އެނދުގައި އިށީދެގެން އިން ރީމް ތެދުވެ ދެކޮޅަށް ހިނގަންފެށިއެވެ. ހީވަނީ ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން އުޅެނީހެންނެވެ. ދެން ފެނުނީ ކުއްލިއަކަށް އައިސް އަހަރެންގައިގާ އޮޅުލާ ގަތްތަނެވެ. ރީމްގެ މި ޚަރާކާތުގެ ސަބަބުން އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަހަރެންނަށް ހީވީ ބައްޕަ އަހަރެންގައިގާ ތަތް ވެގަތް ހެންނެވެ. އަހަރެންގެ ހަށިގަނޑުގައި ބީހެން ފެށިހެންނެވެ. އެހެންކަމުން މޫނުމަތީގެ އުފާވެރިކަން ގެއްލި މުޅި މީހާ ހާސްކޮށްލީ ދާދިއަވަހަށެވެ. ހަނދާންކުރަން ބޭނުންނުވާ އެ ހިތި މާޒީ ލޯކުރިމައްޗަށް ސިފަވާންފެށިއެވެ. އަހަރެންގެ […]
“..މި ސޮރަށް ގޮތެއް ނަހަދާތި..” މަންމަ ގިސްލަމުން ރޮމުން ބުންޏެވެ. “..ހުވާކުރަން އަހްމަދުފުޅާ ދެންދުވަހަކުވެސް އަނގަޔަކުން ނުބުނާނަން..” އަހަރެން ރޮމުން މަންމަގެ ގައިގާ އޮޅުލައިގަތީމެވެ. ބައްޕައާ ދިމާލަށް ބަލަން ނުކެރިގެން މޫނު ފޮރުވާލީމެވެ. “..ހަނދާންކުރާތި އެގެޔަށް ވަނަސް ދުވަސް ދުއްވާލާނަން..” ބައްޕަ ބުނި އަޑު އިވުނެވެ. “..ދަރިފުޅާ ހުއްޓާލާ ނުރޮއެ.. ހުއްޓާލާ..” މަންމަ އަހަރެންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެދެމުން ދިޔައެވެ. އަހަރެންނަކަށް ހުއްޓައެއް ނުލެވުނެވެ. ބާރަށް ރޮވެނީއެވެ. ގިސްލެވެނީއެވެ. ތުރުތުރު އަޅަނީއެވެ. “..މަންމަވެސް ނުރޮމެއްނުން..” […]
“..މަ މީ ފިރިހެން ކުޅިޔެކޭ..” އަހަރެންނަށް ކެތްނުވެގެން ހަޅޭލަވާގަތީމެވެ. “..އެހެންނުން ކަލޭބުނީ މަށާ ދިމާލަށް.. މަ މީ ގޭ އެކޭ.. އެހެންވެޔޭ އަންހެނަކާ ކައިރި ނުވެވެނީ.. އެރޭވެސް ކަންތައްވީ ގޮތް މަ ކިޔާ ދިނީމަ ކަލޭ މަށާ ދިމާލަށް ބުނީ އެހެނެއްނޫންތަ؟ ފިރިހެންކުޅިއެއް ކައިރީ ކީއްކުރަންތަ ތިއަހަނީ…” ޝާންޓޭ އެބުނާ ރެޔަކު ކަންތައްވެގެން ދިޔަ ގޮތް ކިޔާ ދިނުމުން ޝާންޓޭ އަހަރެންނަށް ކޮށްފައިވަނީ މަލާމާތެވެ. ގޭ އެކޭ ފިނޑިއެކޭ ވަނީ ދިމާކޮށްފައެވެ. އެދުވަހު އެގޮތަށް އޭނާ ދިމާކުރުމުން […]
“..ކަލޭ ހާދަ ހާސްވީ.. އަނެއްކާ ކައެގެ ކަމެއްތަ؟..” ޒާލް ބުނި އަޑުއިވުނެވެ. އޭނާއަށް އަހަރެންގެ މޫނުމަތީ ކުލަވަރުން އެއްޗެއް ވިސްނުނީ ކަންނޭގެއެވެ. “..މަ އެބައުޅެންތަ މޮޔަވެގެން..” އަހަރެން އަވަހަށް ބުނެލީމެވެ. “..ހަމަ ޔަޤީންތަ ތެދެއްކަން..” އަހަރެންނަށް އެވާހަކަތައް ޤަބޫލްކުރަން އުނދަގޫވިއެވެ. ރީމް ބަނޑުބޮޑުވެގެން ނުވާނެއެވެ. ރީމް އަހަރެންނަކަށް ބޭވަފާތެރިއެއް ނުވާނެއެވެ. އޭނާއަށް އަހަރެން ވަރަށް އިތުބާރުކުރަމެވެ. އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށެވެ. އަދި އެހާމެ ލޯބިވެސް ވެއެވެ. މިދުނިޔެމަތިން އަހަރެން އެންމެ ލޯބިވަނީ މަންމަ ދެކެއެވެ. ދެން ރީމް […]
މިއީ އަހަރެންގެ ހަޔާތުގައި ދިމާވެފައިވާ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ލިޔެވައިވާ ވާހަކައެކެވެ. އަހަރެންގެ ނަމަކީ ވިޚާން އެވެ. ރައްޓެހިންގެ ނަމުން ނަމަ “ޚާން” އެވެ. އެއީ މީގެ 7 އަހަރުކުރިއެވެ. 2005 ވަނައަހަރުގެ 03 ވަނަ ޓާރމް ކިޔެވުން ފެށުނުދުވަހެވެ. ޚާންގެ ވާހަކަ ފަށަން ބޭނުންވަނީ އެހިސާބުންނެވެ. “..ދަރިފުޅާ.. ދަރިފުޅާ..” އަހަރެންނަށް ހޭލެވުނީ މަންމަ ގޮވާއަޑަށެވެ. އަހަރެން ގަދަކަމުން ދެލޯ ހުޅުވާލީމެވެ. މަންމަ ކޮޓަރި ދޮރުމަތީގައި ހުއްޓެވެ. “..ދަރިފުޅާ 6 ޖަހާފި.. ތެދުވޭ.. ހޭލެވިއްޖެތަ ދަރިފުޅާ..” މަންމަ […]
އިޝާން ދުވެފައި ގޮސް މީހުންތައް ފަޅާލާފައި އެތެރެއަށްވަނެވެ. އޭރު ސައިކަލު ދަށުވެފައި އޮތް ސޮރުވެސް ތެދުވެއްޖެއެވެ. ނިޝްވާ އޮތީ ބަންޑުންނެވެ. އިޝާން ދެކަކޫ ޖަހާ ނިޝްވާ ތެދުކޮށްލިއެވެ. ނިޝްވާގެ އެއްވެސް ހަރަކާތެއް ނެތްއިރު ނިތްކުރިމަތިން ވަނީ ފަޅާގެން ގޮސްފައެވެ. އަދި އަތުގައި ހަންމެށިފައި ހުރި ތަންތަން ހުއްޓެވެ. ބަލާބެލުމަށް އިތުރު ގެއްލުމެއް ލިބިފައެއް ނެތެވެ. ހީވާގޮތުން ނިޝްވާ ގައިގަ ޖެހުމުގެ ކުރިން އެމީހަކު ވަނީ ސައިކަލު ބުރަކި ޖައްސާ ސައިކަލު އަނބުރާލަން މަސައްކަތް ކޮށްފައެވެ. މާބޮޑު ގެއްލުމެއް […]
އަރީކާ ފޯން ހިފައިގެން ނިކުތްއިރު އޭނާގެ ތުންފަތްމަތީ ލުއި ހިނިތުންވުމެއް ހުއްޓެވެ. މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރު ފެނެއެވެ. އޭނާގެ ޕްލޭން ކާމިޔާބު ވީތީއެވެ. އޭނާ ކޮޓަރިން ދަމުން ފޯން ބާއްވާފައި ދިޔައީ ގަސްތުގައެވެ. ނަޢުމާ ފޯނުން ދެއްކި ހުރިހާ ވާހަކަތަކެއް މިހާރު ހުންނާނީ އެ ފޯނަށް ރެކޯޑް ވެފައެވެ. އޭނާގެ ބޭނުމަކީ ރިކޯޑްކުރި ވާހަކަތައް ނިޝްވާއަށް އިއްވުމެވެ. އޭރުން ނިޝްވާއަށް ޖެހޭނީ އޭނަ ދައްކާ ވާހަކަތައް ޤަބޫލްކުރާށެވެ. އަރީކާ ކޮޓަރިން ނިކުމެ ފުރަތަމަވެސް ބެލީ ނިޝްވާ އުޅޭތޯއެވެ. […]
މިހާރު ނަޢުމާގެ ދިރިއުޅުމަށް އިތުރު ބަދަލެއް ވަނީ އައިސްފައެވެ. ކުރިން ނަޢުމާއަކީ ފިރިމީހާގެ އަޅާލުމާ ލޯބި ލިބުނު އަތްބެކެވެ. ފިރިމީހާ ފަޚުރުވެރިކަމާއެކު އެހެންމީހުންވެސް މިސާލަކަށް ނަގަންޖެހޭ ކަމަށް ބުނަމުން ދިޔަ އަންހެނެކެވެ. ޝަހީންއަށް ލެއްވި ނަސީބެއްކަމަށް ދެކުނު މީހެކެވެ. ނަމަވެސް މިއަދު ވަނީ އެކަންވެސް ބަދަލުވެފައެވެ. ނިޝްވާ އެކޭ އެއްގޮތަށް ޝަހީންވެސް ވަނީ އޭނާއަށް ނަފުރަތު ކުރަންފަށާފައެވެ. ނަޢުމާ އާއި އިޙްސާން ގެސްޓްހައުސްއަކަށް ވަންނަނިކޮށް ފެނުނީއެވެ. ގެޔަށް އައުމުން ކޮންތާކުންތޯ އެހުމުން ދޮގު ހެދީއެވެ. އެދުވަހު ޝަހީން […]
ދެމިގަންނަ އުޅެ އުޅެވެސް ހިފަހައްޓާފައިވާލެއް ބާރުކަމުން ސަލާމަތްވާގޮތެއް ނުވިއެވެ. އިޙްސާން ނަޢުމާ ތުންފަތުގައި ބޮސްދެވޭތޯ އުޅުނެވެ. ނަޢުމާ ދެއަތަށް ދެއަތަށް ބޫހުރުވާތީ އެކަން ނުވީއެވެ. ނަޢުމާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައީ އެހެން މީހަކު އައިސް ދޮރު ހުޅުވަފާނެތީއެވެ. ކުއްލިއަކަށް ނަޢުމާގެ މޫނުމަތީ އިޙްސާންގެ ދެއަތުން ހިފަހައްޓައި ތިރީ ތުންފަތުން ފޮނި ރާހަތް ލިބިގަތެވެ. ނަޢުމާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ހަމައެޔާއެކު ދެލޯ ހުޅުވާލެވުނީ ކޮޓަރި ދޮރު ހުޅުވުނު އަޑަށެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ދޮރުމަތީހުރި ނިޝްވާ […]