Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ…29

Ryn
December 22, 2016
9 Mins Read
104 Views
34 Comments

 

 

އޮފީހުން ގެއަށް އަޔާން ދިޔައީ ތަންކޮޅެއްކުރިންނެވެ. ބޮލުގައި ރިއްސާތީއާއި މަސައްކަތަށް ފަރުވާ ނުބެހެއްޓޭތީއެވެ. ފެންވަރައިގެން ނިކުތް އަޔާންއަށް ހަމްނާ އޭނަގެ ކޮޓަރީގައި އިންތަން ފެނުނެވެ. “ކިހިނެއްވީ މަމް؟ ކަމަކުތަ؟” އަޔާން އެހީ ހަމްނާ އައީ ސަބަބަކާއި ލައިގެންހެން އަޔާންއަށް ހީވުމުންނެވެ. “ދަރިފުޅު ކިއާރާ ދަންނަންތަ؟” އަޔާން އަލަމާރި ކައިރި އަށް ހުއްޓުމުން ހަމްނާ އަހާލުމުން އަޔާން ދެބުމަގޮށްޖަހާލާފައި ހަމްނާއަށް ބަލައިލިއެވެ. އަދި އާއެކޭ ބުންޏެވެ. “ވަރަށް ރަނގަޅު ކުއްޖެއް ދޯ އެއީ… މިއަދު މަންމަ އާއި ދިމާވިއޭ… ވަރަށް ހިތްހެޔޮ…” ހަމްނާ ބުނެލީ ހިނިތުންވެލާފައެވެ. ލޮލު ކުރިމައްޗަށް ކިއާރާގެ މައުސޫމް ސޫރަ ސިފަވިއެވެ. އަޔާން އެއްޗެއް ނުބުނެހުރިއެވެ. “މަމް.. ވާހަކައެއް ބުނަންތަ؟” އަޔާން ޓީސާޓެއް ލަމުން އެހިއެވެ.. ހަމްނާ ހުމްމް އޭ ބުންޏެވެ.. “މަމް.!! ކިއާރާ…. ކިއާރާ އަކީ އާލިޔާ….” އަޔާން ބުނެލިއެވެ. ހަމްނާ އިށީނދެ އިން އެނދުން ތެދުވެލީ ކުއްލިއަކަށެވެ. “ކީކޭ؟ އާލިޔާ؟؟” ހަމްނާ ގަބޫނުލުކުރެވިގެން އަހާލެވުމުން އަޔާން ބޯޖަހާލާފައި ޔަޤީންކަން ދިނެވެ. “އާލިޔާ އަކީ؟؟ އެއްކަލަ ގެއްލުނު ކުއްޖާތަ؟؟” ހަމްނާ އެހިއެވެ.. އޭރު ހިނގި ހުރިހާ ކަމެއްހެން އަޔާން ވަނީ ހަމްނާއަށް ކިޔައިދީފައެވެ. ނަމަވެސް އެމީހުންނަށްވެސް އެކަން ހިނގީ ކީއްވެކަމެއް ނޭނގެއެވެ.

“އެކަމް…. ކީއްވެ؟ ކިހިނެއް؟؟” ހަމްނާއަށް އަދިވެސް ގަބޫލެއްނުކުރެވުނެވެ. ކުއްޖަކު އޭނާގެ އަސްލު އޮޅުވާލަން މަޖުބޫރުވާނީ ކިހިނެއްވެގެންބާއެވެ. އަޔާން އައިސް ހަމްނާ އެނދުގައި ބައިންދާފައި އޭނާވެސް އިށީނެވެ. “ކިހިނެއް އިނގޭނީ؟؟؟ މުއްސަނދި ވާން ބޭނުންކުރާ ކަމެއްނު… ފަތުހީ އެހާ މުއްސަނދި…” އަޔާން އޭނާއަށް ހީވާގޮތް ބުންޏެވެ. އެހެނީ މިހާރު ލާރިއާއި ހެދި ނުކުރާކަށް ކަމެއްނެތެވެ. “އެކަމް އާލިޔާ އަކީ…. ކިއާރާ އަކީ ވެސް އެހާ ރަނގަޅު… މަންމަ އަށް އެހީވެސް ވެދިން… އަޔާން އެއްޗެއްގެ ތެދު ނުބަލާ ކަމެއް ނިންމުމަކީ ރަނގަޅު ކަމެއް ނޫން…. ހާލަތާއި ހަނގުރާމަކުރާއިރު ކޮންމެފަދަ ކަމެއްވެސް ވެދާނެ.. ކުރަން މަޖުބޫރުވެދާނެ..” ހަމްނާ ބުންޏެވެ. “މަންމާ!! އަމިއްލަ އާއިލާ އެކުވެރިން މުޅި ދިރިއުޅުން އަސްލާ ނަސްލު ދޫކޮށް ދާނީ ކޮންފަދަ މަޖުބޫރީއެއް އޮވެގެންތަ؟ އެއީ މަޖުބޫރީއެއްނޫން މަންމާ އަމިއްލަ އެދުން..” އަޔާން ހިތްހަމަނުޖެހިފައި ހުރެބުންޏެވެ. އެތަކެއް ފަހަރު ހިތް އެކަމަށް އެއްބަސްނުވިޔަސް އަޔާން ދިޔައީ ސިކުނޑި ދައްކަމުން ދިޔަ ވާހަކަތަށް ގަބޫލުކުރަމުންނެވެ. މިހާރު އެހިތަށް އިތުބާރުކުރަން އޭނާ ބޭނުމެއްނުވެއެވެ. “ދަރިފުޅާ!! އަޔާން؟ ކޮންމެ މީހަކީ ނޭނގުނަސް އެތަކެއް ކަމަކާއި ކުރިމަތި ލާ ބައެއް.. މަންމައަށް ހީވަނީ ކޮންމެވެސް ކަމެއްވީމަ ނޫނީ އެކަމެއް ނުކުރާނެ.. މި ދުނިޔޭގައި އުޅޭ ކޮންމެ ބަޔަކީ އަމިއްލަ އެދުން ބޮޑު ބައެއްނޫނޭ..” ހަމްނާ ގަދަކޮށްލިއެވެ. އޭނާ އަށް ހީވަމުންދިޔައީ ކިއާރާ އެކަމެއް އެ ކުރީ ބޮޑު ސަބަބަކާއި ލައިގެން ކަމެވެ. އޭނާއަކީ އަންހެނެކެވެ. އަންހެނުންނަކީ އެތަށް ދުވަހަކު އެތަށް ކަމަކާ ކުރިމަތި ލާންޖެހޭ ބައެކެވެ. އަޔާން ދައްކާފައި ހުރި އާލިޔާގެ ވާހަކަތަކުންވެސް އެކަން އެބަ އިނގޭވިއްޔާއެވެ.

“މަމް ޕްލީސް އޭނާއަށް ސަޕޯޓް ނުކޮށްބަ.. ފެންނަ ފެނުމަށް ކިތަންމެ ބައެއް ރަނގަޅުވެދާނެ އެކަމް މިދުނިޔޭގައި އެންމެންވެސް އުޅޭނީ އަމިއްލަ އެދުމުގެ މަތިން.. އަމިއްލަ އެދުން ފުރިހަމަކުރަން..” އަޔާން ބުނީ ނުރުހިފައެވެ. އެއީ އެތަކެއް މާނަތަކެއް ހިމެނޭ ޖުމްލައެކެވެ. އެ ޖުމްލައިގައި ވަނީ އަޔާންގެވެސް ދިރިއުޅުމުގެ ހަޤީޤަތެވެ. “އަޔާން!! ކޮންމެ މީހަކީ ޝާހީނާ ނޫންކަން ހަނދާންކުރާތި…” ހަމްނާ އެހެން ބުނެލީ ކުޑަކޮށް ބާރަށެވެ. އަޔާން ހަމްނާއަށް ބަލައިލީ ރުޅި މަޑުވެފައެވެ. އެބުނި އެއްޗަކުން ހިސާބަކަށް ވިސްނާލަން މަޖުބޫރުވިއެވެ. ހަމްނާ އިތުރު އެއްޗެއް ނުބުނެ ނިކުމެގެން ދިޔައެވެ. އަޔާންއަށް އެވަގުތު މާޒީގެ ދުވަސްތަށް ސިފަވެގެންދިޔައެވެ.

…..

“ޝާހީނާ!! ބުނޭ ހަމަ މިހާރު އަދިވެސް އެ ކުޅިގަނޑު ނުހުއްޓަން ދޯ؟؟” އަހަރެންނަށް އިނގިއްޖެޔޭ ތި ގަންނަ ގަނޑު…. ކިތަށްފަހަރު ޝާހީނާއަށް ފުރުސަތު ދީފިންތަ؟” އަޔާން ރުޅިގަދަވެފައި ހުރެ އެހެން ބުނެލީ ސޯފާގައި އައިގޮތަށް އައިސް އޮށޯތް ޝާހީނާއަށެވެ. “ދެން އަހަރެން ބުނެފިންތަ ވަކި އަޔާން އަހަރެންނަށް ފުރުސަތު ދޭށޭ… އަހަރެން ދޫކޮށްލަންވީނު….” ޝާހީނާ ބުންޏެވެ. އޭނާ އަޔާން ދޫކޮށްލަފާނެކަމުގެ ފިކުރެއްވެސް ނެތެވެ. އެހެނީ އަޔާން އޭނާ ދޫނުކުރާނެކަން އޭނާއަށް ވަނީ ޔަޤީންވެފައެވެ. “އަހަރެން މި ހުންނަނީ ޝާހީނާ ދެކެ ލޯބިވާތީއޭ ދުވަހަކުވެސް ތި ހިތަށް އެރިތަ މި އަޔާން ދެރަވާނެ ވަރެއް؟؟؟؟ މި އަޔާން ތި ޝާހީނާ ދެކެ ލޯބިވާވަރެއް؟؟؟ ޝާހީނާ އަށް އަހަރެން ދެން ބޭނުމެއްނޫން އިތުރު އެންމެ ފުރުސަތެއް ދޭންވެސް… ލޯބިވެޔޭ ކިޔާފައި ބޭނުންހާ ކަމެއްކުރާކަށް ނޫޅެން ބަހައްޓާކަށް… ތިހިރީ ވަރިކޮށްފާ!!!” އެހެން ބުނަން ކިތަންމެ އަޔާންގެ ހިތަށް ތަދުވެފައި އުނދަގޫވިޔަސް އޭނާ އެހެން ބުނީ އެހިތަށް ލިބޭ ވޭން އެނޫން ގޮތަކުން ލުއި ނުކުރެވޭނެކަން އިނގޭތީއެވެ. ޝާހީނާ އަނގަ ހުޅުވި ދެލޯ ބޮޑުވިއެވެ. އަޔާން ދުވަހަވެސް އެހެން އޭނާ ވަރިިކޮށްލާނެކަމަކަށް އޭނާ ހިއެއްނުކުރެއެވެ. “އާނ ތިހިރީ ވަރުކޮށްފާ… ހަމަ މިހާރު މިގެއިން ނިކުމޭ..” އަޔާން އެހެން ބުނެފައި ބެލްކަންޏަށް ނިކުތެވެ. އެވަގުތު އޭނާގެ ދެލޮލުން ކަރުނައާދެއެވެ. ޝާހީނާ ސިހުން ކަނޑުވާލުމަށްފަހު އޭނަގެ އެއްޗެއް ވިއްޔާ ދަބަހަކަށް އަޅައިގެން ކޮޓަރިން ނިކުމެގެން ދިޔައެވެ. އޭނާއަށްވެސް ދެން އިތުރު ފުރުސަތެއް އަޔާން ނުދޭނެކަން އިނގެއެވެ……

ބެލްކަނީގައި ހުރިއިރު އަޔާންއަށް ސިފަވަމުން ދިޔައީ ޝާހީނާއެވެ. އެންމެ ފުރަތަމަ އޭނާ ފިރިހެނެއްކައިރި އޮތްގޮތެވެ. އެމީހަކާއި ގުޅުން ބާއްވައިގެން ކީ އެއްޗެއްސެވެ. ދެންވެސް އަޔާން ފުރުސަތު ދިނީ އެލޮތްބަށްޓަކައެވެ. ދެންވެސް ޝާހީނާ އޭނާގެ ގޮތްގަނޑު ބަދަލުނުކުރިއެވެ. ކެތްކުރާނީ ކިހިނެއްހެއްޔެވެ؟ އުމުރުގައި ލޯބިވެވުނު ހަމައެކަނި އަންހެންކުއްޖާއާއި ދުރުވާންމި ޖެހުނީ ކޮންފަދަ ގޮތަކަށްހެއްޔެވެ؟ ގައިމުވެސް އަޔާން ޝާހީނާ ގެންގުޅީ އޭނާ ބޭނުންވާފަދަ ލޮތްބާއި އަރާމާއި ފައިސާވެސް ދީގެންނެވެ. ވަގުތުން އަޔާން އަންހެނުންދެކެ ފޫހިވާންފެށިއެވެ. އައި ނާ ދިމާލެއްނޭނގި އޭނާ ސިކުނޑިއަށް ވެރިވެގަތީ އާލިޔާގެ ހަނދާންތަކެވެ. އަޔާން ރެއިލިންގައި ވަރަށް ބާރަށް ޖަހާލެވުނެވެ. ވާނުވާ ނޭނގެއެވެ. މި ހިތް އަދިވެސް އޭނާއަކަށް ދަހެއްނުވެއެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނަ ފައިބައެވެ. މިއަދު އޭނާ ދިރިއުޅުމަށްކުރި ފޮނި އުއްމީދާއި ހުވަފެންތަށް ވެއްޔާ މޮޑެވިއްޖެއެވެ. އޭނާގެ މަންޒިލް އޮޅިއްޖެއެވެ.

 

………….

އަޔާން އަށް ހިޔާލުތަކުން ބޭރުވެވުނީ ލޮލު ކުރިމައްޗަށް ކިއާރާ ސިފަވުމުންނެވެ. އޭނާ އަވަހަށް މޫނު އުނގުޅާލަމުން ބޭރަށް ނިކުތީ ކާންވެގެންނެވެ.

…….

ދުވަސްތަށް ނިމިގެން ދަނީ އެހެންނެވެ. ސަމާހް ގެ ވަޒީފާވެސް ކަށަވަރުވެ އޭނާވެސް ވަޒީފާއަށް އަންނަންފެށިއެވެ. އެކަން ވެގެން ދިޔައީ ކިއާރާ ގެ އެކަނިވެރިކަން ފިލި ކަމަކަށެވެ. ޒާއިންގެ ބަދަލަށް ސަމާހް އާއިއެކު ކެންޓީންގައި އުޅުމާ އޮފީސްތެރޭ އުޅުން ގިނަވިއެވެ. ބައެއް ފަހަރު ކިއާރާގެ ކަންތަކުގައި ސަމާހް އެހީވެދެންވެސް އުޅެއެވެ. ކިއާރާ ގެ އެކަނިވެރިކަން ފިލި މި ކަން ވެގެން ދިޔައީ ސަމާހް ހިތުގައި ފޮރުވާފައި އޮތް ލޯބި އިތުރަށް އުތުރި އަރައިގެން ދާ ކަމަކަށެވެ. ކިއާރާ ދެކެ އިތުރަށް ލޯބިވެވުނެވެ. އޭނާއާއި އެކު ހޭދަކުރާ ވަގުތު ގިނަ ވުމަށް އެދެވެއެވެ. އެހިނިތުންވުން ދެކިލަން ބޭނުންވެއެވެ. ކިއާރާ އަށް މިއިން ކަމެއް ނޭނގޭ ހާލު އަބަދުވެސް އެދެވެނީ އަޔާންއަށެވެ. އެ ސިކުނޑި އެ ހިޔާލުތަކާއި ދުރުވަން ކިތަންމެ އެދެވުނަސް ހިތް އަބަދުވެސް ގަދަކޮށްލައެވެ. އަޔާންއަށް ދެވިފައި އޮތް މަގާމު އަދިވެސް އެ އޮތްގޮތަށް އޮތީއެވެ. އެ ލޮތްބަށް ކުޑަ ހިރަފުސްކޮޅެއް އެޅިފައިވިއެއްކަމަކު ލޮތްބަކަށް ބަދަލެއްނާދެއެވެ. އެއީ ބަދަލުވުމެއް ނުވާ ލޮތްބެކެވެ.

އޮފީހުގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ކިއާރާ އޭނާގެ ކެބިންގައި އިނީ ކޮމްޕިއުޓަރަށް ނަޒަރު ހިންގާލައިގެން އެއްޗެއް ލިޔަންށެވެ. އިރު އިރުކޮޅާ އޭނާ “ޕިސް ޕިސް” އޭ ކިޔާފައި ލޮލުކުރިމައްޗަށް ވެއްޓޭ އިސްތަށިކޮޅު އެއްފަރާތްކޮށްލައެވެ. އެހެންއިންދާ އެތަނަށް އައީ ސަމާހްއެވެ. “ހޭ ކިއާ ބްރޭކް ވިއްޔޭ ހިނގާ…” ސަމާހް ބުންޏެވެ.. “އާނ މިދަނި މިދަނި..” ކިއާރާ އެހެން ބުނެފައި އޭނާގެ ލިޔުން އަވަސްކޮށްލިއެވެ. ސަމާހް ކިއާރާ ކުރާކަމެއް ނިމެންދެން އެ ހުރިގޮތަށް ހުއްޓާ މާ އިރެއްނުވެ ނިމިއްޖެއެވެ. ކިއާރާ ފުންނޭވައެއް ދޫކޮށްލުމަށްފަހު ތެދުވެ  ސަމާހް އާއި އެއްވަރުކޮށްލިއެވެ. “ވަރަށް ބަނޑުހައި ވެއްޖެ… ހިނގާ ދާން…” ކިއާރާ އެހެން ބުނެލުމުން ސަމަހްވެސް ހިނގައިގަތެވެ. ދެމީހުން އެކީ ކޭންޓީންއަށް ގޮސް ކާ އެއްޗެހި ހިފައިގެން މޭޒެއްކައިރި ހުރި ގޮނޑިތަކުގައި އިށީނެވެ. ކިއާރާ ކައިރި ސަމާހް އޮފީހުގައި ހިނގި ކުޑަ ކަމެއްގެ ވާހަކަ ކިޔައިދިނެވެ.

“އޭ ތިއެއް ނޫނޭ ސޭމް.. އެއްކަ އަންހެންކުއްޖާ ކޮބާ؟ އޭނާ ކައިރި ބުނެފިންތަ؟” ކިއާރާ އެހެން ބުނެލީ ކުއްލިއަކަށް އެވާހަކަ ހަނދާންވެގެންނެވެ. ސަމާހް ކިއާރާއަށް ބަލައިލީ ދެލޯ ބޮޑުކޮށްލާފައެވެ. ކިއާރާ ނިއްއަރުވާލިއެވެ. “ނުކެރެޔޭ ބުނާކަށް… އޭނާ ނުލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތް.. އެހެންނޫނަސް ބުނެގެން އޮތް ކުޑަ ގުޅުންވެސް ކެނޑޭނީ..” ސަމާހް ބުންޏެވެ.. “ހަމަ ވެދާނެ ނު އެ ކުއްޖާވެސް ވިސްނަނީ އެހެންކަމަށް ސޭމްއާއި ދޭތެރޭ.. ސޭމް ޕްލީސް ލޯބީގައި ރިސްކް ނަގަން ޖެހޭނޭ….” ކިއާރާ އެއްގޮތަކަށް ގަބޫލެއްނުކުރިއެވެ. ސަމާހް ބޮލުގައި އަތް ހާކާލިއެވެ. “ނުކެރެ ނަގާކަށް…. އިޓްސް ޓޫ ރިސްކީ ފޯރ މީ..” ސަމާހް ވެސް ގޮތްދޫނުކުރަންބުންޏެވެ.. “ދެންން ހަމަ.. ސޭމް ދެން ތިހާ ފިނޑިނުވެބަ.. ލޯބި ވުމަކީ ކުށެއްނޫންވިއްޔަ.. އޭނާ އެހެން ކުއްޖެއް ދެކެ ލޯބިވިޔަސް އޭނާއަށް އިނގެން ޖެހޭނެ ދޯ ސޭމް ލޯބިވާކަންވެސް… އޭނާއަށް އޮންނާނެ ކަންނޭނގެ ސޭމް ކަހަލަ ހޭންޑްސަމް ކެއަރިން ގުޑް ކުއްޖެއް ލޯބިވާކަން އިނގުމުގެ ހައްޤު ދޯ… އޯކޭ އޭނާ އަކީ ކާކުތަ؟” ކިއާރާ އެހެން ބުނުމުން ސަމާހް ވިސްނާލިއެވެ.

“އޭނާ އަކީ ދޯ.. ވަރަށް ގާތް ކުއްޖެއް……” ސަމާހް ކިޔަންފެށިއެވެ. “ދެން ކާކުހޭ؟ ގާތްކުދިން ތިބޭނެ ބައިވަރު…” ކިއާރާ ބުނެލީ ކެތްމަދުވެފައި ހުރެއެވެ. “ޝީ އިޒް ބިއުޓިފުލް.. ޕްރެޓީ… ލޯބި… ވަރަށް ލޯބި ސްމައިލް އެއް އިންނާނެ… ދެން…” ސަމާހް ހޭންފަށައިފާ އިސްޖަހާލީ ކިއާރާ ބަލަން އިންގޮތުންނެވެ. ކިއާރާއަށް ސަމާހް އަށް ވީގޮތް ފެނި ހޭންފެށިއެވެ. “ހުރިހާ އަންހެންކުދިންވެސް ތިގޮތަށޭ ތިބޭނީ.. ޑަމްބޯ.. ދެން ބުނެބަ…. މިހާރު ކިއާވެސް ލަދުގަންނަން ފަށައިފި ސޭމް ލަދުގަތްތަން ފެނިފަ..” ކިއާރާ ބުނެލީ ހެމުންނެނެވެ. “ކިއާ…. ސީ…. އޭނާ އިސްތަށިގަނޑު ނިއްކުރިމަތިން ހުންނަނީ ކޮށާފަ ލޯ ފޮރުވޭހާ ދިގުކޮށް… ބޮޑު ދެލޯ.. ބަޓަން ނޯސް….. އިސްތަށިގަނޑު ދިގެއްނުވާނެ.. އެކަމް ލޯބި ވަރަކަށް ހުންނާނީ… ޝީ އިޒް ޖަސްޓް އަ ކިއުޓީ ޕައި. މައި އެންމެ ކްލޯސް ފްރެންޑް” ސަމާހްއަށް ނިކަން އަވަސް އަވަހަށް އެހެން  ބުނެލެވުމުން ކިއާރާ ކުޑަކޮށް ސީރިއަސްވިއެވެ. ހިނިތުންވުން ފިލާފައި އިން ހާލު ކިއާރާ ސަމާހްއަށް ރަނގަޅަށް ބަލައިލިއެވެ. “ތި..ތިބުނީ؟ ކާ..ކު؟” ކިއާރާއަށް ހިސާބަކަށް އިނގުނެވެ. “ޔެސް ކިއާ.. ޔެސް.. މި ހުރިހާ ދުވަހު މި ދެއްކީ ހަމަ ކިއާގެ ވާހަކަ.. އެން އައި ނޯ އިޓް ވޯންޓް ހެޕަން… އިޓް ވޯންޓް….” ސަމާހް ބުނެފައި އެތާ ނީންނަންވެގެން ތެދުވެފައި ހިނގައިގަތީ ބޭރަށެވެ. ކިއާރާ އިނީ ގަނޑުވެފައެވެ. ސަމާހް ދިޔަ ދިމާލަށް ބަލަން އިނދެވުނީއެވެ. މަޑުއާހަކާއި އެކު ކިއާރާގެ ދެލޯ ކަރުނުން ފުރުނެވެ.

ކޮންފަދަ އިމްތިހާނެއްހެއްޔެވެ؟ އެކުވެރިކަމުގެ ތެރެއަށް މިވަނީ ކޯޗެއްހެއްޔެވެ؟ ކިއާރާ ލޯ މަރާލާފައި މޭޒުގައި ގޮށްމުށުން ޖަހާލިއެވެ. ކިއާރާގެ ހަނދާނަން އައީ ސަމާހް އޭނާގެ ހިތުގެ ވާހަކަ ފުރަތަމަ ދެއްކި ދުވަހުގެ މަތިންނެވެ. ކިއާރާގެ ނޭވާ އަވަސްވިއެވެ. އޭނާވެސް އެތާ ނުހުންނަން ކެންޓީން އިން ނިކުމެގެން ގޮސް އޭނާގެ ކެބިންއަށް ދިޔައެވެ. ކެބިންގެ ދޮރު ލެއްޕުމާއި އެކު އޭނާ އިތުރަށް ހާސްވިއެވެ. ކުރާނެކަމެއް ހަދާނެ ގޮތެއް ނޭނގުނެވެ. އެއްފަޅީގަިއ އޭނާގެ ލޮތްބެވެ. އޭނާ ކުރި ދިގު އިންތިޒާރެވެ. އެދިމާލަކީ ކިއާރާ އެއްގޮތަކަށްވެސް ބަލަންބޭނުންވާ ދިމާލެއްނޫނެވެ. ނަމަވެސް އެ ހިތުގެ ހަމަޖެހުމާއި ދިރިއުޅުމުގެ މަގުސަދު އޮތީ އެދިމާލުގައިނޫންހެއްޔެވެ؟ ދެން އޮތީ އޭނާ ލޯބިވާ އެކުވެރިޔާއެވެ. އޭނާގެ ހިތް ހަލާކުކޮށްލާނީ ކިހިނެއްބާއެވެ.

“ނޯ ނޯ… ޔާ ﷲ މީ ކޮންކަހަލަ އިމްތިހާނެއް؟؟؟ ކިހިނެއް އެކުވެރިޔާގެ ހިތް ހަލާކުކޮށްލާނީ؟؟ އަނެއްކާ މިހިތް.. މިހިތުގެ ރާޖާ މިހިތަށް ގަދަރު ނުކުރިޔަސް އަދިވެސް ލޯބިވަނީ ހަމަ އެމީހެއް ދެކެ.. އެހެން މީހެއްދެކެ ނުވާނެ… ސޭމް އާއި ގުޅުނަސް ކޮން އުފަލެއް ދެވޭނީ އޭނާއަށް… ހީ ޑިސާރވް ސަމްވަން ހޫ ލަވްސް ހިމް … ނޮޓް ސަމްވަން ލައިކް މީ….” ކިއާރާ އެ ކެބިން ތެރޭ ހުރި ސޯފާގައި އިށީނދެ މޫނު ފޮރުވާލަމުން ބުނެލިއެވެ. ކިއާރާ ގެ ސިކުނޑިބާރު ވެ ފުނިޖެހުނެވެ. އެވަގުތު ލޮލުން ކަރުނަ ހިލުނީ ހަދާނެ ގޮތް ނޭނގުނީތީއެވެ. ދެފަޅިން އެއްފަޅި ނަގައިފިނަމަ އަނެއްފަޅި ޖެހޭނީ ދޫކޮށްލާށެވެ. ކިއާރާ އަށް ދެފަޅިވެސް މުހިއްމެވެ.

އޭނާ ސިހުނީ ފޯނަށް މީހަކު ގުޅަންފެށުމުންނެވެ. ކިއާރާ ނަމްބަރު ބަލާލިއިރު އެއީ ހަމްނާއެވެ. ކިއާރާ އެ ނަމްބަރަށް ބަލަން އިނދެފައި ފުންނޭވައެއް ދޫކޮށްލިއެވެ. އަދި ފޯނު ނެގިއެވެ. “ހަލޯ؟” ހަމަޖެހެމުން ކިއާރާ ބުންޏެވެ.

“ކިއާރާ… ކިހިނެއްތަ؟…” ހަމްނާ ބުނުމާއި އެކު ކިއާރާ ހިންދިރުވާލާ ފުންނޭވައެއްލާފައި ހަމަޖެހުނެވެ.

“ލައްބަ.. ރަނގަޅު…ދައްތަ.. ކިހިނެއްތަ؟”

“ރަނގަޅު… އެކޮއެ އަންނަންވީނު މިރޭ ދައްތަގެ ގެއަށް ކާން…” ހަމްނާ ދައުވަތު އެރުވިއެވެ. ކިއާރާ ނިތްކުރިމަތީ އަތް ޖައްސާލިއެވެ. ނޫނެކޭ ބުނަން ބޭނުންވިޔަސް ނުއެއް ކެރުނެވެ.

“މިއަދު ބިޒީތަ؟” އެކޮޅުން ޖަވަބެއް ނައުމުން ހަމްނާ އެހިއެވެ.

“ނޫނޭ… އަޅުގަނޑު…. އޯކޭ ދާނަން އަޅުގަނޑު..” ކިއާރާ ދެކޮޅު ހަދަން އުޅެފައިވެސް ނުކެރުނެވެ.  “އަންނަން ނޭނގެންޏާ ގުޅާލައްޗޭ… ދައްތަ ވަރަށް އުފާވާނެ ކިއާ އައިސް އެންމެންނާ ބައްދަލުކޮށްލިއްޔާ..” ހަމްނާ ބުނުމުން ކިއާރާ އަދި ލައްބައޭ ބުނެފައި ފޯނު ކަނޑާލިއެވެ. މިހާރު ހަމްނާ ދެތިން ފަހަރު ވަނީ ކިއާރާއާއި ގުޅައިގެން ވާހަކަދައްކާފައެވެ. ކުރިން ދުވަހު އެހުމުންވެސް ކިއާރާ ދައުވަތު ގަބޫލުނުކުރީ އެދުވަހުގެ މަސައްކަތް ބުރަވީމައެވެ. އެކަމާއި ހެދި މިއަދު އޭނާއަށް ނޫނެކޭ ބުނަން ނުކެރުނީއެވެ.

ފޯނު ބޭއްވުމާއި އެކު ކިއާރާ ފުން ނޭވައެއް ދޫކޮށްލިއެވެ. ހަދާނެގޮތެއްނޭނގުނެވެ. ސަމާހް އާއި ކިއާރާގެ އެކުވެރިކަމަށް ހަމަގައިމުވެސް ހީނަރުކަން އަންނާނެއެވެ. ކިއާރާ ފަތުހީ ކައިރިއަށް ދާން ނިންމީ ފަތުހީއާއި އެވާހަކަ ހިއްސާކުރަންށެވެ. ހިއްސާނުކޮށް އޭނާއަށް ހަމަޖެހުމެއްނުލިބޭނެއެވެ. ފަތުހީގެ ބަހެއް މިއަށް ކިތަންމެހާވެސް މުހިންމެވެ. ކިއާރާ ތެދުވެލާފައި ދޮރާއި ދިމާލަށް ދިޔައިރުވެސް ހުރީ ފުން ވިސްނުމެއްގައެވެ. ނަމަވެސް މަޑު މަޑުން ދޮރު ހުޅުވާލާފައި ފަތުހީގެ ކެބިންއާއި ދިމާލަށްދިޔައެވެ. ކުއްލިއަކަށް އޭނާ ސިހުނީ އޭނާ އަރާހަމަވި ޝުކޫރުގެ ކެބިން އިން ސަމާހް ނިކުތުމުންނެވެ. ކިއާރާ ދެލޯ ބޮޑުވިއެވެ. ސަމާހް ދެބުމަ ގޮށްޖަހާލުމަށްފަހު އިސްޖެހުނުގޮތަށް އެތާ ހުއްޓެވެ ކިއާރާ ސަމާހްއަށް ބަލަންހުއްޓެވެ. ލޮތްބަކީ ކުށެއްނޫނެވެ. ކުށެއްކުރެވިއްޖެ ކަމުގެ އިހްސާސް ސަމާހްއަށް ކުރުވާކަށް ކިއާރާ ބޭނުމެއްނޫނެވެ.

“ސޭމް…” ކިއާރާ ގޮވާލިއެވެ. ސަމާހް ދުރަށް ނަޒަރު ހިންގާލާފައި ކިއާރާއާއި އެއްފަޅިއަކަށް ގޮސް ފަސްދީ ހިނގައިގަތެވެ. ކިއާރާ ފަސްއެނބުރި ބަލަން ހުރެފައި ހިނގައިގަތެވެ. ގޮސް ފަތުހީގެ ކެބިންގައި ޓަކި ޖެހިއެވެ. އެކޮޅުން ވަންނާށޭ ބުނެލުމުން ކިއާރާ ވަނެވެ. އެވަގުތު ފަތުހީ އިނީ ފައިލެއް ހިފައިގެންނެވެ. އާވިއަރަމުންދިޔަ ކޮފީތަށި އެ މޭޒުމަތީ ހުއްޓެވެ. ކިއާރާ ފަތުހީއަށް ބަލައިލާފައި އައިސް ސޯފާގައި އިށީނދެލީ ފަތުހީ ނިމެންދެންނެވެ. ފަތުހީ ކިއާރާއަށް ބަލައިލާފައި ފައިލް ލެއްޕިއެވެ. ކަމެއް ގޯސްވެއްޖެކަމުގެ އިހްސާސް އޭނާއަށް ލިބުނެވެ. އެހެންކަމުން ކޮފީތަށި ހިފައިގެން އައިސް ކިއާރާ ކައިރި އިށީނދެލާ ބިއްލޫރި ވައް މޭޒުމަތީ ކޮފީތަށި ބޭންދިއެވެ.

“ކިހިނެއްވީ ދަރިފުޅާ؟؟ ކަމެއް ވީތަ؟” ފަތުހީ ކިއާރާ ގެ ބޮލުގައި ފިރުމާލިއެވެ. ކިއާރާ ދެއަތުގެ އިނގިލަތަކާއި ކުޅެންފެށިއެވެ.. އަދި ފުން ނޭވައެއް ދޫކުރިއެވެ. “ޑޭޑް… ކީއްވެތަ ލޯބި ވަނީ؟ އެކުވެރިކަން ނެތޭކަހަލަ ކަމަކަށްވަނީ؟ ލޯބި ކޮންޓްރޯލް ނުކުރެވެނީ؟ އެކުވެރިކަން މިކަމާއި ހެދި ދަނީ؟” ކިއާރާ އެހިއިރު އެ ދެލޯ ރަނގަޅަށްވެސް ކަރުނުން ފުރުނެވެ. އެހާ ހިތްވަރުގަދަ ކޮށް އުޅެ އުޅެފައި މިއަދު އެ ކުރިމަތިވި އިމްތިހާނުގައި އޭނާގެ ހިތްވަރުގަދަކަން ފިލައިގެން ގޮއްސިއެވެ. ފަތުހީއަށް އެ ބުނި އެއްޗެއް ނޭނގުނެވެ. ކިއާރާގެ ކޮނޑުގައި ހިފަހައްޓާލަމުން އޭނާއާއި ކައިރިކޮށްލިއެވެ. “ދަރިފުޅު ކިހިނެއްވީ؟ ބޮޑު ކަމެއްވީތަ؟” ފަތުހީ އެހިއެވެ. ކިއާރާ ދެލޮލުން ކަރުނަ ފައިބައިގަތެވެ. “ޑޭޑް…! ސޭމް… ސޭމް އަޅުގަނޑު ދެކެ ލޯބިވޭ…” ކިއާރާ އަށް ރޮއެގަނެވުނީ ދެނެވެ. އޭނާ އަނގަމަތީ އަތްއަޅާލަމުން ފަތުހީގެ ގައިގާ ބާރަކަށް ބައްދާލިއެވެ. ފަތުހީއަށް ލިބުނީ ސިހުމެކެވެ. އެއްޗެއް ބުނަން ބޭނުންވިޔަސް އަނގައިން ބަސްހުސްވިއެވެ. ފަތުހީގެ ގައިގާ ބައްދައި ގަނެގެން އިން ކިއާރާގެ ބުރަކަށީގައި ފިރުމާލާ އިސްތަށިގަނޑަށް ބޮސްދިނެވެ.

“ކިއާ…ދަރިފުޅާ ލޮތްބަކީ އެކަހަލަ އެއްޗެކޭ… ކޮންޓްރޯލް ނުކުރެވޭ އިހްސާސްއެއް… އެކަން ފޮރުވިދާނެ އެކަމް ނުއެއް ހުއްޓޭނެ… އަދިވެސް މަސައްކަތް ކޮށްފިއްޔާ ދެ އެކުވެރިން ތިގޮތުގައި ތިބެވޭނޭ ކިއާ.. ލޮތްބަށް އެކުވެރިކަން ގަދަ ކުރެވޭނެ… ބައްޕަ ކިޔާ އެއްޗެއް ވިސްނޭތަ އެބަ؟ ދެން ނުރޮއެ ހުއްޓާލާ…..” ފަތުހީ ބުނެލީ ވިސްނައިދޭފަދަ ގޮތަކަށެވެ. ކިއާރާ ދެކޮޅަށް ބޯ ހަރަކާތްކުރަންފެށިއެވެ.. “ޑޭޑް… ލޮތްބަކަށް އެއްވެސް ބާރެއް ނުފޯރުވޭނެ… އެހެން އެއްވެސް އެއްޗެއް ގަދައެއްވެސް ނުކުރެވޭނެ…. ޑޭޑް…. ކީއްތަ ކުރާނީ އަޅުގަނޑު..؟ ސޭމް ދެރަކޮށްލެވޭނެތަ؟ ޑޭޑް ސޭމްއަށް އަޅުގަނޑަށްވުރެ ރަނގަޅު ކުއްޖެއް ލިބޭނޭ… އަޅުގަނޑު މި ހުރިގޮތަށް މިހުރުން އެންމެ ރަނގަޅުވާނީ… އަޔާން ދެކެ ލޯބިވާ ހާލުގައި.. އެއްވެސް މީހެއްގެ ހައްޤަކަށް ނުވެ.. އަޔާންގެވެސް ހައްޤަކަށް ނުވެ އެއީ އަޅުގަނޑު މީ މީހެއްގެ ހައްޤަކަށްވާކަހަލަ މީހެއް ނޫނޭ ޑޭޑް… އަޅުގަނޑަކީ އެތަށް ބައެއްގެ ތުންފުއްސެއް.. އަޅުގަނޑަކީ އެތަށް ރެއަކު މި ހަށިގަނޑު މީހުންނަށް ވިއްކި ކުއްޖެއް؟ ކާކު މިކަހަލަ މުޑުދާރު ކުއްޖަކު ބޭނުންވެސް ވާނީ؟؟  ޑޭޑް.. އައި ޑިސާރވްދިސް.. އަޅުގަނޑަކީ ސާފް ތާހިރު އަންހެނެއްނޫނޭ…” ކިއާރާ ރޮއެ ރޮއެފައި ބުނަމުންދިޔައެވެ.. ފަތުހީ އަނގަ ބަންދުވިކަހަލައެވެ.

“ކިއާ ބުނީމެއްނު ސަމާހް އަށް އިނގެޔޭ ކިއާގެ ލައިފް.. އެކަމް ސަމާހް ހަމަ ލޯބިވެއެއްނު.. ކިއާ އެއީ އޭ ލޯތްބަކީ.. ވެދާނެނު އެއީ ކަމަށް ކިއާގެ ދިރިއުޅުން މިނޫންގޮތެއް ހެދޭނެ މީހަކީ…. ކިއާ އަޔާން އަކީ ކާކުކަން ކިއާ އަށް އިނގޭނު؟؟؟ ސަމާހް އަކީ ކާކުކަންވެސް ކިއާ އަށް އިނގޭ… ދެމީހުން ދޭތެރޭ އޮތް ތަފާތުވެސް ކިއާއަށް އިނގޭނެ… ކިއާ ސަމާހް އާއި ގުޅުމަކީ ގޯސްކަމަކަށް ނުވާނެ….ސަމާހް އަކީ ރަނގަޅު ހެޔޮލަފާ ކުއްޖެއް…. ދެން ކޮބާ މައްސަލައަކީ؟؟” ފަތުހީ ވިސްނައިދިނެވެ. އެއީ ރަނގަޅު ގޮތްކަމުގައި ދެކުނީ ސަމާހް އަކީ ގޯސްކުއްޖަކަށްނުވެފައި ކިއާރާއަށް ވެސް މީހެއްގެ ފަރާތުން ލޯބި އިހްސާސްވާން ޖެހޭތީއެވެ. “ޑޭޑް… މައްސަލަ.. މައްސަލައަކީ އަޅުގަނޑަސް ސޭމް ބޭނުންވާހާ އުފާ ނުދެވޭނެތީ.. ޑޭޑް ވިސްނަބަ… އަޅުގަނޑު ލޯބިނުވާއިރު ކޮން އުފަލެއް ދެވޭނީ؟؟” ކިއާރާ ބުންޏެވެ.

“ކިއާ ދަރިފުޅާ އަޑުއަހާބަލަ މި ކިޔާ އެއްޗެއް..” ފަތުހީ ކިއާރާގެ ކޮނޑުގައި ހިފައިފާ ދުރަށްލިއެވެ. އަދި އެ މޫނުމަތީ ހިފަހައްޓާލަމުން ބޮޑުވައި އިނގިލިން ކަރުނައިގެ ރޮނގުތަށް ފޮހެދިނެވެ.. ކިއާރާ އިނީ އެ ބޮޑު ދެލޮލުން ފަތުހީއަށް ބަލަންށެވެ. “ކިއާ.. މިސާލަކަށް ބުނާނަންތަ ސަމާހް ކައިރި ސަމާހް ދެކެ ލޯބިވާ ކުއްޖަކާ ގުޅޭށޭ ކިއާއެއް ނުލިބޭނޭ؟؟” ފަތުހީ އެހިއެވެ. ކިއާރާ އިރުކޮޅަކު އިނދެފައި ބޯ ޖެހިއެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާއަށް ދެކެވުނެވެ. “ދެން އެހެންވިއްޔާ އެ އަންހެންކުއްޖާ ސަމާހް ދެކެ ލޯބިވާއިރު ސަމާހް އެ ކުއްޖާ ދެކެ ލޯބިނުވަންޏާ ކޯޗަކަށް ވާނީ؟ އެ ކުއްޖާ ގެ ދިރިއުޅުމެއްނު ހަލާކުވާނީ؟؟ ސަމާހް އަށް އެ ކުއްޖާއަށް ދެވޭނެ އުފަލެއް އޮންނާނެތަ؟” ފަތުހީ އެހެން ބުނުމުން ކިއާރާ ހިމޭންވިއެވެ. އޭނާ ވިސްނަމުންދިޔައެވެ. “ޑޭޑް… ސޭމްއަށް ލޯބިވެވިދާނެ ނު އަލުން.. މީހުންބުނޭނު ލޯބިވާ މީހެއްދެކެ ލޯބި ވާން……………..” ކިއާރާ މަޑުކޮށްލެވުނީ ފަތުހީ ބުނަން އުޅުނުއެތި އޭނާއަށް އިނގިގެންނެވެ. އެހެން މީހެއްދެކެ ލޯބިވެވިދާނޭ ބުންޏަސް އޭނާގެ ހިތަށްވަނީ ނުބައިގޮތެކެވެ.

“ޔެސް ކިއާ… މީހުންބުނޭނު ލޯބިވާ މީހުންނާ ލޯބިވާން ފަސޭހަވާނޭ ހަމަ އެގޮތަށް އުފާވެރި ދިރިއުޅުމެއް އުޅެން ފަސޭހަވާނޭ.. ތިމާ ގެ ލޯބިހޯދޭނީ ލޯބިން..” ފަތުހީ ބުނެލީ ކިއާރާގެ ބޮލުގައި ފިރުމާލާ ވިސްނައިދޭ ފަދަގޮތަކަށެވެ. “އެކަމް ޑޭޑް… 7 އިޔާސް ގެ ލޮތްބެއް ސޭމްއަށް ބަދަލުކުރެވޭނެތަ؟؟؟ ނޯ ޑޭޑް..” ކިއާރާ ބުންޏެވެ. “ކިއާ… ނުލިބޭނެ މީހަކަށް ވެއިޓް ކުރުމަށްވުރެ އެހެން މީހަކާއި ގުޅުން މާ ރަނގަޅުވާނެ.. ލޯބި ބަދަލެއް ނުކުރެވިދާނެ.. އެކަމް ތިހިތުގައި ސަމާހް އޭނާއަށް ޖާގައެއް ހުސްކުރެވޭނެހާވަރަށް ލޯބިދޭނެ… އަޔާންގެ ލޯބި ފޮހެލައިގެނެއްނޫން… ތި ހިތުން ކުޑަ ޖާގައެއްހަމައެކަނި އޭނާއަށް ޓަކައި ހުސްކުރާނީ….” ފަތުހީ ބުނުމާއި އެކު ކިއާރާ ތަންކޮޅެއްބޮޑަށް ވިސްނަންފެށިއެވެ. އަޔާން އެއްފަޅިއަކަށްލާފައެވެ. “ޑޭޑް… ދެން ސޭމްއަށް ޔެސް ބުނަންވީ؟” ކިއާރާ އެހެން އެހިއިރުވެސް އެ ހިތުގައި ރިއްސައިގަތެވެ. ހީވީ ހިތް ފަޅިވަނީހެންނެވެ. “އެއީ ކަންނޭނގެ ރަނގަޅު ގޮތަކީ.. އެކަމް ދަރިފުޅު ވިސްނާ ވަރަކަށް ވިސްނާފަ ނޫނީ ޖަވާބަކަށް ނުދާތި…. ވެދާނެ އެ ޔެސް އަކީވެސް ދަރިފުޅުގެ އުފާތަކަށް ހުރަސް އެޅޭ އެއްޗަކަށް… އެހެންވެ ވިސްނާފަ ޖަވާބެއް ދީ..” ފަތުހީ އެހެން ބުނުމުން ކިއާރާ ފުން ނޭވައެއް އެތެރެއަށްލާފައި ދޫކޮށްލިއެވެ. އަދި ބޯޖެހީ އެއްބަސްވަމުންނެވެ.

“ދަރިފުޅު މިއަދު ދޭ ގެއަށް..” ފަތުހީ ކިއާރާގެ ހާލާއި މެދު ހަމްދަރުދީވިއެވެ. ކިއާރާ އެއްޗެއް ނުބުނެ ދެންވެސް އާއެކޭ ބުނީ ބޮލުންނެވެ. އަދި ތެދުވެފައި ހިނގައިގަތެވެ. “ޑޭޑް…” ކިއާރާ އަނެއްކާވެސް ފަސްއެނބުރުނެވެ. ފަތުހީ ކޮފީތަށި ބޯލަމުން ކިއާރާއަށް ބަލައިލާ ބޯ ހަރަކާތްކޮށްލީ ބުނާށޭ ބުނާފަދަ ގޮތަކަށެވެ. “އަޔާން މަންމަ ބުނީ މިއަދު އަންނާށޭ އެގެއަށް.. ކުރިންދުވަހުވެސް ގުޅާލާފަ ބުނި އެކަމް އެދުވަހު އަޅުގަނޑު ނުދަން މިއަދު ނުކެރުނު ނޫނެކޭ ބުނަން..” ކިއާރާ ބުނީ އިސްޖަހާލައިގެންހުރެއެވެ.. “އެންމެ ރަނގަޅު މިރޭ ދޭ އެގެއަށް އޭރުން އަޔާން މަންމަ ހިތްހަމަވެސް ޖެހޭނީ..” ފަތުހީ އެއްބަސްވިއެވެ. ކިއާރާ އެއްޗެއް ނުބުނެ ހިނގައިގަތެވެ. ހީވަނީ މަރުވެފައިވާ މައްޔިތެއް ހެންނެވެ. ދިޔަ ގޮތަށް ގޮސް އޭނާ ދަބަހާއި ފޯނު ނަގައިފާ ހިނގައިގަތެވެ. އޭނާ ސިކުނޑީގައި ބުރުޖަހަމުން ދިޔައީ ފަތުހީގެ ވާހަކަތަކެވެ..

115
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އެ ލޯބި އަސްލު ހައްޤޭ (11 ވަނަ ބައި)

Next

ކަލާޔާނުލާ ދިރުމެއްނެތެވެ. (5)

Next
December 22, 2016

ކަލާޔާނުލާ ދިރުމެއްނެތެވެ. (5)

Previews
December 22, 2016

އެ ލޯބި އަސްލު ހައްޤޭ (11 ވަނަ ބައި)

34 Comments

  1. Ryn says:
    December 22, 2016 at 12:40 pm

    Hey guys! Sorry for being late was in class. Tc and c u guys tonight. ??

  2. xaf says:
    December 22, 2016 at 12:53 pm

    varah salhi…. bt thankolheh kuruhen heevany …
    ehaa kiyaahithun huryma kamahvex vedhaane…
    waitin for tonight ryn…….

  3. looooon says:
    December 22, 2016 at 1:01 pm

    alhe kiyaa aa seym nugulhuvahchey plx ryyyn…story hama speecheless

  4. thoo says:
    December 22, 2016 at 1:04 pm

    Kiaraa saym ah libey goiyy nuhafhaathi plz ryn….Ayaan ah visneyne eyy adhi…. V reethi mi part vx ?

  5. fau says:
    December 22, 2016 at 1:06 pm

    Vvvvvvvv nice.. Its superb

  6. Navya says:
    December 22, 2016 at 1:08 pm

    Vvv reethi mibaives ❤

  7. Faathee says:
    December 22, 2016 at 1:09 pm

    Kiyaa and ayaan. Pls ryn. Hehe

  8. Special myha says:
    December 22, 2016 at 1:14 pm

    Wow

  9. Crazy fan says:
    December 22, 2016 at 1:15 pm

    Vahaka varah salhi… As always…. Ryn vahaka eh bunantha… Meeheh kairygaeh noon kiyanee… Meehehge gaathuga… N kaireega mibas beynun kuraany ehchakah nisbaiy kohh.. Meehun nah nisbaiy koiyy gaathugai beynun kuraanee… Mee aslu emme ginain hunna mistake akee.. Mikamah samaalu vaane kamah ummeedhu kurannn… Luv u ryn????

  10. Iman says:
    December 22, 2016 at 1:18 pm

    Beautifullll…..

  11. Crazy fan says:
    December 22, 2016 at 1:19 pm

    Kiyaa samaah aa rahtehi vegen ayaan jai kohlaanee kanneynge dhw.. Eyrun maja vaanee….????

    1. Copycat says:
      December 22, 2016 at 1:33 pm

      Yah Aslu ves

  12. Naadhee says:
    December 22, 2016 at 1:28 pm

    V habeys

  13. Fin says:
    December 22, 2016 at 1:40 pm

    Vvv salhi.. Waiting for next part

  14. Shew says:
    December 22, 2016 at 1:46 pm

    Ryn mi storyga total kithah part innaany ..??? Beautiful story as usual love u ryn ??❤?

    1. Andhu says:
      December 22, 2016 at 2:40 pm

      62 parts

  15. ASH CHUM says:
    December 22, 2016 at 1:48 pm

    Salhi kan dw

  16. Ainth says:
    December 22, 2016 at 1:53 pm

    Mi part ves vvvv salhi.. But kiyara aa samaah nugulhuvanchey plx..waiting 4 the next part…?

  17. ? someone says:
    December 22, 2016 at 2:02 pm

    Vaahaka reethi ekamu aslu ayaan abadhuvx annany varah madhun kiyaa aa ayaan dhimavany magu mathin dhn,kiyaa ehn myhun ge vaahaka maa gina dhw dhn ehnve varah foohi

  18. Ana says:
    December 22, 2016 at 2:51 pm

    kiyara and ayaan ge bai avahah genesdheeba ryn. edhemeehunge bai mihaaru emme bodah kiyaa hiyy vanee. ayaan ge bayah vure samah ge bai bodu hen heevanee. ayaan jealous kolleema aslues varah maja vaane dho ahahhah hahahah 😀 <3

  19. chum chum girl says:
    December 22, 2016 at 2:52 pm

    wowowowowowowowowowow! but kiyaa aa sam eh noon.. kiyaa aa ayaan… Ryn next part mireyge kurin up koh dheeba.. we’ll be very happy…….

  20. Neel says:
    December 22, 2016 at 2:56 pm

    Liumuge fenaru komme vx v kah ragalhu mihaar thankolheh kiyaalan faseyha adhi vx ehaa furi hama eh nun ekm kuriaa balaa fudhey wareh vey v ufaa vx vey ragalhu waathy ummeedhakee adhi miah vure vx fen varu raglhu liun thakeh ryn waahakathakun fenign dhiun waahaka v reethi dhn faahaga kusheh buledhey hiyy hama ryn ge kuri erumah takaa
    “Samaah bunefaa thedhu vi ey “ayaan bunefaa balaaliey” eyge badhaluga samaah ehn bunumahu fahu thedhu vgn higaigathey mihn liuneema ragalhu waane ngey ruynnu…ummeedh kuran mi cmt kiyaalaafa miah amalu koh ryn liumuge fenvaru ragalhu kuraane kamah
    Aharemen naky insaanun ehn vma ehaa furihama koh hurihaa kameh nukureveyne emmennakah ehn v ma neygey meehunah bunedhinumaky oi kameh v ma bunedheny hee luran ryn mi kan balaigannaany ufalla eku kamah ehn meehun hn kamu nudhiya eema dhera koh ladhu gannuwaa lumaky neel ehaa kuraa hiyywaa kameh nun eyge badhal ga heyo bunedhy islaahu kurumaky emme ragalhu goi..

    1. Kalhu handi says:
      December 22, 2016 at 3:59 pm

      Neel haadha rangalhey.. Asluves myhakah kameh neyngumun emyhaa ah ehchehi kiyaa ladhugannuvaakah nuvaane.. Rythi gothahves mistake thah faahaga kohdhyfa e kanthah rangalhu kuran buneveyne. Aee rythi gothaky.. N ryn i luv this story… Ayaan thi ofyhah vanna kahala gotheh hadhaabala.. Magumathin noon ehn thaakun dhimaavaa gotheh hadhaabala eyrun edhemyhun close vaany.. Miee hama hiyaaleh ingey… ???

  21. Afar says:
    December 22, 2016 at 3:50 pm

    Total 62 parts a ryn buny..

  22. Pop says:
    December 22, 2016 at 5:46 pm

    Mi part vx varah furihama..

  23. mamolhu says:
    December 22, 2016 at 6:54 pm

    Magey hithah araa konme meehaku vx anga fulhaakoffa liyumah mifaadu kiyqnee kihaa varakah dhivehi bahuge bass magu engigenn baavaeyy?? Ehennoonass neel menn kahala meehunn keeve baa vaahaka nuliyanee ehaa dhivehi bahah molhu eru. And ma hama hithah araa mi meehunn engireysi vaahaka kiyaabaava eyy. E vaahaka thaku ga vx nuhure eyy bahuge fasaahaitheri kamashaa balaagaai theri kamah samaalu kameh dheefa eh. Ehenyyaa miulhenee maurazakah laakah noon viyyaa. Huss ma molhunn hama. Mee dhivehinnge vahtharu ?

    1. Hooooo? says:
      December 22, 2016 at 7:30 pm

      Asluveys.

  24. Malaa says:
    December 22, 2016 at 7:16 pm

    Ryn kobaaaa??????

  25. Jee says:
    December 22, 2016 at 7:17 pm

    When is the next part???

  26. aish says:
    December 22, 2016 at 7:26 pm

    Ryn pls pls pls up kohdhybala next part.

  27. Myn says:
    December 22, 2016 at 7:37 pm

    Mi story v reethi ekam ayaan akee kiyaa emme loabi va meeha bt ayaan ge baithah keevetha eha madhun thigennany hama ekani dhemeehun dhima vanyves office kairin enun gothakah dhima ves nuve i thought sometimes ayaan n kiya ge rom part thah ves hunnaane kamah bt…. dhen abadhu samaah n aynage baybe ahannah fenay kudakoh story changeh gennan abadhu same kanthahthakeh

  28. Myn says:
    December 22, 2016 at 7:50 pm

    Vaahaka kiya kudhin ryn ah eba ragalhu kohdhay basmagu hunnan v goiy neel ves buny v ragalhu vaahaka eh so ryn ah libayne v bodu kuri erumeh aee and bt baeh kudhin aythi negative koh nagaathy v dhera aslu english stories ga ves emeehunge basmagu ragalhah baynun kohfa hunnaany and dhivehin ves story liya iru english mix koh liyunas dhivehin vaahaka dhahka ragalhu basmagu onnaane egothah dho liyan vaany

    1. mamolhu says:
      December 22, 2016 at 8:29 pm

      Negative vaneekee noon ingaytho. Thiya beyfulhun maa dhivehsah molhee ehenmeehunnah faadu kiyan. Konme gotheh viyass evahtharah rangalhu kohdheynee comment aku noon. Thibunaa neel eh ryn ah tiution nagaidheyn feney dhivehi bahah. Neel vx ryn lahvaa kameh rangalhu kurann beynunn vayyaa private koh evaahaka dhahkaa instead of insulting infront if her readers. And yes tell me one single story english ge grammer thakaa hurihaa ehcheh perfect koh huri. ?

  29. Mamolhu superior says:
    December 22, 2016 at 9:33 pm

    Mamolhu dhuvahakuvex english vahaka eh kiyintha… Ma mee english vahakavex vaguthu vaa varakun kiyaa meeheh… Hama basmagu hunnanee rangalhah… Emee hunnakee aamukoh ithuru language beynun kongen vahakavex dhahkaa ulhey baeh noon… Yaa mashah aamukoh kiunee nicholas spark ge vahaka thah… Ekiyalabala mistakeh hoadhan… Boduva bihluuri aineiyy alhathi aneiyykaa… ???

Comments are closed.

All Right Reserved!