
ގޮތް ހުސްވެފައި ހުރީމޭ..8

“ކޮބާ މިއަދު ކައްކަންތަ؟” ވާހަކަ އޮޅުވައި ލަމުން އިނާން އަހައިލިއެވެ.
“އިނާން ބުނީމަ ކައްކަން ވާނު. އެކަމު އެއްވެސް ރަހައެއް ނުލާނެ.” ޖެހިލުން ވެފައި ހުރެ ލައިޝާ ބުނެލިއެވެ.
“މިއަދު ކެންސަލް. އެހެން ނޫނަސް އަހަރެން އެންމެ ބޭނުންވާ މީހުންނަށް މިއަދު ކާކަށް ވެސް ނާދެވޭނެ.” އިނާންގެ ވާހަކަ ހުއްޓައިލީ ލައިޝާގެ އަތުގައިވާ ފޯނު ރިންގް ވާން ފެށުމުންނެވެ.
އެ ފޯނުގެ ޑިސްޕްލޭއަށް އަރާފައި ވަނީ ނުދަންނަ ނަންބަރެކެވެ. ސޭވް ނުކޮށް އިން އެ ނަމްބަރުން ގުޅަމުން ދިޔައިރު ފޯނު ސައިލެންޓަށް ލުމަށް ފަހު ލައިޝާގެ އަތުތެރޭގައި ފޯނު ފޮރުވާލީ ވަރަށް ހަމަ ޖެހިލަމުންނެވެ.
“ކާކު ގުޅަނީ؟” އެތެރެއަށް ވަންނަމުން އިނާން އަހައިލިއެވެ.
“ނޭނގެ. އެހެންވެ ނުނެގީމަ އެއްނު ރަނގަޅު ވާނީ..” އިނާން ފަހަތުން ލައިޝާ ވެސް އެތެރެއަށް ވަނެވެ.
“މިއަދު ގެއަށް ދޫކޮށްލަން ހުރިހާ ކަމެއް ރެޑީ ވަނީ. ދެން ޑޮކްޓަރު ބުނުއްވި އިޔާންއަށް ރަނގަޅަށް ކާންދީގެން ގެންގުޅުމަށް. އެންމެ ފަހުގެ ޓެސްޓު ތަކުން ދެއްކީ އިޔާންގެ ގައިގަ އެކަށީގެން ވާވަރަށް ވުރެ ލޭ ވެސް މަދު ކަމަށް. އެހެންވީމަ، ކެއުމުގަ ވެސް ލޭ ރަނގަޅުވާ ފަދަ ދުޅަހެޔޮ ކާނާ ކާންދިނުން ވަރަށް…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.