Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ސޮރީ.

Shaz Level 110 Stories
September 24, 2017 3 Mins Read
10 Comments

(ފުރަތަމަބައި)

އިރު އޮއްސޭމަންޒަރު ބެލުމަކީ އަހަރެންގެ އާދައެކެވެ. އިރުއަރާ މަންޒަރުވެސް ބަލަން ދާހިތް ނުވަނީއެއްނޫނެވެ. ހިސާބަށްވުރެ ހަމަ ކަންނެތީއެވެ. ދުރުދުރަށްފެތުރިފައިވާ މާ ކަނޑުގެ މައްޗައް އޮއްސޭ އިރުގެދޯދި ތައް އެޅިފައި ހުންނައިރު ހާދަ ރީއްޗެވެ.

“ބައްލު އިންނަންޏާ އިންދޭ އަހަރެން މިދަނީ” އެއީ އުލްވާންގެ އާދައެވެ. ބެސްޓްފުރެންޑަކަސް މަށަށް ޖެއްސުން ކުރުމެވެ. އުނދަގޫ ކުރުމެވެ. އަހަރެން އެކަނި އިންނަން ނުކެރޭނެކަން އުލްވާންއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ.

” ދޭ. މަށަށް ހެޔޮ. އެކަމް ޝައްފަ ބޮލަށް ޗިޕު ޖަހާނަން” އަހަންނަށްވެސް ބޭނުން ކުރެވެން އޮތް ހަތިޔާރު އަހަރެން ބޭނުން ކުރަމެވެ. ޝައްފައެއީ އުލްވާންގެ ލޯބިވެރިޔާއެވެ. އެކުއްޖެއް ދެކެ އުލްވާން ކިތަންމެހާވެސް ލޯބިވާ ބައިވެރިޔާއެވެ.

“އެއީ އެހެން ބުނި އެއްޗެއްނޫނޭ. އަސްލު ބައްލު ކީއްވެތަ ބިޓެއްނުނަގާ ތިހުންނަނީ. މަށަށް ހާދަ ގެއްލުމެކޭ އެއީ. ކޮންމެ ދުވަހަކު ސަންސެޓް ބަލަން މިތަނަށް އައުންވެސް މިއީ ހާދަބޮޑު ކަމެކޭ. އަދި އެއީވެސް ޝައްފަ ކައިރި ނުބުނެ.” އަހަރެންގާތު އިށީންނަމުން އުލްވާންގެ ޝަކުވާ ބޮނޑި ބަންޑުންކޮށްލިއެވެ. އެއީ އުލްވާން އަބަދުވެސް ކުރާ ޝަކުވާއެކެވެ.

އެއަށް ދޭނެ ޖަވާބެއް ހުދް އަހަންނަކަށްވެސް ނޭނގެއެވެ. އަހަރެން ބޭނުންވަނީ ވަރަށް މިނިވަން މީހެއްގެ ގޮތުގައި ހުންނާށެވެ. އަމިއްލަ ފައި މައްޗައް ކޮޅަށް ހުރެވޭ ހިތްވަރު ގަދަ އަންހެނަކަށްވާށެވެ. އެހެންވެ މީހަކާ ލޯބީގެ ގޮތުން ގުޅެން ބޭނުން ނުވަނީއެވެ. އެމީހަކު ބުނާހާ ގޮތަކަށް އުޅެން އަހަންނަށް އުނދަގޫވާނެކަން އަހަންނަށް ވިސްނެއެވެ.

އިރުއޮއްސޭ މަންޒަރު ބެލުމަށްފަހު އަހަންނަށް ގެޔަށް އާދެވުނު އިރު ރޭގަނޑު އަށެއްވެސް ޖަހައިފިއެވެ. މިރޭ ދާންޖެހޭ ޑިނަރ ނައިޓެއް އޮތްކަން އަހަރެން ހަނދާންވެސް ނެތެވެ. ގެއަށް އައިސް ވަތް ތަނާ ކަހަލަގޮތަކަށް ފޯނަށް އައީ އޮފީހުން އައި މެސެޖެކެވެ. ޑިނަރ ނައިޓަށް ދިޔުމަށް ހުރިހާ މުއައްޒަފުންނަށް ހަނދާންކޮށްދިނުމަށް އައި މެސެޖެކެވެ. ޑިނަރ ނައިޓަށް ދާހިތެއް މިރޭ އަހަރެން ހަމަ އެއްގޮތަކަށްވެސް ނުވިއެވެ. އުލްވާން ދާނީ ޝައްފަ ގޮވައިގެންނެވެ. ޝައްފަ ހުންނަންޏާ އުލްވާން އުޅޭނީ ޝައްފަ ގޮވައިގެނެވެ. ދެން އަހަރެންހުންނާނީ ފާޑަކަށް ފޫހިވެފައެވެ. ނޭނގެއެވެ. އަހަރެން ގައިމުވެސް އުލްވާން ދެކެ ލޯތްބެއް ނުވެއެވެ. އެކަމަކު އުލްވާން ޝައްފަ ގޮވައިގެން އުޅެންޏާ އަހަންނަށް އުނދަގޫވެއެވެ. ބުނަންނޭނގޭ ގޮތްތަކެއް ވެއެވެ. ބަލި ކަމުގައި ބުނެފައި ނުދާން ނިންމީމެވެ. ފާހަނާއަށް ވަދެ ފެންވަރާލައިގެން ނުކުތް އިރު ފޯން ރިންގުވަނީ އެވެ. ޑިޕާރޓްމަންޓް ހެޑް ވިއާމް ގެ ކޯލްއެކެވެ. ކަންތަކާ ޖެހުނީތާއެވެ.

“ބަލްގީޝް މިރޭ ޑިނަރނައިޓަށް ނާންނަވާހަކަ ނައިނާ ގުޅާފަބުނި. މާބޮޑަށް ބަލީތަ.” ހަލޯއޭވެސް ނުބުނެ ވިއާމްފެށީ އެވަހަކައެވެ.

“ކުޑަކޮށްބަލީ. ކިހިނެތްތޯވީ؟” މީގެ ކުރިން ދުވަހަކުވެސް މިގޮތަކަށް ވިއާމްގެ ކޯލެއް ނާންނާތީ އަހަރެން ހައިރާންވިއެވެ.

” މިރޭގެ ޑިނަރ ނައިޓް ބަލްގީޝްއަށް ވަރަށް މުހިންމު. އަހަރެން މިގުޅީ ސީދާ ޗެއަރމަން ބުނެގެން. އުއްމީދު ކުރަން ކިރިޔާވެސް ދެވެންޏާ ދާނެކަމަށް” އަހަންނަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ވިއާމް ފޯނު ކަނޑާލިއެވެ. ވިއާމް އެހެން އެބުނީ ކީއްވެބާއެވެ. ދެން މިޖެހުނީ ދާންތާއެވެ.

ރީތިވެލައިގެން އަހަންނަށް ޑިނަރ ނައިޓަށް ދެވުނު އިރު ނުވަގަޑި ފަނަރަވެސް ވެއްޖެއެވެ. ސޯލްޓްކެފޭގެ ހިތްގައިމު ޓެރަސްމަތީ އޮފީހުގެ އެންމެން ތިއްބެވެ. ބައެއް މީހުންގެ އާއިލާއާއި އަނބިދަރިންވެސްތިއްބެވެ. އަހަރެންނަށް ބަލާލެވުނީ އުލްވާން ހުރިތޯއެވެ. ދެކޮޅަށް ރަނގަޅަށް ބަލައިލާކަށްވެސް ނުޖެހުނެވެ. އަހަރެންގެ ރާޑަރަށް އުލްވާންއާއި ޝައްފަ އަރައިފިއެވެ. މޫނު މައްޗައް ވެއްޓިފައިއޮތް އިސްތަށިކޮޅު ރަނގަޅުކޮށްލުމަށްފަހު އަހަރެން ކުރިއަށް ހިނގައިގަތްތަނާ މީހެއްގެ ގައިގަ ޖެހުނެވެ.

“އުފް. ސޯ ސޯ ސޮރީ” އެމީހާ އަހަރެންގެ ގައިގަ ހިފަހައްޓާލިއެވެ. އެމީހާއާއި ހަތަރުކަޅި ބައްދަލުވިވަގުތު އަހަންނަށް ހުއްޓެވުނެވެ. ކޮންފަދަ ރީތި ލޮލެއްހެއްޔެވެ؟ ދޮން މޫނެކެވެ. އޯވަލް ޝޭޕްގެ މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ކުރުކުރުކޮށް ކޮށާލައިފައި ހުރި ފިރިހެންވަންތަ ތުނބުޅިއެވެ. ރީތިކޮށް އަހަރެންނަށް ހަމަޖެހިލެވުމުން އެއްވެސް އެއްޗެކޭ ނުބުނެ އެމީހާ ހިނގައްޖެއެވެ. އެއީ ކާކުބާއެވެ. އަހަރެންގެ އޮފީސް މީހެއްނޫނެވެ. ދުވަހަކުވެސް އޮފީހުން އަހަރެން އޭނާއެއް ނުދެކެމެވެ. އޭނާ ގޮސް ގެއްލެންދެން އަހަންނަށް ހުރެވުނީއެވެ. މެރޫންކުލައިގެ އަތްދިގު ގަމީހުން އޭނާގެ ހަށިގަނޑުގެ ބައްޓަންފާޅުވެއެވެ. ކަސްރަތީ ހަށިގަނޑެކެވެ. މިހާ ރީތި ފިރިހެނުންވެސް ހަމަ އުޅޭބާއެވެ.

” މޭއައި ހޭވް ޔުއަރ އެޓެންޝަން ލޭޑީސްއެންޑް ޖެންޓްލްމަން” ހަފްލާގެ ތެރެއިން އިވެމުން ދިޔަ ޗުކު ޗުކުގެ އަޑު ވަގުތުން މަޑުވެގެން ދިޔައެވެ. އެންމެންނާ މުހާތަބްކޮށް ވާހަކަދައްކަމުން ދިޔައީ ވިއާމްއެވެ. އެހެންނަމަވެސް އަހަންނަށް ބެލެނީ ވިއާމްގެ ފަހަތުގައި ހުރި އެއްކަލަ ޒުވާނާއަށެވެ.

“މިރޭގެ މި ޑިނަރ ނައިޓްގައި ވަރަށް މުހިންމު ދެކަމެއް ފާހަގަކޮށްލަން ބޭނުން. އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ ކޮމްފަނީ ހިންގެވުން ވަނީ މިދިޔަ ހަފްތާގައި ޗެއަރމަންގެ ދަރިފުޅު މިފްޒާލްއާ ހަވާލުކޮށްފައި. އެހެންވީމަ މިރޭ މިހަފްލާގައި ހުރިހާ މުއައްޒަފުންނަށް މިފްޒާލް ތައާރަފްކޮށްދޭނަށް” ފަހަތުގައި ހުރި އެއްކަލަ ރީތި ޒުވާނާއަށް އިޝާރާތްކޮށް ވިއާމް ބުނެލިއެވެ.

“މިފްޒާލް” އަހަންނަށް ހިތާހިތުން ބުނެލެވުނެވެ. އެހެންވީމަ މިފްޒާލް ދެން ގިނަގިނައިން ފެންނާނެތާއެވެ.

“ދެން އަނެއްކަމަކީ. ކޮންޕަނީގެ ކުރިއެރުމަށްޓަކައި ތަޖްރިބާގެ ދަތުރެއް ކުރުމުގެ ފުރުސަތު ވަނީ މިކޮންޕަނީއަށް މެލޭޝިޔާގެ ކުންފުންޏަކުން ދީފައި.  މި ދަތުރުގައި ކޮންޕަނީގެ އާ ޗެއަރމަން މިފްޒާލްއާއެކު މެލޭޝިޔާއަށް ދިޔުމުގެ ފުރުސަތު ކޮންޕަނީގެ މުއައްޒަފަކަށްވަނީ ލިބިފައި. އެ މުއައްޒަފަކީ ބަލްގީޝް އާމިރު.” ވިއާމްގެ އެބަސް ވީ އަހަރެންގެ ކަންފަތް އަޑު އަހަން ބޭނުންވެފައި ހުރި ބަހަކަށެވެ. ސަޕްރައިޒްވަރަށް ސަޅި ކަމުގައި އަހަރެން ވިއާމް ގާތު ބުނީމެވެ.

އޮފީހުގެ ހުރިހާ މުއައްޒަފުންގެ ފަރާތުން އަހަންނަށް މަރުހަބާކިއެވެ.ފުރުން އޮތީ ދެދުވަސްފަހުންނެވެ. އަހަރެން ހުރީ ލަސްވެފައެވެ. އުލްވާންއާއި ޝައްފަވެސް މަރުހަބާކިޔެވެ.

(ނުނިމޭ)

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

ލޯބިން ހިނިތުންވެލާށޭ 9

Next

ތިޔަ ދިން އުފާ 18

Next
September 24, 2017

ތިޔަ ދިން އުފާ 18

Previews
September 24, 2017

ލޯބިން ހިނިތުންވެލާށޭ 9

10 Comments!

  1. reader says:
    September 24, 2017 at 8:08 pm

    Heevey reethi vaane hen. Feshun salhi. EKam hithah araa konkahala nameh hey? ???

    1. Eenoo says:
      September 24, 2017 at 9:25 pm

      Yes also thought so.. And that photo is making me feel more curious.. ?Maybe someone is forced to kill someone.. By the way story varah obi.. ?

  2. khajja says:
    September 24, 2017 at 8:17 pm

    Ohh wow masha allah feshun v rythi v furihama ??? v hyvey mi stry rythivaanehen whn nxt prt avaskolladhybala can’t wait plx plx???❤❤????

  3. Aliya says:
    September 24, 2017 at 8:57 pm

    Obi feshummeh…ma beynun thi mifzal balaalan…hehe
    Keep up the good work ???

  4. Xee says:
    September 24, 2017 at 9:27 pm

    Nice bt kuru hen heevey nxt part digukolaathi by the way whn nxt part pls avahah up kobba nd nimen den up kuraathi some reader ba eh parts up koffa ninmaalaany ehen ve nd waiting for nxt part…….

  5. Reet says:
    September 24, 2017 at 11:06 pm

    Shaz v reethi ekamaku alhugandu ge hiyaalu eh mi dhivahi vaahaka reethi vaane kamah alhugandu ah beleveny ehan bass thah nuliya husme dhivahi bass beynun kurumun English vaahaka in dhivahi bass nufenna fadhain dhivahi vaahaka in English bass nufennanaane kamah heekuran

  6. ammu says:
    September 25, 2017 at 9:52 am

    when next part…
    waiting..
    story v reethi..??

  7. Aikko says:
    September 25, 2017 at 10:49 am

    reethi fettumeh. Konme dhuvahaku up kohdheyne kamah ummeedhu kuran. Yes and photo aa story aa gulhuvaalaathi. erun v salhi vaane.
    All the best <3

  8. zuvan A Z U says:
    September 26, 2017 at 6:29 am

    hey aikko dho. alahtha. v nufeney cmmt kraa thaneh

  9. mal-mal says:
    September 27, 2017 at 12:42 pm

    hmm. this seems interesting!! and seriously, Ulwaan?? hehe. I have a childhood friend named Ulwaan and it’s kinda weird to read a story which has a character named “Ulwaan”. anyways, a nice start, MashAllah! 🙂

Comments are closed.


All Right Reserved!