Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ބިރުވެރި ލޯބީގެ ވާހަކަ : މަރްޙަބާ +18 (3ވަނަ ބައި)

Salaa Level 210 Stories100 Comments
January 25, 2014 6 Mins Read
13 Comments

ސިހިފައި އަހަންނަށް ހޭލެވުނެވެ. އޭރު އަހަންނަށް މާނޭވާ ލެވެއެވެ. ކައިރީގައި ނިދާފައި އޮތް ވިކާޝް ފެނުމުން ހިތްހަމަޖެހުން ލިބުނެވެ. އަހަރެން ގަޑިބަލާލީމެވެ. ގަޑި ފެނުމާއި އެކު ހިތުގައި ބިރުވެރިކަން އުފެދުނެވެ. 2:30 ވީއެވެ. އަހަރެން އޮތީ އަޑެއް އިވޭތޯއެވެ. ނިދަންވެސް ނުކެރިފައެވެ، އެހެން ނުނިދި ތެޅިތެޅި އޮވެ އަހަރެންނަށް ނިދި ޖެހެން ފެށި އިރު ހަތަރެއްވެސް ޖަހާފާނެއެވެ،

************************

ގޯތިތެރޭގައި އެލުވާފައިވާ އުދޯލީގައި އަހަރެން އޮތީމެވެ. ހެއްލާލަ ހެއްލާލައެވެ. ގެ ހުރި މަގުމަތިން ވަރަށް މަދުން ނޫނީ މީހަކުވެސް ހިނގާލާތަނެއް ނުފެނެއެވެ، ފޫހި ފިލުވާލާނެ އެކުވެރިޔަކުވެސް ނުހުރެއެވެ. އަވައްޓެރިޔަކުވެސް ނެތެވެ، ކައިރީގައި ގެއެއްވެސް ނެތެވެ، އަހަރެން އޮތީ ވިކާޝްގެ އިންތިޒާރުގައެވެ. އޭނާ ފިހާރައަށް ދިޔަފަހުން މިހާރު ވަރަށް އިރުވެސް ވެއްޖެއެވެ، އައިސްއަލަމާރިއަށް މަސް އަޅަންވެގެން އޭނާ މަސްގަންނަން ދިޔަތާ މިހާރު ގަޑިއެއްހާ އިރު ވެދާނެއެވެ، އަހަރެން ދެތިން ފަހަރު ގުޅާވެސް ލީމެވެ. އެހެނަސް ފޯނަށް ޖަވާބެއް ނުދެއެވެ، ހެއްލާލަ ހެއްލާލަ އޮއްވާ އަހަންނަށް ހީވީ އަހަރެންގެ ފަހަތުގައި ބަޔަކު އުޅޭހެންނެވެ. ފަހަތް ބަލާލެވުނީ އެއްވެސް މީހަކު ނޫޅޭނެކަން އެނގި ހުރެއެވެ. އަހަރެންނަށް އެތާ އިންނާކަށެއް ނުކެރުނެވެ. މަޑުމަޑުން ތެދުވެ އެތަން މިތަން ބަލަމުން އަހަރެން ގެއަށް ދާން ހިނގައިގަތީމެވެ. ކުއްލިއަކަށް ހަނދާނަށް އައީ ރޭގެ ހުވަފެންމަތިންނެވެ، އަހަރެންނަށް ގެއަށް ވަންނަންވެސް ނުކެރުނެވެ.

” ޝަނޫ…” ފަހަތުން އިވުނީ ވިކާޝްގެ އަޑެވެ. އަހަރެން ފުންކޮށް ނޭވާއެއް ލީ ހަމަޖެހިލައިގެންނެވެ. އޭނާ ވަނީ ކާގެއަށެވެ، މަސްޕެކެޓްތައް ހިފައިގެން އޭނާ އައިސް އަލަމާރިއަށް އެޅިއެވެ.

” ހާދަ ލަސްވީ ؟ “

އަހަރެން ބުނެލީމެވެ. ފޫހި ރާގެއްގައެވެ. އަހަރެން ހުރީ ކާގެ ދޮރުމަތީގައެވެ. ފޫހިވެފައި ހުރެ މައްޗަށް ބަލާލި ވަގުތު ފެނުނީ ފަންކަލުގައި ހުރި ދަބަރު ތަކެވެ. އަހަރެން ވިކާޝްއަށް ބަލާލީމެވެ.

” މީ ހާދަ ހަޑި ފަންކަލެކޭ.. ހާދަ ދަބަރެއްވެސް އެބައޮތޭ..”

އަހަރެން އެހެން ބުނުމާއި އެކު ވިކާޝް ބުނެލިއެވެ،

” އެއީ ދަބަރެއް ނޫން..”

އޭނާ ސިހުނީ އެހެން ބުނެވުމުންނެވެ.

” އެއީ ދެން ؟ “

އަހަރެންނަށް އެހުނީ ޝައުޤުވެރިކަމާއި އެކުއެވެ.އޭނާ ހޭންފެށިއެވެ.

” ނޭނގެ،، ދެން އެހާ ދުވަސްވެފަ ހުރި އެއްޗެހި ނޭނގޭނެ އެއްނު ހުރީ ކޯއްޗެއް ކަމެއް..”

ތެދެކެވެ. އެގޭގައި މީހަކު ނޫޅޭތާ މިހާރު 8 އަހަރު ވަރުވެދާނެއެވެ. އަހަރެން އެކަމަކާ އަޅައެއް ނުލަމެވެ،

” އަހަންނަށް ކަމެއް ކޮއްދެންޏާ ވަރަށް އަވަހަށް ކޮޓަރީގަ ފާޚާނާ ގެއެއް ރާނައިދީ.. “

އަހަރެން އެދޭ ގޮތް ހާމަކޮއްދިނީމެވެ. އޭނާ ބޯޖަހާލަމުން ކާގެއިން ނުކުތެވެ،

” އާނ.. މިހާރު ހަމަ ދެން އެއްކޮށްހެން އެއްވެފައި ހުރި ރުފިޔާތައް މި ހުސްވީ.. އެބަ ވިސްނަން ވަޒީފާއަކަށް ދާން..”

ކުއްލިއަކަށް އެފަދަ ވާހަކައެއް ދެއްކުމުން އަހަރެން ދެރަވާގޮތްވިއެވެ.

” ރޭގަ އަހަރެން އިނީމެއްނުދޯ  ވަރަށް ދިގު ކޯލްއެއްގަ.. އެއީ އެމީހާ.. ޖޮބް އޯކޭ ކޮއްދޭނަމޯ ބުނީ..”

ވިކާޝް އަހަންނާ ދުރަށް ދާން އުޅޭތީ އަހަރެން ހިތުގައި ޖެހުނެވެ. އަހަރެން މާޔޫސްވީކަން އެނގުމުން އޭނާ އަހަރެންގެ އަތުގައި ހިފާލިއެވެ.

” ދެރަނުވައްޗޭ. ވަރަށް ކެތްތެރި ކުއްޖަކަށް ވާންޖެހޭނެ..އޭނަ ބުނީ މިރަށް ކައިރީގަ އެ އޮންނަ ފާނަކޮށި ބަލަން ދާން.. ހެނދުނު ގޮއްސަ ހަވީރުންނޯ އަންނަންޖެހޭނީ.. މަހަކު 8000ރުފިޔާ ދޭނަމޯ ބުނި  އޯކޭތަ ؟ “

އަހަރެން ވިސްނާލީމެވެ. އޯކޭ ނުވެ ކުރާނީ ކީއްހެއްޔެވެ؟ ކޮންމެވެސް މަސައްކަތެއް ކޮއްގެން ނޫނީ ފައިސާއެއްވެސް ނުލިބޭނެއެވެ. އަހަރެން ބޯޖަހާލީމެވެ. ދުވާލުގަޑީގައި އެކަނި އުޅެވުނަސް ރޭގަނޑު އަހަރެން އެކަނި އުޅޭކަށް ބޭނުމެއްނޫނެވެ.އަހަރެންގެ އަންޑަސްޓޭންޑިންގ ކަމުން ވިކާޝް އަބަދުވެސް އަހަންނަށް ތަޢުރީފް ކުރާނެއެވެ.

އިރު އޮއްސުމުގެ ކުރިން އަހަރެން ފެންވަރަން ބޭނުމެވެ. ރޭގަނޑު ފެންވަރަން ބޭނުން ނުވާތީއެވެ. ވިކާޝް އޮތީ ކޮޓަރީގައެވެ. އަހަރެން ގިފިއްޔަށްވަނީމެވެ. ގައިން ފޭރާން ވަކިކޮއްލީ އެއްވެސް ޖެހިލުމެއް ނެތިއެވެ. އަހަރެން ވަޅުދަށަށް ފޭބިތަނުން ގައިގައި މީހަކު ބީހޭހެން ހީވިއެވެ، އަހަރެން ވަށައިގެން ފަރާތް ފަރާތް ބަލަން ފެށީމެވެ. އެހެނަސް އަހަންނަށް ބޭ އިޚްތިޔާރުގައި ދެލޯމަރާލެވުނީ ކޮންމެވެސް އަތެއްގެ ފިރުމުންތަކުން އަހަރެންގެ ހަށިގަނޑަށް އަރާމު ލިބެން ފެށުމުންނެވެ. އަހަންނަށް މާނޭވާ ލެވެން ފެށިއެވެ. މަޑުމަޑުން ވަޅުކައިރީ ތަޅުމުގައި އިށީނދެވުނެވެ. ވަޅުގައި ލައްވެވުނެވެ. ދެފައި ދަމާލައިގެން އަހަރެން އިނީމެވެ. އަހަރެންގެ ފައިން ފެށިގެން އެ ބީހުމުގެ އިހުސާސް ކުރެވެން ފެށިއެވެ، ބަނޑުން މައްޗަށް އަރަން ފެށުމުން އަހަންނަށް ކެތްކޮއްލަން އުނދަގޫވިއެވެ. އެ ހީރުމާއި ހޫނުކަމުގެ އަސަރު އަހަރެންގެ މުޅި ހަށިގަނޑުގައި ފެތުރިގަތެވެ، އަހަންނަށް ނީނދެވިގެން އޮށޯތީމެވެ. ދެލޯ މެރިފައިވަނީ ލިބެމުންދާ އަރާމެއްގެ ބޮޑުކަމުންނެވެ. ތަޅުންގަނޑުމަތީ ވެލިތަކާއި އެކު އަހަރެން އެފުށް މިފުށަށް ޖެހެމުންދިޔައިރު ގަޔަށް އެއްވެސް އަނިޔާއެއް ލިބޭހެނެއް ހިއެއް ނުވެއެވެ، ތަންތަން މެށޭހެނެއް ހިއެއް ނުވެއެވެ. އަހަރެންނަށް ދެލޯ ހުޅުވާލެވުނީ ވަރަށް ބާރަށް ދޮރުގައި ޖަހާލުމުންނެވެ. ވިކާޝް ގޮވާ އަޑު އިވެއެވެ. އަހަރެންނަށް ހޭވެރިކަން ވިއެވެ. އޮވެވުނީ ތަޅުމުގައި ކަމުން އަހަރެން ތެދުވަން މަސައްކަތްކުރީމެވެ. ވީ ހުރިހާ ގޮތެއް އަހަރެން ހަނދާން އެބަހުއްޓެވެ.

” އޯއި.. އަދި ނުނިމޭ.. “

އަހަރެން ވަރަށް އުދަގުލުން ބުނީމެވެ. އޭރު ގައިގެ އެތަން މިތަނުން ކޮންމެވެސް ވަރަކަށް ދިލަވެސް ނަގައެވެ. އަހަރެން ގައިން ވެލިތައް ފޮޅާލުމަށްފަހު ހަމަޖެހިލީމެބެ. ބޭރުން ވިކާޝްގެ އަޑެއް ނީވެއެވެ. އޭނާ ދިޔައީ ކަންނޭނގެއެވެ. އަހަރެން ފެންވަރަން ހުރި އިރުވެސް ވިސްނެނީއެވެ. އަހަންނަށް ވީ ގޮތް ބުނެދޭންވެސް ނޭނގެއެވެ، ވެދާނެއެވެ. މާބޮޑަށް އެދުންވެރިވެވުނީއެވެ. އަހަރެން ނިންމައިގެން ހުރީ ކޮޓަރިއަށް ގޮސް ވިކާޝް ހައްޔަރު ކޮއްލުމަށެވެ.

ކޮޓަރިއަށް ވަތްއިރު ވިކާޝް އޮތެވެ. އަހަރެން ދިޔައިރުވެސް އޮތްތާއެވެ. ގޭމް ކުޅޭށެވެ،

” ހާދަ ލަސްވީ؟ ބަލާލަން ދާން އުޅެނިކޮށް ތި އައީ ؟ “

އޭނާގެ ޖުމުލައިން އަހަރެން ދެލޯ ބޮޑުވިއެވެ.

” ފެންވަރަން ހުއްޓާ ވިކާޝް ގޮވީމެއްނު…. އަހަރެން އަދި ނުނިމެޔޭ ބުނީމަ ވިކާޝް ދިޔައީ..”

އަހަރެން ބޮލުގަ އޮޅާފައިވާ ތުވާލި ނައްޓާލީމެވެ. ވިކާޝް ސިހިފައި ބުނެލިއެވެ،

” ނޫން.. މަ؟ މަ މިއޮތީ ޝަނޫ ދިޔައިރު އޮތްތާ؟ ނުވެސް ތެދުވަން.. އަސްލުގަވެސް..”

ވިކާޝް ކަންބޮޑުވީ ދެނެވެ. އެގޮތަށް އެތައް ކަމެއް މިހާރު ފެންނަން ފަށައިފިއެވެ، އަހަރެން މާ ހާސްވިއެވެ. އެނދުގައި އިށީނުމަށްފަހު ހާސްވެފައިވާ ވިކާޝްގެ މޫނަށް ބަލާލީމެވެ. ނުތަނަވަސްވެ ހުރެއެވެ. އޭނާ ކަމަކަށް ގޮސް ގެއްލިފައި އިނުމުން އަހަރެން އިތުރަށް ބިރުގަތެވެ

” އަހަރެން ދޮގެއް ނަހަދަން..ހަމަ ތެދަށޭ މިބުނީ… ވިކް ގޮވީމަ އަހަރެން އަވަސް އަވަސްކޮއްލީ.. “

އަހަރެންނަށް ގިފިލި ތެރޭގައި ވީ ކަންތަކުގެ ވާހަކަ ބުނަން ހިތަށް އެރިއެވެ. އެހެނަސް ވިކާޝް ދިމާކޮއްފާނެތީ އަހަރެން ނުބުނީއެވެ.

” ކޮބާ.. ތިހުރީ ބިރުގަންނަ ވަރު.. ރޭގަނޑެއް ދުވާލެއް ނެތް،، ކީކޭ ދެން ބުނާނީ..”

އޭނާ އަހަރެން ބިރުގަންނަވާލީއެވެ. އަހަރެންގެ އަތުގައި އޮތް ފުނަލުން ވިކާޝްގެ ގައިގައި ޖަހާލީމެވެ. ލޯބިންނެވެ. އަހަރެން ތެދުވެ ފުނާއަޅަންފެށީމެވެ. ހަޤީޤަތުގައި ވިކާޝް އެއް ނުދެއެވެ. އޭނާ ދެވަނަ ފަހަރަށް ދޮހުގެދީ އަހަރެން ބިރުގަތްފާނެތީއެވެ. މިހާރު އެ ހުރިހާ ކަމެއް ވިކާޝްގެ ބޮލުގަ ރިހުމަކަށް ވެއްޖެއެވެ. އެހެނަސް އަދިވެސް އޭނާ ކެތްކުރެއެވެ. ވެގެން އުޅެނީ ކިހިނެތްކަމެއް ޚުދު ވިކާޝްއަށްވެސް ނޭނގޭ ކަހަލައެވެ،

ޖެހިގެން އައި ދުވަހު ހެނދުނު ސައިބުއިގޮތަށް ފާނަ ކޮއްޓަށް ދިޔުމަށް ވިކާޝް ނުކުތެވެ،

” ދޫނި ބަލައިގެން އުޅޭތި އިނގޭ.. ގެއިން ބޭރަށް ނުދައްޗޭ،، 5 ޖަހާ ކަން ހާއިރުގަ އަންނާނަން.. “

އަހަރެންގެ ކޮލަށް އުންމައެއް ދިނުމަށްފަހު ލޯތްބާއި އެކު ވިކާޝް ބުނެލިއެވެ، ވިކާޝް ލޯމަތިން ގެއްލެން ދެން އަހަރެން ބަލަން ހުރީމެވެ. އަހަރެން ކޮޓަރިއަށްވަދެ އެނދުގައި އޮށޯތީމެވެ. އަހަރެން އޮތީ ބަންޑުންނެވެ. ނިދާލާހިތުންނެވެ. އެތައް އިރެއް ވީ އިރުވެސް ނިދޭ ގޮތެއް ނުވިއެވެ.އަހަރެންގެ ބުރަކަށީގައި މީހަކު ފިރުމާލިހެން ހީވުމުން އަހަރެންނަށް ސިހިފައި އެނބުރެވުނެވެ. މަޑުމަޑުން އަހަރެންގެ ދެފައި ދުރުވާންފެށިއެވެ. އަހަރެން ބިރުގަތެވެ، ދެން އަހަންނަށް އިހުސާސްވަމުން ދިޔައީ ފޮނި ފޮނި އަރާމެކެވެ. ބުނެދޭން ނޭނގޭ ޖަޒްބާތުތަކެއް ހިތުގައި އުފެދެން ފެށިއެވެ. އަހަރެންނަށް ތެޅިއެއް ނުގަނެވުނެވެ. ތެޅިގަންނަން ބޭނުންވެސް ނުވިއެވެ. ނޭނގުމެއްގައި ލައިގެން ހުރި ހެދުންވެސް ބޭލުނެވެ. އަހަރެންގެ އިހްތިޔާރަކާއި ނުލައެވެ. އަހަރެންނަށް ހެވެއެވެ. ކަނދުރާގައި ތޮޅިލާތީއެވެ. އެހެން އެތައް އިރެއް ވަންދެން އަހަރެން އެކަނި މާ އެކަނި ތެޅި ތެޅި އޮތީމެވެ. ރަނގަޅަށް ދެލޯ ހުޅުވުނެވެ. އަވަސް އަވަހަށް ތެދުވެ އެނދާއި ދިމާއަށް ބަލަން ގަބުވެފައި އަހަރެން ހުރީމެވެ. އެނދުގައި ލޭ ހުރުމުން އަހަރެން ބިރުގަތެވެ. އަހަރެން އަމިއްލަ ނަފްސަށް އަނިޔާ ވާ ވަރުކަމެއް ނުކުރަމެވެ. އަހަރެންގެ އިހްތިޔާރުގައި އެއްވެސް ކަމެއް ނުކުރަމެވެ. އަހަންނަށް ތިރިވެވުނެވެ، އަހަރެންނަށް ކޮންމެވެސް ކަމެއް ވާކަން މިހާރު ޔަޤީން ކުރެވުނެވެ.އަހަރެންނަށް ވަމުން އަންނަ އުނދަގުލުގެ ވާހަކަ ވިކާޝް އަންނަހާ އަވަހަކަށް ބުނަން އަހަރެން ބޭނުމެވެ.

ލޯގަނޑު ކުރިމައްޗަށް އަހަރެން ހުއްޓުނީމެވެ. މޫނުމައްޗަށްވެސް ބަދަލުތަކެއް އައިސްފައިވާކަން އެނގެއެވެ. އަހަރެންގެ ރީތި ސިފައަށް ހުތުރު ކަމެއް އަންނަހެން އަހަންނަށް ހީވެއެވެ. ގަޑިން މެންދުރުން އަނބުރާ 3 ޖެހުމުން ބަދިގެއަށް އަހަރެން ދިޔައީމެވެ. ވިކާޝް އަންނަން ވާއިރަށް ކައްކާށެވެ. ފައި އަޅާ ކޮންމެ ފަހަރަކު އަހަންނަށް ތަދުވެއެވެ. ހިނގާލަންވެސް އުނދަގޫހެން ހީވެއެވެ. މަޑުމަޑުން ހުރެ އެއްޗެހި ތައްޔާރު ކުރުމަށްފަހު އަހަރެން ރޮށި ފިހަން ފެށީމެވެ. ކުއްލިއަކަށް އަހަރެން ސިހުނީ ކަންފަތުގައި މީހަކު ދަތްއަޅާލުމުންނެވެ. އަހަންނަށް ދެފަރާތަށް ބޯ ހޫރަންފެށުނެވެ، އަހަރެންގެ ހެދުމުގެ ކަރުވަޅުން މީހަކު ހެދުމުގެ އެތެރެއަށް އަތްކޮއްޕާލިކަން އަހަންނަށް ޔަޤީނާޢި ގާތަށް އެނގެއެވެ. އަހަރެން މަސައްކަތް ހުއްޓައެއް ނުލަމެވެ. މީހަކު އަހަރެންނާއި މައްލަވަ ކުރާކަން އަހަންނަށް މިހާރު ކަށަވަރެވެ. ބިރުން އޭރު އަހަރެން ރޫރޫ އަޅައެވެ. އެ އަތް އަހަރެންގެ މޭމަތީގެ އެތަން މިތާ ހަރަކާތްތެރިވެއެވެ. އަދި އަހަރެން ލައިފައިވާ ޖީންސްގެ އެތެރެއަށް ކޮއްޕާލުމާއި އެކު އަހަރެން ތެޅިގަނެފައި ބަދިގެއިން ނުކުތީމެވެ، ކުއްލިއަކަށް އެ ހުރިހާ އިހުސާސްތައް ކެނޑުނެވެ. އަހަންނަށް ރޮވެން ފެށީ ބާރަށެވެ. އަހަރެން ބިރުގަންނަން ފެށިއެވެ. އެހިސާބަށް އަންނާނީ ކާކު ހެއްޔެވެ؟ އެ މަގުންވެސް ދުވާލެއްގެ މައްޗަށް ދެމީހުންވެސް ނުހިނގާނެއެވެ. އަހަރެން މަގުމަޢްޗަށް ނުކުތީމެވެ. އަހަރެންގެ ނަސީބެވެ. މަގު މެދުން ބާރު ހިނގުމެއްގައި ވިކާޝް އާދެއެވެ. އޭނާ އެހާ އަވަހަށް އަންނާނެ ކަމަކަށް އަހަރެން ހިއެއްވެސް ނުކުރަމެވެ. އަހަރެން ދުއްވައިގަތީމެވެ. ވިކާޝް އާއި އަރާ ހަމަވުމާޢި އެކު އޭނާގެ ގަޔަށް ފުންމައި ގަތީމެވެ. އަދި ރޮމުން ރޮމުން އަހަރެން ތެޅެން ފެށީމެވެ،

” ކިހިނެތްވީ ލޯބި….”

އޭނާގެ މޫނުމަތީގައި ހާސްކަމެއް ނެތެވެ، އޭރު އަހަރެން ރޯމަހެއް ފެނުން ނެގުމުން ތެޅޭފަދައިން ތެޅެނީއެވެ.

” އެތާ.. ކޮންމެސް..”

އަހަނަނށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. އެގަޑިއަށް ވިކާޝް އައުން އެއީ އަހަރެންގެ ނަސީބޭ ހިތައް އެރިއެވެ،

” ޖާނޫ…. ހިނގާބަލަ ރޫމަށް.. އަހަންނަށް އެނގޭ އޭރުވެސް އަހަރެން ނެތިއްޔާ އެންމެ މިނެޓެއްވެސް ނުހުރެވޭނެކަން.”

އޭނާ އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެން ގިސްލަމުން ވިކާޝް އާއި އެކު ދިޔައީމެވެ، އަހަރެން އިށީނީ އެނދުގައެވެ. ވިކާޝް ހުރީ ކޮޅަށެވެ،

” ކިހިނެތްވިއްޔޭ ދޫނި،،،،”

އޭނާ ލޯތްބާއި އެކު އެހިއެވެ، އަހަރެން ދެއަތުން ބޮލުގައި އަތްޖައްސާލައިގެން ވީ ހުރިހާ ގޮތެއް ކިޔާދިނީމެވެ. ވިކާޝް އަހަންނަށް ފުރަގަސް ދިނެވެ،

” އަހަންނަށް އެނގޭ…. އެއީ ކޮންމެވެސް އެހެން ކަމެއް.. އަހަރެންނަށް ޖިންސީ ގޯނާ ކުރަނީ..”

އަހަރެން ގިސްލަމުން ބުނީމެވެ،

” ހުރިހާ ކަމެއްވެސް ކުރާނެ.. އަދި މަރާވެސް ލާނެ.. އިހަށް ކަލޭ ފިރިމީހާ ގާތު ބުނެބަލަ ސިއްރު ނުކޮށް ކިޔާދޭށޭ.. “

އަހަރެންނަށް އެނދުން ތެދުވެވުނީ އަންހެން އަޑެއް އިވުމުންނެވެ. ކުރިމަތީގައި ފުރަގަސްދީގެން ހުރި ވިކާޝް އަހަންނާއި ދިމާއަށް އެނބުރުނެވެ. އަހަރެންގެ ހެޔަށް ގޮތްވާ ހެން ހީވިއެވެ. އެއީ ވިކާޝް އެއް ނޫނެވެ. ކުރިން ރޭ ހުވަފެނުގައި ފެނުނު ބުޅަލުގެ މޫނުގެ ބަދަލުގައި ހުރި އަންހެންކުއްޖާގެ މޫނެވެ. އެކަމަކު ވިކާޝްގެ ހަށިގަނޑެވެ. އަންހެން ކުއްޖާގެ ބޮލެވެ. އަހަރެން ދެލޯ ބޮޑުކޮއްގެން ހުރި ގޮތަށް ވެއްޓުނީ ހަބަރު ހުސްވެގެންނެވެ.

ވިކާޝް ގެއަށް އައެވެ. މިގަޑީގައި އޭނާގެ އަންހެނުން އުޅޭނީ ކޮޓަރީގައި ކަން އެނގޭތީ އޭނާ ދިޔައީ ކޮޓަރިއާއި ދިމާއަށެވެ، ދޮރު ހުޅުވާލުމާއި އެކު އެނދު ކައިރއަށް ވެއްޓިފައި އޮތްތަން ފެނުމުން އޭނާ ސިހުނެވެ. މޫނުގައި ފެން ހާކާފައި ހޭ އެރުވުމާއި އެކު އަހަންނަށް ވިކާޝް ފެނުނެވެ.އަހަރެން ބިރުން ދުރަށް ޖެހެވުނެވެ،

” ތީ ވިކާޝް އެއް ނޫން ދޯ..”

އަހަރެންނަށް އަހާލެވުނެވެ. އޭނާ ލޯތްބާއި އެކު ވާހަކަ ދައްކަން އުޅުނު ނަމަވެސް އަހަންނަށް ހަޅޭއް ލަވައިގަނެވުނެވެ. އިތުރަށް ސުވާލެއްވެސް ނުކުރެވުނެވެ، އަހަރެންނަށް ހީވީ އަހަރެންގެ ދުލުގަ ކަސްތޮޅު އެޅިފައި އޮތްހެންނެވެ، ވިކާޝް ހާސްވިއެވެ. ކޮންމެވެސް ކަމެއް ގޯސްކޮއް އުޅޭހެން އޭނާއަށްވެސް ހީވާންފެށިއެވެ. އޭނާއަށް ޔަޤީން ނުވާތީ ވިސްނަން ބޭނުން ނުވަނީއެވެ،

” ދޫނި ވެގެން އުޅޭގޮތެއް ބުނެބަލަ!!.. ކިޔާދީބަލަ..”

ވިކާޝް އަހަރެންގެ ދެކޮނޑުގައި ހިފާ ތެޅުވިއެވެ. އަހަރެން އިތުރަށް ބިރުގަތެވެ. ވިކާޝްގެ މޫނު ދެންމެ ދެންމެ އެ ކުއްޖާއަށް ބަދަލު ވެދާނެޔޭ ހީވާންފެށުމުން އަހަރެން ގަދައަށް ދެލޯ މަރާލީމެވެ، އަދި އެ އާޢި އެކު ލޯ ހުޅުވާލުމަށްފަހު ބިރުވެރި އަޑަކުން ވާހަކަ ދައްކަން ފެށުނުކަން އަހަންނށް ނޭނގުނަސް ވިކާޝްއަށް އެނގޭނެއެވެ،

” އަނބިމީހާއަށް ވާ ވަރު ފެނިއްޖެ ދޯ.. އެތައް ދުވަހަކަށްފަހު އަހަރެމެންނަށް ކަލޭ މި އަތުވީ… ދެން އެހާ ފަސޭހައިންނެއް ނުވެއް ދެވޭނެ އިނގޭ… ކަލޭ ތީ އަނބިން އުފަލުގަ ގެންގުޅޭ މީހެއްނޫން.. ތަޅުވަ ތަޅުވާފަ މި އަންހެންކުއްޖާއަށް ހަދާނެ ގޮތެއް ނޭނގެ. އަހަރެމެން ދެމީހުން ވަރަށް އިންތިޒާރުކޮއްފިން ކަލެއަށް… ވިކާޝް،، ތީ އަނިޔާވެރިއެއްކަން ހަނދާންނެތުނީތަ މީހަކާ އިން އިރު؟ “

އަހަރެންގެ ދެ ކޮނޑުގައި ހިފައިގެން ހުރި ވިކާޝް ބާރު ބާރަށް އަހަރެންގެ ގައިން ދޫކޮއްލުމަށްފަހު ތެދުވިއެވެ. އޭނާ ދާހިއްލަން ފެށިއެވެ. ބިރުން ތުރުތުރުއަޅަންފެށިއެވެ. އޭރުވެސް އަހަރެން އޮތީ ކުޑަގޮތަކަށް ލޯ ހުޅުވައިގެންނެވެ. އަހަރެންގެ އެތަން މިތާ ރިއްސާހެން ހީވެއެވެ. ކުއްލިއަކަށް އަނެއްކާވެސް އަހަރެންނަށް ގޯނާ ކުރަންފެށިއެވެ. ހަތަރެސްފައި ދުރުވެ އަހަރެން ކަސްތޮޅު އެޅުވިއެވެ. ދުރުގައި ހުރި ވިކާޝްގެ ހިތް ފުނޑުފުނޑުވާހެން އަހަންނަށް ހީވިއެވެ. އަހަރެންނަށް ބެލެނީ ވިކާޝް އަށެވެ. އޭނާއަށް ކައިރި ނުވެވިގެން ތެޅެނީއެވެ. ކޮންމެވެސް މީހަކު އޭނާ ހިފަހައްޓައިގެން ހުންނަނީ ކަމުގައި އަހަންނަށް ހީވެއެވެ. އަހަރެން ލައިގެން އޮތް ހެދުން އިރައިގެން ދިޔައީ އޭގެ ޒާތުގައެވެ. އަހަރެންގެ ގައިގެ އެތަން މިތަން ރަތްވަމުން ދިޔައެވެ. އަހަރެންނަށް މިހާރު ތަދުވެއެވެ. އަނެއްކާވެސް ހަމަ އެ ތަދެވެ. ވާ ގޮތެއް ބުނެދޭކަށްވެސް ނޭނގެއެވެ. ދެފައި ކައިރިކުރަން މަސައްކަތްކުރި ނަމަވެސް އަހަންނަކަށް އެއްކަމެއްވެސް ނުވިއެވެ. ބާރުގަނޑު ކެނޑުމާޢި އެކު ތަޅުންމައްޗަށް ވިކާޝް ވެއްޓިގަތީ ބާރުބާރަށެވެ. އޭނާ ފިރުކިފައި އައިސް އަހަރެންނާއި ދާދި ގާތަށް އައެވެ. މަޑުމަޑުން ތެދުވެ އެނދުގެ މަގަތުގައި އިށީނުމަށްފަހު އަހަރެންގެ ހަށިގަނޑަށް ބަލާލިއެވެ. ރަތްވެ ނޫފައި ގަނެފައިވާ ތަންތަނުގައި އޭނާ އަތްޖައްސާލިއެވެ. އަހަންނަށް ތަދުވިއެވެމ

” އެއީ ކާކު ؟ “

އަހަރެންގެ ސުވާލުގެ ޖަވާބުގެ ބަދަލުގައި ވިކާޝް ރޯންފެށިއެވެ. ގޮތް ހުސްވެފައިވާ ފަދަ ގޮތަކަށެވެ،

 -ނުނިމޭ-

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

މަންމަގެ ޑައިރީ 12 ވަނަ ބައި (ގުޅުން ބަދަހިވުން)

Next

ބިރުވެރި ލޯބީގެ ވާހަކަ : މަރްޙަބާ +18 (4ވަނަ ބައި)

Next
January 26, 2014

ބިރުވެރި ލޯބީގެ ވާހަކަ : މަރްޙަބާ +18 (4ވަނަ ބައި)

Previews
January 25, 2014

މަންމަގެ ޑައިރީ 12 ވަނަ ބައި (ގުޅުން ބަދަހިވުން)

13 Comments!

  1. liusha says:
    January 25, 2014 at 5:27 pm

    Vrh reethi plx awahah anehbai genesdheeba kiyaa hithun hureweny ehwes noon

  2. Hu-c says:
    January 25, 2014 at 5:47 pm

    maa dhigu vyma kithanme ryhchas v foohivey kiyan…3 paragraf k vaaney wykaku…

  3. salaa says:
    January 25, 2014 at 7:31 pm

    gina kudhin shakuvaa kuraane kuruveema.. ehenve 7 pages liyefa upload mi kurany..

  4. jii says:
    January 25, 2014 at 9:07 pm

    hehe

  5. me says:
    January 25, 2014 at 11:09 pm

    ei dhogeh dhigeh noon, mivaru ves kuru. ekam ves dhn ok, ehaa gina dhuvas kohfa up kuraa iru mivaru kamaku nudhey, keehvetha eha las vany, vahakaiga v goiy handhan nethey haa ddhuvas kohfa thi up kurany, any ways vahaka v habeys, kiyaa hithun kiyaalevey, bt dhen avahah up kurahchey pls pls

  6. liusha says:
    January 25, 2014 at 11:22 pm

    Ebunaahen awaskohlahchey plxx

  7. Al.haa says:
    January 26, 2014 at 10:18 am

    vrh vrh reathi story
    avaha genesdhehjhey next part
    kuruviyas okie vaane avaha genesdhenikoh 🙂

  8. salaa says:
    January 26, 2014 at 12:35 pm

    Admin ah 4th part ves fonuvaafa vaane.. up kuraane dhen maa laheh nuvaane ingey frnds

  9. rifa says:
    January 26, 2014 at 4:36 pm

    V salhi n saxy avas kon anehbai beynun plx

  10. ANJAL says:
    January 27, 2014 at 12:44 pm

    Vaahaka v reethi…hama heevanee aslu hen ..v birun idhe vaahaka mikiyeneeves n vaaha ge dhigumin v v salhi..mi vaahaka liyaa kuhjjaa yah gud luck thihaa reethi vaahaka eh genesdheytheve ..

  11. Bibbidhooni says:
    January 29, 2014 at 7:30 pm

    Hu -c Haaadha Amilla e dhua bodey dho? Gina myhun Bynum vanee dhigu kh gennan.. Thanks Igey sala.. Vvv rythi vaahaka.. Continue the good work.. Hama kiyaa dhigu kh upload kh dheythi Igey.. Love u

  12. anee says:
    June 4, 2015 at 9:26 am

    reeti

  13. Mohamed says:
    March 22, 2020 at 2:46 am

    Salaa haadha moley ma sha Allah

Comments are closed.


All Right Reserved!