Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެދުނީމޭ ލޯތްބާއި އުފާ 11

Ryn
August 26, 2016
7 Mins Read
65 Views
29 Comments

“ސާނިޔާ އަޑު އިވިއްޖެތަ؟ އޭނާ ވިސްނާވަރު.. އެކަމު ސާނިޔާ އަށް ކީތްކުރެވުނީ.؟؟؟؟” ސުހައިލް ބުނެލީ ކޮޅަށް ތެދުވެލުމަށްފަހުގައެވެ. “މަންމާ… އިނގޭތަ… އާޝާ….. އާޝާ ވަރަށް ލޯބިވާނެ މަންމަ ދެކެ…… ބުނާނެ މާމަ ކޮބައިތޯ މާމަގެ ހަބަރު ހޯދާނެ… އާޝާއާއި ދިމާވީމާ ފުރަތަމަ އިވޭނީ އަހަރެންގެ ހާލު އަހާ އަޑު ދެން އެންމެ ފުރަތަމަވެސް އަހާނީ އާޝާގެ ދިރުއުޅުން ހަލާކުކޮށްލި އޭނާ އެ ކިޔާ ދައްތަގެ ވާހަކަ.. ދެން ބުނާނީ މަންމަގެ ވާހަކަ… މަންމާ އާޝާ އަކީ ކޮންމެގޮތެއްވިޔަސް މިގޭގެ ކުއްޖެކޭ….. ސަނީމް.. ސަނީމްއަށް ކުރެވުނު ކުށެއް އެކަމް އަޅުގަނޑު އެ ކުށް ރަނގަޅުކުރިން އޭގެ މާނައަކީ އެއްނޫން އާޝާ މިގޭގެ ކުއްޖަކަށް ނުވީއެކޭ…. އިޝާ އާއި އިސްރާ އެކޭ އެއްވަރަށް އާޝާ ވެސް މިގެއަށް ހިއްސާވާނެ.. މިގޭ މީހުންނާއި ގުޅުން އޮންނާނެ… އެކަމް ކީއްކުރާނީ.. އެފަކީރަށް އޮތީ ހުސް މިދުވަސްކަންނޭނގެ މިންވަރުކުރައްވާފަ… އުފަންކުރި ބައްޕަ ދޫކޮށްލީ… ކުޑައިރުންސުރެ އެންމެ ލޯބިވާ ދައްތަ ދޫކޮށްލީ… އިސްރާ ދޫކޮށްލީ… އާއިލާ ދޫކޮށްލީ… ޝަކުވާއެއް ނުކުރެ މަންމާ….. އެއީ ހިތްވަރުގަދަ ކުއްޖެއް…. އޭނާގެ ހިތްވަރަކީ އަހަރެން… އެކަމް މިއަދު އެ ހިތްވަރުވެސް ގެއްލުނީއެއްނު އެގެން… އަމިއްލަ ބައްޕަ ނޫންކަން އިނގުނީމަ..

ސާނިޔާ ދެން މިދައްކާ ވާހަކަ ސާނިޔާ އަޑުއަހަންޗޭ ރަނގަޅަށް….އިޒާން ފައިބަބަލަ ތިރިއަށް..” ސުހައިލް ވާހަކަދައްކަމުން ގޮސް އެންމެ މަތީ ސިޑިބަރީގައި ހުރި އިޒާންއަށް ގޮވާލިއެވެ. އެންމެންވެސް އިޒާންއަށް ބަލައިލިއެވެ. އިޒާން އެންމެންނަށް ނަޒަރު ހިންގާލުމަށްފަހު ތިރިއަށް ފޭބިއެވެ. “ކީކޭތޯ ބޭބޭ؟” އިޒާން އަހާލީ ސުހައިލްއާއި އެއްވަރުވެލާފައެވެ. “ސާނިޔާ އޭ ކިޔައިގެން އޭޝް ކީކޭ ކިޔަނީ؟؟ މިއަދު ހަޤީޤަތް އިޒާޏް ބުނޭ… އެދުވަހުގެ ވާހަކަވެސް.. .އިޒާން  ބޭބެ  ކައިރި  ބުނަން  އުޒުރުވެރިވާ  އެ  ދުވަހުގެ  ވާހަކަވެސް ބުނަންވީ.. ބޭބެއަށް އިނގޭ ހިސާބަކަށް އެ ކަމުގައި ފޮރުވިފައި އޮތް  ސިއްރު.. އާޝާއެއް  ނުުބުނާނެ  މިއަދު އިޒާން ބުނަންވީ” ސުހައިލް އިޒާންގެ ގައިގާ ޖަހާލަމުން ބުނެލިއެވެ. އިޒާޏް ސުހައިލް ކައިރި ވަނީ  ދުރު ދުރުން  އެ ދުވަހު ހިނގި  ހާދިސާގައި ސާނިޔާގެ ކުށްވާކަން އަންގައިދީފައެވެ.  ނަމަވެސް  އެ ހާދިސާއެއް ނުއެއް ކިޔައިދެއެވެ. އިޒާން ހިންދިރުވާލިއެވެ. އަދި ސާނިޔާއަށް ބަލައިލިއެވެ.

“ބޭބޭ… އޭޝް ވަރަށް ލޯބިވޭ އެންމެން ދެކެ… އަޅުގަނޑު އެގެއަށް ދިޔަ ދުވަހަކު ދެކުނިން މައި ފެމިލީ ޖަހާފަ ފާރުގައި ހުސް މިގޭ އެންމެންގެ ފޮޓޯތަށް…. އެއިން އެންމެ ފޮޓޮއަކުވެސް އޭޝް އެއްނެތް… ބޭބެއާއި އިސްކޮއާއި އޭޝްގެ ފޮޓޯ ފިޔަވާ… އޭޝް އެކަމާ ޝަކުވާއެއްނުކުރެ… ހިނިތުންވުމަކާއި އެކު އެކަމު ކަރުނުން ފުރިފައިވާ ލޮލަކުން ކޮންމެ ފޮޓޮއަކުން ފެންނަ މީހަކު ބުނެދިން…. ދެން ސާނިޔާ ދައްތަ… އޭޝް ދުވަހަކުވެސް… ދުވަހަކުވެސް ދައްތައާއި މެދު ހިތްބަރެއްނުކުރެ…. ދުވަހަކުވެސް ބަދުބަހެއްނުބުނެ އަޅުގަނޑުކައިރި ދެއްކީ ހުސް ސާނިޔާ ދައްތައާއި އެއްކޮޅަށް ވާހަކަތަށް އެކަމު އޭރުވެސް އިނގޭ ދައްތައާއި އޭޝްއާއި މެދު އޮންނަ ގުޅުން އެހާ ރަނގަޅެއްނޫންކަން…. އޭޝް ބުނީ ބޭނުންވަނީވެސް ދައްތަ ކަހަލަ މީހަކަށްވާންށޭ އެކަމް ދައްތަ އާއި އޭޝްއާއި ވަރަށް ތަފާތު.. ދައްތައަށް އަދި އިނގޭތަ؟  ބޭބޭ… މާފުކުރާތި ކުރިން  މިވާހަކަ އެއްކޮށް ނުބުނެވުނީމަ އެކަމް އޭޝް އަޅުގަނޑަށް މަނާ ކުރީ .. ބުނަން އުޅުނީ އެކަމް އެކަހަލަ ފުރުސަތެއް އަދި ނުލިބިގެން މި ހުރީ…

ބޭބޭ އެދުވަހު އޭޝް ސަކަރާތްވީވެސް ދައްތައާއި ހެދި…. ހުރިހާ ކަމެއްވީ ދައްތައާއި ހެދި.. އޭޝް ޑިޕްރެޝަންއަށް ދާންޖެހުނީވެސް….. އަބަދު ދައްތަގެ އެ ހިތި ބަސްތަށް އަޑު އިވި އިވި ސިކުނޑި ހުރީ ސުމަކަށް ދާ ވަރުވެފަ… ދެން ބޭބެ ބުނިފަދައިން ބޭބެއާއި ދުރުވެވުމާއި ސެނާން އާއި ދުރުވުން އެ ހުރިހާ ކަމެއްގެ އިތުރަށް ލިބެމުން ދިޔަ އެ ބަސްތަށް….. އެދުވަހު އޭޝް އެ ފިޔަވަޅު އެޅީވެސް ހަމަ ދައްތައާއި ހެދި….” އިޒާން ބުނެލިއެވެ. އެކަން ސިއްރުކުރުން ރަނގަޅުނުވާނެކަން ހުދު އޭނާއަށްވެސް އިނގެއެވެ. ސުހައިލްގެ އިތުރުން ސާޒްއަށްވެސް ލިބުނީ ހައިރާންކަމެކެވެ. ސާނިޔާއަށް ބަލައިލެވުނީ ހަމަ ކުއްލިއަކަށެވެ. ސުހައިލް އަށް ކުރިންވެސް އެކަމުގައި ވަނީ ސާނިޔާގެ އަތެއްކަން  އިނގުނެއްކަމަކު މިއަދު  އެ އަޑުއިވުމުން  އޭނާއަށް އުނދަގޫވީއެވެ. ސަނީމްއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

ސާނިޔާ ސިކުނޑީގައި ޓަކިދިނެވެ. އެހަބަރު ލިބުމުގެ ކުރިން ސާނިޔާ އާޝާއާއި ވާހަކަދެއްކިއެވެ. އާޝާއާއި ދިމާލަށް ބުނަންނުވާނެ އެތައް އެއްޗެއް ބުނެވުނެވެ. ސާނިޔާ ގެ ފައިން ވާގިހުސްވިފަދައެވެ. ހުރިތަނަށް ތިރިވެވުނެވެ. އަދި ނިތްކުރިމަތީ އަތްއަޅާލެވުނެވެ. “އެކަމް ބޭބޭ.. އޭޝް އެހުރިހާ ކަމަކަށްވެސް ހުރީ މާފުކޮށްގެން.. ދައްތާ އޭޝް ވަރަށް ލޯބިވޭ ދައްތަ ދެކެ މިއެންމެން ދެކެ…. އޭޝް އެއީ ގޯސްކުއްޖެއްނަމަ ބޭބެ ކައިރި އެވާހަކަ ބުނީހެއްނު.. ބަދަލު ހިފީހެއްނު.. ބޭބެ އޭޝްގެ ވާހަކަ ގަބޫލުކުރާނެކަން އޭޝްއަށް އިނގޭނެ… ދައްތަމެން ދުރުކުރެވޭނަމަ އޭޝް ކުރިތާ ކިތަންމެ ދުވަހެއްވިސް…. ދެން ފަޒީލަދައްތަ… އަޅުގަނޑަށް އިނގޭ މިގޭގައި އޭޝް އުޅެނީ މަހަށް ކުލި ދައްކައިގެންކަން… ލާރި ދިންކަން ދައްތަ އަތަށް.. އަޅުގަނޑު ކައިރި އޭޝް ބުނީކީ ނޫން… އަޅުގަނޑުގެ ލޮލުން ފެނުނީ އެކަން ހިނގަނިކޮށް…. އޭޝް އެވަރުވީއިރުވެސް ބުނެ ނުލާ… އަޅުގަނޑަށް އިނގޭ މި ހަފްތާތެރޭވެސް ހިނގައިދިޔަ ކަންތަށް.. މިގޭގައި ކަންތަށް.. ބުނާނީވެސް ކިހިނެއް؟ ހުއްޓުވާނީވެސް ކިހިނެއް؟ އާއިލާއާއި އެއްކޮޅަށް އޭޝް ތެދުވޭ… އެއްޗެއް ބުނާއިރަށް އޭޝް ޑިފެންޑް ކުރޭ ތި އެންމެން.. ކޮންމެ ގޮތެއްވިޔަސް ދައްތަމެން ގަބޫލުނުކުރިޔަސް އޭޝް އެއީ މިގޭގެ ކުއްޖެއް… މިގެއަށް ނިސްބަތްވާ ދައްތަމެންގެ ވެސް ލޭ ހިނގާ ކުއްޖެއް… އޭޝް އެންމެން ދެކެ ވަރަށް ލޯބިވެ..” އިޒާން އިތުރުކޮށްލިއެވެ. ފަޒީލާއަށް ވެސް ލިބުނީ ހައިރާންކަމެކެވެ. ކޮންމެމީހެއްގެ މޫނުމަތީ ސިފަވެގެން ދިޔައީ އޭޝް އުޅުނު ގޮތެވެ.

އިށީނދެ އިން ސާނިޔާ ސުހައިލްއާއި ދިމާލަށް ބަލައިލިއެވެ. ގޮތްހުސްވެފައި ހުރި މީހެއްހެން ސާނިޔާހީވެއެވެ. “ސުހައިލް….. އަހަރެންނަށް.. މާފުކުރޭ….. ސުހައިލް…” ސާނިޔާ ބުނެލިއެވެ. ސުހައިލް ސާނިޔާއާއި ކައިރިއަށްޖެހިލާ ސާނިޔާ ނެގިއެވެ. އެއްޗެއްނުބުނެ އެނާ ސާނިޔާ ގާތްކޮށްލިއެވެ. ސާނިޔާއަށް ކުށްގަބޫލުކުރެވިއްޖެކަން ސުހައިލްއަށް އިނގެއެވެ.  އޭނާ ކޮންމެހެން އިތުރު ދުރުކަމެއް ބާއްވަން ނޭދުނީ އަހަރުތަކެއް ފަހުއަނެއްކާވެސް އޭނާގެ ލޯބިވާ ސާނިޔާ ލިބިއްޖެ ކަން އިނގުމުންނެވެ. “ސުހައިލް  ދަރިފުޅާ.. މަންމަ…. ނޭނގެ ކީކޭ ކަމެއް ބުނާނީ… އެ ހުރިހާ ކަމެއް ކުރިއިރުވެސް….” ފަޒީލާ މަޑުކޮށްލިއެވެ. އަމިއްލަ ނަފްސަށް އޭނާ ލަދުވެތިވެއެވެ.

……………………..

އާޝާ ގޮސް މަޑުކޮށްލީ އާރޓިފިޝަލް ބީޗް ކައިރިއަށެވެ. އެންމެ އަނދިރި ހިސާބުބަލާ އެތާ ހުރި ހިލަގޮނޑީގައި އޭނާ އިށީނދެލިއެވެ. ރޭގަނޑުގެ އަނދިރީގެ ތެރެއިން ފެންނަމުން ދިޔަ މާސިންގާ ކަނޑަށް އާޝާ ބަލައިލިއެވެ. ބަނަވެފައި އޮތް އެ އުޑުން ވިއްސާރަ ތިކިތަށް އޮއްސައިގަންނަން އޮތީ ރެޑީވެފައެވެ. ޖައްވުތެރޭ ވަނީ ތެތްފިނިކަމެކެވެ. އެހެންރޭރެއާއި ބަލާފައި މީހުން މަދުވީވެސް އެހެންވެގެންނެވެ. އާޝާއަށް އެކަމާއި އެއްވެސް ފަރުވާލެއްނެތެވެ. އާޝާ އޭނާގެ އިސްތަށިގަނޑުގައި ހިފައިލިއެވެ. “ނޯ އޭޝް…. ޑޭޑްއަށްޓަކައި ޖެހޭނީ ދާން.. ޖެހޭނީ ޑޭޑްއާއި ދުރުވާން…………” އާޝާ ބުނެލިއެވެ. “ނޯ އޭޝް… ތީ އަދި ގޮތެއް ނޫނޭ..” ފަހަތުން އައިސް އާޝާގެ ކޮނޑުގައި ހިފަހައްޓާލި އިސްރާ ބުނެލިއެވެ. އާޝާ ސިހިފައި ފަހަތްބަލައިލިއެވެ. އިޝާ ފެނުމާއި އެކު އޭނާއަށް ދެންމެ ހިނގައިދިޔަ ކަންތަށް ސިފަވަމުން ދިޔައެވެ. ދެމީހުން އައިސް އާޝާގެ ދެފަރާތުގައި އިށީނދެލުމަށްފަހު އާޝާގެ ގައިގާ ބައްދާލިއެވެ. “ކުޑީ… ކޮންމެ ކަމެއްވިޔަސް….. ދެންމެ ކޮންމެ ކަމެއް ހިނގިޔަސް… ކުޑީ ވާނީ ހަމަ މިގޭ ކުއްޖަކަށް… ޕްލީސް ކުޑީ ހިނގާ ދާން ގެއަށް. ވާރޭވެހެން އެ އުޅެނީވެސް…” އިޝާ ބުނެލިއެވެ. އޭރު ތުނި ތުނިކޮށް ވާރޭވެހެން ފަށައިފިއެވެ. އާޝާ އިޝާއަށް ބަލައިލިއެވެ.

“އިޝް… ދުވަހަކުވެސް ހިއެއް ނުކުރަން… ކުޑީމެން ވައްތަރޭ ބުނިޔަސް ހިއެއްނުކުރަން މިހެން ގުޅިދާނެކަމަކަށް..” އާޝާ އިޝާގެ ގައިގާ ބައްދާލިއެވެ. އިޝާވެސް ބޯޖަހާލިއެވެ. އެ އޮޅުވާލުމުގެ ސަބަބުން އެކީ ހޭދަކުރެވިދާނެ އެތަކެއް ވަގުތު ތަކަކާއި  އެތަކެއް ކަންތަކަކުން އެމީހުންވަނީ މަހުރޫމްވެފައެވެ. ސާނިޔާގެ ސަބަބުން އާޝާ އާއި އިސްރާ ވަކިވީއެވެ. ކުޑައިރުގެ ދުވަސްތަށް ހޭދަކުރަންޖެހުނީ އެކަނިވެރިކަމާއި އެކުގައެވެ. އިސްރާ ހޭދަކުރަމުން ދިޔައީ ސާނިޔާއާއި ސުހައިލްގެ އެ ޖަދަލުތަކުގެތެރޭގައެވެ. އާޝާ ހޭދަކުރަން ޖެހުނީ އެއްވެސް މީހެއް ނެތް ހަތަރު ފާރުތެރޭގައި އެކަނިމާއެކަނިއެވެ. އިޝާވެސް ބޮޑުވަމުން އާއިރު އެންމެ އެދެވުނު ދައްތައެއްގެ ލޯބިން މަހުރޫމްވީ އިސްރާވެސް އަދި އާޝާވެސް ހަމަލޮލުން ނުފެނި ހަމަޔަށް ވާހަކަވެސް ނުދެއްކިއެވެ. ދައްތައިން ތިބޭކަން އިނގިވެސް އެއްވެސް ގުޅުމެއް ނޯންނާނެކަން އިނގިއެވެ. އަމިއްލަ އެއްބަފާ ދައްތަވެސް ވަނީ އޮޅިފައެވެ.  އެކަމުގެ ޒިންމާ ނަގާނީ ކާކުބާއެވެ؟ އެކަން ފޮރުވި ސަނީމްހެއްޔެވެ؟ އެކަން ފޮރުވުމަށް އެހީވި ސުހައިލްހެއްޔެވެ؟ އާޝާ އަކީ އެ އާއިލާއެއްގެ ކުއްޖެއްކަން އެނގިހުރެވެސް އެ އާއިލާއިން ދުރުކުރަން މަޖުބޫރު ކުރި ސާނިޔާހެއްޔެވެ؟ ކޮންމެއަކަސް މިހާރު ކާކުގެ ކުށަކީ ކޮބައިކަމެއް ހޯދޭކަށް ނެތެވެ. އެތިންކުދިންގެވެސް ކުޑައިރުގެ އުފަލާއި މަޖާލާ އެކީހޭދަކުރަން ޖެހޭ ވަގުތުކޮޅުތަކުން ވަނީ މަހުރޫމްވެ އެކަނިން އުޅެން ދަސްވެ މިހާރު ބޮޑެތިވެފައެވެ.

 

“އޯކޭ ސޯ ދޮންތި އެންމެ ބޮޑީ މިތާނގަ އެހެންވީމަ ޖެހޭނެ ބުނާ ގޮތް ހަދަން.. ސޯ ހިނގާ އަވަހަށް މިތަނުން ދާން އިނގޭ.. ބަލާބަ އެހެރަ ވާރޭ އޮއްސާލަނީ.. ދެން ގެއަށް ދިޔައީމަ އިނގޭނެއެއްނު ވާނެ ގޮތެއް ދޯ އޭޝް އެކަމް ޕްލީސް… ގެއިން ދުރަށް ދާން ނުވިސްނާތި” އިސްރާ ބުނެލިއެވެ. ތިންމީހުން އެކީ ތެދުވެލިއެވެ. އާޝާ އޭރުވެސް ހުރީ ހަމަޔަކަށް ނޭޅިއެވެ. ނަމަވެސް އެމީހުންނަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. ތިން މީހުން އެކީ ހިނގައިގަތެވެ. އެއާއި އެކު ވާރޭ ބޯކޯށްލިއެވެ. ދުވެފައި އެމީހުން ދަނިކޮށް ކުރިމައްޗަށް އެރުނީ އަނދިރި ގޯޅިއަކުން ނިކުތް ފިރިހެން ގުރޫޕްއަކާއެވެ. އެމީހުންނާއި ދިމާ ބަލައިލުމަށްފަހު އަޅައިނުލާ ހިނގައިގަންނަން އުޅުނީ ކަންތަށް ވާނެ ގޮތް އިނގޭތީއެވެ. ނަމަވެސް އެމީހުން އައިސް އެ ތިން މީހުން ވަށާލިއެވެ. އާޝާ ކޮންމެ މީހަކަށް ބަލައިލިއެވެ. “ބުރޯ.. މި ފިނިރޭގައި ރަނގަޅު އެއްޗެއްނު މި ލިބުނީ..” ފިރިހެނަކި އިޝާގެ މޫނުމަތީ އަތްހާކާލަމުން ބުނެލިއެވެ. އިޝާ ހަޅޭލަވައިގަތެވެ. އާޝާ ރުޅިއައިސް އިޝާގެ ކައިރި ހުރި ފިރިހެންކުއްޖާ ދުރަށް ކޮށްޕާލިއެވެ. “އައްދެ…. ހާދަ ވަރެއް އެވީ..” އެ ފިރިހެންކުއްޖާ އާޝާގެ ގައިގާ އަތްލަމުން ބުނެލިއެވެ. އާޝާ އެ ފިރިހެންކުއްޖާގެ އަތް ފޮޅާލިއެވެ. އެއަށްފަހު ތިން މީހުން އަނެއްކާވެސް އެމީހުންނާއި އެއްފަޅިއަކަށް އަރައި ހިނގައިގަންނަން އުޅުނެވެ.

ނަމަވެސް ހުއްޓެން މަޖުބޫރުވީ އެއިން މީހަކު އިސްރާގެ އަތުގައި ހިފާ ދަމައިގަތުމުންނެވެ. “އިސްކޮ..” އާޝާއަށް ބުނެލެވުނެވެ. އެއަށްފަހު އިސްރާ އާޝާއާއި ކައިރިކޮށްލާ އިޝާވެސް އޭނާއާއި ކައިރިކޮށްލިއެވެ. “ބުނަން ރަނގަޅު ވާހަކައެއް…. މި ދެމީހުންގައިގަ އިނގިލި ކުރިވެސް ނުވާނެ ޖައްސައިގެން..” އާޝާ އެމީހުންނާއި ދިމާލަށް އިނގި ދިއްކޮށްލަމުން ބުނެލީ އިސްރާއާއި އިޝާއަށް އިޝާރާތްކޮށެވެ. “އޭޝް…. ނޯ. ހިނގާ ދާން…” އިސްރާ ބިރުގަތެވެ. އެހެންކަމުން އާޝާގެ އަތުގައި ހިފައިފާ ހިނގައިގަތެވެ. އެމީހުންގެ ހިނގުން ބާރުވިއެވެ. ނަމަވެސް އެ ގުރޫޕްއައީ އެމީހުންގެ ފަހަތުންނެވެ.

އެ ފިރިހެންކުދިންތަށް އެކީ ބޮނޑިވެ ތިން ކުދިން އެކީ އެއްފަޅިއަކަށް ދަމައިގަތެވެ. އެ ތިންމީހުންގެ އިތުރުން އެ ގުރޫޕްގެ އެންމެންވެސް ވަނީ ވާރޭއާއި ތެމި ފޯވެފައެވެ. އިޝާއާއި އިސްރާ ހަޅޭލަވައިގަތެވެ. އާޝާ އެދެމީހުން ދުރަށް ޖެއްސޭތޯ އުޅުނެވެ. “އޭތް މިބުނީނު އަތްނުލާށޭ އޭނާ ގައިގަ..” އިޝާ ގައިގަ އަތްލަން އުޅުނު މީހެއްގެ އަތުގައި ޖަހާފައި އާޝާ ބުނެލިއެވެ. އެތަނުން އެކަކު އައިސް އާޝާގެ ގައިގާ ހިފަހައްޓާލިއެވެ. އެއަށްފަހު އިޝާއާއި އިސްރާ ވަށާލިއެވެ. “ނޯ….. ލީވް މީ އިޑިއަޓް… ނޯ ނާތްލާތި އެމީހުން ގައިގަ ހަނދާންބަހައްޓާތި..” އާޝާ ތެޅިފޮޅެމުން ބުނެލިއެވެ. ޖެހި ކުއްލިއެއްގެ ސަބަބުން އާޝާގެ ގައިން އެމީހާ ދޫކޮށްލެވުނެވެ. އާޝާ ވަގުތުން އިޝާއާއި އިސްރާއާއި ދިމާލަށް ދިޔައެވެ. އެމީހުން ދުރަށްލާ ކޮށްޕަޕުން އާޝާ ގޮސް އިސްރާއާއި އިޝާގެ އަތުގައި ހިފެހެއްޓިއެވެ. “ގޯ.. ޕްލީސް.. ” އެމީހުން ދުރަށްކޮށްޕާލަމުން އާޝާ ބުނެލިއެވެ. އޭނާއަށް ދެވުމުގެ ކުރިން މީހަކު އޭނާގެ ގައިގާ ހިފެހެއްޓިއެވެ. އިސްރާއާއި އިޝާ ހުރިތާ ހުރެވުނީ އާޝާ އާއި ދިމާ ބަލަންށެވެ. “އައި ކޭން ހޭންޑްލް.. ޕްލީސް ދޭބަ.. އިސްކޮ ޕްލީސް އިޝް ގޮވައިގެން ދޭބަ ޕްލީސް އިސްކޮ ޕްލީސް ޖަސްޓް ގޯ..” އާޝާ ހަޅޭލަވަމުން ދިޔައެވެ. އޭނާ ސަލާމަތްނުވިޔަސް އެދެމީހުން ސަލާމަތްކުރަން އޭނާ ބޭނުމެވެ. ދެން އުޅުނު މީހުން އުޅުނީ އިސްރާމެން ހިފެހެއްޓޭތޯއެވެ. ނަމަވެސް އިސްރާ އިޝާގެ އަތުގައި ހިފަހައްޓާފައި ގައިގަ ހުރި ބާރުމިނެއްލާ ދުއްވައިގަތެވެ. “ޕްލީސް ނާންނާތި އިސްކޮ ޕްލީސް ދެން ނުހުއްޓޭތި ޖަސްޓް ގޯ ހޯމް ސޭފްލީ..” އާޝާ ބާރަކަށް ބުނެލިއެވެ.

“ޝިޓް… އެމީހުން ގޮއްސި..” އިސްރާމެން އަތުނުޖެހުމުން އައި މީހަކު ބުނެލިއެވެ. އާޝާ ފުން ނޭވައެއްލުމަށްފަހު ހިނިތުންވެލިއެވެ. އޭރު އޭނާ ވަނީ އެ އެންމެންގެ ތެރޭގައި ވަށައިލެވިފައެވެ. “ކީއްވެތިހެނީ؟؟؟ ދެން އެމީހުން ދިޔަޔަސް މަންޖެ ތިހުރީނު.. މި ފިނި ރޭގެ ހޫނުކަން ހޯދާލަން..” ވިހަ ހިނިތުންވުމަކާއި އެކު އެމީހުން ބުނެލިއެވެ. އާޝާގެ ހިތުގައި ބިރުވެރިކަން އުފެދުނެއްކަމަކު އިސްރާމެން ސަލާމަތްވީކަމުގެ އުފާ މާ ބޮޑެވެ. އޭނާއަށް ކޮންމެކަމެއްވިޔަސް އެ އާއިލަގެ ދެ މުތް ސަލާމަތްކުރެވިއްޖެއެވެ.

“އެންމެ ފަހުކަމަކަށްވެސް މަރުވާނީ..” އާޝާ އެމީހުންގެ އަތް ފޮޅާލަމުން އެހެން ބުނެލިއެވެ. އަދި ޖެހި ކުއްލިއާއި އެކު އޭނާ ދުއްވައިގަންނަން އުޅުނެވެ. އެއްލިއަތަކުން އެ ގުރޫޕްގެ މީހެއްގެ އަތުގައި ޖެހުނީ އާޝާގެ ހެދުމެވެ. އެއާއި އެކު ހެދުން ކޮނޑުމަތިން އިރައިގެން ދިޔައެވެ. އާޝާއަށް ކޮނޑުމައްޗަށް ބަލައިލެވުނެވެ. ހާމައަށް ފެންނަން އޮތް އޭނާގެ ކަނދުރާގައި އާޝާއަށް އަތް އަޅާލެވުނެވެ. އޭނާ ހިންދިރުވާލިއެވެ. އަދި ދުއްވައިގަތީ ހެއްދެވިފަރާތަށް ބަރޯސާކުރުމަށްފަހުގައެވެ. އޭރުވާރޭގެ ތިކިތަށް ތުނިކުރަމުން ދިޔައެވެ. އާޝާ އަށް ދެވޭ ނުދެވޭ ނޭނގުނުކަމުގައިވިޔަސް އެ ގުރޫޕް ފަހަތުން އަންނަކަށް އޭނާއަށް އިނގެއެވެ.

……….

ގޭގެ ދޮރުމައްޗަށް އެރި އިސްރާއާއި އިޝާއަށް ތިބީ ރޮވިފައެވެ. އާޝާ ދައްކައެއްނުލައެވެ. އާޝާ އަންނާނެކަމަށް އެމީހުންނަށް  ހީކުރެވުނަސް  ނުފެނުމުން ވަރަށް ބޮޑަށް ބިރުގަތެވެ.  އެމީހުން އަވަހަށް ގޭތެރެއަށްވަނީ ގޭއެންމެން ކައިރި ބުނަންށެވެ.

ތެމިފޯވެގެން އެތެރެއަށް ދެމިގަތް އިސްރާއަށާއި އިޝާއަށް އެންމެންގެ ނަޒަރު ހުއްޓިގެން ދިޔައެވެ. ތިބިގޮތުން ކަމެއް ގޯސްވެއްޖެކަން އެންމެންނަށްވެސް ނަގައިގަނެވުނެވެ. ސާޒް އަވަސްއަވަހަށް އިޝާއާއި ދިމާލަށް އައެވެ. ސުހައިލް ކައިރިއަށް ދުވެފައި އައިސް އިސްރާ ބައްދާލުމަށްފަހު ރޮއެގަތެވެ. “ޑޭޑް.. ޑޭޑް… އޭޝް… .އޭޝް….” އިސްރާ އަކަށް އިތުރަކަށް ނުބުނެވުނެވެ.. އާޝާވެސް ސާޒްގައިގާ ބައްދާގަނެފައި ފެށީ ރޯށެވެ. ސަނީމް އިޝާއާއި ކައިރިވެލިއެވެ. އިޒާން އަށް ކަމެއްގޯސްވިކަމުގެ ސިގްނަލް ލިބުނެވެ. “ކޮބާ އޭޝް/؟؟؟” އިޒާން އަހާލިއެވެ. “ގު..ގުރޫޕެއް…. ޑޭޑް… އަންނަނިކޮށް އެމީހުން ހިފެހެއްޓި… އޭޝް… އޭޝް އަހަރެމެން ދުރަށް ކޮށްޕާލީ…. ދެން ބުނީ ދާށޭ.. އެމީހުން ފަހަތުން… ފަހަތުން އައީމަ ދުއްވައިގަތީ.. އެކަމް އޭޝް… އޭޝް އެއް ނާދެ.. އެމީހުން…. އެމީހުން އޭޝް ހިފެހެއްޓި ކަންނޭނގެ.. ” ހިތްވަރަކުން އިސްރާ ވާހަކަ ފުރިހަމަކޮށްލިއެވެ. “ވަޓް؟؟؟” އިޒާން އެހެން ބުނެލުމަށްފަހު ބޭރަށް ދުއްވައިގަތެވެ. ސަނީމް އިޝާ ގެ ބޮލުގައި ފިރުމާލިއެވެ. އަދި އިޝާ އޭނާއާއި ގާތްކޮށްލިއެވެ. ސުހައިލް އިސްރާ ދުރަށްލުމަށްފަހު އޭނާވެސް ބޭރަށް ދުއްވައިގަތެވެ.

“އާޝާ ކީއްވެތަ އެހާ ހިތްހެވީ؟؟؟؟ އަބަދު މި އާއިލާއަށް ތި ޤުރުބާންވަނީ.. މި އާއިލާއިން އާޝާއަށް ދިނީ ކޯޗެއްތަ؟؟؟؟” ސާޒް ބުނެލިއެވެ. އޭރު އޭނާވެސް ހުރީ ރޮވެން ކައިރިވެފައެވެ. އިސްރާ ސާނިޔާގައިގާ ބައްދާގަތެވެ. “މަންމާ އާޝާ އަމިއްލަ ދިރިއުޅުން ހަލާކުކޮށްލީ އަޅުގަނޑުމެންނަށް ޓަކައި.. މަންމާ އޭޝް….” އިސްރާ ރޮއެގަތެވެ.

………

އާޝާ އަށް މަގުމަތިން މީހަކުގެ ހިލަމެއްވެސް ނުވެއެވެ. އެނާ ރޮމުން ރޮމުން ފިލޭތޯއުޅުނެވެ. އެންމެފަހުން އޭނާއަށް ނިކުމެވުނު މަގުގައި އަލިކަމެއް ފެނުނެވެ. ދުވެފައި އޭނާ ދިޔައިރު އެމީހުން ފަހަތުން އަންނަ އަޑުއިވެއެވެ. އާޝާ އިރައިގެން ގޮސްފައި އޮތް ހެދުމުގައި ހިފަހައްޓާލައިގެން ހުރިއެއްކަމަކު ހަށިގަނޑުގެ ބޮޑުބައި އޮތީ ފެންނަންށެވެ. ދުވެފައި ގޮސް އެޅުނު ގޯޅިއަކުން އާޝާ މީހެއްގެ ގައިގައި ޖެހުނެވެ. އަދި ވެއްޓުނެވެ. އާޝާ ފުރަތަމަވެސް ފަހަތް ބަލައިލިއެވެ. އަދި ބިރުން ކޮޅަށް ތެދުވެ ދުއްވައިގަންނަން އުޅެނިކޮށް ކުރިމަތީ ހުރި އިޒާން ފެނުނެވެ. “އި..އިޒާން..” އާޝާ އެހެން ބުނެލުމަށްފަހު އިޒާންގެ ގައިގާ ބައްދައިގަތެވެ. “އޭޝް….” އިޒާންއަށްވެސް އެއީ އޭޝްކަން އިނގުނީ އާޝާގެ އަޑު އިވުމުންނެވެ. އިޒާން އަށް ފަހަތުން އައި ގުރޫޕް ފެނުނެވެ. އެއާއި އެކު އެނާގެ ލޭކެކޭގޮތްވިއެވެ. އާޝާ ދުރަށްލާފައި އެދިމާލަށް ދާން އުޅެނިކޮށް އިޒާންއަށް ހިފުނީ އާޝާގެ އޮމާން އެއްވެސް ނިވައިކަމެއްނެތް ކޮނޑުމަތީގައެވެ. ވަގުތުން އިޒާންއަށް އެދިމާ ބަލައިލެވުނެވެ. އިރައިގެން ގޮސްފައިވާ ހެދުމާއި އާޝާގެ ހާމަޔަށް ފެންނަން އޮތް ހަށިގަނޑު ފެނި އިޒާންކައިރިއަށް އިތުރަށް ރުޅިއައެވެ. ނަމަވެސް އާޝާ ގަނެފައިވާ ބިރެއްގެސަބަބުން އާޝާ އިޒާންއާއި ދުރަށް ދާކަން ނޫޅުނެވެ. އެ ގުރޫޕް އެމީހުންނާއި ކައިރިވަމުން ދިޔައެވެ. އިޒާންއަށް ކަމެއްނުކުރެވުނެއްކަމަކު ހުރީ އާޝާގެ ހިމާޔަތުގައެވެ.

ގުރޫޕް އިން މީހަކު އައިސް ހެމުން ހެމުން އާޝާގެ އަތަށް ދަމައިގަތެވެ. އިޒާން ވަގުތުން އެމީހާގެ އަތް އާޝާގެ އަތުން ދުރުކޮށްލިއެވެ. އަދި އާޝާ ހިމާޔަތްކޮށްލިއެވެ. އެ ގުރޫޕް އައިސް އެމީހުން ވަށާލިއެވެ. “އޯހ ސުޕަރމޭން ދޯ…. ޓު ދަ ރެސްކިއު” ގުރޫޕްއިން މީހަކު އެހެން ބުނެލުމުން އެންމެން އެކީ ހޭންފެށިއެވެ. އިޒާން ވަކި ވަކިން އެންމެންގެ މޫނަށް ބަލައިލިއެވެ. ވާރޭ އެކީ ހުއްޓުނީ އެވަގުތުގައެވެ. އިޒާންވެސް ހުރީ ހިސާބަކަށް ތެމިފައެވެ. ގުރޫޕުއިން މީހަކު އާޝާގެ ހެދުމަށް އަނެއްކާވެސް ދަމައިގަތެވެ. އެއާއި އެކު ބޮޑަށް ހެދުން އިރައިގެން ގޮސް އުނަގަނޑު ފާޅުވާން ފެށިއެވެ. އާޝާ އިޒާންގެ މޭތެރޭ ބޮނޑިވެގެން އޮވެ އަޑުން އަޑުނަގާ ރޮއެގަތެވެ. ކުއްލިއަކަށް އިޒާން ސިއްސައިގެން ދިޔައީ އެމީހުން ތެރެއަށް ވަދެގެން އައި ސުހައިލްއާއި ސަނީމްފެނިފައެވެ. ސުހައިލްއާއި ސަނީމް އެމީހުން ދުރަށްލިއެވެ. އިޒާން އާޝާއަށް ބަލައިލިއެވެ. އާޝާ އިޒާން ގެ ހަށިގަނޑުން ވަކިވާންވެސް ނޫޅުނެވެ. ކަމެއްނުކުރެވި އޭނާއަށް ހުރެވުނީ އެހެންވެގެންނެވެ.

“އޭޝް…” އިޒާން އާޝާގެ ތެތް އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ. އިޒާން އޭނާގެ އެއްއަތުން އާޝާ ގެ ހެދުން ރަނގަޅުކޮށްލަން އުޅުނެއްކަމަކު ނުވިއެވެ. ބޮޑުބައި ވަނީ ރަނގަޅަށްވެސް އިރާލެވިފައެވެ.

ސަނީމް ޕޮލިހުންނަށް ގުޅިއެވެ. ޕޮލިހުން އާއިރުވެސް އިޒާން ހުންނަންޖެހުނީ އެ ހުރިގޮތަށެވެ. އާޝާގެ ފަރާތުންވެސް ޖަވާބެއް ނުލިބުނެވެ. ސުހައިލް އެ ގުރޫޕް ޕޮލިހުންނާއި ހަވާލުކުރުމަށްފަހު އިޒާން މެންނާއި ކައިރިވެލިއެވެ. ސުހައިލްއަށްވެސް އާޝާގެ ހަށިގަނޑުގެ ބޮޑުބައި ފެނުނެވެ. “ބޭބޭ އޭޝް ދުރުނުކުރެވިގެން މިއުޅެނީ… އެކަމް….” އިޒާން ނުބުނަން ހުރެފައިވެސް ބުނެލިއެވެ. ސުހައިލް ބޯ ޖަހާލުމަށްފަހު ލައިގެން ހުރި ގަމިސް ބޭލިއެވެ. އެއަށްފަހު އާޝާގެ ހަށިގަނޑު ނިވައިވާނެހެން ފޮރުވާލިއެވެ. އާޝާ ސުހައިލް ދެއްކި ވާހަކަވެސް އަޑެއްނާހައެވެ. އިޒާން ހިނގަންވެސް ޖެހުނީ އާޝާ އެ ގޮތަށް ހުއްޓައެވެ. އޭނާވެސް ހުރީ އާޝާގައިގާ ހިފަހައްޓާލެވޭނެހާ އެންމެ ބާރަކަށް ހިފަހައްޓާލައިގެންނެވެ. ސަނީމް އަށް އިޒާން ގެ އެ ރަނގަޅު ކަމާއި އާޝާއާއި އިޒާންގެ ގާތްކަން ފާހަގަވިއެވެ.

76
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހިތި މާޒީ

Next

ލޯބިވަން…..

Next
August 26, 2016

ލޯބިވަން…..

Previews
August 25, 2016

ހިތި މާޒީ

29 Comments

  1. sam says:
    August 26, 2016 at 3:55 pm

    woww haadha reehcheyy

  2. Zai says:
    August 26, 2016 at 4:12 pm

    Haadha kurey dhww ryn

  3. Maa says:
    August 26, 2016 at 4:14 pm

    Nice. Waiting for next part

  4. Aphy says:
    August 26, 2016 at 4:19 pm

    V salhi…whn is the nxt part?

  5. Aishaa says:
    August 26, 2016 at 4:19 pm

    Next part avahah upload kohlahchea…. V v reethii

  6. Ryn says:
    August 26, 2016 at 4:22 pm

    Thnkyw guys…. n next part Sunday ga in sha Allah… thnkyw so much… tc ????????

    1. riff says:
      August 26, 2016 at 5:20 pm

      Knme dhuvahaku mi vhk up veythoa beley v salhi vhk eh mee… rovijje mi part kiyaafa…vvvvvv nice..♡♡♡♡♡♡

    2. Chum chum girl says:
      August 26, 2016 at 8:04 pm

      Aee thedheh konme dhuvahaku mi vaahaka up koh dhiniyyaa alhugandu menn kiyun therin varah hih hama jeheyne? And this story is awesome ???????

  7. Nern.. says:
    August 26, 2016 at 4:43 pm

    Varah reethi

  8. Yaalu says:
    August 26, 2016 at 4:45 pm

    V reethi.. rovijje mi part kiyalafa

  9. Nern.. says:
    August 26, 2016 at 4:46 pm

    Thankolheh dhigukoh liyela dheebala

  10. Appy says:
    August 26, 2016 at 4:46 pm

    Nice

  11. Shiny says:
    August 26, 2016 at 4:47 pm

    Wow salhi

  12. Girl says:
    August 26, 2016 at 5:00 pm

    Hehdhevi faraathah baroasaa kurumah fahu ey??? Ethan varah odd… Hehdhevi faraathah vakeelu kurumah fahu… Migothah beynun kuriyaa maa furihama vaane

  13. kokki says:
    August 26, 2016 at 5:07 pm

    Kiya kiyaa hutaa nimuny e, haadha kuray..

  14. Aphy says:
    August 26, 2016 at 5:32 pm

    Mifaharu kuruhen heevi

  15. Faathee says:
    August 26, 2016 at 5:36 pm

    Wow v v v reethi. Goosebumps vee nagaafi. Waiting for next part

  16. sheen says:
    August 26, 2016 at 5:38 pm

    woww..Haadha reehchey mivaahaka..Waiting for the next part..Avahah upkohdhehche ingey

  17. cheese says:
    August 26, 2016 at 5:49 pm

    Dhn v v bolah undhagoovaaa gothakah liyefa miotheeeeee

  18. shaya says:
    August 26, 2016 at 6:18 pm

    Wow?…very nice

  19. me says:
    August 26, 2016 at 7:19 pm

    Gud. Ekam stry ga vrh gina mistake eba huri. Abadhu enme goaskoh hunna kanthakuge vaahaka nudhaka rangalhu kanthakuge vaakahak dhahakny. Ehn hadhaathy abadhu eh mistake thakeh eh gothakah hunany. “Annanchey. Hunnanchey” miheneh noon dhivehi bahuga hunnaney. Annachey. Knme episode ehga baroosa kuraa vaahaka. Eha gina gina stry liyaa adhi mi kakuge kuriyah dhaanayaa aa bas dhaskuran jeheyne. Mee hama thi liyun theriyaa ge kuri erumah buneli vaahaka eh. Ehnviyas rangalhu stry ekey buneveny. Gud luck

  20. ... says:
    August 26, 2016 at 8:58 pm

    …

  21. .... says:
    August 26, 2016 at 9:02 pm

    Kudakudhin kiyaa kahala vaahaka liyaa ryn. Vaanuvaa neygey stry. Thankolheh hageegatha eh goi koh liyebalaa. Too much drama

  22. maasha says:
    August 26, 2016 at 9:10 pm

    Wow… V reethi…Bt mihisaabah keefahun furathama baiga v goih mi ingunee… Intresting…

  23. Zuhu says:
    August 26, 2016 at 9:58 pm

    Wow v salhi v furihama next part avas pls pls.

  24. Vishaaa says:
    August 27, 2016 at 1:23 am

    Vara reeeeethu…

  25. Ayaath. says:
    August 27, 2016 at 1:47 am

    varah reethie. And pls update soon.

  26. yaal says:
    August 28, 2016 at 2:13 pm

    Ryn knirakun tha vhk up vaanee miadhu sunday eyyy
    Iru iru kolhaaa beley eba vhk up veythoa
    ryn thankolhei dhigu koh genes dhehcheyy plzzzzzzzzzzzzzzzz ♡♡♡♡♡

  27. Zaanaa says:
    August 28, 2016 at 7:49 pm

    Ryn avas kohlaba haada inthizaarekay thi kuruvanee

Comments are closed.

All Right Reserved!