ނުހައްގުލޯބި 11
ކުއްލިއަކަށް މެހްމާންއާ ސަލާން ކުރަންހުރި ކައިވެނީގެ ޖޯޑް ފެނުމާއެކު އަހަރެންގެ ފިޔަވަޅުތައް ހުއްޓި އަހަރެންގެ ދެލޯ ބޮޑުވިއެވެ. އާނ އެކެވެ. އެއީ ހަމަ އޭނައެވެ. އަހަރެންނަށް އޭނަ ނޯޅޭނެކަން ޔަގީނެެވެ.
ލޮލޮން ފެންއައީ އުފަލުން ކަމެއް ނުވަތަ ދެރަވެގެން ކަމެއް ނޭނގުނެވެ.
ބޭ އިޙްތިޔާރުގައި އެދިމާލަށް ދެވުނެވެ. އަދި އެމީހުންގެ ކުރިމަތީ ކަހަކަ ގޮތަކަށް މަޑުކޮއްލެވުނީ އަދިވެސް ގަބޫލް ނުކުރެވޭތީއެެވެ. ކަޅިޖަހާނުލާ ބަލަން ހުރެވުނީ ބުނާނެ އެއްޗެއް ނޭނގޭތީއެވެ.
“އޭ ޖަންނަ. ހިނގާބަލަ ސަލާން ކުރަންދާން, ތިހެން ހުއްޓަކަސް ނުވާނެ, ވަރަށް ލޯބި ޖޯޑެއް ދޯ” މައި ގެ އެ ސުވާލަށް ބޮލުން އާނއެކޭ ބުނުމަށްފަހު އަހަރެން ހިނގައިގަތީމެވެ. އޭރު އަހަރެންގެ މަންމައާއި ބައްޕަވެސް އެހިސާބަށް އަންނަނީއެވެ.
“ދަރިފުޅާ, މީ މަންމަ ސްކޫލް ދައުރުންސުރެ މިއަދާ ހަމައަށް ދެގޮތެއް ނުވެ ހުރި ހަމައެކަނި ރައްޓެއްސަކީ, ހަމަ އަހަރެމެންގެ ފެމިލީ ކަމަށް ދެކެންވާނީ” މަންމަ އެހެންބުނުމުން އަހަރެން ހިނިތުން ވެލަމުން ސަލާމްކޮއްލީމެވެ.
އެތާތިބި އެ ފެމިލީގެ ފަހަރަކު މީހަކު ތައާރަފް ކޮއްދެމުން ބްރައިޑް ދައްކާލުމަށްފަހު ބުންޏެވެ. “މިއީ އެ ދައްތަގެ ދަރިފުޅު, އަރީޝާ, ދެން މީ އޭނަގެ ފިރިމީހާ އަރީޒް, ދަރިފުޅަށް އެނގެއެއްނު އާކިފް އޭނަގެ ކަޒިން.. ދެން މީ އާކިފްގެ ފެމިލީ” ދެން ދެއްކި އެއްވެސް ވާހަކައަކަށް އަހަރެންނަށް ސަމާލުކަން ނުދެވުނެވެ.
އާކިފްގެ ނަން އިވުމާއެކު އަހަރެންގެ ހިތް ތެޅެންފެށީ އޮބި ނޯންނަވަރަށެެވެ. ވަށައިގެން ހޯދާ ލެވުނީ އާކިފްގެ ކޮބާތޯއެެވެ. އެ އެންމެންގެ ތެރެއިން އާކިފް ހޯދާނެ ގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ. ގުޅަން އުޅެފަވެސް ފަހުން ދުވަހު ކަންތައް ކުރެވުނު ގޮތުން ނުކެރުނެވެ. އާކިފްގެ ބަސް ގަބޫލު ނުކުރެވުމުން އޭނަ ވާނެ ދެރަ އިހުސާސް ކުރެވުނެވެ. މައާފަށް އެދެން ބޭނުންވެސްވިއެވެ.
އަހަރެން އެތަނުން އެއްކައިރިއަށް ޖެހިލަމުން އާކިފްއަށް ގުޅާލީ މައާފަށް އެދުމަށެެވެ. ދެފަހަރު ގުޅުމުންވެސް ފޯނެއް ނުނަގައެވެ. އަނެއްކާ އާކިފް އަހަރެން ބުނި ބުނުމަށް ދިޔައީ ބާއޭ ހިތަށް އެރިއެވެ. އާކިފްގެ ހަބަރެއް ނުވުމުން އަހަރެން މާޔޫސްވިއެވެ. އެެހެންކަމުން އާކިފް ހޯދަން ބޭނުންވިއެވެ. އިރުކޮޅަކު ހުރުމަށްފަހު މަންމަމެން ކައިރިއަށް ދިޔައީމެވެ. އަދި ވަރަށް ނޫންގޮތަކަށް ބުނެލީމެވެ. ” ހިނގާ ފެމިލީ ފޮޓޯ ނަގަން ތަންކޮޅެއް މީހުން މަދެއްނު” އެހެންބުނުމުން ތެދެކޭ ކިޔައި އެންމެން ފޮޓޯ ނަގަން ތައްޔާރުވިއެވެ. އެއޮއް ބޮޑު ރަސްރަނި ގެ އެއްފަޅި ހިފާފައި އޮތްއިރު މީހުން އަންނާނެވަރު ހިތަށް އަރުވާލަންވެސް ނޭނގެއެވެ.
އެންމެން ރެޑީ ވުމުން އަހަރެން ބުނީމެވެ “އާކިފް ނާންނަނީތަ, އޭނަ ނެތިސް ފޮޓޯ ފުރިހަމަ ނުވަނީއެއްނު, މިއީ އޭނަގެ ކަޒިންގެ ވެޑިން, ނުވެއްފެނޭދޯ މިތާކުން” އެހެންބުނުމުން ދެން ތިބި މީހުންވެސް އޭނަ ހޯދަންފެށިއެވެ. ” އެބުނީ ތެދެއް ކޮބާ? ހުރިހާ އެންމެން ދިމަ ދިމާލަށް ބަލަންފެށިއެވެ.
“އެއޮއް އަންނަނީ”, އަރީޒް އެހެންބުނުމުން އަހަރެންނަށް އެދިމާލަށް ބަލާލެވުނެެވެ. ފިރިހެންވަންތަ ހިނގުމުގައި އަންނަ އާކިފްއަށް އަހަރެންނަށް ބަލަން ހުރެވުނެވެ. ދަނބު ކުލައިގެ ގަމީހެއްގެ މަތިން ކަޅު ކޯޓް ލާފައި, ކޯޓުގެ ތަންކޮޅެއް މަތީ ދަނބު ކުލައިގެ މަލެއް ހަރުކޮއްފާވެއެވެ. ކޯޓް ކުލައިގެ ފަޓްލޫނާއި އެ ބޫޓް އެހާމެ ގުޅެއެވެ. ބޮލުގައި ފުނާ އަޅާފައިވާ ގޮތުން އެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އެ ތުންފަތުގައިވި ހިނިތުން ފެނިފައި އެތައް ކުއްޖަކު ފިދާ ވާނެހާ ވަރުވެއެވެ. އަހަރެންނަށް ހިތާ ހިތުން އާކިފްއަށް ތަޢުރީފް ކުރެވުނެވެ.
އާކިފް އަހަރެން ފެންނަ ކަމަށް ވެސް ހަދާ ނުލާ ގޮސް އެންމެން ކައިރިއަށް މަޑުކޮއްލާ ވާހަކަ ދައްކަންފެށިއެވެ. އަދި ފަހަރަކު ބަޔަކާ އެކު ފޮޓޯ ނަގަންފެށިއެެވެ. އަހަރެންގެ ލޯ ފެންކަޅިވެގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެން އަވަހަށް އެތަނުން ދުރަށް ގޮސް މީހުންނާ ވަކިން އަނދިރީގައި އިށީނީމެެވެ.
އަހަރެން ބޭނުންވީ އަހަރެން ހިތް ފުރޭވަރަށް ރޯލާށެވެ. ސިކުނޑި ހަމައަކަށް އަަޅުވާލާށެވެ. އެދުވަހު އާކިފްއަށް އިތުބާރުކުރެވުނުނަމަ އަހަރެންނަށް މިހެން ނުވާނެކަން ޔަގީނެވެ. އާކިފް އަހަރެންދެކެ ރުޅިއައުން ހައްގުކަމަށް އަހަރެން ގަބޫލުކުރަމެވެ. ހަތް އަހަރު ދުވަހު އަހަރެންނަށްޓަކައި އިންތިޒާރު ކުރި މީހަކަށް ފެނުނު އެެެންމެ ފޮޓޯއެއްގެ ސަބަބުން ކުއްހީކުރެވުމުން އަހަރެން ވަރަށް ދެރަވިއެވެ.
ހިތް ހަމަ ޖެހޭ ވަރަށް ރޯލުމަށްފަހު ހިނގައިގަތީމެވެ. ދާން ހިނގައިގަތް އިރު ކުރިމަތީ ހުރީ މައިއެވެ. މައި އަހަރެން ކައިރިއަށް އައިސް ވެގެން އުޅޭގޮތް އޮޅުންފިލުވިއެވެ. އަހަރެން ހުރިހާ ވާހަކައެއް މައިއަަށް ކިޔައިދިނީމެވެ. މައި ހުރިހާ ކަމެއް ރަނގަޅުވާނޭ ބުނެ އަހަރެންނަށް ހިތްވަރުލައިދިނެވެ. އަދި އެނބުރި ޕާޓީއަށް ދިއުމަށް ހިނގައިގަތެވެ. އެހެންނަމަވެސް އަހަރެން ކުރިމައްޗަށް އެރުމަށްފަހު ބުންޏެވެ.
“ތިޔެއްނޫނޭ, އާކިފް މިރޭ ވަރަށް ހޮޓް ދޯ” މައި އެހެން އަހާލުމުން އަހަރެންނަށް ލަދުން އިސްޖަހާލެވުނެވެ. “ބަލާބަލަ ޖަންނަ ބްލަޝް ވާ ވަރެއް”މައި އަހަރެންނާ ދިމާކުރަމުންދިޔައެވެ. އަހަރެންވެސް ދެރަ ނުވާންވެގެން ރައްދުގައި ބުނީމެވެ. “މައްސަލަ އެއްނެތޭ, މައި ވެސް މީހަކު ދެކެ ލޯބިވެވުނީމަ މިހުރިހާ ގޮތެއްވާނެ, އަހަރެން ބަލާނަމޭ މައި އަށް ވާ ގޮތް” މިހެން ބުނެ އަހަރެން ހޭންފެށީމެވެ.
“އަސްލު ބުނަންތަ ޖަންނައާ އާކިފް……….. މިހިސާބަށް ބުނުމަށްފަހު މައިގެ އަޑު މަޑުވެ ވަރަށް ލަސްލަހުން ބުނަން އުޅުނިއެތި ފުރިހަމަ ކޮއްލިއެވެ. އަހަރެން މާ ބޮޑު ކަމަކަށް ނުހަދާ ވާހަކަ ދައްކަންފެށީމެވެ.
“ހޫމް، މަށަށް އެނގޭ ގުޅޭކަން, މޭޑް ފޯ އީޗް އަދާރ… ހެހެހެ” އަހަރެން ބުނެލީމެވެ. “އަސްލުވެސް މިރޭ އާކިފް ވަރަށް ހޮޓް, އަހަރެން ވަރަށް ޖެލަސްވޭ އަންހެންކުދިންތައް އެހާވަރަށް އޭނައަށް ބަލާތީ, ހިތަށް އަރާ ދާ ގޮތައްގޮސް އެކުއްޖެއްގެ ލޯ ކޮނެލަފާނަމޭ, އަހަރެން ނޫން އެހެން މީހަކަށް ޖެހޭތަ އާކިފްއަށް ބަލަން ދޯ” އަހަރެން މައި އަށް ދޯ އަޅާ ލުމުންވެސް ހަމައެކަނި ހިނިތުންވުމެއް ރައްދުކޮއްލިއެވެ. އަހަރެން މައި އަށް ކިހިނެއްވީހޭ އެހުމުން ވަރަށް މަޑުމަޑުން އާކިފް އެބަހުއްޓޭ ބުންޏެވެ.
އަހަރެންނަށް ހެވެންފެށުނެވެ. މައި ހުރީ ވާނުވާ ނޭނގޭ ހާލުގައެވެ.
” މައި ހީކުރީ އަހަރެން މައި ތިހެން ބުނެގެން ގަބޫލުކުރާނެ ކަމަށްތަ, ހަނދާންވޭތަ އެދުވަހުވެސް މަންމަ އަށް ގޮވަ ގޮވާފަ އަހަރެން ބިރުގެންނެވި މަތިން, އެހެންވީމަ އަހަރެން މިއަދުވެސް ނުކުރާނަން ގަބޫލެއް, މައި ތީ އެކްޓް ޖައްސަން ނުލާހިކު މޮޅު މީހެއް, އެހެންނޫނަސް އަހަރެން ކިހިނެއް ގަބޫލުކުރާނީ, ތިޔަ އާކިފް މިރޭ އަހަރެން ފެންނަ ކަމަށް ވެސް ނުހެދިއިރު މިތަނަށް އަންނާނެތަ, އޭނަ ހުންނާނެ އަންނަ ހުރިހާ އަންހެން ކުދިންނަށް ފޮނި ދައްކަން” އަހަރެން އެހެންބުނެ ހަށަން ބަދެލީމެވެ. އޭރުވެސް މައި އެއްޗެކޭ ނުބުނެ ހުއްޓެވެެ. “ދެން ކޮންމެސް އެއްޗެކޭ ބުނެބަ މައި” އަހަރެން ކުޑަކޮއް ތުންކޮޅު ދަމާލާފައި ބުނީމެވެ.
މައި އަށް އަހަރެންގެ އެ ހަރަކާތުން ހެވުނެވެ. އަދި އިރުކޮޅަކު ހުރުމަށްފަހު ބުންޏެވެ. “މިސާލަކަށް މިރޭ އާކިފްއާ ދިމާވީއޯ, ދެން ކިހިނެއް ހަނދާނީ،” މައިގެ ސުވާލުން އަހަރެން އިރުކޮޅަކު އެއްޗެއް ނުބުނެ ހުރީމެވެ. އަދި އެއަށްފަހު ބުނީމެވެ. ” ފުރަތަމަ ތިޔަ ބުނާ މީހަކާ ދިމާވެގެންދޯ, އޭނަ އެ ދުވަނީނު އަންހެން ކުދިންނަށް ތިއްތި ދައްކަމުން، ޝަހާދެއް މި ބުނީ އަހަރެން ކުރިމައްޗަށް އަރައިފިއްޔާ އޮބާބާއްވާފަ ބޮލުގަ ޓަކި ތަޅާނަން” މިހެން ބުނުމާއެކު ކެރޭނެހޭ މީހަކު އަހާލިއެވެ. އަހަރެން މައިއާ ދިމާލަށް ބަލާލިއިރު މައި މަަަސައްކަތް ކުރަމުންދިޔައީ ހެވުން ކޮންޓްރޯލް ކުރުމަށެވެ. ކޮންމެސް ކަމެއްވެއްޖެކަން މައިގެ ހަރަކާތްތަކުން އަހަރެންނަށް އެނގުނެވެ. އަނެއްކާ އެހެންބުނީ ކާކުކަމާމެދު ޝައްކުއުފެދުނެވެ. އަހަރެން މައި އަށް ބުމަ އަރުވާލީމެވެ. ޖަވާބުގައި ރާނީން ތަންތަނަށް ވަނުމަށް އިޝާރާތް ކުރާހެން ދެ އަތުން ކުރިއަށް އިޝާރާތްކުރިއެވެ. އަހަރެންނަށް މައިގެ އެހަރަކާތުން ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. އެހެންކަމުން ނުބަލަން ވެގެން ހުރީމެވެ. މައި އަހަރެންގެ ކޮނޑުގައި ހިފާ އަނެއްފަރާތަށް އަނބުރާލިއެވެ.
އެމީހަކު ފެނުމާއެކު އަހަރެން ބިރުން އޮއްދާހިއްލަން ފެށުނެވެ. ކުރާނެ ކަމެއް ނޭނގި ދެއަތާ މޮޑެވެން ފެށުނެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. ހަށަން ބަދެލައިގެން ހުރީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.




am I first
wowww….varah reethi…keep it up…whn next
I was waiting for this part???BTW Me first dhw???????❤
Oops..me second dhw??It’s ok..
naa dear first comment kurithan nufenuny ey..heheh
Me second vrh reethi❤❤❤
Hii. Kihineh kudhin. Thanx for hurihaa supportah.❤❤?? Varah avahah insha Allah last part genesdheynan. E ah fahu next story fashaany. Uhmeedhu mi kurany new story kiyaalan mi week ga kudhin nah libeyne Kamah.
hahaha majaakhame dhw
5hankolheh lahee up kuraaleh
Dhen II part up kolladhechey
Yaa. Insha Allah ehme lasvegen maadhan up kohdheyan❤❤??❤
hahah alhey i love it curiously waiting for next part neyge wait vaane kameh ves ehaa reethi……. Maasha Allah…… i just love it…… all the best for ur gud work shana
Haha…
Vrh vrh loabi mi part vess ..??
Thanx unique and baby girl. And all readers ah❤????
nice ☺???
Haadha kurey
Kohirakun story up vany pls kiyaalaa hithun