Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 63 (ފަހުބައި)

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
March 5, 2021 4 Mins Read
6 Comments

“ފާއިދު!.. ލަހުމާ!… ދެން ހުއްޓާލާ. މީ ރޯންވީ ވަގުތެއް ނޫން. މިހާރު ދެންވީ ކުރީގެ ހަނދާންތައް ފޮހެލާފަ މުސްތަޤްބަލް އުޖާލާ ކުރެވޭތޯ ބަލަން. ސީމައްތަ މިއަދު މާ އުފާވެއްޖެ ފާއިދަށް އާ ޙަޔާތެއް ލިބުނީތީ.. ފާއިދުގެ މަންމައަށް ޤަދަރު ދީގެން، ތި ޙަޔާތުގަ މަންމަގެ ޢިއްޒަތް އުފުލާދެވޭތޯ ބަލާ.. ފާއިދު! މަންމަގެ ލަފްޒަކީ ދުވަހަކުވެސް މިދުނިޔެ ހިނގާހާ ހިނދަކު ނެތިދާނެ ލަފްޒެއް ނޫން. އެއީ ވަރަށް ޤަދަރު ދޭންޖެހޭ ފަރާތެއް. ސީމައްތަދެކެ ވީ ލޯތްބަށްވުރެ ބޮޑަށް ލޯބި ދީގެން މަންމަ ގެންގުޅޭ..”

ސީމާ ރޮމުން ދުއްވައިގަތެވެ. އެ މާޙައުލުން ނުކުމެގެން ތިރިޔަށް ދިޔައިރު ސީމާގެ ފަހަތުން މޫސައާއި ސަމީރުގެ އިތުރުން މާލިކްއާއި މަހޫވެސް ދިޔައެވެ.

“ލަހުމާ! އަހަންނަށް މާފްކުރާނަންދޯ؟ އަހަރެން މިއަދު ވަރަށް ހިތްހަމަ ޖެހިއްޖެ އަހަންނަށް މިއަދާ ހަމައަށްވެސް ކައިވެންޏެއް ނުކޮށް ހުރެވުނީމަ.. އަސްލު އަހަރެން މިހާރު ވަރަށް ބޭނުން ލަހުމާ ތިހާލުގަ އޮތަސް ކައިވެނި ކުރަން.. އެކަމަކު ފާއިދު ގަބޫލުނަމަ..”

ފަހުދު ވާހަކަ ދެއްކީ ފާއިދަށް ބަލައިވެސް ނުލައެވެ. ހަޤީގަތުގައި ފާއިދު ކުރިމަތީގައި ފަހުދު މިއަދު ލަދުގަނެއެވެ.

“ބައްޕާ!” ފާއިދު ފުރަތަމަ ފަހަރަށް ފަހުދަށް ބައްޕަގެ ނަމުން ގޮވާލިއެވެ. އެ އަޑަށް ފަހުދު ސިއްސައިން ދިޔައެވެ. އެއީ މީގެ ކުރިން އެއްވެސް މީހަކު ފަހުދަށް ދީފައިވާ މަޤާމެއް ނޫނެވެ. އެ އަޑަށް ފާއިދަށް ބަލައިލަމުން ފަހުދު އިސްނެގިއެވެ.

“އަހަންނަށް އެންމެ ރަނގަޅު.. އެކަމަކު މަންމަވެސް ބައްޕަވެސް ދެން އަހަރެން ކައިރިން ދުރަށް ނުދާތި. މަންމައަށް އެނގޭތަ؟ ބައްޕަވެސް އެހެރީ އަހަރެން އަތުން އެކްސިޑެންޓް ވެގެން ފަޔަށް ގެއްލުން ލިބިފަ. މަންމައާ ބައްޕަ ގައިގަ ހުރި ކޮންމެ އުނިކަމަކާ ނުކުޅެދުންތެރި ކަމަކާ އެކުވެސް، ތި މަންމަވެސް ތި ބައްޕަވެސް އަހަރެން ބަލާނަން. އެހެންވީމަ މިގޭގަ އުޅޭނީ އިނގޭ.” ފާއިދު އެހެން ބުނަމުން ސީމާގެ ހާލު ބަލަން ތިރިއަށް ދިޔައެވެ.

“ސީމާ.. ހަމަ ޖެހިބަލަ. ތުގާވެސް މިތާ މިހުރީނު. ސީމާ ތިވަރަށް ރޮންޏާ ފާއިދު ކިހިނެއް އަމިއްލަ މިނިވަން ކަމާއެކު އުޅޭނީ.. ސީމާ ޖެހޭނީ މިވަގުތު ކެތްތެރިވާން.. ސީމާ މިއަށްވުރެ މާ ބޮޑެތި ކަންތައްތަކަށްވެސް ކެތް ކުރީމެއްނު. ފާއިދުގެ ހިތްވަރާ ފާއިދުގެ ހިތްތިރިކަމަށްޓަކާ ޝުކުރު ކޮށްބަލަ ސީމާ.. ފާއިދަށް އޭނަގެ އަސްލު މަންމައާ ބައްޕަ ލިބުމަކީ ސީމާއާ އަހަރެން ބާކީވާން ޖެހޭ ކަމެއް ނޫނެއްނު.. ފާއިދު އަދިވެސް އަހަރުމެނަށް..”

މޫސަގެ ވާހަކަ ހުއްޓާލީ ފާއިދު ވާހަކަ ދައްކަން ފެށުމުންނެވެ. އޭރު ސީމާގެ ވަރު ނެތް ހަށިގަނޑު ސޯފާއަށް ދެމިފައި އޮތެވެ. ސީމާގެ ވަށައިގެންވާ ކޮންމެ މީހަކު ބެލީ ހިތްވަރު ދެވޭތޯއެވެ.

“މަންމާ! މަންމާ! މަންމާ! އަހަރެންގެ އަސްލު މަންމައަކީ އަދިވެސް ތިޔޭ.. އަހަރެން އަބަދުވެސް ތި މަންމައާ ބައްޕައަށް ލޯބި ދޭނަން. ތުގާވެސް މިހިރީނު.. އަހަންނާ ތުގާ ކޮއްކޮ އޮންނާނީ އެއްބަސްވެފަ ދުވަހަކުވެސް މިގުޅުން ކަނޑާ ނުލާން. މަންމަމެން އުފާކޮށްބަލަ..”

ސީމާއަށް ފުރަތަމަ ފަހަރަށް މަންމާއޭ ކިޔާ ފައިދު ގޮވަލިއެވެ. ފާއިދު ދޫކޮށްލަން ސީމާ ބޭނުން ނުވާކަން އެނގުމުން ފާއިދު އެ ވަގުތުވެސް އުފާވިއެވެ. ސީމާ އެވަރުގެ ލޯތްބެއް ވާކަން އެނގުމުން ފާއިދުގެ ހިތުގައި ސީމާއަށްޓަކައި އޮތް ލޯބި އަނެއްކާވެސް އިތުރު ވިއެވެ.

“ތެދެއް ބޮޑުދައިތާ! އަހަރެންވެސް މިތާ ހަމަ ހުންނާނަމޭ..
ބޮޑުދައިތަ އަހަރެމެންދެކެ ތިވާ ލޯބި އަހަރެމެންނަށް ތިވަރަށް އިޙްސާސްކޮށްދެންޏާ އަހަރުމެން ކިހިނެއް މޫސަބެއާ ބޮޑުދައިތަ ދޫކޮށްލާފަ ދާނީ.. ބަލާބަލަ ކަންތައްތައް ދިމާވީގޮތް. މިހެން ވެދާނެއޭ ހީ ނުކުރާ ކިތައް ކަންތައް މިއޮތީ ދިމާވެފަ.. ފާއިދު ދޮންބެއަށާ ލަހުމާދައްތައަށް އެ ކުރިމަތިވީ ކިހާ ބޮޑު އިމްތިޙާނެއް.” ތުގާވެސް ފާއިދާއެއްކޮޅަށް އެއްޗެއް ބުނެލިއެވެ. ސީމާގެ ހިތްހަމަޖެހުމަށެވެ.

“މަންމާ.. އަހަރެން ދެން ކިޔާނީވެސް މަންމަ. އަވަހަށް ހިތްވަރުކޮށްލާފަ ކެތްތެރިވޭ. މިކަމާ ބޭކާރު ފިކުރު ނުކޮށް އަވަހަށް ނިދާލާ މަންމާ.. ބައްޕާ! މަންމައަށް ރަނގަޅަށް ބަލާތި އިނގޭ. އަހަރެން ދެން ނިދަން ދަނީ..”

ބައްޕާއޭ ކިޔާ މޫސައަށް ގޮވާލަމުން ފާއިދު އެދުނީ ސީމާ ރަނގަޅަށް ބެލުމަށެވެ.

“ފާއިދު.. މަޑުކޮށްބަލަ! ދޮންތާ! އަހަރެން ބޭނުން ވާހަކައެއް ބުނަން. ދޮންތަވެސް ދެން ފާއިދު އެބުނިހެން ހިތްވަރުކޮށްފަ އަނެއްކާވެސް ދިރިއުޅުމުގަ ބާކީ އޮތް ދުވަސްތަކުގަ ހިތްހަމަ ޖެހިގެން ހުރެވޭތޯ ބަލާ.. ކޮންމެހެން ވިޔަސް އަހަރުމެންނަށް ކުރިން ނޭނގުނީތާ.. އެކަމަކު ދޮންތަގެ ކޮއްކޮ ފަރީދާއަކީ ފާއިދު މަންމަގެ ވަރަށް ބޮޑު ރައްޓެއްސެއްނު. އޭރު ފާއިދުގެ މަންމައަށް ނޭނގުނަސް، މޫސަބެ އެ ކިޔައިދިނީނު ފަރީދާއެހެން ހެދީ ފާއިދުގެ މާމަ ބުނެގެންނޭ.”

ސަމީރު ބެލީ ވާހަކަ ދައްކައިން ނަމަވެސް ސީމާގެ އެހާލަތު އާންމު ޙާލަތަށް ރުޖޫޢަ ކުރެވޭތޯއެވެ.

“ދަރިފުޅާ ތުގާ! މާލިކް ދޮންބެ އެ އުޅެނީ ބައްޕައަށް އެހީތެރިވާނެ އަންހެން ކުއްޖެއް ގެއަށް ގެންނަން.. އެއީ ކޮން ކުއްޖެއްކަން ބައްޕައަކަށްވެސް އަދި ނޭނގެ. އެހެންވީމަ މާލިކަށް އެކަން ވާ ދުވަހަކުން ދޮންތަމެނެވެސް ވާނެ އިނގޭ އުފާކޮށްލަން ރަށަށް އަންނަން. ފާއިދު.. މޫސަބެ ބޭނުން ފާއިދުގެ އާއިލާވެސް ބައިވެރި ކުރަން.”

މޫސަ ދެއްކި ވާހަކަތަކަށް ބޭއިޚްތިޔާރުގާ ސީމާއަށް ހިނިތުންވެވުނެވެ. އެވާހަކަ އަޑު އިވުމާއެކު ތުގާ އުފަލުންގޮސް މާލިކްގެ ގައިގައި ބައްދާލިއެވެ. ފާއިދުވެސް މަހޫއާ ސަލާމްކޮށްލުމަށްފަހު މާލިކްއާ ތުގާ ގައިގާ ވަރަށް އުފަލުން ބައްދާލިއެވެ.

“ބައްޕާ! ބައްޕަ އާއިލާގަ މިހާރު އެ ރަށުގަ މާގިނަ މީހުންނެއްވެސް ނުތިބޭނެ. އަނެއްކޮޅުން ފާއިދު ދޮންބެގެ މަންމަ ގޮވައިން ހުރާއަށް ދާންވާނީ ވަރަށް އުނދަގޫ ކަމަކަށް.. އެހެންވީމަ އަހަންނަށް ފެންނަނީ މާލިކް ދޮންބެގެ ކައިވެނި ކުރަން ބައްޕަމެން މާލެ އަންނަން. އޭރުން ބޮޑުދައިތައާ މޫސަބެވެސް ހިތްހަމަ ޖެހޭނީ..”

ފާއިދު ވަރަށް އުފާވިއެވެ. ފާއިދަކީ ވަރަށް ޚާއްސަ މީހެއްކަން ތުގާ އަބަދުވެސް ދަނެއެވެ. އަދި އެ އުފާ އިތުރަށް ޚާއްސަވީ ފާއިދުގެ މަންމަގެ ޙާލަތަށްޓަކާ ސަމީރާއި މާލިކް ތުގާ ދެއްކި ވާހަކަތަކަށް ރުހި ޤަބޫލުވުމުންނެވެ. ފާއިދަށްޓަކާ ލޮލާއި ބޮލުން ޤުރުބާން ނުވާނީ ކާކުހެއްޔެވެ؟

ފާއިދު ނުކުމެގެން ފަހަރަކު ސިޑިއަކުން މައްޗަށް އަރަމުން ދިޔައެވެ. ލަހުފާގެ ހަނދާންތަކާއި އޭނާއަށް ބަހައްޓަންޖެހޭ ޝަޢުގުވެރިކަމަށްވުރެ ބޮޑެތި ކަންތައްތައް ޙަފްލާގެ ތެރޭގައި ހިނގައި ދިޔުމުން ފާއިދު ވަނީ ހައިރާން ވެފައެވެ. ފާއިދުގެ ހިނގުމުގައި މަޑުމައިތިރި ކަމެއް ހުއްޓަސް އެހެން ނަޒަރަކުން ވިސްނާނަމަ ފާއިދު މިވަގުތު ވާއުފާވެސް ވަކި ކުޑައެއް ނޫނެވެ.

“ދޮންބޭ.. މިވަގުތު މަންމައަށް އޮތީ ނިދިފަ. ފަހުދު ދޮންބައްޕަ އެދިޔައީ މީހަކާ ބައްދަލު ކޮށްލަން.. މިވަގުތު ދޮންބެ ދައްތަ އެބެން އެކަނިވެފަ. އަވަހަށް ދޭ.. ހެހެ..” ފާއިދުގެ ކޮނޑުގައި އަތުން ޖަހާލަމުން ޝާމް ދުރަށް ހިނގައިގަތެވެ.

ފާއިދު ކުއްލިޔަކަށް ލަހުފާ މަތިން ހަނދާންވި ކަހަލައެވެ. އަވަސް އަވަސް ކޮށްލާފައި ފާއިދު ގޮސް ކޮޓަރިއަށް ވަންއިރު ލަހުފާ އެނދުމަތީގައި އިނެވެ. ފާއިދުގެ އިންތިޒާރުގައެވެ. ލަހުފާއަށް ހިނިތުން ވުމެއް ހަދިޔާކޮށްލަމުން ފާއިދު ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

ޚަރީފު މޫސުމަށްފަހު އައި ބަހާރު މޫސުމުގެ ސަބަބުން ފާއިދުގެ ބަގީޗާގައި އެތައް މަލެއް އެއްފަހަރާ ފޮޅިލިއެވެ. ކޮންމެ މަލަކުންވެސް ތަފާތު ވަހެއް ދުވަމުންދާ ކަހަލައެވެ. މުޅި ބަގީޗާވަނީ ހިތްގައިމު އެތައް މަންޒަރަކުން ހިތްހަމަ ޖެހުން ހޯދަދީފައެވެ. އެބަގީޗާގެ ކޮންމެ މަލެއްވެސް މޯޅިވުމެއްނެތި ތާއަބަދަށް އިނުމަކީ ފާއިދުގެ ހިތުގެ އެދުމެވެ.

( ނިމުނީ )

————*******—————

“އިމްތިހާން” ވާހަކަ ކިޔާލުމުގައި އެންމެހާ ކިޔުންތެރިން ތި ހޭދަކޮށްލެއްވި ވަގުތުތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

މިފަދަ ސައިޓަކަށް ވާހަކައެއް ލިޔުމަށް އަޅުގަނޑަށް ހިތްވަރުދެއްވި އަޅުގަނޑުގެ ފިރިމީހާއަށާ އަޅުގަނޑުގެ ކޮއްކޮމެންނަށްވެސް މި ފުރުޞަތުގައި ޝުކުރު ދަންނަވަން.

އަދި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އިބްރާހީމް ޒިހުނީ ( ޒެލް )ގެ ފަރާތުން އަޅުގަނޑަށް ލިބުނު ހިތްވަރަށްވެސް ވަރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އެސްފިޔަ.ކޮމް އިން މިއަދާ ހަމައަށް އަޅުގަނޑަށް ލިބިފައިވާ ޖުމްލަ:-

? ވިޔުސް: 89،812
? ކޮމެންޓްސް: 344
❤️ ލައިކްސް: 3915
? ޕޮއިންޓްސް: 3516

( ކިޔުންތެރިންނަށް ވަރަށް ޝުކުރު )

ކިޔުންތެރިންގެ ތެރެއިން އަޅުގަނޑުގެ ވާހަކަ ޝެޔަރ ކޮށްދެއްވި ކިޔުންތެރިންނާ ޤަވައިދުން ލައިކްސް ދެއްވި ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..

އަޅުގަނޑު އުންމީދުކުރަނީ ކޮމެންޓް ކުރި ހުރިހާ ކިޔުންތެރިންގެ ކޮމެންޓްތަކަށް ވަރަށް ފުރިހަމައަށް ރިޕްލައި ކޮށްދެވުނުކަމަށް. ?

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 23

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (14)

Next
March 5, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (14)

Previews
March 4, 2021

އަންނަންދެން ހުންނާނަން ލޯބިން 23

6 Comments!

  1. Naa says:
    March 5, 2021 at 7:10 am

    ALHEY SIS DHEN EHEN VAAHAKA EH NULIYAANAN THA??

    1. Shaleen says:
      March 5, 2021 at 8:46 am

      Naa ?
      Thanks for the comment ?
      Ehen vaahakaeh adhi v avahah up kureveykah nei.
      Ekam shaleen mi visnanee two months varu break eh nagaalan.
      Mivaguthu shaleen eba gendhan ehen vaahakaeh liyumuge masakkai kuriyah..
      Ekam e masakkai fully nimmaalaafa submit kollaanee in sha Allah .
      Thanks Naa
      Lysm
      V v v v ufaavejje vaahaka nimendhen kiyaaleema ?
      Will miss you bodukoh ?

  2. redlailacrose says:
    March 6, 2021 at 7:56 am

    Nice ?? stry nimunee ma so sad.bonus chap eh genes dheeebla readera ah pls??? thnks for commenting ?? stay safe ?? stay home ??

    1. Shaleen says:
      March 6, 2021 at 9:10 am

      Thanks dear
      Ya stry nimuneema dhen v dhera dho..?
      Bonus chap akaa dheytherey dhen jeheynee visnaalan anekkaa?
      Hehe
      Anyways thanks a lot
      Lysm
      Vvvv ufaavejje vaahaka nimendhen kiyaalaafa adhi thiha support kureemaves ?
      Will miss you lailac bodukohves ?

    2. ❤️ lailac ❤️ says:
      March 6, 2021 at 12:13 pm

      Ur most welcome ???? and could u please comment on my stry loibahtakai aharen huva maru vs vedhaanamey
      Lysm ?? stay safety ?? stay home ??

  3. Shaleen says:
    March 6, 2021 at 1:25 pm

    Hi lailac
    Yeah I ah fenijje evaahaka up vefa inthan .
    Ingey lailacge storyehkkanves.
    Bt shaleen adhi evaahaka kiyaakah nufashan. Ehnve eynee baindhaalaafa.
    Bt mi week mid-term break veema kommes gadieh huskollaigen kiyaalaanan Insha Allah .
    And will comment you soon in sha Allah
    Lysm
    Ss
    Sh?

Comments are closed.



All Right Reserved!