Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 57

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
February 12, 2021 4 Mins Read
6 Comments

“ކަމެއްނު! ވާހަކަ ދައްކަބަލަ! ތީ ތިދަރަޖައަށް ވެއްޓެންވީ މީހެއް ނޫނޭ.” އަނެއްކާވެސް މާލިކް ވާހަކަ ދެއްކިއެވެ.

“ބަލަ ކަލޭ ތިހިރީ މަގޭ މަންމައަށް ހާދަ ވަރެއް ކޮށްފައޭ..
އެވެސް ބައްޕައަށް ސިއްރުން.. ކަލޭގެ ތި ވައްތަރު ކަންނޭނގެ މަގޭ ގައިގަ މިހުންނަނީ.. ކަލޭ މާލެ އައިމަ މިދަޔަ މަދު ދުވަސްކޮޅު އަހަރެންގެ ބައްޕަމެނަށް ފެންނާނެ ރަށުގަ އަހަންނަށް އުޅެލެވުނު ބޮލަށް ފަސޭހަ ދިރިއުޅުން. އެކަމަކު ކަލޭ ފެނުނީމަ މަގޭ ލޭ ހީވަނީ ބޮކިޖަހަން ފަށާހެން.”

މާލިކް ވާހަކަ ދެއްކީ ސިއްރުންނެވެ. ކޮޓަރިއަށް އަޑު އިވުނެއްކަމަކު ބޭރަށް އަޑު ނީވޭނެކަން ޔަޤީން ކުރަމުންނެވެ. ފަހުދު ފެނުމަށްފަހު މާލިކްގެ ސަމާލުކަން އެކަމަށް ހުއްޓުނީއެވެ. އެހެން ނަމަވެސް މާލިކްއާ ފަހުދު ދައްކަމުން ދިޔަ ވާހަކަތައް ނުސާފުކޮށް ނަމަވެސް ސަމީރަށް އިވެމުން ދިޔައެވެ.
އޭރު ސަމީރު އުޅުނީ އެ ކޮޓަރި ފާޚާނައިގައެވެ.

“އަހަރެން އެ ހުރިހާ ވާހަކައެއް މާލިކަށް ކިޔައިދީފަ މިހާރު މާފަށްވެސް އެދެފިން ދޯ؟ އަހަރެން ރަނގަޅުކަމުން އެވާހަކަތައް ކިޔައިދިނީ.. އެކަމަކު ކަލޭގެ މަންމައަށް ކުރެވުނީވެސް ރަނގަޅު ކަމެއް ނޫނެއްނު. މަށަށް މިހާލު ޖެހުނީ ކަލޭ މަންމައާ ހެދި.. ދެން ކީއްވެތަ އެވާހަކަ ނުކިޔަނީ؟”

ފަހުދުގެ އަޑު ކުޑަކޮށް ބާރުވިއެވެ. ހިތްހަމަ ނުޖެހުނީ ކަންނޭންގެއެވެ.

“ތިވާހަކަ ހުއްޓާލަބަލަ! މާލިކް ބައްޕަ އެބައުޅޭ ފާޚާނައިގަ.. އޭނައަށް އަޑު އިވިދާނެ.” ފަހުދު ބޭނުންވީ ސަމީރަށް އަޑު އިވިދާނެތީ އެވާހަކަތައް މެދުކަނޑާލާށެވެ.

“ޕިސް.. ބައްޕައަށް މިހާރު އޮންނާނީ އެނގިފަ ބައެއް ވާހަކަތައް.. ކޮންކަމަކާ ތިހާ ހާސްވަނީ؟”
މާލިކްގެ ވާހަކަތައް ހުރީ އެހާ އަވަހަށް ނިންމާ ގޮތަކަށް ނޫނެވެ.

“އަންނަށް އެނގޭ އެއްޗަކީ އަފީފާ ކަލެއަށް ތިވާހަކަ ކިޔައިދިންކަން އެއީ ކަލޭގެވެސް ނަސީބުކަން. މަށަށް ވިސްނުނީ މަގޭ މަންމައަށް ފަހުދު ވަރަށް އުނދަގޫ ކޮށްފަ ހުރިކަން. ދެން އަނެއްކޮޅުން ކަލޭމެން ބެލީ އަހަރެންގެ ބޯ ކާލެވުނު ދަނޑިވަޅު މަގޭ އަމިއްލަ ނަފްސު މަގޭއަތުން ހަލާކު ކޮށްލެވޭތޯ.. ކަލޭ އިސްވެ ހުރެ އެކަންވެސް ކޮށްފިތާ..”

މާލިކް ކުޑަކޮށް ވިސްނާލަމުން އަނެއްކާ ވާހަކަ ދައްކަން ފެށިއެވެ.

“އަސްލުގަވެސް އަފީފާ އުޅުނީ ހާދަ ރަނގަޅަށްށޭ އަހަރުމެންނާ ދޭތެރޭގަ. އެކަމަކު ކަލެޔާ ޔުސްރާއާ ވެގެން ކިހާވަރެއް ތިކުރީ އަހަރެން ލައްވާ.. އަހަރެން.. އަހަރެން މިއަދު ލަދުގަނޭ ބައްޕަމެން ކުރިމައްޗަށް އަރަން.. ބުނަން؟ އަހަންނަކީ މިހާރު އެއްވެސް ކަމަކުން ބަދަލު ހިފަން ބޭނުންވާ މީހެއް ނޫން.. އެކަމަކު ކަލޭ ފެނުނީމަ މި ވާގޮތެއްވެސް ނޭނގެ..”

މާލިކްގެ ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ހިތުގައިވާ ވާހަކަތައް ބޭރުކޮށްލިއެވެ..

ދުވަހަކަށް ފަހު ދުވަހެއް ގުނެމުންގޮސް އާ ހަފްތާއަކާ ކުރިމަތި ލީއެވެ. މިއީ ފާއިދާ އޭނާގެ އުފާވެރި ޙަޔާތަށް ވަރަށް ޚާއްސަ ހަފްތާއެކެވެ. ކައިވެނީގެ ކަންތައްތައް މަޑުމަޑުން ހަމަޖެއްސުމުގައި އެންމެ އިސްކޮށް ޚަރަކާތްތެރިވީ ސީމާގެ ދެމަފިރިންގެ އިތުރުން ސަމީރާއެކު އޭނާގެ ތިން ދަރިންނެވެ.

ފަހުދުގެ ފަޔަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ގިނަވަގުތުތައް އެކުދިންނާއެކު ހޭދަކުރުމަކީ ފަހުދަށް ފަސޭހަ ކަމެއް ނޫނެވެ. އިށީންދެ އިނދެގެން ކޮށްލެވޭ މަދުކަމެއް
ފިޔަވާ ފަހުދަކަށް ނުކުރެވެއެވެ.

ފާއިދުގެ ކައިވެނި ގޭގައި ކުރާގޮތަށް ހަމަޖައްސާފައިވަނީ މޫސަގެ އެދުމުގެ މަތިންނެވެ. ގިނަފަހަރަށް އެ އާއިލާގެ ކަންތައްތައް ކުރަންވީ އެންމެ ރަނގަޅު ގޮތް ހަމަޖައްސާ މީހަކީ މޫސައެވެ. އެހެން ނަމަވެސް ކޮންމެ ކަމެއްވެސް ހަމަޖެއްސުމުގެ ކުރިން މޫސަ އަބަދުވެސް ސީމާއާ މަޝްވަރާކުރެއެވެ.

“ކައިވެނި ކުރާނީ މަތީ ފްލޯރގެ ސިޓިންގ ރޫމްގަ އިނގޭ. އެކަމު ފާއިދު އެ ހީކުރަނީ މި ފްލޯރގަ ކަމަށް. އަހަރެން ބުނެފަ އޮންނާނީ ފާއިދު ނޫޅޭށޭ މިކަމާ.. ހެހެ.. އޭނައަކަށް ނޭނގޭނެ އެތަން ރީތި ކުރާކަމެއް.. އެތަން އަސްލު ވަރަށް ބޮޑުވާނެއްނު. ހިތްގައިމުވެފަ ހިތްފަސޭހަވާނެ. މިގޭގަ މިތިބަ ސަމީރުގެ ތިން ކުދިން އެ ފްލޯރ ޒީނަތްތެރި ކުރުމުގަ އެއުޅެނީ.. އެކުދިންކޮޅުވެސް ނުލާހިކު ރަނގަޅެއްނު.”

މޫސަ ވާހަކަ ދައްކަމުން ދިޔައިރު ސަމީރުގެ އިތުރުން ފަހުދުވެސް އެވާހަކަތައް އަޑުއަހަން ސޯފާގައި އިނެވެ.

“އާނ! އަހަރެން ވަރަށް އުފާވޭ އަހަރެންގެ ތިން ކުދިން ފާއިދުގެ ތިމަސައްކަތުގަ އެހާ އަވަދިނެތި އުޅޭތީ.. ކޮންމެ ރެއަކުވެސް މިހާރު އެކުދިންނަށް އެ ނިދެނީ ދެއެއް ޖަހާ ފަހުން. އެކަމު އެ ސޮރަށް އަޅާލާނީ ދެން ވަކި ކޮންބައެއްތަ ދޯ؟ އެސޮރުގެ ބައްޕައެއް މަންމައެއްވެސް އާއިލާގެ މީހެއް ހުރީކީ ނޫން..”

ސަމީރު ބުނެލި ވާހަކައަށް ސީމާ ބޯޖަހާލީ އާނއެކޭ ބުނާފަދަ ގޮތަށެވެ.

“އަޅާނުލާ! އަހަރެން ބަލާނަން އެ ސޮރުގެ އަސްލު މައިންބަފައިންނާއެކު ހޭދަކުރެވޭފަދަ އުފާވެރި ވަގުތުތަކެއް ހޯދައިދެވޭތޯ!” މޫސަ ފަހަރަކު މީހަކަށް ބަލައިލިއެވެ.

“އާނ.. މިހާރުވެސް އެސޮރު ނޫޅޭނު ވަކި މީހެއްގެ ލޯބި މަދުވެގެން.. އަހަންނަށް ފެންނަ ގޮތުން ކަލޭމެން ދެމަފިރިން ތިވަނީ ވަރަށް ބޮޑު ޤުރުބާނީއެއް. ތުގާއަށްޓަކާވެސް…. ސަމީރަކީ މީގެ ކުރިން ވަރަށް ހާލުގަ އުޅުނު މީހެއް. އެކަމު މިހާރު ބަލާބަލަ.. އަހަންނަށްވުރެ އުފަލުގަ އޭނަ އެ ހުންނަނީ..”

ފަހުދު އެހެން ބުނުމާއެކު ސީމާއާ މޫސައަށް ހީވީ ކަރަންޓް ޝޮކެއް ޖެހުނު ހެންނެވެ.

“ކީކޭ؟ މާނައަކީ ތީ އެއް ރަށު ދެމީހުންނޭތަ؟ “ސީމާ އޭނާގެ ދެލޯ ހަނިކޮށްލާ ނިތްކުރިއަށް ރޫ އަރުވާލަމުން އަހާލިއެވެ.

“އާނ!.. އަހަރެންވެސް މީ ހުރާ މީހެއް. އަސްލު އަހަންނަށް މި ހުރެވެނީ ސަމީރު އަންހެނުންގެ ދޮންތަ ގޭގަކަން މި އެނގުނީ ސަމީރު މިގެއަށް އައިމަ.. ސަމީރުގެ އަންހެނުންނަކީ ކާކުކަން އަހަރެން ދަންނަން މާކުރިންވެސް. އެކަމަކު ދެން މިހާރު އެވާހަކަ ބާއްވަމާ.”

ސަމީރާ ދިމާލަށް ބަލަން އިނދެ ފަހުދު މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ.

ފަހުދުގެ ވާހަކަތައް އެންމެ ކަނުލާ އަޑުއަހަން އިނީ މޫސައެވެ. މޫސަގެ ޝަޢުޤުވެރިކަން އޭނާގެ އަމިއްލަ ހަށިގަނޑު ހޭލައްވާލިއިރު އެކަން އެއިން އެކަކަށްވެސް ނޭނގެއެވެ. އެހެންނަމަވެސް މޫސަ ދިޔައީ ޚާއްސަކޮށް ފަހުދު ދެއްކި ވާހަކައާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނަމުންނެވެ.

“މާކުރިންވެސް ފަރީދާ ދަންނަމޭ؟ އެއީ ކިހިނެއް؟ ފަރީދާ އެކަމު އަހަންނާއެކު އުޅުނު އިރު އެއްވެސް ވަރަކަށް ތިހެނެއް ނުބުނެ.” ސަމީރު އޮޅުން ފިލުވުމުގެ ނިޔަތުގައި އަހާލިއެވެ.

“އާނ! އެހެންވެދާނެތާ ދޯ؟” ފަހުދު އެވާހަކަ އިތުރަށް ދައްކަން ބޭނުން ނުވާތީ ކުރު ޖަވާބެއް ދެމުން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ހަވީރު ވަގުތެވެ. ފާއިދުގެ އިތުރުން ލަހުފާ ކައިވެންޏަށް ތައްޔާރުވަމުން ދިޔައީ މާލޭގައި އެންމެ ފުރަތަމަ ޙިދުމަތް ދޭންފެށި ސެލޫންގައެވެ. މޭކަޕް ކުރުމާއި ޒީނަތްތެރި ވުމުގައި އެ ދެމީހުންގެ ވަގުތުތައް ގުނަމުން ދާންފެށިއެވެ.

ޑްރީމްސް ގޭގައި ދިރިއުޅޭ ކޮންމެ މީހެއްގެވެސް ކަންތައް ހުރީ ހަމަ އެފަދައިންނެވެ. ފާއިދުގެ ޙަރަދުގައި ގޭގެ ކޮންމެ މީހަކަށްވެސް ވަނީ ހަފްލާއާ ގުޅޭގޮތަށް އަންނައުނު ގަނެދީފައެވެ. ކޮންމެ މީހެއްވެސް ބަލަނީ އެކަކަށްވުރެ އަނެކަކަށް ރީތިވެވޭތޯއެވެ. ހަމަ ކޮންމެ މީހަކުވެސް ބަލަނީ އެންމެ މީރުވަސް ދުވާ ސެންޓާއި ހުވަނދު ލެވޭތޯއެވެ.

ރޭގަނޑުގެ ވަގުތެވެ. ކައިވެނި އަޤްދު ކޮށްދިނުމުގެ މަޖިލިސް ކުރިއަށް ގެންދަން ހާޒިރުވެ ތިބި ޤާޒީން މަޑުކޮށްލައިން ތިބީ ޑްރީމްސް ގޭގެ ހަތަރުވަނަ ފްލޯރގައެވެ.

ފާއިދާއި ލަހުފާ ހަތަރުވަނަ ފްލޯރއަށް އެރުމުން ލިބުނީ ބަޔާން ކުރަން ނޭނގޭފަދަ ހައިރާން ކަމެކެވެ. ތަނުގެ ޒީނަތްތެރިކަމާ ފުރިހަމަކަން ފެނި އެދެމީހުން އުފަލުން ފޮޅުނެވެ. ފާއިދަށްޓަކާ އެވަރުގެ ޤުރުބާނީއެއް ވަމުންދިޔަ ބައެއްގެ މައްޗަށް ފާއިދުގެ ހިތް ނުލެނބޭންވީ އެއްވެސް ސަބަބެއް ނެތެވެ.

ކައިވެނީގެ މަޖިލީހަށް ހާޒިރުވެތިބީ ސީމާގެ ގޭގައި މިވަގުތު އުޅޭ މީހުންގެ އިތުރުން ލަހުފާއާއެކު މާލޭގައި ދިރިއުޅޭ އޭނަގެ އާއިލާގެ ދެތިން މީހެކެވެ. ކައިވެނި ފެށެން ދާދި ގާތްވި އިރުވެސް މޫސަގެ ޚަބަރެއް ނުވިއެވެ. ގަޑިއެއްހާއިރު ކުރިން ފެންވަރާލައިން ގެއިން ނުކުތްގޮތަށް ނާންނާތީ އެންމެންވެސް ތިބީ ކަންބޮޑުވެފައެވެ. ހަމަ އެފަދައިން ކައިވެނި ކުރަން ހަމަ ޖެހިފައިވާ ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް ސީމާއާ ފާއިދު ހާސްވަމުން ދިޔައީ އެންމެ ފަހުވަގުތު މޫސައަށް ވީގޮތެއް ނޭނގުމުންނެވެ.

“ސީމައްތާ! ކޮބާތަ މޫސަބެ.؟ ހާދަ ލަސްވެއްޖެޔޭ. ކޮންތާކައްތަ އެ ދިޔައީ؟”

ކެތްތެރިކަން ކޮޅުން ލާފައިވާ ފާއިދު ސީމާއާ މުޚާތަބުކޮށް ވާހަކަ ދެއްކިއެވެ.

“ނޭނގެ. މިއަދު އިރު އެރީއްސުރެ މާގިނަ ފޯނު ކޯލްތަކެއް ވެސް އައި. ވެގެން އުޅޭ ގޮތެއް އެއްގޮތަކަށްވެސް ހަމަ ނޭނގެ.” ސީމާ ހާސްވެފައިވާ ވަރުން މޫނުމަތި ވަނީ ދާ ހިއްލާފައެވެ.

( ނުނިމެ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ލޯބިވާވަރު އަންގަދޭހިތްވޭ (ފަހުބައި)

Next

ކޮކާ ކުއްޖާ – 5

Next
February 12, 2021

ކޮކާ ކުއްޖާ – 5

Previews
February 12, 2021

ލޯބިވާވަރު އަންގަދޭހިތްވޭ (ފަހުބައި)

6 Comments!

  1. redlailacrose says:
    February 12, 2021 at 11:16 pm

    Nice.waiting for next part ?? love the stry stay safe ??

    1. Shaleen says:
      February 13, 2021 at 5:13 pm

      Hi thanks redlailacrose?
      Yeah next part ah inthizaaru kollamaa dho
      V ufaavey story ehaa kamudhaathee.
      Alhamdhu lillah
      Stay safe stay home ??

  2. Shaleen says:
    February 13, 2021 at 5:26 pm

    Redlailacrose ?
    Mi vaahakaige part 56 ah koffa In dhe comment ah reply dheyn v masakkai koffin.
    Ekam ves ekan vaagothei nuvi.
    Bt Hama bunelan beynun v v v ufaavejjey koffa hunna comments fenuneema.
    Thank you . It means a lot dear ❤️

    1. redlailacrose says:
      February 13, 2021 at 6:19 pm

      Ur welcome ???im glade i made ur day shine with my comments ???but really i appreciate u for writing such a beautiful stry and giving it free for us to read. ???As a writer i know how difficult it is to write a stry.???pls comment on my poems.?? anyways stay Safe

  3. redlailacrose says:
    February 13, 2021 at 6:27 pm

    And I think that you are the only author who appreciates or reply to my comments.could u please comment to my poem.it means a lot to me

  4. redlailacrose says:
    February 13, 2021 at 7:56 pm

    Could you please tell me how to post a story in vaaahaka.com .ive sent my stry lobiveriyeh thinooney masheh needhemey for posting.but its said awaiting for approval.but they haven’t published it yet.

Comments are closed.

Next Episodeއިމްތިޙާން 58←


All Right Reserved!