Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން 7

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
May 28, 2016 6 Mins Read
31 Comments

 

“އަމް މާޒިން”

ސުމާގެ ދެލޯ ކަރުނުން ފުރުނީ އޭނާއަށްވެސް އެކަން ނޭނގިއެވެ. ސުމާ ހިންދިރުވާލިއެވެ. “މަ..މަ..މާޒިން؟؟” ސުމާ އަށް އަހާލެވުނެވެ. މާޒިން ސަލާމަށް އަތްދިއްކޮށްގެން ހުރެ ބޯޖަހާލިއިރު ހިތުގެ ކަނަކުން ކަމެއް ވީ ކަމުގެ ސިގްނަލް ލިބެމުންދިޔައެވެ.. ސުމާގެ ލޮލުގައި ހުރި ކަރުނަތަށް އޭނާއަށް ފެނުނެވެ. ސުމާއަށް އޭނާގެ ކަރުނަތަށް ކޮންޓްރޯލްކޮށްލީ އެންމެ ފުރަތަމަ މާޒިންއާއި ދިމާވި ދުވަހު އަންހެންކުއްޖެއް ފެނުނު ހަނދާންވެގެންނެވެ. އެކުއްޖާ މާޒިން ކުރިމަތިން ގެންދިޔަގޮތް ސިފަވަމުން ދިޔައެވެ. ސުމާ ނޭފަތް ދަމާލާ ހަމަޖެހިލިއެވެ. މާޒިން މިހާރު އާ ދިރިއުޅުމެއް ފެށީއެވެ. ސުމާ އޭނާއަށް އިނގުމަކުން އޭނާ ސުމާދެކެ ލޯތްބެއް ނުވާނެތާއެވެ. “ސުމާ….” ސުމާ ގަދަކަމުން ހިނިތުންވެލައި މާޒިން އާއި ސަލާމްކޮށްލިއެވެ. މާޒިންއަށް ސުމާއާއި ދިމާ ބަލައިލެވުނެވެ. އަދި ނަޒަރު ވަކި ކުރުމެއް ނެތި ހަމަ އެ އިންގޮތަށް އިނދެވުނެވެ. ސުމާއޭނަގެ އަތް މާޒިންގެ އަތުން ދަމައިގަތީ މަޑު މަޑުންނެވެ. “ސުމާ…. ސުމްކޮ؟؟؟؟ސުމާ….؟” މާޒިންއަށް އަހައިލެވުނެވެ. ދެލޯ ބޮޑުކޮށްލާފައެވެ. ސުމާ ބޯޖަހާލިއެވެ. މާޒިންގެ ހިތަށް އުފާވެރިކަން ލިބުނެވެ. ލޯބިލިބުނީއޭ ހިތަށް އެރިއެވެ. ސުމާ ގެ ފައިކޮޅުން ފަށައިގެން ބޮލާއި ހަމާލަށް މާޒިން ބަލައިލިއެވެ. އޭނާގެ ތުންފަތުގައި ވަނީ ރަކި ހިިނިތުންވުމެކެވެ. “މަންމީ….. ޓިޝޫ…..” ޒިން އެހެން ބުނެލީ އައިސްކޯން ބޮއެ ނިންމާލުމަށްފަހުގައެވެ. މާޒިންއަށް ޒިންއާއި ދިމާ ބަލައިލެވުނެވެ. ހިނިތުން ފަނޑުވެގެން ދިޔައެވެ. ހިތަށް ލިބުނު ކުޑަކުޑަ އުފާވެސް ނެތިގެން ދިޔައެވެ.

“ލައްބަ އެކަމް ޒިންގެ ބައްޕި އެއް ނުހުރެ.. މަންމި ބުނީ ބައްޕި ވީ ޒިން ކުދައިރު ކޮންމެވެސް ތާކަށް ގޮހޭ.” މާޒިންގެ ސިކުނޑީގައި ޒިންގެ އެ ބަސްކޮޅު އެނބުރެމުން ދިޔައެވެ.

ކުއްލިއަކަށް ގޮނޑިން ތެދުވެވުނީ އެހެންވެގެންނެވެ. ސުމާ ދަބަހުން ޓިޝޫ އެއް ނަގައި ޒިންއަށް ދިއްކޮށްލިއެވެ. މާޒިން ސުމާއާއި ދިމާލަށް ބަލަން ހުރެވުނީ ގަބޫލުނުކުރެވިފައެވެ. ވީ ލޯބި ހަނދާންނެތުނީބާއެވެ. އެވަރަށް ރޮއެފައި އާދޭސްކުރިއިރު މާޒިންހީކުރީ ހަމަ ހަޤީޤަތުގައިވެސް ސުމާ ލޯބިވަނީ ކަމުގައެވެ. ސުމާ މިއަދު ހިނިތުންވެލާފައި އަމިއްލައަށް ތަޢާރަފް ވެލީވެސް އަމިއްލަ ނަފްސަށް ފަހުރުވެރިވާފަދަ ގޮތަކަށެވެ. މާޒިން އަށްވުރެ ރަނގަޅު ދިރިއުޅުމެއް އުޅެެވޭތީ ކަންނޭނގެއެވެ. މާޒިން ސުމާދެކެ ރުޅި އާދެވުނެވެ. ހުދު އޭނާއަށްވެސް ސަބަބު ނޭނގުނެވެ. މާޒިން އެ ހުރިގޮތަށް ހުރެ އެތަނުން ދާންފެށިއެވެ. ޒިން ގޮވަމުން ދާއިރު އަޅައިވެސް ނުލައެވެ. ސުމާ އަށް ހުރެވުނީ މާޒިން ދިޔަ ދިމާލަށް ބަލަންށެވެ. އެވީ ގޮތް އޭނާއަށް ނޭނގުމުންނެވެ. ސުމާ ދެކެ އަދިވެސް އޭނާ ނަފްރަތު ކުރަނީ ކަންނޭނގެއެވެ. “އޯ ގޯޑް… ޒިން…. އޯވްވް ހީ އިޒް ސޯ ހޭންޑްސަމް….. އަޅޭ.. އެން މިހުރިހާ ދުވަހު މި ދިމާވީވެސް…. އެކަމް…. އޭނާ އެހެން…. ކުއްޖެއް……” ސުމާއަށް ހިތާހިތުން އެހެން ކިޔާލިއިރު އަނެއްކާވެސް ކަރުނުން އެ ދެލޯ ފުރުނެވެ.

“ހިނގާ ދާން ޒިން…” ސުމާ ޒިންގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ. “މަންމީ ކީއްވެ ބޭބެ އެދިޔައީ؟؟” ޒިން ސުވާލުކޮށްލިއިރު އެ އަޑުގައި މަޑުމޮޅިކަމެއްވެއެވެ. “ވެދާނެ ކަމެއް ދިމާވީ ކަމަށް.. އަޅައިނުލާ އިނގޭ…” ސުމާ ޒިން ހިތްހަމަޖައްސާލުމަށްޓަކައި ބުނެލިއެވެ. އަދި ޒިން އުރާލުމަށްފަހު ބައްދާލީ އެ ހިތަށްލިބުނު ކުޑަ އުފާވެސް އޭނާގެ އަތުން ނިގުޅައިގަތްހެން ހީވެގެންނެވެ. އެ ހިތުގެ ޝިފާއަކީ މާޒިންއާއި ޒިންއެވެ. ސުމާއަށް ކުޑަނަމަވެސް ހިނިތުންވެވުމެއް ލިބުނީ އަދިވެސް ސުމާގެ ހިތުގައި މާޒިންގެ ލޯބި އެއްވެސް ބަދަލެއް ނެތި އަބަދުމެ އަބަދަށްވީތީއެވެ. މާޒިން އަދިވެސް ވަރަށް ހިތްހެޔޮވެފައި ރަނގަޅެވެ. ޒިންއަށްވެސް މެއެވެ. ޒިން ސުމާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތްއިރު ސުމާ ޒިންގެ ބޮލުގައި ފިރުމާލަމުން ދިޔައެވެ. އޭނާގެ ހިތާއި ސިކުނޑި ވަނީ މާޒިންގެ ހިޔާލުތަކުގައެވެ. އިރު އިރުކޮޅާ ހިނިތުންވެއެވެ.

މާޒިން ކާރުގައި އިށީނދެ އިންއިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ޕާކްއިން ނިކުމެ ނިކުމެ ހުރި ސުމާއަށެވެ. ސުމާގެ މޫނުމަތީ ހިނިތުންވުމެއްވެއެވެ. އެއީ އޭނާ އުފަލުގައި އުޅޭކަމުގެ ސާބިތު ހެއްކެކެވެ. ސުމާގެ މަޒީއަކީ ކޮބައިބާއެވެ؟ ޒިންގެ ބައްޕައަކީ ކޮބައިބާއެވެ؟ އަނެއްކާ ސުމާ ނުބައި އަމަލެއް…………………. މާޒިން ދެފަރާތަށް ބޯ ހަލުވާލިއެވެ. އަދި ކާރު ސްޓާރޓްކޮށްލުމަށްފަހު ދާންފެށިއެވެ.

ސުމާ ގެއަށްވަނުމަށްފަހު ޒިންއަށް ގޮވާލިއެވެ. ޒިން އައި މަގުމަތީ އޮތީ ނިދާފައެވެ. ޒިން ނުހޭލުމުން އޭނާ އެނދުގައި ބާއްވާލުމަށްފަހު ސުމާ ބޭރަށް ނިކުމެލިއެވެ. އަދި ބެލްކަނީއަށް ނިކުމެލާ ފުން ނޭވައެއް ދޫކޮށްލިއެވެ. ދެއަތް ރެއިލިންގައި ވިއްދާލައިގެން ހުރެ މާޒިން ފެނުނުގޮތާއި ވީ ގޮތްތަށް ސިފަވަމުން ދިޔައެވެ. އަދި ހިނިތުންވަމުން ދިޔައެވެ. “އޭ މޮޔަ ހިތާ.. ޕްލީސް އޭނައާއި މެދު ދެން ނުވިސްނަން ވެއްޖެއެއްނު… އޭނާގެ ގީއެފް އެއް ހުރޭ ކަންނޭނގެ އެހެންނޫނަސް އޭނާ ހުރީ ރުޅިއައިއްސައެއްނު…. ވާހަކައެއް ދައްކަނީކީއެއްނޫން…. ކީއްވެތަ އަދިވެސް ހަމަ ޒިންގެ މިލްކަކަށް ތި ހިތްވެގެން ތި އުޅެނީ…. ކީއްވެތަ އޭނާކަން އިނގުނީމަ ތިހިތަށް ތިހާ ހަމަޖެހުމާއި އުފާވެރިކަން ލިބުނީ…. އަދިވެސް ހަމަ އެހާވަރަށް ލޯބިވަނީ ކީއްވެތަ؟ އޭނާއެއް ނުލިބޭނޭ…” ސުމާ އަމިއްލަ ހިތާއި ވާހަކަދައްކަމުން ދިޔައެވެ. “އޯ ޝިޓް…. އިޝާއަށް ގޮވަން ދޯ އެ އުޅެނީ.. އަވަހަށް ނަމާދުކޮށްލަންވީ.. ޒިން ހޭލަންވާއިރަށް ޖެހޭނެ އެއްޗެއް ހަދަންވެސްް.. ނެތް ތަރުކާރީއެއްވެސް އެބަ ޖެހޭ ޒިން ސުކޫލަށް ވައްދަންވެސް…ހުރިހާ ކަމެއް އޯޑް… ދާންވީ އިޝާ ނިންމާފަ…” ސުމާ އަމިއްލައަށް ވާހަކަ ދައްކަމުން ގޮސް ކޮޓަރިއަށްވަދެލިއެވެ. އަދި ވުޟޫކޮށްލައިގެން ނަމާދުކޮށްލިއެވެ. އިޝާނަމާދު ޖެހެންދެން ޤުރުއާން ކިޔަވާލަން އިނުމަށްފަހު އިޝާ ނަމާދުވެސް ކޮށްލައިގެން ނިކުމެލިއެވެ. އޭރުވެސް ޒިންއެއް ނުހޭލައެވެ. ސުމާ ޒިން ނުހޭލާތީ ބާޒާރަށް ދާން ނިންމީ ރީހަންގެ އަންހެނުން މިޝްޔާ ކައިރި ޒިން ބަލައިލުމަށްބުނެލާފައެވެ. ސުމާ ރެޑީ ވެލައިގެން ނިކުމެލިއެވެ. އަދި ރީހަންމެންގޭ ދޮރުމައްޗަށް އަރާ ބެލްޖަހާލިއެވެ.

“ދައްތާ ކޮބާ މިޝީ؟” ސުމާ ދޮރުހުޅުވާލައިގެން ހުރި ރީހަންގެ މަންމަ މަރިޔަމް ކައިރިބުނެލިއެވެ. މަރިޔަމް މިޝްޔާއަށް ގޮވާލީ ސުމާ ކައިރި އެތެރެއަށް ވަނުމަށް ބުނެފައެވެ. “މިޝީ.. ޒިން އެބައޮތް ނިދާފަ.. ހިއެއް ނުވެ ހޭލަފާނެހެނެއް އެހާ އަވަހަކަށް.. ޒިން އަނެއްހެން ތެދުވެ ރޮއެ އެއް ނުހަދާނެ އިންނާނީ އޭނާގެ ކުޅުމުގައި…. އެހެންވެ ލައިޓްސް ވެސް ޖައްސާފަ އައީ.. ބިޒީ ނޫނިއްޔާ ބަލާލަދެންޗޭ…. އޭނާ ނުވެސް ހޭލި ގެއަކު ނެތް ތަރުކާރީއެއް އަނެއްކާ މާދަން ވާއިރަށް އެބަޖެހޭ ސުކޫލަކަށް ވައްދަންވެސް… ސަންޑޭގައި ސުކޫލްތަށް ހުޅުވައެއްނު ބްރޭކަށް ފަހު…..” ސުމާ އެއް ނޭވައިން ހުރިހާ ވާހަކައެއް ކިޔާ ނިންމާލިއެވެ. “ސާބަހޭ ސުމްކޮ… ތިހާ ބޮޑު އެކްސްޕްލެނޭޝަން އެއް ނުދިނަސްވާނެ އެއްނު….ހެހެ ހުމްމް އަވަހަށް ދޭ….. އަލްކޮވެސް ނިދައިފި އެހާ އަވަހަށް.. ގުޅާލާނަން އިނގޭ ހޭލައިފިއްޔާ….” މިޝްޔާ ސުމާ އަވަހަށް ފޮނުވާލީ ލަސްވުމުގެ ކުރިން ގެއަށް އާދެވޭނީ ސުމާ އަވަހަށް ދިޔައީމައޭ ބުނެފައެވެ.

ސުމާ ލިފްޓުން ނުކުތުމަށްފަހު ފުރަތަމަ ދާނެތަނަކާއި މެދު ވިސްނާލިއެވެ. އަވަހަށް ސުކޫލް ކަންތަށް ނިންމާލަށް ސުމާ ހިތަށްއެރިއެވެ. އެހެންކަމުން ސުކޫލަށް ދާން ނިންމިއެވެ. ކައިރީގައި ޕްރީސުކޫލެއް ހުންނަކަމުން 10 ވަރަކަށް މިނެޓް އިން ސުކޫލަށް ދެވުނެވެ. އޮފީސްބައި ބަލާލިއިރު އެތަން ހުރީ ހުޅުވާފައި ކަމުން ސުމާ އެތެރެއަށް ވަދެލިއެވެ. އަދި ޒިންގެ ސުކޫލަށްވަނުމުގެ ވާހަކަ ދައްކާ އެމީހުން ދިން ފޯމް ފުރާނިންމާލިއެވެ. “ހުރިހާ ފޯރމާލިޓީސްތަކެއް އެ ނިމުނީ ދޯ… އޯކޭ އެންމެ ރަނގަޅު ދެން ދިޔަޔަސް… އޭނާ ސަންޑޭގަ ގެންނައިރު އެކްސްޓްރާ ޕާސްޕޯޓް ސައިޒުގެ ފޮޓޮއެއް ގެނެސްދެންޗޭ.. ހޭވް އަ ނައިސް ޑޭ…” އޮފީހުގައި އިން ކުއްޖާ ސުމާ ދިން ގަނޑުތަށް ބަލައިގަތުމަށްފަހު ބުނެލިއެވެ. “އެންޑް ޔެސް މިއޮތީ ފޮތްލިސްޓުވެސް…” ގަނޑެއް ދިއްކޮށްލަމުން އެ ކުއްޖާ އެހެން ބުނެލިއެވެ. ސުމާ އޭގައި ހިފާލުމަށްފަހު ޝުކުރުއަދާކޮށްލާ ދާން ހިނގައިގަތެވެ. “ފައިނަލީ.. ނަސީބެއް.. ދެން އަނެއްކާ ބުކްސް ގަންނަން.. ދާންވީ ނޮވެލްޓީ އަށް…..” ސުމާ ހިތާހިތުން އެހެން ބުނެލުމަށްފަހު މަގުމަތިން ހުރަސްކޮށްލިއެވެ.

………

“ދޮންތާ އެއީ ރީތި ބިޓެއް.. އެކަމު އެ ޅިޔަނޭ ކިޔާ އެތި މަގޭ އަތުގައި ހިފަހައްޓާލާފަ ދުރަށްލިއިރު ހީވީ އޭނާގެ ބިޓެއްހެން… ރުޅިފަށެއް އައޭ.. ދޮންތަ އޭނާއަށް ނަސޭހަތްގަނޑެއް ދީބަލަ އަހަރެން އުޅޭގޮތަކަށް އުޅެން ދޫކުރާށޭ.. ކިހާ ދެރަކަމެއް އެއީ. މަގުމަތިން ބިޓެއްވެސް ލިބެނީކީ ނޫނޭ….” ރިޝްފާން ރިޝްފާ އާއި ވާހަކަ ދައްކަމުން ދިޔައެވެ. ރިޝްފާން ދައްކަމުން ދިޔައީ އޭނާއަށް ޕާކްއިން ފެނުނު އަންހެންކުއްޖާގެ ވާހަކައެވެ. “އައްދޭ… އޭ އޭނާއާއި ނުބެހިބަަލަ.. އޭނާ އެއީ ޝޯޝިއަލް ވޯރކާއެކޭ…. ހެލްޕްވާނެ ފެންނަމީހަކަށް… ހީ އިޒް ޖަސްޓް ޓޫ ގުޑް… ދެން އެ މަންޖެ އަށް ވެސް ހެލްޕް ވެދިނީ ރިޝީ ކަހަލަ ޕާރޓޭ އެއް ކައިރިން… ރިޝީވެސް ދެން ތިފާޑަށް ނޫޅެންޏާ އޭނާވެސް ނޫޅޭނެ ދޯ.. ދެންވެސް ހިނގާބަލަ އަވަހަށް..” ރިޝްފާ ރިޝްފާންގެ ބޮލުގައި ޖަހާލަމުން ބުނެލިއެވެ. “އެކަމް ދޮންތާ އެ އަންހެންކުއްޖާ ހާދަހާ އޭ ސަޅީ… މަގޭ ހޯދާނަން އޭނާ.. އެއީ މަގޭ ހައްޤެއް..” ރިޝްފާން އެހެންބުނެލީ މޭގައި ޖަހާލާފައެވެ. ފަހުރުވެރިކަމާއިއެކުގައެވެ. އެހެނީ މިމާލޭގައި އޭނާައަށް ނުވާނެ ކަމެއް ނޯންނާނެއެވެ. އެ އަންހެންކުއްޖާވެސް ހޯދާނެއެވެ.

ދެމީހުން ވާހަކައިގައި ދަނިކޮށް ކުއްލިއަކަށް ހުއްޓުނީ ކުރިމަތިން އައި ސުމާގައިގާ ޖެހިފައެވެ. ސުމާ ޖެހުނީ ރިޝްފާންގެ ގައިގައެވެ. ވެއްޓެމުން ސަލާމަތްވާން އެންމެ ފުރަތަމަވެސް ހިފެހެއްޓުނީ ރިޝްފާންގެ ގަމިހުގައެވެ. ނަމަވެސް އޭނާގެ ނަސީބުދެރަކަމުން ރިޝްފާންގެ ގަމިހުގެ ގޮށްތަށް އެކީ ނައްޓައިގެން ގޮސް ސުމާ ބިންމައްޗަށް ވެއްޓުނެވެ. ރިޝްފާންގެ ހަށިގަނޑު ހާމައަށް ފެންނަން ފެށިއެވެ. އައި ރުޅީގައި ސުމާގެ އަތުގައި ހިފާ އޭނާ ކޮޅަށް ނެގިއެވެ. ނަމަވެސް އެ ސިކުންތުގައި އޭނާގެ ސުމާގެ އަތުން ނައްޓުވާލީ އެއީ ޕާކުން ފެނުނު އަންހެންކުއްޖާ ވީމައެެވެ. ރިޝްފާން ވިހަގޮތަކަށް ހިނިތުންވެލީ ސުމާ ބަލަން ހުރުމުންނެވެ. ރިޝްފާ ވާނުވާ ބަލަން ހުރިއިރު  ރިޝްފާން ގައިގާ އެ ކުއްޖާ ވެއްޓުނު ގޮތްފެނި ހުރީ ހިނިއައިސްފައެވެ.
“މަންޖެ ހާދަ އުމުރު ދިގޭ ދޯ…. ރަނގަޅެއްނު އެކީ އުޅެވޭނެ ވިއްޔަ މާގިނަ ދުވަހު ދޯ..” ރިޝްފާން ބުނެލިއެވެ. ރިޝްފާއަށް ވީގޮތް އިނގުނުކަހަލައެވެ. “ރިޝީ މީތަ ފަަހަރިއަކީ.. ހާދަ ސަޅިއޭ…. އެކަމް ބުރުގާ އަޅާފައި ހުރީމަ ވަރަށް އޮޑް… ރިޝީއަކާއި ނުއެއް ގުޅޭ..” ރިޝްފާ ތުއިވެލަމުން ބުނެލިއެވެ. “އޭ… ދޮންތާ.. މިއީ ހަމަ އެއްވަނަ އިނގޭ.. އަހަރެންނާއި އެކަނި ހަމަ ގުޅޭނީ….” ރިޝްފާން ބުނެލީ ސުމާ ދާން ހެދުމުން އޭނާގެ އަތުގައި ހިފަހައްޓާލަމުންނެވެ. “މަންޖެ ތިދަނީ ފުރަތަމަ ދިމާވި ރޭވެސް މަގޭ ގަމިސްވެސް އިރާލާފަ ވިއްޔަ.. ދެވަނަ ރޭ ނޭނގެ…………” ރިޝްފާން ދައްކަން އުޅުނު ވާހަކަ މެދުކެނޑުނީ އޭނާގެ ކޮަލަށް އެރި ސުމާގެ އަތުގެ ހޫނު ހަމަލާއިންނެވެ. “ލިމިޓްގަ ހުރޭ… ގަސްތަކު ނޫން ތިހެން ވީކީއެއް.. އެކަމަށް މާފަށް އެދެން.. އެކަމަކު ތިވަރު ވާކަށެއް ނުޖެހޭނެ…” ސުމާ އިނގިލި ދިއްކޮށްލަމުން އެހެން ބުނެލީ މަޑުން ކަމުގައިވިޔަސް އަޑުގައިވަނީ ހަރުކަށިކަމެވެ. ސުމާ އެތަނުން ދިޔައީ ހޭން ހުރި ރިޝްފާއާއި ދިމާލަށް ލޯއަޅާލަމުންނެވެ.

“ދޮންތާ….. އެ މަންޖެ ކިހާ ސަޅިތަ… އެއޮއް އަޑެއް.. ހަމަ ހިތް ފުނޑު ފުނޑުކޮށްލާ.. މަޑު މަޑު އަތެއް…. ދޮންތާ.. އާދޭ…” ރިޝްފާން ރިޝްފާގެ އަތުގައި ހިފައިގެން ސުމާގެ ފަހަތުން ދިޔައެވެ. ރިޝްފާއަށް އެކަންތަށް ވީ މަޖާކަމަކަށެވެ. އަންނަމުން ދިޔަ މާޒިންގެ ކޯލްތަކަށް އޭނާ ޖަވާބު ދޭވަރަށްވުރެ އޭނާގެ ފޯރި ހުރީ އެހެންކަމަކަށެވެ. “މަންޖޭ… މަގޭ ދެން ގައި ނިވާކުރަނީ ކިހިނަކުންތަ؟ ގެނެސްބަ ތި ހެދުމުން އެއްބައި..” ރިޝްފާން ކިޔަމުން ދިޔައެވެ. “މަންޖޭ.. މަންޖޭ.. މަންޖޭ މަންޖޭ.. ނާޒުކުވި މޫރިތި ގޮމާ….” ރިޝްފާން ލަވަކިޔަމުން ސުމާއާއި ފޮށެމުން ދިޔައިރު އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ރިޝްފާ އޭނާގެ އެކަންތަކާއި އެއްބައިވަމުން ދިޔައެވެ. ނަމަވެސް ސުމާއަށް އެއްޗެކޭ ބުނެގެނެއްނޫނެވެ. ހެމުންނެވެ. އޭނާއަށް އެކަންތަށް މަޖާ ކަމަކަށްވެގެންނެވެ. ނޭނގިނަމަވެސް އޭނާ ދިޔައީ އޭނާފަދަ އަންހެނެއްގެ ޖަޒުބާތާއި ކުޅެމުންނެވެ. މަގުމަތީ ހިނގަމުންދާ މީހުންވެސް އެ ތިންމީހުންނާއި ދިމާ ބަލައިލުމަށްފަހު އަޅައިނުލާ ދެއެވެ. އެއީ އެމީހުންގެ ކަމެއްކަމަށް ހިތާއެވެ.

“ދެރަވެއްޖެ ކަމެއްނު… ހެޔޮނުވާނެ ދޭބަލަ މިތަނުން ތި މީހާގަނޑު.. ކޮން އުނދަގުލެއް ކޮށްގެންތަ ތިއުޅެނީ… ދެން މިހިރީ އަނެކަކު.. ނަމުގައި ދޮންތަ… އެކަމް ނުބައިވީހާ ކަމެއްގައި ކޮއްކޮއާއި އެއްކޮޅަށް…. ގަބޫލުކުރަން ކޮއްކޮއާއި ދައްތައަކާއި އޮންނަނީ މާތް ގުޅުމެއްކަން އެކަމް ތިވަރު ފުކެއް ބޮޑު ކަންނޭނގެ… ތި ކުއްޖާއަށް މާދަމާވެސް މީހަކު ފޮށެމުން އަންނަންޏާ ހަމަ ތިހެންތަ ދަތްޕިލަ ހާވައިގެން ހުންނަނީ.. ތީވެސް އަންހެނެކޭ….. އަދި ބުނަން.. ހޫއެވަރ ޔޫ އަރ އައި ޑޯންޓް ކެއަރ އަހަރެން ފަހަތުން ކިތަންމެ ވަރަށް އަޔަސް ނުލިބޭނެ އިނގިއްޖެ އެއްނު… އަން!! މިއިން އާ ގަމިހެއް ގަތަސް އެހެން އެއްޗެއް ގަތަސް ހެޔޮ..” ސުމާ ފަސް އެނބުރި ބަލާލުމަށްފަހު އެހެން ބުނެލީ ކެތްނުވެގެންނެވެ. އަދި ރިޝްފާންއާއި ދިމާލަށް 500 ރުފިޔާ އެއްލާލިއެވެ. މަޖާވެފައި ހުރި ރިޝްފާ ކައިރިއަށް އައީ ރުޅިއެވެ. “އޭ!! އަހަރެން ކުރަންވީ ކަންތަށް އިނގޭނީ އަހަރެންނަށް… އިނގިއްޖެއެއްނު…” ރިޝްފާ ބުނެލިއެވެ. “ދޮންތަ ޕްލީސް…. އެ ބުނީ ނުލިބޭނެޔޯ… ހެހެ އަހަރެންނަށް ނުލިބޭ އެއްޗެއް ނޯންނާނެ އިނގޭ މަންޖޭ… މިހާރުވެސް.. ހަމަ އެއް ސިކުންުކޮޅުގައި ތި މަންޖެގެ ބައޯއައި ހިސްޓްރީއާއި ފިޒިކްސް އާއި ކެމިސްޓްރީ ހޯދާލާނަން…. މަންޖެ އަކީ ހަމައެކަނި އަަހަރެންގެ.. އަހަރެން ހޯދާނަން..” ރިޝީ ބުނެލީ ފަސް އެނބުރި ދާން އުޅުނު ސުމާގެ އަތުގައި ހިފާލަމުންނެވެ. “ހަހަ ފެންވަރު؟؟” ސުމާ އޭނާގެ އަތް ރިޝީގެ އަތުން ދަމައިގަންނަމުން ބުނެލީ މަލާމާތުގެ ރާގަށެވެ. ރިޝީ ކައިރިއަށް އައީ ރުޅިއެވެ. ސުމާ ނޫންމީހެއްނަމަ މިއަދު ރަނގަޅު ލަނޑެއް ދިނީހެވެ. ރިޝީގެ ފެންވަރު ދައްކާލީހެވެ. “ފެންވަރު އޮޅުނީ ކަންނޭނގެ ދޯ.. ބަލާ ތިމީހާ… ބަލާ މިދިމާ… މި ދޭތެރޭ ހުރި ދުރުމިނެއް ނޫން މުހިންމީކީ.. އަދި ތަފާތަކީވެސް…. މިއީ ތަފާތު..” ސުމާ ހަމަ އެ ރާގުގައި އެހެން ބުނެލައި އޭނާގެ ބޮލުގައި އިނގިލި ޖައްސާލީ ސިކުނޑިއަށް އިޝާރާތްކުރަމުންނެވެ. ސުމާ ފަސްއެނބުރި ދާން ހިނގައިގަތްއިރު ރިޝީ ހުރިތާ ހުރެވުނީއެވެ. އޭނާ ތުރު ތުރު އަޅައިގަތީ އައިއްސާ ހުރި ރުޅީގެ ސަބަބުންނެވެ. “ރިޝީ…. އެ މަންޖެ މާ މޮޅު ވެގެން އެ އުޅެނީ.. ރަނގަޅު ލަނޑެއް ދީ… ހާދަ ފޫހިވެއްޖެޔޭ.. ދެންވެސް ހިނގާ…” ރިޝްފާ ރިޝްފާންގެ އަތުގައި ހިފައިގެން ދާންފެށިއެވެ.

“އަހަރެންނަށް ފެންވަރު ކިޔައިދިނީނު އެނގެން ދެން ނުކެރޭނެ އަހަރެން ކައިރިން ސަލާމަތްވާކަށް…… އެ މަންޖެ ހޯދާނަން ދެން ކިތަންމެވަރެއް ވިޔަސް.” ރިޝްފާންގެ އަޑުގައިވަނީ ޖޯޝެވެ. ރިޝްފާވެސް އޭނާައާއި އެއްބަސްވެލީ އޭނާގެ ރުޅިމަޑުކުރުމުގެ ގޮތުންނެވެ.

ސުމާ އިރު އިރުކޮޅާ ފަހަތްބަލާލައެވެ. ހިތުގައި ބިރުވެރިކަން އުފެދުނީ ޒިންއާއި މެދު ވިސްނާލާފައެވެ. އޭނާ ގެ ރުޅިގަނޑު ކޮންޓްރޯލްކޮށްލާ އެތަނުން ދެވުނުނަމައެވެ. ސުމާ އަވަސް އަވަހަށް ގެއަށް ދާން ނިންމީ ކައިރި ހުރި ފިހާރައަކުން ނޫޑްލްސް ކޮޅެއް ގަނެގެންނެވެ.

މިޝްޔާ ކައިރި ގެއަށް އައިވާހާކަ އަންގާލުމަށްފަހު ސުމާ ގެއަށް ވަދެ ދޮރު ތަޅުލާ ފުން ނޭވައެއް ދޫކޮށްލިއެވެ. ގެއަށް ސަލާމަތާއި އެކު ވަދެވުނީތީ ޝުކުރުކޮށްލުމަށްފަހު ކޮޓަރިއަށް ވަނީ ޒިން ކޮބައިތޯ ބަލައިލާށެވެ. ޒިން އަދިވެސް ނިދާފައި އޮތުމުން ސުމާ ނޫޑްލްސް ކައްކަން ދިޔައީ ޒިން ހޭލައްވާނީ ކެއްކުމަށްފަހުއޭ ހިތަށްއަރަމުންނެވެ.

……

“ހަލޯ…. ރިޝް ކޮންތާކުތަ ތިއުޅެނީ.. މިހާރު ކިހާއިރެއް ގުޅާތާ…. އައި ވޯންޓް ޓޯކް ޓު ޔޫ….” މާޒިން ބުނެލީ ކުޑަކޮށް ނުރުހުންވެފައެވެ. ސުމާއާއި ދިމާވިފަހުން އޭނާގެ ރުޅިގަނޑު ނުބާލާ މީހެއްނެތެވެ. މާހާ ކައިރި އެވާހަކަ ބުނިވަގުތު ހިތަށް ކުޑަ ލުޔެއް ލިބުނެއްކަމަކު ރުޅިގަނޑަކަށް ބަދަލެއް ނައެވެ. “ކުޑަކޮށް ބިޒީވީއޭ… ހާދަ ރުޅިއެއް ތިއައީ؟….. ޓޯކްކޮށްބަ މިހާރު…. އަމް އޯލް ޔުއަރސް..” ރިޝްފާ ބުނެލިއެވެ. “އެބަދަން ބަލައި…” މާޒިން އެހެން ބުނެލުމަށްފަހު ފޯނުގަނޑާލީ ރިޝްފާގެ ވާހަކަވެސް އަޑުނާހައެވެ. “ރިޝީ އަވަހަށް ގެއަށް ދާން އުޅޭ ޒިން އެބަ އާދޭ ޕްލީސް. ރިޝީ ދެން ޕްލީސް.. މި އެއްޗެހި ގަނެވިދާނެ ފަހުންވެސް.. ޕްލީސް.” ރިޝްފާ ރިޝީ ދަމާލަމުން އެހެން ބުނެލިއެވެ. ރިޝީ ރިޝްފާ ފޮނުވާލީ އޭނާ ދާން ބޭނުންނުވާތީއެވެ. ރިޝްފާ އެންމެ ފަހުން އެކަނި ދިޔައީ ޓެކްސީއަކަށް އަރައިގެންނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ފުރާނައިގެ ދިރުމޭ ތިއީ ( 1 ވަނަ ބައި )

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Next

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(14 ވަނަ ބައި)

Next
ބޭވަފާތެރި ނުވަމޭ ޔާރާއޭ
May 29, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(14 ވަނަ ބައި)

Previews
May 28, 2016

ފުރާނައިގެ ދިރުމޭ ތިއީ ( 1 ވަނަ ބައި )

31 Comments!

  1. Ryn says:
    May 28, 2016 at 8:11 pm

    hey guys.. here is the next part. hope hurihaa kudhihnah vx rythi vaane kamah.. n yrh ryn decide khfin mi story knme saturday aku up kuraa gwthah.. i know its too late but aslu vrh dheravey avahah up kuraanamey kiyaafa nukureveythy n late vaathyve n u guys keep waiting for it as u people are not sure when it will upload but miadhah fahu knme saturday is confirmed.. thankyw fr the cmmnts n supprt…. enjoy 😉 c u all next saturdayga in sha allah.. keep waiting 😉 lots love

    1. Shau says:
      June 3, 2016 at 10:27 pm

      Konme dhuvakuves balaalevey upload kohfitho … varah dhera maa las

  2. RaU says:
    May 28, 2016 at 8:23 pm

    Ooo lovely igey hama mi part up vaany irehge intizaaruga ohvaati up kohlee

  3. naaanu says:
    May 28, 2016 at 8:24 pm

    Heyy ryyyn..ma bck….vaahaka v salhi ingey..ekam keekuran maazin ge hithuga sum ah rulhi ufeddhy..kada ey eythi ??btw varaaaaah salhi ingey vaahaka.ehera rishyy eh dho pis pis.biru bodu esoruge ..avahah sum and maazin gulhuvaa ?miss yu ryyyn

  4. kudu says:
    May 28, 2016 at 8:24 pm

    Kudu vx mi prt up vaane dhuvahehge inthixaaruga huhtaa thi up kohly…

  5. RaU says:
    May 28, 2016 at 8:25 pm

    * vaane

  6. Appy says:
    May 28, 2016 at 8:31 pm

    Yeyy ..v v salhi rishy gandaa sum aa dhuruga hunnan v ingey …haadha fonyekey dhw evanyy huh…….alhey rynoo next part avas kohlahchey. …v v v kiyaahihhvey abadhu beleny up vefa in thw

  7. ken? says:
    May 28, 2016 at 8:38 pm

    awwwnnnn ryynn finally up kohdhineema v bodah thnkx…☺ n story i s jux wow…ekam v dheravey dn huri baithakuga sumaa ah vedhaane goithakei hithah ereema…feeling sad for her…?? wish u good luck…n every Saturday ga veema dhigukoh up kohdheythi ingey?

  8. meesha says:
    May 28, 2016 at 8:43 pm

    Sry fabb haada dhuhuku ‘inthizaaruga huefeemey mi sry up vaane irakah balabala. Missed this stry n u ryn… Just awsom

  9. Rora says:
    May 28, 2016 at 8:50 pm

    Story is booootiful.. bt that rishy kanthah avahah ninmaba.. n only saturday?

  10. aff says:
    May 28, 2016 at 9:00 pm

    rynoo.. haadha inthixaareh kurevihjey mi story up vaane irakah..knme dhuhuku ethah faharaku balaalevey up vithww.. finally kiyaalan libihje .. m so happy.. story hama habeys ey buneveyny.. varah vex reethi ingey.. keep goin n c yah Saturday. .☺☺☺☺

  11. Aish says:
    May 28, 2016 at 9:04 pm

    Ryn ge story v reethi nd v kiyaa hithun kiyany vx bt story v kuru nd ehaa gina dhuvas kohfa thi up kurany ehaa kuda thankolheh… Vedhaane aish ah vaahaka maa reethi v ma kuruhn hyvany kamah vx… Ehn ehvx reader eh aish aa agree vanyaa bunelahchey ingey…

  12. lai says:
    May 28, 2016 at 9:12 pm

    stry is really vvvvvvvv nice …. suturday ey? haadha lahakun .. bt will wait hehe .. dhn foohi maaxin gandaa sumko gulheyny kon irakun tha? .. waiting fr nxt prt .. miss u n luv u lts .. tgc ryn

  13. Rian says:
    May 28, 2016 at 10:22 pm

    V v v v nice… I love this part… But thankolheh kuree???

  14. ria says:
    May 29, 2016 at 1:03 am

    V v v reethi vaahaka thankolheh vaahaka kury.

  15. Anonymous says:
    May 29, 2016 at 1:15 am

    ryn.. Saturday v ma haadha lahey.. ???????

  16. Dhonthy says:
    May 29, 2016 at 2:46 am

    Ekam hama ekani Saturday ga weeya hadhaha Lahey. .. ?Erun Maka Las wanya baeh kiyun therin fuhi Wes waanehnu. .. thi ha Las wanya warah sakarai… dhan kuraane kameh nei dho…it’s up to you weeya dho. ..

  17. Saamidh says:
    May 29, 2016 at 4:07 am

    Vaahaka kuriah dhaagoiy v salhi… Ryn… Konme Saturday ehga up kuranyaa thankolheh dhigukoh genesdhehchey… Eyrun v ufaavaane…

  18. Saamidh says:
    May 29, 2016 at 4:10 am

    Vaahaka kuriah dhaagoiy v salhi… Rishi aa Sumaage fight ehaa kurukoh nulahchey… Eyrun bodah salhi vaany… Ekamaku Ryn!! Konme Saturday ehga up kuranyaa thankolheh dhigukoh genesdhehchey… Eyrun v ufaavaane…

  19. Ushaa says:
    May 29, 2016 at 10:30 am

    Vrh fab ingey Ryyn… Mihaaru bxy kamun cmmntvx nukurevey dw ushaayakah… Ekam mivaahaka kiyan….. Luv ur stwriis… Waitin 4 de nxt prt..

  20. shima says:
    May 29, 2016 at 3:40 pm

    Sarurday v ma haadha lahey?

  21. lum says:
    May 29, 2016 at 11:08 pm

    haadha lahakun…ehaa lahun ul vanyaa foohi

  22. Nash says:
    May 30, 2016 at 7:23 am

    Vvv reethi

  23. me says:
    May 30, 2016 at 4:53 pm

    Alhe ryn haadha lahakun…weekend ga nugenesdhy ehen dhuvas dhuvahu gen nanvu…mi yph kiyaa hithun huhtaa

  24. kennukbee says:
    May 31, 2016 at 11:37 am

    Hiiiii lyynu.. varah n

  25. kennukbee says:
    May 31, 2016 at 4:07 pm

    Hiiiii lyynu.. varah nice

  26. kennukbee says:
    June 1, 2016 at 11:11 am

    Week ehga atleast two days up kuteveytho try plx cant wait

  27. maisha says:
    June 4, 2016 at 1:13 pm

    Today at:3 o clock ga up kohlah chey Run…….. ok Love u all Bye☺☺☺

  28. aff says:
    June 4, 2016 at 6:43 pm

    rynoo kn irakun tha stry up kohdheny.. tday is satrday nu.. plxx up ASAP..☺ varah Shukuru..

  29. shaii says:
    June 4, 2016 at 9:38 pm

    Ryn miadhu my Saturday whn next part…avahah up kohdhyba plx…

  30. Safarukaiydda and santhimariyabu... says:
    June 4, 2016 at 9:39 pm

    Adhi wex thikiyaa saturday eh naadhe dhw…..

Comments are closed.

Next Episodeއިންތިޒާރުގައި ހުރިން 8←


All Right Reserved!