އެދުނީމޭ ލޯތްބާއި އުފާ… ފަހު ބައި
6 އަހަރު ފަސް…..
ސުހައިލްއާއި ސަނީމް ދާދި އެއްވަރަކަށް ހިނގާލަފައި ދިޔައީ އޮފީހަށް ލިބުނު އައު ކޮންޓްރެކްޓްގެ މަސައްކަތް ދާނެ ގޮތަކާއި މެދު ވާހަކަދައްކަމުންނެވެ. އަހަރުތަށް ފާއިތުވެގެން ދިޔަ ވަރަކަށް ސުހައިލްގެ ހަށިގަނޑަށްވެސް ވަނީ ބަދަލުއައިސްފައެވެ. އިސްތަށިގަނޑުގައި މަދުން ނަމަވެސް ނުރަ ހުއްޓެވެ. ސަނީމް އަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ދެމީހުން އެކީ ގޮސް ސުހައިލްގެ ކެބިންނަށް ވަނެވެ. ސުހައިލް ސަނީމްއަށް ލެޕްޓޮޕުން އެއްޗެއް ދައްކަން ވެގެން އިށީނދެލިއެވެ.
ކުއްލިއަކަށް ދެމީހުންވެސް ސިހިފައި ދޮރާއި ދިމާލަށް ބަލައިލެވުނީ ދޮރުގައި ޓަކިދިން އަޑަށެވެ. ސުހައިލް ކަމިން އޭ ބުނެލުމުން އެމީހަކު އެ ތެރެއަށްވަނެވެ. އެއީ އޮފީހުގެ ސެކިއުރިޓީ ގާޑެވެ. ސުހައިލް ކިހިނެއްވީތޯ ސުވާލުކޮށްލުމުން ސެކިއުރިޓީ އޭނާގެ އަތުގައި އޮތް ސިޓީއުރައެއް ސުހައިލް އަތަށް ދިނެވެ. “ދެންމެ ދޮރުމަތީ އޮއްވާ ފެނުނީ.. ސުހައިލް ސަރ ގެ ނަމުގައި އިނީމަ މި ގެނެސްދިނީ..” އަދަބުވެރިކަމާއި އެކު ސެކިއުރިޓީ ގާޑް އެހެން ބުނެލުމަށްފަހު ދިޔައީ ސުހައިލް އެންމެ ރަނގަޅޭ ބުނެލުމުންނެވެ. ސަނީމް ވެސް އެ ސިޓީ އުރައަށް ނަޒަރު ހިންގާލީ އެހާ ނުރަސްމީ ގޮތަކަށް އެ ސިޓީއައިސްފައިވުމުން އޭގައިވާ އެއްޗެއް ބަލާލަންވެގެންނެވެ. އެ ސިޓީއުރަ އަކީ ބޮޑު ސިޓީ އުރައެކެވެ. ސުހައިލް އެ ސިޓީއުރަ ހުޅުވާލުމާއި އެކު ފެނުނީ ކުޑަ ސިޓީ އުރައެކެވެ. އޭގައި ފުރިފައިވަނީ ލާރިއެވެ. ސުހައިލް ސަނީމްއާއި ދިމާލަށް ބަލައިލީ އެއީ ކޯޗެއްކަން ނޭނގޭތީއެވެ. “ކޮންހާ ލާރިއެއް..” ސުހައިލް ބުނެލިއެވެ. “އެތެރޭގައި އަދިވެސް އޮވެދާނެއެއްޗެއް.. ބަލާބަލަ…” ސަނީމް ބުނެލިއެވެ. ސުހައިލް ބޮޑު ސިޓީއުރަ ބަލައިލި އިރު އޭގެ ތެރޭގައި ގަނޑުކޮޅެއް އޮތެވެ. ސުހައިލް އެ ނަގައި ހުޅުވާލިއެވެ.
“ލަވް ޔޫ އެން މިސް ޔޫ..” އެ ގަނޑުކޮޅުގައި ލިޔެފައި އިނީ އެހެންނެވެ. ސުހައިލް ސަނީމްއަށް ބަލައިލިއެވެ. ކުއްލިއަކަށް އޭނާގެ ސިކުނޑިގައި ޓަކި ދިނީ އާޝާގެ ސިޓީގައި ލިޔެފައި އިން ބަސްކޮޅެވެ. އަނެއްކާވެސް ގަނޑުކޮޅު ކިޔާލިއެވެ. “ސަ.. ސަނީމް މި.. މި އާޝާއަށް ވެ..ވެއްޖެޔާ؟” ސުހައިލް ބުނެލިއެވެ. ސަނީމްވެސް ދެލޯ ބޮޑުކޮށްލެވުނީ އާޝާގެ އެވާހަކަ ހަނދާންވެގެންނެވެ.
“ދޮންބޭ….. ވެދާނެ.. ހިނގާ ދޮންބޭ.. އާދޭ..” ސަނީމް އެހެން ބުނެލުމަށްފަހު ސުހައިލްގެ އަތުގައި ހިފައިފާ ދާން އުޅުނެވެ. ސުހައިލް ކޮންތާކަށް ތޯ އެހުމުންވެސް ސަނީމް ސުހައިލް ގޮވައިގެން ކެބިން އިން ނިކުމެލިއެވެ. “ދޮންބޭ…. ތި ގެނެސްދިން މީހަކު ހަމަގައިމުވެސް ބޭރުގައި އިން ކެމެރާއަކުން ނުފިލޭނެ… އަހަރެންގެ ހިތް ބުނަނީ އާޝާއޭ…. އާޝާއަށް ނުވިޔަސް އިނގިދާނެތާ ދޯ ކާކުކަން….ހިނގާ ދޮންބެ ސެކްރިޓަރީ ރޫމްއަށް..” ސަނީމް ބުނެލިއެވެ. ސުހައިލް ސަނީމްގެ ފަހަތުން ހިނގަންފެށިއިރު އޭނާގެ ހިތް ދިޔައީ ތެޅެމުންނެވެ. ލިބުނު ކުޑަ އުއްމީދުވެސް ކެނޑިގެންދާނެތީއެވެ.
ސެކެޓްރީގެ ރޫމްގައި ހަރުކުރެވިފައި ހުރި ކޮމްޕިއުޓަރާއި ކުޅެމުން ސަނީމް މީގެ ގަޑީއިރެއްގެ ކުރި ފެންނަގޮތަށް ހަމަޖައްސާލިއެވެ. އެއަށްފަހު ފަރުވާތެރިކަމާއި އެކު ބަލަން ހުއްޓެވެ. ސުހައިލްވެސް ޓީވީ އަށް ބަލަން ހުއްޓެވެ. ދެތިން ފަހަރު ފާސްޓް ފޯވާޑް ކޮށްލުމާއި އެކު އެމީހުންގެ ލޮލުގައި އަޅައިގަތީ ދޮރުމަތީން އަންހެންކުއްޖެކެވެ. ވީގޮތް ނޭނގުނީ ފާސްޓް ވެފައި ހުރުމުގެ ސަބަބުންނެވެ.. އެހެންކަމުން ވަގުތުން ރިވައިންޑްކޮށްލާ ސްލޯ ކޮށްލިއެވެ. އަދި ފަރުވާތެރިކަމާއި އެކު ބަލަން ތިއްބެވެ. އެ އަންހެންކުއްޖާ ލޯ ނުފެންނަ ވަރުގެ ބޮޑު އައިނެއް އަޅާފައި ހުރިކަން އިނގެއެވެ.. އިސްޖަހާލައިގެން ހިނގާލައިފައި އައިސް އަޅައިގެން ހުރި ބޭގް ދޮރުމައްޗަށް ވައްޓާލިއެވެ. އަދި ވަގުތުން ތިރިވެލިއެވެ. އެ އަންހެންކުއްޖާގެ ފަން ދިގު އިސްތަށިގަނޑު ތިރިވުމާއި އެކު ތަޅުންގަނޑުގައި ޖެހެންފެށިއެވެ. ދަބަހުން ސިޓީއުރައެއް ނަގައި އެތާ ބާއްވާލުމަށްފަހު އެ ކުއްޖާ ތެދުވެ ދަބަސް ރަނގަޅުކޮށްލިއެވެ. އަދި އޮފީހުގެ އެތެރެ ބަލާލުމަށްފަހު ބިއްލޫރި ދޮރުގައި ތުންފަތް ޖައްސާލައިފާ އަވަސް ހިނގުމެއްގައި އެތަނުން ހިނގައިގަތެވެ. އެކުއްޖާގެ މޫނު ނުފެނުނުކަމުގައިވިޔަސް އެއީ އާޝާ ކަން ދެމީހުންނަށްވެސް ޔަޤީންވިއެވެ.
ސުހައިލް ސަނީމްގެ ގައިގާ ބައްދައިގަތީ ކަރުނުންފުރިފައެވެ. “ސަ..ސަނީމް.. މިހާރު.. އޭޝް… މިއަތުގައި ގެންގުޅު އޭޝް މިހާރު ބަލާ… ސަ..ސަނީމް.. އޭޝް އެއީ.. އެއީ ހަމަ އޭޝް…. އޭނާގެ….. ސަނީމް..” ސުހައިލް އަށް އިތުރަކަށް ނުބުނެވުނެވެ. ސަނީމްވެސް ހުރީ ރޮވޭވަރުވެފައެވެ. ނަމަވެސް އޭނާ މަސައްކަތް ކުރީ ސުހައިލް ހަމަޖެއްސޭތޯއެވެ. “ދޮންބޭ… އޭޝް ޖެހޭނީ މިގެއަށް އަންނަން.. މި އާއިލާ އާއި ގުޅެން….” ސަނީމް ބުނެލީ އަޒުމްއަކާއި އެކުގައެވެ. ސުހައިލްގެ ދިރިއުޅުމުގައި މަދީ އެންމެ އެއްޗެކެވެ. އާޝާއެވެ. އެ ކަންވެސް ފުރިހަމަ ކޮށްލަން ސަނީމް ބޭނުންވިއެވެ.
ފުރަތަމަވެސް ގެއަށް ދެވުމާއި އެކު ސުހައިލް އެންމެން ކައިރި އާޝާގެ ވާހަކަ ބުނެލިއެވެ. އަދި މިގެއަށް އާޝާ އަންނަންޖެހޭނެކަން ބުނެލިއެވެ. އާޝާ މިވަގުތު އެ އުޅެނީ މާލޭގައި ކަން ޔަޤީނެވެ. ނަމަވެސް އާޝާ އެ އުޅޭތާކަށް ފުރާފާނެއެވެ. އަނެއްކާވެސް އޭނާއާއި ދުރުވެދާނެއެވެ. އެހެންކަމުން ސުހައިލް މިއަދުން މިއަދަށް މި މާލޭގައި އާޝާ ފެނޭތޯ މަސައްކަތްކުރާނެއެވެ. ގޭ އެންމެން ގެ މޫނުމަތިން ފެނުނީ ހިނިތުންވުމެކެވެ. ސުހައިލް އެހާ އުފާ ވެފައި ހުއްޓާ އެ ފެނުނީ އެތަކެއް އަހަރުތަކެއް ފަހުންނެވެ. އެންމެ ބޮޑަށް އެކަމާ އުފާ ކުރީ ސާނިޔާއެވެ.
……..
އާޝާ އަނބުރާ އެމެރިކާއަށް ދިއުމުގެ ކުރިން ކުޑަ ބާޒާރެއް ކޮށްލަން ބޭނުންވިއެވެ. އެހެންކަމުން މާލޭގެ ބޮޑެތި ފިހާރަތަކަށް ގޮސްލަން ނިންމިއެވެ. އެކި ފިހާރަ ފިހާރަތަކަށް ވަންނަމުން ގޮސް އޭނާ ބޭނުންވާ އެއްޗެހި ގަނެ ނިންމާލިއެވެ. ފިހާރައަކުން ނިކުންނަނިކޮށް ކުއްލިއަކަށް ޖެހުނީ ކުރިމަތިން ފިހާރައަށް ވަތް ފިރިހެނެއްގެ ގައިގައެވެ. އާޝާ އިސްއުފުލާ ބަލައިލުމެއްނެތި އެއްފަޅިއަކަށް ޖެހިލުމަށްފަހު ހިނގައިގަތެވެ. ނަމަވެސް އަނެއްކާވެސް ހުއްޓުނީ އޭނާގެ ފަން ދިގު އިސްތަށިގަނޑުއަށް ކުއްލި ބާރެއް އެރުމުންނެވެ. އާޝާ ފަހަތް ބަލައިލިއެވެ. އަދި އާޝާއެކޭ އެއްވަރަށް އެ ފިރިހެންކުއްޖާ ވެސް ފަހަތް ބަލައިލިއެވެ. އެއާއި އެކު ދެމީހުންގެ ދެލޯ ބޮޑުވިއެވެ. ގައިން ވާގިހުސްވިފަދައެވެ. ކުރިމަތީ ހުރި އިޒާންވެސް އާޝާއާއި ދިމާލަށް ބަލަން ހުރެވުނީ ގަބޫލުކުރަން އުނދަގޫވެފައެވެ. އާޝާގެ ދިގު އިސްތަށިގަނޑު އިޒާންގެ ގަޑީގައި އަޅައިގަނެފައި އޮތް އިރު އެދެމީހުންގެ ނަޒަރު އެކަކު އަނެކަކު ގައިން ވަކި ނުވެއެވެ. އާޝާ ހިންދިރުވާލިއެވެ. އެއަށްފަހު އޭނާގެ އިސްތަށިގަނޑަށް ދަމައިގަންނަން އުޅުނެވެ. ނަސީބަކުން އާޝާގެ އިސްތަށިގަނޑު ގަޑިން ނައްޓާލިއެވެ. އާޝާ އިސްޖަހާލަމުން އަވަސް އަވަހަށް ހިނގައިގަތެވެ. އިޒާން އާޝާގެ އަތުގައި ހިފަހައްޓާލިއެވެ. އާޝާ އޭރު ހުރީ ރޮވެންވެފައެވެ. “އޭޝް……” އިޒާންގެ އަނގައިން އުދަގުލަކުން އެ އަޑު އައެވެ. އާޝާ ފަސްއެނބުރި ބަލާލުމެއްނެތި އޭނާގެ އަތް ދަމައިގަނެވޭތޯ އުޅުނެވެ. ނަމަވެސް އެކަމެއް ނުވިއެވެ. “އިޒާން ޕްލީސް ލީވް މީ…” އާޝާ ބުނެލިއެވެ. އިޒާން އާޝާގެ އަތުން ދޫކޮށްލިއެވެ. އާޝާ ފަސްއެނބުރި އިޒާން އަށް ބަލައިލުމަށްފަހު އަވަސް އަވަހަށް ފިހާރައިން ނިކުތެވެ.
އިޒާން ވެސް އާޝާގެ ފަހަތުން ހިނގައިގަތެވެ. “އޭޝް.. ކޮ..ކޮންތާކު މި ހުރިހާ ދުވަހު އުޅުނީ އޭޝް އަށް އިނގޭތަ ވީ ގޮތް؟ ހައު އައި ފެލްޓް؟؟” އިޒާން އާޝާއާއި އެއްވަރަށް ހިނގަމުން ބުނެލިއެވެ. އަޝާ ޖަވާބެއް ނުދީ އަވަސް އަވަހަށް ހިނގަންފެށިއެވެ. “އޭޝް އެންމެ ފަހަރަކުވެސް ބުނެބަލަ ވާހަކަ ދައްކަބަލަ..” އިޒާން ބުނެލިއެވެ. އާޝާ އެވަރުންވެސް ގޮތް ދޫނުކުރިއެވެ. “އޭޝް އަށް އިނގޭތަ؟؟ އޭޝް އެހެން ހެދީމަ… އައި ތޯޓް އިޓް ވޯސް މައި ފޯލްޓް… ލަންކާ ދެކެ މިހާރު ވަރަށް ފޫހިވެ… އެދުވަހުން އެދުވަހަށް ލަންކާއިން މިކޮޅަށް ބަދަލުވިން.. އޭޝް…. ނޮޓް އޮންލީ މީ… ހޯލް ފެމިލީ.. ސުހައިލްބެ.. އެންމެންވެސް އޭޝްއާއި ނުލާ ކޮމްޕްލީޓެއްނޫން.. އެ އައިލާވެސް….” އިޒާން ބުނެލިއެވެ. އަޝާ ހުއްޓުނެވެ. އެއަށްފަހު ފުން ނޭވައެއް ލާ މަގުމަތިން ޓެކްސީއެއް ހުއްޓުވިއެވެ. އެންމެފަހަރަކުވެސް އިޒާންއަށް ބަލައިލުމެއް ނެތި އާޝާ ކާރަށް އެރިއެވެ. ކާރު ނައްޓާލީ އިޒާން އެ ހުރިތާ ހުއްޓައެވެ. އާޝާ ފުން ނޭވައެއް ދޫކޮށްލުމަށްފަހު ލޮލުން އައި ކަރުނަތަށް ފޮހެލިއެވެ.
އިޒާން ތަންކޮޅެއް ބާރަށް ދުވެފައި އޭނާގެ ސައިކަލަށް އަރާލިއެވެ. އަދި އާޝާ އެރި ކާރުގެ ފަހަތުން ދުއްވަންފެށިއެވެ. ކާރު އަޝާ އުޅޭ އެޕާރޓްމެންޓަށް ހުއްޓުމާއި އެކު އާޝާ އޭނާގެ ކޮތަޅުތަށް ހިފައިގެން ފޭބުމަށްފަހު ލާރި ދައްކާލިއެވެ. އިޒާން ފިލައި އިނދެގެން އާޝާގެ ހަރަކާތްތަށް ބެލިއެވެ. އާޝާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު އިޒާންއަށް ފާހަގަކުރެވުނެވެ. އުނަގަނޑުން ތިރިއަށް އަރައި އެއ އިސްތަށިގަނޑުގެ ތެރެއިން އެ މައުސޫމް މޫނު އަދިވެސް ވިދާ ބަބުޅައެވެ.
އިޒާން ވަގުތުން އޭނާގެ ސިކުނޑިއަށް އައި ހިޔާލާ އެއްގޮތަށް ކަންތަށް ކުރަން އުޅުނެވެ. ސައިކަލުގައި ސުހައިލްމެން ގެއަށް ދިޔައީ އޭނާއަށް ދެވޭނެ އެންމެ ބާރުމިނުގައެވެ.
…..
އިޒާން ސުހައިލްގެ ގެއަށް ގޮސް ބެލްޖަހާލިއެވެ. އެއާއި އެކު ފަޒީލާ ދޮރުހުޅުވާލިއެވެ. “އަނހަ އިޒާން…. ހާދަ ދުވަހެއްފަހުން… ” އިޒާން ވަނުމަށް ތަންދައްކަމުން ފަޒީލާ ބުނެލިއެވެ. “ދައްތާ… އޭޝް…. އަޅުގަނޑަށް އޭޝް ފެނިއްޖެ..” އިޒާން ބުނެލިއެވެ. އޭރުވެސް އޭނާގެ ހިތް ދިޔައީ އޮބިނޯންނަވަރަށް ތެޅެމުންނެވެ. “ކީކޭ؟؟ކޮންތާކުން؟ ކޮބާ؟؟” ފަޒީލާ އިޒާން އާއި ދިމާލަށް ބަލަންހުރެ ބުނެލިއެވެ. “ދައްތާ މީހަމަ ތެދު…. އެއީ ހަމަ އޭޝް.. ދައްތާ ކޮބާ ސުހައިލްބެ އަވަހަށް ގޮވާބަލަ..” އިޒާން ބުނެލިއެވެ. ފަޒީލާ އަވަސް އަވަހަށް މައްޗަށް އަރައިގެން ދިޔައީ ސުހައިލްއަށް ގޮވަންވެގެންނެވެ. ސުހައިލް އަށް ފަޒީލާ ބުނި އެތި ޔަޤީން ނުވެގެން ތިރިއަށް ފައިބައިފައި އައީ ހަރުކޮށެވެ.
“ކީކޭ އިޒާން..އާޝާ އޭ؟؟” އިޒާން އާއި ހަމައަށް އަރާލައިފާ ސުހައިލް ބުނެލިއެވެ. އިޒާން ބޯޖަހާލިއެވެ. “ބޭބޭ.. އެއީ އޭޝް… އަޅުގަނޑު ވާހަކަ ދައްކީމަ ވެސް ދިޔައީ…. އަޅުގަނޑު ފަހަތުން ދިޔައިން…. އަޅުގަނޑަށް އިނގޭ ގެވެސް… ބޭބޭ ހިނގާ ދާން…” އިޒާން ސުހައިލްގެ އަތުގައި ހިފާލައިފައި ބުނެލިއެވެ. ސުހައިލް އާއެކޭ ބުނެލުމަށްފަހު އިޒާން ގެ ފަހަތުން ހިނގައިގަތީ ފަޒީލާ ކައިރި އެންމެންގާތު އެވާހަކަ ބުނުމަށާއި ސުހައިލް އަންނަންވާއިރަށް ގޭގާ އެންމެންވެސް ތިބުމަށް ބުނެފައެވެ.
ސުހައިލް އޭނާގެ ސައިކަލަށް އަރައި ދުއްވާލީ އިޒާންގެ ސައިކަލާއި ދާދި އެއްވަރަކަށެވެ. “އިޒާން…. މިއަދު ލިބުނު ސިޓީއެއް…. ލާރި ހުރި.. އެއީ އޭޝް ދިން އެއްޗެއް…… ކެމެރާއިން ބެލިއިރު އަންހެންކުއްޖެއް އެ ސިޓި އުރަ ދޮރުމައްޗަށް ލާފަ ދަނީ.. ދިގު އިސްތަށިގަނޑެއް ހުންނަނީ.. މޫނެއް ނުފެނުނު އެކަމް..” ޓްރެފިކަށް ހުއްޓި ހުރެ ސުހައިލް އިޒާންކައިރި ބުނެލިއެވެ. “ބޭބޭ އެއީ އާޝާ ހަމަ… އަޅުގަނޑުގެ މި ގަޑީގައި އާޝާގެ އިސްތަށިގަނޑު އަޅައިގަތީ.. އެދިގު އިސްތަށިގަނޑު..” އިޒާން ބުނެލިއެވެ. ސުހައިލް އާޝާއާއި ބައްދަލުކުރާ ހިތް އިތުރަށް ވިއެވެ. އޭނާގެ ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ.
އިޒާން އާޝާ އައި އެޕާރޓްމެންޓް ކުރިމަތީ ސައިކަލު ޕާކޮކޮށްލުމަށްފަހު ސުހައިލްއާއި އެކު އެތެރެއަށް ވަނެވެ. “އެކަމް މިތާނގަ ކިހިނެއް އާޝާ ހޯދާނީ؟؟ ގާޑް ކައިރި އަހަމާ…” އިޒާން އެހެން ބުނެލުމަށްފަހު ސެކިއުރިޓީ ގާޑާއި ދިމާލަށް ދިޔައެވެ. “މިތާނގަ އުޅޭތަ އާޝާ ކިޔާ ކުއްޖެއް؟؟” އިޒާން އަހާލިއެވެ. ގާޑް ފޮތް ޗެކްކޮށްލިއެވެ. އެއަށްފަހު ބޯ ޖަހާލިއެވެ. “ކޮންތަނެއްގަ އުޅެނީ..؟؟؟” އިޒާން އަހާލީ ކެތްމަދުވެފައެވެ. “ސޮރީ ސަރ… އަޅުގަނޑުމެންނަށް މައުލޫމާތު ދެވޭނީ އެ ބޭފުޅާގާތު އަހާލާފަ….” ސެކިއުރިޓީ ގާޑް ބުނެލިއެވެ. ސުހައިލް އިޒާންއަށް ބަލައިލިއެވެ. “އަހައިފިއްޔާ ނުވައްދާނެ… ގާޑް… އަސްލުވެސް އިޓްސް ވެރީ އާރޖެންޓް.. ޕްލީސް… ޓްރަސްޓް މީ…. ޕްލީސް އޭނާގެ އިންފޯރސް ދީބަ..” އިޒާން އާދޭސްކުރިއެވެ. “ސޮރީ ސަރ.. ގަވާއިދާއި ހިލާފެއް ނުވެވޭނެ…” ގާޑް ބުނެލިއެވެ. އިޒާން ނިތްކުރިމަތީ އަތް އަޅާލިއެވެ. “ބޭބޭ ދެން ކިހިނެއްހަދަނީ؟؟؟”އިޒާން ބުނެލިއެވެ. ސުހައިލްވެސް ގޮތް ހުސްވިފަދައެވެ.
“ގާޑް…… މީ.. މި އާޝާގެ ބައްޕަ… ބައްޕަ އަކު ދަރިއަކާއި ބައްދަލު ކުރުމުގެ ހުއްދައެއް ހޯދާކަށް ނުޖެހޭނެ ކަންނޭނގެ…” ސުހައިލް ގާޑް ކައިރި ބުނެލީ އުއްމީދުން ފުރިގެންވާ ބެލުމަކުން ބަލަންހުރެފައެވެ. “ސަރ… ރޫލްސް އާރ ރޫލްސް.. އެކަމް މައްސަލައެއް ނެތް.. އާޝާ އުޅެނީ…….. އަމްމް… 5 ވަނަ ފްލޯރ ގަ.. ފައިވް ބީ… އަޅުގަނޑު ހީކުރަން އާޝާ މޭމްގެފަރާތުން ޝަކުވާއެއް ނުލިބޭނެކަމަށް.. އަޅުގަނޑު ގެ ޖޮބް ދާނެ…” ގާޑް ބުނެލިއެވެ. ސުހައިލް އިޒާންއާއި ދިމާ ބަލައިލުމަށްފަހު އެތެރެއަށް ވަންނަން ދިޔައީ ގާޑް ކައިރި ހާސްނުވާށޭ ބުނެފައެވެ.
ފަސްވަނަ ފްލޯރ ގެ ފައިވް ބީ ގެ ކޮޓަރި ދޮރުމަތީ ސުހައިލްއާއި އިޒާން މަޑުކޮށްލައިގެން ހުރިއިރު ދެމީހުންގެ ހިތުގައި ވެސް އުފެދެނީ އެއް ޝުއޫރުތަކެކެވެ. ބެލްޖަހާލި ސުހައިލް ހުރީވެސް ތުރު ތުރު އަޅައެވެ.
އާޝާ ފޯނެއްގައި ހުރެގެން ދޮރު ހުޅުވާލީ ކުރިމަތީ އިޒާންއާއި ސުހައިލް ހުންނާނެ ކަމަކަށް ނޫނެވެ. އާޝާ ފޯނުގައި ހިފަހައްޓާލައިގެން ހުރި ގޮތަށް ހުރެވުނީ ދެމީހުންނަށްވެސް ބަލަހައްޓައިގެން އެ ބޮޑު ދެލޯ އިތުރަށް ބޮޑުކޮށްލައިގެންނެވެ. ލީ ނޭވައިވެސް ބޭރުކުރަން އޭނާ ހުރީ ހަނދާން ނެތިފައެވެ. އާޝާ ފޯނަށް ޖަވާބެއް ދިނުމެއްނެތި ފޯނު ކަނޑާލިއިރުވެސް އޭނާގެ ނަޒަރު ހުރީ ކުރިމައްޗަށެވެ. އެ ދެލޮލުން ކަރުނަ ހިލެންފެށިއެވެ. ސުހައިލްއަށް ވެސް ވީއެވަރެވެ. “ޕްރިންސެސް..” ސުހައިލް އެހެން ބުނެލުމަށްފަހު އާޝާގައިގާ ބައްދައިގަތެވެ. އާޝާ އަށް ހަރަކާތެއްވެސް ކޮށް ނުލެވުނެވެ. އިޒާން އެދިމަ ބަލަން ހުރީ ފެންކަޅިވެފައި ހުރެގެންނެވެ. އާޝާ ވެސް ކުޑަކޮށް ކޮރާލާ ސުހައިލްގެ ގައިގާ ބައްދައިގަތެވެ. އެއާއި އެކު އޭނާ ފަޅައިގެން ދިޔައެވެ. “ކޮންތާކަށްތަ ދިޔައީ އޭޝް.. މޮޔަ ކުއްޖާ… އެންމެން އުފާވާނީ އޭޝް އައީމަ ކަމެއް އޭރަކު ނޭނގޭތަ؟؟ އޭޝް އަށް އިނގޭތަ މި 6 އަހަރު ވޭތުވެގެން ދިޔަ ގޮތެއް؟ އެންމެން އޭޝް ލިބޭނެކަމަށް ކުރާ އުއްމީދެއް…” ސުހައިލް އެ ހުރިގޮތަށް ހުރެ ބުނެލިއެވެ.
“ނޯ ޑޭޑް.. އެއީ އަޅުގަނޑު ގެ ގެއެއް ނޫން… އަޅުގަނޑުގެ ތަނެއްވެސް ނޫންމީކީ.. މި ބޮޑު މާލެ.. މި ފަސްގަނޑު.. މީ އަޅުގަނޑަށް ނޭނގޭ ތަނެއް.. ދަންނަ މީހެއްނެތް.. އާއިލާ މީހެއްނެތް.. ޑޭޑް… ނައު އަމް ފައިން.. ނައު އައި ކޭން ލިވް މައި ލައިފް… ސެޓްލް ވެއްޖެއީމޭ ޑޭޑް.. ނައު އައި ހޭވް މައި އޮއުން ލައިފް.. ޖޮބް… މާލޭ އައީވެސް ޑޭޑް އަށް ލާރި ދިނުމުގެ ބޭނުމުގައި… ޕްލީސް ޑޭޑް ދެން ދޭ… ޕްލީސް… އަޅުގަނޑު ގެއަކީ މިހާރު އެހެން ތަނެއް. މީ އަޅުގަނޑު ގެއެއްނޫން..” އާޝާ ބުނެލީ ސުހައިލްއާއި ދުރަށް ޖެހިލަމުންނެވެ.
ސުހައިލް ދެބުމަ ގޮށްޖަހާލިއެވެ. “އާޝާ…! ތީ ބައްޕަގެ އަދި ބައްޕަގެ އާއިލާގެ އަންހެންކުއްޖެއް…. ދެން ނުވާނެ އިތުރަށް ބަހުސް ކޮށްގެން.. ހިނގާ ގެއަށް..” ސުހައިލް އާޝާގެ އަތުގައި ހިފައިފައި އެނބުރިލިއެވެ. “ޑޭޑް…. ޕްލީސް… އަޅުގަނޑު ފުރަން މިއުޅެނީ މިއަދު…. އަޅުގަނޑު ކުރަން އައި ކަންތަށް ނިމިއްޖެ…. އެހެންނޫނަސް މިހާރު އަޅުގަނޑުގެ ދިރިއުޅުން ބަދަލުވެއްޖެ…. އެއްކޮށް ބަދަލުވެއްޖެ.. ޑޭޑް… އައި ޑޯންޓް ވޯންޓް ގޯ ބެކް..” އާޝާ ސުހައިލްގެ އަތުން އޭނާގެ އަތްދަމައިގަތެވެ. “އެއި ކީއްވެ؟؟” ސުހައިލް ބުނެލިއެވެ. އަޑުގައިވަނީ މާޔޫސްކަމެވެ. “އެއީ އަޅުގަނޑުގެ އާއިލާ ނޫންވީމަ.. ނިސްބަތްވާ ގެ ނޫންވީމަ… އަޅުގަނޑު ބޭނުންނުވާތީ އެއްލާލި ބައްޕަ އުޅޭތީ… އަޅުގަނޑު ދެކެ ނަފްރަތު ކުރާ އެންމެން އުޅޭތީ…. އަޅުގަނޑުގެ ނަމުގައި ސުހައިލް އިނެއްކަމަކު ސުހެއިލްގެ ދަރިއަކަށް ނުވާތީ.. އެ އާއިލާގައި އަޅުގަނޑު ހަމައެކަނި އެކްސެޕްޓް ކުރާ ސުހައިލް.. ޔޫސުފް ސުހައިލްގެ ދަރިއަކަށް ނުވާތީ…. އެގޭ މީހަކާވެސް ގުޅުމެއްނޯވޭ މިހާރު… ބޭނުންނުވެގެން އެއްލާލި ބައްޕައެއްގެ އާއިލާއާއި ކޮން ގުޅުމެއް އޮންނާނީވެސް.؟؟؟؟ ޑޭޑް ޑޯންޓް ފޯރގެޓް ދެޓް އައި އެމް ނޮޓް ޔުއަރ ޑޯޓަރ.. މިއަދު ބައްޕަ ބަލާއަޔަސް އިއްޔެ ދަރިއެއްގެ ގޮތުގައި ގެންގުޅުނަސް އަބަދު ސަޕޯޓް ކުރިއަސް މީ ބައްޕަގެ ދަރިއެއްނޫނޭ…. ބައްޕަގެ ލެއެއްނޫން… ބައްޕައާއި އެއްވެސް ގުޅުމެއްހުރި މީހެއްނޫން… ” އާޝާ ބުނެލިއެވެ. އޭނާއަށް އެހެން ބުނެވުނީ ވަރަށް ބާރަށެވެ. އޭރު ދެލޮލުން ފައިބާ ކަރުނަތަށް އިތުރުވިއެވެ. ސުހައިލް އަށް ލިބުނީ ހައިރާންކަމެކެވެ. އާޝާ އެކަހަލަ އެއްޗެއް ބުނާނެކަމަކަށް އެނާ ހިއެއްވެސް ނުކުރެއެވެ. އާޝާއަށް ވެސް ވީ އެވަރެވެ. އޭނާ އެއީ ބުނަން ބޭނުންވި އެއްޗެއް ނޫނެވެ. “އޭޝް…….! ކީކޭތަ ތިކިޔަނީ؟؟ އެބަ އިނގޭތަ ތިކިޔާ އެއްޗެއް…. އެންމެ ފަހަރަކު ގެއަށް އައިސްފައި ބަލާބަލަ.. އެންމެ ފަހަރަކު ގެއަށް ވަދެބަލަ.. އޭރުން ހަމަގައިމުވެސް އާޝާ ގެ ތި ވިސްނުން ބަދަލުވެދާނެ..އެކަމު ގެއަށް އައުމަށްފަހު އާޝާގެ ވިސްނުން ބަދަލު ނުވިއްޔާ އެކަކުވެސް އާޝާ ނުހުއްޓުވާނެ….. އައި ޕްރޮމިސް… ޖަސްޓް ކަމް ވިތު އަސް..” އިޒާން ބުނެލިއެވެ. އަޑުގައިވަނީ ނުރުހުމެވެ. ސުހައިލްއަށް އެއްޗެއް ބުނާކަށް ނޭނގުނެވެ. އަދިވެސް އޭނާ ހުރީ ދެންމެ އިވިގެން ދިޔަ ބަސްތަކަށް ގަބޫލުނުކުރެވިފައެވެ. އޭނާ ދެއަތުން ބަލާ ބޮޑު ކުރި ދަރިފުޅުގެ އަނގައިން އޭނާ އެއީ ބައްޕައެއް ނޫނޭ ބުނުމުން އެ ހިތަށް ކުޅަދާނަ ނުވީއެވެ. އެ ހިތި ތެދު އަޑުއަހަން އުނދަގޫވީއެވެ.
އާޝާ ވިސްނާލިއެވެ. އާޝާގެ ވިސްނުން ބަދަލެއް ނުކުރާނެކަމަށް ހިތާހިތުން ބުނެލުމަށްފަހު އިޒާން މެންނާއި އެކު ދާން އޭނާ ނިންމިއެވެ. އެންމެ ފަސޭހައިން މިތަނުން އުނދަގުލެއް ނެތި ދެވޭނީ އޭރުންނެވެ. ސުހައިލް އާއި އިޒާންގެ ފަހަތުން އާޝާ އައެވެ. އާޝާ ސުހައިލް ގެ ސައިކަލުގެ ފަހަތަށް އެރިއެވެ. ސުހައިލް ސައިކަލު ސްޓާރޓް ކޮށްލިއެވެ. “ޑޭޑް އަމް ސޮރީ….” އާޝާ ސުހައިލްގެ ކޮނޑުގައި ބޯ އަޅާލަމުން ބުނެލިއެވެ. ބުނެވުނު އެތީގެ ސަބަބުން ސުހައިލް ދެރަވީކަން އޭނާއަށް އިނގުނެެ. ސުހައިލް އަށް ހަމަޖެހުމެއް ލިބުނު ފަދައެވެ. ހިތުގައި ދެންމެ އުފެދުނު ތޫފާންގަނޑު އެ ތިން ލަފުޒުންވެސް ހިނދުނެވެ. އެއީ ހަޤީޤީ ބައްޕައަށް ނުވިއެއްކަމަކު އެ އިހްސާސްއަކީ ހަޤީޤަތެވެ. ބައްޕައަކު ދަރިއެއްދެކެ ވާލޯބި ސުހައިލްވެސް ވެއެވެ. “ބައްޕަ ޕްރިންސަސް ކުރާ އެއްވެސް ކަމަކަށް މާފުނުކޮށެއް ނުހުންނާނެއެއްނު.. އިނގޭތަ އޭޝްއަށް.. ސްޓިލް ޔުއަރ މައި ޕްރިންސެސް.. އެކަމް މިހާރު ގެއަށް އައިއްސި އެ ޖާގައާއި ވާދަ ކުރާ ވަރު ކުއްޖެއް…. އޭޝް ކަހަލަ..” ސުހައިލް ބުނެލިއެވެ. އާޝާ ވިސްނާލިއެވެ. ކާކުހޭ އެހުމުން ސުހައިލް ނުބުނިއެވެ. “އެކަމް ޑޭޑް… ޕްލީސް އަޅުގަނޑު ނުހުއްޓުވާތި.. ޕްލީސް.. އަޅުގަނޑު ވަރަށް އުފަލުގައި އަމިއްލަ ދިރިއުޅުމައިގެން މި އުޅެނީ” އާޝާ ބުނެލިއެވެ. ސުހައިލް އާއެކޭ ބުނެލިއެވެ. “އޭޝް އެންމެންނާއި އެންމެ ފަހަރަކު ބައްދަލުކޮށްލާ… އެއަށްފަހު ނިންމާ….” ސުހައިލް ބުނެލިއެވެ. އާޝާ ބޯ ޖަހާލިއެވެ.
ގޭގެ ދޮރުމައްޗަށް ސައިކަލު ހުއްޓުމާއި އެކު އާޝާ އެ ގެއަށް ބަލައިލިއެވެ. އަދި ފުން ނޭވައެއްދޫކޮށްލިއެވެ. މީގެ 6 އަހަރުކުރިން އޭނާ ހުއްޓުނި ގެ ކުރިމައްޗާއި މިއަދު އެ ފެންނަ ގެއަކީ މުޅިން ތަފާތު ގެއެކެވެ. 5 ބުރިއަށް ހިއްލާފައިވާ އެ ގެ ބޭރުން ހީވަނީ ފައިވް ސްޓަރ ހޮޓަލެއްހެންނެވެ. ސުހައިލް އާޝާގެ އަތުގައި ހިފަހައްޓާލައިގެން އެތެރެއަށް ވަނެވެ. ބެލްޖަހާލުމާއި އެކު ދޮރު ހުޅުވިގެން ދިޔައެވެ. ދޮރު ހުޅުވީ ފަޒީލާއެވެ. ފަޒީލާ ކަރުނުން ފުރިފައިވާ ލޮލަކުން އާޝާއަށް ބަލައިލުމަށްފަހު އާޝާގެ މޫނުގައި ފިރުމާލިއެވެ. “ސުހައިލް.. އާޝާ އެއްވެސް ބަދަލެއް ނުވޭ… އިސްތަށިގަނޑު ދިގުކަން އެކަނި..” ފަޒީލާ ބުނެލިއެވެ. އާޝާ އަމިއްލަ އިހްސާސްތަށް ކޮންޓްރޯލް ކުރަމުން ހިނިތުންވެލިއެވެ. އެ ދުރުކަން ފަޒީލާއަށް ފާހަގަކުރެވުނެވެ. ކުއްލިއަކަށް އެންމެންނަށްވެސް ފަހަތް ބަލައިލެވުނީ ކުޑަކުއްޖަކު “ކުޑީ” އޭ ކިޔަމުން ދުވެފައި އައި އަޑަށެވެ.
އެ ކުއްޖާ އައިސް އާޝާ ގެ ގައިގާ އޮޅުލައިގަތެވެ. އާޝާ ދެލޯ ބޮޑުކޮށްލާފައި އެ ކުއްޖާއާއި ދިމާ ބަލައިލިއެވެ. އަދި ތިރިވެލިއެވެ. އެ ކުއްޖާ އަނެއްކާވެސް އާޝާގެ ގައިގާ ބައްދާލިއެވެ. އާޝާ ފަޒީލާއާއި ދިމާލަށް ބަލައިލިއެވެ. “ކުޑީ އިނގޭތަ ޝައި މިސް ވީ ވަރު… ކުޑީ ދެން ނުދަންޗޭ މިތަނުން..” އެ ކުއްޖާ ބުނެލިއެވެ. އެ މައުސޫމް އަޑުން ހަރުވެފައި އިން އާޝާގެ ހިތް ކަފަކޮޅަކަށް ވީ ފަދައެވެ. އާޝާއަށް އެއީ ކާކުކަން ނޭނގުނުކަމުގައި ވިޔަސް އެ ކުއްޖާ ގައިގާ ބައްދާލިއެވެ. “ކުޑީ ޝައިވެސް ބޭނުން ކުޑީ ކަހަލަ ލޯންގް ހެއަރ އެއް…..” އެ ކުޑަކުއްޖާ ފަހަތުން ފެންނަ އާޝާގެ އިސްތަށިގަނޑަށް ބަލައިލިއެވެ. އާޝާ އެ ކުއްޖާ ގޮވައިގެން ކޮޅަށް ތެދުވެލިއެވެ. ފަޒީލާ އާޝާއަށް އެތެރެއަށް ވަނުމަށް ދައުވަތު އެރުވިއެވެ. އާޝާ އެތެރެއަށް ވަދެލިއެވެ.
މުޅިގެޔަށް އައިސްފައިވާ ބަދަލު އާޝާއަށް ފާހަގަކޮށްލެވުނެވެ. ” ބޮޑު ބައްޕާ ! ބޮޑު ބައްޕަ ބުނީމެއްނު ޝައި އަށް ޕްރިންސެސް އަކަށް ވެވޭނީ ބޮޑު ބައްޕަގެ ޕްރިންސެސް އައީމައޭ .. މިހާރު ކުޑީ އެއައީނު.. ދެން މަންމި ހުންނާނެ ދެރަވެފަ” ކުޑަ ކުޑަ ޝައި ބުނެލީ ހެމުން ސުހައިލްއަށެވެ. “ލައްބަ ޝައި… މިހާރު ޝައި އަށް ތިވެވުނީ ބޮޑު ބައްޕަގެ ކުޑަ ޕްރިންސެސް އަށް..” ސުހައިލް ބުުނެލުމުން އާޝާ ހޭންފެށިއެވެ. ސުހައިލް އެ ބުނި އާ ކުއްޖަކީ ޝައިކަން އާޝާއަށް އިނގުނެވެ.. “ކޮބާ ޝައިގެ މަންމި އަކީ؟” އާޝާ ބުނެލީ އެ ކުއްޖާގެ މަންމައަކީ ކާކުކަން އެނގެން ބޭނުންވާލެއް ބޮޑުކަމުންނެވެ. “މަންމީ….އާދޭ…” ޝައި ގޮވާލިއެވެ. ސިޑިމަތީ ހުރި އިސްރާ ފޭބިއެވެ. އޭނާގެ ދެލޮލުގައި ވަނީ ކަރުނައެވެ. އާޝާ އަށް ހުރި ފިޔަވަޅު މަތީ ހުރެވުނެވެ. “އި…އިސްކޮ…؟” އާޝާ އަށް ބުނެލިއެވެ. އެއާއި އެކު އިސްރާ ދުވެފައި އައިސް އާޝާގެ ގައިގާ ބައްދާލިއެވެ. ކުޑަ ކުޑަ ޝައި އޭނާގެ ދެއަތުން ދެމީހުން ކައިރިކޮށްލިއެވެ. “ކުޑީ…. އަދި މި އުޅެނީ ތުތީ ވަރަށް ފޮނިވާނެ.. ބުނަނީ ތުތީ ވައްތަރީ ކުޑީއާއޭ… އެކަމް ކުޑީ ކަހަލަ އިސްތަށިގަނޑެއްނޫން އިންނަނީކީ.. ޝައި އެންމެ ވައްތަރު ވާނީ ކުޑީ އާއި..”4 އަހަރުގެ ކުޑަ ކުޑަ ޝައި ހީވަނީ ބޮޑު އަންހެނެއްހެންނެވެ. އާޝާ ފެނިފައި ނުވިޔަސް ޝައި އެ ބެހެއްޓި ގާތްކަން އާޝާއަށް ކަމުދިޔައެވެ. އެއީ އިސްރާގެ ކަމެއްކަން ޔަޤީނެވެ. އާޝާ އަނެއްކާވެސް ހޭންފެށިއެވެ. އިސްރާ އާޝާއާއި ދުރުވެލިއެވެ. އާޝާގެ ފަހަތުގައި އެމަންޒަރު ބަލަން ސުހައިލް އައި ފަޒީލާ އަދި އިޒާންވެސް ހުއްޓެވެ. “މިހާރު ކޮން ތުތީއެއް؟” އާޝާ ބުނެލިއެވެ. އޭނާ ރަނގަޅަށްވެސް ހުރީ ޝައިގެ ޖާދޫގައި ޖެހިފައެވެ.
“ތުތީ.. ދެން އާދޭ ތުތީވެސް..” ޝައި ބުނެލިއެވެ. އާޝާ އަށް ސިޑިން ފައިބައިގެން އައި އިޝާ ފެނިފައި އެދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ހީވީ ލޯގަނޑުން އޭނާގެ މޫނު ފެނުނުހެންނެވެ. ތަފާތަކީ އިޝާގެ އިސްތަށިގަނޑެވެ. އިޝާ އައިސް އާޝާގެ ގައިގާ ބައްދާލިއެވެ. އާޝާ އުފަލުން އިޝާ ގެ ގައިގާވެސް ބައްދާލިއެވެ. “ކުޑީ އައި މިސްޑް ޔޫ..” އިޝާ ބުނެލިއެވެ. “ނޯ ވީ މިސްޑް ޔޫ..” އިސްރާ ވެސް ބައްދާލަމުން ބުނެލިއެވެ. އާޝާގެ އަތުގައި އިން ޝައި އުފަލުން ހީވީ އެހެން ކަމެއްވެގެން އުޅުނުހެންނެވެ. “ކޮ..ކޮބާ އެންމެން.؟” އާޝާ އަހާލީ އިސްރާ ކައިރިއެވެ.
އެއާއި އެކު އެންމެން ސިޑީން ފައިބައިގެން އައެވެ. އާޝާގެ ކާފަ ޔޫސުފްވެސްމެއެވެ. އާޝާއަށް ޔޫސުފް ފެނުނު މީ ފުރަތަމަ ފަހަރެވެ. އެންމެން އެކީ ފެނުމުން އާޝާގެ ދެލޮލުން ކަރުނަ ފައިބައިގެން ދިޔައެވެ. ގެއަށް އައި އައު މެހެމާނާއިވެސް އާޝާއަށް ފެނުނެވެ. އިސްރާގެ ފިރިމީހާ ޝިފާންއެވެ. އެންމެ ފުރަތަމަވެސް ސާނިޔާ އައިސް އާޝާގެ ގައިގާ އޮޅުލައިގަތެވެ. އެތަކެއް ފަހަރު މާފަށް އެދުނެވެ. އާޝާ އެއްވެސް އެއްޗެއް ނުބުންޏެއްކަމަކު ހިނިތުންވެލިއެވެ. ސަނީމްއާއި ސާޒް އަށް އާޝާ ބަލައިލިއެވެ. އޭނާ ކުރާނެ ކަމެއް ނޭނގިފައި ހުރީ އެމީހުންގެ އިޝާރާތެއް ވަންދެންނެވެ. އާޝާ ފަސްއެނބުރި ސުހައިލްއަށް ބަލައިލިއެވެ. ސަނީމް ސުހައިލްއާއި ދިމާލަށް ދިޔައެވެ. އަދި ސުހައިލް ގޮވައިގެން އައިސް އާޝާގެ ކުރިމަތީ ހުއްޓުނެވެ. “އޭޝް.. ދިސް ވިލް ބީ އޯލްވޭސް ޔުއަރ ޑޭޑް.. އިނގޭ… އަމް ޖަސްޓް ޔުއަރ ކޫބެ.. އެންމެ ކަމެއް އެ މަގާމުގައި ހުރެފައިވެސް ދޮންބެއަށް ނުވާނީ.. އެކަމް ސްޓިލް…. ކުރިންވެސް އަދި އަބަދުވެސް އެއީ އޭޝް ގެ ބައްޕަ…އޯލްރައިޓް؟” ސަނީމް ބުނެލިއެވެ. ސުހައިލްއަށް ނުވާނޭ ބުނި ކަންތަކަކީ ކޮބައިކަން އާޝާއަށް އިނގި އިޒާންއަށް އެއްލިކަޅިއަކުން ބަލާލެވުނެވެ. އާޝާ ހިނިތުންވެލަމުން ބޯޖަހާލީ ސަނީމްއަށް ބަލާލާފައެވެ. އަދި ސަނީމްއާއި ސުހައިލްގެ ގައިގާ ބައްދާލިއެވެ.
ސާޒްވެސް އައިސް އާޝާގެ ގައިގާ ބައްދާލިއެވެ. އާޝާ ގެ މުނުމަތިން ފެނުނު ހިނިތުންވުން ބަޔާންކުރަން ދައްޗެވެ. އެންމެންގެ މޫނުމަތީވެސް ވަނީ އުފާވެރިކަމެވެ. އާޝާ ޔޫސުފްއާއި ވެސް ބައްދަލުކޮށްލިއެވެ.
“ކުރިންވެސް މިގެއަށް އާޝާ ގެނައީ ހަމަ އިޒާން.. މިފަހަރުވެސް.. އިޒާން ތެންކިޔު ސޯ މަޗް..” އިސްރާ ބުނެލިއެވެ. އިޒާން ބޯ ޖަހާލިއެވެ. އާޝާ އިޒާންއާއި ދިމާލަށް ބަލައިލިއެވެ. އަދިވެސް އިޒާން އާޝާ ދެކެ ލޯބިވާނެބާއޭ އާޝާ ހިތަށް އެރިއެވެ. މި ވޭތުވެދިޔަ އަހަރު އިޒާން އާއި މެދު ނުވިސްނާ އެންމެ ދުވަހެއް ނުދާނެއެވެ. އާޝާ އަށް ވެސް އިޒާންދެކެ ލޯބިވެވެން ފެށުނެވެ. އެލޮބުވެތި ބަސްތަކުގެ ސަބަބުންނެވެ. އިޒާން އޭނާއަށް ދިން ހަނދާންތަކުގެ ސަބަބުންނެވެ. ނަމަވެސް އިޒާން މިހާރު އޭނާ ދެކެ ލޯބިވާނެކަމާއި މެދު އާޝާ ޝައްކެވެ.
އިޒާން ނެތަސް އޭނާއަށް އާއިލާ ލިބުނީއެވެ. އާއިލާ އެންމެން އޭނާ ދެކެ ލޯބިވާކަން މިހާރު އޭނާއަށް އިނގިއްޖެއެވެ. އޭނާ އަކީ މިގޭ ކުއްޖެއްކަން އެންމެން އޭނާއަށް އިހްސާސްކުރުވައިފިއެވެ. ހާއްސަކޮށް ކުޑަ ކުޑަ ޝައިއެވެ.
“ބަޓް.. އަމް ގޮއިންގ…” އާޝާ ބުނެލީ އޭނާގެ ގައިން ޝައި ވަކިކޮށްލުމަށްފަހުގައެވެ. އެންމެންގެ މޫނުމަތީ ވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އާޝާ އެމިހުންނަށް ފަސްދީ ހިނގައިގަތެވެ. “ޑޭޑްތަ އިޒާންތަ އަންނަނީ؟ ކޮޒް އެހެރަ ބަރު ފޮށިތަކެއް ނުއެއް ގެނެވޭނެ އެކަނިއެއް މިގެއަކަށް..” އާޝާ ފުޅާ ހިނިތުންވުމަކާއި އެކު އެންމެންނަށް ބަލައިލަމުން ބުނެލިއެވެ. އަނެއްކާވެސް އެ އެންމެން އުފަލުން ފޮޅުނުފަދައެވެ. އާޝާ ގެ ގައިގާ އެންމެން އެކީ ބައްދާލިއެވެ.
………………………
“އޭޝް.. ވިލް ޔޫ މެރީ މީ؟؟” އިޒާން ގޭ އެންމެންގެ ކުރިމަތީ އާޝާ ކައިރި އަހާލިއެވެ. އާޝާ ހިނިތުންވެލަމުން އާއެކޭ ބުނެލިއެވެ. ލޯބީގެ އާ ސަފްހާއެއް ފެށިގެން ދިޔައީއެވެ. މިންވަރުކުރަށްފައިވާ ގޮތަކަށް އެ ކަންތަށް ވެގެން ދާނެކަމީ ޝައްކެއްވެސް ނެތްކަމެކެވެ. އާޝާގެ ލޯބި އަޝާއަށް ލިބުނެވެ. އިޒާން ކުރި އިންތިޒާރު ފޮނިވެގެން ދިޔައެވެ. ގޭ އެންމެންގެ ރުހުމުގައި އެދެމީހުންގެ ކައިވެނި ކުރެވިގެން ދިޔައީ އެކަކުގެވެސް ހަދާނުން ފޮހެނުލެވޭނެވަރު ކޮށްލާފައެވެ. އާޝާ ދެކުނު ބޮޑު އާއިލާގެ ހުވަފެން ސީދާ ކުރުވާފައެވެ. އެދުނު އުފަލާއި ލޯބި އޭނާއަށް ދެމުންނެވެ.
އެދުނީމޭ ލޯތްބާއި އުފާ
ލިބުމުން ވޭނީ އަނިޔާ
ނިމުނި
58 Comments!
Comments are closed.






haadha reeehcheyy ryn
thnkxxx 😉
Wow haadha reechey….
thnkywww 😉
Hama nihmaalythrr.. Dhn.. I love this stry.. Varah reethi.. ????????
thnkyw so much 😉
hello guys.. here is the last part n the end of the story… hope the whole story plus this part is nice.. n yeah aslu sorry mistakes huhnaathy i know dhivehi bahuge kuhthahkan e huhnany as i write dhivehi stories it should b dhivehi bahuge mingandu thakah fethifa.. but tbh mi story mi liye nimifa oii story eh.. n hama ekani mathi mathin check khlaafa up khlany ehnve ehaa bwdah mistakes faahaga nuvany dhw n plus ryn ah amihla ah neyngeny e mistakes kn so fenunas rangalhu nukureveny but mi part hama vrh rangalhah kiyaafa mi up kury… n mihaaru mi liyaa stories hama e kahala mistakes vrh madhukhgn mi liyany mi storyga e mistakes huhnany rangalhah check nukureveythy n plus vrh kuryge story eh v ma… n eyru i was not so familiar with all these things.. btw i have few more upcoming stories n i will start to upload them asap.. n wil c u all in sha Allah very soon with a new story n if u have any question regarding the stories u can ask me by sending a msg to my page 😉 well dhn tc bye guys love u all…
Ryn.,?? Hama nihmaalythr??
Yeah hama ninmaaly ey.. continue kuran v tha 😛
So nice
thnkxxx 🙂
Wow mivaahaka vvvv reeethi?
thnkxx 😉
Awesome.. dhn neynge ninni yah bunaane ehcheh vx.. ♡♡♡♡
Luv it..
aww thnkyw so much.. luv u ppl too from the bottom of my hear 🙂
Ryn.. V reerhi stry. Thankx dor the reethi story
aww it was my pleasure darl.. n thnkyw so much.. it was nice cx of u ppl for sure.. 😉 thnkxx
this is called a story…………
v v v reethi………. umaaaah
awwn thankyw that so sweet.. thnkyw so much 😉
wlc ryneee
Wow v reehthi.
thnkyw 😉
Ryn thee foreigner eh tha?
*just curious ingey*
umm m a maldivian.. a pure maldivian but i dont live there.. actually thats the only reason why i have difficulties in dhivehi but it improved cx of u ppl.. now i know the “hamathah” of dhivehi… i mean most of them.. anyway thnkyw 😉
waiting for another new story of urs…..thanks for de lovely stories… gudluck..☺
thnkyw so much ken.. u b one of my fav reader.. ur comments really make me happy as well as it makes me improve too thnkyw 😉
Owesome.. ur best Ryn ,:-)
thnkyw 😉
Just wow….v v v v v v v v salhi ingey……mi kahala reethi ehn vaahaka eh adhi up kohdheche pls….
aww thnkxx.. n yes i do have stories to upload n will do it soon .. thnkyw 😉
Wow.. M speechless…. Ixaan nd eysh ge love story is perfect….????
awwn thnkywww 😉
Regularly koh comment nukuriyas I love this story. And eyhaa Digu nudamaa kurukoh ninmaalie maves varah salhi.
thnkyw.. n happy vehje comment eh fenunyma… 😉 thnkx
Rynooo alhe ninmaalythr… story hama suparb ingey .. next story ah inthixaaru kuran feshuny mi ..☺
lahba ninmaaly hehe.. thnkyww 😉 keep waiting 😉
Omg ryn. This is just perfect. ❤?
I really loved this. ❤?
Hope mikahala stories adhi fenaane kameh. ?❤?
Welldone. ?
aww thnkyw thnkywww…. n yeah there will b more n more til u ppl r with me.. 😉 thnkxx tc 😉
This is a Boooooootiful story i luv ur all stories ..n um a big big fan of urs …..waiting for another beautiful story of urs….luv u miss u ummmwah ???
Alhey nimunydwww ???..
But mi story hama hama vvvv salhi … I really love this story..❤❤❤..
Hope rynge mikahala miyahvuren reeethi story eh avrh avhah kiyaaln libehnekamh ??
V v loabi mi story, fahakahais kiunu story thakugetherein nimun enme reethi story mee, v habeys
vv reethi..??
Vvvvvvvvv nice. I love u so much Ryn. I love u so much. Ummmmmmmmmmmmwaaxh.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
My fav writer…. nimun hama varah salhi ??? whn r u gonna write a new story… varah kiyaa hihvey ryn ge stories…. ??? story varah rythi…
Omg….. ryn this story is superb….. vrh vrh rythi…. dhn vx hama mikahala rythi vhk akah inthixaaru kuranyh.
…??????
Alhey nimunee tha hama.. Vara touching v v salhi. Aslu adhi ninmaakah beynumeh noon. Loabi ve vihje mi vaahaka dheke. Mistakes huttas vara reethi. Kiyaa hithun hurihaa episode eh ves kee. Ummeedhu kuran vara avaha mi kahala reethi ithuru vahaaka eh kiyaalan libeyne kama??
This storry is nice v dhn story ehga miahvure reethi koh hamathaa ehgothah geness dheyne kama i hope ngey v molhu kujjeh ryn thee …..waitting for next storry ngey..miss yu
Awesome waiting for a story of u ryn
And good luck for upcoming story
Love u ryn
Alhe v thafaathu. N v nice story.
Ryn ge storied ga maa drama bai bodu koh inakah faahag vey… ehenv ma komves varakah foohi kuruvaa goi vey… hope mikan ragalhu kuraane kamah..aneh hen i like ur stories and this one too hama ekani thankolheh act body fake type ge
Ryn ge vaahakathah varah reethi… varah comment nukurevey… ainyy ge varah gina rahttehinna mihaaruves vaanii rynge vaahakathah kiyan edhifa. Liyumuga ebahuri massalathakeh.. ekamaku hama varah salhi vaahaka tha. Abadhuves ryn ge vaahakathah kiyan. Inthizaaruves kurevey. Ummeedhu kuran abadhuvea vaahaka liyaane kamah. And ufaavey ehen liyun therin hadhaahen nuhadhaa vaahaka thah nimmaalaathi. Kiyun therin hiy hama jassaidheytheeve. Maaiy Allah ryna ah liyuntherikamuge hunaru ithurah tharageevumuge heyo thaufeegu dhevvaashi! Aameen!
V v v sali n new stry akah inthizaru kuran
Love uuu ummmah…….
i dnt really read much…but this is awsum..looking forward to your new stories
Mwah mwah mwah mwwwwaaaaaah!?Ryn ge komme story ehvs hama ehaa rythi ❤❤❤❤ yew r the best..ily ☺☺?????tgc
aslu last part ga maa bodah family feelings bodee… e ahvure rangalhuvees Aashaa aa Izaan ge bai bodah genes dhinnama ithurah furihamavees…. mi bai ehaa heart touching eh noon…. namaves vv reethi mi story. waiting for another new story of urs.
Mi part ga mistakes netheema kiyaalan v faseyhavi. Thankyou Ryn
wow super! keep uploading the new storys. v v v v v v v v salhi. keep it up. i like it so much.