އަހަރެން ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ރުޅިވެރިކަމެއް ހާސްވުމެއްވެސް ނެތެވެ. އަހަރެން ހުރީ ޝާންޓޭ ރަށުގައި ނެތްކަން އެނގުމުން ހަމަޖެހިފައެވެ. ގޭ އިންފާރު ތެރެއަށް ވަދެވުމާއެކު މަންމަ ވާހަކަ ދައްކާ އަޑުއިވުނެވެ. އެހެންކަމުން ސަލާމް ގޮވައިނުލައި ގޮސް ދޮރު މައްޗަށް އެރީމެވެ. ހިނިތުންވެލަމުން ސިޓިންގ ރޫމް ތެރެއަށް ނަޒަރު ހިންގާލީމެވެ. އެޔާއެކު އަހަރެންގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލި ކަހަލަ އިޙްސާސެއް ކުރެވިގެން ދިޔައެވެ. ވަގުތުން މީހާ ގަނޑުވެ ހިނިތުންވުން ފިލާ ހިގައްޖެއެވެ. އެތެރެއަށް ލީ ނޭވާ ބޭރަށް […]
ދިއްދޫއަކީ މިކަހަލަ އެތަކެއް ހިތި ހަނދާންތަކެއް ވަޅުލެވިފައިވާ ރަށެކެވެ. އަހަރެން އެރަށު ފަސްގަނޑުގައި ފައިޖެހުމާއެކު އެއިން ކޮންމެ ހަނދާނެއް އާވާނެކަން ޔަޤީނެވެ. އެހަނދާންތަކާ ގުޅުންހުރި އެތަކެއް ތަންތަނެއް ފެންނާނެއެވެ. އެމާޒީގެ މަންޒަރުތައް ލޯކުރިމައްޗަށް ސިފަވާނެއެވެ. އެހެންވިޔަސް އަހަރެންގެ ދުޢާއަކީ މާޒީގައި އަހަރެންގެ އިތުބާރު ވެއްޔާ މޮޑެލި އެކެއްގެ ސޫރަވެސް ނުދެއްކެވުމެވެ. އަހަރެން ދިއްދޫ ފަސްގަނޑުގައި ފައި ޖައްސާލީވެސް އެއުންމީދާއެކުއެވެ. ނަމަވެސް ތަޤުދީރުގައި އެއިން މީހަކާ ބައްދަލުވުމަށް ލިޔެވިފައިވާނަމަ އެކަން އެގޮތަށް ހިނގާނެކަން ކަށަވަރެވެ. އަހަރެން ރަށަށް ފޭބި […]
“..ޕްލީޒް ފޯން ކަނޑާނުލާތި..” އެ އަންހެން ކުއްޖާ ވަރަށް އާދޭހާއެކު ބުނެލިއެވެ. “..އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ..” އަހަރެން ހިތުގައި ޝައްކެއް އުފެދުނެވެ. އިޝާ ހެއްޔެވެ؟ ނޫނީ މިޒޫ ހެއްޔެވެ؟ އެމީހުންނަކީ އެތައްދުވަހެއް ވަންދެން ގުޅާ މެސެޖްކޮށް ހެދި މީހުންނެވެ. ނާޒްއަށް ވެދާނެ ބާވައެވެ. ނާޒްވެސް އިޝާފަދައިން މާފަށް އެދި އަލުން ގުޅެން ބޭނުންވެގެން އާދޭސްކޮށްފައިވެއެވެ. ނަމަވެސް އަހަރެން މީ އެކަކަށްވެސް ދެވަނަ ފުރުޞަތެއް ދޭނެ މީހެއް ނޫނެވެ. “..ކާކުކަން ބުނެލަދެވިދާނެތަ؟..” އަހަރެންނަށް ކާކުކަން ޔަޤީންކަމާއެކު ދެނެގަންނަން […]
“..އައި އޭމް އަ ގޭ..” ޝާންޓޭ އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ. “..ލައިކް ޔޫ..” އަހަރެންނަށް ހީވީ މޫނުމަތީ އެތިފަހަރެއް ވީއްލާލިހެންނެވެ. ފަސް އެނބުރި ޝާންޓޭ މޫނަށް ބަލާލެވުނީ ޤަބޫލްކުރަން އުނދަގޫވި ވަރުންނެވެ. ޝާންޓޭ އެހާ ފާޅުގަ އެފަދަ އެއްޗެއް ބުނެފާނެކަމަކަށް ހީވެފައެއްވެސް ނެތެވެ. “..ވަޓް.. މަމީ..” އަހަރެންނަށް ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. “..ޚާންއަށް ބުނަން ނުކެރުނަސް މަށަށް ކެރޭ..” ޝާންޓޭ އަހަރެން ގައިގާ އޮޅުލައި ގަތެވެ. “..އައި ރިއަލީ ލަވް ޔޫ..” އެހިނދު އަހަރެން […]
“..ޝާނިފް.. ޝާނިފް..” އަހަރެންނަށް މީހަކު ދޮރުގައި ޓަކިދޭ އަޑުއިވެމުން ދިޔައެވެ. “..06 ޖަހާފިޔޭ ތެދުވަން އުޅޭ.. ހޭލެވިއްޖެތަ..” އަހަރެން ލޯ ނުހުޅުވައި އޮވެ މޯޅިއަކަށް ދެމިލީމެވެ. އަދި ދެލޯ ގަދަކަމުން ހުޅުވާލުމާއެކު ދިޔައީ ސިހިގެންނެވެ. ދެލޯ ތަންމިނަށް ހުޅުވި ވަގުތުން ނިދި ފިލާ ހިނގައްޖެއެވެ. ލިބުނު ސިހުމާ ހައިރާންކަމާއެކު ކުއްލިއަކަށް އެނދުގެ އެއްފަރާތަކަށް ޖެހިލެވުނީ ގައިމަތީގައި އޮތް ޝާންޓޭ ދުރަށް ކޮށްޕާލަމުންނެވެ. އަހަރެންގެ ހިތުގެ ތެޅުންވެސް އަވަސްވަމުން ދިޔައެވެ. ހިތްނެގި ނެގިފައި ޖެހެމުން ދިޔައެވެ. އަހަރެން ހާސްވެފަހުރިލެއް […]
އޮކްޓޯބަރމަހުގެ ކުރީކޮޅެވެ. އޯލެވެލް އެގްޒާމް ފެށެންވަނީ މަދު ދުވަސްކޮޅަކަށްވެފައެވެ. އެއްދުވަހަކު ސުކޫލުން ނިމިގެން ދިޔައިރު މަންމަ އިނީ ރޯށެވެ. ކޮއްކޮވެސް ކައިރީގައި އިނދެގެން ރޮނީއެވެ. ބޮޑުބޭބެ ކޮންމެސް ވާހަކަތަކެއް ދައްކަން ހުއްޓެވެ. މިމީހުން މިރޮނީ ކީއްވެގެން ބާއެވެ؟ “..މަންމާ ކިހިނެއްވީ..” އަހަރެންނަށް އަވަހަށް އަހާލެވުނެވެ. މަންމަ ޖަވާބެއް ނުދިނެވެ. “..ކޮއްކޯ.. ބޮޑުބޭ ކިހިނެއްތޯ ވީ..” އަހަރެން ކަންބޮޑުވާގޮތްވިއެވެ. އޭރު ސިކުނޑީގެ އެއްކަނަކުން ކަމެއް ގޯސްވެއްޖެކަމުގެ އިންޒާރުތައް ދެމުން ދިޔައެވެ. “..ދޮންބޭ ބައްޕަ ބަލިވެގެން މާލެ ގެންގޮސްފި..” ކޮއްކޮ […]
“..ޚާން ** ގަ *** އިނދޭތަ..” އައްކި ހިނިގަނޑަކާއެކު ބުނެލިއެވެ. އެއަޑު އިވުނު ކުލާސް ހުރިހާކުދިންވެސް ހޭންފެށިއެވެ. “..ތި* އަމާ ** ކިޔާބަލަ.. ނަ***..” އަހަރެން ސިހިގެންދިޔައީ ޝާންޓޭ ގޮނޑިން ކުއްލިއަކަށް ތެދުވުމުންނެވެ. އަދި ހަމަ އެސިކުންތުގައި ކުރިމަތީ ގޮނޑީގައި އިން އަކްޝަމް ގަމީހުގެ ގިރުވާނުގައި ފަހަތުން ހިފާ ފުރަގަހަށް ދަމާގަތެވެ. އަކްޝަމް އިދިފުށަށް ގޮނޑިއާއެކު ވެއްޓުނެވެ. “..ރުނޑިކާޅު މާ އަނގަ އެރުވޭ މީހަކަށްވެގެން މިއުޅެނީ..” ޝާންޓޭ އަކްޝަމް ގަމީހު ގިރުވާނުގައި ހިފާކޮޅަށް ނަގަމުން ފާރާލާ ހިއްޕާލިއެވެ. […]
އަހަރެން ސިހިގެން ދިޔައީ މީހަކު ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. އަލްބަމް ލައްޕާލަމުން ގަޑިއަށް ބަލާލީ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލަމުންނެވެ. ގަޑިން އެގާރަ ޖަހަނީއެވެ. މިގަޑީގައި ކާކު ހެއްޔެވެ؟ މަންމަމެންވެސް މިހާރު ނިދާފާނެއެވެ. ކުޑަދޮރުކައިރިއަށް ހުއްޓި ފޮތިގަނޑު ހިއްލާލާ ބޭރު ބަލާލީމެވެ. ބޭރު ބޮކިތައް ނިވާލާފައި ހުރުމުން ކާކުކަމެއް ނޭގުނެވެ. ކޮންމެސް މީހަކު އެތާ އެބަހުއްޓެވެ. އޭރުވެސް އެމީހަކު ދޮރުގައި އިރުއިރު ކޮޅާ ޓަކި ޖަހާލައެވެ. އަހަރެން ދޮރާ ކައިރިޔަށް ޖެހިލާ ކާކުތޯ ސުވާލްކުރީމެވެ. ކޮންމެވެސް […]
އަހަރެންނާއި ރީމް ފުރަތަމަ ފަހަރަށް ބީޗް އިން ބައްދަލުކުރި ރެޔެވެ. އެއީ ހުކުރު ދުވަހެއްގެ ރެޔެކެވެ. އަހަރެންނާއި ޝާންޓޭ ތިބީ މޭޒު ކައިރީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރާށެވެ. ކޮއްކޮ އާއި މަންމަ ބަދިގެ ތެރޭގައި އުޅުނެވެ. ޝާންޓޭ އިނީ އަހަރެންގެ ކުރިމައްޗަށް ވާގޮނޑީގައެވެ. އެހެން އިނދެ އިރުއިރު ކޮޅާ އޭނާ އަތުގައި އަޅާފައި އޮތް ގަޑި ދައްކާލައެވެ. އަދި ވައި އަޑުން ގަޑި ޖެހެނީއޭވެސް ބުނެލައެވެ. އެހެންކަމުން އަހަރެން އަވަސް އަވަހަށް ކައި ނިންމާލައިގެން ކާގެއިން ނިކުތީމެވެ. […]