މަޑުމަޑުން ކުރިއަށް ގޮސް އަހަރެން އެތެރެއަށް ބަލައިލީމެވެ. އޭރު ލޯގަނޑު ކުރިމަތީ ހުރެގެން އިނާން އޭނާގެ ދެ އަތްތިލަ އާއި އެކު މޫނުވެސް ދޮންނަމުން ދިޔައެވެ. ލިބުނު ހިތްހަމަ ޖެހުމާއި އެކު އަހަރެން އަނެއްކާވެސް ބޭރުގައި މަޑުކޮށްލީމެވެ. “ލީން..! އަހަންނަކަށް ހިއެއް ނުވޭ އިޔާން ބޭނުން ވިޔަސް އަހަރެން ތިގެއަށް ދާން ލީން ގަބޫލު ވާނެހެނެއް… ހުކުރު ފަހުން އަހަރެންގެ ޚަބަރެއް ނުވިއްޔާ ދެން އެކަނި ގެއަށް ދޭ.. އުންމީދު ކުރަން ފިރިއެއްގެ ފަރާތުން ލީންއަށް ނުލިބުނު […]
“ކޮބާ މިއަދު ކައްކަންތަ؟” ވާހަކަ އޮޅުވައި ލަމުން އިނާން އަހައިލިއެވެ. “އިނާން ބުނީމަ ކައްކަން ވާނު. އެކަމު އެއްވެސް ރަހައެއް ނުލާނެ.” ޖެހިލުން ވެފައި ހުރެ ލައިޝާ ބުނެލިއެވެ. “މިއަދު ކެންސަލް. އެހެން ނޫނަސް އަހަރެން އެންމެ ބޭނުންވާ މީހުންނަށް މިއަދު ކާކަށް ވެސް ނާދެވޭނެ.” އިނާންގެ ވާހަކަ ހުއްޓައިލީ ލައިޝާގެ އަތުގައިވާ ފޯނު ރިންގް ވާން ފެށުމުންނެވެ. އެ ފޯނުގެ ޑިސްޕްލޭއަށް އަރާފައި ވަނީ ނުދަންނަ ނަންބަރެކެވެ. ސޭވް ނުކޮށް އިން އެ ނަމްބަރުން ގުޅަމުން […]
ދަންވަރުގެ ހިމޭން ވަގުތެވެ. އިޔާނަށް އޮތީ ނިދިފައެވެ. އިނާން އަންނަ ވާހަކަ ބުނީއްސުރެ އަހަރެންގެ ހަށިގަނޑުގައި ދުވަނީ ޒަހަރެއް ފަދަ ކަރަންޓެކެވެ. ހިތް ނުތަނަވަސް ވަނީއެވެ. ހިތުގެ ތެޅުން އަވަސްވެ ބާރު ވަނީއެވެ. ޖެހިލުންވެ މޭބޮޑު ވަނީއެވެ. އަހަންނަށް ނުވާގޮތެއްް ނެތެވެ. އަމިއްލަ ނަފްސާއި ސުވާލު ކުރެވެއެވެ. އަހަންނަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އިނާންގެ ދައުވަތު މި ދަންވަރު އެކަހެރިކޮށް އަހަރެން ބޭނުން ވަނީ ކީއްވެހެއްޔެވެ؟ އަހަންނަށް މި ކުރެވެނީ ކޮންކަހަލަ ކަމެއްބާއެވެ؟ ތަފާތު ޚިޔާލުތަކާއި ވިސްނުމެއްގައި […]
“އަންނާނަން ދަރިފުޅަށް ކާއެއްޗެއް ހިފައިން.” އިނާން ހަމަ އެކަނި އެހެން ބުނެލަމުން ކެންޓީނާއި ދިމާލަށް ހިނގައިގަތެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިނާން ދިޔަ ދިމާލަށް ބަލަން ހުރެވުނީ ސިކުނޑީގައި ހިނގަމުން ދިޔަ ކަންތައްތަކާއި މެދު ވިސްނަމުންނެވެ. ޔަގީނެވެ. އަހަރެން ފޯނުން ދެއްކި ވާހަކަތައް އިނާނަށް ހަމަ ރަނަގަޅަށް ވެސް އަޑު އިވުނީއެވެ. އިނާންގެ ކުރިމަތީގައި ބޭޒާރު ވުން ނޫން ކަމެއް އަހަރެންގެ ހަޔާތުގައި ހިނގާހެއްޔެވެ؟ ކެންޓީން ކައިރީގައި ހުއްޓި ލައިން އިނާން ހުއްޓެވެ. އެވަގުތު ފޯނު […]
އަހަރެންގެ މަންމަން މިޒާޖުގެ ސަބަބުން އެއްވެސް މީހަކަށް އެވަގުތު އަހަންނާ ވާހަކަ ދައްކާކަށް ނުކެރުނެވެ. ކޮންމެ މީހަކަށް ވެސް އިނގެނީ ކޮންމެސް ކަމެއް ވެގެން އަހަރެން ވަހީދުގެ އަރިހަށް ދިޔަކަމެވެ. އިރުކޮޅެއް ވަންދެން އެ މަސައްކަތުގައި އަހަރެން އުޅުނީމެވެ. މީހެއްގެ ލޮލަށް ކަނދުރާއަކަށް ބެލުމެއް ނެތިއެވެ. އިރުކޮޅަކުން މޭޒުމަތީގައި އިން ފޯނު ރިންގް ވާން ފެށިއެވެ. “ހަލޯ… ލީން..! ރިސައިން ލެޓާ ނަގާބަލަ.. ލީން ތިއުޅެނީ ކީއްވެގެންތަ؟” ވާހަކަ ދެއްކީ އިނާނެވެ. އިނާންގެ އަޑު އިވުމާއި އެކު […]
“މިއަދު ލީން ޕޭ ކޮށްފަ ދާންވީނު.” އިނާންގެ އަޑަށް އަހަރެން ހުއްޓުން އެރިއެވެ. އަނެއްކާވެސް ވަގުތުން އަހަރެން އިށީނީމެވެ. ހަދަންވީ ގޮތެއް ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. އަހަރެންގެ މޫނުމަތިން ފާޅުވީ ހިތާމައިގެ އަސަރެވެ. “ކިހިނެއްވީ ލީން..؟ ޕޭ ކުރެވެން ނެތީތަ؟” އިނާން ދެލޯ ހަނިކޮށްލަމުން އަހަންނާ ސުވާލު ކުރިއެވެ. އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހާލީ ވަރަށް ލަދުން އިނދެއެވެ. އެވަގުތު އިނާން އަށް ފޯނެއް އައެވެ. މޭޒު މަތީގައި ބާއްވާފައިވާ ފޯނުގެ ޑިސްޕްލޭއަށް […]
“ހާޖަރު ލީން” ކާރޑްގައިވާ ނަމަށް ބަލައިލުމަށްފަހު ނިއްކުރިޔަށް ރޫ އަރުވާލަމުން އިނާން ކުޑަކޮށް ވިސްނާލިއެވެ. “ލައީ..! މިތާ މަޑުކޮއްލައްޗެ. މި އަންނަނީ ދެންމެ ދިޔަ މީހާއަށް މި ކާރޑް ހަވާލު ކޮށްފަ.” އިނާންގެ ހަރަކާތްތައް އަވަސް ކޮއްލަމުން ބުނެލިއެވެ. “ކިހިނެއް އިނގެނީ ތީ އެ މީހާގެ ކާރޑެއްކަން.؟” އިނާން ދާން ފެށުމުން ލައިޝާ ބުނެލިއެވެ. އިރުކޮޅެއް ތެރޭގައި އިނާން އައެވެ. އޭރު ލައިޝާ އިނީ އިނާންގެ އިންތިޒާރުގައެވެ. އިނާން އައުމާއި އެކު ކާން ބޭނުންވާ ތަކެތީގެ އޯޑަރު […]
ކޮންމެ ދުވަހަކު ވަޒީފާއަށް ދަމުން އިޔާން އެގެއަށް ގެންނަނީ އަހަންނަށް އެހެން ގޮތެއް ނެތީމައެވެ. ހަގީގަތުގައި އިޔާން ބެލުމުގެ ޒިންމާ އަދާކުރާ މީހަކީ އަހަރެން އެކަންޏެވެ. އިޔާޝްގެ ފަރާތުން އިޔާނަށް ލޯތްބާ އަޅާލުމެއް ނުލިބެއެވެ. “މަންމާ..! އިޔާން ވަރަށް ބަނޑުހައި.. މިއަދު ވެސް މާމަ ކާކަށް ނުދޭ..” އިޔާން ވަރަށް ބާރަށް ދުވެފައި އައިސް އަހަރެން ގައިގާ ބައްދާލަމުން އެހެން ބުނިއިރު ކުރިމަތީގައި ޔުސްރާ ހުއްޓެވެ. އެވަގުތު އަހަންނަށް ބަލައިލެވުނީ ޔުސްރާގެ މޫނަށެވެ. އޭރު ހިތްހަމަ ނުޖެހިފައި […]
ހެނދުނު ވެހެން ފެށި ވާރޭ ހުއްޓައެއް ނުލައެވެ. ބޯ ވިލާތަކުން ޖައްވު ބަނަކޮށްފައި ވާއިރު އިރުގެ ދޯދިތައް އެއްވަރަކަށް ވެސް މާލެ ސަރަހައްދުން ނުފެނެއޭ ބުނެވިދާނެއެވެ. ފެން ބޮޑުވުމުގެ ސަބަބުން މާލެ ތެރޭގައި ހިނގާފައި އުޅޭ މީހުންނަށް އެކަން ވާނީ ތުރާލަކާށެވެ. އެއީ މުޅި ގައުމު ދަންނަ ހަގީގަތެކެވެ. އެއް އަތުން ކުޑައެއް ނަގައިން ހުރެ އަހަރެން ހިނގަމުން ދިޔައީ އޮފީހާއި ދިމާލަށެވެ. އާދައިގެ ހެދުމެއްގައި ހުރި އިރު އަހަރެންގެ ކަނާއަތު ކޮނޑުގައި ވަނީ ކުޑަވަރެއްގެ ހޭންޑް […]