“މި ބުނީނު ތި ލައިގެން ނުދާށޭ. ހަމަ މިހާރު ބާލާ.. ވިޔާމް އެއްޗިހި ލާން ޖެހޭނީ އަހަންނަށް ރީތި ގޮތަށް… އަހަރެން ބުނާ ގަޑިތަކުގަ އަހަންނަށް ރީތި އެއްޗެއް. ދޭ އެ އެއްޗިހި ލާން.” ޝަރާގެ ހަރުކަށި އިބާރާތް ތަކަށް ވިޔާމްގެ ހަށިގަނޑު ކިޔަމަން ވިއެވެ. ބަނޫން ނިންދެވުމަށް ފަހު އިނާޔާ ހޯދަމުން ދިޔައީ އަޔަނިނގް ބޯޑެވެ. ގޭތެރެ އާއި ސިޓިންގް ރޫމުގެ އެކި ދިމާލުން ވެސް އަޔަނިނގް ބޯޑެއް ނުފެނުނެވެ. އަނެއްކާ ވެސް ކޮޓަރި ތެރެއަށް […]
ރޭގަނޑުގެ އެންމެ ހަމަ ހިމޭން ވަގުތެވެ. ގޭގެ ގޯތި ތެރޭގައި ހުރި ޖޯލިފަތީގައި އޮށޯއްވެލައިން އޮތް މިންހާގެ ހަށިގަނޑުގައި ދިރުމެއް ނުވެއޭ ބުނެވިދާނެއެވެ. އޭނާ އޮތީ އެހާވެސް މަޑުންނެވެ. ދުރުން ބަލާ މީހަކަށް އޭނާ ސިފަ ކުރެވޭނީ މަރުވެފައި އޮތް މައްޔިތެއް ފަދައިންނެވެ. ވެދާނެއެވެ. އޭނާގެ އަތެއް ފައެއް ގުޑުވާލަން ވެސް ހަނދާން ނެތީ ކަންނޭނގެއެވެ. މިންހާގެ ސިކުނޑި އޭނަ އާއި ހާނގުރާމަ ކުރަނީއެވެ. އެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގެ ބޮޑުކުޑަ މިން ކިޔައިދެވޭނީ މިނިވަން ވެފައި […]
“ވަރަށް ބާއްޖަވެރި ކައިވެންޏަކަށް އެދެން. ދައްކަބަލަ ސިއްރެއް ބުނާނަން.” ޔުސްރާ އަހަރެންގެ ކަންފަތާ ދިމާލަށް ކައިރި ވެލިއެވެ. އަދި އަހަރެން ޔުސްރާ ބުނި އެއްޗަކަށް އެއްބަސް ވެލަމުން ތަންކޮޅެއް ދުރުގައި ހުރި އިޔާން ދައްކާލީމެވެ. އެވަގުތު އެމީހުން ހިނގައިގަތީ އިޔާން ގާތަށެވެ. ޕާޓީގައި ގިނައިރު ކޮޅަށް ހުރުމުން ދެފައި ހީވަނީ ބަރުވެފައި ވާހެނެވެ. މުޅި މީހާ ވަރުބަލި ވުމުން ބޭނުން ވަނީ އިށީންދެލާށެވެ. އެހާ ގިނަ ވަގުތު ނުކައި ހުރުމުގެ ސަބަބުން ގޮހޮރު ހީވަނީ ވަޔާ ތެޅޭހެނެވެ. […]
“މީ ކީއްކުރާ ސްޕްރައިޓް ފުޅިއެއް؟… އަހަރުމެން މިއައީ އެއްޗެއް ބަލައެއް ނޫނޭ ދޯ އަތޫފު.” އަތޫފާ ދިމާލަށް ނިތް އަރުވާލަމުން އިނާން ހިނގައިގަތެވެ. “ހެވޭ… އެކަމު ވެސް އަހަރެން މި ދިނީނު.. އިނާން ގުޅީމަ ހިތަށް އެހެރީ ހަމަ މި ފުރުސަތުގައޭ ދެން ފިނި އެއްޗެއް ވެސް ދެވޭނީ…. މިދިމާ ބީޗަށް ދަމާ ވާހަކަ ދައްކަން.” އިނާންއާ ދިމާލަށް ބަލައި ވެސް ނުލާ ނަޖްދާ ވާހަކަ ދައްކަމުން ދިޔައިރު އިނާން ފާރަވެރިވީ ނަޖްދާގެ މަކަރުވެރި ކަމަށެވެ. “އަން… […]
ކިޔުންތެރިންނަށް ސަލާމް! “ހިމޭން” މި ވާހަކަ ބިނާ ކޮށްފައި ވާނީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ތަހައްމަލް ކުރަމުންދާ ބައެއްގެ ދިރިއުޅުމުގެ މައްޗަށެވެ. މިއީ ހަގީގީ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް މި ވާހަކައިގެ ބައެއް ހާދިސާތައް އެއްވެސް ފަރާތަކަށް ނިސްބަތް ކުރެވޭ ގޮތަށް ލިޔެވިފައި ވާނަމަ އެއީ އިއްތިފާގެއް ކަމުގައި ދަންނަވަން. ވާހަކައިގެ ބާވަތް: ހިލޭ ކިޔޭ ވާހަކައެއް. ވާހަކައިގެ ދިގު މިން: ޖުމްލަ 25 ބައި. ވާހަކަ ޝާއިރު ކުރާ ތާރީޚް: 18 ޖޫން […]
“އަހަރެން ރުފިޔާ ދިނީމަތަ ތި ކެއްކީ؟” އިނާން ޔަގީން ކޮށްލަން އަހާލިއެވެ. އާނ އެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ. އެވަގުތު އިނާން ސިއްރު ސިއްރުން އަހަރެންގެ އަތުގައި ހިފާލިއެވެ. އިޔާނަށް ފެނިދާނެތީ އިނާންގެ ހަރަކާތްތައް ހުންނަނީ އެފަދަ ގޮތަކަށެވެ. ގާތްވެލާނެ ވަގުތު ލިބިއްޖެނަމަ އިނާން ކަންތައް ކުރަނީ އެހެނެވެ. “އަހަރެން ނޫޅެން އަތޫފުއާ އިންނާކަށް. ބަލައްޗެ. އިނާން އެހެން ބުނީތީ ވެސް…. އިނާނަށް ލާހިކެއް ނޫން އެހެން މީހަކާ އެކީ އުޅޭކަށް.” ރުޅި އައިސްފައިވާ […]
“ދައްތާ! އަހަންނަށް މާކުރިން ވެސް އިނގޭ ލީން އުޅެނީ އުފަލުގަ ނޫންކަން. އެހެންވެ އޭނާއަށް ދިމާވި ދަތި އުނދަގޫ ދުވަސް ތަކުގަ އަހަރެން ހުންނާނީ ވަރަށް އެހީތެރި ވެފަ. އިޔާން ހޮސްޕިޓަލުގަ އޮތް ދުވަސްތަކާ، ލީންގެ މާޔޫސްވީ ވަގުތު ތަކުގަ އަހަރެން ހުންނާނީ ވަރަށް ގާތުން ލީނަށް ބަލާފަ. އިޔާޝްގެ ފަރާތުން ލިބުނު އުފަލެއް ނެތްކަން އިނގޭ… ޚަރަދު ނުކުރާ ކަން ވެސް އިނގޭ. އެކަހަލަ ކޮންމެ ވަގުތަކު ލީންއަށް އެހީވި އަހަރެން. އެންމެ ފަހުން އިޔާޝް […]
“ނޭނގޭ ނަންބަރަކުން ކޮށްފަ އިން މެސެޖެއް. މީ އަނެއްކާ ކާކު؟” އަހަންނަށް އެހެން ބުނެވުނު ތަނާ އިނާން އަހަރެންގެ ފޯނުގައި ހިފީ ބަލައިލުމުގެ ގޮތުންނެވެ. ވަރަށް ފަރުވާތެރި ކަމާއި އެކު އިނާން ބަލައިލިއެވެ. އެ ހިސާބުން އިނާންގެ ހިތުގައި އުފެދުނީ އަނެއްކާ ވެސް އިތުރު ސުވާލު ތަކެކެވެ. ލީން އެކޭ އެއްފަދައިން އިނާން ވެސް އޭނާގެ ނިއްކުރިޔަށް ރޫ ތަކެއް ޖަމާކޮށް ކަމުން އަހަންނާ ދިމާލަށް ބަލައިލިއެވެ. އެ ބަލައި ލުމުގައި ވަނީ ޝައްކުގެ އަސަރުތަކެވެ. އަހަންނާއި […]
“ލީން! އަހަރެން ވާހަކައެއް ބުނެފިއްޔާ ގަބޫލު ކުރާނަންތަ؟” ވަރަށް ފަރުވާތެރި ކަމާއެކު އަހަންނަށް ބަލައިލަމުން އިނާން އެހިއެވެ. “ބުނީމަ އިނގޭނީ.” އަހަރެން ދިނީ ކުރު ޖަވާބެކެވެ. “އިނގޭތަ؟ ލައިޝާ އަހަންނަށް ބޭވަފާތެރިވީ… އެހެން މީހަކާ ރައްޓެހިވެގެން އުޅުނީ … އަހަންނަށް އެނގިއްޖެ އެއީ ކާކުކަން ވެސް… ބުނަންވީތަ އެއީ ކާކުކަން؟” އިނާންގެ ދެ ލޮލުގެ ނަޒަރު ލީންގެ ދެ ލޮލާއި ވަކި ނުކުރެއެވެ. “ކީއްކުރަން އަހަރެން ކައިރި ބުނަނީ؟ އަހަރެން ނުދަންނަ މީހުން ގިނަވާނީ…” އެހެން ދިމާލަކަށް […]