Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން.. 10

Ryn
June 18, 2016
6 Mins Read
75 Views
23 Comments

 

“އައްސަލާމްއަލައިކުމް.. އޭޑީކޭ އިން އިނގޭތޯ..” އެކޮޅުން އެހެން ބުނެލިއަޑުއިވުމާއި އެކު އޮށޯވެ އޮތް ސުމާ ކުއްލިއަކަށް ތެދުވެލިއެވެ. “ވައަލައިކުމް ސަލާމް.. ކިހިނެއްވީތޯ” ސުމާ ދެލޯ ބޮޑުކޮށްލައިގެން ހުރެ ބުނެލިއެވެ. “ސުމާ ދެއްތޯ…. މިކޮޅަށް ދުރުވެލަންވީނޫންތޯ….. ކުޑަ  އިންޓަވިއު އަކަށް….” އެކޮޅުން އެހެން ބުނެލިއެވެ. އެއަށްފަހު ވީހާވެސް އަވަހަށް އައުމަށް އެދި ފޯނުކަނޑާލިއެވެ. “އޯ މައި ގޯޑް….. ކާމް ޑައުން ސުމްކޮ… ޔޫ ހޭވް ޓު ޑޫ ދިސް…” ސުމާ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ތެދުވެލިއެވެ. އަދި ރީތި ޖިލްބާބެއް ނެގުމަށްފަހު އެއާއި ގުޅޭ ޝޯލެއްއެއް އިސްތިރިކޮށްލިއެވެ. އަދި ފެންވަރަން ވަނީ އަވަސްއަވަހަށެވެ. ޒިން ނިމޭނީ 5ގައި ކަމުން އަވަހަށް ހޮސްޕިޓަލުން ނުކުމެ ޒިން ބަލައިދާންކަމަށް ސުމާ ރާވާލިއެވެ.

__

ސުމާ އޭޑީކޭ ގެ ކުރިމަތީ ހުރުމަށްފަހު ބިސްމިންކިޔާ ފުރަތަމަ ފިޔަވަޅު އެތެރެއަށް އަޅާލީ އޭނާ ދެކުނު ހުވަފެންތަށް ސީދާވާނެކަމަށެވެ. ސުމާ ރެސިޕްޝަނަށްގޮސް އޭނާ އައި ބޭނުންބުނެލުމަށްފަހު އެމީހުން ބުނިތަނުގައި އިށީނދެލިއެވެ. އޭރު ދެތިން ކުއްޖަކު އެތާނގައި އިށީނދެ ތިއްބެވެ. ސުމާއާއި އެއްފަދައިން ފައިލެއް ހިފައިގެންނެވެ. ސުމާ އެއިން ކޮންމެ ކުއްޖަކަށް ހިނިތުންވުމެއް ދިނެވެ. އެތަނުން އެކަކު ސުމާގެ ފައިން ފަށައިގެން މޫނަށް ބަލައިލުމަށްފަހު ހޭންފެށިއެވެ. ސުމާއަށް އެތަން ފެނުނުކަމަށްވެސް ނުހަދާ އަޅައިނުލާއިނީއެވެ. އެތަނުން ކުއްޖަކަށް ގޮވާލުމަށްފަހު އިރުކޮޅެއްނުވެ އެމީހުން ސުމާއަށް ގޮވާލިއެވެ.

ސުމާ ދޮރުގައި ޓަކި ޖަހާލިއެވެ. އެކޮޅުން ވަނުމަށް ބުނުމުން ސުމާ އެތެރެއަށްވަނެވެ. ސުމާ ދޮރުމަތީ ހުރުމުން ކުރިމަތީ މޭޒެއްގައި އިންމީހާ ސުމާއާއި ދިމާލަށް މަތިން ތިރިއަށް ބަލައިލިއެވެ.  “ސުމާ….. ހޫމްމް.. ޑޮކްޓަރަކަށް ވާން ބޮޑު ހެދުން..؟ އުނދަގޫވާނެ.. އެން ޔޫ ކާންޑް ޑޫ ދިސް…. ސޮރީ..” ސުމާ އެ ހުރިގޮތަށް ހުއްޓާ އެމީހާ ބުނެލިއެވެ. ސުމާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ބޭއިހްތިޔާރުގައެވެ. ކޮންފަދަ ބޭއިންސާފުވެރިކަމެއްހެޔެވެ؟މީހުން ބަލަނީ ލާފައި ހުރިއެއްޗެއްސައްހެޔެވެ؟ ނުވަަތަ އުނގެނިފައިވާ އެއްޗަކަށްހެއްޔެވެ؟ ސުމާގެ ހިތްވަރުއެލުނެވެ. އެންމެ ފުރަތަމަވެސް އެ ބުނި ޖުމްލައިން އޭނާގެ ހިތް ކަތިލިފަދައެވެ. ހުވަފެންތަށް ފުނޑުނުކަހަލައެވެ. ނަމަވެސް އޭނާ އެ މީހާއާއި ދިމާ ބަލައިލިއެވެ. “އެސްކިއުޒް މީ ސަރ… އަސްލު ހިއެއް ނުކުރަން މިތަނުގައި މިކަހަލަ ބޭއިންސާފުވެރިކަމެއް އޮވެދާނެކަމަކަށް.. މީހުން ލާ އެއްޗެއްސަށް ބަލާފަ އެމީހެއްގެ ޤާބިލްކަމެއް ނޭނގޭނެ.. އެންމެ ފަހަރަކުވެސް އަޅުގަނޑުގެ ފައިލް ބަލާލަންވީނުންތޯ އެންމެ ފަހަރަކުވެސް އަޅުގަނޑު މިމަގާމަށް ގާބިލުތޯ ބަލައިލަންވީނޫންތޯ… އަޅުގަނޑަށް މި ވަޒީފާ ވަރަށް މުހިންމު ސަރ…. އެކަމް އަޅުގަނޑަކީ އެއްވެސް ވަރަކަށް ކަންކަމަށް އާދޭސްކުރާކަހަލަ މީހެއްނޫން… އަޅުގަނޑުގެ ފައިލް ބަލާލާފަ އަޅުގަނޑު މި މަގާމަށް ގާބިލްތޯ ނޫނީ ނޫންތޯ ބަލާފަ ތިހެެން ބުނެލިނަމަވެސް އުފަލާއި އެކު މިތަނުން ދިޔައިސް.. އެކަމް ސަރ…. ޖަސްޓް ލީވް އިޓް…. ދިސް ޖަސްޓް…..އާރގްގް…” ސުމާ އެހެން ބުނެލުމަށްފަހު ފަހަތަށް އެނބުރިލި ގަޑިގައި ލައިގަތީ ކުރިމަތިން ދޮރު ހުޅުވާފައި ވަންނަން އުޅުނުމީހެއްގެގައިގައެވެ. ސުމާ އައި ރުޅީގައި އެމީހާއާއި ދިމާ ބަލައިވެސް ނުލާ އޭނާ ކޮށްޕާލާފައި ދިޔައިރު ހުރީ ފެންކަޅިވެފައެވެ.

މާޒިން ދެލޯ ބޮޑުކޮށްލައިގެން ސުމާ ދިޔަ ދިމާލަށް ހުރެވުނީ ބަލަންށެވެ. ސުމާ އަށް އޭނާ ނުފެނުނަސް އޭނާއަށް ސުމާ ފެނުނެވެ. ސުމާ އޭނާ ކޮށްޕާލާފައި ދިޔައިރު ސުމާއަށް މާޒިން ނުފެންނަކަން ޔަޤީނެވެ. މާޒިން ދޮރުމަތީ އިރުކޮޅަކު ހުރުމަށްފަހު އެތެރެއަށް ހިނގައިގަތްއިރުވެސް ހުރީ ޝޮކެއްގައެވެ. “ސަރ ކިހިނެއްވީތޯ؟؟ އޭނާ؟؟” އެ ހައިރާންކަމުގައި ކުރިމަތީ  އިށީނދެ އިން ޖުނައިދު އާއި މާޒިން ސުވާލުކޮށްލިއެވެ. ޖުނައިދު ފެށީ ހޭންށެވެ. “މާޒިން… ކީކޭ ބުނާނީ.. ބޮޑު ހެދުން ލައިގެން ޑޮކްޓަރުކަމަށޯލަ އެއައީ… މޫނުބުރުގައި އަޅައިގެން ނައިކަން ނަސީބެއް.. ޑޮކްޓަރު ކަމަށް……………..” “ސަރ ޕްލީސް….. ތީ އެއްވެސް ވަރަކަށް އިންސާފެއްނޫން…. މީހެއްގެ ސިފައަކަށް އަޅާ ހެދުމަކަށް ބަލާފައެއް އޭނާގެ މޮޅުކަމެއް ނޭނގޭނެ… ދިސް އިސް ޖަސްޓް ނޮޓް ފެއަރ ސަރ… ޗެކް ހަރ ޕާރފޯރމެންސް ޕްލީސް ސަރ.. ނޭނގެއެއްނު ސަރ ތިހޯދާ ކަހަލަ ޑޮކް އަކީ އޭނާ ނޫންކަމެއް.. ސަރ ޕްލީސް… ސަރ ޕްލީސް..” މާޒިން ވާހަކަ ދެއްކީ ކިތަންމެ މަޑުންނަމަވެސް އޭނާގެ އަޑުގައިވަނީ ނުރުހުމެެވެ. އޭނާއަށް ބޭއިހްތިޔާރުގައި އެހެން ބުނެވުމުން އޭނާވެސް ހައިރާންވިއެވެ. ސުމާއާއި އެއްކޮޅަށް ވާހަކަދެއްކުނީ ތީ ހަމަ ރަނގަޅަށްވެސް ހައިރާންވިއެވެ. ޖުނައިދު އިރުކޮޅަކު އެހެން އިނދެލީ މާޒިން ބުނެލި އެއްޗާއި މެދު ވިސްނަންށެވެ. “އެކަމް ބޮޑު ހެދުން ދޯ މައްސަލައަކީ…..” އެހެން ވިސްނަން އިން ޖުނައިދު އަނެއްކާވެސް ބުނެލިއެވެ. “ސަރ…….!! ޕްލީސް…” މާޒިން ދެފަރާތަށް އަތް ހަރަކާތްކޮށްލަމުން އެހެން ބުނެލީ ގަބޫލުކުރަން އުނދަގުލޭ ބުނާފަދަ ގޮތަކަށެވެ. ޖުނައިދު އެހާ ބޭއިންސާފުވެރި ވެދާނެބާއޭ އޭނާ ހިތަށް އެރިއެވެ.”އޯކޭ… މާޒިން ތިހެން ބުނީމަ އިނގޭ މި ޓްރައި އެއް ޖައްސަނީ… އަހަރެން ވަރަށް މާޒިންގެ ހޮވުމަށް ބަރޯސާ ކުރަން.. ޔަޤީން އެ އަންހެންކުއްޖާ ގައިގާ މޮޅުކަމެއް ހުރީކަން… އިފާ… ކޯލް ހަރ އަގައިން.. ޑޫ އިޓް ސޫން… އެހެންނޫނީ ގޮސްދާނެ..” ޖުނައިދު ހިނިތުންވެލަމުން ކައިރި އޭނާއަށް އެހީވެދެން ހުރި އިފާ ކައިރި ބުނެލިއެވެ. މާޒިން އެތަނުން ނިކުމެގެން ދިޔައީ އަދިވެސް ސުމާއާއި މެދު ވިސްނަމުންނެވެ. ސުމާ އައުމުގެ ކުރިން އެތާ އޭނާ ނުހުންނާށެވެ.

އިފާއަށް ސުމާ އާއި ބައްދަލުވީ ހަމަކިރިޔާއެވެ. އެހެންނޫންނަމަ ސުމާދިޔައީހެވެ. އިފާ އެދުމުން ސުމާ ރުޅިއައިއްސާ ހުރެ އިފާއާއި އެކު ދާން ހިނގައިގަތެވެ. އަދި އެތެރެއަށް ވަދެ ކުރިމަތީ އިން ޖުނައިދުއަށް ބަލައިވެސް ނުލާ ފައިލް އެނާގެ މޭޒުމަތީ ބާއްވާލަމުން އިށީނދެލިއެވެ. ޖުނައިދު ނުބައި ފާޑަކަށް ހޭންފެށީ ސުމާ ރުޅިއައިއްސާ ހުރިތަން ފެނިފައެވެ. ޖުނައިދު ފައިލް ނަގާ ޗެކް ކުރަމުން ދިޔައިރު އެނާގެ މޫޑް ރަނގަޅުވަމުން ދިޔައެވެ. “ވާވް… އިންކްރެޑިބަލް.. ޔޫއާރ ދަ ވަން އައި ވޯންޓް.. ސުމާ.. ޔުއަރ ޖަސްޓް ޕާރފެކްޓް…. ޖޮއިން އަސް ޕްލީސް..” ޖުނައިދު ފައިލް ލައްޕާލަމުން ބުނެލީ ސުމާއާއި ދިމާ ބަލަންހުރެއެވެ. ސުމާ އިސްްއުފުލާ ޖުނައިދުއަށް ބަލައިލީ ހައިރާންވެފައި ހުރެއެވެ. ސުމާ ހިންދިރުވާލިއެވެ. “ކޮންގްރޭޓްސް ސުމާ…. އެން އަމް ސޮރީ.. ހަޤީޤަތުގައި ބޮޑު ހެދުން ލުމަކީ މައްސަލައެއްނޫން.. އެއްވެސް ވަރަކަށް މައްސަލައެކޭ ނުބުނާނަން.. ޑޮކްޓަރަކަށް ވީމަ އުނދަގޫވާނެ…. އަދި ހާއްސަކޮށް މިކަހަލަ މަގާމަކަށް.. އެކަމް މީގަ އޮންނާނީ ސުމާ ބޭނުންވާގޮތްތާ ދޯ…” ޖުނައިދު ސުމާއަށް އަތްދޮއްކޮށްލަމުން ބުނެލިއެވެ. ސުމާ ހިނިތުންވެލަމުން ޖުނައިދު ދިއްކޮށްލި އަތުގައި ހިފާފައި ސަލާމްކޮށްލީ ފެންކަޅިވެފައި ހުރި ހާލުގައެވެ. “ތެ.. ތެންކިޔު ސަރ… ވަރަށް ބޮޑަށް ތެންކްސް.. އެން އަޅުގަނޑަކަށް އެއްވެސް އުނދަގުލެއް ނުވާނެ…. ސަރ ބޮޑު ހެދުމަކީ އަޅުގަނޑުގެ ލާ ފޭރާމަށްވުރެ ބޮޑަށް ހިމާޔަތެއް.. އައި ފީލް ކޮންފޮޓޭބަލް… އައި ކޭން ޑޫ އިޓް..” ސުމާ ފުޅާ ހިނިތުންވުމަކާއި އެކު އެހެން ބުނެލިއެވެ. އަދި ފައިލުގައި ހިފީ ދާންވެގެންނެވެ. “ޔޫ ޝުޑް ތެންކްސް ޓު ދެޓް ގައި ނޮޓް މީ އަސްލު.. ހެހެ.. ސޯ ވިލް ކޯލް ޔޫ އިނގޭ އަންނަންވީ ދުވަސް ފިކްސްކޮށްލާފަ..” ޖުނައިދު އެހެން ބުނެލުމުން ސުމާ އޭނާއާއި ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. “ދެޓް ގައި؟؟” ސުމާ އަހާލިއެވެ. “ހެހެ ދެންމެ ވަނެއްނު.. އޭނާ ބުނީ ސުމާގެ ޕާރފޯމެންސް ޗެކްކޮށްލާށޭ އަދިއެއްފަހަރު. އެނީވޭސް ނައިސް ޓު މީޓް ޔޫ.. އެން ވެލްކަމް ޓު އޭޑީކޭ..” ޖުނައިދު އަނެއްކާވެސް ސުމާއާއި ސަލާމްކޮށްލުމަށްފަހު އެހެން ބުނެލިއެވެ. ސުމާ ހިނިތުންވެލުމަށްފަހު ދާން ހިނގައިގަތެވެ.

ސުމާ މަގުމައްޗަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ޔޭ އޭ ކިޔައި މަޑުމަޑުން ހަޅޭލަވައިގަނެވުނެވެ. “އޯ މައި ގޯޑް.. އަލްހަމްދިއްﷲ…. ހުރިހާ ޝުކުރެއް ހަމަ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެއަށް އެން ދެޓް ގައި އަށް.. ހެހެ އޯ ގޯޑް އަމް ސޯ ހެޕީ…” ސުމާ މަގުމަތީ ހުރެ އެނބުރިލިއެވެ. އޭނާ އުފާވެފައިވާވަރު އެ މޫނުމަތިން ދިޔައީ ފެންނަމުންނެވެ. ސައިކަލުތަށް ޕާކުކޮށްފާ ހުރި ތަނގައި ސައިކަލު މަތީ އިށީނދެ އިން މާޒިން ގެ ނަޒަރު ހުރީ ސުމާއަށެވެ. ސުމާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުގެ ސަބަބުން މާޒިންއަށްވެސް ހިނިތުންވެވުނެވެ. އޭނާ ސުމާއަށް އެހީވެދެވުނީތީ އުފާވިއެވެ. ވަރަށް ބޮޑަށް އުފާވިއެވެ. ނަމަވެސް މާޒިން ވިސްނަންޖެހޭނެއެވެ. އަމިއްލަ ނަފްސްކޮންޓްރޯލްކުރަން ޖެހޭނެއެވެ. ދުވަސްކޮޅަކުން ސުމާއާއި އެކު އެއްތާނގައި މަސައްކަތްކުރަންފަށާނެއެވެ. މާޒިންއަށް އެކަން ކިތަންމެ އުނދަގޫކުރުވިޔަސް ސުމާއަށް އެކަން ކޮށްދިނީ އެންމެ ސަބަބަކާ ހެދިއެވެ. ހިތުގެ ބުނުމަކަށެވެ. ހިތް ބުނަމުން ދިޔައީ ސުމާއަށް އެ ވަޒީފާ ވަރަށް މުހިންމުކަމުގައެވެ. ސުމާ އެ ބޮޑު ގެ އޮތްއިރު އެ ވަޒީފާއަށް އަންނާނީވެސް ސަބަބަކާއި ހެދިއެއްނޫންހެއްޔެވެ؟ މާޒިން ސުމާގެ ހަރަކާތްތަކަށް ބަލަން ހުރެވުނީއެވެ.

ކުއްލިއަކަށް ވާރޭ އޮއްސައިގަތީ އެޔެއް މިއެއް ބަލާފައެއްނޫނެވެ. ސުމާ އަށް އުޑުމައްޗަށް ބަލައިލެވުނެވެ. އޭނާ އުފަލުން ފޮޅުނެވެ. ކުޑައިރުގެ ދުވަސްތަށް މަތިން ހަނދާންވާންފެށިއެވެ. އޭނާ ވާރޭއާއި ނުތެމޭތާ ހާދަ ދުވަހެއް ވެއްޖެއެވެ. ސުމާ އުޑަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. މަގުމަތީގައި މީހުންތަށް ހިޔައެއް ލިބޭތޯ ދުވަމުން ދިޔައިރު ސުމާ ހުރިތާ ދެއަތް ފުޅާ ކޮށްލައިގެން ހުއްޓެވެ. ފައިލު އަތުގައި އޮތްކަންވެސް ހަނދާންނެތުނުކަހަލައެވެ. އޭނާގެ ހަރަކާތަށް އޭރުވެސް ބަލަން ހުރި މާޒިންވެސް ހުރީ ތެމިފައެވެ. ސުމާ ތެމޭ ވާރޭއެއްގައި އޭނާއަށް ތެމުމުގެ ނަސީބު ލިބުމުންވެސް އެ ހިތަށް ހަމަޖެހުމެއް ލިބުނުކަހަލައެވެ. މާޒިން ހަމަ އެ އިންތާ އިށީނދެ އިންިއިރު އިރު އިރުކޮޅާ އިސްތަށިގަނޑު ރަނގަޅުކޮށްލައެވެ. ސުމާ ދެފަހަރަކު އެނބުރިލާފައި ކުއްލިއަކަށް ސިއްސައިގެން ގޮސް ފައިލާއި ދިމާ ބަލައިލެވުނެވެ. އަދި ނިތްކުރިމަތީ ޖަހާލެވުނީ “އޯ ޝިޓް” އޭ ބުނެލުމަށްފަހުގައެވެ. މާޒިން ކައިރިއަށް އައީ ލާނެއް ހިންޏެކެވެ. ސުމާ މެއާއިލާ ފައިލު ބޮނޑިކޮށްލިއެވެ. އަދި އަވަސްއަވަހަށް ޓެކްސީއެއް ނަމަވެސް ލިބޭތޯ މަސައްކަތްކުރިއެވެ. ޒިން ބަލައިދާންވެސް ޖެހޭނެއެވެ. ކުޑައެއްވެސް ސުމާއަކަށް ނުގެނެވުނެވެ. އަމިއްލަ ނަފްސަށް އެއްޗެހި ކިޔާލަމުން ސުމާ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރެ ޓެކްސީއެއް ލިބޭތޯ ބެލިއެވެ. ނަމަވެސް ޓެކްސީއެއް ނުލިބުނުތާނގާ އެއްޗެއް މަޑުވެސް ނުކުރިއެވެ. ވީ ފޫހިން ސުމާ ހިޔަލެއްގެ ދަށަށް ވަނެވެ. އަދިވެސް ހުރީ ވާރޭއާއި ތެމެން ބޭނުންވެފައެވެ. ނަމަވެސް އޭނާގެ އަތުގައި އޮތް ފައިލާއި މެދުވެސް އޭނާ ވިސްނަންޖެހޭނެއެވެ. އިތުރަށް ތެމިއްޖެނަމަ އަނެއްކާވެސް ކާރަށްވެސް ނާރުވަފާނެއެވެ. ސުމާ ކުދި ކިޔާލަމުން އެތާ ހުރިއިރު އޭނާގެ ކަނާއަތްވީ ފަރާތުގައި އިން މަޒިން އޭނާއަށް ނުވެސް ފެންނަކަހަލައެވެ. މާޒިންގެ ތުންފަތްމައްޗަށް އިރު އިރުކޮޅާ ހިނިތުންވުމެއް ވެރިވެއެވެ.

ސުމާ އެތާ ހުރިއިރު އަތުގައި އަޅާލާފައިވާ ގަޑިއަށް ބަލާލަން އުޅުމުގެ ތެރޭގައި އޭނާއަށް ހަނދާންވީ މާޒިން ދިން އަތުގައި އަޅާ އެތިކޮޅުމަތިންނެވެ. މިހުރިހާ ދުވަހު އެ އެތީގެ ހަނދާންނެތީކީނޫނެވެ. ފެނިދާނެކަމުގެ އުއްމީދުނެތުމުން ވިސްނަން ބޭނުންނުވީއެވެ. ސުމާ އެ އަތުގައި އަތްހާކާލިއެވެ. އަމިއްލަ ނަފްސް ކޮންޓޮރޯލްކޮށްލީ ސުމާއަށް ރޮވިދާނެއަތީއެވެ. ސުމާ ގަޑިއަށް ނަޒަރު ހިންގާލީއެވެ. ޒިން ބަލައިދާ ގަޑި ޖެހެނީއެވެ. އެކަމް ދެން ދާނީވެސް ވަކި ކިހިނެއްހެއްޔެވެ؟ ޒިންވެސް ގެންނަން ޖެހޭނީ ތެމިގެންނެވެ.

އެތާ ހުރެ ހުރެ ސުމާގެ ވަގުތު ބޭކާރުނޫންކަމެއް ނުވިއެވެ. ވާރޭ މަޑުކޮށްނުލިތާނގައި ތުނިވެސްނުކުރިއެވެ. ސުމާ އެންމެ ފަހުން ހިނގާފަ ދާން ނިންމިއެވެ. ފައިލް މެއާލާއި ބޮނޑިކޮށްލުމަށްފަހު ކޮނޑުގައި އަޅުވާފައިވާ ކުޑަ ހޭންޑް ބޭގްވެސް ކުރިމައްޗަށް ގެނެސް ފައިލުއާއި ނިވާވާނެހެން ލުމަށްފަހު ސުމާ ހިނގައިގަތެވެ. މާޒިންއަށް އެ ގޮތް ކަމަކު ނުދިޔައެވެ. ސައިކަލުގެ މަޑިދަށުން އޭނާ ބައިންދާ ކުޑަ ނެގުމަށްފަހު ސުމާއާއި ދިމާލަށް ދާން ހިނގައިގަތެވެ. ސުމާ އޭނާއަށް ފަސްދީ ހިނގާފައި ދާ ގޮތުން މާޒިން އަށް ހަނދާންވަނީ އެދެމީހުންގެ ކުޑައިރެވެ. އެކުގައި ހޭދަވި މަޖާ ދުވަސްތަކެވެ. ވާރެއާއި ތެމުނުގޮތެވެ. މާޒިން ތެމިފައިވާ އޭނާގެ ބޯ މޫނުމަތިން ނެގުމަށްފަހު ސުމާއާއި ދިމާލަށް އަވަސް ފިޔަވަޅުތަކެއްގައި ގޮސް ހަމަކޮށްލިއެވެ. އަދި ކުޑައޭނާއާއި ދިމާލަށް ދިއްކޮށްލީ ސުމާއަށް ނުފެންނާނެހެން ފަހަތަށް އެނބުރި ހުރިއެވެ. ސުމާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް އެ ކުޑަ ފެނުމުންނެވެ. ސުމާ އެ ކުޑަ ދިއްކޮށްލީ ކާކުތޯ ބަލާލަން އެނބުރިލުމުން އެމީހާ ސުމާއާއި ދިމާލަށް ކުޑަ އެއްލާލުމަށްފަހު ދުވެފައި ދިޔައެވެ. ސުމާ އެމީހާ ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ދެކޮނޑު އަރުވާލިއެވެ. އެ ބޯ ވާރޭގައި އެއީ ކާކުކަން އިނގޭ ވަރެއްވެސް ދިޔަ ދިމާލެއްވެސް ނޭނގުނެވެ. ސުމާ ދާން ހިނގައިގަތީ އެ ކުޑަ ނުނަގައެވެ. ދުރުގައި ފިލާ ހުރި މާޒިން ހިތާ ހިތުން ސުމާއަށް އެއްޗެހި ކިޔަންފެށިއެވެ. އަނެއްކާވެސް ކުޑަ ބަލައި ދިޔައީ ސުމާއަށް އެ ދޭންވެގެންނެވެ. ނަމަވެސް ފިޔަވަޅުތަކަށް މަޑުޖެހި ހުރިތާ ހުރެވުނީ މާޒިން މި އުޅޭގޮތް ސިކުނޑިއަށް ނަގައިގަނެވުމުންނެވެ. އޭނާ ސުމާއާއި މެދު މި ވިސްނަނީ ކީއްކުރަންހެއްޔެވެ؟ އޭނާއާއި މެދު ނުވިސްނި މީހަކާއި މެދު މާޒިން ވިސްނަންޖެހޭނެހެއްޔެވެ؟ މާޒިން ސުމާ ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު އޭނާވެސް ފަސްއެނބުރި ދާންފެށިއެވެ. އެ އޮތްތާ ކުޑަވެސް އޮތެވެ.

ސުމާ ހިނގާފައި ހިޔަލުތަކަށް ވަންނަމުން އަވަސް ފިޔަވަޅެއްގައި ދަނިކޮށް ކާރެއް ލިބުނެވެ. އުފަލާއި އެކު ކާރަށް އެރީ އެމީހާ ގާތު އޭނާ ތެމިފައިވާކަން ބުނަމުންނެވެ. ޑްރައިވަރ އެއީ މައްސަލައެއްނޫންކަމަށް ބުނެ ސުމާ ދާންބޭނުންވާ މަންޒިލް އަހާލުމަށްފަހު ކާރު ހިންގާލިއެވެ.

ޒިން ނިމޭގަޑިއަށް ސުމާއަށް ދެވުނީ ހަމަކިރިޔާއެވެ. އޭރު ވާރޭ ތުނިކުރަމުން ދިޔައެވެ. ނަމަވެސް އިރުއިރުކޮޅާ ބޯކޮށްލައެވެ. ސުމާ ޒިން ގޮވައިގެން ކާރަށް އެރިއިރު ޒިންވެސް ހުރީ ކުޑަކޮށް ތެމިފައެވެ. ސުމާ އިނީ ކެތްކޮށްލައިގެންނެވެ. ވަޒީފާ ލިބުމުން އުފަލުން ޒިން ގައިގާ ބައްދާލަން ބޭނުންވެފައެވެ. ނަމަވެސް ޒިންގެ ޔުނީފޯރމް އެއަށްވުރެ ބޮޑަށް ތެމިދާނެތީ ސުމާ އިންގޮތަށް އިނީއެވެ.

-ނުނިމޭ-

78
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ދޭނަން ހިތާ ޖާނާ. (4)

Next

އަހަރެންގެ ވާހަކަ (ސައުވީސްވަނަ ބައި)

Next
June 18, 2016

އަހަރެންގެ ވާހަކަ (ސައުވީސްވަނަ ބައި)

Previews
June 18, 2016

ދޭނަން ހިތާ ޖާނާ. (4)

23 Comments

  1. Ryn says:
    June 18, 2016 at 9:29 pm

    hey.. hope like vaane kamah.. thankyw fot reading.. love n miss.. n thankx for the support u guys give n waiting for this patiently… blessed by having u ppl ?.. have a graet day… ahead ???

  2. sweet angle . says:
    June 18, 2016 at 9:39 pm

    thankx ryn sissy..luv u so much.and proud of u…

  3. zyn says:
    June 18, 2016 at 9:40 pm

    Pis. Week aku eh faharu genesdheyiru ves eha kuru..

  4. SWYTY says:
    June 18, 2016 at 9:43 pm

    thankx ryn sissy..great work… thankolheh kuruvy..bt i understand ingey.i knw u r studying…ehaa busy iruves story up kohdheythy varah happy vey….I AM PROUD OF U SIS…LUV U 2..HEHE.

  5. Shaal says:
    June 18, 2016 at 9:46 pm

    Vvvvv reethi mi part ves ekam thankolheh lahee up kuraaleh

  6. Xaan says:
    June 18, 2016 at 9:50 pm

    Mipart ves v salhi

  7. same says:
    June 18, 2016 at 9:57 pm

    vvvvvvv reethi mipartves. plx up soon

  8. aff says:
    June 18, 2016 at 9:58 pm

    reethi ..keep goin ☺

  9. yaalaa says:
    June 18, 2016 at 10:02 pm

    Haadha lahey mifaharu vvv reethi

  10. J says:
    June 18, 2016 at 10:11 pm

    Tiah vure digukoh vaahaka genes devidaane?

  11. Ushaa says:
    June 18, 2016 at 10:14 pm

    Ryynuuu.. Vrh vvvvv reethii mi prtvx.. Ur de bxt… Luv de stwriii nd waitin ingey ryyn kithanme lahun up kuriyas…….

  12. lyn says:
    June 18, 2016 at 10:17 pm

    ryyyyyyyn hg…. mi prt vx hama vrh salhiiii… ekm kudakh kuruhn hyvany… nxt prt dhigu kh up khdhehcheyy??☺☺☺ tvgc..miss u?????

  13. ken? says:
    June 18, 2016 at 11:00 pm

    masha allah this story is awesome…dn alhe ryn knmes kanthah gandei hingaalaba…mihaa smooth koh dhanyaa kadeinnu dhw…hehe..goodluck..?❤?✌?

  14. ina says:
    June 18, 2016 at 11:26 pm

    Ryyyynnnuuuuuuu i ws waiting fr ths Stwry mwnin in feshign..hehe vrh nyc… Kuru bt ok. 😉 n sumko ah cngrtssss Ingey job libunyma 😛 .. Kbrtha tht RISHFA gandu 😛 ..heehe.. .. Luv U n miss U alott.. Tvvvgc.. Salam..

  15. inaya says:
    June 18, 2016 at 11:58 pm

    Maakury………foohi…..

  16. Ai says:
    June 19, 2016 at 12:01 am

    Nyc. Ekam not wotth the wait. ? thanks and story is as usual v nyc ?

  17. Aimsithu says:
    June 19, 2016 at 12:23 am

    Thankolheh dhigu kohllaane kamah heekuran

  18. Lyn :-* says:
    June 19, 2016 at 12:56 am

    Great and the best story ever.. I lov ur stries..bt a litl shorter than i thought..anywayxx..grt..gud luck.. 🙂

  19. Appy says:
    June 19, 2016 at 2:04 pm

    Owww v v salhi mi part vx …..gud luck

  20. Faxoo says:
    June 19, 2016 at 9:33 pm

    Ryyn mibaives varah varah reethi. dhn Mazin ah Suma ingeyne dhw adhi fahun. i really really hope so! 😀 anyway, cant wait fr the nxt part! 😀 >.< hope vrh avahah genes dheyne kamah in

  21. story man says:
    June 25, 2016 at 3:34 am

    Nimunee thw thihen veema kihineh kiyaahih vaanee

  22. Ushaa says:
    June 25, 2016 at 10:03 am

    Ryyn.. Alhe mistwrii up nuvegen hurevnyykyy nun… Avas kohdhyyba plx plx plx….Waitin ga hama mi innnanyyy….

  23. Thaany says:
    June 26, 2016 at 2:32 pm

    V reethi….

Comments are closed.

All Right Reserved!