ދެން އައީ ހަޔާތުގަ އަހަރެންގެ ހުވަފެނުންވެސް ނުދެކޭހާ ހިތާމަވެރި ދުވަސްތަކެވެ. އަހަރެން އެންމެ ލޯބިވާ މީހާގެ ކައިވެނީގެ ހުރިހާކަމެއްވެސް އަހަރެންގެ ހާޒިރުގައި ކުރަންޖެހުނީއެވެ. ކަރުނަތަކުގައި ފަރުދާއަޅައިގެން އަހަރެން އުޅުނީމެވެ. ކޮންމެދުވަހަކު އެތައްފަހަރަކު ހިތްކުދިކުދިވެއެވެ. ނަމަވެސް ކެއްކޮށްލައިގެން ހުރީ ކޮންމެ ހިތާމައަކަށްފަހު އުފަލެއް ލިބޭނެތީއެވެ. އަހަރެންގެ ނަސީބުގަ ހުރިގޮތެވެ. މިރެއަކީ އީތަންގެ ކައިވެނި ޕާޓީ އޮތްރެއެވެ. އީތަން ބުނިގޮތައް އެންމެ ފުރަތަމަ ދައުވަތު ކާޑް ލިބުނީ އަހަންނަށެވެ. އަހަރެން ދާނީ ކިހިނެއް ހެއްޔެވެ؟ އީތަން އެހެން މީހެއްގެ ހައްގަކަށްވާތަން […]
“އެންމެ ރަނގަޅު.. އަހަރެން ޒާރާ ވަރިކޮށްފަ ވީއެންމެ އަވަހަކަށް ޝިއަމްއާ އިންނާނަން.” އެންމެފަހުން ރިއާންއަށް ބުނެވުނެވެ. ޒާރާ އިންތިޒާރު ކުރަމުން ދިޔައީ ރިއާން އަންނާނެ އިރަކަށެވެ. އުފާވެރި ހަބަރު ރިއާންއަށް އަޑު އިއްވާލާހިތުން ދެކޮޅަށް ހިނގާލަ ހިނގާލަ ހުންނަތާ ކިތަންމެ އިރެކެވެ. ދެތިންފަހަރަކު ފަރިތަވެސް ކޮށްލައިފިއެވެ. މަންމައަކަށް ވާތީ އުފަލުން އުޅެވޭ ނޫޅެވޭގޮތްވެސް ޒާރާ އަށް ނޭނގެއެވެ. ރިއާން ގެއަށް އައީ މެންދުރުން އަނބުރާ ތިނެއްވެސް ޖެހިފަހުންނެވެ. ގެއަށް އައިގޮތައްއައިސް ރިއާން ގޮސްވަނީ ކޮޓަރިއަށެވެ. ސިޓިންގރޫމްގައި ޓީވީ […]
(ނޯޓް: މިވާހަކައަކީ ކުރިން އޮންލައިންނޫހެއްގައި ޝާއިއު ކުރެވުނު ވާހަކައެކެވެ. ގިނަ ކިޔުންތެރިންގެ އެދުމާއެކު އެސްފިޔަ ޑޮޓްކޮމްގައި އަލުން ޝާއިއު ކުރަންފެށީއެވެ.) އަހަންނަށް ހޭލެވުނީ އަހަރެންގެ ފޯނު ރިންގްވާން ފެށި އަޑަށެވެ. އަވަސް އަވަހަށް ފޯނުނަގާ ބަލާލީ ހަމަ ޔަގީނުންވެސް ގުޅަނީ ހޮސްޕިޓަލުންކަން އެނގިހުރެއެވެ. މަންމަގެ ހާލެއް އެނގޭނެތީ އުފަލުން ނެވެ. “ކޮބާ މަންމަގެ ހާލެއް އެނގުނީތަ؟” އަވަސް އަވަހަށް އަހަރެން ބުނީމެވެ. “ރެޑީވޭ. މިދަނީ ބަލާ” އެކޮޅުން ވާހަކަދެއްކީ ދޮންބެއެވެ. “ކިހިނެއްވީ؟” އަހަރެން ގަޑި ބަލާލަމުން ސުވާލު […]
(އެއްވަނަ ބައި) ދެ ފިކުރެއްގައި ހުރެފައި ރިއާން ފާހަނާއަށް ވަނީ ޝިއަމް ގުޅާނެކަން އެނގިހުރެވެސް ފޯނު އެނދުމަތީ ބާއްވާފައެވެ. އަރާމު ނިންޖެއްގައި ޒާރާ ނިދާލާފައި އޮތްތަން ފެނުމުން ރިއާން ހިތުގައި ޖެހުނެވެ. ޝިއަމް މަތިން ހަނދާން ނައްތާލަން ކިންތަންމެ މަސައްކަތެއް ކުރިއަށް ބޮޑަށް އޭނާއާ ކައިރިވުން ނޫން ކަމެއް ނުވެއެވެ. އަނެއްކޮޅުން ޒާރާއަކީ ރިއާން އެންމެ ލޯބިވީ އެކަކެވެ. ކައިވެނި ކުރީ އެހެން އަންހެނަކާ ދިމާލަށް ބަލައިވެސް ނުލާން ނިޔަތްގަނެގެންނެވެ. ޝިއަމްއާ ދިމާވި ފަހުން ހުރިހާ ކަމެއް […]