ސަކީނާ އުނދޯލިން ތެދުވެގެން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. ހުޅުމާލޭ ޕޮލިސް ސްޓޭޝަން ހުންނަނީ ގެޔާ މާދުރުގައި ނޫންކަމުން ސަކީނާ ބޭނުންވީ އެތަނަށްގޮސް އެމީހުންގެ އެހީއަކަށް އެދޭށެވެ. އޭނާ ގޭގެ މައި ގޭޓުން ނުކުތް ވަގުތަކީ ކާރެއް އައިސް ދޮރުމައްޗަށް މަޑުކޮށްލި ވަގުތެވެ. ކާރުގެ ދޮރުފަތް ހުޅުވާލައިފައި ނުކުތް ޔަލްވީއަށް ސަކީނާ ފެނުމާއެކު މާމާއޭ ގޮވަމުން ދުއްވާގަތެވެ. ސަކީނާވެސް ހެވިފައިހުރެ ޔަލްވީއާ ދިމާއަށް ދިޔައީ މާތްﷲ ޙަމްދުކުރަމުންނެވެ. ޔަލްވީ ރޮމުން ރޮމުން އޮޅުލައިގަތްއިރު ސަކީނާ ހުރީ އުފަލުން ގޮސް […]
ކިނާންގެ ބޭނުމަކީ ލޫޝާގެ ލޮލުން ވައްޓާލި ކޮންމެ ކަރުނަ ތިއްކެއްގެ ބަދަލުހިފުމެވެ. ލޫޝާގެ ހަޔާތް ބަރުބާދުކުރަން މަސައްކަތްކުރި ޔުމްނުގެ ހުވަފެންތައް ފުނޑު ފުނޑުކޮށްލުމެވެ. ކައިލްއާ ޔުމްނުގެ ލޯބީގެ ގަނޑުވަރު ވީރާނާ ކޮށްލުމެވެ. ތަޅާ ސުންނާފަތި ކޮށްލުމެވެ. އެމީހުންގެ ހަޔާތް ބަރުބާދުކޮށްލުމެވެ. ނަމަވެސް ހިތާމައަކީ ކިނާންއަށް ކައިލް މިހާރުގެ ދިރިއުޅުމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައި ނެތްކަމެވެ. ތަޤުދީރުގެ ރޭވުން ކިނާންގެ ރޭވުމަށްވުރެވެސް މޮޅެވެ. “..ހެއި.. ކިނާން..” އެއަރ ޕޯޓުން ނުކުތް ކިނާން ފެނުމާއެކު ލޫޠު ހަނާ އަޅާލިއެވެ.ކިނާންއަށް ލޫޠުފެނުމާއެކު […]
ކިނާން އިސްއުފުލާލީ ކޮޓަރި ދޮރު ހުޅުވުނު އަޑަށެވެ. އޭރު އޭނާގެ ލޮލުތެރޭގައި ކަރުނަތައް މުތީތަކެއްހެން ވިދަމުން ދިޔައެވެ. ރަތްކުލައިގެ ތުންފަތުގައިވެސް ތުރުތުރު ލުމެއް ހުއްޓެވެ. ކިނާން އިންގޮތަށް އިނީއެވެ. ކޮޓަރިއަށްވަނީ ކާކުތޯ ބަލާކަށް ނޫޅުނެވެ. އެގަޑީގައި ކޮޓަރިއަށް އަންނާނީ ކާކުކަން ކިނާންއަށް އެނގޭކަހަލައެވެ. “..ދަރިފުޅާ..” ކިނާން މަޑުމަޑުން ތެދުވީ ޑައިރީވެސް ހިފައިގެންނެވެ. “..ޑޭޑް..” ކިނާން އަތުގައި އޮތް ޑައިރީ ދައްކާލަމުން ވާހަކަ ދައްކަންފެށީ އަސަރާއެކުއެވެ. “..މީ ހަމަ ހަޤީޤަތްތައް.. މީހަމަ ބައްޕަ މަންމައާމެދު ކަންތައްކުރި ގޮތްތަ؟..” ދޮރުމަތީގައި […]
އަހަރެން ހުރީ ހެވިފައެވެ. އުފާވެފައެވެ. އެތަކެއް އަހަރުތަކެއް ފަހުން ކިނާން ފެންނަން އުޅޭކަހަލައެވެ. ނަމަވެސް ނީލް ދޮރު ހުޅުވާލުމާއެކު އަހަރެންގެ ހިނިތުންވުން ސީރިޔަސްކަމަށް ބަދަލުވެގެންދާން ސިކުންތެއްވެސް ނުނެގިއެވެ. ދޮރުމަތީގައި ހުރީ ކިނާން އެއް ނޫނެވެ. ލޫޠުއެއްވެސް ނޫނެވެ. ކައިލްގެ މަންމައެވެ. “..މަންމަ..” އަހަރެންގެ އަނގައިން އަޑު ބޭރުވީވެސް ވަރަށް އުނދަގުލުންނެވެ. ނީލް މަންމަ ކައިރީ އެތެރެއަށް ވަނުމަށް ބުނުމުންވެސް މަންމަ ހުރިފިޔަވަޅު މަތީ ހުއްޓި ހުރީ އަހަރެންނަށް ބަލާށެވެ. މަންމަގެ މޫނުމަތީގައިވާ އަސަރުތައް ދެނެގަންނަންވެސް އުނދަގޫވިއެވެ. ބަލަހައްޓައިގެން […]
“..ލޫޝްއަށް ނޭގޭ އިތުރުކަމެއްވެސް އެބައޮތް..” ނީލް ބުނެލިއެވެ. “..ލޫޝްގެ ހިތަކަށް ނާރާތަ ލޫޝް ބަލިވީ ކީއްވެގެންބާއޭ؟..” ނީލްގެ އެޖުމްލައާއެކު އަހަރެންގެ ހިތް ތެޅިގަތެވެ. އެއީ އަހަރެންނަށް އަދި ވިސްނާނުލެވި އޮތްކަމެކެވެ. އަހަރެން ބަލިވެ އެޗްއައިވީ ޕޮޒިޓިވް ވުމުން ފުރަތަމަ މަރުހަލައިގައި މެދުވެރިވާ ކަންތައްތައް އަހަރެންނަށް ދިމާވުން އެއީ އިއްތިފާޤަކަށް ނުވާނެއެވެ. “..ލޫޝް ބަލިވީ އެރޭ ލޫޝްގެ ގަޔަށް އެޅި ލޭގެ ސަބަބުން..” އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައެވެ. ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. ހަމަ ހަޤީޤަތަށްވެސް އެޗްއައިވީ ޕޮޒިޓިވް ލޭ […]
ޔުމްނުމެން އަހަރެންނަށް އެއިޑްސް ޖައްސަން ކަންތައް ކުރިގޮތް އަދިވެސް ހިނދުރީގައި ހަރުލައިފައިވެއެވެ. ޔުމްނު އަހަރެންގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅި ކަމަށް ވަނީ އެއްބަސްވެފައެވެ. އަހަރެންނަށް މަޑުމަޑުން ޔުމްނުގެ ނަން ބުނެވުނެވެ. ލޫޠު ހިނިތުންވެލިއެވެ. “..ދޮނާ ޤަބޫލްކުރޭ.. ދޮނާގެ ހަށިގަނޑަކު އެވައިރަސްގެ އަސަރެއް ނެތް..” ލޫޠު އަހަރެންގެ ކޮނޑުގައި ހިފަހައްޓާލިއެވެ. “..ޔުމްނު އެކިޔާދިނީ ޔުމްނު ކަންތައް ކުރިގޮތުގެ ވާހަކަ.. އަސްލު ހަޤީޤަތް އޮތީ އެންމެނަށް ފޮރުވިފަ.. ކައިލްއަށް އަދި ޔުމްނުއަކަށްވެސް ނޭގެ ދޮނާއަށް ބަލި ނުޖެހޭކަމެއް.. […]
“..ހާދަވަރެއްވެފަ ތިހުރީ.. މަ ބޭނުން ގޮތެއް ކަލެޔަށް ހަދާނީ..” ކައިލް އަހަރެންގެ ދެއަތުގައި ހިފާލަމުން ގަޔާ ކައިރިކޮށްލަމުން ދުރަށް ކޮށްޕާލިއެވެ. “..ރައްކާވޭ މިތަނުން..” “..ކަލޭ ބޭނުންހާގޮތެއް ދެން ނުހެދޭނެ..” އަހަރެން ސާބިތު ކަމާއެކު ބުނެލީމެވެ. “..ދެން ކަންތައްވާނީ އަހަރެން ބޭނުންވާގޮތަށް.. އަހަރެން މިއައީ އަހަރެންގެ ދަރިފުޅު ބަލާ.. މިއަދު މަ މިތަނުން ދާނީ ކިނާން ގޮވައިގެން.. އަޑު އިވިއްޖެތަ؟.. ކަލޭހީކުރީ މޮޅެތި ޕްލޭންތައްކޮށްގެން މަށާ ކިނާންއާ ދުރުކުރެވޭނެ ކަމަށްތަ؟.. މިއަދު ކިނާން ނުލިބިއްޖެޔާ ކޯޓަށް ގޮސްގެންނަމަވެސް ކިނާން […]
“..ބޮލުގަރިހުމާއި، ހޮޑުލުން، ގައިގަ ރިހުމާއި ހުންއައުން މިކަންތައްތަކަކީ އެޗްއައިވީ ވައިރަސް ހަށިގަނޑަށް ވާސިލްވުމަށްފަހު ފުރަތަމަ މަރުހަލާގައި މެދުވެރިވާނެ ކަންތައްތައް..” އަހަރެން ޑޮކްޓަރ ދެއްކިވާހަކަތައް ލޫޠުއާ ހިއްސާކުރަމުން ދިޔައީމެވެ. އަހަރެންނާއި ލޫޠު ތިބީ އައިޖީއެމްއެޗް ލެބޯޓަރީ ކުރިމަތީގައި ހުރި ގޮނޑިބަރީގައެވެ. “..އެހެންވެ ދޮނާއަށް ހަމަހީވަނީ ރިޕޯޓްތައް ރަނގަޅުހެން..” އަހަރެން ވާހަކަ ދެއްކީ ދުރު ބަލަހައްޓައިގެން އިނދެއެވެ. “..ލޫޠުއަށް އިނގޭތަ.. މިހާރު ދޮނާގެ ގައިގަ ބިހިވެސް ނަގަން ފަށާފި.. ޑޮކްޓަރ ބުނި ބިހިވެސް ނަގާނެކަމަށް.. ދޮނާއަށް ހަމަ ފީލްވަނީ ދޮނާގެ […]
އަހަރެންނަށް އެޗްއައިވީ ޖެހުނީ ކައިލްގެ ސަބަބުންނެވެ. އެކަން ކައިލްއަށްވެސް އެނގިހުރެ އަހަރެން ބަދުނާމް ކުރީ ކީއްވެގެން ބާއެވެ؟ “..ތިހިރީ ވަރިކޮށްފަ.. ރައްކާވޭ މިގެއިން..” ކައިލްގެ އަނގައިން ބޭރުވެގެންދިޔަ ބަސްތައް ހޮނު ގުގުރިއެއްހާ ބާރަށް އައިސް އަހަރެންގެ ހިނދުރީގެ ތެރެއިން ވަދެގެންދިޔައެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަކަހަލައެވެ. ލޫޠުގެ ގައިގައި ބާރަށް ހިފަހައްޓާލެވުނުއިރު ލޮލުން ވަނީ ކަރުނަ ހިލިފައެވެ. ކައިލް އަހަރެން ވަރިކުރީ ހެއްޔެވެ؟ ޤަބޫލްކުރަން އުނދަގޫވި ވަރުން އަހަރެންނަށް ކައިލްއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ދެން ބުނަންވީ […]