“އިނާން!… އިނާން ހޯދަން ފުލުހުން އައިސް.” އޮފީހުގައި އުޅޭ ކުއްޖެއް އިނާންގެ ކެބިންއަށް އައިސްފައި ބުނެލިއެވެ. ނަޖްދާ ދިޔައީ ސިއްސައިންނެވެ. އިނާނަށް އެކަން ފާހަގަވި ނަމަވެސް އިނާން އެކަމަކާ ހައިރާނެއް ނުވެއެވެ. ބިރެއް ވެސް ނުގަނެއެވެ. “މިދަނީ… ބުނަން ނަޖްދާ! އަހަރެން ނަޖްދާ މިތަނަށް ގެނައީ އަތޫފް އާއި އަހަރެންނަށް ދިމާވެގެން އުޅޭ ޕޮލިސް ކޭސްގެ ވާހަކަތައް ކިޔައިދޭން.. އެއީ އަތޫފަކީ ނަޖްދާ ދެކެ ވަރަށް ލޯބިވާ މީހަކަށް ވާތީ.. އެކަމު ދެން ދަނީ.” އިނާން ހިނގައިގަތީ […]
“ނޫން… ނޫން… އެންމެ ރަނގަޅު. ތިހެން ހަދާ..” އަހަރެން ހުއްދަ ދިނީމެވެ. އިޔާޝްގެ ފަރާތުން ނުލިބޭ ހިމާޔަތް އިނާން އާއި އަތޫފުގެ ފަރާތުން ލިބޭނެ ކަމުގެ ފުރިހަމަ އުންމީދުގައެވެ. އެނދުގައި އޮތް ލައިޝާއަށް ވިސްނެނީއެވެ. އިޔާޝްގެ ފަރާތުން އެހީތެރިކަން ލިބެންވީ ވަގުތަކީ މިއީއެވެ. އެހެނަސް އިޔާޝްގެ އެއްވެސް އަޅާލުމެއް ނެތެވެ. ވަރިކުރި ވާހަކަ ބުނުމުން އުދުހިލާފައި އައިސް ލައިޝާ އާސްމާނަށް ގެންދާނެ ކަމަށް ހީކުރި ހީކުރުން ދިޔައީ ފެނަށެވެ. ހާލުގައި ޖެހިފައިވާ ވަގުތު އިޔާޝްގެ ފަރާތުން އެއްބާރުލުމެއް […]
“އޭރުން އިޔާޝް؟.. އޭނައަށް ވާނީ ކިހިނެއް؟ އެއީ… އެއީ އަހަރެން ދަރިފުޅުގެ ބައްޕަ…. ދެން އަދި އޭނަ އަތޫފު އާއި އިނާންއަށް ހަދާލާނެ ގޮތެއްވެސް ނޭނގޭ..” އަހަރެން ޖެހިލުންވީ އިޔާޝް މަތިން ހިތަށް އަރާފައެވެ. “ދެންވެސް ވިސްނަންވީ އިޔާޝަކަށް ނޫނޭ… ވިސްނަބަލަ އަމިއްލައަށް ހަމަޖެހިލައިން އުޅޭނެ ގޮތެއް ފެނޭތޯ؟ ވިސްނަބަލަ ދަރިފުޅަށް… ވިސްނަބަލަ ތި މުޑުދާރު އަމަލުން މިންޖުވާން.. އެހާ ނުލަފާ މީހަކަށް ފިރިއެއްގެ މަގާމު ދީފަ ބަހައްޓަން އަހަރުމެން ފިރިހެނުން ވެސް ބޭނުމެއް ނޫން. މި […]
ދިހަ ގަޑި ބައި ވުމުން އެނދުން ތެދުވެ ރީތި ވާން ފެށީމެވެ. އެކި ގޮތްގޮތަށް ވިސްނުމަށް ފަހު ތަފާތު ގޮތަކަށް ޒީނަތްތެރި ވަމުން ދިޔައީ އިޔާޝަށްޓަކައެއް ނޫނެވެ. އަހަންނާއި އިޔާންގެ ހައްގުގައެވެ. އަހަރެންގެ އަބުރު ކަތިލުމަކީ އިޔާޝަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެފުރުސަތު އިޔާޝަށް ދޭކަށް އަހަރެން ބޭނުމެއްވެސް ނޫނެވެ. ބޮލުގައިވާ ރީތި ކަޅު، ދިގު އިސްތަށި ގަނޑުގައި ކަތުރު ޖެއްސުމަށްފަހު ބުޑުން ބުރިކޮށްލީމެވެ. ލޯގަނޑުން އަހަންނަށް ފެންނަނީ އަހަރެންގެ އެ އަނިޔާވެރި ހަރަކާތެވެ. އެވަގުތު […]
އިޔާޝްގެ ފޯނު ރިންގް ވަމުން ދިޔައެވެ. ޖީބުގައި އޮތް ފޯނު ނަގާ ޑިސްޕްލޭއަަށް ބަލައިލުމަށްފަހު ސައިލެންޓަށް ލަމުން އިޔާޝް އަނެއްކާވެސް ފޯނު ޖީބަށް ލިއެވެ. “އައިޝާ ދޯ ގުޅަނީ؟ ނަގާބަލަ” އަހަރެން ބުނެލީ ޖެހިލުން ކުޑަ ކަމާއި އެކުގައެވެ. އަހަރެންގެ އަޑަށް އިޔާޝް ސިއްސައިން ދިޔައެވެ. އެއީ އިޔާޝަށް މުޅިން އާކަމެއް ކަމުގައި ހީވި ނަމަވެސް އިޔާޝް އާއި އައިޝާގެ ލޯބީގެ ގުޅުން އަހަންނަށް މާކުރިން ވެސް އެނގެއެވެ. ހުއްޓުމެއްނެތި އަހަރެން ބަލަމުން ދިޔައީ އިޔާޝްގެ މޫނަށެވެ. […]
“ލީން.. އަހަރެން ރުޅި އައިސްގެން ތުރުތުރު އަޅާ އެބަ…. ދޮގު ނުހަދާ ވާހަކަ ދައްކާތި…! އިނާން އާއި ދެމީހުންގެ އޮންނަނީ ކޮންކަހަލަ ގުޅުމެއް؟” އިޔާޝްގެ އަޑު ބާރެވެ. އިޔާޝް އައިސްފައިވާ ރުޅިން އޭނާގެ މުޅި ހަށިގަނޑު ރޫރޫ އަޅަމުން ދިޔަތަން ފެނެއެވެ. އަހަރެން ޖެހިލުންވެ ފިނި ވާންފެށީ އިޔާޝްގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލު ފެނިފައެވެ. ހިތަށް ވެރިވަމުން ދިޔަ ބިރުވެރި ކަމާއި އެކު އަހަރެންގެ ދެފައިކޮޅު ވެސް ތެޅެން ފެށީ ސިއްރު ސިއްރުންނެވެ. “އަ… އަހަރެ…. […]
އަހަރެންގެ ތަގްރީރު އަޑު އެހުމަށް ފަހު މަޑުމައިތިރި ކަމާއެކު އިޔާޝް އޮތެވެ. އަހަންނާއި ޖަދަލު ކުރާނެ އިތުރު ވާހަކަތަކެއް ނެތުމުން އިޔާޝަށް މަޑުމަޑުން ނިދެން ފެށިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އަހަންނާ ދެކޮޅަށް ދައުވާ އުފުލުމުގެ ބާރު އިޔާޝްގެ ކިބައިގައި ނެތްކަން އޭނާއަށް ވެސް އެނގެއެވެ. އެގޮތުގައި ހޭދަވީ ގަޑި އިރެކެވެ. ކުއްލިޔަކަށް އިޔާޝް ފޯނުގެ ސްކްރީން ދިއްލުނެވެ. އަހަރެން ވަރަށް ރަނގަޅަށް އެ ފޯނަށް ބަލައިލީމެވެ. އައިސްފައި ވަނީ މެސެޖެކެވެ. “އަހަރެން ފޮޓޯ ފޮނުވީމަ އަޅާވެސް […]
“އިނާން…! އަސްލު އަހަރެންގެ މީ… މީ އަހަރެން ދުވަހަކު ވެސް ބޭނުންވި ކަހަލަ ލައިފެއް ނޫން. ހަގީގަތުގަ އަހަރެންގެ މުޅި ހަޔާތުގަ ވަނީ މާޔޫސްކަން. އަހަންނަކީ އަހަރެންގެ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރި. މަގޭ އުމުރުން ސޯޅަ އަހަރުގަ އެމީހުން އެކްސިޑެންޓް ވެގެން މަރުވީ… މައްކާގަ.. ދެން އަހަރެން ބެލީ، އަހަރެންގެ މާމަ.. އިޔާޝް އާއި ކައިވެނި ކުރި ދުވަހުގެ އެއް ދުވަސް ފަހުން މާމަ ވެސް މަރުވީ..” އަހަރެންގެ ފެންކަޅި ވެފައިވާ ދެ […]
ރޭ ދެބައިވީ އިރުވެސް އިނާން އޮތީ ފުރޮޅި ފުރޮޅި އެވެ. ސޯފާގައި އޮތް ކަމުގައި ވިޔަސް ނިދެނީކިީ ވެސް ނޫނެވެ. އިނާންގެ ސިކުނޑި ވަށާ ބުރު ޖަހަމުން ދަނީ ލީންގެ ޚިޔާލުތަކެވެ. އެ ނިކަމެތި ފަކީރު އުޅެމުންދާ ދަތި ހާލެވެ. ފިރިއެއްގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި އޯގާތެރިކަން ގެއްލިފައި ވާތީއެވެ. ދަރިއަކު ބައްޕައަށް ޓަކައި ކުރާ ފޮނި އުންމީދުތައް ކަނޑުގައި އަޅާލާ ރޮނގެއް ފަދައެވެ. ބުރަ މަސައްކަތުން ހޯދާ ފައިސާގެ ފޮނިކޮޅު ބޯލަން ލީންގެ ފިރިމީހާ ކުޅަދާނައެވެ. […]