Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 2

Sh@_n@ Level 410 Stories100 Comments100 Login
July 28, 2018 4 Mins Read
33 Comments

ސާރާ މަޑުހިނގުމުގައި ކުނި ގޯނި ކިހިލި ޖަހައިގެން ރަށުގެ ބޮޑުމަގުން ހިނގަމުންގޮސް ކުނި ގޮޑާ ހަމައަށް ގޮސް ކުނި އުކާތަނަށް ކުނިތަށް އަޅާލިއެވެ. އަދި ހިނގަމުން ވަކި ހިސާބަކުން މީހަކު ވަރަށް ބާރަށް ސާރާއޭ ކިއައި ގޮވާލިއެވެ. ސާރާގެ ހަށިގަނޑު ބިރުން ރޫރޫ އަޅައިގަތެވެ. މިއޮއްފަދަ ވިއްސާރަ ދުވަހުވެސް ސާރާގެ މޫނުމަތިން އޮއްދާ ހިއްލަން ފެށިއެވެ. ފަހަތަށް އެނބުރި ބަލާލާނެ ހިތްވަރުވެސް ނެތެެވެ. ކާކުކަން އެނގޭތީއެވެ.

ސާރާއަށް ގުޑިލަންވެސް ނޭނގިފައި އިސްޖަހައިގެން ހުއްޓެވެ. ދެން ހަދަންވީ ގޮތެއް ނޭނގި ގެންގުޅުނު ގޯނީގެ އެއް ކަނަށް ދަމާލަ ދަމާލަ ހުއްޓެވެ. އޭރުވެސް ސާރާގެ ހިތާ ހިތުން ދުއާ ކުރެވެމުންދިޔައީ އެމީހާގެ ކިބައިން ސަލާމަތް ކޮއްދެއްވާތޯއެވެ. އެމީހަކު އައިސް ސާރާގެ ކުރިމަށް އެރިއެވެ. އަދި ސާރާގެ ބޮލުންފެށިގެން ފައިގެ ބޮޑުވައި އިނގިއްޔާ ހަމައަށް ބަލާލީ ދަހިވެތި ނަޒަރަކުންނެވެ. ސާރާއަށް އިސްއުފުލާލަންވެސް ނުކެރުނެވެ.

“ހައި،ދޫނި, ކިހިނެއް, ހާދަ ދުވަހަކަށް ފަހުއޭ މިފެނުނީ, ފެނުނަސް ކެތްތެރިކަން ކޮޅުންލާހާ ވަރުވޭ, ކީއްވެތަ އެއޮއް ލޯބިލޯބި އިސްތަށިގަނޑު ފޮރުވީ, ދެން ނުވެސް ފެންނާނެދޯ, އެކަމްދެން ތިހެން ނުހުރެ އެެންމެ ފަހަރަކުވެސް އާބަސް ބުނެބަލަ, ރާނީން ގެންގުޅޭހާ ފެންވަރުގަ ގެންގުޅޭނަން”، މިހެންބުނެ ސާރާ އާ ކައިރިވެލިއެވެ.
” ޕްލީޒް ނަޢުފަލް ސާރާއަށް ތިހެން އުނދަގޫ ނުކޮއްފާނަންތަ, ސާރާއަށް ވުރެ މާ ރަނގަޅު ކުދިން ނަޢުފަލްއަށް ވާނެ, އެހެންނޫނަސް އެކަކު ލޯބިވެގެން ދިރިއުޅުމެއް ނުފެންނާނެ, ރީތި އުޅުމެއް ނަޢުފަލްގެ އެއްނެތް, މީހަކު ލޯބިވާ ގޮތަށް އުޅެބަލަ, ސާރާ ރީތިކޮއް ބުނިންދޯ ސާރާ ލޯބި ނުވެޔޭ, ދެން ކީއްކުރަން ތިހެން އުޅެނީ, ޕްލީޒް ސާރާއަށް އުނދަގޫ ނުކުރޭ” އެހެން ބުނިއިރު ސާރާގެ އަޑު ތުރުތުރު އަޅަމުންދެއެވެ.
“ކޮންކަހަލަ ވާހަކައެއް ސާރާ ތި ދައްކަނީ, ލޯބި އެއީ މުހިންމު އެއްޗެއް ނޫނޭ, މިޒަމާނުގައި ފައިސާއަކީ ހުރިހާވެސް އެއްޗެއް, އަހަރެންނަށް ސާރާ ފުރަތަމަ ފެނުން ދުވަހުވެސް ކަމުގޮއްސި, އަހަރެންނަކީ އަހަރެން ބޭނުންވާ އެއްޗެއް ހާސިލް ކުރުމަށްފަހު ނޫނީ ހުއްޓާލާނެ މީހެއް ނޫން, އެ ހެޔޮ ސާރާވިޔަސް, ހާސިލްކޮއްފަ ނޫނީ ހުއްޓާނުލާނަން، މިހެން ބުނެ ސާރާ އަތުގަ ހިފާ އެމީހެއްގެ ތުންފަތާއި ދިމާލަށް އަތް ގެންދިޔައެވެ. ސާރާއަށް ކުއްލިއަކަށް އަތް ދަމާގަނެ އެމީހެއްގެ މޭގަ އަޅާ ކޮއްޕާލުމަށްފަހު ދުއްވައިގަތެވެ. މަގުމަތީގައި މީހަކު ނެތުން އެއީ ކާކުގެ ނަސީބެއް ކަމެއްނޭނގެއެެވެ. ގައިގަ ހުރި ބާރެއްލާފައި ދުވަމުން ގޮސް ގެއަށް ވަނެެވެ. ވަތް ގޮތަށް ގޭގެ ދޮރު ތަޅުލާ ދޮރުގައި ލެގިލަމުން މޫނުގައި އަތްއަޅާ އިށީނދެ ރޯންފެށިއެވެ. އަދި މިއަދު ވީ ހުރިހާ ކަމެއް ލޯ ކުރިމަތީ ސިފަވަމުންދިޔައެވެ. އެ ނަޢުފަލްގެ ވާހަކަ ސާރާގެ މަންމަކައިރީ ބުނާނެހާ ހިތްވަރެއް ނުލިބެވެ. ނަޢުފަލްދަނީ ސާރާ ފެންނަ ކޮންމެ ފަހަރަކު ސާރާއަށް ކުދިކުދި ގޯނާ ކުރަމުންނެވެ. އެހެންނަމަވެސް ނަޢުފަލްއާ ދެކޮޅަށް އަޑު އުފުލާހާ ސާރާމެންނަކީ ނިކަމެތި ބައެކެެވެ. އަދި އެތައް ފަހަރަކު ނަޢުފަލް ދީފައިވާ އިންޒާރުތައް ހިތަށް އެރުމުންވެސް މަަންމައަށް ސިއްރުކުރުން މަޖުބޫރެވެ.

ނަޢުފަލްއަކީ 27 އަހަރުގެ ޒުވާނެކެެވެ. ނަޢުފަލްއަކީ ރަށުގައި ނަން ހިނގާ އާއިލާއެއްގެ ހަމައެކަނި ދަރިއެވެ. އޭނާގެ މަންމައާއި ބައްޕަވަނީ މީގެ ދެ އަހަރު ކުރިން އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވެފައިއެވެ. އޭގެ ފަހުން އޭނަގެ އުޅުން އިތުރަށް ގޯސްވިއެވެ. އޭނާގެ މަންމަމެން ދުނިޔޭގައި ތިބިއިރުވެސް އޭނައަކީ އުޅުމެއް ނެތް މީީހެކެވެ. ނަޢުފަލް ކުރާ ހުރިހާ ކަމެއް ސިއްރުކުރަމުން ގޯސް ކަންތަކަށް ފަސް އަޅާ ފޮރުވަމުން އައި ކަމުގެ ނަތީޖާއަކީ ނަޢުފަލްގެ ހިތުގައި މީހަކަށް ހަމްދަރުދީއެއް ކުލުނެއް އެހީވުމުގެ ރީތި އާދައެއް ނެތުމެވެ. އޭނަ ބުނާ ކޮންމެ ކަމެއް ލޯބިވާތީ ވަކި ހައްދެއްނެތި ކޮއްދިނުމުގެ ސަބަބުން ނަޢުފަލްވަނީ މަގު އޮޅި ގެއްލިފައެވެ.

ސާރާ ސިއްސައިގެންދިޔައީ މީހަކު ދޮރުގައި ޓަކި ޖެހުމުންނެވެ. އަދި ކުރެހިފައިވާ އަޑަކުން ކާކުހޭ އަހާލެވުނެވެ. މީ މަންމައޭ ބުނުމާއެކު ސާރާ އިންތަނުން ތެދުވެ މޫނުމަތި ފުހެލިއެވެ. އަދި ހަމަޖެހިލަމުން ދޮރު ހުޅުވާލިއެވެ. ހިނިތުންވެފައިވާ މަންމަގެ މޫނު ފެނުމާއެކު ސާރާގެ ލޯ ފެންކަޅިވިއެވެ. އެހެންކަމުން ނޫން ކަމަށް ހަދާފައި ގޮސް މެދުގޭތެރޭގައި ހަދާފައިވާ އުނދޯލިގައި އިށީންދެލިއެވެ. އާފިޔާވެސް އައިސް އުނދޯލީގައި އިށީނންދެލިއެވެ.

“މަންމަ ކައިރީ އަރާމްކޮއްލަން އޮންނާށޭ ބުނީމަ ކޮންތާކަށް ގޮއްސަ ތިއައީ, ގެއަށް އައިއިރު މަންމަ ނެތީމަ ކިރިޔާ ބިރުން ހަލާކުނުވީ”, ސާރާ ވަރަށް ދެރަވެލާފައި ބުންޏެވެ. އެހެންވެގެންތަ ދަރިފުޅު ރޮއެފަ ތިހިރީ, ތި މޫނުމަތި ފެނުނީމަވެސް، މަންމައަށް ހީވިޔޭ އޭރުވެސް, އެހެންވެގެން މަންމަ މިއައީވެސް ދަރިފުޅު ކަންބޮޑުވެދާނެތީ އަވަހަށް”, މިހެން ބުނެ ސާރާގެ ބޮލުގައި ފިރުމާލިއެވެ. ސާރާ ހަގީގަތް ފޮރުވަމުން މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ.

“އަދި މަަންމަ ހަނދާން ނެތިފަ މިހުރީ, މާދަން އެބަޖެހޭ ހައްވަތަ މެންގެއަށް ދާން, ކޮންމެސް ބަޔަކު އަންނަނިއްޔޯ, އެހެންވެ އެމީހުންނަށް ކެއުން ތައްޔާރުކޮއްދެން, ދަރިފުޅަށް އެނގޭނެ ހައްވައްތަ ފިޔަވައި ހިތުން ރުހުމުން އަނގައިން ބުނާ މީހަކު ނެތްކަން, އެހެންވީމަ ކޮއްދެންވާނެ, މަންމައާއި އެކު ދަރިފުޅު ދާންވާނެ, ދަރިފުޅު ހަދަމެއްނު ވަރަށް މީރުކޮއް ކުޅިމަސް އެ ހަދާ ދޭށޭ ބުނީވެސް, މަސްކޮޅެއް ލިބޭނެ ނަމަ ރަނގަޅޭ މިގޭގަވެސް ކުޅިމަސްކޮޅެއް ހަދަން ދޯ” އާފިޔާ ހިނިއައިސް ވާހަކަ ދައްކަންފެށުމުން ސާރާ, ސާރާގެ މަންމަގެ ކޮނޑުން ބޯ ހިއްލާލަމުން އޭނަގެ މަންމައަށް ބަލަހައްޓައިގެން އިނެވެ. ބައްޕަ ހުރި ނަމަ އަދި ކިހާ އުފާވާނެހޭ ސާރާ ހިތަށް އެރިއެވެ. އެހެންނަމަވެސް ބައްޕަ ނާންނާނެކަން އެނގެއެވެ. އެހެންކަމުން މަންމައަށް އުފާވެރި ދިރިއުޅުމެއް ހޯދާދިނުމަށް ހިތާ ހިތުން ވައުދުވިއެވެ.
.
ވިއްސާރައިގެ ކުލަވަރު އުޑުމަތިން ފެންނަން ހުއްޓެއް ކަމަކު ދުވަސް ނިމިގެންދިޔައީ ވާރޭ ނުވެހިއެވެ.

ފަތިހު ބަންގީގެ އަޑަށް ސާރާއަށް ހޭލެވުނެވެ. އެހެންކަމުން މަންމައަށް ގޮވުމަށްފަހު ގިފިއްޔަށް ވަދެ ވުޟޫ ކޮއްލިއެވެ. އަދި އާފިޔާ ވުޟޫ ކޮއްގެން އައުމުން ދެމައިން އެއްކޮއް ނަމާދުކޮއްލުމަށްފަހު އިރުކޮޅަކު ކިޔަވާލަން އިނެވެ. ސާރާ އިރުކޮޅަކު ކިޔަވާލަން އިނުމަށްފަހު ބަދިގެއަށް ވަދެ އެންމެފަހަށް އިން ފުއްކޮޅުގަ ރޮށިފިހެލިއެވެ. އަދި ކުޑަ ރިހާކުރުކޮޅެއް ކުޅިކޮއްލުމަށްފަހު ސައި ހަދާލިއެވެ. ދެން އިލޮށިފަތި ހިފައިގެން މަގުމަތި ކުނިކެހުމަށް މަގުމައްޗަށް ނިކުތެވެ. އޭރު އަދި ރަނގަޅަށް އަލި ނުވެއެވެ. މަގުމަތި ކުނިކެހުމަށްފަހު ގޭގެ ފުޅަފި ތެރެ ވެސް ކުނިކަހާލިއެވެ.

ކުނި ނަގަން އިންދާ މީހަކު އައިހެން ހީވެގެން ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ. “އަހަ، ހައްވައްތާ, ހާދަ ފަތިހަކާ” ސާރާ އިންތަނުން ތެދުވަމުން ބުނެލިއެވެ. “އާން، މިއަދު އަންނަން ކީ މީހުން ކުރިން ބުނި ގަޑިއަށް ވުރެން ކުރިން އަންނަ ވާހަކަ ބުނީމަ, އެހެންވެ މަންމަ ބަލާ މިއައީ, މަންމަ ބުނި ދާނަމޭ ފަތިހު, އެކަމް ނާންނާތީ ކޮބާތޯ ބަލާލަން މިއައީ” ހައްވައްތަ ކައިރީ އިން ޖޯލިފަތީގެ ޖޯއްޔެއްގައި ހަމަޖެހިލަމުން ބުނިލިއެވެ.
“އެބުނާހެން މަަންމަ ކޮބާބާ, ސާރާ ނިކުތްއިރު މަންމަ އިން ކިޔަވަން, މިއަންނަނީ އިނގޭ ބަލާލާފަ” މިހެން ބުނެ ސާރާ ގޭތެރެއަށް ވަދެގެން ދިޔައެވެ.

ސާރާ ވަތްއިރު އާފިޔާ އޮތީ އޮށޯވެގެންނެވެ. ދުވަހަކުވެސް މަންމަ ފަތިސް ނަމާދަށް ފަހު ނުނިދާ މީހަކު ކުއްލިއަކަށް އޮށޯވެގެން އޮތުމުން ސާރާ ކުޑަކޮއް ހާސްވިއެވެ. ތަފާތު ވަސްވާސްތަކާއެކު ގޮސް އާފިޔާގެ ކޮނޑުގައި މަޑުމަޑުން މަންމާ ކިޔައި ޖަހާލިއެވެ. އޭރުވެސް ސާރާގެ ހިތްތެޅެމުންދެއެވެ.

އާފިޔާ ސިއްސައިގެން ގޮސް ތެދުވިއެވެ. ސާރާއަށް އަލްހަމްދުލިއްލާހި ބުނެވުނީ އާފިޔާއަށް އޭނަ ހިތުގަ އޮތް ކަންތައް ނުވުމުންނެވެ.
“މަންމަ ހޯދަން ހައްވައްތަ އެބައިން އައިސް” އެހެން ބުނުމާއެކު މިދަނީ އޭ ކިޔައި ގޯތި ތެރެއަށް ނިކުތެވެ.

“ހައްވަދޯ، އަހަރެންނަށް ނިދުނީ ބޮލުގައި ރިއްސާތީ އޮއްވަ, އަވަހަށް ހިނގާދާން, މިހާރުވެސް މާ ލަސްވެއްޖެ, އެހެން ބުނެ އާފިޔާ ނިކުމެގެން ދަނިކޮއް ހުއްޓުނީ ސާާރާގެ އަޑުންނެވެ.
” މަންމަ މަޑުކުރޭ ގޭގައި, އަހަރެންދާނީ, މަންމަ ބޮލުގައި ރިއްސާއިރު ގޮއްސިގެން ކިހިނެއް މަސައްކަތް ކުރެވޭނީ, މަންމަދޭ އަރާމްކޮއްލަން” ސާރާ އެމީހުންނާ އަރާ ހަމަވަމުން ބުނެލިއެވެ. “އެކަމަކު”އާފިޔާގެ ބަސް ސާރާ ހުއްޓުވިއެވެ. “ކޮން އެކަމަކު ކިޔާކަށް، ހައްވައްތަޔާ އެކު ސާރާ ދާނީ, އެނގޭ މަންމައަށް އުނދަގޫ ވާނެ ކަން ކަމެއް ނުކޮއް ހުންނަން. އެކަމް މަންމަ ބަލިއްޔަކާ ނުވާނެއެއްނު, މާދަން ދާނީ، ސައިބޮއެގެން ބޭސް ކައިގެން އަރާމްކޮއްލާ މަންމާ” ސާރާ މިހެންބުނެ އާފިޔާގެ ކޮނޑުގައި އަތް އަޅުވާލިއެވެ.

“ތެދެއް އާފިޔާ, އެ މަންޖެ އެހާވަރަށް ބުނީމަ މަޑުކުރޭ, ރަނގަޅުވީމާ އަންނާނީ” ހައްވަވެސް ސާރާއަށް ބާރުލިބޭ ގޮތަށް ބުނެލިއެވެ.
“ކޮބާ, ހައްވައްތަވެސް އެ ބުނީނު, ހިނގާ މަންމަ ސައިބޯން, ބޭސް ދީފަ އަހަރެން ދާނީ”މިހެން ބުނެ ސާރާ އާފިޔާގެ އަތުގައި ހިފިއެވެ. “ސާބަސް ދަރިފުޅާ, މަންމަ އެކަނި ސައި ނުބޮވޭހާ ބައްޔެއް ނޫނޭ, ދަރިފުޅުދޭ, ބަސްއަހައިގެން އުޅޭތި” މިހެންބުނެ ހިނިތުންވެލިއެވެ. ސާރާ އިތުރަށް އެއްޗެކޭ ނުބުނެ ކުނިކޮޅު ނެގުމަށްފަހު ހައްވައާއި އެކުދިޔައެވެ.

ދިހަވަރަކަށް މީހުންނަށް ކުޅިމަސް ހެދުމަށް ސާރާ ހަަރަކާތްތެރި ވަމުންދެއެެވެ. ކައިރީގައި އެހީވުމަށް ހައްވަގެ އިތުރުން އަދި ދެތިން ކުއްޖަކު އުޅެއެވެެ. އެހިސާބުގައި ހިފާފައިވާ ކުޅި މަހުގެ މީރުވަހުން ބަނޑު ފުރުނުކަހަލައެވެެ. ރޮށިފިހެ ސައި ހަދާ ނިންމާލިއެވެ. އެމީހުން އަންނަން ހަމަޖެހިފައިވަނީ 9 ޖަހާއިރު ކަމުން ގަޑި ކުޑަތަން ވާތަން ފެނި ކުދިންގެ އަތްމަތި އަވަސްކޮއްލިއެވެ.

ރަށުގެ ފަޅު ތެރެއަށް ވަދެގެންއައި ލޯންޗު ޖެޓީ އާއި ކައިރިކޮއްލުމާއެކު އެންމެ ފުރަތަމަވެސް ކޮނޑުގައި ދަބަހެއް އަޅުވައިގެން ލޯންޗުން ފޭބި ޒުވާނާއަށް އެވަގުތު ބަނދަރުމަތީ ތިބި މީހުންގެ ނަޒަރު ހުއްޓެމުންދިޔައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ފެންނަ ފެނުމަށްވެސް މާލޭ މުއްސަނދި މީހެއްކަން އެނގެއެވެ. ހަމުގެ ކުލަ އަލި އެޒުވާނާ ގެ ލޮލުގައި އެންމެފަހުގެ ފެޝަންގެ އައިނެއް އަޅާލާފައިވާއިރު އަތުގައި ފެންވަރުގެ ގަޑިއެއް އަޅާފައިވެއެވެ. ގޮޅި ޖެހި ގަމީސް އަތުކުރި އޮޅާލާފައި އޮތުމުން ގަވާއިދުން ކަސްރަތު ކުރާކަން ފާހަގަވެއެވެ. ބޮލުގެ އިސްތަށިގަނޑު ފަންވެފައި ކަޅުކަން ގަދައެވެ. އަރާފައި ހުރި ބޫޓުން އޮފްއަރަމުންދެއެެވެ. އެޒުވާނާގެ މޫނުމަތީން ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. އެމޫނުމަތިން އިތުރު ތާޒާކަމެއް ގެނެސްދެނީ އެ ޒުވާނާގެ ރީތި ވަރަކަށް ހުރި ތުބުޅިއެވެ. ވަކި ހިސާބަކުން އެ ޒުވާނާ ހުއްޓުނީ އޭނަޔާ އެކު އައި އެހެން ކުއްޖެއް އޭނާގެ ނަމުން ގޮވާލުމުންނެވެ.

ނުނިމޭ..

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ރާސްތާ 21

Next

މިހިތުގެ ވިންދަކީ ތީއޭ ލޯބިވާ

Next
July 28, 2018

މިހިތުގެ ވިންދަކީ ތީއޭ ލޯބިވާ

Previews
July 27, 2018

ރާސްތާ 21

33 Comments!

  1. eekko says:
    July 28, 2018 at 1:31 pm

    Masha Allah v rythi…Whn nxt prt

  2. Sh@_n@ says:
    July 28, 2018 at 1:57 pm

    ❤❤❤❤❤thanx eekko… insha Allah 3 part mirey

  3. Sh@_n@ says:
    July 28, 2018 at 1:59 pm

    Here 2nd part. I hope hurihaa kudhin nah kamudhaane kamah. And next part ah inthizaaru kuraanekamah. Story kiyaafa hurihaa kudhin comment kohlahchey❤?❤??❤?

  4. Ziff says:
    July 28, 2018 at 2:41 pm

    Wow ..v reethi..waiting..

  5. Sh@_n@ says:
    July 28, 2018 at 2:56 pm

    Thanx ziff❤❤. Wait kuraathi ingey

  6. Hazoo says:
    July 28, 2018 at 2:58 pm

    Vvvvvvvv reethi whn is nxt part avaha up kodhechey higey ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. Naju says:
    July 28, 2018 at 3:13 pm

    Masha Allah v rythi mi story ??? when is next?.?

  8. Inkko says:
    July 28, 2018 at 3:18 pm

    Maasha Allah varah reethi…..ehn next part?

  9. Inkko says:
    July 28, 2018 at 3:19 pm

    When*

  10. Sh@_n@ says:
    July 28, 2018 at 3:30 pm

    Thanx hazoo❤❤❤❤❤

  11. Sh@_n@ says:
    July 28, 2018 at 3:32 pm

    Naju and inkko thanx a lot❤❤❤❤❤. Mirey next part kiyaalan libey varu kohlaanan. Insha allah

  12. shaaa says:
    July 28, 2018 at 3:41 pm

    Hey dear kon dhuvas thakehga vaahaka up kurany. N vaahaka nimendhen genesdehchey. Varah reethi

  13. Sh@_n@ says:
    July 28, 2018 at 3:52 pm

    Thanx dear. Sunday Tuesday thursday saturdayga insha Allah story genesdheynan. Ee story yageenun vess up kuraane dhuvasthah. Dhen insha Allah story nimendhen up kohdheynan. Thidhey supportah hurihaa kudhin nah vess shukurihyaa❤?❤❤??

  14. Aaan says:
    July 28, 2018 at 6:38 pm

    Wow nice story e keep it

  15. Sh@_n@ says:
    July 28, 2018 at 7:03 pm

    Thanx aaaan

  16. Baby girl ❤ says:
    July 28, 2018 at 7:12 pm

    Masha allah … vrh vrh reethi ..?? when next part

  17. Twinkle? says:
    July 28, 2018 at 7:43 pm

    Stry vv salhi… masha allah… ekm hurun beynun kuran jehey thanakh inun beynun kurevifa ebain… so dhn liyaa faharakun ekahala kankamah visnaalahche… keep it up dear

  18. Sh@_n@ says:
    July 28, 2018 at 8:31 pm

    Thank you baby girl❤❤❤❤

  19. Sh@_n@ says:
    July 28, 2018 at 8:33 pm

    Thank you twinkle. And thi faahaga kohlaa kan kan ufalaa eky balaigan gan. Thanks a lot❤??

  20. Suty? says:
    July 28, 2018 at 8:41 pm

    Varah salhi vhk…when next part?

  21. Awa says:
    July 28, 2018 at 8:41 pm

    Next epi ge inthizaaruga… kiyahiyy vefa huri varun kanneynge kuruhen vx heevanee???

  22. Mixuhan says:
    July 28, 2018 at 8:51 pm

    Avahah upkhladheeba..kiyaahithun keii madhu vefa miothy …varah varah salhi mi vaahaka …intesreting story❤?
    Waiting….

  23. Sh@_n@ says:
    July 28, 2018 at 10:24 pm

    Thanx suty❤❤❤❤❤❤❤❤❤❤

  24. Sh@_n@ says:
    July 28, 2018 at 10:28 pm

    Heheheh. Awa ah hama heevany dhw kurey. Next part dhigukohlaanan ingey

  25. Sh@_n@ says:
    July 28, 2018 at 10:30 pm

    Thanx mixuhan. Wait kurahchey next part ah??❤

  26. Mishkaa says:
    July 28, 2018 at 11:51 pm

    Varah reethi ekam thankolheh kuru den next part digukolachey?

  27. Sima says:
    July 29, 2018 at 6:42 am

    Wohhhhhh. Varah reethi. Next part kiyaahithun hurevenykee noon?????

  28. naash says:
    July 29, 2018 at 9:01 am

    vvvvvvv nice…. can’t wait 4 nxt part…….

  29. Sh@_n@ says:
    July 29, 2018 at 10:28 am

    Thanx mishkaa. Next part dhigukohlaanan ingey❤❤❤❤

  30. Sh@_n@ says:
    July 29, 2018 at 10:29 am

    Thanx sima and naash❤❤❤❤v haavess avahah up kuraanan

  31. sadhaa says:
    July 29, 2018 at 12:08 pm

    V rythi vrhaka eh
    when next part?

  32. Sh@_n@ says:
    July 29, 2018 at 12:54 pm

    Thanx sadhaa❤❤❤ insha allah mirey ingey.

  33. Sheen says:
    July 29, 2018 at 11:12 pm

    Pro pik change nukurajjey.
    Ginafahara storyge name avvure kurin belenee pik. Dhen read kuranee

Comments are closed.


All Right Reserved!