Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ސޮރީ.

Shaz Level 110 Stories
September 30, 2017 4 Mins Read
6 Comments

(ހަތަރުވަނަ ބައި)

“ބައްޕީ” ކުޑަކުޑަ އަންހެން ކުއްޖެއްއައިސް މިފްޒާލްގެ ދެފައިގައި ބައްދައިގަނެފައި މިފްޒާލްއަށް ގޮވާލިއެވެ. އެއާއެކު ފޯނު ކަނޑާލުމަށްފަހު މިފްޒާލް އެކުއްޖާ އުރާލިއެވެ.

“ބައްޕި ދެލޯ.. ކޮބާ މަންމީ” އެކުއްޖާގެ ކޮލުން ދޮނެއް ނެގުމަށްފަހު މިފްޒާލް ބުންޏެވެ.

އެކުއްޖާ ކުރިއަށް އިނގިލި ދިއްކޮށް އެތާ ހުރި އަންހެނެއް ދައްކާލިއެވެ.

“މިފްޒާލް” ވަމުންދާ ކަންތައްތައްފެނި އަހަރެން ދާހިއްލާ ފޯވިއެވެ.

“ހެއި ބަލްގީޝް. ދުރުވޭ.” ކުރިއަށްދާނެ ތަން ދައްކަމުން މިފްޒާލް ބުންޏެވެ. އެވަގުތަކީ އެކުޑަކުއްޖާ އިޝާރާތް ކުރި އަންހެންމީހާއާއި އުލްވާންވެސް އަހަރެމެން ތިބިތަނަށް އައި ވަގުތެވެ.

“ބަލްގީޝް. މީ އަޅުގަނޑުގެ އަންހެނުން ނަތާޝާ. މީއަޅުގަނޑުގެ ދަރިފުޅު އެލީ. ނަތާ. މީ މައި ޓްރިޕް ޕާރޓްނަރ ބަލްގީޝް.” މިފްޒާލް ބުނި އެއްޗަކުން އަހަރެންގެ މުޅި ދުނިޔެވެސް އެނބުރިގެން ދިޔަހެން ހީވިއެވެ. މިފްޒާލްގެ އަތްބަކާ ދަރިއެއްވެސް އެބަހުރި ހެއްޔެވެ.

ނަތާޝާ އަހަންނާ ސަލާމްކޮށްލަން އަތްދިއްކޮއްލިއެވެ. އަހަންނަށް އެއަތުގައި ހިފުނީ ފަހަތުން އުލްވާން އަހަރެންގެ ކޮނޑުގައި އަތްއަޅާލުމުންނެވެ. ތުރުތުރު އަޅާ ހާލު އަހަރެން ނަތާޝާއާ ސަލާމްކޮށްލީމެވެ.

“ބަލްގީޝް ދުރުވާނީ އުލްވާންއާއެކު ދެއްތޯ؟” މިފްޒާލްގެ ވާހަކަދެއްކުންވެސް ވަނީ މުޅިން ބަދަލުވެފައެވެ. އަހަރެން ބޯޖަހާލީ އަނގައިން އަޑެއްވެސް ނެރޭނެހާ ހިތްވަރު ނެތުމުންނެވެ. އެއާއެކު ނަތާޝާގެ އަތުގައި ހިފައިގެން މިފްޒާލް ހިނގައިގަތެވެ. އަހަންނަށް ހުރެވުނީއެވެ.

“އެއީތަ އޭނަގެ ފެންވަރަކީ؟” އުލްވާންގެ ރުޅި ހުރީ އިންތިހާއަށް ގަދަވެފައެވެ. އަހަންނަށް އަދިވެސް ހުރެވެނީއެވެ. ލޮލަށް ފެނުނުކަންތައް ގަބޫލު ކުރަން ހަމަ ދަތިވަނީއެވެ.

ގެއަށް އައި މަގުމަތީގަވެސް އަހަރެން އެއްވެސް ވާހަކައެއް ނުދައްކާތާންގައި އުލްވާންގެ މޫނަށްވެސް ބަލާނުލަމެވެ. ހިނގައިދިޔަ ކަންތަކުގެ ސަބަބުން އަހަރެންނަށް ކޮށްފައިވާ އަސަރު އެނގޭތީ ކަންނޭންގެއެވެ. އުލްވާންވެސް އަހަންނާ ވަހަކައެއް ނުދައްކައެވެ.

އަހަންނަށް ކެއްކުރެވުނީ ގެއަށް އާދެވެންދެނެވެ. ކިރިޔާ ގެއަށް ވަދެވުނުކަމެވެ. ބަޑިފަޅައިގެން ދިޔައެވެ. ހިނގައިދިޔަ ކަންތަކުގެ ވާހަކަ އުލްވާން އަހަރެންގެ މަންމައަށްވެސް ކިޔައިދިނެވެ. މަންމައާ އުލްވާން ވަރަށް ގިނައިރު ވަންދެން  އަހަންނަށް ނަސޭހަތްދިނެވެ. އަހަންނަށް ނިދުނު އިރުވެސް އުލްވާން އިނީ އަހަރެންގެ ގާތުގައެވެ.

އާދުވަހަކަށްޓަކައި ނަށަމުން އިރުއަރައިފިއެވެ. އަހަންނަށް ހޭލެވުނީ މަންމައައިސް ގޮވުމުންނެވެ. އޮފީހަށް ދިޔުމަށެވެ. އޮފީހަށް ދާހިތެއްނުވެޔޭ ބުނެ އެތައް ބަހަނާއެއް ދައްކައިގެންވެސް މަންމަ ކައިރިން ސަލާމަތް ނުވެގެން އެންމެފަހުން އޮފީހަށްދާން ނުކުތީ  މިފްޒާލްއާ ބައްދަލުކުރަން އަހަރެންވެސް ބޭނުންވީމައެވެ. މިފްޒާލްއަށް ގުޅޭނެ ނަންބަރެއްހާ ހިސާބުވެސް އަހަރެންގެ އަތުގައިނެތެވެ. ވަރިހަމަތާއެވެ. މީހެއް ފެންނައިރަށް އަހަރެންވެސް ހޭބަލިވާން ވެއްޖެވިއްޔާއެވެ.

އޮފީހައް ވަތްގޮތައް އަހަރެން ދިޔައީ ޗެއަރމަންގެ ކޮޓަރިއަށެވެ. ޓަކިވެސް ނުޖަހާ ދޮރު ހުޅުވާލީމެވެ. މިފްޒާލްއެއް ނެތެވެ. ދޮރުލައްޕާ ލުމަށްފަހު އަހަރެން އެނބުރިލި އިރު އުލްވާން ހުރީ ކުރިމަތީގައެވެ.

“ބައްލޫ. ތިދެން ކޮން ބޭކާރު ކަމެއް..” އުލްވާން އަހަރެން އަތުގައި ހިފައިގެން އެތަނުން ދާން ހިނގައިގަތެވެ.

“އަހަރެން ބޭނުން މިފްޒާލްއާ ވާހަކަދައްކަން. އޭނަ ވެދާނެއްނު އަހަންނާ ދެއަތްބަށް އިންނަންކަމަށްވެސް. ވެދާނެއްނު އޭނަ ހުރީ ކޮންމެސް މަޖުބޫރީ ހާލަތެއްގައި ކަމަށްވެސް.” އަހަރެން ހުއްޓާ ނުލައި ވާހަކަ ދައްކަމުން ދިޔައީމެވެ.

“ދެން ބައްލު ތިބުނަނީ އޭނަޔާ ދެއަތްބަށް އިންނަން ވިޔަސް އޯކޭއޭ. މޮޔަވީތަ. ފިރިހެނުން ހުސްވީތަ؟” އުލްވާން ހުރީ ހިތްހަމަނުޖެހިފައެވެ.

އެވަގުތު މިފްޒާލްއައިސް އޮފީހައްވަނެވެ. އަހަރެން ހީކުރީ އޭނާގެ ފަރާތުން އަހަންނަށް ކޮންމެސް އިޝާރާތެއް ލިބޭނެކަމަށެވެ. އެހެންނަމަވެސް އޭނާ ދިޔަގޮތައް ގޮސްވަނީ އޭނާގެ ކެބިންއަށެވެ. އުލްވާންގެ އަތުން ވީއްލިގެން އަހަރެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް މިފްޒާލްގެ ފަހަތުން މިފްޒާލްގެ ކޮޓަރިއަށްވަނީމެވެ.

“މިފްޒާލް. ކީއްވެ އަހަންނަށް ތިހެންތިހެދީ.. ކީއްވެ އަހަރެންނާ އިންނަމޭ ކިޔާފަ އަހަރެންގެ ބޭނުން ކުރީ… ކީއްވެ މީހަކާ އިނދެގެން އުޅޭވާހަކަ ނުބުނީ.” އަހަރެން ގޮސް މިފްޒާލްގެ ގައިގަ އޮޅުލައިގަތީމެވެ.

“ބަލްގީޝް.. ” ހިތްހަމަ ނުޖެހުމާއެކު މިފްޒާލް އަހަރެން ފޮޅުވާލިއެވެ.

“އެންމެ ފުރަތަމަ ކަމަކަށް. އަހަރެންނަކީ ވަރަށް މިނިވަން މީހެއް. އަހަރެން ބޭނުންވާނެ ތަފާތު ޓޭސްޓް…ރަހަ.. ތީ ރީތި އަންހެނެއް ދޮގު ހަދައިގެންވެސް އޮޅުވާ ލައިގެންވެސް ކާކު ބޭނުންނުވާނީ… އެބަ ވިސްނޭދޯ.. ސޮރީ އިނގޭ ދޮގު ހެދުނީމަ. އަހަންނަކަށް ނެތް ބަލްގީޝްއާ އިނދެވޭކަށް. ދެން އޮތްވާހަކައަކީ އަހަރެން ފަލީހަތް ކުރަން ބަލްގީޝް މަސައްކަތް ކުރުން. އެކަމަކުން އަހަންނަށްވާނެ އެއްވެސް ދެރައެއް ނޯންނާނެ.  ފަލީހަތް ވާނީ ހަމަ ބަލްގީޝް ކާކުގެ އަބުރަކާ އިއްޒަތެއްދޯ ގެއްލުނީ” މިފްޒާލް ވާހަކަދެއްކީ މަލާމާތުގެ ރާގުގައެވެ. ކުރާނެއެއްވެސް ކަމެއް ކީއްކުރަން ހެއްޔެވެ. ބުނާނެ އެއްޗެއްވެސް އަހަންނަކަށް ނޭނގުނެވެ.

އަހަންނަށް ކުރެވުނުހާވެސް ކަމަކީ ރުއިމެވެ. ރޮމުން ރޮމުން އަހަރެން އެކޮޓަރިން ނުކުންނަން ދިޔައީމެވެ. ދޮރު ހުޅުވިއިރު އުލްވާން ހުރީ ކުރިމަތީގައެވެ. އެތެރޭގަ ދެއްކި ހުރިހާ ވާހަކައެއްވެސް އުލްވާންއަށް އަޑު އިވުނެވެ. އެކަން އޭނަގެ މޫނު މަތިން ފެންނަން ހުއްޓެވެ. އަހަރެން ނުކުތުމާއެކު އުލްވާން އަހަރެންގެ އަތުގައި ހިފާލިއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާ ކަހަލަ ގޮތަކަށެވެ. ރޮމުން ރޮމުން އަހަރެންގޮސް ވަނީ އަހަރެންގެ ކެބިންއަށެވެ. އަހަރެން އުޅުނު ގޮތުން އޮފީސް އެންމެންވެސް ބަލަނީއެވެ. އެކަމަކު ވީގޮތެއް އެމީހުންނަކަށް ނޭނގޭނެއެވެ. އެކަމަށް އަހަރެންގެ ފަރުވާލެއްވެސް ނެތެވެ.

އެދުވަހަށްފަހު އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެއްޖެއެވެ. އަހަރެންގެ ހުރިހާވެސް ކަމަކީ ރުއިމެވެ. އުލްވާން އަބަދުވެސް ހިތްވަރު ދެއެވެ. އެހެންނަމަވެސް އަހަންނަށް ރުއިން ނޫން ކަމެއް ނުކުރެވެއެވެ.

“ތިހެން އަބަދު ހިތާމަކުރީމަ ކިހިނެތްވަނީ؟ ބައްލު ތީ ރީތި ކުއްޖެއް. އެކަހަލަ ރީތީ ކިތަންމެ މިފްޒާލެއްވެސް ލިބިދާނެ” އުލްވާން ވާހަކަދެއްކީ އިރަށް ބަލަހައްޓައިގެން ހުރެއެވެ.

އަމިއްލަ ނަފްސާމެދު އަހަންނަށް ވިސްނާލެވުނެވެ. ތެދެކެވެ. އަހަރެން މިހެން ރޮވެ ހިތާމަ ކުރާނެކަމެއްނެތެވެ. އަހަންނަށް މިއަށްވުރެ ބޮޑު އުފަލެއް އަދި ލިބޭނެއެވެ.

“އަހަރެން ހިތްވަރު ކުރާނަން. އަހަރެންގެ ދިރިއުޅުން ހަމައަކަށް އަޅުވާނަން” ކޮޅަށް ތެދުވަމުން އަހަރެން ބުނީމެވެ.

“ދެޓްސް މައި ބެސްޓް ފްރެންޑް” އުލްވާން އަހަރެންގެ އަތުގައި ހިފާލިއެވެ.

ގެއަށްދިޔުމުގެ ކުރިން އުލްވާންއާއެކު ކޮފީއެއް ބޯލަން އަތިރިމަތީ  ހުރި ކޮފީ ޝޮޕަކަށް ވަނީމެވެ. ކޮފީބޯން މާގިނަ މީހުންނެއް އެތާކުނެތެވެ.

“ކައިލް…” ކައުންޓަރ ކައިރީގައި ހުރި އުލްވާންގެ ރައްޓެއްސަކަށް އުލްވާން ގޮވާލުމާއެކު އޭނާ އައިސް އަހަރުމެން ތިބި މޭޒުގައި ޖައްސާލިއެވެ.

“އުލްވާން. ހާދަ ދުވަހެއް ކޮށްލާފައޭ މިފެނުނީ.. މިއީ ކޮންކުއްޖެއްތަ؟ މީހަކާވެސް އިނީދޯ” ކައިލް އަހަންނާ ދިމާލަށް ބަލާލަމުން ބުންޏެވެ.

“ނޫނޭ. މީމަގޭ ބެސްޓްފްރެންޑް.. ބަލްގީޝް.. ބައްލު މީ ކައިލް. އެއްކުލާހުގައި ކިޔެވި ކުއްޖެއް” އުލްވާން އެހެން ބުނުމުން ކައިލް އަހަންނާ ދިމާލަށް ބަލާލިއެވެ.

ކޮފީ ޝޮޕުގައި ހޭދަވީ ގަޑިއެއްހާއިރު ކައިލް އަހަންނާ ދިމާލަށް ބެލުން ނޫންކަމެއްނުކުރެއެވެ. އުލްވާންއަށް އެކަން ފާހަގަވީ ތަންކޮޅެއްފަހުންނެވެ. ކައިލް ބަލާވަރުން އަހަންނަށް އުނދަގުވިޔަސް އެކަމާ އަހަންނެއް އެހާބޮޑަކަށް އަޅައެއް ނުލަމެވެ. އަހަރެން ބޭނުންވީ ހަމަޖެހިލާށެވެ. ފާއިތުވެގެން ދިޔަ ދެމަހެއްހާ ދުވަހު މިފްޒާލްގެ ފަރާތުން އެކި ކަހަލަ އުނދަގޫ ކުރިމަތި ކުރުވިއެއް ކަމަކު އަހަރެން ހިތްވަރުކުރީ އަހަންނަށް މިފްޒާލްދެކެ ލޯބިވެވޭތީއެވެ.

ގެއަށްއާދެވުނު އިރު އަހަރެން ހުރީ ވަރުބަލިވެފައެވެ. ފެންވަރާލައިގެން ނުކުމެ ޖައްސާލީ ހަމަޖެހިލަންށެވެ. ފޯނު ރިންގްވާން ފެށީ އެވަގުތުއެވެ. ނުދަންނަ ނަންބަރެކެވެ.

“ހަލޯ. ބަލްގީޝްތަ؟” އަހަރެން އެއްޗެކޭ ބުނުމުގެ ކުރިން އެމީހަކު ބުންޏެވެ.

“ކާކުބާ…؟”އަހަރެން އަވަސްއަވަހަށް އެހެން އަހާލީ އެއަޑަކީ ދަންނަވެސް އަޑަކަށް ނުވީމައެވެ.

“ކާކުކަން ބުނެފިއްޔާ ފޯނުކަނޑާލާނެ ކަންނޭނގެ.. ކައިލް މީ.. އުލްވާން ނަމްބަރު ދިނީ ވަރަށް އާދޭސްކޮށްގެން” ކައިލްއަށް އަހަރެން ކަމުދިޔައީތާއެވެ. އަހަރެންގެ ފޯނަށް މިފްޒާލްގެ ފޯނެއް އައީ އެވަގުތު އެވެ.

“ފޯނު ކަނޑައެއްނުލާނަން. އެކަމަކު ބޮސް އެބަ ގުޅާ” އަހަރެން ކައިލްގެ ކޯލް  ހޯލްޑްކޮށްލުމަށްފަހު މިފްޒާލްގެ ކޯލް ނެގީމެވެ.

“ބަލްގީޝް. މިރޭ އާދޭ މަ ބުނާތާކަށް” މިފްޒާލް އަމުރު ހިންގާލިއެވެ.

“މަ ނުޖެހޭނެ މިފްޒާލް ބުނާތާކަށްދާކަށް. ނުދާނަން.” އަހަންނަށް ހިތްވަރު ލިބުނީ ކިހިނެތް ކަމެއް ނޭނގުނެވެ.

“އެންމެ ރަނގަޅު. ވައިބަރ ބަލާލާ” މިފްޒާލް ފޯނު ކަނޑާލިއެވެ.އެއާއެކު ވައިބަރ އިން ތިން މެސެޖްއައެވެ.

އަހަރެން އެ މެސެޖްތައް ހުޅުވާލީމެވެ. ސުބުހާނަﷲ މެލޭޝީޔާގަ އުޅުނުއިރު މިފްޒާލްއާއެކު ގައިގޯޅިވެފައި ހުރި ފޮޓޯތަކެކެވެ. އަހަރެންގެ މުޅި ހަށިގަނޑު ހާމައަށް ހުރި އިރު އެންމެ ފޮޓޮއަކުންވެސް މިފްޒާލްގެ މޫނެއް ނުފެނެއެވެ. ކައިލް ހަލޯ ހަލޯ އޭ ގޮވާއަޑު އިވުނު ނަމަވެސް އަހަރެން ފޯނު ކަނޑާލީމެވެ. މިފްޒާލް މިދަރަޖައަށް ގޮސްފާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ. އަވަސް އަވަހަށް މިފްޒާލްއަށް ގުޅީމެވެ. މިފްޒާލް ފޯނު ނެގީ ތިންވަނަ ފަހަރަށް ގުޅުމުންނެވެ.

“މިފްޒާލް…ކިހިނެތް ހޯދި ފޮޓޯތަކެއް. ޑިލީޓްކޮށްލާ މިހާރު” އަހަރެން ހަޅޭއްލަވައިގަތީމެވެ..

“ތިހާ ފަސޭހައިން ޑިލީޓެއް ނުކުރެވޭނެދޯ…  ބަލްގީޝްގެ ކިރުތައްޓަށް ނިދާބޭސް މަ އެޅީ ކަމަކުއޭ” މިފްޒާލް ފަހުރުވެރިކަމާއެކު ބުންޏެވެ.

“ހެޔޮ ނުވާނެ.. މަކިހިނެތް ހަދަންވީ؟” އަހަންނަށް ގޮތް ހުސްވިއެވެ.

“މިރޭ އާދޭ އަހަރެންގެ ގެސްޓް ހައުސްއަށް ރޫމް ނަންބަރު ވިހި” މިފްޒާލް ފޯނުކަނޑާލިއެވެ.

އަވަސް އަވަހަށް ރީތިވެލައިގެން އަހަރެން ނުކުތީމެވެ. ލޮލުން ފައިބާކަރުނަ ހުސްނުވާހެންވެސް ހީވެއެވެ. ކޮންފަދަ އިމްތިހާނެއްބާއެވެ. ދާން ބޭނުން ނުވިއަސް މަޖްބޫރެވެ.

ގެސްޓް ހައުސްއަށް ވަދެ އަވަސް ހިނގުމެއްގައި ގޮސް ރޫމްނަންބަރު ވިހީގެ ދޮރުގައި ޓަކި ޖަހާލީމެވެ.

“އޯ…މައި ސްވީޓް..އާދޭ..” މިފްޒާލް ތަން ދެއްކުމުން އަހަރެން ވަނީމެވެ.

“މިހާރު ޑިލީޓް ކުރޭ..” އަހަރެން ހަޅޭއްލަވައިގަތީމެވެ.

“އޯ.. މަވެސް ކަމަކު ހޯދީ.. މަ ބުނާ ކަމެއް ކުރޭ..” މިފްޒާލް ލައިގެންހުރި ގަމީސް ބާލަންފެށިއެވެ. ހިތްބިރުގަނެ ހިތް ނެގި ނެގިފައި ޖެހެނީ ކެތްވާވަރަކަށް ނޫނެވެ.

“ކީއްކުރަންވީ” މިފްޒާލްގެ ނިޔަތް އަހަންނަށް ފަހުމްވެއްޖެއެވެ. އަވަހަށް އެތަނުން ނުކުންނަން އަހަރެން ބޭނުންވި ނަމަވެސް އަބުރާ އިއްޒަތުގައި ބާކީ އޮތް އެއްޗެއްވިއްޔާ އޮތީއެތާއެވެ.

“މަބޭނުން. ކުރިއަށްއޮތް ފަސް މިނެޓު ތެރޭ ތައްޔާރުވޭ. ނޫނީ މިހާރު މި ލީކް ކޮށްލަނީ ފޮޓޯތައް” މިފްޒާލްގެ ފޯނުނަގާ އަތައްހެޔޮވަރު ކޮށްލަމުން މިފްޒާލް ބުންޏެވެ.

“ނޫން ނުވާނެ ތިކަމެއް” އަހަރެން ހަޅޭއްލަވައިގަތީމެވެ.

“އޯކޭ” ފޮޓޯތައް އަޕްލޯޑުކުރުމަށް ލޯޑްކުރަން މިފްޒާލްފެށިއެވެ.

“ނޫން. ނޫން. އަހަރެންތައްޔާރު..” އަހަރެން ރޮވެ ގަތީމެވެ.

އަހަންނަށް އިތުރުގޮތެއްނެތެވެ. މިފްޒާލް ބުނިހާ ގޮތެއް ހަދައިގެން އޮތުމެވެ. މިފްޒާލް ބޭނުންވި ކަންތައް އެންމެ ފުރިހަމައަށް މިފްޒާލް ހާސިލް ކުރިއެވެ. އެއަށްފަހު އޭނާގެ ފޯނުގައި އިން ފޮޓޯ ޑިލީޓްކޮށްލައިފައި އަހަންނަށް ދެއްކިއެވެ. އަހަރެން އަވަސް އަވަހަށް އެތަނުން ނުކުމެގެން ދާން ހިނގައިގަތީމެވެ.

ގެސްޓް ހައުސްއިން ނުކުމެގެން އައިސް ގެއަށް ވަތް އިރު އުލްވާން އިނެވެ. އުލްވާން ފެނުމާއެކު އަހަންނަށް ރޮވިއްޖެއެވެ. ދެންވީގޮތެއް ނޭނގުނެވެ.

ހޭ އެރިއިރު އަހަރެން އޮތީ ހޮސްޕިޓަލްގައެވެ. ކައިރީގައި ހުރީ މަންމައާއި އުލްވާންއެވެ. ދެމީހުންވެސް ތިބީ ރޮވިފައެވެ.

“ކާކުގެ ދަރިއެއް؟” މަންމަގެ ސުވާލާއެކު އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

ޢެދެމޭ އުފާ….(22)

Next

ތި ލޯތްބަށްޓަކައި (14)

Next
October 1, 2017

ތި ލޯތްބަށްޓަކައި (14)

Previews
September 30, 2017

ޢެދެމޭ އުފާ….(22)

6 Comments!

  1. click a shot ? says:
    September 30, 2017 at 4:01 pm

    I’m first dhw.?.comment nukuriyas kiyan..?varah reethi mi part ves..mifzaal kahala firihenun dheke haadha fooseh veyey..ulvaan avahah balu aa marry kurey eyna protect kohdheyn..?❤️

  2. Kittiy. says:
    September 30, 2017 at 4:02 pm

    Rythi….❤

  3. Anonymous says:
    September 30, 2017 at 4:08 pm

    omg…mifzaal haadhagohey…when next part… waiting…avahah up kohdheebala…

  4. nash says:
    September 30, 2017 at 4:51 pm

    Alhey mifxaal haadhr goaeheyy. Vrh reeethi vahakaehh. whn nxt part. Adhiess kury genesdheyleh. .☺☺

  5. click a shot ? says:
    October 1, 2017 at 1:30 pm

    I have an request..can you please reply to readers comment…??❤️

  6. Nahu says:
    October 1, 2017 at 4:17 pm

    Alhey haadha goahey dhw.. Anyways v Reethi.. When nxt part.. ??????

Comments are closed.


All Right Reserved!