
ގޮތް ހުސްވެފައި ހުރީމޭ…9

މަޑުމަޑުން ކުރިއަށް ގޮސް އަހަރެން އެތެރެއަށް ބަލައިލީމެވެ. އޭރު ލޯގަނޑު ކުރިމަތީ ހުރެގެން އިނާން އޭނާގެ ދެ އަތްތިލަ އާއި އެކު މޫނުވެސް ދޮންނަމުން ދިޔައެވެ. ލިބުނު ހިތްހަމަ ޖެހުމާއި އެކު އަހަރެން އަނެއްކާވެސް ބޭރުގައި މަޑުކޮށްލީމެވެ.
“ލީން..! އަހަންނަކަށް ހިއެއް ނުވޭ އިޔާން ބޭނުން ވިޔަސް އަހަރެން ތިގެއަށް ދާން ލީން ގަބޫލު ވާނެހެނެއް… ހުކުރު ފަހުން އަހަރެންގެ ޚަބަރެއް ނުވިއްޔާ ދެން އެކަނި ގެއަށް ދޭ.. އުންމީދު ކުރަން ފިރިއެއްގެ ފަރާތުން ލީންއަށް ނުލިބުނު ކޮންމެ ހިތްހަމަ ޖެހުމެއްގަ މިތާ އަހަންނަށް އެހީތެރި ވެވުނު ކަމަށް. އަހަރެން އިޔާން މަތިން ވަރަށް މިސް ވާނެ. ވަކިން ހާއްސަކޮށް ލީން މަތިން ވެސް… އަހަރެން ދެން ދަނީ..” އިނާންގެ ޖަޒްބާތީ ވާހަކަތަކުން އަހަރެންގެ ހިތުގައި ޖެހުނެވެ.
“މަންމި! ނިމުނީ..” އިޔާން ގޮވަމުން ދިޔަ އިރުވެސް، ލޯ ކުރިމަތިން އިނާން ގެއްލެން ދެން އަހަންނަށް ހުރެވުނީ އެދިމާލަށް ބަލާށެވެ.
“މަންމީ..! ނިމުނީއޭ..” އިޔާން އަހަރެންގެ އަތުގައި ހިފައި ތަޅުވާލި ވަގުތު ސިއްސައިން ދިޔައެވެ.
ރޭގަނޑުގެ އިރާކޮޅު ވަގުތެވެ. އިނާން އާއި ލީން އެކުގައި ތިބި ފޮޓޯއަށް ބަލަން ނަޖްދާ އިނީ ފޯނުންނެވ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.