Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ބާރަވަނަ ބައި)

riya Level 3100 Comments10 Stories
January 27, 2018 4 Mins Read
23 Comments

އަހަން ނުވާވަރުގެ އެއްޗެއް އެހިއްޖެކަން ވިސްނުނީ ޒީކްގެ މޫނުމަތީގައި ހުރި ސީރިއަސްކަން ފެނުމުންނެވެ. އިތުރަށް ޒީކްއަސް އެންމެ އެތިކޮޅެއްވެސް ނުކެވުނެވެ. ތެދުވެގެން އެތަނުން ދުރަށްދާން ބޭނުންވިޔަސް މަޑުކޮށްގެން އިނީ އަލްޔަން ކައި ނިމެންދެނެވެ.

“ޒީކް ނޫޑްލްސް މީރު ނޫނީތަ؟” ޒީކް ނުކައި އިންނަން ފެށުމުން އަލްޔަން ބޭނުންވީ ޒީކްގެ މޫޑް ބަދަލުކޮށްލާށެވެ.

“ނޫޑްލްސް ނުކަންޏާ އެހެން އެއްޗެއް ހަދައިދެންތަ” ޒީކް އަނގައިންވެސް ނުބުނެ އިނުމުން އަލްޔަން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“ނޫނޭ ވަރަށް މީރު” ޒީކް ނޫޑްލްސް ކޮޅެއް އަނގަޔަށް ލިއެވެ. އަލްޔަން ކުރުނުކުރާނެކަން އެނގުމުން މަޑުމަޑުން އިނދެގެން ކައިނިންމާލައިފިއެވެ.

 

ގޭތެރެއަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. ހަވީރު ގެއަށް އައި ގޮތަށް އަދިވެސް އިޔާންއިނީ ޖޯލިފަތީގައި އިށީދެލައިގެންނެވެ. އެގެއަކީ އިޔާންގެ ބައްޕަގެ ގެއަށް ވުމުން އިތުރު މީހަކު ނޫޅޭތީ ގޭތެރެއަށް ވެރިވެފައިވަނީ ފަޅުކަމެވެ. އިޔާން އެކަނި އެގޭގައި ހޭދަކުރަމުންދާ ކޮންމެ ވަގުތު ކޮޅަކީ އެކަނިވެރިކަމާއި ހިތްދަތިކަމުން ފުރިފައިވާ ވަގުތުތަކެވެ. މިއަދުވެސް އިޔާން ވިސްނަމުން އެދަނީ ޒީކްއާ ދޭތެރޭގައެވެ. ޒީކްގެ ހަބަރެއް ހޯދުމަށް ދެތިންފަހަރު ގެއަށް ގުޅައިގެންވެސް ޒީކްއާ ދިމާވާގޮތެއް ނުވިއެވެ. ނޫނީ ފޯނު ކެނޑޭއިރުވެސް ފޯނު ނަގާ ތަނެއްވެސް ނާދެއެވެ. ޒީކް މޯބައިލް ފޯން ނުގެންގުޅޭތީއާއެކު ޒީކްގެ ހަބަރު ބެލުން ވެފައިވަނީ ބޮޑުކަމަކަށެވެ. ޒީކްގެ ހަބަރެއް ހޯދަމަށް އަލްޔަންއަށް ގުޅާކަށް އިޔާންގެ ހިތެއް ނުރުހެއެވެ.

 

އަލްޔަން ކޮޓަރިއަށް ދިޔައީ ނިދަން ނިންމައިގެންނެވެ. ނަމަވެސް ހިޔާލުބަދަލުވީ ކުއްލިއަކަށެވެ. ޖެހިގެން އޮތް ދުވަހަކީ ހުކުރު ދުވަސްކަމުން ފިލްމު ބެލުމުގެ ޝައުގުވެރިކަން އަތުވެއްޖެއެވެ. އެންމެ ފަހުން ނަދީމްގެ އަތުން ގެނައި ފިލްމުތައް އުޅެން ޖެހުނުލެއް ބުރަކަމުން ނުބެލިފައި ހުރުމާވެސް އެކުގައެވެ. ސީޑީ ޕްލޭޔަރުގެ ތެރެއަށް ސީޑީ ލައްވާލުމާއެކު އަލްޔަން އެނދުމަށްޗަށް އައިސް ވެއްޓިގަތީ ވަރުބަލިވެފައި ހުރުމުންނެވެ. ނަމަވެސް ޒީކްގެ މަތިން ހަނދާންވުމާއެކު އޭނާއެކުގައި ފިލްމު ބަލާލެވިއްޖެނަމަ އެއީ ޒީކްއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމެއް ކަމަށް ވިސްނުނު ހިނދު މޫނު މައްޗަށް ހިނިތުންވުމެއް ވެރިއެވެ.

 

ޒީކްގެ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ނޭފަތް އެތެރެއަށް ދަމާލެވުނީ އަލްޔަންގެ ނޭފަތުގައި ޖެހުނު ލަކްސް ސައިބޯނީގެ މީރުވަހުންނެވެ. ކޮޓަރީގައި ދިއްލާފައިހުރި ހޮޅިބުރީގެ ހުދުއަލީގެ ތެރެއިން ޒީކް ފެނުނުއިރު ހިތްނުހުއްޓުނީ ކިރިއާއެވެ. ދެންމެ ދެންމެ ފޮޅިފައިވާ ތާޒާ ފިނިފެންމަލެއް ފަދައެވެ. ތެމިފައިވާ އިސްތަށިގަނޑުން ޒީކްގެ މޫނަށް ފެންތިކިތައް ތަޅަމުންދިޔައެވެ. ކަޅުކުލައިގެ ދޫ ޓީސާޓެއް ލައިގެން ތުވާލި އަނދެގެން ހުރުމުން ފެންވަރައިގެން އެނުކުތީ ދެންމެކަން އެނގެއެވެ.

“ޒީކް ނިދަންތަ ތިއުޅެނީ” އަލްޔަންއަށް ފިލްމު ބަލަން ދިޔުމަށް ދައުވަތުދޭނެ ގޮތެއް ނުވިސްނުނެވެ.

“ހޫނ ދެން ނިދަންވީނު” ޒީކް އެނދުމަތީގައި ބާއްވާފައި އޮތް ހަރުވާޅު ނަގައިގެން ފާހާނާއާ ދިމާއަށް ހިނގައި ގަންނަމުން ބުނެލިއެވެ. އެވަގުތު ފެން އެޅިފައިވާ ޓައިލްސްތައް މަތިން ޒީކް ކަހާލައިފިއެވެ. އަލްޔަން ގެނައި އަވަސް ހަރަކާތާއެކު ޒީކް ވެއްޓުމުގެ ކުރިން ހިފަހައްޓައިފިއެވެ.

“ބަލައިގެން އުޅެބަލަ” އަލްޔަން އެހެން ބުނެލަމުން ޒީކްގެ ގައިން ދޫކޮށްލައިފިއެވެ.

“ކަމަކުތަ ތިއައީ” ފާހާނައިން ނިކުމެގެން އަންނަމުން ޒީކް ބުނެލިއެވެ.

“އެކަނި ފިލްމު ބަލަން ފޫހިވެގެން. ހިނގާ ޒީކްވެސް ފިލްމުބަލަންދާން” އަލްޔަން ޖެހިލުންވެހުރި ބުނެލިއެވެ.

“އަހަރެން ނުވޭ އެހާ ފިލްމު ބަލާހިތެއް” ޒީކް ދާކަށް ބޭނުމެއްނުވިއެވެ.

“އަޅެ ހިނގާބަލަ ޕްލީޒް. މާދަން ހެނދުނު ހޭލާކަށްވެސް ނުޖެހޭނެއެއްނު” އަލްޔަން އާދޭސް ކުރިއެވެ.

“އަލްޔަން އަށޭ ނިދަން އޮވެވޭނީ. އެހެން ނޫނަސް މާދަމާ ހައްވައްތައަށްވެސް ނާދެވޭނެޔޭ ބުނެފަ މިއަދު ދިޔައީވެސް. ގޭތެރޭގަ ބައިވަރު ކަންތައް ކުރަން ހުންނާނެ. އަވަހަށް ހޭލަންވެސް ޖެހޭނެ” ޒީކް އެނދުގައި އިށީދެލަމުން ބުނެލިއެވެ.

“މާދަމާ ކުރަން ހުރި މަސައްކަތް އަހަރެންވެސް ކޮށްދޭނަމޭ. އޭރުން ބުރައެއް ނުވާނެއްނު. ދެން ހިނގާބަލަ” އަލްޔަން އައިސް ޒީކްގެ އަތުގައި ހިފަމުން ބުނެލިއެވެ. އެންމެ ފަހުން ދިޔުން ނޫން ގޮތެއް ނެތުމުން ޒީކް އަލްޔަން އާއި އެކުގައި ހިނގައިގަތެވެ.

 

ސީޑީ ޕްލޭ ކުރަމުން އައިސް ޒީކްގެ ކައިރީގައި އަލްޔަން އިށީދެއްޖެއެވެ.

“ކޮންކަހަލަ ފިލްމެއްތަ މީ؟” ޒީކް އަހާލިއެވެ.

“ބިރުވެރި. ޒީކް ބިރުގަނޭތަ އަނެއްކާ” އަލްޔަން ޒީކްގެ މޫނަށް ބަލާލިއެވެ. ޒީކް އަލްޔަންގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. ފިލްމު ކުރިއަށް ދިޔައެއް ކަމަކު އަލްޔަންއަކަށް ފިލްމުގެ މަންޒަރުތަކަކަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. ގިނަވަގުތު ހޭދަކުރެވެމުން ދިޔައީ ޒީކްގެ މޫނަށް ބެލުމުގައެވެ. ދެމީހުން އިށީދެގެން ތިބީ އެއް ސޯފާގައި ކަމަށްވިޔަސް ޖެހިފިތިގެނެއް ނޫނެވެ. ދެމީހުންގެ ދެމެދުގައިވާ ދުރުމިން ކަނޑުވާލީ ފިލްމުން ފެނުނު ބިރުވެރި މަންޒަރަކުންނެވެ. ބޭއިހްތިޔާރުގައު ޒީކަށް ހަޅޭލަވައިވެސް ގަނެވުނެވެ. އަދި ހަމަ އެސިކުންތުގައި އަލްޔަންގެ ކައިރިއަށް ޖެހިލަމުން އަލްޔަންގެ އަތުގައި ހިފަހައްޓާލިއެވެ. ޒީކްގެ ހަށިގަނށުގެ ހޫނު އަލްޔަންއަށް އިހްސާސް ވަމުން ދިޔަވަރަކަށް އަމިއްލަ ނަފްސް ކޮންޓްރޯލުން ނެއްޓިދާނެހެން އަލްޔަންއަށް ހީވާންފެށިއެވެ. އެފަދަ ކަމެއް އޭނާގެ ކިބައިން ޒީކްއަށް ފެނިއްޖެނަމަ މިހާރު ލިބެމުންމިދާ ހިތްހަމަޖެހުންވެސް ޖެއްލިދާނެކަމުގެ ބިރުހީވާން ފެށުމުން ޒީކްއާ ދުރަށް ޖެހިލިއެވެ. ނަމަވެސް ފެންނަމުންދިޔަ ބިރުވެރި މަންޒަރުތަކުގެ ސަބަބުން ޒިކް އަނެއްކާވެސް ކައިރިއަށް ޖެހިލައިފިއެވެ. އަލްޔަންވެސް ހަމަޖެހިލަން މަސައްކަތްކުރަމުން އަތް ނަގައި ޒީކްގެ ކޮނޑުމަތީގައި ބާއްވާލައިފިއެވެ. ޒީކްއަށް އަލްޔަންއާ ދިމާއަށް ބަލާލެވުނީ ކޮނޑަށް ބަރުވެގެންނެވެ. އޭރު ޒީކްގެ ކޮނޑުގައި ބޯއަޅާލައިގެން ނިދިފައި އިން އަލްޔަން ފެނުމުން ގޮވަން ހިތަށް އެރިއެވެ. “އަލްޔަން. އަލްޔަން” ޒީކް ދެފަހަރަކު އަލްޔަންއަށް ގޮވާލިނަމަވެސް ހަބަރެއް ނުވިއެވެ.

 

އަރާމުގައި ނިދާލާފައި އޮތް ނީލާއަށް ހޭލެވުނީ އެލާރމުގެ އަޑަށެވެ. ކަންނެތް ގޮތަކަށް ގަޑިއާ ދިމާއަށް ބަލާލުމަށްފަހު އަނެއްކާވެސް ދެލޯމަރާލީ ނިދާލުމަށެވެ. އިރުކޮޅެއް ނުވަނީސް އަނެއްކާވެސް ހޭލެވިއްޖެއެވެ. ރިންގު ވަމުންދިޔަ ފޯނުފެނިފައި ނިދިފިލައިފިއެވެ.

“ހެލޯ” ނީލާ ބުނެލިއެވެ.

“ޓްވެންޓީ މިނިޓްސް ތެރޭގައި ރެޑީވާނަން. އޯކޭ” އެހެން ބުނެލުމަށްފަހު ފުންމައިގެން ތެދުވެ ފާހާނާއާ ދިމާއަށް ދުއްވައިގަނެފިއެވެ. އަދި ފެންވަރާލައިގެން ނިކުމެ ފިޔާތޮށި ކުލައިގެ މޭމަތީގައި ކުދި އެސްތަކެއް ޖަހާފައިހުރި މައްޗެއްލިއެވެ. އަދި ހުދު ކުލައިގެ ޖިންސެއް ލުމަށްފަހު ދަބަސް ނަގައިގެން ދުއްވައިގަތެވެ.

“މަންމާ މަންމާ. އަހަރެން އެބައަންނަން ރައްޓެހި ކުއްޖަކާއެކިގަ ބޭރަށް ގޮސްލާފަ އިނގޭ” އެހެން ބުނެލުމަށްފަހު ނަފީސާއަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ލިފްޓާ ދިމާއަށް ގޮސް އޮބާލައިފިއެވެ.

 

އަލްޔަންއަށް ހޭލެވުނީ ގޭގެ ދޮރުގައި މީހަކު ޓަކިޖަހާއަޑަށެވެ. ކައިރީގައި ނިދިފައި އިން ޒީކް ފެނުމުން ތުންފަތް މައްޗަށް ވެރިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ.

“ޒީކް ޒީކް” އަލްޔަން ޒީކްގެ މޫނުގައި ދެފަހަރަކު ކޮއްޓާލަމުން ގޮވާލިއެވެ. ޒީކް މޯޅިއަކަށް ދެމިލަމުން ކޮޅަށް ތެދުވިއެވެ. ފަރުވާތެރިކަމާއެކު ޒީކްގެ ހަރަކާތްތަކަށް ބަލަންހުރި އަލްޔަން ފެނުމުން ޒީކްގެ މޫނު މައްޗަށް ލަދުވެތިކަމުގެ އަސަރުތައް ވެރިވެގަތެވެ. އަދި ހުރެވުނު ތަނާ ކުރެވުނު ކަންތައް އެނގުމުން ކޮޓަރިއާ ދިމާއަށް ދުއްވައިގަނެފިއެވެ. ޒީކް ދިޔުމުން އަލްޔަން ގޮސް ދޮރުހުޅުވައިފިއެވެ.

“އާލް އަދިވެސް ނިދަނީތަ؟” އެތެރެއަށް ވަންނަމުން ނަދީމް އަހާލިއެވެ.

“އެ ނޫން ކަމެއް ދެން ހުކުރު ދުވަހު އޮންނާނެތަ ދޯ އާލް” ހުނައިފު ބުނެލިއެވެ.

“ހިނގާ ކޮޓަރިއަށް” އަލްޔަން ހިނގައި ގަންނަމުން ބުނެލިއެވެ.

“ފިލްމު ބަލަނީތަ” ހުޅުވާފައި ހުރި ޓީވީ ފެނުމުން ނަދީމް އަހާލިއެވެ.

“ރޭގަ ފިލްމު ބަލަން އޮއްވަ ނިދުނީ” ޓީވީ ނިންވާލަމުން އަލްޔަން ބުނެލިއެވެ. އަދި އެދެމީހުންވެސް އަލްޔަންގެ ފަހަތުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

 

“ކޮބާ އިފޫ މިހާރު” ފެންވަރާލައިގެން ނިކުތް އަލްޔަން އަހާލިއެވެ.

“އޭނައަށް ފޯނެއް އައިސްގެން ދިޔައީ. މަށަށް ރަނގަޅީވެސް އެގޮތް” ނަދީމް ބުނެލިއެވެ.

“ރޭގަ މޮޅުކަމެއް ކޮށްލީދޯ” ނަދީމް ލާނެއް ފާޑަކަށް އަހާލިއެވެ.

“ކިހެނެއްވީ ދީމް” އަލްޔަން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

“އާލް ވަރަށް ބަނޑުހައި. ހިނގާ ސައިބޯން” ދީމް އެނދުން ތެދުވަމުން އަހާލިއެވެ.

“ނޭނގެ ޒީކް ސައި ހެދިކަމެއްވެސް. ދޮރުގަ ތަޅަން ހެދީމަ ވިއްޔަ ހޭލެވުނީ” އަލްޔަން ބުނެލިއެވެ.

“ކޮބާ މަށަށް އޭރުވެސް ހީވިއޭ އެކަނި ދެމީހުން އުޅެން ލިބުނީމަ ކޮންމެވެސް މޮޅުކަމެއް ކޮށްލާނެޔޭ. ތިހެން އުޅެފަ އޭނައަސް ދެރައެއް ނުދެއްޗޭ އަނެއްކާ” އަލްޔަން އާއި އެކުގައި ބަދިގެއާ ދިމާއަށް ދަމުން ނަދީމް ބުނެލިއެވެ.

“އޭ އަދި ކިރިޔާ ފާޑަކަށް ފްރެންޑްޝިޕް އޮތީ. ދެން އެހެން ނޫނަސް މަވެސް ވިސްނާނެ ދޯ އެވަރު” ދެމީހުން އެކުގައި ބަދިގެއަށް ވަދެވުނުއިރު ޒީކް ހުރީ މަސްހުނި ހަދާށެވެ.

“ސައި ހަދަންވީތަ” އަލްޔަން ފެނުމުން ޒީކް އަހާލިއެވެ.

“އާނ. ދީމްވެސް އެބަހުރި” އަލްޔަން ބުނެލިއެވެ. ޒީކް ސައި ހަދައި ނިންމާލުމަށްފަހު އެތަނުން ދާން އުޅުމުން އަލްޔަން ޒީކްއަށްވެސް ސައިބޯން އައުމަށް ބުންޏެވެ. ނަމަވެސް ނަދީމް އިނުމުން އިތުރަށް މަޑުނުކޮށް ދިޔައީއެވެ.

“އާލް ކިހެނެއް ހަދަން ތިއުޅެނީ. އިޔާންއާ ދޭތެރޭގަވެސް ވިސްނާލައްޗޭ. ހަގީގަތް އެނގޭ ދުވަހަކުން ޒީކްވެސް ދުރަށް ގޮސްދާނެ” ނަދީމް އެހެން ބުނެލީ ވިސްނައިދޭ ކަހަލަ ގޮތަކަށެވެ.

“ދީމް ބުނެބަލަ އަހަރެން ހަދަން ވީގޮތެއް. އެއްކޮޅުން އަހަރެންގެ ލޯބި. އަނެއް ކޮޅުން އިޔާންގެ ހެޕިނަސް. ޒީކް އެހެން މީހަކާ އެކީގަ އުޅުނަސް އެއްގެއެއްގަ އިޔާންއާ އެކީގަ އުޅޭތަން ދެކޭކަށް ކުޅަދާނައެއްނޫން” އަލްޔަން އަޑުގައި އެކުލެވިފައިވަނީ ރިހުމެވެ.

 

ޒީކް ކާކޮޓަރިއަށް އައިސް ވަތްވަގުތު އަލްޔަންއާއި ނަދީމް ސައިބޮއި ނިންމާލުމަށްފަހު ނިކުންނަނީއެވެ.

“ފަހަރި އަތުން ހެދި މަސްހުނި ވަރަށް މީރު” ނަދީމް ޒީކްއަށާއި އަލްޔަންއަށް ޖެއްސުންކޮށްލިއެވެ. ޒީކްއަށް އަލްޔަންއާއި ދިމާއަށް ބަލާލެވުނެވެ. ނަދީމް އެހެން އެބުނީ ކީއްވެގެންތޯ އަހާލާފަދަ ގޮތަކަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ޒާރާ (12)

Next

ލޯބިއެހެނަސް..1

Next
January 27, 2018

ލޯބިއެހެނަސް..1

Previews
January 27, 2018

ޒާރާ (12)

23 Comments!

  1. riya says:
    January 27, 2018 at 6:02 pm

    Hiii! Keheneh tha hurihaa kudhin? Iyye vaahaka up koh nudhevuneema hurihaa kudhinge kibain maafah edhen. Vaahaka kiyaalaafa coment kohlahchey, mi vaahaka nimeyiru zeek aa gulhen kamudhany alyan or iyaan tha? Let me know ??

  2. Friends says:
    January 27, 2018 at 6:15 pm

    Mashaa allah stry vv nice dear. keep it up riya when next part dear vaahaka nimeyiru zeek & iyaan gulhuvaa

    1. riya says:
      January 28, 2018 at 8:33 pm

      Thank u friend

  3. ??? says:
    January 27, 2018 at 6:34 pm

    Vaahaka nimey iru zeek aa gulhen kamudhany alyan
    By the way vaahaka varah reethi?

    1. riya says:
      January 28, 2018 at 8:36 pm

      Thank u ???

  4. laya says:
    January 27, 2018 at 6:57 pm

    vvvvv rythi zeek & alyan gulhuneema rythi vaani

    1. riya says:
      January 28, 2018 at 8:37 pm

      Thank u laya

  5. Pinky shifoo says:
    January 27, 2018 at 7:29 pm

    Wow.. Mi part vx varah varah reethi riya ???.. I want zeek & iyaan gulhen vaahaka nimey iru.. Waiting for next part ??

    1. riya says:
      January 28, 2018 at 11:22 pm

      thank u pinky shifoo

  6. A says:
    January 27, 2018 at 9:58 pm

    Zyk and alyan vv gulhey
    V reethi mi story

    1. riya says:
      January 28, 2018 at 11:26 pm

      thank u

  7. maikko says:
    January 28, 2018 at 12:18 am

    Varah reethi mi story…..i would like zyk and alyan to be together….waiting for the next part m..???

    1. riya says:
      January 29, 2018 at 3:57 pm

      thank u

  8. ainthu says:
    January 28, 2018 at 9:06 am

    Aslumee riyaa get vaahakaetha mivaahaka kurin kiyaafa otheema ahaalee kurinkee Lots kiyaa kuje liyefavaniko thee annekaa ekujebaa

    1. riya says:
      January 28, 2018 at 8:25 pm

      Yeah mi vaahaka meege 6 aharu kurin muraasil ga publish kuree lotus ge namuga. Lotus e ee eyruga riya beynun kuri name

  9. R says:
    January 28, 2018 at 10:00 am

    Alyan gulhuneema vaahaka reethi vainee.

    1. riya says:
      January 29, 2018 at 3:58 pm

      lets see

  10. Icy♡ says:
    January 28, 2018 at 2:09 pm

    Vrh reethi
    Story avahah up kohdheeba
    ♡♡♡

    1. riya says:
      January 29, 2018 at 3:58 pm

      thank u

  11. Sana says:
    January 28, 2018 at 2:20 pm

    Zeek Alyan
    And how are you riya?
    Vaahaka varah reethi??
    And you are boy or girl?
    When next part?
    Keep it up riya??

    1. riya says:
      January 29, 2018 at 4:00 pm

      thank u sana,
      riya mee girl eh

  12. thu says:
    January 28, 2018 at 3:47 pm

    Zeek and iyaan gulhuvaafa zeek ge kurin frnd sh hurihaa kameh angey gothah vahaka nimeyiru dhen alyan ah xeek g frnd dhineema okay vaane

    1. riya says:
      January 29, 2018 at 3:59 pm

      lets see

Comments are closed.

Next Episodeކުރިން އެނގުނުނަމަ (ތޭރަވަނަ ބައި)←


All Right Reserved!