރަކުވެސް ލޯބިވެޔޭ ބުނި ނަމަ… އެންމެ ފަހަރަކުވެސް މަޖުބޫރުވެގެންނޭ ބުނި ނަމަ… އަހަރެން މަޑުކުރީމުސް.. އަހަންނަށް ހާދަ ހާރޓް ވޭ.. އަދިވެސް މިހިތުން ލޯބި ފިލާނުދޭ..” އަހަރެން ހިތާހިތުން ޝަކުވާ ކުރަމުން ދިޔައީމެވެ. މާދަމާއަކީ […]
ވާނުވާ އެނގުނު އިރު އަހަރެން އޮތީ ހޮސްޕިޓަލްގައެވެ. ކައިރީގައި އިނީ ޝާއިން އާއި އަހަރެންގެ ދޮންބެއެވެ. “ދޮންބޭ… އަހަރެން ގެންދޭ…” އަހަންނަށް ރޮވުނެވެ. “ކިހިނެތްވީ..؟” ދޮންބެ އައިސް އަހަރެންގެ ގައިގަ ބައްދާލިއެވެ. އަހަންނަށް ބަލައި ލެވުނީ ޝާއިން އަށެވެ. އެވަގުތު އެނާގެ ފެންކަޅިވެފައިވާދެލޯ ފެނި އަހަރެންގެ ހިޔާލު ބަދަލުވިއެވެ. “އަހަންނަށް ކިހިނެތްވީ..” އަހަރެން ބުނީމެވެ. “ޑޮކްޓަރު ބުނީ މާބޮޑަށް ހިތުގަޖެހުނީއޭ.. ކޮއްކޯ ކިހިނެތް ވީ.؟ ޝާއިން ވެސް އެންމެ ފަހަރަކުވެސް ރުއިން ނުހުއްޓާ.. މި ވެގެންއުޅޭ ގޮތެއް […]
އަހަރެންނަށް ބޯ ހޫރާ ލެވުނީ އެވެ. ހިނިވެސް އައެވެ. ޝާއިން އާއި އިންނާށޭ ކިޔައިފަ އުޅުނު އިރު ހީވަނީ އަހަރެން ވަރެއް ނެތިގެން އެހެން ފަދަ ކަމެއް ހެންނެވެ. މިހާރު އަހަރެންހާ ގޯސް މީހެއްވެސް ނެތެވެ. އަހަރެން ސައިބޮއެ ނިމުނުއިރުވެސް ޝާއިން އާއި އިމްޝާ ނުނިކުމެއެވެ. އަހަރެން އަޅައެއްވެސްނުލަމެވެ. އަހަރެންނަށް ވަގުތުދޭ ގޮތައް އިމްޝާއަށް ވަގުތުދޭން ޖެހޭނެކަން އަހަރެން ދަންނަމެވެ. މައްސަލަ އަކީ އިމްޝާއަށް އެވަރު ނޭނގޭކަމެވެ. އަހަރެންގެ ކައިވެންޏަށް ފަސްމަސް ފުރިގެން ދިޔައީއެވެ. މިހާރު އަހަރެންނަށް […]
އިމްޝާ ފޯނު ކަނޑާލިއެވެ. އަހަރެންނަށް ރޮވުނީއެވެ. ކައިވެނީގެ ފުރުތަމަ ރޭ ވެސް ފިރިމީހާ ދޮށީއަނބި ހިތްހަމަޖައްސަނީއެވެ. އަހަރެން މި ޖެހުނީ ރޮވެ ރޮވެ އޮންނާށެވެ. އަހަންނަށް ހޭލެވުނީ މީހަކު އަހަރެންގެ މޫނުމަތީގައި ފިރުމާލުމުންނެވެ. ގަދަކަމުން ލޯހުޅުވާލާފައި ބަލާލިއިރު ކައިރީގައި އިނީ ޝާއިންއެވެ. “ޝާއިން..”ޝާއިން އަހަރެންގެ އަނގަމަތީއަތް އެޅިއެވެ. “ސްސްސް.. އިމްޝާއަށް ނޭނގި މިއައީ” ޝާއިން ވާހަކަ ދެއްކީ ވައިއަޑުންނެވެ. އަހަރެންގާތަށް ހިނިއައެވެ. ޝާއިން އަހަރެން ކައިރީ އޮށޯއޮތެވެ. އަހަރެން ކުޑަކޮށް ލަދުގަތެވެ. ޝާއިން އަހަންނާ މާކައިރިވާން ފެށުމުންނެވެ. […]
އަހަރެންގެ އަތުގައި ހިފައިގެން ޝާއިން ހިނގައި ގަތީ އޭނާގެ ކެބިން އަށެވެ. އެއްމެން ކަހަލަގޮތަކަށް ކަޅިޖަހާނުލާ އެމަންޒަރު ބަލަން ތިއްބެވެ. “ނަޝާ.. އަހަރެން ބޭނުމެއްނޫން ނަޝާއަށް މަޖުބޫރުކޮށްގެން އިންނާކަށް..”ޝާއިންގެ ކެބިން ތެރެއަށް އަށް އަހަރެން ވެއްދުމަށްފަހު ޝާއިން ބުންޏެވެ. “ސަރ. އަޅުގަނޑު… އަޅުގަނޑު.. ސަރ އެއީ އީތަން ސަމާސާއަކަށް ކުރިކަމެއް.. އޭނަ މެރީ ކޮށްގެން އުޅޭއިރު ހީއެއްނުވޭ..” އަހަރެންނަށް އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް ނޭނގިގެން ހުއްޓާލީމެވެ. “އަދިވެސް ޖަވާބެއް ނުވިސްނޭތަ؟” ޝާއިންގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރުހުރިކަން […]
“ނަޝާ” އަހަރެންގެ ރުއިން ވަގުތުން ހުއްޓުނެވެ. އިސްއުފުލާ ކުރިމަތީ ހުރި މީހާއަށް ބަލާލަން ނުކެރިފައި އަހަންނަށް އިދެވުނީއެވެ. “ކީއްވެ ދޮންބެ ކައިރީ ނުބުނީ..” ދޮންބެ އައިސް އަހަރެންގެ ބޮލުގައި ލޯބިން ފިރުމާލަމުން ބުންޏެވެ. “ދޮންބޭ.. ޕްލީޒް.. އީތަން ކައިރީ ބުނޭ އަހަރެންނަށް ހާރޓް ނުކުރާށޭ.. އަހަންނަކަށް ދެން ކެތެއް ނުވާނެ.” އަހަރެން ރޮމުން ރޮމުން ވާހަކަ ދެއްކީމެވެ. “ދޮންބެ ކައިރީ އީތަން އަބަދުވެސް ބުނޭ ކޮއްކޮ ބޭނުން ވާހަކަ.. އެކަމަކު އީތަންގެ އުޅުން ހުންނަ ގޮތުން ދޮންބެ […]