Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (29)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 18, 2017 9 Mins Read
82 Comments

 

އައިޒަން ކައިރި ހުރި ނައިނާއަށް ބަލައިލިއެވެ. އޭނާ އަމިއްލަ ނަފްސް އެތަކެއް ފަހަރު ކުށްވެރިކުރަމުންދިޔައެވެ. ނައިނާ އައިޒަންގެ އަތުން އޭނާގެ އަތް ދަމައިގަނެފައި ދާން އުޅުނެވެ. ނަމަވެސް އައިޒަން ނައިނާގެ އަތުގައި ހިފަހައްޓާ އޭނާއާއި ވީ ދިމާލަށް ދަމައިގަތެވެ. އަދި ބައްދާލިއެވެ. “މިހެން ބުނުމުގެ ހައްޤު ފަހަރެއްގައި އަހަރެންނަށް ނޯވެދާނެ އެކަމް އަހަރެންނަސް މާފުކުރޭ… އަހަރެންގެ ފިނޑިކަމަށްޓަކައި އަހަރެންނަށް މާފުކުރޭ… އަހަރެން ތި ލޯތްބަށްޓަކައި އިންތިޒާރު ނުކުރެވުނީތީ މާފުކުރޭ…” އައިޒަން އެހެން ބުންޏެވެ. އެވަގުތު، މިވީ އެއްއަހަރުތެރޭގައި އެދެލޮލުން ނުފޭބި ކަރުނަތަށް ނައިނާގެ ދެލޮލުން ފައިބާގަތެވެ. އޭނާ ބާރުބާރަށް ރޯންފެށިއިރު އެ އަޑުގައި އެކުލެވިފައިވާ ވޭނުން އައިޒަންގެ ހިތަށްވެސް އުނދަގޫކުރުވިއެވެ. އެތަކެއް ދުވަހު ހިފަހައްޓައިގެން ހުރި ކަރުނަތަށް ނައިނާ ބާލަމުންދިޔައިރު ދެފައިގެ ވާގި ހުސްވެ ތިރިވެވުނެވެ. އޭނާއާއި އެއްވަރަށް އައިޒަންވެސް އިށީނދެލޭ ނައިނާ އެ މޭތެރޭ ބޮނޑިކޮށްލައިގެން އިނދެ ކަރުނަތަށް ބާލަމުންދިޔައެވެ. ޝާމިރާ ނައިނާއާއި ދިމާލަށް ބުނި ކޮންމެ ބަހެއް އެހިތުގައި ބިންވަޅު ނެގިފައިވާކަހަލައެވެ. އަދިވެސް އެ ކަންފަތަށް އެ އަޑު އިވެމުންދާކަހަލައެވެ.

އެތަކެއް އިރަކު ނައިނާ އެ އިންގޮތަށް އިނދެފައި ކަރުނަތަށް ފޮހެލާފައި އައިޒަންގެ ގަޔާއި ދުރުވެލިއެވެ. އަދި ތެދުވެފައި އައިޒަންއަށް ފުރަގަސްދިނެވެ. އައިޒަން ހައިރާންވެފައި ކިހިނެއްވީތޯ ސުވާލުކުރިއެވެ. “އަހަރެން އަނބުރާ މާލެއައީ އަދި މިގެއަށް އައީ އައިޒަންގެ މަންމަ މަރާލަން.. މިއަދު މިގޮތަށް ކަންތަށް ނުވިނަމަ މާދަން އެއީ އައިޒަންގެ މަންމަގެ ފަހުދުވަސް..” ނައިނާ ޖެހިލުމެއްނެތި އެހެން ބުނުމުން އައިޒަން ކުރިއަށް ފިޔަވަޅެއްއަޅާލިއެވެ. “ތިހެން ނުބުނޭ ނޭނާ. އަހަރެން ހުރިހާ ހިނދަކު ނޭނާ ގޯސްމަގަކުން ދިޔަކަ ނުދޭނަން… އެހެންވެ އަހަރެން ފުލުހުންނަށް ގުޅީ.. އަހަރެން ބޭނުމެއްނޫން އަހަރެން މަންމަ ފަދައިން ނައިނާ އެހެން މީހެއް މަރާލާކަށް..” އައިޒަން ނައިނާގެ ކޮނޑުގައި އަތްއަޅާލުމުން ނައިނާއެ އަތް ފޮޅާލިއެވެ.

“އައިޒަން ދުވަހަކުވެސް ނެތް ދެން ހުންނާކަށް އަހަރެން ބޭނުމެއްވެސް ނޫން… އަހަރެން އަހަރެންގެ ދަރިފުޅު ކައިރިއަށް އަންނާނަން އުޅޭނެތަނަކާއި ލާރި ހޯދާނެ ގޮތެއް ހަމަޖެހުނީމަ.. އެދުވަހަށް ވާއިރަށް އެއްވެސް ބުރަކަމެއް ހިތުގައި ނުބާއްވާ އެ ދަރިފުޅު ބަލައިދީ..” ނައިނާ އެހެން ބުނެ ފަސްއެނބުރި ބަލާލުމެއް ނެތި ބާރު ހިނގުމެއްގައި ހަރުގަނޑު ކައިރި ހުއްޓުނެވެ. އައިޒަން ކީއްކުރަންތޯ ސުވާލުކުރުމުންވެސް ނައިނާ ފައިބައިގެން ދިޔައީއެވެ. އައިޒަންއަށް އޭނާގެ ކުށް ރަނގަޅަށް އިހްސާސްވިއެވެ. ކަންތަށް ނިމިގެންދިޔައިރު މިއޮތީ އެތަށް ބައެއް ކައިރިން މާފަށް އެދެންވެފައެވެ. ގާތްއެކުވެރިން ކައިރިންނެވެ. ލޯބިވާ ކޮއްކޮ ކައިރިންނެވެ. އެވަރު ނުވެގެން ދުރުގައި ތިބި ޒުހާމެންކައިރިން ވެސް މެއެވެ. އައިޒަން އިސްޖަހާލައިގެން ހުރެ ޓެރެހުން ފޭބިއެވެ.

……………..

އަނެއްދުވަހު އެރިއިރާއި އެކު މުޅި މާލެއާއި ރާއްޖެތެރޭއަށް ފެތުރިގެންދިޔައީ މައްޝޫރު ވިޔަފާރިވެރިއާ ޝާމިރާ ހައްޔަރުކުރެވުނު ވާހަކައެވެ. އެގޮތަށް ކަންވުމާއި އެކު ނައިނާ ޖެހުނީ ކޯޓުގެ އަމުރަށް ކޯޓަށް ހާޒިރުވާށެވެ. އެއީ އެރޭ އެކަމެއް ހިނގިއިރު ހިނގީ ނައިނާ ކުރިމަތީކަމަށް ޝާމިރާ އެއްބަސްވުމާއި ގުޅިގެންނެވެ. އެ ހަބަރު ޖިނާހްމެންނަށް އިވި އެކަން އޮޅުންފިލުވިއިރު އައިޒަން ނައިނާގެ ވާހަކަތަށްވެސް ކިޔައިދިނެވެ. އެތަށް ބައެއްގެ ސަމާލުކަން އައިޒަންމެންނަށް ހުއްޓިފައިވުމުން އޭނާވެސް އަދި އައިޝަމްވެސް ބޭރަށް ދަނީ އޮފީހަށް އެކަންޏެވެ. މީޑިޔާތަކުން އެގެއަށް ވަދެގެންވެސް އުޅުނެވެ. ނަމަވެސް އެއްވެސް ސުވާލެއްގެ ޖަވާބެއް ދޭން ބޭނުންނުވާކަމަށް ބުނެ އައިޒަން އެމީހުން ފޮނުވާލިއެވެ. ފުލުހުން އައިޒަންމެނަށްވެސް ވަނީ ކޯޓަށް އައުމަށް ބުނެފައެވެ.

އައިޒަން އައިޝަމް އާއި އިނާގެ ކިބައިން މާފަށް އެދުނެވެ. ނަމަވެސް އައިޝަމް ބުނީ އޭނާ އައިޒަން މާފުކުރާނީ ނައިނާ ކުރީމާކަމަށެވެ. މިކަހަލަ ދުވަހެއް ފެންނާނެކަމަށް އައިޝަމް އައީ އެތަކެއް ފަހަރު އައިޒަންއަށް ބުނެދެމުންނެވެ. ނަމަވެސް އައިޒަންގެ ދެލޮލުގައި ބަނދެވިފައިވާ ފޮތިގަނޑުގެ ސަބަބުން ދުވާލާ ރޭގަނޑު ވަކިނުވީއެވެ. ސިކުނޑިއާއި ކުޅެލިގޮތުން ތެދާއި ދޮގު ވަކިނުވީއެވެ.

…………..

ގާޒީގެ އަމުރަށް ކޭސް ފެށިގެންދިޔައިރު ނައިނާ އިށީނދެ އިނީ ލީޝާ ކައިރިއެވެ. ނައިނާ ރީތިގޮތަކަށް އައިޒަންއަށް ފެނުނީ ކިރިޔާއެވެ. ބުރުގާ އެޅީމާ ނައިނާ އިތުރަށް ރީތިކަމަށް ދައްކައޭ އައިޒަން ހިތާހިތުން ކިޔާލިއެވެ. އެހިތް ކުރިއެކޭ އެއްފަދައިން އަނެއްކާވެސް ތެޅެމުންދިޔައީ އެ ނައިނާއަށެވެ. އައިޝަމްވެސް އިނީ ނައިނާއަށް ބަލަހައްޓައިގެންނެވެ. ނަމަވެސް އެންމެ ފަހަރަކުވެސް ނައިނާ އައިޝަމްއާއި ހަތަރުކަޅި ހަމަނުކުރިއެވެ. ނައިނާ އެންމެންގެ ކުރިމައްޗަށް ގޮސް ވަކީލު ކުރަމުން ދިޔަ ސުވާލަށް ޖަވާބުދެމުންދިޔައެވެ. އެއަށްފަހު ގޮނޑިބައްރީގައި އިށީނދެ އިން ލަމްހާއަށް ބަލައިލިއެވެ. ލަމްހާގެ ކަރުނަވީ ދެލޮލުން ނައިނާއަށް ފެނުނީ އިންސާފަށް އެދޭވަރެވެ. މަންމަގެ ޤާތިލަށް ހައްޤު އަދަބު ހޯދަން ބޭނުންވާވަރެވެ. “އަޅުގަނޑުގެ ކުރިމަތީ މާރިޔާދައްތަ މަރާލާފައި…..” ނައިނާއަށް ބުނަން އުނދަގޫވުމުން އިސްޖަހާލިއެވެ. “މަރާލާފައި އިންސާނެއްހެންވެސް ހީނުވާހާވަރުކޮށްފައި ކަނޑަށް އެއްލާލީ.. އަޅުގަނޑު އެވަގުތު ހުރީ އަތްފައި ބަނދެފައި ދެމީހެއްގެ ބާރުގައި… ޝާމިރާ، މާރިޔާ ދައްތަ މަރާލިއިރު ކިޔަމުން ދިޔައީ ދެލޯ ހުޅުވައިގެން ހުރުމަށް….” ނައިނާ ފުރިހަމަކޮށްލިއެވެ. އެއަށްފަހު ދެންވެސް ލަމްހާއަށް ބަލައިލިއެވެ. ލަމްހާ ބޯޖަހާލިއިރު އެދެލޮލުން ފޭބި ކަރުނަތިކި ކޯތާފަތުންލާފައި ފައިބައިގެން ދިޔައެވެ.

ދަރިއަކަށް މަންމައެއްގެ މަރުގެ ވާހަކަ އަޑުއަހަން ވާނެ އުނދަގޫ ނައިނާއަށް އިހްސާސްވެއެވެ. އޭނާ ދުނިޔޭގައި މަންމައެއް ގޮތުގައި ދެކުނު ދެމީހުންވެސް މަރުވެގެން ދިޔައީ އޭނާގެ ކުރިމަތީގައެވެ. ނައިނާ ދައްކަމުން ދިޔަ ކޮންމެ ވާހަކައެއް އަޑުއަހަން އިން އައިޒަން އަށް ބަލާލެވެނީ ޝާމިރާއަށެވެ. އޭރު ޝާމިރާވެސް ހުރީ އައިޒަންއަށް ބަލާށެވެ. ކަރުނަވީ ދެލޮލުންނެވެ. އައިޒަން ދެކޮޅަށް ބޯ ހަރަކާތްކޮށްލާފައި އިސްޖަހާލި މަންޒަރު ފެނި ޝާމިރާގެ ހިތަށް ވަރަށް އަސަރުކުރިއެވެ.

ވަކީލު ދެން ފެށީ ސުހުދުގެ ވާހަކައެވެ. ސުހުދު ހިންގާ ވިޔަފާރީގެ ވާހަކައާއި ފުލުހުންގެ ޓީމް އޭނާ އެކި ގައުމުތަކުގައި އެ ޖަރީމާ ހިންގަމުންދާ ތަންތަން ބަލާ ފާސްކުރިކަމަށާއި އެތަކެއް އަންހެންކުދިންތަކެއް އެމީހުންގެ ބެލުމުގެ ދަށުގައިވާކަމެވެ. ނައިނާ ސުހުދުގެ ވާހަކަވެސް ކިޔައިދިނެވެ. އަދި އޭނާއަށް ބޮޑު އަގު ދީފައި ފޮނުވާލީ ޝާމިރާ ކަމަށާއި ކޮންމެ މަހަކު ޝާމިރާ ސުހުދުއަށް ލާރި ފޮނުވާވާހަކައެވެ.

…………..

ނިމިގެން ދިޔަ ކޯޓު ކޭހާއި އެކު ނައިނާގެ ތުންފަތްމަތިން ފެނިގެން ދިޔައީ ރީތި ހިނިތުންވުމެކެވެ. އޭނާއަށް މާރިޔާގެ އިންސާފު ހޯދައިދެވުމެއްކަމަކު އޭނާ ބޭނުންވީ އެ އަތުން ޝާމިރާ މަރާލާށެވެ. އެހެނީ ޝާމިރާ މަރާލައިގެންވެސް އެ ދިރިއުޅުމުން ބީވެގެންދާނެ އެއްޗެއް ނެތެވެ. އޮތްއެއްޗެއް ވިއްޔާ ނައިނާ އަތުން ޝާމިރާ ވަނީ ފޭރިގަނެފައެވެ. ކަޅުކުލައިގެ ޝޯލްއަކާއި ފިޔާތޮށިކުލައަކަށް ދާ ގަޔަށް ދޫ ގަމިހެއްގައި ހުރި ނައިނާއަށް އައިޒަން ބަލަމުންދިޔައެވެ. އަވިއެޅިފައިވުމުން އެމޫނުމަތި ކުރިއަށްވުރެ އުޖާލާވެފައިވާކަހަލައެވެ. ނައިނާ އޭރު ހުރީ ލީޝާ ކައިރީގައެވެ. ލަމްހާ އާއި އޭނާގެ ފިރިމީހާ އޭނާއާއި އަލްވަދާއު ކިޔާފައި ބައްދައިގަތީ ޝުކުރުއަދާކުރަމުންނެވެ.

ނައިނާ ހުއްޓިހުރިތަން ފެނި އައިޝަމް އެދިމާލަށް ހިނގައިގަތް މަންޒަރު އައިޒަންއަށް ފެނުމުން އެދިމާ ބަލަންހުއްޓެވެ. ނައިނާއަށް އައިޝަމް ފެނުމާއި އެކު ވަގުތުން މޫނުއަނބުރާލިއެވެ. “ނައިނާ ހާދަ ލޯބިއޭ ބުރުގާ އެޅީމަ…” އައިޝަމް އަށް މިފަހަރުވެސް ނައިނާގެ ނަމުން މުހާތަބު ކުރަންވީ އުނދަގުލަކަށެވެ. އޭނާއާއި ދިމާ ނައިނާ ނުބަލަން މަސައްކަތްކުރާކަން އައިޝަމްއަށް އިނގުމުން އެއީ ކީއްވެތޯ ސުވާލުކުރިއެވެ. “ޝާމް…! އަހަރެން އުޅުނީ ރަހުމެއްނެތި ޝާމްގެ މަންމަ މަރާލާ ޝާމް އާއި އެހެރަ އައިޒަން ޔަތީމްކޮށްލަން.. އަހަރެން ހިތުގައި މިހާރު ރަހުމަކާއި އެއްވެސް ކުލުނެއް ނެތް.. އަހަރެން ނަފުރަތު ކުރަން ޝާމިރާއަށް… އެހެންވީމަ އަހަރެން ކަހަލަ މީހަކާ އައިޝަމް ވާހަކަނުދައްކާ… ޝާމިރާއާއި ގުޅުން އޮންނަ ކޮންމެ މީހަކަށް އަހަރެންނަށް ކުރެވޭނީ ނަފުރަތު… ނުކުރަން އުޅުނަސް..” ނައިނާ އައިޝަމްއަށް ބަލަންހުރެފައި އެހެން ބުންޏެވެ. އަދި އަނެއްކާވެސް މޫނުއަނބުރާލިއެވެ.

“ނޫން.. އެހެން ނުބުނޭ…! ނައިނާ އަކީ އަހަރެންނަށް ނުލިބުނު ދައްތައެއްގެ ލޯބި ފުރިހަމަކޮށްދިން، ގާތްއެކުވެރިކަން އަދާކޮށްދިން އަހަރެންގެ ފަހަރި… އަހަރެންނަށް މިއަދު ނައިނާ ތިފެނުނީ ވަރަށް ދުވަސްފަހުން… އަނބުރާ އެ ނައިނާއެއް ނުލިބޭނެތަ؟” އައިޝަމް އެހެން އެހުމުން ނައިނާ އެއްމިޔަކަނިން ހީލިއެވެ. އެ ނައިނާ ވަނީ އެދުވަހު ޝާމިރާ އަމިއްލަ އަތުން ކަފުންކޮށް ވަޅުލާފައެވެ. މިހާރު މި އުފަންވެފައި ހުރި ނައިނާއަކީވެސް ޝާމިރާގެ ސަބަބުން އުފަންވި ނައިނާއެކެވެ. ނައިނާ އެއްޗެއް ނުބުނެ ލީޝާ ގެ އަތުގައި ހިފައިގެން ދާން ހިނގައިގަތީ އައިޝަމް ގޮވަ ގޮވާ ހުއްޓައެވެ. ނައިނާގެ މޫނަށް އަރާ ފައިބަމުން ދާ ކުލަތަށް ލީޝާއަށް ރީއްޗަށް ފެނުނެވެ. އެއާއި އެކު ކިހިނެއްވީތޯ ސުވާލުކުރިއެވެ.

“ކޮއްކޮއެއް އަތުން ބީވެގެންދާ އިހްސާސްމިކުރަނީ.. އަހަރެން ބޭނުމެއްނުވޭ އެއާއިލާ އާއި ގުޅުން ބާއްވާކަށް… އަހަރެން ކުރަން ބޭނުންނުވާ ނަފުރަތު އެމީހުންނަސް ކުރެވިދާނެ.. އުޅެވޭވަރު ވީމަ ދަރިފުޅު ލިބުނީމަ އަހަރެން އެމީހުން ކައިރިން ދުރަށްދާނަން.. ” ނައިނާ ބުންޏެވެ. ދިޔަ މަގުމަތީ އޭނާ މަސައްކަތްކުރަމުން ދިޔައީ ޒުހާއަށް ގުޅޭތޯއެވެ. އިއްޔެއިންސުރެ އޭނާ އެމަސައްކަތްކުރަމުން ދިޔަނަމަވެސް އެކަން ކާމިޔާބެއްނުވިއެވެ. ރިންގްވަމުން ދިޔަ ފޯނު އެކޮޅުން ނެގި އަޑާއި އެކު ނައިނާގެ ހިތްއަވަސްވިއެވެ. “ކިހާ ދެރަކަމެއް؟ ކާކުތީ؟” ޒުހާ ރުޅިއައިއްސާ އެހެން އެހުމުން ނައިނާއަށް ހެވުނެވެ. “މިހާރު އަހަރެން މަތިންވެސް ހަނދާންނުވޭތަ…؟” ނޭފަތް ދަމާލަމުން ނައިނާ އެހެން އެހިއިރު އެދެލޮލަށް ކަރުނަޖަމާވެއްޖެއެވެ. “އޯ މައި ގޯޑް!! ނައިނާ!! އަހަރެން ހިއެއްނުކުރަން ނައިނާ ކަމެއް.. އަހަރެންނަށް ނައިނާ އުޅޭކަން އެނގުނު ހަބަރުތަކުން…. އެކަމް އެވަރަކަށް ގުޅަނީ ނައިނާކަމެއް ހީވެސްނުކުރަން.. އަހަރެން އިންތިޒާރު ކުރި ކޯލްއެއް މީ.. ވަރަށް ހަނދާންވޭ ނައިނާ.. ރަނގަޅުތަ؟” ޒުހާ އެއްފައްޗަކަށް އަމުނާލުމުން ނައިނާ އަނގަމަތީ އަތް އަޅައިގެން ހުރެ ރޯންފެށިއެވެ.

އޭނާގެ ހާލެއް ރަނގަޅެއްނޫނެވެ. ހިތްކުދިކުދިވަނީއެވެ. ނަމަވެސް އެކަން ދައްކާނެ ހުރީ ކާކުހެއްޔެވެ؟ ލީޝާއަށް އެ މަންޒަރު ފެނުމާއި އެކު ނައިނާއާއި ގާތްވެލިއެވެ. ނަމަވެސް ނައިނާ ދުރަށް ދުއްވައިގަތުމުން ލީޝާ ގޮވާލިއެވެ. އެވަގުތު އެތަނަށް ހުއްޓުނު އައިޒަން ލީޝާ ކައިރި މަޑުކުރާށޭ ބުނެފައި ނައިނާ ފަހަތުން ދުއްވައިގަތެވެ. ނައިނާ ބޭނުންވީ އެކަނިވާށެވެ. ޒުހާ އަށް އޭނާގެ ހުރިހާ ޝަކުވާތަށް ބަންޑުންކޮށްލާށެވެ. މިވޭތުވެދިޔަ އެއް އަހަރު ކެތްތެރިކަމާއި އެކު ހޭދަކުރިގޮތުގެ ވާހަކަ ބުނެދޭށެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލައިފިކަން ބުނެދޭށެވެ. ލޯތްބަށްޓަކައި އެ ހިތް ރޯވަރު އަންގާށެވެ. ނައިނާ ގޮސް ހުއްޓުނީ ތަންކޮޅެއް މީހުން މަދުހިސާބެއްގައެވެ.

އޭރު އޭނާ އަށް ދިޔައީ ބާރުބާރަށް ގިސްލެވެމުންނެވެ. “ނާ ކިހިނެއްވީތަ ބުނެބަލަ..” ނައިނާ ރޯއަޑުއަހަން ކެތްނުވެގެން ޒުހާ އެސުވާލުކުރިއިރު އޭނާގެ އަޑުވެސް ކުރެހިގެންދިޔައެވެ. “އަހަރެން މަރުވަނީ ޒުހާ! އަހަރެން ބޭނުމެއްނޫން ރަށަކަށް ދާކަށް… އަހަރެން ބޭނުމެއް ނޫން މިތާ އުޅޭކަށް.. އަހަރެން ބޭނުމެއްނޫން ދުނިޔޭގައި އުޅޭކަށް….” ވާހަކަދެއްކުން ނައިނާއަށް ވީ އުނދަގުލަކަށެވެ. ނަމަވެސް މި އެއްޗެހިތަށް ނެރެގެން ނޫނީ އޭނާގެ ހިތަށް ހަމަޖެހުމެއްނެތެވެ. ނޭފަތުން ފެންފައިބަމުންދާއިރު ދެލޮލުންވެސް އަންނަމުންދިޔަ ކަރުނަތަކަށް ނިމުމެއްނެތެވެ. އެއަޑުގައިވަނީ ވޭނެކެވެ. އިރުއިރުކޮޅާ ގިސްލެވޭތީ ބައެއް ބަސްތަށް ޒުހާއަށް ސާފުވާގޮތެއްނުވިއެވެ.

އަނެއްކޮޅުގައި ހުރި ޒުހާ ވާހަކަދައްކަމުން ނަސޭހަތްތެރިވަމުން ދިޔައެވެ. ނައިނާ އިރުއިރުކޮޅާ އަތުން ނޭފަތް ފޮހެލައެވެ. ނުވަތަ ކަރުނަތަށް ފޮހެލައެވެ. ޒުހާ ވާހަކަދައްކާތީ އޭނާ އިނީ އަޑުއަހާށެވެ. ތަކުރާރުކޮށް ޒުހާ ބުނަމުންދިޔައީ އެހެން މީހަކު ނެތަސް ޒުހާ އެބަހުރިކަމުގައެވެ. ނަމަވެސް އެ ހިތަށްވާ އުނދަގޫ ޒުހާއަށް ލުއިކޮށްދެވޭހެއްޔެވެ؟ އެހިތް އެދެނީ އެންމެ ފަރާތަކަށެވެ. އެ ފަރާތަށް އެ ހިތް ދޭކަށެއް ނައިނާ މިހާރު ގަބޫލެއްނޫނެވެ. “އައި..އައިޒަން…” ނައިނާގެ އަނގައިން އައިޒަންގެ ނަން ނިކުތުމާއި އެކު ނައިނާގެ ފަހަތުގައި ނައިނާ ފަދައިން ހިތާމަކުރަމުންދާ އައިޒަން އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ނައިނާ އޭނާ ބުނަން ބޭނުންވާ އެއްޗެއް ފުރިހަމައެއް ނުކުރެވުނެވެ. ހިތް އެދެނީ އައިޒަންއަށެވެ. ސިކުނޑި ބޭނުންވަނީ އައިޒަން އާއި ދުރުގައި އުޅޭށެވެ. އައިޒަން އަކީ އޭނާގެ ލޯބީގައި ކޮޅުފައިން ޖެހި އިންސާނާއެވެ.

“އައިޒަން.. އެހެން ހެދި. އައިޒަން… ޒުހާ.. އައިޒަން….” ގިސްލަގިސްލާފައި ނައިނާ ވާހަކަފެށިނަމަވެސް ފުރިހަމައެއް ނުކުރެވުނެވެ. އެއަނގައިން އައިޒަންގެ ނަން ނިކުންނަ ކޮންމެ ފަހަރަކު އައިޒަންގެ ހިތަށް ތޫނު އެއްޗެއް ވަންނަ ކަހަލަ އިހްސާސެއްކުރެއެވެ. އެތަކެއް ދުވަހެއްގައި އެތަކެއް ފަހަރު އެއަނގައިން ނައިނާ ދޫނުކޮށްލާނަމޭ ދެރަނުކުރާނަމޭ ބުނާ ހަނދާންތަށް އާވެ އިސާހިތަކު އޭނާ މާޔޫސްކޮށްލައިފިއެވެ. އައިޒަން ދެކޮޅަށް ބޯ ހަރަކާތްކުރަމުން ފަހަތަށް ޖެހެމުން ދިޔައިރު އޭނަ އެކޭ ހަތަރު އުދަރެސް ފެނުޖެހިފައި ހުރި މީހެކޭ ތަފާތެއްނެތެވެ. ލޯބިވާ ނައިނާގެ ހާލަތަށްޓަކައި ކުށްވެރި ކުރެވެނީ އަމިއްލަ ނަފްސެވެ. އެންމެ ފަހަރަކުވެސް އެ ޝާމިރާގެ ނުބައި ރޭވުންތަށް އިނގުނުނަމައެވެ. އައިޝަމްމެން ދައްކާ ވާހަކަ ގަބޫލުކުރެވުނުނަމައެވެ. ނަމަވެސް ލޯބިވާ ފަރާތެއް ސިކުނޑިއާއި ހިތާކުޅެލާލެއްވެސް މޮޅީއެވެ. ލޯބީގައި އެތަކެއް ބަޔަކަށް ދޯކާ ލިބޭވާހަކަ އައިޒަން ވަނީ އަޑުއަހާފައެވެ. އޭނާއަށް ދޯކާ މިލިބުނީ ބަނޑުއަޅާ ވިހޭ މައިމީހާ ފަރާތުންނެވެ.

އޭނާގެ ޒަމީރު އޭނާއަށް މަލާމާތްކުރަމުންދެއެވެ. ކަންފަތަށް އިވެނީ ނައިނާ ރޯއަޑެވެ. ސިކުނޑި ހަލަބޮލިކޮށްލާފައިވަނީ އައިޒަންގެ އަނގައިން އެ ނައިނާއަށްޓަކައި ނިކުތް ލޯބީގެ ބަސްތަކާއި އަހުދުތަކާއި ވައުދުތަކެވެ. އައިޒަން ފަހަތަށް ޖެހެމުން ގޮސް މީހެއްގެ ގައިގާ ޖެހުމާއި އެކު ފަސްއެނބުރި ބަލާލިއިރު ހުރީ އޭނާގެ ކޮއްކޮއެވެ. ކައިރި ޖިނާހްއާއި ލަހުފާއާއި އިނާވެސްހުއްޓެވެ. މަންމައަށްޓަކައި ދެކޮޅަށް ވާހަކަދައްކާ ބަސްގަބޫލުނުކޮށް ހެއްދެވި ނުހެއްދެވިއެއް ގޮވި އެބައެއް އެތިބީ އައިޒަންގެ ކުރިމަތީގައެވެ. އެތަކެއް ފަހަރު މާފަށް އެދެން ދޫ ހަރަކާތްކުރިއަސް އަޑެއްނުނިކުތެވެ. އޭނާއަށް އިސްޖަހާލެވުމުން އައިޝަމް އެއަތުތެރެއަށް ލޯބިވާ ދޮންބެގެނެސް ލިއެވެ. ކުށްކުރެވޭނީ އިންސާނުންނަށެވެ. އައިޒަން ކޮންމެ ކަމެއްކުރީ މަންމަގެ މަޅީގައި ޖެހިގެންކަން އައިޝަމްއަށް އިނގުނަސް އޭނާ ހިތްހަމަނުޖެހުނީ އެއްފަހަރުވެސް ދައްކާ ވާހަކަ ގަބޫލުނުކޮށް ނައިނާއާއި މެދު ޝައްކުކުރީތީއެވެ.

“މީގެ އަހަރުތަކެއް ކުރިން ނައިނާއާއި ކައިވެނި ކުރަން އެ ނައިނާގެ އިތުބާރު ހޯދަން ދުވިގޮތަށް މިއަދުވެސް ދުވޭ…. އައިޒަންއަށް އެކަން ކާމިޔާބުވާނެ. އެހިތުގައި އަދިވެސް ވަނީ ތިނަން..” ޖިނާހް އައިޒަންގެ ކޮނޑަށް އަތްވައްޓާލާފައި އެހެން ބުނުމުން އައިޒަން ބޯޖަހާލިއެވެ. އެވަގުތު ކައިވެންޏަށް އެދުނު ފުރަތަމަ ރޭމަތިން ހަނދާންވިއެވެ. ނައިނާގެ ތުންފަތްމަތީވި ރަކި ހިނިތުންވުން ހަނދާންވިއެވެ. “އަހަރެންނަށް މާފުކުރޭ! މިއަދު އަހަރެންނަށް މިކުރާ އިހްސާސް ދުލުން ބަޔާން ކުރަން ވަރަށް އުނދަގޫ.. އަހަރެން އަމިއްލަ ނަފްސަށް މަލާމާތްކުރަން.. އެތަށް ބަޔަކު ދެއްކި ވާހަކައެއް ގަބޫލުނުކުރެވުނީތީ..” ކުށްވެރިއެއްހެން އިސްޖަހާލަމުން އައިޒަން ބުނެލިއެވެ.

“ނޫން ދޮންބޭ..! ދޮންބެ ބަދަލުގައި ކޮންމެ މީހެއް ހުއްޓަސް ވާނީ އެހެން.. އަހަރެންނަށްވެސް ވާނީ ތިހެން.. ދޮންބެ މަންމައަށްޓަކައި ވާ ގުރުބާނީއާ މަންމަދެކެ ވާ ލޯބި އެކަކަށްވެސް ފޮރުވިފައެއް ނުވޭ.. ދޮންބެ މަންމައަށް ކުރާ އިތުބާރުގެ ފައިދާ ނެގީ މަންމަ.. ދޮންބެގެ ސިކުނޑިއާއި ކުޅެލާ ތެދުދޮގު ވަކިނުވާވަރުވީވެސް މަންމައާއި ހެދި… މިހެން ބުންޏަސް އަހަރެން އަދި ދޮންބެއަށް މާފުކުރާނީ އަހަރެންގެ ފަހަރި އަހަރެންނަށް އަނބުރާ ގެނެސްދިނީމަ..” އައިޝަމް އެހެން ބުނެފައި ހީލިއެވެ. އެންމެންވެސް އެކަމާއި އެއްބަސްވިއެވެ. އެހެނީ އައިޒަން ބެދުނީ ޝާމިރާގެ މޮޅެތި ރޭވުންތަކުގައެވެ. މޮޅެތި ވަރުގަދަ މަޅިތަކުގައެވެ. އައިޒަންފަދަ ކެތްތެރި ބަސްއަހާ ދަރިއެއް އެންމެންވެސް ބޭނުންވާނެއެވެ. ދެރައީ ޝާމިރާއަށް އައިޒަން އަކީ ކިހާވަރެއްގެ ދަރިއެއްކަން ނޭނގުމެވެ. ދެރައީ އެފަދަ ކިޔަމަންތެރި ދަރިއެއްގެ މަންމައަށް ޝާމިރާ ފަދަ މީހަކުވުމެވެ. މީގައި އައިޒަންކުށްވެރި ކުރެވެންވެސް ނެތީއެވެ.

ލަހުފާ ނައިނާ ކައިރިއަށް ދިޔުމުން އައިޒަން އެތަނުން ދުރަށް ދާން ހިނގައިގަތީ މިވަގުތު އޭނާގެ ކުރިމައްޗަށް އެރީމާ ފަހަރުގައި ނައިނާއަށް ކަމުނުދާނެކަމަށްހިތާއެވެ. ނައިނާއަށް ލަހުފާ ފެނުމާއި އެކު ލަހުފާގެ ގައިގާ އޮޅުލައިގަނެވުނީ ބޭއިހްތިޔާރުގައެވެ. މިވަގުތު އޭނާ ކަރުނައަޅަމުން އެދަނީ އޭނާގެ ބަދުނަސީބުވެރިކަމަށެވެ. މާރިޔާގެ މަރު ދެލޯ ކުރިމައްޗަށް ސިފަވެ އޭނާގެ ސަބަބުން ނިމިގެންދިޔަ އެތަށްބައެއްގެ ދިރިއުޅުމާއި މެދު ހިތާމަކުރާހާލު އޭނާގެ ކަރުނަތަށް ބޭރުކުރަމުން ދިޔައިރު ފޯނުން ވާހަކަދައްކަމުންދިޔަ ޒުހާވެސް ދިޔައީ ނައިނާއާއި އެއްވަރަށް ރޮމުން ހުއްޓާލާށޭ ބުނަމުންނެވެ.

އައިޒަން ގެ އެދުމަށް ލަހުފާ ނައިނާ ގޮވައިގެން އައީ އައިޒަންގެ ގެޔަށެވެ. އެތަކެއް ފަހަރު ނައިނާ ނުދާނަމޭ ބުންޏެއްކަމަކު ލަހުފާ ބުނީ އައިނާ ކައިރިއަށް ދާންކަމުގައެވެ. އަދި އައިނާ ނައިނާ ދެކޭ ހިތުން ހުރީ ކެތްމަދުވެފައިކަމަށް ބުންޏެވެ. ނައިނާގެ ހިތަށްތަފާތު އެތަށް އިހްސާސްތަކެއް އަރާފައިބަމުންދިޔައެވެ. އައިނާ ނައިނާ ދެކޭ ހިތުން ހުރިއްޔާ އޭގެ މާނައަކީ އައިނާ ނައިނާ މަތިން ހަނދާންނުނެތޭކަމެވެ. ޝާމިރާއަށް އައިނާ ބަދަލުނުކުރެވުނުކަމެވެ. ލަހުފާ ބޮޑު ދޮރުން ނައިނާ ގޮވައިގެން އެތެރެއަށް ވަނުމާއި އެކު ސޯފާގައި ކެތްމަދުވެފައި އިން އައިނާ “މަންމީ” އޭ ކިޔާފައި ދުވެފައި އައިސް ނައިނާގެ ގައިގާ އޮޅުލައިގަތެވެ. އެވަގުތު އެމައުސޫމްހިތަށް ކެތްނުވެ ރޮވެންވެސް ފެށުނެވެ. އެމަންޒަރު ނައިނާއަށް ފެނި ތިރިވެލާފައި އެއަތުތެރެއަށް އައިނާލިއެވެ. އަދި އައިނާއެކޭ އެއްވަރަށް ރޮމުން ދިޔައެވެ. އެ މަންޒަރު ބަލަން ތިބި އެންމެންނަށްވެސް ވީ އެވަރެވެ. އައިނާ ނައިނާ ކައިރިން ވަކިވެސްނުވިއެވެ.

އައިޒަން ލޮލަށް ޖަމާވި ކަރުނަ ބޮޑުވައި އިނގިލިން ފޮހެލާފައި ސޯފާއިން ތެދުވިއެވެ. “އީއްކޮ ދޭ މަންމިއަށް އީއްކޮގެ ކޮޓަރި ދައްކަން…” އައިޒަން އެހެން ބުނުމުން އައިނާ އުފަލުން ނައިނާގެ އަތުގައި ހިފައިގެން ހިނގައިގަތީ ސިޑީންމައްޗަށެވެ. ވާނުވާ ނޭނގުނަސް ނައިނާ އައިނާ ފަހަތުން ދިޔައެވެ. ދިޔަމަގުމަތީ އައިނާ ބުނީ އޭނާ މަންމި މަތިން ވަރަށް މިސްވިކަމުގައެވެ. އަދި ދެން މަންމި ދުރަށް ނުދިޔުމަށާއި ބައްޕިއާއި އެކު މިތާ އުޅެން އަންނާން އެދުނެވެ. ނައިނާ އެޔަށް ޖަވާބެއް ނުދިނެވެ. ބުނާނީވެސް ކީކޭހެއްޔެވެ؟ އޭނާ ބޭނުމީ މިތަނުން އައިނާ ގެންދާށެވެ. ޝާމިރާގެ ވަސްވެސް ހުރިތާކު އައިނާ ބަހައްޓަން އޭނާ ޖެހިލުންވެއެވެ.

ހުޅުވިގެން ދިޔަ ކޮޓަރިތެރެ ޖަރީކުރެވިފައިވަނީ ފިޔާތޮށީކުލައިންނެވެ. އެއީ އައިނާއަށް އެންމެ ރީތިކުލައެވެ. ފިޔާތޮށި ފަރނީޗަރާއި ވައް އަރާމު އެނދެކެވެ. އަލަމާރިވެސް ހުރީ ފިޔާތޮށިކުލައިގައެވެ. ނައިނާ މުޅިތަނަށް ބަލަމުންދިޔައިރު ލޮލުގައި އަޅައިގަތީ ފޮޓޯފުރޭމްތަކެވެ. މިވޭތުވެދިޔަ އެއް އަހަރުތެރޭ އައިނާ އެ އާއިލާއާއި އެކު ނެގި ފޮޓޯތަކެވެ. ދެން ނައިނާގެ ލޮލުގައި އަޅައިގަތީ އޭނާގެ ފޮޓޯތަކެކެވެ. އެއީ އައިޒަން ގެންގުޅުނު ފޮޓޯތަކެއްކަން ނައިނާއަށް އިނގެއެވެ. ނަމަވެސް އެ މިތާ ކީއްކުރަނީބާއެވެ. “އީއްކޮ މަންމި މަތިން މިސްވާތީވެ ބައްޕި ފޮޓޯ ހަރުކުރީ.. މަންމި ގޮތަށް ބައްޕި އަތުގައިވެސް ހުރި މަންމި ގެ ބައިވަރު ފޮޓޯ..” މައުސޫމްގޮތަކަށް އައިނާ އެހެން ބުނެފައި އޭނާގެ ކޮޓަރީގައި ހުރި ކޮންމެ ސާމާނެއް ދައްކަމުންދިޔައެވެ. ނަމަވެސް ނައިނާގެ ސަމާލުކަން ހުއްޓިފައި ހުރީ އޭނާގެ ފޮޓޯތަކަށެވެ. ނައިނާގެ ލޮލުގައި އަޅައިގަތީ ޝާމިރާއާއި އައިނާ އެކަނި އިން ފޮޓޮއެކެވެ. އެތަން ފެނި އޭނާގެ ލޭކެކިގެންދިޔައެވެ. އަދި ބާރުބާރަށް އެދިމާލަށް ހިނގައިގަތެވެ. ސިއްރުން އެ މަންޒަރު ބަލަން ދޮރުމަތީ ހުރި އައިޒަން އަށް ވީގޮތް ރޭކާލިއެވެ. އަދި އައިނާއަށް ސިއްރުން ގޮވާ އޭނާ އެތަނުން ނެރުނެވެ. ނައިނާ ގޮސް ފޮޓޯ ފްރޭމްކުރިމަތީ ހުރެފައި އެ ނެގިއެވެ.

އަދި ތަޅުންގަނޑުމައްޗަށް އެ ޖަހާފައި ތަޅާލިއެވެ. އެވަރުންވެސް ހިތްނުފުރުމުން ތަށިމުށިމަތީ އެ ޖަހަންފެށީ އިށީނދެއިނދެއެވެ. އޭރު އެދެލޮލުން ދިޔައީ ކަރުނައަންނަމުންނެވެ. “ދުވަހަކުވެސް ތިއުޅުމެއް ނުލިބޭނެ އައިނާއަކަށް.. ދުވަހަކުވެސް.. ދުވަހަކުވެސް..” ހަޅޭލަވައިގަނެފައި ނައިނާ އެހެން ބުނެފައި އަނެއްކާވެސް ތަށިމުށީމަތީ ޖަހާލިއެވެ. ޝާމިރާ އޭރު ބުނި ޖުމްލަ އޭނާގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ. އައިނާ ޝާމިރާ ކަހަލަ މީހަކަށް ހަދާވާހަކައެވެ. ނައިނާގެ ހަރަކާތްތަސް ހުއްޓުމަކަށް އައީ އައިޒަން އެއަތުގައި ހިފަހައްޓާލުމުންނެވެ. ނައިނާ އިސްއުފުލާ އައިޒަންގެ މޫނަށް ބަލާލުމުން އައިޒަން ދެފަރާތަށް ބޯ ހަރަކާތްކޮށްލިއެވެ. “އެ އުޅުމެއް ދުވަހަކުވެސް ނުލިބޭނެ.. އެއީ އައިނާ ބަލާބޮޑުކުރީ ތި ނައިނާއަށް ވީތީ.. މަންމަ އީއްކޮ ކައިރި ބުނީ ނައިނާ ދުވަހަކުވެސް ނާންނާނޭ ބައްޕި ކައިރިއަށް ފޮނުވާލީއޭ އެކަމް އައިނާ އެކަމް ގަބޫލެއްނުކުރެ..އަބަދުވެސް ދައްކަނީ ނައިނާގެ ވާހަކަ… އުނގޫފާރުގައި ދެމީހުންގެ ފޮޓޯތަށް ހުރެޔޭ މަންމި އަބަދުވެސް އީއްކޮއަށް ފޮޓޯ ދެއްކީމައޭ ބައްޕި މަތިން މިސްނުވަނީ އެހެން ބުނީމަ އަހަރެން ފޮޓޯތަށް ހަރުކޮށްދިނީ…” އައިޒަން ތަފްސީލުކޮށް ވީ ގޮތް ކިޔައިދެމުން ނައިނާ އަތުން ފޮޓޯ ފްރޭމް އަތުލިއެވެ. ތަޅައިގެން ގޮސް މުޅި ތާ ބިއްލޫރިތަށް ހުރުމުން އައިޒަން ޖެހިލުންވީ ނައިނާއަށް އެއަށް އެރިދާނެތީއެވެ.

ބުރުގަލަކުން ފޮރުވާލެވިފައިވާ އެ ރީތި މޫނަށް އައިޒަން ބަލަންއިނދެވުނެވެ. އެ މޫނަށް އެކަނި ބަލާލިޔަސް އައިޒަންއަށް އައިޒަންގެ ކުށް އިހްސާސްކުރެވެއެވެ. ނައިނާ ކިބައިން މާފަށް އެދުމުގެ ހައްޤެއް އޭނާގެ ނެތްކަމަށް ހީވަމުންދިޔައެވެ. އަނބުރާ އޭނާގެ ދިރިއުޅުމަށް ނައިނާ ނާންނާނޭ ހީވާންފެށިއެވެ. ނައިނާ ވެސް ބަލަން އިނީ އައިޒަންއަށެވެ. އައިޒަންގެ ހަރަކާތްތަކަށެވެ. އެދެލޮލުން އޭނާ ކުރާ ހިތާމަ ރީއްޗަށް ނައިނާއަށް ފެނެއެވެ. “އަހަރެންނަށް މާފުކުރާނަންތަ؟” އައިޒަން ޖެހިލުންވެފައިވެސް އެ ސުވާލުކޮށްލީ ނައިނާގެ އަނގައިން ކޮންމެވެސް ބަހެއް ނިކުމޭތޯއެވެ. “މިހާރު މާފުކުރާށޭ ބުންޏަކަސް، އެ ގެއްލިގެން ދިޔަ ދުވަސްތަކެއް، ނިމިގެންދިޔަ ފުރާނައެއް، މިޝްރާބެއްނެތި ބެހެމުންމިދާ ދިރިއުޅުމެއް ރަނގަޅެއްނުވާނެ އައިޒަން.!” ނައިނާ މާނަފުންގޮތަކަށް އެ ބުނި ބަސްތަކުން އައިޒަންގެ ހިތަށް ވަރަށް ބޮޑަށް ތަދުކޮށްފިއެވެ. އޭނާ އަބަދުވެސް ނައިނާ ކައިރި ބުނާ އެއްވާހަކެއް ހަނދާނަށް އައެވެ.

“މަންޒިލޭ ތީ، މިހިތް ނިމިގެން ދާން އެދޭ

މިޝްރާބޭ ތީ، މިހިތް ބެހިގެން ދާން އެދޭ

މޫސުން ހަރީފުން ބަހާރަށް ބަދަލުކުރަން ތީ އެދޭ

ތޫފާނުގައި ޖެހި ދިޔަޔަސް މަންޒިލޭ ތީ މިހިތް އެދޭ”

އައިޒަން ނައިނާގެ އަތުން ދޫކޮށްލުމާއި އެކު ނައިނާ ކޮޅަށް ތެދުވިއެވެ. ދެވަނަ ފަހަރަށް ނައިނާ އަތުން ބީވިޔަ ދޭން ނޭދޭތީ އައިޒަން ވެސް ކޮޅަށް ތެދުވިއެވެ. އައިޒަންގެ ހަށިގަނޑު ކުރިއަށްވުރެ ރީތިވެފައި ބައިމަތި ފުޅާކަންދައްކައެވެ. ލައިގެން ހުރީ އާދައިގެ އެއްޗެއްސެއްކަމަކު ވަރަށް ހަރުދަނާކަމަށް ދައްކައެވެ. އައިޒަންގެ ތޫނު ނަޒަރު ނައިނާއަށް އަމާޒުވެފައިވުމުން ނައިނާ ދުރަށް ނަޒަރުހިންގާލިއެވެ. “އަހަރެން ބޭނުމެއްނޫން އުނގޫފާރަށް ދާކަށް.. އައިނާގެ ކިޔެވުން މެދުކެނޑި އުނދަގޫވާނެ އަނެއްކާވެސް ފަށައިގަންނަން އެހެންވެ އައިނާއަށްޓަކައި އަހަރެން މާލޭގައި މަޑުކުރާނަން… އެކަމް އަހަރެންނަށް އުޅޭނެގޮތަކާއި ރަނގަޅު ވަޒީފާއެއް ލިބުނީމަ އަހަރެން އައިނާ މިގޭން ގެންދާނަން..” ރުންކުރުގޮތަކަށް ނައިނާ އެހެން ބުނެފައި ހަށަންބަނދެލިއެވެ. އޭނާ އައިޒަން އާއި ވާހަކަދައްކަން ބޭނުންނުވިޔަސް އައިނާގެ ހުރިހާ ކަމެއް މިވަގުތު އައިޒަން ބަލާތީ ކޮންމެހެންވެސް އެވާހަކަތަށް ދައްކަންޖެހެއެވެ. “އެކަމް އީއްކޮ ބޭނުންވަނީ އޭނާގެ މަންމައާއި ބައްޕައާއި އެކު އުޅޭށޭ..!” އައިޒަން ބުންޏެވެ. އޭނާ އެއްގޮތަކަށްވެސް ނައިނާ ދުރަށްދާކަށް ނޭދެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ތިލޯބި ފިޔަވާ….

Next

ޢެދެމޭ އުފާ….(32)

Next
October 19, 2017

ޢެދެމޭ އުފާ….(32)

Previews
October 18, 2017

ތިލޯބި ފިޔަވާ….

82 Comments!

  1. RAU says:
    October 18, 2017 at 9:17 pm

    YAAAYYYY! ME FIRST <3

    1. Ryn says:
      October 18, 2017 at 9:30 pm

      Yes youre ?.
      Thankyu

  2. Sheii says:
    October 18, 2017 at 9:30 pm

    Me second. And btw wen next part?? Waiting for it

    1. Ryn says:
      October 18, 2017 at 9:31 pm

      Next part tomorrw night around 10/9 if possible 7/8 inge? Thankyuu ?

  3. Ryn says:
    October 18, 2017 at 9:30 pm

    Salaaam ?
    A very very big sorry time ah up nukurevunyma. Had a busy day. ?
    Hows it?? And yes i still support aixan, cx what he did was cx of his mom, someone he trusts alot, someone who gave him birth and probably gave him a good life and “tharubihyathu” . He is good son but he couldnt be a good husband. But but he gonna learn from his mistake nu? 😉
    Anyway tell me about the mistakes? and hows the lhen?
    I think there r three or two more parts. I will make it two if possible. Thaaankyou so much for reading. Love y’all
    Gonna be replying the comments tonight, so ask me anything.
    Next part tomorrow night inge
    Good night ?

  4. Kia says:
    October 18, 2017 at 9:33 pm

    Yayy i m first dhen last dhw innaany

    1. Ryn says:
      October 18, 2017 at 9:42 pm

      Aye! Thaankyou ?
      I think two more parts?
      Thanks ?

  5. reen says:
    October 18, 2017 at 9:33 pm

    At last up vehjje dhw vaahaka hama obiness to the mex waiting for next part??

    1. Ryn says:
      October 18, 2017 at 9:54 pm

      Thaankyou ?

  6. nux says:
    October 18, 2017 at 9:35 pm

    rovihje ????hama suparb well done dr ???ur the best ingey ??waiting for the next part ly

    1. Ryn says:
      October 18, 2017 at 9:42 pm

      Alhey! Thankyouu! Keep waiting ?

  7. pooh bear says:
    October 18, 2017 at 9:37 pm

    REETHI

    1. Ryn says:
      October 18, 2017 at 9:43 pm

      Thankyu ?

  8. Suhaa says:
    October 18, 2017 at 9:47 pm

    Salhi mihaaru waiting

    1. Ryn says:
      October 18, 2017 at 9:54 pm

      Thankyu ?

  9. Aki says:
    October 18, 2017 at 9:47 pm

    vvv reehi mi part ves… RYN haadha molhey vaahaka liyan

    1. Ryn says:
      October 18, 2017 at 9:55 pm

      Alhey Thaaankyou aki! All cx of the support I get from you guys. ?

  10. ??? says:
    October 18, 2017 at 9:48 pm

    Vvvvvv rythi mibaiii ☺☺dhenn aizann rohvaa dherakohfa viyass avahah naina aai gulhuvaa ☺☺

    1. Ryn says:
      October 18, 2017 at 9:55 pm

      Ahaha! Yes darl! Thankyou ?

  11. SJK says:
    October 18, 2017 at 9:49 pm

    woww. varah nice. naseebeh aixan polihah gulhikan dhw. anyways, waiting for nxt part 🙂

    1. Ryn says:
      October 18, 2017 at 9:56 pm

      Yes yes! Thankyou darl! ?

  12. Lilly :)) says:
    October 18, 2017 at 9:53 pm

    lhenn varaaaaaaaah loaabi :*
    and yeah story is as always awsm.. cant wait for the next part. 😀

    1. Ryn says:
      October 18, 2017 at 9:56 pm

      Awww!!! Thankyou ?

  13. Aish says:
    October 18, 2017 at 10:04 pm

    Vaahaka ehaa avahan nuninmaathi .Aixan aaiNaina gulhuman fahu aharuthakenge dhiriulhu dhankuvai dheefinama varan reethiveene kaman feney.sameeraa anh visni NIn kibain maafuhoodun bundhiveri.Varan kamudhey Ryn ge vaahakathan.shukuriyya.

    1. Ryn says:
      October 18, 2017 at 10:20 pm

      Thankyou so much for the suggestion! Ill try to add that too if possible. I didnt finish the story yet its almost done but balaanan add kurevenya kureveythw. Thankyou 😉

  14. Shaa says:
    October 18, 2017 at 10:09 pm

    V reethi miprt ?

    1. Ryn says:
      October 18, 2017 at 10:20 pm

      Thankyou ?

  15. Rana says:
    October 18, 2017 at 10:19 pm

    Aixan and naina Gulhuvan Vaane, because he made an sacrifice for his mother, he is a good person, he deserve Naina. and story v salhi 🙂
    Goodluck

    1. Ryn says:
      October 18, 2017 at 10:21 pm

      Yes yes! Thankyou. ?

  16. Xxxx says:
    October 18, 2017 at 10:25 pm

    Wooooowww?????

    1. Ryn says:
      October 18, 2017 at 10:41 pm

      Thankyou ?

  17. Kiyaara says:
    October 18, 2017 at 10:47 pm

    Ryn yu force me to cry hama vrh vrh vrh vrh reethi abadhuves ryn ge stories kiyann but this story is jux awsome ahen story tha ves varh habu hama ….ly much ryn

    1. Ryn says:
      October 19, 2017 at 12:11 am

      Alheyyy! Thankyou so much. ?
      Lym ?

  18. Mal. says:
    October 18, 2017 at 10:53 pm

    Woww… ryn… mihaaru v rythi dhaaleh… dhn oi part kiyaa hiy vany??

    1. Ryn says:
      October 19, 2017 at 12:11 am

      Thankyouuu ?

  19. Shiu says:
    October 18, 2017 at 11:05 pm

    Ryn,rangalhahves rohvaalaifi. Vaahaka hama v v varah reethi. Keep it up.

    1. Ryn says:
      October 19, 2017 at 12:12 am

      Alhey thankyou ?

  20. Hafeez says:
    October 18, 2017 at 11:10 pm

    V nice waiting for tonight.

    1. Ryn says:
      October 19, 2017 at 12:12 am

      Thankyou ?

  21. fazoo says:
    October 18, 2017 at 11:30 pm

    Vv reethi v dheravejje mi part kiyaaleema thanks

    1. Ryn says:
      October 19, 2017 at 12:12 am

      Thaaaankyou ??

  22. Rana says:
    October 18, 2017 at 11:42 pm

    Maa Shaa Allah…v reethi mibIvx….hama obinoavey….ryn ge vaahaka thah rythee ey…hama….keep it up ryn

    1. Ryn says:
      October 19, 2017 at 12:13 am

      Alheyy thankyu so much ??

  23. khajja says:
    October 19, 2017 at 1:54 am

    Alhey haadha asarugadha ey haadhahaavaa rychchey mi stry can’t wait whn nxt prt avaskolladhybala plx gud nyt ly????❤??????

    1. Ryn says:
      October 19, 2017 at 8:20 am

      Thaaaaankyou. Lym ??

  24. Ainth says:
    October 19, 2017 at 8:53 am

    Masha Allah… Mi baives v furihama.. Anehbai avahah up kohdhehchey… Ekam lahufa ah lakko nukiyaa lahu or lahukko kihyaa maarythi vaanehen hyvany… Lakko kyma v odd dhw… V molhu ryn vaakah liyan

    1. Ryn says:
      October 19, 2017 at 1:04 pm

      Yes ill do the changes. And thankyou 🙂

  25. Ryn says:
    October 19, 2017 at 1:07 pm

    Got a real bad news.!!!
    I wont be able to up it tonight! cx its almost done but also not done. Have to write the last part and have to ehkohlan two parts, cx i wanna dhn in part fahu ep ah hadhan.. And and i dont have time today. Even at night I cant do it. So probably tomorrow knms vaguthehga or reygandu ingey? Sorry for the delay. Keep waiting.. Thankyou 🙂

    1. eye sha says:
      October 19, 2017 at 8:37 pm

      Alheeyyy so sad

    2. Afy says:
      October 19, 2017 at 11:55 pm

      Ryn aslu haadha loabi ehhhh. Afy vaahaka kiyaahithun up nuvegen miulhuny ahaalan up kuraaane gadieh. Yeas lov. Love ge busy busy kanthah nimmaalaafa your own time ga up kuriyas will read hama. Hehhehe
      Tvgc ?

  26. kiyuntheria says:
    October 19, 2017 at 1:20 pm

    Ryyyn.. Alhey haadha cute ey.. Masha Allah. Vhk liyan ryynn haadha best eyy.. Dhen baakee inee kithah part??aizan ah nainaa gelluniyyaa nudhehche.. I love uu ryyn.. Dhen vrh avahah ehen vhk eh fashaananthrr??varah reethi gothakah vhk nimmaala dhevvahche….. Luv uu ryyyyn

  27. xoxo?? says:
    October 19, 2017 at 3:13 pm

    wowwww just amazing ryn dhoooony waiting4 next episode

  28. eye sha says:
    October 19, 2017 at 8:26 pm

    Ryyyyn kn irakun 30 vana episod up kurany

  29. Anonymous says:
    October 19, 2017 at 8:58 pm

    mihaaru kiyaahithun up vi tho belunu adhadhu ves neyge….. ????? maadhan veehaa avahah up kohla dheebaa pls pls

  30. aki says:
    October 19, 2017 at 8:59 pm

    mihaaru kiyaahithun up vi tho belunu adhadhu ves neyge….. ????? maadhan veehaa avahah up kohla dheebaa pls pls

  31. the says:
    October 19, 2017 at 10:43 pm

    kobaaaa alhy up kohladheeba please

  32. someone says:
    October 19, 2017 at 10:47 pm

    varah genafaharu balaifin up veytho mehaaru

  33. Anum says:
    October 19, 2017 at 11:50 pm

    Alhey ??? maadhsn avahah up kohdhehchey

  34. Shifoo says:
    October 19, 2017 at 11:54 pm

    Kobaa mireyge part

  35. Rana says:
    October 20, 2017 at 12:40 am

    koba up nuvanytha mireyga…

  36. Roo says:
    October 20, 2017 at 6:30 pm

    Kobaa tha next part…..mihaaru neyge kithah faharu kamen beluni up vitho…plxx avas knladheeba…plxxx…cnt wait….??

  37. N says:
    October 20, 2017 at 8:01 pm

    Kobaa ryn mirey ge part??

  38. Ny says:
    October 20, 2017 at 8:09 pm

    Ryn kon irakun tha up kohlany… Mihaaru up vi thw belun adhadeh neyge… Avas kohlahche….

  39. eyesha says:
    October 20, 2017 at 8:34 pm

    Ryyyyyyyyyyyn kn irakun up kurany last episode?

  40. Aicha says:
    October 20, 2017 at 8:59 pm

    Reyyyynnnnnn kobaaa vaahaka ..
    ?????

  41. Anonymous says:
    October 20, 2017 at 9:22 pm

    Aley mirey up kuraanamey bunymanu ….kobaa tha cant wait,,,????

  42. Shhh.... says:
    October 20, 2017 at 9:32 pm

    Alhey reeeenoooooo kobaaatha?? Mihaaru rulhigadha vejje ?

  43. aish says:
    October 20, 2017 at 9:36 pm

    Ryn please thankolheh avahah up kohla dhyba

  44. Ryn says:
    October 20, 2017 at 9:52 pm

    Alhey ?
    Sorry guys I did tell u guys mirey or miadhu but the thing is tomorrow exam. Preparing for it and got no time to write. ? maadhan exam ninmaafa liyefa up kuraanan in sha Allah. PROMISE.
    Ikn I’m making you guys wait for a looong time e vx last ep ah but I wasn’t free ??
    Hope u guys will understand. And and I will write tomorrow and upload it asap. Thnkyou.
    Good night ❤

    1. aki says:
      October 20, 2017 at 10:08 pm

      ????

    2. STFU says:
      October 20, 2017 at 10:20 pm

      Maadhan bunaane anehdhuvahuey

    3. N says:
      October 20, 2017 at 10:22 pm

      Mirey neyge mi story up vithw belunu adhadhehves. Ryyyn please maadhan up kohdhehchey ithurah delay nukoh ???

    4. ??? says:
      October 20, 2017 at 10:50 pm

      Mihaaru varubali vehjje vaahaka nerefi tho balaabalaa hama mihurii inthizaruga ☺☺???

  45. Shaee says:
    October 20, 2017 at 10:15 pm

    Okay… But maa Gina dhuvahu wait kuranyaa will get bored soon..
    But you are cute?
    All the best for your exam?

  46. Nahu says:
    October 20, 2017 at 10:38 pm

    Alheyyy… vaahaka up veytho mihaaru check kurevun adhadhu vx neynge..
    Ryn plz plz maadhan up kohdheveytho balahcheyy..

  47. Your huge fan says:
    October 21, 2017 at 10:09 am

    hey Ryn… yh r jx amazing.. flawlessly yh write your stories.n about this one it’s jx so nice .. out of words.. yh always shine.. m a huge fan of yh .. hope will meet yh one day.. your stories always have an inspiring moral.. jx speechless.. Thnx for sharing you lovely stories with us..

  48. U !HS says:
    October 21, 2017 at 10:10 am

    Kobaaa tha vaahaka… Kn irakunbaaaa vaahaka up kohdhevey varu vaaanii….. Miadhu knmex vagutheigaaa up kohladhevey thoa balaadhehchey…. V v v v v bodah inthixaaaru kurevey vaahaka eh meeee……

  49. puddin says:
    October 21, 2017 at 11:29 am

    Miadhutha noonee mireytha ryyn up kolla dheynee??can’t wait for a long time….sw Morey ehennoonee miadhu up kolla dhevvache..

  50. eyesha says:
    October 21, 2017 at 11:30 am

    Ryyyn miadhu avahah up kohdhehchey

  51. Aikko says:
    October 21, 2017 at 1:00 pm

    Ryyyn miadhu up kohdhehchey pilish

  52. Buri says:
    October 21, 2017 at 2:10 pm

    Kobaaatha waahkaa?

  53. Shaima says:
    October 21, 2017 at 3:31 pm

    Ryyn plxxxxx vaahakaaaa beyyyynunnn

Comments are closed.

Next Episodeތި ލޯތްބަށްޓަކައި (ފަހުބައި)←


All Right Reserved!