ގޮތް ހުސްވެފައި ހުރީމޭ…4
“މިއަދު ލީން ޕޭ ކޮށްފަ ދާންވީނު.” އިނާންގެ އަޑަށް އަހަރެން ހުއްޓުން އެރިއެވެ.
އަނެއްކާވެސް ވަގުތުން އަހަރެން އިށީނީމެވެ. ހަދަންވީ ގޮތެއް ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. އަހަރެންގެ މޫނުމަތިން ފާޅުވީ ހިތާމައިގެ އަސަރެވެ.
“ކިހިނެއްވީ ލީން..؟ ޕޭ ކުރެވެން ނެތީތަ؟” އިނާން ދެލޯ ހަނިކޮށްލަމުން އަހަންނާ ސުވާލު ކުރިއެވެ.
އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހާލީ ވަރަށް ލަދުން އިނދެއެވެ. އެވަގުތު އިނާން އަށް ފޯނެއް އައެވެ. މޭޒު މަތީގައި ބާއްވާފައިވާ ފޯނުގެ ޑިސްޕްލޭއަށް އަރާފައިވަނީ “ވައިފް” އެވެ.
“ވައިފް ގުޅަނީ… އޯކޭ ލީން ދިޔަސް.” އިނާން ވަރަށް ތެދުވެރި ކަމާއިއެކު ބުނެލިއެވެ.
ގޮތް ހުސްވެފައި ހުރެ އަހަރެން އެތަނުން ނުކުތީމެވެ. އެވަގުތު ލަދުން ހަލާކު ނުވީ ކިރިޔާއެވެ. ކެފޭއަށް ދައްކާލާނެ ރުފިޔާ އެއްވެސް އަހަރެން އަތަކު ނެތެވެ. ސުޕަރވައިޒަރ ކުރިމަތީގައި އަހަރެންގެ އަގު ވެއްޓުނު އިރުވެސް މިނޫން ގޮތެއް ނެތެވެ. ހަށި ފުރާ ފުން ނޭވާއެއް ލަމުން އަހަރެން އޮފީހަށް ވަނީމެވެ.
ހަވީރުގެ ފިނި ވަގުތެވެ. މައިދާއިތަ މެން ގެއިން އިޔާން ގޮވައިން އަހަރެން ނުކުތީމެވެ. ކޮންމެ ދުވަހަކު ވެސް އަޑު އަހާ ހާސަރުތައް މިއަދު ވެސް މައިދާތަ އަހަންނަށް އަޑު އިއްވިއެވެ. އެހެނަސް އެވާހަކަތައް އިވޭކަމަށް ވެސް ނުހަދާ އަހަރެން އައީއެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް އާދަކަން މިހާރު އަހަންނަށް އެނގެއެވެ. އެކަމަށް އަހަރެން އާދަ ވަމުން ދިޔަސް އިޔާން އަށް އެކަމުގެ ސަބަބުން ކުރަމުންދާ ނޭދެވޭ އަސަރަށް ވިސްނާލާ އެއްވެސް މީހަކުނެތެ.
އަހަންނަށް އޮތީ ކޮން ގޮތެއް ހެއްޔެވެ؟ މައިދާތަގެ ގެއަށް ވަނަސް އަހަންނަށް ގޮތް ހުސްވެއެވެ. މިހާރު އަމުދުން އޮފީހަށް ދިޔަސް އަހަރެން ހުންނަނީ ހަދަންވީ ގޮތް ނޭނގިފައެވެ. ދެން ހުރީ އަހަރެން ދިރިއުޅޭ ގެއެވެ. އެގެއިން އިޔާޝްގެ ފަރާތުން ވެސް އަހަންނަށް ލިބޭ އެއްވެސް ހިތްހަމަ ޖެހުމެއް ނެތެވެ. ހުރިހާ ކޮޅަކުން ވެސް އަހަރެން މިހުންނަނީ ބާކީވެފައެވެ. އެއީ އަހަންނަށް އިހްސާސްވާ ކަމެކެވެ.
“މަންމާ!… އިޔާން ދެން ނުފޮނުވަބަލަ އެގެއަށް. އިޔާން ލައިކެއް ނުވޭ.. ޕްލީޒް މަންމާ!..” މަގުގެ އެއް ފަރާތުން ހިނގާފައި ދަމުން އިޔާން އަހަންނަށް ޝަކުވާ ކުރިއެވެ.
“ކިހިނެއްވީ؟… އޭރުން މަންމަ ޖޮބަށް ދިޔައިމަ، ދެން ކާކު އިޔާން ބަލާނީ؟..” ކުރިޔަށް ހިނގަމުން ދިޔަ ފިޔަވަޅު މަޑުކޮށްލަމުން އަހަރެން ބުނެލީމެވެ.
“މަންމާ…! އިޔާން ބޭނުން ވަނީ ހޯލް ޑޭ މަންމަ ކައިރީގަ ހުންނަން. ޕްލީޒް… އެގޭގަ ކޮންމެ ދުވަހަކު ވެސް ވަރަށް ބަނޑުހައިވޭ. އަދި މަންމަ ޖޮބު ނިމިގެން ގެއަށް އައިމަ އިޔާން އަށް ކެވެނީވެސް.. ޕްލީޒް މަންމާ… ޖޮބަށް ނުދޭބަލަ.” އިޔާންގެ ވާހަކަތައް އަޑު އަހަން އަހަންނަށް ހުރެވުނީ ވިސްނުންތެރި ކަމާއެކުގައެވެ.
“ހަވީރު ޕާކަށް ދާނަންތަ؟ ވަރަށް ގިނަ ދުވަސް ވެއްޖެއެއްނު ޕާކަށް ނުދާތާ!..” ހިނިތުން ވެލަމުން އަހަރެން ބުނެލީ އިޔާން ދެއްކި ވާހަކަތަކާ ދުރު ވެލުމަށެވެ.
ރޭގަނޑުގެ އެންމެ ހަމަހިމޭން އަނދިރި ވަގުތެވެ. ގަޑިން އެގާރަ ޖަހަން ކައިރިވީއެވެ. މުޅި ގޭތެރޭގައި ވަނީ ފަޅުކަމެވެ. އިޔާން ނިންދަވާފައި އައިސް ސޯފާގައި އަހަރެން އިށީންދެލިއެވެ. ހެނދުނު ބޭރަށް ދިޔަ ގޮތަށް އަދި ވެސް އިޔާޝްގެ ހަބަރެއް ނުވެއެވެ. ކޮންމެ ސިކުންތެއް ކުރިޔަށް ހިނގަމުންދާ ވަރަކަށް އަހަރެންގެ ހާސްކަން އިތުރުވެއެވެ.
ކުއްލިޔަކަށް ބޭރު ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައީ އިޔާޝެވެ. އާދައިގެ ދުވަހަކަށް ވުރެ އިޔާޝްގެ ހަރަކާތްތައް މިރޭ މާ އަވަސް ހެން ހީވެއެވެ. އަހަންނަށް އިނދެވުނީ ކަޅިޖަހާނުލާ ބަލާށެވެ.
“ލީން..! އިންނާނެތަ އެއްޗެއް އިސްތިރި ކޮށްފަ؟ އެބަޖެހޭ އަދި ބޭރަށް ގޮސްލަން.” ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓާލަމުން އިޔާޝް ބުނެލިއެވެ.
“މިހާ ލަސްވީމަ ދެން ކޮންތާކަށް އިޔާޝް؟.. މިރޭ އަހަރެން ގާތު މަޑުކޮށްލަން ވީނު… އެބައޮތް ވަރަށް މުހިއްމު ވާހަކައެއް…..” އަހަންނަށް ބުނެވުނީ އެހިސާބަށެވެ.
“ދެން ފަހުން ދޯ ލީން… އަބަދުވެސް ލީން އުޅޭނީ މަށަށް ލެކްޗަރ ދޭން.” އަވަސް އަރުވާލާފައިވާ އިޔާޝް ބުނެލިއެވެ.
“އިޔާޝް! އަހަރެން މިއުޅެނީ އޮފީހުން ކެނޑެން.” އިޔާޝް މަޑު ނުކުރާނެ ކަން އިނގޭތީ، އަހަރެން ބުނެލީ އިޔާޝް މަޑު ކުރުވުމުގެ މަގްސަދުގައެވެ.
“ކީކޭ؟… އެ ކީއްވެ؟” އިޔާޝް ބުނެލިއެވެ.
“އެ ކީއްވެކަން އެނގެން ބޭނުން ވަންޏާ، އަހަރެން ދައްކާ ވާހަކަތައް އަޑު އަހާލަން ވަގުތު ކޮޅެއް ދެވިދާނެތަ؟ އަހަރެން ދައްކަން އެބަހުއްޓޭ ހާދަ ބައިވަރު ވާހަކައެއް.” ދެރަ ވެފައިވާ މޫނެއް ދައްކާލަމުން އަހަރެން ބުނެލީ ލުއިލުއި އަޑަކުންނެވެ.
“އޯކޭ.. އެކަމު ތަންކޮޅެއް ލަސްވެދާނެ.. ވާހަކަ ދައްކަން އަންނާނަން ދެއެއް ޖެހުމުގެ ކުރިން..” އެހެން ބުނުމަށްފަހު އިޔާޝް ކޮޓަރިއަށް ވަނީ ރީތި ވާށެވެ.
ފިހާރައިގެ ކަންކަން ނިންމާލާފައި އިނާން އަށް ގެއަށް އާދެވުނު އިރު އެގާރަ ޖަހަނީއެވެ. އޭރު ބަނޑުހައި ވެފައި ހުރިވަރުން އިނާން ފުރަތަމަ ވެސް ބަލައިލީ މޭޒު މައްޗަށާއި އުނދުން މައްޗަށެވެ. އެއްވެސް އެއްޗެއް ކައްކާފައިވާ ކަމުގެ ކުޑަވެސް އަސަރެއް ފެންނާކަށް ނެތެވެ.
ދެފަރާތަށް ބޯ ހޫރާލަމުން އިނާން ހުޅުވާލީ އައިސް އަލަމާރީގެ ދޮރުފަތެވެ. އޭގެ ތެރޭގައި އޮތް ދެތިން ފެންފުޅި ފިޔަވައި ދެން ހުރީ މޭވާގެ ބައެއް ބާވަތްތަކެވެ. ތިރީ ބައިގައި ފުލްކްރީމް މިލްކް ޕެކެޓެއް އިނުމުން އިނާން އެ ޕެކެޓް ނެގީ އެއިން ކިރުތައްޓެއް ބޯލުމުގެ ނިޔަތުގައެވެ. އަތުން ހިފާ އުފުލާލެވުނު ޕެކެޓްގެ ލުއިކަމުން އެއީ ހުސް ޕެކެޓެއްކަން އިނގުނެވެ. ހައި ހޫނު ކަން ފިލުވާލާ ކަހަލަ ކާނެ އެއްޗެއް ފެންނަން ނެތުމުން އިނާން ދެފަރާތަށް ބޯ ހޫރާލަމުން ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.
“މިގަޑީގަ ބޭއްވިއްޔޭ… ފަހުން ގުޅާލާނަން.” ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު އިނާން އަށް އިވުނީ ލައިޝާ ފޯނު ބާއްވަމުން ބުނެލި ޖުމްލައެވެ.
“ލައި..! ރޭގަ އަހަރެން އެހެން ބުނީމަ ވެސް މިއަދު ނުވެސް ކައްކަން ދޯ؟ ވަރަށް ބަނޑުހައި ވެގެން މިއައީ… ކޮންމެ ރެއަކު ކިހިނެއް ބޭރުން ކާނީ؟” އެއްވެސް އުފާވެރި ކަމެއް ނެތި އިނާން ބުނެލީ ޝަކުވާއެއް ނަމަވެސް ލޯބިންނެވެ.
“ސޮރީ… އަސްލު މިއަދު ބަލިކޮށް އުޅުނީމަ.. އެކަމު މާދަމާ ކައްކާނަން އިނގޭ.” އެނދުން ތެދުވެގެން އައިސް އިނާންގެ ދެ ކޮނޑަށް އަތް ވައްޓާލިމުން ލައިޝާ ބުނެލިއެވެ.
“އޯކޭ… އެކަމު ކީއްވެތަ ބަލި ވާހަކަ އަހަރެން ކައިރި ނުބުނީ؟.. ދުވަސް ނިމުނު އިރު އަދި ކިރިޔާ ލައި ބަލިވެ އުޅޭ ވާހަކަ ތިބުނީ..” ލައިޝާގެ ކޮލުގައި ފިރުމާލުމަށް ފަހު ބައްދާލަމުން އިނާން ބުންޏެވެ.
“އިނާން ދެން ތިހާ ބިޒީކޮށް އުޅޭއިރު ބަލި ވާހަކަ ބުނީމަ އަހަންނަށް އިނގޭ ވަގުތުން ގެއަށް އަންނާނެކަން. އެހެންވެ ކޮންމެހެން ނުބުނީ..” ހިނިތުން ވެލަމުން ލައިޝާ ދުރައް ޖެހިލިއެވެ.
“ހެހެ.. އެހާ ގެރެންޓީ..؟ އަހަރެންމީ ހަމަ އެހާ ރަނގަޅު ފިރިއެއްތަ؟” މޫނުމައްޗަށް ލޯބި ގޮތެއް ހަދާލަމުން އިނާން ބުނެލިއެވެ.
“އިނާން ރަނގަޅޭ އަބަދުވެސް. އަހަރެންނޭ ގޯހީ..” އެނދުގައި އިށީންދެލަމުން ލައިޝާ ބުނެލިއެވެ.
“ހެހެ… ލައި.! މާދަން ނޫން އަނެއް ދުވަސް ހުކުރު ދޯ؟ ލައި ވެއްޖެ ކަމެއް ކޮށްދޭން..” ލައިޝާ ގާތު އިށީންނަމުން އިނާން ބުނެލިއެވެ.
“ކޮންކަމެއް؟” ހައިރާން ވެފައި އިނދެ ލައިޝާ އަހާލިއެވެ.
“އަހަރެން އޮފީސް މީހުން ގާތު ބުނީން، ފްރައިޑޭ ސްޕެޝަލް ކެއުން އޮންނާނީ މިގޭގައޭ. ބައެއް މީހުން އަންނާނެ ކާން.. އަށް މީހުނަށް ވާވަރަށް ކެއްކީމަ ރަނގަޅު ވާނެ..” އިނާން ބުނެލީ ލައިޝާއަށް ބަލައިވެސް ނުލައެވެ.
“އަޅެ ދެން… އިނާން…!!! މިއުޅެނީ އިނާނަށް އެކަނި ވެސް ނުކެއްކިގެން. ދެން ކިހިނެއް އަދި އަށް މީހުންނަށް ކައްކާނީ؟… އަހަރެން ގާތު އަހާފަ ދޯ އިންވައިޓް ކުރަންވާނީ ވެސް… ވަރަށް ފޫހިވޭ.. ދެން އަޅެ ތިކަން ކެންސަލް ކޮށްފަ ތި ނޫން ކަމެއް ބުނި ނަމަ…” ކަންތައް ބޮޑުވެފައިވާ ލައިޝާ ތުން ދަމައި ލައިން އިނދެ ޝަކުވާ ކުރިއެވެ.
“ދެން ލައި ފޫހިވިޔަސް އެހެން ގޮތެއް ނެތް…” އިނާން ބުނެލިއެވެ.
“ޕިސްޕިސް… ކައްކާ ހިތެއް ނުވެޔޭ އަޅެ . މިރޭގެ މޫޑް އެ ގެއްލުނީ” ފޫހި ރާގެއްގައި ލައިޝާ ޗުސް ތަޅުވާލިއެވެ.
އިޔާޝްގެ އިންތިޒާރުގައި ވަގުތުތައް ނިމިގެން ދެއެވެ. ވަގުތާއި އެއްވަރަށް އިޔާޝްގެ ވައުދު ފުއްދޭނެ ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ދެ ލޯ ތަތްލަ ތަތްލަ އިންއިރު ވެސް އަހަރެން އިނީ އިޔާޝްގެ ހިޔާލުގައެވެ. ބައެއް ފަހަރަށް އަހަންނަށް ނިދެއެވެ. މިފަހަރުވެސް އަހަންނަށް ހޭލެވުނީއެވެ. އޭރު ގަޑިން ތިން ގަޑި ބައިވަނީއެވެ.
ކޮޓަރި ހުޅުވާލާފައި އަހަރެން ބަލައިލީ އިޔާޝް އޮތްތޯއެވެ. އެނދުގެ ފަޅުކަން މިރޭ ވެސް ފެންނަނީ އެހެން ރޭތަކެކޭ އެއްގޮތަށެވެ. އެހެނަސް، އިޔާޝް ނެތަސް އަހަރެން ގޮސް އޮށޯއްތީމެވެ. އަމިއްލަ ނިދި އިޔާޝަށްޓަކައި މަހްރޫމް ކުރުމަކީ އަހަރެންގެ ފިނޑިކަން ކަމުގައި އަބަދު ވެސް ގަބޫލު ކުރެވެއެވެ.
ދުވާލުގެ ވަގުތެވެ. ހެނދުނު ހެނދުނާ އޮފީހަށް އައުމަށް ފަހު އަހަރެން ނިންމަން ފެށީ ލަމްހާގެ މަސައްކަތްތަކެވެ. ހަފްތާއެއް ތެރޭގައި ލަމްހާ ނިންމާލާ މަސައްކަތްތައް އަހަރެން ނިންމާލީ ދެ ދުވަސް ތެރޭގައެވެ. އެހެން މީހަކު ހަވާލުކުރާ ޒިންމާއަކީ އަހަރެންގެ އަމިއްލަ ކަމެއް ކަމުގައި ދެކެމުން އެ މަސައްކަތްތައް ކުރީ އެފަދައިންނެވެ.
ލަމްހާގެ މަސައްކަތްތައް ނިންމާލުމަށް ފަހު ފައިލްތައް ހިފައިން އަހަރެން އިނާންގެ ކެބިންއަށް ވަނީމެވެ. އިނާން ނެތްވަގުތު ބަލާފައެވެ. އެއީ އަހަރެން ގަސްތުގައި ކުރި ކަމެކެވެ. އިނާންގެ ސުވާލުތަކާ ކުރިމަތިލާން އަހަރެން ބޭނުން ނުވާތީއެވެ.
“އިނާން ވީ ބްރޭކްގަ. މިއަދު އާދެވޭނީ ތަންކޮޅެއް ލަހުންނޯ ބުނީ..” ފައިލްތައް ބަހައްޓާފައި ނުކުންނަނިކޮށް ނަޖްދާ ދޮގު ވާހަކައެއް ބުނެލިއެވެ.
އާނއެކޭ ބުނާފަދަ ގޮތަކަށް ބޯ ޖަހާލަމުން އަހަރެން ކުރިޔަށް ހިނގައިގަތީމެވެ. ނަޖްދާގެ ވާހަކަތަކަށް އެއްވެސް ސަމާލުކަމެއް ދިނުމަކީ ބޭކާރު ކަމެއްކަމުގައި ދެކެމުންނެވެ.
“އިނާން ނުބުނޭތަ މިއަދު ބްރޭކަށް ދާން؟..” އަހަރެން ކުރިޔަށް ނެގި ފިޔަވަޅު ހުއްޓުނީ ނަޖްދާގެ އަޑަށެވެ.
“ބުނި… އެކަމު އަހަރެން ބުނިން އިނާންއާ އެކީ ބްރޭކަށް ދާން ބޭނުންވާ ބައިވަރު ކުދިން މި އޮފީހުގަ އެބަ ތިއްބޭ..” މަލާމާތުގެ ގޮތަކަށް ހީލަމުން އަހަރެން ރައްދު ދިނީމެވެ.
“އެއީ ކޮން ކުދިންނެއް.؟” ފަހަތުން އިވުނީ އިނާންގެ އަޑެވެ.
އަހަރެން ދިޔައީ ސިއްސައިންނެވެ. އެހެން ނަމަ ވެސް ނަޖުދާމެން ކަހަލަ ކުދިންނަށް އަހަރެން ދޭން ބޭނުންވާ ޖަވާބު ދެވުނީއެވެ. އެވާހަކަތައް އިނާން އަށް އަޑު އިވުމުން އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ. އަހަރެން އެކަމާ އެއްވެސް ވަރަކަށް ހާހެއް ނުވެއެވެ. އިނާންގެ ސުވާލަށް ޖަވާބު ނުދީ އަހަރެން ހިނގައިގަތީ އަހަރެންގެ ކެބިނަށެވެ.
“ނަޖްދާ! އާދެބަލަ އަހަންނާ އެކީ..” އިނާންގެ ފަހަތުން ނަޖުދާ ހިނގައިގަތީ އަހަންނާ ދިމާލަށް ލޯ އަޅާލަމުންނެވެ.
“ލީން އާއި ނަޖްދާގެ މައްސަލައަކީ ކޮބާ؟” ގޮނޑީގައި އިށީންނަމުން އިނާން ސުވާލު ކުރީ ނަޖްދާއާއެވެ.
“ދެން. އަނެއްހެން ކަމެއް ވީކީ ނޫން.. އަޅުގަނޑު އަހާލީ މިއަދު އިނާން އާއި………. އެކީ ބްރޭކަށް…. ނުދަނީ..ހޭ..” ޖެހިލުން ވެފައި އިނދެ ނަޖްދާ ބުނެލީ އިސްޖަހައި ލަމުންނެވެ.
“އެއީ ނަޖްދާ ޖޮބުގެ ބައެއްތަ؟” އިނާން ކޮށްލި ސުވާލުން ނަޖްދާ ވަކިން ލަދުގަތެވެ.
“ސޮރީ.. އަސްލު ކުރިން ދުވަހު ދިޔަތަން ފެނުނީމަ މިއަދު ވެސް އަހާލެވުނީ.” ނަޖްދާ ބުނެލީ ލުއިލުއި އަޑަކުންނެވެ.
“ލީން އާއި އަހަރެން އެކަނިތަ ޖޮބްގަ އުޅޭ އިރު އެކީ ބްރޭކަށް ދަނީ..؟ ނަޖްދާވެސް ހަމަ ދަމެއްނު އަތޫފް އާއި އެކީ.. ތޯހާ އާއި އެކީ ވެސް…” ނަޖްދާގެ އަނގަ ބަންދު ކޮށްލަމުން އިނާން ބުނެލިއެވެ.
އޮފީސް ނިމެން ގާތްގަނޑަކަށް ގަޑިއިރަކަށް ވީއެވެ. ލިޔެ ނިންމާލި ސިޓީގައި ސޮއި ކުރަމުން އަހަރެން ހިނގައިގަތީ ވާހިދުގެ ކެބިންއަށެވެ. އެއީ މިވަގުތު އޮފީސް ހިންގާ މީހާއެވެ. އަހަރެންގެ އަމަލުތަކަށް ބަލަން ތިބި މުއައްޒަފުން ވާނުވާ ނޭނގިފައި ތިއްބެވެ.
“އަޅުގަނޑު ސިޓީ ހަވާލުކޮށްލަން.” އަހަރެން ބުނެލީ ވަރަށް މާޔޫސްވެފައި ހުރެއެވެ.
“ކޮން ސިޓީއެއް؟.. ލީވްއެއް ނަގަނީތޯ؟” ވަހީދު ބުނެލިއެވެ.
“އަޅުގަނޑު އޮފީހުން ކެނޑެން ބޭނުންވާތީ..” އަހަންނަށް ބުނެވުނީ އެހިސާބަށެވެ.
“އެހެންތަ؟ އެހެންވީމަ…… ސިޓީގެ ޖަވާބު އަޅުގަނޑު މެއިލް ކޮށްލާނަން. އެންމެ ރަނގަޅު ދިޔަސް..” ހިނިތުން ވަމުން ވާހިދު ބޯޖަހައިލިއެވެ.
“ހަލޯ… އިނާން! ވަރަށް އަވަހަށް އާދެބަލަ..” ފޯނު ބާއްވަމުން ވަހީދުގެ ކެބިންއަށް ދިއުމައްޓަކާ އިނާން ހިނގައިގަތެވެ.
އޮފީސް ތެރޭގައި އަހަރެން ގެންގުޅޭ ބައެއް ތަކެތި އެއްތަން ކުރަން ފެށީމެވެ. އޮފީހުން ކެނޑިގެން ނުކުތުމުގެ ކުރިން ވާންޖެހޭ ބައެއް ތައްޔާރީތައް ވާން އަހަރެން މަސައްކަތް ފެށީމެވެ.
އަހަރެންގެ މަންމަން މިޒާޖުގެ ސަބަބުން އެއްވެސް މީހަކަށް އެވަގުތު އަހަންނާ ވާހަކަ ދައްކާކަށް ނުކެރުނެވެ. ކޮންމެ މީހަކަށް ވެސް އިނގެނީ ކޮންމެސް ކަމެއް ވެގެން އަހަރެން ވަހީދުގެ އަރިހަށް ދިޔަކަމެވެ.
އިރުކޮޅެއް ވަންދެން އެ މަސައްކަތުގައި އަހަރެން އުޅުނީމެވެ. މީހެއްގެ ލޮލަށް ކަނދުރާ އަކަށް ބެލުމެއް ނެތިއެވެ. އިރުކޮޅަކުން މޭޒުމަތީގައި އިން ފޯނު ރިންގް ވާން ފެށިއެވެ.
“ހަލޯ… ލީން..! ރިސައިން ލެޓާ ނަގާބަލަ.. ލީން ތިއުޅެނީ ކީއްވެގެންތަ؟”
—————::::::::::———-
ނުނިމެ
ކިޔުންތެރިންނަށް ސަލާމް…
މި ވާހަކަ ކުރިޔަށް ދާގޮތް ރަނގަޅު ވާނެކަމަށް އުންމީދު ކުރަން… ދެން އޮތީ ވާހަކަ އާއި ދޭތެރޭގަ އަޅުގަނޑު ގޮތް ނިންމުން..
ހަގީގަތުގައި މި ވާހަކައިގެ ކުރިޔަށް ހުރި ބައިތަކަކީ 18 އަހަރުން ދަށުގެ ކުދިން ނުވަތަ ސްކޫލު ކުދިންނާއި ނުގުޅޭ ލެވެލްއެއްގަ ލިޔެފަ އިން ވާހަކަ އަކަށް ވާތީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަޅުގަނޑު ނިންމީ، މި ވާހަކަ ޕްރޯ ސްޓޯރީގެ ގޮތުގަ ހުށައަޅަން. މީގެ އިތުރުން ވެސް އަޅުގަނޑު މިވާހަކަ ޕްރޯ ކުރަނީ މި މަސައްކަތުން، އާމްދަނީ އެއް ލިބުމަށް އެދޭތީ ކަމުގައި ވެސް ދަންނަވަން.
މި ވާހަކައިގައި، މުޖްތަމަޢުގަ ދިމާވާ ބަދު އަޚްލާގީ މައްސަލައެއްގެ މައްޗަށް ވާނީ އަލިއަޅުވާލާފަ. އުންމީދު ކުރަން ކިޔުންތެރިންނަށް މި ސަބަބު ވެސް ގަބޫލު ކުރެވޭނެ ކަމަށް.
މިހެން ބުންޏަސް ހަމަ އިނގޭ ކޮމެންޓް ސެކްޝަންއަށް ލިބިދާނެ ޕޮޒިޓިވް / ނެގެޓިވް ބަސްތަކެއް ވެސް. އަޅުގަނޑު އެކަން އުފަލާއެކީ ގަބޫލުވެސް ކުރާނަން. 👍
ބުނެލަން ބޭނުންވޭ، ދެން ލިޔާނަމަ، ދިގު ވާހަކަ އަކީ ހިލޭ ކިޔޭ ވާހަކައެއްގެ ގޮތުގައި ގެނެސް ދޭނަން. إن شآء الله
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.







Konme hen dhen liyaa vhk hiley genes dheyne kameh neh. Kaley heevany fageereh hen ehenve Ehen mibuny
V bodah shukuriyyaa…
Hama v ufalun thi Comment gaboolu koffeen..
Comment dhevvi kujjaa ah abadhuves Shaleen ge heyo dua.
Baarakallah 🤲
Jealous is a disease hope you get well soon😝
U ah kihineii ingeneee shaleen sis ge haalath… mi bunee shaleen sis fagedrekey noon ingey anehkaa….
Eki meehun laari hoadhan kuraanee eki masahkaiy… keehve tha thanthanun vhikan hunna vhk gannanee??
U man anekaa aa dhimaalah ehchis bunaairu anekaku vaane dhera akah nuvis nan tha??
Thimaa vrh muhimmu beynumaku laari ehkuranikh meehaku the fageerekey bunefihyaa dhera ey nuvaanetha?? Faqeerunnaa muhsadhinnaa huri thafaathakee koba??
Muhsadhin muhsandhi iru vx masahkaiy kuranee hama ithuru laafa eh ehkurevey thw… faqeerun vx masahkaiy kuranq hama laafi hoadhan…. liyun theriyeh v ma nuliyan v laari hoadhan??
Dhn bunaane alhugandah laari dhah kaigen kiyeythee ey mihen mi bunanee…. alhugandu nukiyan laari dhahkaigen mi site ah liyaa ehvx vhk eh… eii alhugandakee kiyAfa a kuhjakah vaathee…. ekm knmx dhuvahakun laari hoadhaigem mi vhk kiyaanan ingey shaleen sis… meehun kiyaa ehchihsa alhaanulaa kuriah dhey… eyrah insha allah kaamiyaabu vaane…
U ah kihineii ingeneee shaleen sis ge haalath… mi bunee shaleen sis fagedrekey noon ingey anehkaa….
Eki meehun laari hoadhan kuraanee eki masahkaiy… keehve tha thanthanun vhikan hunna vhk gannanee??
U man anekaa aa dhimaalah ehchis bunaairu anekaku vaane dhera akah nuvis nan tha??
Thimaa vrh muhimmu beynumaku laari ehkuranikh meehaku the fageerekey bunefihyaa dhera ey nuvaanetha?? Faqeerunnaa muhsadhinnaa huri thafaathakee koba??
Muhsadhin muhsandhi iru vx masahkaiy kuranee hama ithuru laafa eh ehkurevey thw… faqeerun vx masahkaiy kuranq hama laafi hoadhan…. liyun theriyeh v ma nuliyan v laari hoadhan??
Dhn bunaane alhugandah laari dhah kaigen kiyeythee ey mihen mi bunanee…. alhugandu nukiyan laari dhahkaigen mi site ah liyaa ehvx vhk eh… eii alhugandakee kiyAfa a kuhjakah vaathee…. ekm knmx dhuvahakun laari hoadhaigem mi vhk kiyaanan ingey shaleen sis… meehun kiyaa ehchihsa alhaanulaa kuriah dhey… eyrah insha allah kaamiyaabu vaane……..
ލިޔުންތެރިޔާގެ ނިންމުމަށް އަޅުގަނޑު މަރުޙަބާ ކިޔަން. ހަގީގަތުގައި އަޅުގަނޑު ވެސް ބޭނުން ވަނީ މި ވާހަކަ ހިލޭ ކިޔާލެވޭނެ ގޮތެއް. އެހެން ނަމަވެސް އެސްފިޔަ ސައިޓުން ލިޔުންތެރިންނަށް ދެއްވާފައިވާ ބާރުގެ ބޭނުންކޮށް އާމްދަނީ ހޯދުމަކީ ހަމަ އެންމެ ރަނގަޅު ގޮތެއް. ލިޔުންތެރިޔާ ޝަލީންގެ އެހެން ވާހަކައެއް ހިލޭ ކިޔާލަން ލިބޭނެކަމަށް އުންމީދުކުރަން.
އަޅުގަނޑު އެދެނީ މިސައިޓުގައި ވާހަކަ ލިޔާ ލިޔުންތެރިންގެ ވާހަކަތަކަށާއި އެ ލިޔުންތެރިންގެ ނިންމުންތަކަށް އަޅުގަނޑެކޭ އެއް ފަދައިން ހުރިހާ ކިޔުންތެރިން ވެސް އިޚްތިރާމް ކުރުން.
ޝުކުރިއްޔާ
Wafa Haadha wafaatheri eyy… 😍
Shaleen how old are you thee mashah vure old ehcheh hen heevany 😜😝
Hama yageenun vess young rundi eh noon thy 35 yrs nooney 36 yrs thi rundi ah 😏 and firi eh hureytha hama ahaaly
Allah alhuganduge umuru kamugai 36 aharu lavvaifi. Alhugandu ge firi eh hurey.
Alhamdh lillah.
Ehen namaves thi msg ga alhugandah mukhaathab koffa in beyadhabee namakee, alhuganduge MULHI HAYAATHUGA ves FURATHAMA FAHARAH meehaku alhugandaa dhimaalah buni namei.
Ekamaa alhugandu v dheravejje. Ehen namaves thi comment kuri faraathah alhugandu edhenee heyo visnumaai, ufaaverikan
Dhari eh hurea tha
Labba. Alhugandakee 2 kudhinge mamma eh.
Manje thiya beyfulhaa aa behey kanthakaa behen Alhugandhu ilthimaas kuran manje nujehey dhw alhuganadaa Shaleen aa dhahkaa vhk akah beyneykah
Ahh I’m really sorry Ehen muhaathabu kurevuny thyy 😭
Alhugandah maaf kohdhehchey! Alhugandhu ves edheny Shaleen ah abadhuves ufaaverikan adhi maidhah vure fehi faagathi maadhamaeh minvaru kurehvun!Alhugandhah vess maabodah rulhi aadhevuny ehaa kiyaa hiy vaa vhk pro koh liyaathy 😔 Alhugandhu ge heyo dua vaany abadhuves shaleen aa eku 😊 Shaleen ah ithuru kuri erumaa kaamiyaabu minvaru kurehvun edhen AAMEEN 🤗❤️
Heyy Shaleen dhahthii Alhugandhu Mi comment kohlany Alhugandhu ge frnd thakeh vess mikamah beynun vegen Alhugandhu men mee 18 yrs ge kudhin Ehenma abadhu vhk Konme part akah rf dhahkaigen nukiyeyne 😭 dhahthii free koh kiyaa levey goiy hadhaa dhen V nu… Mi story ekani viyas ok free koh dhen huri story thah pro koh liunas ok hama vrh beynun vefa mihury kiyan… And mikanthah thah Alhugandhu men ah ingun vrh muhinmu dhw asluu.. Hope free koh kiyaaleveyne kamah hama vrh loiybaaeku ehme kamakah Mi edheny… ❤️ Shaleen dhahtha ah abadhuves kaamiyaabee ah edhen 💘…
Aameen…
Thanks dear….
Shaleen maaf koffeemey.
Alhugandu varah ufaakoffin hageegathugaves. 🙂
Ummeedhu kuran adhives dhimaavaane kamah.
Ly♥️
To manje..
Comment ga dhakkaafa huri vaahaka thakaai dhevvi hiyaaluthakah varah bodah shukuriyyaa.
Shaleen mi balanee veeyaaves madumaithiri kamaai hihthiri kamaa ekee komme kujjakah ves reply kolleveytho.
Aslu alhugandu dhekenee alhuganduge kiyun therin positive/ negative comment dhevvaneeves alhugandah ithuru hiyaaluthah dhinumuge gothun kamah..
Nooni kommes hihvarei dhinumuge gothun…
Ehenveema v saafu koh bunelaanan
Manje ge thi comment akee Shaleen ah v ufaaveri comment eh.
Ly ♥️
To Aanaa
Comment kolleethee shukuriyyaa 🙂
V ufaaveri v loabi comment eh thee..
Aslu dhen shaleen Hama mibunaahen Gina kankamah visnaafa pro kuree..
Dhen 18+ jehiyas Hama 18 aharun dhashuga kudakudhinves vaahaka kiyaafa Eba hurey Hama.
Ehenve Shaleen aslu mi vaahaka mi inee bodah e age ge kudhinnahves manaa kollumuge gothun pro koffa.
Dhen Ingey Hama 18+ viyas komme kujjakeeves Hama pay koggen kiyeyne kudhinneives noon.
Ehenveema Hama bunelan beynun vanee mi vaahaka innaanee Hama pro ge gothuga ey.
Ekam shaleen dheke rulhi nais mi reasons understand vaane kamah ummeedhu kuran. .adhives mifadha vaahaka thah Hiley kiyaalan libeyne in sha Allah
Ly Aanaa ♥️
Oh it’s ok I understand 🙂
ކިޔުންތެރިންނަށް
އަޅުގަނޑަކީ ހަމަ އެކަނި މި ސައިޓަށް ވާހަކަ ލިޔެ ޕްރޯ ސްޓޯރީސް އިން އާމްދަނީ ހޯދާ މީހެއް ނޫން.
މީގެ އިތުރުން އަޅުގަނޑަކީ ކުޑަކުދިންނަށް ހާއްސަކޮށް ޢިބްރަތްތެރި ދިވެހި ވާހަކަތައް ލިޔެ ޝާއިޢު ކުރަމުން އަންނަ މީހަކީމެވެ. އެގޮތުން އަޅުގަނޑުގެ ކޮންމެ ވާހަކައަކީ އެން.ބީ.ސީގެ ހުއްދަ ހޯދައިން ޕަބްލިޝްކުރާ ވާހަކަތަކެއް.
މިއީ އަޅުގަނޑު އާމްދަނީ އެއް ހޯދުމުގެ ގޮތުން ކޮށް އުޅޭ ކަމަކަށް ވާތީ، ތިޔަ އެންމެ ފަރާތްތަކަށް މި ވާހަކަ ހިއްސާ ކޮށްލަން ބޭނުންވީ.
މި ވާހަކަ ބަޔާން ކުރީ ކޮންމެހެން ފައިސާ އިތުރަށް ހޯދުމުގެ ނިޔަތުގައެއް ނޫން. އަދި އެކަން އިޝްތިހާރު ކުރުމުގެ ބޭނުމުގައި ވެސް ނޫނެވެ. އެހެނަސް އަޅުގަނޑަކީ ލިޔުންތެރި ކަމުން އާމްދަނީ ހޯދާ މީހެއް ކަމަށް ވާތީ އެވާހަކަ ހިއްސާ ކޮށްލިއެވެ.
ޝުކުރިއްޔާ
Hama ekani kudakudhinge vhk thw publish kuranee??
Labba
fothuge sifaiga adhi Hama ekani kudakudhinge vaahaka
📝