“..މިރޭ ކޮން ގެސްޓް ހައުސް އަކުތަ ޝޮޕިން ކޮށްލާނީ..” ނިޝްވާ ރުޅިއައިސްފައި ސޯފާއިން ތެދުވަމުން ބުންޏެވެ. ނަޢުމާ ކުރިއަށް އަޅަ އަޅާހުރި ފިޔަވަޅުތައް ކުއްލިއަކަށް ހުއްޓުނެވެ. ހީވީ ދެފައި ޓައިލްސްމަތީ ތަތްލިހެންނެވެ. ދެލޯވެސް ބޮޑުވެގެންދިޔައީ ބޭއިޚްތިޔާރުގައެވެ. “..ކީ ކީކޭ؟..” ނަޢުމާ ނިޝްވާއާ ދިމާލަށް އެނބުރެމުން އެހިއެވެ. އޭނާ ހީކުރީ އޭނާއަށް އިވުނުގޮތް ގޯހީ ކަމަކަށެވެ. “..ތި އިވުނީ ރަނގަޅަށޭ.. އިޙްސާން އާ ދެމީހުން ކުޅޭ ލޯބީގެ ކުޅިގަނޑު ދުވަހަކުވެސް ފަޅާނާރާނެ ކަމަށްތަ ހީކުރީ..” ނިޝްވާ ރުޅި ކޮންޓްރޯލްކުރުމަށް […]
“..ތީ ކޮންކަހަލަ ސަމާސާއެއް..ކިހިނެއް ވެގެންތަ ތިއުޅެނީ…” ނަޢުމާ ނިޝްވާގެ އެޢަމަލުފެނިފައި ބިރުގަތް ނަމަވެސް ވާހަކަ ދެއްކުނީ ބާރަށެވެ. އޭނާއަށް ފެންނަމުން އެދާކަންތައް ޤަބޫލްކުރަންވެސް ދަތިވިއެވެ. “….މީ ތިކަހަލަ ގޮތެއް ފޮތެއްނެތް މުޑުދާރު އަންހެނުންނަށް އޮތް ހައްޤު އަދަބު..” ނިޝްވާ ނަޢުމާއަށް އިތުރު އެއްޗެއް ބުނާކަށް ފުރުޞަތެއްވެސް ނުދިނެވެ. ދިޔަ ބާރުމިނުގަ ދިޔަގޮތަށް ގޮސް ނަޢުމާގެ ބަނޑަށް ވަޅިކޮށްޕާލިއެވެ. ސިހިފައި ނިޝްވާއަށް ހޭލެވުނެވެ. މީހާ އޮތީ ދާހިތްލާފޯވެފައެވެ. މަޑުމަޑުން ދޮންތައަށް ގޮވާލެވުނެވެ. ހަމަ އެސިކުންތުގައި ފެނުނީ ހުވަފެނެއްކަން އެނގުމުން […]
ނިޝްވާގެ ފައިދަށުން ބިންގަޑު ދެމިގަތްކަހަލައެވެ. ބޯމައްޗަށް އުޑު ވެއްޓުނު ކަހަލައެވެ. ނިޝްވާ އަށް ފެނުނީ އޭނާ ހީކުރި ވަރަށްވުރެވެސް ހުތުރު މަންޒަރެކެވެ. ނަޢުމާ އިތުރު ފިރިހެނަކާ ގުޅުން ބޭއްވުމުގެ އިތުރަށް ހަރާންގޮތުގަ ގުޅުންތައްވެސް ހިންގަނީއެވެ. “..ނިޝް ކޮން އިއްސެ އެއްތަ..” ރީޝާއަށް އިޙްސާން އެއީ ކާކުކަމެއް ނޭގެއެވެ. އޭނާވެސް ހުރީ ނަޢުމާގެ މި އުޅުން ފެނުމުން އިންތިހާއަށް ފޫހިވެ ރުޅިއައިސްފައެވެ. “..ދަންނަ މީހެއްތަ؟..” ނިޝްވާ ޖަވާބެއްނުދެއެވެ. ރީޝާ ދައްކާ ވާހަކައެއް އޭނާއަށް ނުއިވޭ ކަހަލައެވެ. ހުރިފިޔަވަޅުމަތީ ހުއްޓުން […]
އަރީކާ ޓީވީ ހުޅުވައިގެން ސިޓިންގ ރޫމް ސޯފާގައި އިނެވެ. އޭރު ޓީވީން އަންނަމުންދަނީ ސޮނީ ޓީވީން ދައްކާ ޑްރާމާ ސީރީޒް އެއްކަމަށްވާ އަނާމިކާއެވެ. އަރީކާ އެހެން އިނދެ އިރުއިރު ކޮޅާ ލޮލުން ފައިބަމުންދާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލައެވެ. ޑުރާމާ އިން ދައްކަމުން ދަނީ ޑުރާމާގެ ބަތަލާ ރާނޯ މަރުވެގެން އޭނާގެ ޖަނާޒާ ކަންތައް އޭނާ އާއިލާ މީހުން ކުރަމުންދާ މަންޒަރުތަކެވެ. އެހެންކަމުން އޭނާއަށް ބަލައިލާ ކޮންމެ މީހަކަށް ހީވާނީ ރާނޯ މަރުވުމުން އެކަމާ ދެރަވެގެން ރޮނީހެންނެވެ. […]
ނިޝްވާ ފޯން ބަލާލިއިރު ދެ މިސްޑް ކޯލާއި މެސެޖެއް އިނެވެ. ލޮކް ކޯޑް ޖެހުމަށްފަހު ފޯން ހުޅުވާލިއެވެ. ގުޅާފަ އޮތީ ކުރިންވެސް ގުޅި ނަންބަރުންނެވެ. މެސެޖް ހުޅުވާލިއެވެ. އެނަންބަރުން އައިސްފަ އޮތް މެސެޖެކެވެ. “… މަ ގުޅީމަ ފޯން ނުނެގިޔަސް މިރޭ އަށެއް ޖަހާއިރަށް ކުޑަކުދިން ބަގީޗާ ކައިރިއަށް އަންނާތި.. ނޫނީ މިރޭވެސް ތިގެޔަށް ދާންވީތަ؟ ނަޢުމާ ބޭނުން ގޮތެއް.. އަށެއް ޖަހާއިރަށް ނައިސް ފިޔާ މަ ބަލާނީ މިރޭ ތިގެޔަށް ދާންވީ ކަމަށް..” މެސެޖް ކިޔާ […]
“..ދޮންތައަށް ކިހިނެއްވީ އޭ.. ކޮބާ އަރީކާ؟” ޝަހީން އެހިއެވެ. ނިޝްވާ އޭނާއަށް އެނގޭ މިންވަރަށް ހުރިހާ އެއްޗެއް ކިޔާދިނެވެ. “..ކީއްވެ ޕޮލިހަށް ނުގުޅީ.. ކީއްވެ މަށަށް ނުގުޅީ” ޝަހީން ހިތްހަމަ ނުޖެހުނީ އެވަރު ބޮޑުކަމެއް ވީ އިރުވެސް އޭނާއަށް ނޭންގީމައެވެ. “..ދޮންތަ ބޭނުންނުވީ ޕޮލިހަށް ގުޅަން..” ޖަވާބު ދިނީ ނިޝްވާއެއް ނޫނެވެ. އަރީކާއެވެ. ޝަހީން ފަހަތްބަލާލިއެވެ. “..އަހަރެން ގުޅަން އުޅުނީމަވެސް ހިފެހެއްޓީ…” “..އެއީ ކީއްވެ؟..” ޝަހީން އެހިއެވެ. “..ދޮންތައަށް އެއީ ކާކުކަން ނޭގޭތީ ދޮންތަ ބޭނުން ނުވީ […]
“..އޭތް… ހަމަ މިހާރު ދޮންތަ ގައިން ދޫކޮށްލާ..” އެމީހާގެ ޚަރަކާތް ހުއްޓުމަކަށް އައީ ފަހަތުން މީހަކު ހަޅޭ ލަވާގަތް އަޑަށެވެ. ނަޢުމާއަށް އަޑުން އެއީ ކާކުކަން އެނގުނެވެ. އޭނާ އަޑުއައި ދިމާލަށް ބަލައިލިއެވެ. އަދި އަވަސް އަވަހަށް އެމީހާއާ ދުރައްޖެހިލިއެވެ. އޭރު އަރީކާ އޭނާ ކޮޓަރި ދޮރުމަތީގައި ހުއްޓެވެ. އަތުގައި ދަނޑިބުރިއެއްވެސް އޮތެވެ. އެއީ މޮޕްގެ ދަނޑިއެވެ. އޭނާ ހުރީ ހާސްވެ ބިރުގެންފައެވެ. އަދި އެހާމެ ރުޅިވެސް އައިސްފައެވެ. ހިސާބަކަށް ތުރުތުރުވެސް އަޅައެވެ. އެމީހާ ހުރީ އަރީކާއަށް […]
“..އަހަރެންނަށް ހަމަޖެހިގެން އުޅެވޭނީ ކޮން ދުވަހަކުންތަ؟..” ނަޢުމާ ދެއަތުން ބޮލުގަ ހިފަހައްޓާހެންހުރެ އުޑުފައިން އިށީނެވެ. އަދި ފާރުގައި ލައްވިއެވެ. އޭނާގެ ދެލޯވަނީ ރަތްވެފައެވެ. އޭނާ ގިސްލަމުން ދެކަކޫމަތީ ބޯ އަޅާލިއެވެ. ************* ނިޝްވާ މޫނު ދޮވެލާގެން އައިސް އެނދުގައި އިށީނެވެ. ހަމަ އިށީނުމާއިއެކުހެން އިޝާން ގުޅިއެވެ. ކުޑައިރުކޮޅަކު ފޯނަށް ބަލަން އިނުމަށްފަހު ނިޝްވާ ފޯން ނެގިއެވެ. “..ހަލޯ.. ކީކޭ އިޝާން..” ގިނައިރު ރުއިމުގެ ސަބަބުން ނިޝްވާގެ އަޑުގައި ކުރަކި ކަމެއް ހުއްޓެވެ. “..ލޯބި އަޑަށް ކިހިނެއްވެފަ…ނިދަނީތަ؟؟…” އިޝާންއަށް […]
ނައުމާ ގައިގާ ބައްދާލިއެވެ. ނީޝްވާ އެކަންކުރީ ހިތުން ރުހުމަކުން ނޫނެވެ. ރީޝާ ކުރިންވެސް އުޅުން ގޮތަށް އުޅެވޭތޯ ބެލުމަށް ބުނެފައިވާތީއެވެ. އެގޮތަށް އުޅެގެން ހަޤީގަތް ހޯދުމުގެ އަޒުމާވެސް އެކުގައެވެ. ރީޝާ ބުނިގޮތަށް އެރޭ އިޝާން އާ ބައްދަލުކޮށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. އެންމެ ވާހަކަ އެއް ފިޔަވައެވެ. ދޮންތަ ހިތަށް އެރުވި އެހުތުރު ޢަމަލު ފިޔަވައެވެ. އެވާހަކަ ބުނެގެން އިޝާން ދޮންތައަށް ކުރާ ޤަދަރު ކުޑަކޮށްލަން އޭނާ ބޭނުންނުވީއެވެ. އިޝާންވެސް ބުނީ ހަމަ ރީޝާ ބުނިހެންނެވެ. ކުށްހީއަކަށް […]