އިމްތިޙާން 61
މިއަދު ފަރީދާދެކެ ރުޅިއައުމުގެ އެއްވެސް ޙައްޤެއް ލަހުމާއަށް ނެތީ އެފަދަ އެތައް ސަބަބު ތަކަކާ ހެދިއެވެ. މިދުނިޔެ ލަހުމާ އިމްތިޙާން ކުރަމުން އެގެންދަނީ ކޮންފަދަނީ ގޮތަކުން ހެއްޔެވެ.؟
ދުނިޔޭގެ އެއްވެސް ޙާލަތަކަށް ބެލުމެއް ނެތި ގަޑީގައިވާ ކަށިތައް އޭގެ ވާޖިބު އަދާކުރަމުން ގޮސް ދިހައެއް ޖެހީއެވެ. ލަހުފާގެ އާއިލާއިން ހަފްލާގައި ބައިވެރިވި މީހުންވެސް އިރުކޮޅެއްގެ ތެރޭގައި ކައިވެނި ނިމުމުން ގެޔަށް ދިޔައެވެ. އެހާ ލަސް ވީއިރުވެސް ކައިވެނީގެ އުފަލުގައި ވަގުތުތައް ގުނަމުން ދިޔައީ އުފާވާފަދަ އެތައް ކަމެއް އެނގެމުންނެވެ. އަޖައިބު ވާފަދަ އެތައް ކަންތައްތަކެއް ގަބޫލު ކުރަން މަޖުބޫރު ވަމުންނެވެ.
ހާލަތަކީ ކިތަންމެ އަވަހަކަށްވެސް ބަދަލު ވެދާނެ އެއްޗެކެވެ. ތަޤްދީރުގެ މޮޅެތި ރޭވުންތައް ހުއްޓުވުމުގެ ބާރު ލިބިފައިވާ އެއްވެސް އެއްޗެއް ދުނިޔޭގައި ނުވެއެވެ. ކޮންމެ މީހަކީވެސް ފެށުމަކަށް ފަހު ނިމުމެއް އަންނާނެ މީހެކެވެ. އެމީހަކާ ދޭތެރޭ ކަންތައްތައް ރޭވި ހިނގަމުން ދާގޮތަށް ޝުކުރުވެރި ވުމާއި ކެތްތެރިވުން ނޫން ގޮތެއް މި ދުނިޔޭގައި ނޯންނާނެއެވެ. މިއީ ދުނިޔޭގެ އާދަނޫން ހެއްޔެވެ؟
މާޙައުލުގައި ދެކެވި ނިމި ދިޔަ ވާހަކަ ތަކުން ސަމީރު ހުރީ ހައިރާން ވެފައެވެ. ފަރީދާއަކީ ސީމާގެ ކޮއްކޮއަށް ވީތީއެއް ނޫނެވެ. އެހެނަސް ބުނާނެ އެއްޗެއް މިވަގުތު ސަމީރަށް ނޭނގުނީ ފާރީދާއާ ބެހޭގޮތުން އިވުނު ވާހަކަ ތަކުގެ ހަޤީގަތް ކުރިން އެނގިފައި ނުވާތީއެވެ. ޔުސްރާ އެދުހު ބުނީ ތެދެކެވެ. ފަރީދާ އެވާހަކަތަށް ސަމީރަށް ކިޔައި ނުދެނީއެވެ.
“ސަމީރު! އާދެބަލަ އެހެރަ ގޮޑިއަށް.. އަހަރެން ބޭނުން ވާހަކަ އެއް ބުނެލަން.”
އެ މާހައުލުގާ ތިބި އެންމެންގެ ތެރެއިން ފަހުދު އިސްކަން ދިނީ ސަމީރަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ.
“އަހަންނަށް ވަނީ މީގެ ކުރިން ސަމީރާ ދިމާލަށް ވަރަށް ހިތްދަތިވާ ގޮތަށް ވާހަކަ ދެއްކިފަ.. އެކަންކަމަށް ސަމީރު ވަރަށް ވަރަށް ކެތްކުރިކަން އަހަންނަށް އިނގޭ.. ސަމީރު ނޫން އެހެން މީހެއްނަމަ އަހަންނަށް މިހެން ހުރިޔަވެސް ނުދިނީސް. އަހަރެން އެއްވެސް އިރަކު ގަބޫލެއް ނުކުރަން ސަމީރު ތިހާ ނަސީބު ގަދަ ވާނެ ކަމަކަށް..”
“އަސްލު އަހަރުމެންގެ ކައިވެންޏަށް ވެފައޮއްވަ ފަރީދާ ދޭތެރެ ޖެއްސި ހިސާބުން އަހަރެން ފަރީދާއަށް ނަފްރަތު ކުރީން.. ކައިވެނި ނުކުރެވުނީމަ ވަޒީފާ ލިބުނު ދުވަހުން ފެށިގެން އަހަރެން ދިޔައީ ބޯޓު ދަތުރު ކުރަން. އެހެންވެ އެ ދިޔަގޮތަށް ވަރަށް ދުވަހު އުޅެން ޖެހުނު ލަހުމާއަށް ޚަބަރެއް ނުވެ. އެހެންވެ ލަހުމާގެ ހާލަތު އަހަންނަށް ދެން ބެލޭނެ ގޮތްވެސް ނުވީ. ލަހުމާގެ މަންމަ އޮތީ އަހަރުމެން ވާހަކަ ދެއްކުންވެސް މަނާކޮށްފަ. އެހެންވެ އޭރު ދެން އަހަންނަށް ނުކެރުނު އެކަންވެސް ކުރާކަށް..”
ފަހުދު ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ލަހުމާ ފިޔަވާ އެހެން މީހުން ގާތްވެލިއެވެ.
“ދެން ވަރަށް ޒަމާންކޮށް ރަށަށް އާދެވުނުއިރު އަހަންނަށް އެނގުނީ ސަމީރު އުޅެނީ ފަރީދާއާ އިނދެގެންކަން. އަހަރެން ސަމީރަށް ކުރިކަހަލަ ޖެއްސުންކުރިން ފަރީދާއަށްވެސް. އޭރު ސަމީރު ގިނަ ވަގުތު އުޅުނީ މަސްވެރި ކަމުގަ. އަހަރެން ފަރީދާއަށް ވަރަށް ބިރުދެއްކީން ސަމީރުގާތު އެވާހަކަތައް ބުނެފާނެތީ. ހުރާގެ ރައްވެއްސަކަށް ނުވާތީ ފަރީދާ ހުރީވެސް ވަރަށް ބިރުން އަހަންނާހެދި..”
ފަހުދު ދައްކަމުން ދިޔަ ވާހަކަ ސަމީރު އަޑުއަހަމުން ދިޔައީ އަންތަރީސް ވެފައިވާ ހާލުގައެވެ.
ސަމީރުގެ ޙިޔާލުގައި ވަގުތުން އުފަންވާން ފެށީ ފަރީދާއާ އެކު އޭރު އުޅުނު މަންޒަރު ތަކެވެ. ތެދެކެވެ.. ކައިވެންޏަށް ދުވަސްކޮޅެއް ވީތަނާ ފަރީދާގެ ބޮޑާ ހޭކުމުގެ ޝަކުވާތައް ސަމީރަށް އިވެން ފެށިއެވެ. ކޫސަނި ކަންކަމާ ހެދި ދިރިއުޅުން މާލެއަށް ބަދަލު ކުރުމަށް އެދެން ފެށިއެވެ. ޙަދީޖާއަކީ ރަނގަޅު މައިދާތައެއް ނޫން ކަމަށްބުނެ ރަށުން ބޭރަށް ދިރިއުޅުން ބަދަލު ކުރުމަށްވެސް އެތައްފަހަރަކު އެދުނެވެ. އެ ޝަކުވާތައް ސަމީރަށް އިވެންފެށީ ކުއްލިޔަކަށެވެ.
ނަމަވެސް ހަޤީގަތަކީ އެއީކަން މިއަދު ސަމީރަށް ވިސްނިއްޖެއެވެ. އާނއެކެވެ. ފަރީދާގެ ކޫސަނި ޝަކުވާތައް އިންތިހާއަށް ދާންފެށީ ފަހުދު ބޯއްޓު ދަތުރު ނިންމާ ރަށަށް ބަދަލުވި ހިސާބުންނެވެ. އޭރު ސަމީރަށް އެކަން ވިސްނޭނީ ކިހިނެއް ހެއްޔެވެ؟ މިއަދު އެކަމާ ވިސްނިޔަސް އެއީ މާޒީއެވެ. ވީއިރު މިއަދު މިކަންކަން ޤަބޫލު ނުކޮށް ސަމީރަށް ވާނީ ވަކި ކޮން މޮޅެއްހެއްޔެވެ؟
“އެހެން އުޅެނިކޮށް އަފީފާއާވެސް ސަމީރު ކައިވެނި ކުރީ.. އެކަމު އަފީފާއަކީ އަހަރެން ހީކުރި ވަރަށްވުރެ ހުށިޔާރު މީހެއް. ގިނަ ފަހަރަށް އަހަރެން ޖެހެނީ އަފީފާކައިރި އިސް އޮބާލާފަ އަންނަން. ރަށުތެރެއަށް އަހަރެން ބޭޒާރުވެދާނެތީ އަފީފާ ވަރަށް ސިއްރުކުރި ވާހަކައެއްގެ ހަޤީގަތް މިއަދު އަހަންނަށް މި ސާބިތުވީ. އަފީފާ ވަރިކުރީމަ ދެންފަހުން، ސަމީރު މަންމަ މަރުވި ދުވަހު އޭނަ އަހަރެން ކައިރި ބުނި.. އެހެން ރަށަކަށް ބަދަލު ވާތީ އެވާހަކަ ބުނެލަން ބޭނުމޭ. އެހެން ކިޔާފަ ހޯދަން އައިސް ބުނީ މާލޭގަ ފަހުދުގެ ދަރިޔަކު އެބަހުއްޓޭ”
ފަހުދު މާލިކްއަށް ބަލައިލީ ލަދުން އިނދެއެވެ. އަދި ދެވަނަ ނަޒަރުގައި ފާއިދަށް ބަލާލަމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“އަފީފާ ބުނީ އައިޑީ ކާރޑް ހައްދަން ގޮސް ކިޔުގަ އިނދެވުނީ ލަހުމާ ކައިރިއޭ. އޭރު ލަހުމާ އިނީ ފާއިދަށް ބަނޑު ބޮޑުވެ ވިހަން ކައިރިވެފަ. އެތާ އިންދަ ބަނޑުގަ ރިއްސައިގަތީމަ އަފީފާ އެކަމުގަ އޭނަ އަށް އެހީތެރިވީ.. ލަހުމާ ކައިރި އެއްވެސް އެހީތެރިއަކު ނެތިގެން އަފީފާ އަހާލީމަ ލަހުމާ ބުނިކަމަށްވަނީ ހުރާގަ އުޅޭ ފަހުދު ކިޔާމީހެކޭ އެކުއްޖަގެ ބައްޕަ އަކީ.. އެކަމު ފަހުދަށް ނޭނގޭނެޔޭ ދަރިޔަކު ހުރިކަންވެސް… ސަމީރު.. މި ވޭތިވެ ދިޔަ އަހަރުތަކުގަ އަފީފާ އެވާހަކަތައް ސިއްރުކުރީ ލަހުމާ ބުނެގެން. އެދުހު ލަހުމާއަށްވެސް އެނގުނީ އަފީފާއާ އެއްރަށު މީހެއްކަން އަހަންނަކީ. ހަމަ ތެދެއް. ލަހުމާ ބުނެގެން އަފީފާ އެހާ ދުވަސް ވަންދެން އެކަން ސިއްރުކުރީ.” ފަހުދު ކިޔައިދިނެވެ.
“ތެދެއް ބައްޕާ! އަހަރެން ބުނީމެއްނު މަންމައަށްޓަކާ އަހަރެން ރަނގަޅުވާން ބޭނުމޭ. އެއީ ފަހުދު އަހަރެންގެ މަންމައަށާ ބައްޕައަށް ކުރިވަރު ފަހުދުގެ އަނގައިން ކިޔައިދިނީމަ. އަހަރެން ދެރަވީ. ފަހުދު ކަހަލަ މީހަކާ އެކީ އުޅެ ބައްޕަމެންގެ ހަޔާތާ ކުޅެލީމަ އަހަންނަށް ކެތް ނުވީ.. އަފީފައްތަ އެވާހަކަތައް ކިޔައިދޭން ބޭނުންވެގެން ފަހުދު ކައިރި ބުނި ދުވަހު އަފީފައްތަ ދިޔައީ އަހަރެންގެ ހިތް މަރުވާކަހަލަ އެތައް ވާހަކައެއް ބުނެފަ. އެހެންވެ އަހަރެން ސިޓީއެއް ފޮނުވާފަ މާފަށް އެދެފިން އަފީފައްތަ ކައިރިންވެސް.” މާލިކް ވެސް ހަޤީގަތް ހާމަ ކުރިއެވެ.
“ސަމީރު!..ބުނަން؟ އަސްލު އަހަރެން މިގެއަށް އަޔަސް ސީމާއަށްވުރެ ބޮޑަށް އަހަރެންގެ ކަންކަން ގޭތެރޭގަ ހުރެގެން ބެލީ ސަމީރުގެ ތުގާ.. ފުރަތަމަ ދުވަހުވެސް އެ ނަން އަޑުއިވިފަ އަހަންނަށް ޝައްކުވި.. އަހަރެން ބުނިން ޔަޤީން ކުރަން ބޭނުމޭވެސް.. ބުނަންނަތަ؟ ތުގާ އެ ބަލައިދިނީ އަހަރެންވެސް… ލަހުމާވެސް.. އަދި އެހާ އެއްކޮށް އުޅެ ބޮޑުވީމަ އަހަރެންގެ ފާއިދު ދެކެވެސް ތުގާ އެވަނީ މާލިކްމެން ދެކެ ނުވާ ލޯތްބެއް. އަހަންނަށް ކިހިނެއް ސަމީރުގެ އާއިލާއާ ދެން ދުރު ވެވޭނީ.؟”
“އެހެންވީމަ އަހަންނަށް މިވަގުތު އެނގިއްޖެ ސަމީރަށްވުރެ ނިކަމެތި މީހަކީ ވޭތުވެ ދިޔަ ދުވަސްތަކުގަވެސް އަދި މިހާރުވެސް އަހަރެންކަން.. މިއަދު އަހަރެން ވަރަށް ލަދުގަނެފި.. ސަމީރު!.. އަހަންނަށް މާފްކުރޭ” ސަމީރުގެ ގައިގާ ފަހުދު ބައްދާލަމުން ލަހުމާއާ ދިމާލަށް ހިނގައިގަތެވެ.
މީގެ އެތައް އަހަރެއް ކުރިން ފަހުދު ކައިރީ ސަމީރަކީ ދަގަނޑު ކަސްތޮޅެއް އެޅި ގައިދުވެފައިވާ މީހެކެވެ. ނަމަވެސް ސަމީރުގެ މޫނުމަތީގައި މިއަދު ވަނީ ހިތްހަމަ ޖެހުމާ އުފާވެރިކަމުގެ ކުލަވަރެވެ.
އިރުކޮޅެއް ފަހެވެ. ދޮރު ހުޅުވާލަމުން މޫސަ އެތެރެއަށް ވަދެގެން އައެވެ. އޭނާގެ އަތުގައި މީގެ އެތައް އަހަރެއް ކުރިން ފާއިދު ކުރަހަން ގެންގުޅުނު އާރޓްފޮތް އޮތެވެ. އަދި ލަހުމާއަށް ފެންނާނޭހެން ފަހަރަކު ގަނޑެއް ހުޅުވަމުން އޭގައިވާ މަންޒަރުތައް ދައްކަމުން ދިޔައެވެ.
އޭރު ފާއިދު ލަހުމާކައިރި އިށީންދެގެން އިނދެ ކަރުނަ އަޅަނީއެވެ. ކުޑަ ކަކޫ ޖަހައިގެން އިން ފާއިދުގެ މުށުތެރޭގައިވަނީ ލަހުމާގެ ބާރެއް ނެތް ދެ އަތްތިލަ ފޮރުވާލާފައެވެ. ފާއިދުގެ ފަހަތުގައިހުރެ މޫސަ އާރޓްފޮތް ދައްކަމުން ދާކަން ފާއިދަށް ރޭކާލީ ލަހުމާގެ ލޮލުގެ ނަޒަރު ހިންގަންފެށި ގޮތުންނެވެ. ކުއްލިޔަކަށް ފާއިދު ހައިރާން ވެފައި އިނދެ ފަހަތަށް ބަލައިލިއެވެ.
( ނުނިމެ )
***********************
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Stry vrh reethi ??? waiting for next part ?? shaleen akee lailac ah vrh helpful friend eh?? shaleen thidhevva surpot ah hituge funminun shukuru adhaa kuran.actualy esfiya in libunu first friend ajee shaleen kanneyge.i mean u comment on all my poems and stry ??lailac ge abadhu ge dhuaa akee shaleen ah bright writing career eh libun?? shaleen kahala surpotive friend eh libunee thee im really happy anyways stay Safe ❤️❤️ stay home ??
Thanks dear and it means a lot ❣️❣️❣️
V ufaavejje. Lailac ves thihaa supportive veema. And Hama bunelan othee:-
readers kairi bunelaafa Inna dhuvahah vaahaka kiyaalan libey varu kohdhehchey. Kiyuntherin ithubaarei kuraanee liyuntheriyaa vafaatheri Vanya
Dho?
Lysm ?❤️