އަހަރެންގެ އުމުރުން ތިރީސް ފަސް އަހަރު ވެފައި ވަނިކޮށް ކަންތައްތައް ދިމާވި ގޮތުގެ ހާދިސާއެއް ހިއްސާ ކޮށްލާނަމެވެ. އަހަރެން އުޅެނީ މީހަކާއި އިނދެގެންނެވެ. އަހަންނަކީ ކުޑަ ދެ ފިރިހިން ކުދިންގެ މަންމައެކެވެ. އަބަދުވެސް ދިރިއުޅޭ ގެއަކީ މަންމަގެ އަމިއްލަ ގެއެވެ. މިއަދާ ހަމައަށް ވެސް ދިރިއުޅެމުން މި ދަނީ މަންމަ އާއި ބައްޕަ އާއި އެކު ހަމަ މަންމަގެ ގޭގައެވެ. މަންމަ މެންގެ ޚިދުމަތުގައެވެ. އަހަރުމެންގެ އިތުރުން ދެން ގޭގައި ދިރިއުޅެނީ ދައްތަގެ އާއިލާއެވެ. އެއީ ދައްތަ […]
“އަހަރެން ބައްޕަ އަށް މާފު ކޮށްފާނަން. އެކަމު ގޮތެއްގެ މަތިން..” އަފީފާއި ދިމާލަށް ބަލައިލަމުން އަފާ ބުނެލިއެވެ. “ކޮން ގޮތެއް؟ އަފާގެ މާފު ހޯދަން ބައްޕަ ކޮންމެހެންވެސް ބޭނުން. އަފާ މާފު ކޮށްފިއްޔާ ބައްޕައަށް އަފާ މަންމަގެ މަގުވެސް ލިބޭނެ. އަވަހަށް ބުނޭ.” އަފީފު ހީވަނީ ކެތްތެރިކަން ކުޑަވެފައިވާ މީހެއް ހެނެވެ. “ހަލޯ!…. އާނ.. ދެމީހުން ގޮސްލާނަން އިރުކޮޅަކުން… ގެއަށޭ؟… ދެން ބަލާނަން.” ފޯނަށް ޖަވާބު ދިނުމަށްފަހު އަހަރެން މަޑުކޮށްލީ އަފާގެ ޝަރުތު އަޑު އަހައިލުމުގެ އުންމީދުގައެވެ. […]
“އަހަރެން، އަފާއަށް ބުނެދޭނަން ކޮއްކޮއެއް ހުއްޓަސް ނެތަސް.. އަފީފެއް ނޫން އެ ވާހަކަ ބުނާނީ..” ނިޝާމާ ބުނެލިއެވެ. “އެންމެ ރަނގަޅު. ހަމަ ގައިމުވެސް އަހަރެންގެ ފަރާތުން އަފާއަށް އިތުރު ކޮއްކޮއެއް ވެސް ދޮން މަންމައެއް ވެސް ހޯދައެއް ނުދެން.” ކައި ނިމިގެން އަތް ދޮންނަން ހުރި އަފީފު ބުނެލީ ނިޝާމާ އާއި ދިމާލަށް ބަލައިވެސް ނުލައެވެ. ނިޝާމާއަށް ލިބުނީ ހައިރާން ކަމެވެ. އެހާ ދުވަސް ވީއިރު އަފީފު އެއްވެސް މީހަކާ ކައިވެނި ނުކޮށް ކެތް ކުރީ ކިހިނެއްބާއެވެ؟ […]
ހެނދުނުގެ ވަގުތެވެ. ބަނދަރު މަތީގައި އެކި މީހުން ހޭލަމޭލައަށް އުޅެން ފެށީ ލޯންޗުން ފައިބާ މީހުންނަށް ހަވާލު ވުމަށެވެ. އަހަންނާއެކު ނިޝާމާ ވެސް ލޯންޗު ކައިރިޔަށްޖެހިލިއެވެ. އަފާގެ ސޫރަ ދެކިލުމަށް ކެތް މަދުވެފައިވާ ނިޝާމާގެ ތުންފަތުން ހިނިތުންވުން ފިލާ ނުދެއެވެ. ހައެއްކަ މީހުންގެ ފަހަތުން ފޭބި މީހާ ފެނި ނިޝާމާގެ ތުންފަތުގައި ދުވެލަ ދުވެލާހުރި ހިނިތުންވުން ގެއްލިއްޖެއެވެ. ނިޝާމާއަށް ހުރެވުނީ ކަޅި ޖަހާނުލާ ބަލާށެވެ. އެމީހާ ލައިގެން ހުރީ އާދައިގެ މުންޑަކާއި ޓީޝާޓެކެވެ. ބޮލުގައި ތޮތްޕެއް އަޅާފައި […]
“އޭރުން ވަފާ؟ އޭނައަށް ކިހިނެއް ވާނީ؟” އަހަރެން ބުނެލީމެވެ. “ވަފާ އާއި ހަނގުރާމަ ކޮށްގެންވެސް އަހަރެން ބޭނުން މިކަން ކުރަން.. ގެއްލުނު ލޯބި އަލުން ފެނުނީމަ ކާކު މަޑުން ހުންނާނީ؟ އެކަމު، އަހަރެން ނުވެސް ޖެހޭނެ މިކަމުގަ ވަފާ އާއި ހަނގުރާމަ ކުރާކަށް ވެސް. ވަފާ އަކީ ދަރިން ނުލިބޭ އަންހެނެއް. އަހަންނަށް އެ ސަބަބު ދައްކާފަ އޭނަ ވަރިކުރެވި ދާނެ. އެހެންވީމަ، ބޭނުމެއް ނޫން ސާރާ އާއި އަހަރެންގެ ދަރިފުޅާ އެކު އުޅެން ފުރުސަތު ލިބެންޏާ […]
“ޝިޔާން! އަހަރެން މިވާހަކަ ބުނީމަ އަހަންނަކަށް ނޭނގެ ޝިޔާން އަހަންނާ ދޭތެރޭ ދެކޭނެ ގޮތެއްވެސް.. ދެން ކުރިޔަށް އޮތްތާ ކަންތައްތައް ވާނެ ގޮތެއްވެސް.. އެކަމުވެސް އަހަރެން މިހުރިހާ ވާހަކައެއް ދެއްކި ގޮތަށް މިވާހަކަ ވެސް ޝިޔާން ގާތު ބުނާނަން. އެނގޭތަ ކީއްވެކަން؟” ވާހަކަ ދައްކަމުން އަހަރެން ޝިޔާންގެ މޫނަށް ބަލައިލީމެވެ. ފައި ކައިރީގައި ބާއްވާލާފައި އޮތް ފޯނު އަތަށް ނެގުމަށްފަހު، އަހަރެން ޕިން ކޯޑް ޖަހައިލީމެވެ. ގެލަރީގެ ތެރެއިން ފޮޓޯއެއް ހޯދައި ލުމަށްފަހު ފޯނުގެ ޑިސްޕްލޭ ޝިޔާނަށް […]
“ސާރާ! ތި ހުރިހާ ކަމެއް ހިނގި އިރު ސާރާގެ މައިންބަފައިން ކޮބާ؟” ވަރަށް ޝައުގުވެރި ކަމާއެކު އަހަރެން ސުވާލު ކޮށްލީމެވެ. “އަހަރެންގެ ޅަ އުމުރުގަ މަންމަމެންގެ ބަސް ނާހާ ގޮތްދޫ ނުކުރުމުގެ ސަބަބުން އަސްލު މިހެންވީ.. އެކަމު މިކަމުގަ އަހަންނަށް ވުރެ ބޮޑަށް މަންމަމެން އިހުމާލުވީ.. އަހަރެން ދާނެ މަގަކުން ދާން ދޫކޮށްލީ މަންމަމެން. އޭރު އަހަންނަށް ރަނގަޅަށް މާލޭގަ ހިނގަންވެސް ދަސް ނުވޭ. އެކި ގޮތްގޮތުން އަހަރެން ސަލާން ޖަހަމުން ގޮސް ދިމާވި މީހެއް ޝިޔާނަކީ.. […]
“ސާރާ! އަހަރެންވީ ހަގީގީ ލޯބިތޯ ސާރާ އަމިއްލަ ނަފްސައް ވިސްނޭނެ…. އަހަރެން މި ކުރާ ސުވާލުގެ ޖަވާބު ސާރާ އަމިއްލައަށް ވިސްނީމަ.. ސާރާ!… ދުވަހަކު ވެސް އަހަރެން މަންމަ ދިން ނަސޭހަތަކަށް ވިޔަސް، އަހަރެންގެ ގަހަނާތައް ނުނަގަން. އަހަރެންގެ ބޮލުގެ އެ ދިގު އިސްތަށިގަނޑުން އިންޗި އެއްވެސް ނުކޮށަން. އަދި ސާރާ ނޫން އެހެން އެއްވެސް އަންހެނަކާއެކީ މަޖާކޮށްފައެއް ނޯންނާނެ. ސާރާ ގެއްލުނީމަ ސާރާ ހޯދަން އަހަރެން އަމިއްލަ އަށް ވަރަށް މަސައްކަތް ކުރިން. އެކަމު ސާރާ […]
އަހަރެން ވަގުތުން ތެޅިގަތީ ޝިޔާން އާއި ދުރަށް ޖެހިލުމަށެވެ. އެކަން އަހަންނަށް ވަރަށް ފަސޭހައިން ކާމިޔާބު ވިއެވެ. އެއީ ޝިޔާން އެކަމަށް ގަދަކަން ނުދެއްކީމައެވެ. އަހަރެން އެކަމަށް ޝުކުރުވެރި ވާންޖެހޭނެއެވެ. އެވަގުތު އެކަން އަހަރެން ގަބޫލު ކުރީމެވެ. “ޝިޔާން! އަހަރެން ބިރުގަނޭ.. ދެންމެ މިތަނަށް އައީ ކޮން ބައެއް؟” އަހަރެން އަހައިލީ އިސްޖަހައިން ހުރެއެވެ. “އެއީ ސާރާ އަހަންނަށް ކިޔަމަން ވާވަރު ބަލައިލަން ގެނައި ބައެއް. ވަޅި ދިނީމަ ސާރާ ވަގުތުން ހިފައިފި… ފޮޓޯއެއް ނަގަން ބުނީމަ […]